ފަހަރު ތަޢުބާ ވެވުނު ޖިހާދު1000
ފަހަރު ތަޢުބާ ވެވުނު ޖިހާދު1000
މުސައްނިފާ ރޯޒީ
ކޮންމެ އަންހެއްކުއްޖެއްގެ ހަޔާތަކީ ފަލްސަފާއެކެވެ. އޮޅުން ބޮޅުން ގިނަ ހާދިސާ ތަކެކެވެ. ރައިހާނާގެ ހަޔާތުގެ ހާދިސާތަކަކީވެސް ހަމަ މިކަހަލަ ހާދިސާ ތަކުން ފުރިފައިވާ ހަޔާތުގެ ސޮފްހާތަކެކެވެ. ރައިހާނާ ބޭނުންވަނީ އޭނާގެ ހަޔާތުގެ މިހާދިސާތަށް މިފޮތުން ކިޔާލާފަ ކޮންމެ މީހަކުވެސް ރަނގަޅު ފިލާވަޅެއް ދަސް ކުރުމަށެވެ. އަހަރެންނަށް މިފޮތް ލިބުނީ އަހަރެން ދަތުރު ކުރަމުން ދިޔައިރު ދަތުރުގަ ދިމާވި އަރަބި ކުއްޖެއްގެ އަތުންނެވެ.
ލަންކާގެ ޓާމިނަލް ތެރޭގައި އަހަރެން އިނީ ލެޕްޓޮފު ހުޅުވައިގެން ކޮންމެވެސް އާޓިކަލް އެއް ކިޔާލާށެވެ. ގަތަރަށް ދާން އަދި ފުލައިޓް ރެޑީވުމަށް ތިން ގަޑި އިރު އިނުމާއެކު އަހަރެން ދާން މިއުޅޭ މަންޒިލާއި ބެހޭގޮތުން ގިނަ މަޢުލޫމާތު ހޯދަން އަހަރެން ބޭނުންވިއެވެ. ގަތަރަށް ދިޔުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަމެެވެ. އެދަތުރު އަހަރެން ވަނީ އެހާދުރަށް ދެވޭތީ ވަރަށް އުފާވެފައެވެ. މައިންބަފައިންނާއި އަހަރެން އެންމެ ލޯބިވާ ފިރިމީހާ ޢަހްސަން އަށް އަލްވަދާޢު ކިޔަން އަސްލު އަހަރެން ވަރަށް ދެރަވިއެވެ. އެހެނަސް މޯޅިޔަކަށް އަހަރެންގެ ދަތުރު ކުރުމުގެ އުންމީދު ކުރިއަރައިގެން ދިޔައެވެ،އެހެންވެ ހިނިތުން ކަމާއެކު އެންމެންނާއި ވަދާޢު ކޮށްފަ އަހަރެން މިއިނީ ފުރަން އައިހެވެ. އަހަރެން އިށީނދެގެން އިން ގޮޑިބަރީގައި ތިބީ ލޯކުޑަ ގައުމުގެ ދެތިން މީހުންނާއި ޢަރަބި ވައްތަރު ޖަހާ ރީތި އަންހެން ކުއްޖަކާއި އަހަރެންނެވެ. އަރަބި ވައްތަރު ޖަހާ ކުއްޖާގެ ޕާސްޕޯޓް އޮތީ ފެންނަންކަމުން އެއީވެސް ޤަތަރަށްދާކުއްޖެއްކަން އެނގުމުން އަހަރެން ވަރަށް އުފާވިއެވެ. އެކުގައި ދަތުރު ކުރާނެ އަންހެން ބައިވެރިޔަކު ލިބުންވީ އަހަރެން އުފާވި އެންމެ ބޮޑު ކަމެވެ. ފުލައިޓްގަވެސް 5 ގަޑި އިރު ހޭދަ ކުރަންވާނެ ކަން ކުރިންވެސް އަހަރެންނަށް އޮތީ އެނގިފައެވެ. ވީމާ މިކުއްޖާޔާ ކާރިވާން ކުރިންވެސް އަހަރެން އޮތީ ޙިޔާލު ކޮށްފައެވެ. ކޮންމެ ވެސް އެއްތަނެއްގެ ނަން އެނައުންސު ކުރާއިރަށް ލޯކުޑަ ހުރިހާ މީހުން ތެދުވެގެން ހިނގައިގަތެވެ. އަރަބި ވައްތަރު ޖަހާކުއްޖާވެސް ތެދުވެގެން ދާން ހިނގައިގަތެވެ އަހަރެން ވަރަށް ހާސްވިއެވެ. އަނެއްކާ އެނައުންސު އެކުރީ ހަމަ އެންމެންދާންވާތަން ބާވައެވެ. އަހަރެންވެސް އަވަސް އަރުވައިގެން އަހަރެންގެ ދަބަސް ނަގައިގެން ދާންއެނބުރިލީމެވެ. އެވަގުތު އަރަބި ވައްތަރު ޖަހާކުއްޖާގެ ގޮނޑިމަތީގައި ރަންކުލައިގެ ފޮތެއް އޮތްވާ އަހަރެންނަށް ފެނުނެވެ. ގައިމުވެސް މިވާނީ އޭނާގެ ފޮތަށެވެ. އަހަރެން ގޮސް މިފޮތް އޭނާ އާއި ހަވާލު ކުރާނީއެވެ. އެހެންނޫނަސް އަހަރެންނަކީ ފޮތްތަށް ދެކެ ވަރަށް ލޯބިވާ މީހެކެވެ. އަހަރެންގެ ދަބަހުގައި އަބަދުވެސް ލަގެޖް ގިނަވެފައި އޮންނާނީ ފޮތުންނެވެ. މިކަމާ އަހަރެންގެ ގޭމިހުން ވަރަށް ހަޖޫ ޖަހާ ހަދައެވެ.. އަހަރެންގެ ކޮެއްކޮ ފަރުހާދު ބުނާގޮތުން އަހަރެންނަށް ބޭނުންވާނީ ލެޕްޓޮޕާއި ބޮޑު ހާޑެކެވެ. ފޮތްތަށް އަޅައިގެން ގެންގުޅޭށޭވެ.
އެވަގުތު މާދުރުގައި އެކުއްޖާ އިންދާ އަހަރެންނަށް ފެނުނެވެ. އަހަރެން އަވަހަށް ގޮސް މިއީ ކަލޭގެ އެއްޗެއް ދޯއޭ ކިޔާފަ ފޮތް އޭނާއާއި ދިމާލަށް ދިއްކޮށްލީމެވެ. ހިނދުކޮޅަކަށް އަހަރެންނަށް ބަލަން އިނދެފައި އޭނާ ފޮތް ހޯދިއެވެ. ޝުކުރު އަދާކުރުމަށް ފަހުއެވެ. އަހަރެން އަނެއްކާވެސް ކޮފީ މޭޒެއް ފެނޭތޯ ހޯދާލަމުން ގޮސް އެއްހިސާބަކުން މޭޒެއް ހޯދާލައިގެން އިށީނދެ ހަމަހެހިލީމެވެ.
“އެކުސް ކިޔުސްމީ” ވަރަށް ރީތި އަޑަކުން މީހަކު އަޅުގަނޑު ކައިރިޔަށް އައިސްފައި ބުނެލިއަޑަށް އަހަރެން އެނބުރި ބަލާލީމެވެ. އެވަގުތު އެއީ އަހަރެން ދެންމެ ފޮތް ހަވާލު ކުރި ކުއްޖާކަން އެނގުނެވެ.
“ޔެސް ހައުމޭއައި ހެލްޕުޔޫ” އަހަރެންވެސް މާއިނގިރޭސި ވެގެން ހިނިތުން ވެލާފައި ވާހަކަ ދައްކަން ފެށީމެވެ. ތޮބީޢަތުގައިވެސް އަހަރެންނަކީ ވަރަށް ހިންހެޔޮ މަޖާ މިޒާޖެއްގެ ކުއްޖެކެވެ.
އޭނާ އައިސް އަހަރެންގެ ކާރީ ހުރި ގޮޑީގައި އިށީނދެފަ އެއްކަލަ ފޮތް ނަގާލާފައި އަހަރެންނާއި ދިމާލަށް ދިއްކޮށްލިއެވެ. އަހަރެން އަޖާއިބުވެފަ ތިޔައީ އަހަރެންގެ ފޮތެއް ނޫނޭ ބުނެލީމެވެ.
“އަހަރެން ބޭނުންވަނީ…” މިހެން ބުނެފަ އޭނާ މޭޒުމަތީގައި އޮތް އަހަރެންގެ ބޯޑިން ކާޑު އަތަށް ނަގާ އަހަރެންގެ ނަން ބަލާލިއެވެ. އެވަގުތު ވެގެން އުޅޭގޮތް ނޭނގޭތީ އަހަރެން ވަރަށް ކަންބޮޑު ވިއެވެ. ނުބެހޭ ކަންތަކާއި ބެހުމުގެ ނަތީޖާ ފެންނަނީ ބާވައޭ ހިތަށް އެރިއެވެ. ފުރަތަމަ ވެސް އެފޮތުގައި އަތްނުލީނަމަ ވީހެއް ނޫންހޭ ހިތަށް އެރިއެވެ. އެކަމަކު މިހާރު މިއޮތީ މިކަމުގަ ބޭނިފައެވެ.
“އަހަރެން ބޭނުންވަނީ ސުޝްމާ މިފޮތް ސުޝްމާ މެންގެ ބަހަށް ތަރުޖަމާ ކުރަން މިއީ ވަރަށް ރީތި ވާހަކައެއް ހަގީގީ ހާދިސާއެއް އަހަރެން ކިޔާފިން” އޭނާ މިހެން ބުނަމުން ލޯ ފޮހެލިއެވެ. އެފޮތްކިޔާފަ ލޮލުން ކަރުނަ އައީ ކީއްވެ ބާވައެވެ.
ބޯޑިން ކާޑު އެބެލީ އަހަރެންގެ ނަން ބަލަންކަން އަހަރެންނަށް އެނގުނެވެ. އަހަރެންގެ ހައިރާންކަން އިންތިހާއަށް ދިޔައެވެ. އަހަރެން ހިމޭންކަމާއެކު އެފޮތް ހޯދީމެވެ އަދި ބަލާލީއެވެ ފަހަރަކު ގަޑަކުން ހުޅުވަން ފެށީމެވެ. އެއީ އަރަބި ބަހެވެ ތަންތަން ކޮޅުގައި އިނގިރޭސި ވެސް ހުއްޓެވެ. އެފޮތް އަހަރެންގެ ދިވެހިބަހަށް ގެނައުމަކީ އަހަރެންނަށް ވެގެން ވާނޭ ކަމެއް ބާވައެވެ. އެކަމަކު އަހަރެންނަކީ ނޫނެކޭ ބުނާނެ މީހެއް ނޫނެވެ. ފޮތަށް ބަލާފަ އަނެއްފަހަރު އަހަރެން އިސްއުފުލާ ބަލާލީމެވެ. އެކުއްޖާ ދިޔައިރެއްވެސް ނޭނގި ވަނީ ގެއްލިފައެވެ. އަހަރެން އެހާ އަވަހަށް ފޮތުގެ ތެރެއަށް ގެއްލުނީއެވެ. ވަށައިގެން އަހަރެން ހޯދާލީމެވެ އަހަރެން އަނެއްފަހަރު ފޮތަށް ބަލާލީމެވެ. އެކުއްޖެއްގެ ނަންވެސް ނޭނގެނީސް އޭނާ އެދިއައީވެ. ބޮޑު އަމާނާތެއް ހަވާލު ކޮށްފައެވެ.އަހަރެންގެ ފުލައިޓް އެނައުސް ކުރުމާއެކު އަހަރެން އަވަސް އަރުވައިގެން ހިނގައިގަތީމެވެ. އަދި ދަބަހާއި ލެޕްޓޮޕް ނަގައިގެން އަނެއް އަތުން އެ ގޮތްނޭނޭ ފޮތްވެސް ހިފައިގެން ގޮސް އަވަހަށް ފުލައިޓަށް އެރީމެވެ. އަހަރެން ހަމަ ޖެހިލިތަނާ ތިންދަބަސް ހިފައިގެން އައިމީހަކު މާމަޖާވެގެން ގެން އުޅެނިކޮށް އެމީހާ އަހަރެންގެ ސީޓުމައްޗަށް ވެއްޓުނެވެ އެއީ ހިސާބެއްގެ ފަލަ މީހެއް ކަމުން އަހަރެންނަށް ތަދުވެސްވިއެވެ. އޭނާ ވާހަކަ ދެއްކީ ޢަރަބި ބަހުންނެވެ. އަހަރެމެންގެ ކާރީ ހުރި ހޮސްޓެސް ކުއްޖާ އެމީހާގެ ފޮއްޓާއި ކުޑަ ދަބަސް ނަގާ މަތީގަ ދަބަސްތަށް ލާބަޔަށް ލައްވާ އޭނާ އަތުގައި ހިފާފަ ތެދުކުރިއެވެ. އޭނާ ހަމަޖެހިލައިގެން އިށީނދެ ބެލްޓު އަޅާލިއެވެ އަހަރެން އަދިވެސް ބޮަޑަށް އޭނާއާއި ދުރަށް ޖެހިލީމެވެ. އެކަމަކު އޭނާ ހީވަނީ ފަލަކަމުން ދެސީޓް ބޭނުންވެގެން އުޅޭހެންނެވެ. އަހަރެން ވަށައިގެން ފޮތް ދިން ކުއްޖާ ފެނޭތޯ އާއި ކާރީ އެހެންސީޓް އަކަށްބަދަލް ކުރެވޭތޯ ހޯދާލީމެވެ. އެކަމަކު ފުލައިޓް އޮތީ ފުލްކޮށެވެ. އެކުއްޖާގެ ނަމެއްވެސް ނޭނގެއެވެ. ހޯދާނީ ކިހިނެއް ހެއްޔެވެ.
“އަހަރެން މާވަފަލަވީމާ އުނދަގޫވީދޯ؟” ރީތި އިނގިރޭސި ބަހުން އޭނާ އަހާލިއެވެ. އޭނާ އެހެން ބުނުމުން އަހަރެން ލަދުވެސް ގަތެވެ. އަހަރެން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ. އަހަރެން މިއޮތްއަނގަ ގަދަ މީހާ ކާރީ ބަސް ނޭނގޭ އަރައްބަކު އިންނަމަ 5 ގަޑި އިރު ޔަގީނުންވެސް ވިހީ އަހަރެންނަށް 15 ގަޑިއިރު ކަމަށެވެ. ނަމަވެސް ނަސީބެކެވެ ކާރީގަ އިން މިމީހާއަށް އިނގިރޭސިއެނގެއެވެ. މާގިނަވަގުތެއް ނުވެ ދެމީހުންވީ ވަރަށް ގާތް އެކުވެރި ދެމީހުންނަށެވެ. ފޯން ނަމްބަރާއި ފޭސް ބުކް އެޑްރެސް ޝެއަރ ކޮށްލީމެވެ. ފޮޓޯވެސް އެކުގައި ނެގީމެވެ. އޭނާގެ ނަމަކީ ބިން ކަރީމް އެވެ. އެއީ މޮރޮކަން މީހެކެވެ. ދިރި އުޅެނީ އޮމާންގައެވެ. ރާއްޖޭގަ މަސައްކަތްވެސް ކޮށްފަ ކޮންމެވެސް ވަރަކަށް ދިވެހި އެނގެއެވެ. އަހަރެން ބޭނުންވީ އޭނާ އަހަރެން އަތުގަ އޮތްފޮތް އަހަރެންނަށް ކިޔާލަދޭށެވެ. އޭނާ އަހަރެންގެ އަތުން އެފޮތް ހޯދައިގެން އެއްފަހަރު އަހަރެންނާ ދިމާލަށް ބަލާލާފަ އަނެއްފަހަރު ފޮތަށް ބަލަމުން ގަނޑު ތައް އުކަމުން ދިއައެވެ.
“މިއީ ދިގު ފޮތެއް؟” ފޮަތަށް ބަލަމުން ބިން ބުނެލިއެވެ.
“ކަލޭ ތި ދިރާސާ ކުރާކަށް ނޫނޭ މަތީތި ކަލޭއަތަށް މިދިނީ ތީގައިވާހުރިހާއެއްޗެއް މިހާރު މަށަށް ކިޔާދީ ތިޔަ ފޮތް ދިވެހި ބަހަށް ގެންނަން އެކުއްޖާ ބުނީ” އަހަރެން އަމުރު ކޮށްލީމެވެ. މިހާރު އެކަހަލަ އަމުރެއް ކޮށްލެވޭވަރަށް އަހަރުމެންނަކީ އެކުވެރިންނަށް ވިއެވެ. އެއީވެސް އަހަރެން ކަހަލަ މަޖާމިޒާޖެއްގެ އަނގަ ގަދަ މީހެއް ކަމުން ދެމީހުން ވަރަށް ގާތް މީހުންނަށް ވިއެވެ. އަހަރެމެން ދެމީހުން ޖަހާލާ ހިނިގަނޑުން ކާރީ ސީޓް ތަކުގަ ތިބޭމީހުން އެނބުރި އެނބުރިފަ އަހަރެމެން ދެމީހުންނަށް ބަލާލައެވެ. އަހަރުމެން ފޮޓޯވެސް ނަގާތީ އެހެންމީހުންވެސް ފޮޓޯ ނަގަންފެށިއެވެ، އެއީ ޗައިނާ މީހުންގެ ވައްތަރެވެ.
“ޢޯކޭ ސުޝް އަޑުއަހާ މިއީ ވަރަށް އިމޯޝަނަލް އަދި ދިނީފޮތެއް ކަލޭ ރަނގަޅަށް އަޑު ނައަހައިފީޔާ ތަރުޖަމާ ކުރަން އުނދަގޫވާނޭ އަހަރެން ކިޔާވަރަކަށް ލިޔަން ފަށާ މި ފުލައިޓްގެ ލައިޓް އޯކޭވާނެ. އަހަރެން ނުހުންނާނެ ކިޔާދޭކަށް ކާރީގަ މަވެސް މިދަނީ ގަތަރުގަ ހުރެފަ އޮމާން އަށް ވީމާ ދެމީހުން ދިމާވުމަކީ ވަރަށް އުނދަގޫކަމެއް ފޭސް ބުކް އިން ނޫނީޔާ، އިގިޖެއްތަ މީނދަ ދިވެހި ކުއްޖާ” އަހަރެންގެ ބޮލުގައި އަތުން ޖަހާލަމުން ބިން އަހަރެންނާއި ސަމާސަ ކޮށްލިއެވެ.
އޭނާ އެހެންބުނިގޮތުން އަހަރެންގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ. “އޯކޭ ތިޔަފޮތް ކިޔާދީ ނޫނީ މިވަގުތުވެސް ވާނީ ބޭކާރު ކަމަށް އަދި އެބައިން 4 ގަޑިއިރު ކަލެއަށް ހީވޭތަ މިރޭ މިތަނުގައި ތިޔަފޮތް ކިޔާދެވޭނެހެން” އަހަރެން ޝައްކުން ފުރިފައިވާގޮތަށް ސުވާލު ކޮށްލީމެވެ
“ސުޝް،މިފޮތުގެ ނަމަކީ 1000 ފަހަރު ތައުބާވެވުނު ޖިހާދު، ލިޔެފަ މިއޮތީ ރައިހާނާ އެމިން އަޖްމަލް ކިޔާ މީހެއް”
ނަން ކިޔާލާފަ އޭނާ ހިމޭންވިއެވެ.
“ކުރިޔަށް” ކެތްތެރިކަން ކުޑަގޮތަކަށް އަހަރެން އެނަން އަހަރެންގެ ނޯޓް ފޮތުގައި ލިޔެލާފަ ބިން އާއި ދިމާލަށް ބަލާފަ ސުވާލު ކޮށްލީމެވެ.
އެފޮތުން: އަހަރެންގެ އަވަށަކީ އަބޫ އައްޒުލުފް އެވެ. އަހަރެންނަމަކީ ރައިހާނާ. އަހަރެންނަކީ މުސްލިމް އަންހެން ކުއްޖެއް. އަހަރެންގެ ކޮލެޖް އަކީ ވަރަށް ގިނަ މުއްސަނދި ކުދިން ކިޔަވަންދާކޮލެޖެކެވެ. ގިނަ ހަރަކާތްތަކުގައިވެސް އަހަރުމެން ބައިވެރި ވަމުއެވެ. މުޅި ކޮލެޖުން ވަރަށް މަތީ ވަނަޔަކާއެކު އަހަރެން އޯލެވެލް ހެދީމެވެ. އޭލެވެލް ހެދުމަށް ގަތަރުގައި ހުރުން އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ އިނގިރޭސި ފެންވަރު ރަނގަޅެވެ. އަހަރެން ބޭނުންވީ ގަތަރާއި ދުރު އެހެނަސް ޔޫރަޕަށް ދާށެވެ. ދީނީ ކަންތަށް މަންމަ މެން މާހަރުކަށިކޮށް ގެންގުޅޭތީ އަހަރެން ފޫހިވެއެވެ. ގިނަ ތަންތަނަށް ސީވީ ލީމެވެ. ނަތީޖާއަކަށްވީ ފާ މޮންޓު ޑި މޯރާ ޔޫއެސް އިން ވަޒީފާ އަހަރެންނަށް ލިބުމެވެ. ފުރަތަމަ އިންޓަވިއުގެ ފަހުންނެވެ. އަހަރެން ބެލީ އެއީ އަހަރެންގެ ނަސީބު ކަމަށެވެ. މަންމަމެން އަދި އާއިލާ މީހުން އަހަރެން އެތަނަށް ދިޔުމަށް ނުރުހުނެވެ. އަހަރެން އެތަނަށް ދިޔައީ ފޯނު އޮޕަރޭޓަރަކަށެވެ. އެތަނުގައި ގިނައީ ފިލިޕިންސު މީހުންނެވެ. ދެން ޔޫރަޕް ކުދިންނެވެ. މުސްލިމަކަށްވީ ހަމައެކަނި އަހަރެންނެވެ. ނަތީޖާ އަކަށްވީ އަހަރެންގެ ހެދުން ބަދަލް ކުރަން ޖެހުމެވެ. އަހަރެންގެ ބުރުގާ ނަގަން ޖެހުމެވެ. އަހަރެންގެ ނަމާއި މެދު މެނޭޖްމަންޓުން ހިންހަމަ ނުޖެހުނެވެ. އަހަރެން ނަން ރައިހާނާ އަކުން ރެންސު އަށް ބަދަލު ވިއެވެ. މިހުރިހާ ކަމަކާއި އަހަރެން ގަބޫލް ވީމެވެ. ޔޫރަޕް ގައި އުޅެން އަހަރެން ބޭނުންވާތީ އެވެ. ހުރިހާ މީހުންވެސް ބޭނުންވާނީ ޔޫރަޕް ގައި އުޅެންވީޔާއެވެ. ފުރަތަމަ ދުވަހުވެސް ބާޔަށް ގޮސް އަހަރެންނަށް ރާބޯން ދޭން އެކުވެރިން އުޅުނެވެ. ފުރަތަމަ ދެތިން ފަހަރަކު ބުނެލާއިރަށް އަހަރެން ވެސް ޝައިތާނާގެ އަވައިގަ ޖެހި އެމީހުންނާ އެކު ރާބޮއި ނަށާ މަޖާ ކުރީމެވެ. އެކަމަކު ހިތުގެ އަޑިން މިކަމުގައި އަހަރެންނަށް އުނދަގޫތަކެއް އިޙްސާސް ވަމުން ދިޔައެވެ. ދުވަސް ކޮޅެއްގެ ތެރޭގައި މުޅި ޓީމްގެ އެންމެ މަގުބޫލް މީހަކީ އަހަރެން ކަމުގައި ވެގެން ދިޔައެވެ. އާއެކެވެ. ނަމާދާއި އަހަރެން ވަރަށްވެސް ދުރެވެ. ހުރިހާ ނުބައިކަމަކާ އަހަރެން ވަރަށް ކާއިރިއެވެ. އެތާގެ ކޮރިޑޯގައި ހިނގަމުން ދަނިކޮށް އޮޅިގެން އަހަރެންނަށް ވަދެވެވުނީ ބިންގަރާހެއް ކަހަލަ ތަނަކަށެވެ.އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ނަމާދަށް ހުރި މީހެކެވެ. ނަމާދު އޭނާ ކުރަނީ ވަރަށް ފާޑަކަށެވެ. އެއީ ދޮން އަންހެނެކެވެ. ޔޫރަޕް ވައްތަރުގަނޑު ހުއްޓަސް އަސްލު ޔޫރަޕް މީހެއް ހެނެއް ހީއެއް ނުވެއެވެ. ސަބަބަކީ ޔޫރަޕް މީހުން ނަމާދެއް ނުކުރާނެއެވެ. އަހަރެން މަޑުމަޑުން ގޮސް އޭނާގެ ފުރަގަހުގައި އިށީނީމެވެ. އޭނާ ސަލާމް ދިނުމަށް ފަހު ހާސްކަމާއެކު އަހަރެންނަށް ބަލާލިއެވެ.
“ކަލޭ ތީ ކާކު މިތަނަށް ވަދެވުނީ ކިހިނެއް؟”
“އަހަރެންނަކީ ރެންސު.. މިރިސޯޓްގެ ވަޒީފާއަށް މިއައީ މިހާރު އެއްމަސްވެއްޖެ އަހަރެންނަކީ ޤަތަރީއެއް.. ކަލޭތީ ކާކު؟ މިތާ ކީއްތިކުރަނީ ކަލޭ ނަމާދު ކުރީ ނުބައިކޮށް”
“ކަލޭތީ މުސްލިމެއްތަ”؟ އޭނާ އަހާލިއެވެ.
ފުރަތަމަ އާއެކޭ ބުނަން އަހަރެން ލަދުގަތެވެ. އެކަމަކު ވަގުތުން އާއެކޭ ބުނެ ބޯޖަހާލީމެވެ.
“ކަލެއަށް ކިޔަނީ ކޮންނަމެއް އެހެންވެއްޖެޔާ؟”
“އަހަރެންނަށް ކިޔަނީ ސުނީތާ ވިލިއަމްސު އުފަން އިންޑީޔާ މީހެއް. ޖައްވުގެ ވަޒީފާ އަށް އަހަރެން އައީ 1999 ވަނަ އަހަރު އަހަރެންނަކީ އިންޓަނޭޝަނަލް ފުލައިޓްގެ ނޭވީ އޮފްސަރެއް 195 ދުވަސް އަހަރެން ޖައްވުގައި ހޭދަ ކުރިން އަދި އަތނުގައި އިސްލާމް ވިން އެކަމުގެ ސަބަބުން އަހަރެން ވަނީ މިތަނުގައި ބަންދުކޮށްފަ އަހަރެން އިސްލާމް ވީމާ.. އަހަރެންގެ ބައްޕަޔަށް ކިޔަނީ ޑރ. ދީޕަކް ޕާންޑޭ ބައްޕަމެން ހިތުން އަހަރެން މަރުވެއްޖެ. އަހަރެން ޖައްވުގައި ވަރަށް މަތީގައި އުދުހެނިކޮށް މުޅި ދުނިޔެ އަހަރެންނަށް ފެނުނީ އަނދިރިކޮށް އެކަމަކު މައްކާ އާއި މަދީނާ ވަނީ ދެބޮކި ހެން ދިއްލިފައި އަހަރެންނަށް އެވަގުތު އިލްހާމެއް އައި ޝަހާދަތުގެ ދެކަލިމަ މީހަކު އައިސް އަހަރެންނަށް ކިޔާދިން އެއީ ޖައްވުން އައިމީހެއް އަހަރެން ނިދިގެން ވެއްޓުނީ ކޮންއިރަކު ކަމެއްް ނޭނގުނު އަހަރެންގެ ކާރީގައި އޮތީ މިފޮތް މިއީ ގުރުއާން. އަހަރެން އެވަގުތު ހޭލެވުމާއެކު ފޮޓޯތަށް ނެގިން. އަހަރެންގެ ޓީމް މީހުންނަށް ނުފެންނަ މަންޒަރު އަހަރެންނަށް ފެނުނު. މިފޮތް އަހަރެންނަށް ލިބުނީ 02. 07. 2007 ވަނަ ދުވަހު މިފޮތް ލިބުމާއެކު އަހަރެންނަށް ފަސޭހަ ކަމާއެކު ދުނިޔެއަށް އާދެވުނު. އަދި އަހަރެން ވަގުތުން އިސްލާމްވެފަ އިސްލާމް ކަން އިއުލާން ކުރިން ޑިސެންބަރ 11 2006 ވަނަ ދުވަހު އަހަރެން ނަގާފައިވާ ފޮޓޯތަށް އަހަރެން ދުނިޔެއަށް ހާމަ ކުރިން އެއީ މަސްޖިދުލް ހަރާމް މައްކާ އާއި މަސްޖިދުއްނަބަވީ މަދީނާގައިވާ އެދެތަން ވަނީ ދިއްލިފައިވާ ބޮކިތަކެއްހެން. އަހަރެންގެ މިވާހަކަ އަހަރެންނާ އެކު ދިޔަ އެއްވެސް މީހަކު ޤަބޫލެއް ނުކުރި. އަހަރެންނަށް ކަލިމަ ލައިދިން ޖައްވު މީހާއާއިވެސް އެމީހުންނަށް ދިމާނުވޭ އަހަރެންނަކީ މޮޔައެއްް ނޫން އަހަރެން އިސްލާމް ދީން ދެކެ ﷲ ގެ ރަަސޫލާ ސ.އ.ވ ދެކެ ލޯބިވޭ. އަހަރެން ބޭނުންވަނީ ﷲ އަހަރެން ރަނގަޅު މުސްލިމް ބަޔެއްގެ އަތްތަށްޗަށް ދިނުން” މިހެން ކިޔާފަ ބާރަކަށް އޭނާ ރޯންފެށިއެވެ. އަހަރެން އޭނާއާއި ކާރިވެލާފަ އޭނާގައިގާ ބައްދާގެން ރޯންފެށީމެވެ.
“ރެންސު ކަލޭ ރޮނީ ކީއްވެ؟”
“ކަލޭ އަހަރެންނަށް ތެދުމަގުދައްކާ ދީފި އަހަރެން މަގަށް އަޅުވާދީފި އަހަރެންނަކީ މުސްލިމް އަންހެންކުއްޖެއް ނަމަކީ ރައިހާނާ އެމިން އަޖްމަލް އަހަރެންނަކީ ހަމަ އެކަނި ދުނިޔެވީ ފެށަނަށް ލޯބި ކުރާ އަންހެން ކުއްޖެއް އެއްގޮތަކަށްވެސް އިސްލާމް ދީނަށް އެހާގަދަރު ކުރި މީހެއް ނޫން އެކަމަކު މިއަދު ކަލޭގެ ވާހަކަ އިވުމުން އަހަރެން އަހަރެންގެ ދީނާމެދު ފަޙުރުވެރިވެވޭ އަދި ﷲ އަހަރެން މިތަނަށް ފޮނުވީ ކަލެއަށްޓަކާކަން އެނގުނު އަހަރެން ކަލެއަށް ނަމާދު ކުރަން ދަސްކޮށްދޭނަން އަދި އަހަރެންވެސް ނަމާދު ކުރާނަން އަހަރެން ބުރުގާ އަޅާނަން ﷲ އަހަރުމެން ދެމީހުން މިތަނުން ސަލާމަތް ކުރައްވާށި. އަދި ކަލެއަށް ކަލޭގެ ގައުމަށްވެސް އިރާދަ ކުރެއްވީޔާ ދެވޭނެ”
އަތްފަޔާ މޫނުދޮވެގެން އަހަރެން އޭނާއަށް ގުރުއާން ދަސްކޮށްދޭން ފެށީމެވެ. ގުރުއާން ކިޔަވާ އަޑަށާއި އަހަރެން ނުފެނިގެން ހޯދަމުން އައި މީހުންނަށް އަހަރެން ސުނީތާ ކާރީ އިންދާ ފެނުމުން ހައިރާންވިއެވެ. “އަހަރެން އައީ މީނާ ހޯދަން މިއީ އަހަރެންގަ އަސްލު މަގުސަދަކީ ކަލޭމެންނަށް މީހަކު ހައްޔަރު ކޮށްގެން ނުގެންގުޅެވޭނެ މިވާހަކަ މުޅި މީޑީޔާގަ އަހަރެން ފަތުރާނަން އަހަރުމެން ދޫނުކޮށްފީޔާ” އަހަރެން ސުނީތާ ގޮވައިގެން ބޭރަށް ނިކުތީމެވެ. ސުނީތާ ހުރީ ބިރުން ވިރިވިރިއެވެ. ހީވާގޮތުން ސުނީތާ އެތަނުގައި ބަންދުކޮށްފައި އިންނަތާވެސް ގިނައަހަރުތަކެއްވީއެވެ. އަހަރެންނަށް ސުނީތާ ދިމާވީ 2010 ވަނަ އަހަރު އެވެ. އަހަރެމެން ހުއްޓުވަން މެނޭޖްމަންޓުން ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އަހަރެންނަށް މިހާރު ވަނީ ﷲ ގެ ރަހްމަތުން ތެދުމަގު ދެއްވާފައެވެ. އަދި އަހަރެންގެ މިއެކުރިޔާ ކާފަރުންގެ އަތްމަށްޗަށް އަހަރެން ދުލެއް ނުކުރާނަމެވެ. މިއީ އަހަރެންގެ ޖިހާދެވެ. އިސްލާމީ ޖިހާދެވެ. އަހަރެން 1000 ފަހަރު ﷲ ގެ ހަޒުރަތަށް ތައުބާވީމެވެ. އަދި އަހަރެން ބޭނުންވަނީ މިވާހަކަ އެނގޭ ކޮންމެ ބަޔަކުވެސް އަމިއްލަޔަށް ސުނީތާގެ އެފޮޓޯތަށް ބަލާށެވެ. އާއެކެވެ. މިއީ ހަގީގަތެވެ.
އަހަރެން ވަޒީފާއިން ވަކި ކުރިއެވެ. ބުރުގާ އެޅީމައެވެ. ވަޒީފާ އަހަރެން މިހާރު ބޭނުމެއްވެސް ނޫނެވެ. އަހަރެން ބޭނުންވަނީ ޒުނީތާ އޭނާގެ ގައުމަށް ފޮނުވާށެވެ އޭނާ ސަލާމަތް ކުރާށެވެ މިއީ އަހަރެންގެ ޖިހާދެވެ. އޭނާ ބޭނުންވީ އިސްލާމް ދީން ދަސްކުރަން އަހަރެންނާއެކު ޤަތަޜަށް އަންނާށެވެ. އަހަރެމެން ވިސާ މައްސަލަ ޖައްސާ އެރަށުން ނުދެވޭހެން ވަރަށް އުދަގޫ ކުރިއެވެ. ޖަލަށް ލާން ބިރު ދެއްކިއެވެ. ﷲ އަހަރުމެން ސަލާމަތް ކުރެއްވިއެވެ. ފުލައިޓު ޓިކެޓް ނެގީވެސް އަހަރެންނެވެ. ދެމީހުން އެކުގައި ގެޔަށް އައިސް ވަނުމުން މަންމަމެން ހައިރާންވިއެވެ، އެހެން ކުއްޖަކު ހުރީމައެވެ. ކުރުގޮތަކަށް އަހަރެން މަންމަ މެންނަށް ސުނީތާގެ ވާހަކަ ކިޔާދިނީމެވެ. އެހިސާބުން އަހަރެންގެ ބޭބެ ސުނީތާ ދެކެ ލޯބިން ކައިވެނި ކުރަން ބޭނުންވިއެވެ. އެކައިވެންޏަށް ސުނީތާގެ އާއިލާ މީހުން ގަތަރަށް އައެެވެ. ސުނީޔާ ފެނުމާއެކު އޭނާގެ ބައްޕަ ޑރ. ދީޕަކް ސުނީތާ ގެނެސް މެޔާލާ ބޮނޑި ކޮށްލިއެވެ. ދެބަފައިން ވަރަށް ރޮއިހެދިއެވެ. ދަރިފުޅު މަރުވީމަކަށް ބުނެ ނާސާއިން އޮޅުވާލީތީ އަދި ސުނީތާ ހައްޔަރު ކޮށްފައި ގައިދީއެއްހެން ބެހެއްޓީތީ އެމައްސަލަ ޖެއްސިއެވެ. އަދި ވަގުތުން އެމަންމަޔާއި ބައްޕަވެސް އިސްލާމް ވިއެވެ. އަދި އެބައްޕަ އަހަރެންނަށް ޝުކުރު އަދާކުރުމަށް އިންޑިޔާގެ ތާޖް މަހަލްގެ ފޮޓޯއެއްދިނެވެ. އަހަރެން ގަތަރުން ވަޒީފާ ހޯދީމެވެ. ބުރުގާ އަޅައިގެން ޓީޗަރަކަށެވެ. އަހަރެންގެ ތައުބާ ﷲ ޤަބޫލް ކުރައްވާށީ އާމީން”
ވާހަކަ ނިންމާލާފަ ފޮތްލައްޕާލަމުން ބިން އަހަރެންނާއި ދިމާލަށް ބަލާލަމުން އެފޮތް އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. އަހަރެން ފޮތް ހޯދަމުން ފޮތުގައި ބޮސްދިނީމެވެ. އޭނާގެ ލޮލުގައިވެސް ކަރުނަ ހިލިފައި ހުއްޓެވެ އަހަރެންގެ ލޯވެސް ވަނީ ފެންކަޅިވެފައެވެ.
“ސުޝް މިފޮތް ލިޔައްޗޭ”
އާއެކެވެ. ފުލައިޓްގެ އެގަޑި ދިޔަގޮތެއް ނުވެސް އެނގުނެވެ. ބޯޖަހާލަމުން ފޮތް އަހަރެންގެ ދަބަހަށް ލީމެވެ. ބިން އާއި އަހަރެން ވަކިވިއެވެ. މިފޮތް އަސްލު ދިން ކުއްޖާ ފަހުން ނުފެނެއެވެ. ބައިބޯ މީހުންގެ ތެރެއިން އަހަރެންނަށް އޭނާ ނުވެސް އެނގޭނެއެވެ. އެކަމަކު މިއަދާ ހަޔަށްވެސް ބިން ކަރީމް އަކީ ފޭސް ބުކް އިން އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ބިން އެވާހަކަ ކިޔާދިންވަރަށް އަހަރެން މިއޮތީ އެވާހަކަ ލިޔެފައެވެ. އެކަމަކު ފޭސްބުކް އިން ބައެއްފަހަރު ގުޅާފަ އަހަރެން ބައެއް ޕެރެގްރާފް އަދިވެސް ބިން ކާރިން އަހަމެވެ. އެއީ 2016 ވަނަ އަަހަރެވެ. އަދިވެސް ބިން އަކީ އަަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ބިން ދިރި އުޅެނީ މިހާރު މޮރޮކޯގައެވެ
2017 ގެ ޖޫން މަހު އެސްފިޔައިން ދީނީ ވާހަކައެއް ލިޔެދޭށޭ ބުނުމުން އަހަރެންގެ ހަދާނަށް އައީ މިވާހަކައެވެ. އެއް އަހަރު ކޮށްފަ މިވާހަކަ ލިޔަންވެގެން ބިން ކަރީމް އަށް އަހަރެން ގުޅީމެވެ. ފޭސް ބުކް އިންނެވެ. “ބަލަ ސުޝް، އެއް އަހަރު ފަހުންތަ އެފޮތް ތިޔަ ލިޔަނީ” އޭނާ ޖޯކް ޖަހަމުން އެހިއެވެ.
ކުރާނީ ކީއްހެއްޔެވެ އެންމެންވެސް ބޭނުންވަނީ ލޯބީގެ ވާހަކައެވެ. ދީނީ ވާހަކަޔަށް ލޯބި ކުރާމީހުން މަދެވެ.
އަދި އަހަރެން އުންމީދު ކުރާގޮތުގައި މިއީ ކޮންމެ ކުއްޖަކަށްވެސް ފިލާވަޅަކަށް ވާނޭ ފޮތެކެވެ އެހެންވެ މިފޮތް ލިޔުނީއެވެ.
ނިމުނ
22 Comments!
Comments are closed.


Is this real???
And story is awsome… masha allah.. varah furihama…. varah iburaitheri vaahaka eh…
Is this real
Yes its real story
Masha allah varah rythi. I love this story. V true n iburaiytheri.
Varah iburaitheri vaahaka eh
Alhey…! 🙁
yageen…mee meenage amilla storyakah nuvaane. konmeves thaakun fenigen tharujamakohfa kamah vaanee.
warah salhi..<3
Masha allah. Varah reethi and unique. And ibraiytheri 🙂
thank you huriha kudhin
Story is nice. Ekm mistakes ebahuri. Like AHAREN KAARI IN KUJJA ehen neennaane.innani AHAREN GAATHUGA. KAARI beynun kurani non living things ar muhaathabu kuraanama.anyways this story is very cute. Hama varah salhi..
thank you next time visnanan mikahala kantha dho thank you for the support
Thee dhen varah aadhaige mistake eh do? Mi vaahakaaga thiahvure maa bodu mistake thah vs ebahuri. Molhuvefa komme meehakah ves dhekkeynee emeehakah kommevs gothakun engifa onna mistake eh do? 😛
Maasha allah varah iburaiytheri ehaame reethi vaahaka eh…??
Nice story.. Amazing…
Nice story….varah iburaihtheri….
KObaa Eii keeve vaahaka?? E vaahak ah v kihine ??
Varah reethi
Thank you huriha kudhin
Touched really beautiful story
varah iburaihtheri unique vaahaka ehh… maashaa allah.. ekam kuhthah varah gina.. e neih nama hama habeyss…
gadha