“އަހަންނާ ނަޞްރާގެ ކައިވެންޏަކީ ވުމަށްވުރެ ނުވުން ގާތްކަމެއް. ކޮން ބައްޕައެއްތަ ޤާތިލަކާ އޭނަގެ ދަރިފުޅު ޙަވާލުކުރާނީ؟” ޔޫނުސް ދުރުގައިހުރެ އެހެން ބުނެލިއިރު އޭނަގެ ދެލޯ ރަތްވެފައިވިއެވެ. އޭނަ އެހެން ބުނިތަނާހެން ޒަޔާން ކޮޅަށްތެދުވެ ބާރަށް ޔޫނުސްގެ ނަމުން ގޮވާލިއެވެ. ** “އަހަރެން ކިހިނެއްތަ އަހަރެންގެ ވާންއުޅެ ފިރިމީހާއަށް ތަޢާރަފުވާނީ؟ އެންމެ ފުރަތަމަ ވެސް ފަށަންޖެހޭނީ އަހަރެން ގެންގުޅުނު ލޯބިވެރިންގެ ވާހަކައިން، ދޯ؟” ނަޞްރާއަށް ނުރޮވުނެއްކަމަކު އޭނަ ސަދަފްއަށް ބަލާލީ ކަރުނައިން ފުރިގެންވި ދެލޮލުންނެވެ. ނަޞްރާގެ ވާހަކަ ނިމުމުގެ […]
“އެކުއްޖާ މީހަކާ ނުއިނދޭ. އަހަރެން އަޑުއެހިން ޝަރީފް އެކުއްޖާގެ ކައިވެނި ކުރާނެ ކުއްޖަކު ހޯދާ ވާހަކަ. އެކުއްޖާއޭ އެކުއްޖާއޭ މި ކިޔަނީ ކީކޭތަ އޭނައަށް ކިޔަނީ. ނަސް….ނަސް…..ނަސްރާ. އާނ ނަޞްރާ!” ސުހާ އެންމެ ފަހަކަށް އެހެން ބުނެލީ ޖޯޝާއި އެކީގައެވެ. ސުހާ އެންމެ ފަހުން ބުނެލި ނަމާއިއެކީ ޔޫނުސް ހުއްޓުން އެރިއެވެ. އޭނަގެ ނޭވާ މެދުކެނޑިފައިވިކަން އޭނައަށް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ޔޫނުސްއަށް އައި ބަދަލުތައް ފާހަގަކުރެވުމުން ސުހާއާއި ޒަޔާންއަށް އެކަކު އަނެކަކަށް ބަލާލަމުން […]
އެރޭގެ ކެއުމަށް އިންސާފުކުރަން އުޅެފަވެސް އަފްރީންއާއި ނަޞްރާ ނިންމީ ޝަރީފް އައުމުން ނޫނީ ނުކާށެވެ. ޝަރީފް ދިޔަތާ ބައިގަޑި ވީއިރުވެސް އޭނަ ގެއަށް ނައުމުން ނަޞްރާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނައަށް ބައްޕަ މަޑުކުރެވުނު ނަމައޭ ހިތަށްއެރިއެވެ. އަދިވެސް ވާރޭ ހަމަ އެ ބޯމިނުގައި ވެހެމުން ދިޔައީތީ ނަޞްރާ އިތުރަށް ކަންބޮޑުވިއެވެ. ޝަރީފް ދިޔައީވެސް ގޭގަ ފޯނު ބާއްވާފައެވެ. އަފްރީންގެ ކޮޓަރީގައި އޭނަ އޭނަގެ ލެޕްޓޮޕުން ކުޅެން އިން ގޭމަށް ބަލަހައްޓައިގެން އިން ނަޞްރާއަށް މެދުކެނޑުމެއްނެތި ވިސްނެމުން […]
ޔޫ ހޭވް ޗޭންޖްޑް، ދޮންތާ.” އަފްރީން ބުނެލިއެވެ. ނަޞްރާއަށް އަފްރީންގެ އެވާހަކައަށް އެއްޗެކޭ ނުބުނެވެނީސް އަފްރީން އޭނައަށް ފަސްދީފައި އިސްތަށިގަނޑުގައި ގޮށެއް ޖަހަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަޞްރާ ފުން ނޭވައެއް ދޫކޮއްލަމުން އެނދުގައި އިށީނެވެ. އެވަގުތުކޮޅަށްފަހު މުޅި ދުވަހު ނަޞްރާއާއި އަފްރީން އާ ދެމެދު ވާހަކައެއް ނުދެކެވެއެވެ. ނަޞްރާ ނަމާދަށް އަންނާށޭ ބުނީމަ އަފްރީން އަޔަސް ނަމާދު ނިމުމާއެކީ ނަޞްރާއަށް އެއްޗެކޭ ބުނެލާނެ ފުރުޞަތެއްނުދީ އޭނަ ދަނީއެވެ. އަފްރީން މުޅި ދުވަހުހެން އުޅުނީ […]
ގޭތެރެއަށް ވަދެފައި ނަޞްރާއަށް ކުރާނެ ވަކި ކަމެއް ނުވިސްނުނެވެ. އަންނައުނު ފޮށިން ނަގާނީއޭ ހިތަށްއެރިއެއްކަމަކު އެކަން ކުރެވޭ ވަރަށްވުރެ ވަރު ބައްޔެވެ. ބައްޕައާއި އަފްރީން ނާންނަނީސް ނިދާކަށް ބޭނުމެއް ނުވިއެވެ. ނަޞްރާ ވަރުބަލި ގޮތަކަށް ސޯފާއަށް ވެއްޓިގަތެވެ. ނިދަން ބޭނުން ނުވިއެއްކަމަކު ދެލޯ މަރާލިތާ މާގިނައިރެއްނުވެ ނަޞްރާއަށް ނިދުނެވެ. ނަޞްރާއަށް ހޭލެވުނީ އަފްރީންއާއެކީ ގެއަށް އައި ޝަރީފް އޭނައަށް ގޮވާލުމުންނެވެ. ނަޞްރާއަށް ލުއްކެއްޖަހައި ތެދުވެވުނީ އޭނައަށް ނިދުނުކަން ޤަބޫލުނުކުރެވިފައިވާ ޙާލުގައެވެ. ނަޞްރާއަށް ވީގޮތުން ޝަރީފާއި އަފްރީންވެސް […]
ކުލާސްތެރޭގައި ހުރި މުދައްރިސް އަތްމަތީގައި އޮތް ފޮތެއް ބަލައިގެން ބޯޑުގައި އެއްޗެއް ލިޔަމުން ގެންދިޔައެވެ. ކުލާހުގައި ތިބި ކުދިން އެ ލިޔެވޭ އެއްޗެއް ފޮތްތަކަށް ނަގަމުން ދިޔައިރު އެމީހުންގެ މެދުގައި އެކިއެކި ވާހަކަތައްވެސް ދެކެވެމުން ދިޔައެވެ. އެއްބަޔަކު މިއީ ހާދަ ފޫހި ގަޑިއެކޭ ބުނަމުން ދިޔައިރު އަނެއްބަޔަކު ކޮންމެވެސް ކަމަކާ ހޭން ތިއްބެވެ. ކުލާހުގެ އެންމެ ފަހަތު ބަރީގައި ތިބި އަންހެން ކުދިންތައް އޮލަ ވާހަކައެއްގައި ތިއްބެވެ. އެހެން ދުވަސްތަކަކާ ޚިލާފަށް މިއަދު އަފްރީން އިނީ އެ […]
ޒަހުވާގެ ހިތްވަނީ ނުތަނަވަސް ކަމުން ފުރިފައެވެ. އޭނާގެ ޙަޔާތްވަނީ ބަނަވެ އަނދިރި ކަމުގެ ތެރޭގައެވެ. ފެންނަ ފެނުމަށް އޭނާވަނީ ދިރިއުޅުންމަތިން ފޫހިވެ އުންމީދުކަނޑާލާފައެވެ. އޭނާގެ ހިތް ބުނާކަހަލަ އެވެ. “އަހަރެން ދިރިހުންނަންވީ ކީއްވެ ހެއްޔެވެ؟ ދުނިޔޭގައި އަހަރެންނަށްޓަކައި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެންގެ ޙަޔާތް ވޭތުވެގެން ދިޔައީ ފާފަކުރުމުގައެވެ. ހިނގަމުން ދިޔަ މަގުން ވެއްޓޭނީ އަނދަވަޅަކަށްކަން އެނގިހުރެމެ އެމަގުން ހިނގީމެވެ. ހަވާނަފްސްގެ އެދުންތަކަށް ތަބާވެ ދުނިޔަވީ ޙަޔާތް އުޚުރަވީ ހަޔާތުގެ މައްޗަށް އަހަރެން އިސްކުރީމެވެ. އަހަރެންނަކީ […]
މިދުނިޔެއަކީ ވަގުތީ އާލަމެކެވެ. މި ފަނާވެދަނިވި ދުނިޔެ ދޫކޮށް އަހަރެމެން ދަތުރުކުރަން އޮތީ އަބަދަށް ދެމިގެންވާ ދާއިމީ ޢާލަމަށެވެ. މިދުނިޔޭގައި އަހަރެމެން ދިރިއުޅެން އޮތީ ވަރަށް ކުޑަކުޑަ ދުވަސްކޮޅެކެވެ. އަހަރެމެންގެ ޙަޔާތަކީ އެއްވެސް ގެރެންޓީއެއް ނެތް އެއްޗެކެވެ. މިއަދު ދުނިޔޭގައި ހުރިއްޔާ މާދަން ދުނިޔޭގައި ހުންނާނެކަމުގެ ޔަގީންކަން އޮތީ ކާކަށްހެއްޔެވެ؟ ނިދާން އޮށޯވެފައި މާދަމާ ހޭލަން ފޯނު އެލާމް ކުރާއިރު، މާދަމާ ހޭލެވޭނެ ކަމުގެ ޔަގީންކަން އިބައޮތް ހެއްޔެވެ؟ މަރަށް ތައްޔާރު ވެވިއްޖެ ހެއްޔެވެ؟ ދުނިޔޭގެ […]