ރަފާގެ ބަނަވެފައިވާ ޙަޔާތަށް ދެން އަލިކަމެއް ލިބިދާނެ އެއްވެސް އުއްމީދެއް އޭނާ އަކަށް ނެތެވެ.މިއޮއް ހުރިހާ ދުވަހު އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އަމިއްލަ އުފާތަކާއި ހެއްލުމުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔަ ރަފާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައީ މިއަދު ނޫހުގެ ފަލަ ސުރުޚީގައި ޖަހާފައިވާ ކުއްލި ޚަބަރަކުންނެވެ.ޒުވާން ދިވެހި އަންހެން ކުއްޖަކު އަވަށްޓެރި އިންޑިޔާގެ ޓްރިވެންޑްރަމްގައި ހިނގާދިޔަ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް މަރުވި ޚަބަރުން ރަފާގެ ހިތަށް ވަނީ ބުނެދޭންދަތި ފުން އަސަރެއް […]
އަހަރެންނަކީ، އަހަރެންގެ މައިންބަފައިންނަށް ލިބިފައިވާ ދެ އަންހެން ކުދިންގެތެރެއިން ދޮށީ ކުއްޖާއެވެ. އުމުރުން ނަވާރަ އަހަރެވެ. ކޮއްކޮގެ އުމުރުން ދިހަ އަހަރެވެ. އަހަރެންގެ ޢާއިލާއަކީ ކުޑަނަމަވެސް، އުފާވެރި، ތަނަވަސް ޢާއިލާއެކެވެ. މާލޭގައި، ބައްޕަގެ ގެދޮރު ހުރުމުން ދަތިކަމެއްނެތި އުޅެވެއެވެ. ބޭނުންހާ އެއްޗެއް ލިބެއެވެ. ބޭނުންހާ ކަމެއް ކުރެވެއެވެ. މިއަހަރަކީ އަހަރެންގެ ފަހު އިމްތިހާނުގައި އިށީންނަންޖެހޭ އަހަރެވެ. އަހަރެން ގަދައަޅާ މަސައްކަތް ކުރަމުންދިޔައީ، ކުރިއެކޭވެސް އެއްގޮތަށް މައިންބަފައިން ފަޚުރުވެރިވާނެފަދަ ނަތީޖާއެއް ހޯދުމަށެވެ. އެހެން ކުދިންނާ ޚިލާފަށް އަހަރެންނަކީ، ހިތްއަލި […]
މިއަދުވީ ވަރަށް ވަރުބަލި ދުވަހަކަށެވެ. އެހެންކަމުން ސާރާ އެއްޗެހި ބަދަލުކޮށްގެން ނުވައެއް ޖަހާކަށްހާއިރު ނިދަން އޮށޯތީ ސްކޫލުގެ ސުވާލުމުބާރާތައް ނަގަންވެފައިހުރި ސުވާލުތައް ފަތިހުނަގަން ހިތައްއަރުވައިގެންނެވެ. ނަމަވެސް ނިދުމުގެ ކުރިން ސައިޓްގެ އަޕްޑޭޓް ތައް ބަލާލަން އޮންލައިން ވީއިރު ބަރަކާއާއި، ދީނާއާއި، އަދި ޔަމީނާވެސް ތިބީ އޮންލައިންގައެވެ. ވީ އުފަލުން އަވަހަށް އަންވާރު ޓީމުގެ ވައިބަރ ގްރޫޕުން ވާހަކަ ދައްކަން ފެށިއެވެ. ފުރަތަމަ ދީނުގެ ރިވެތި ސަލާމުން ސަލާމް ގޮވާލުމަށްފަހު އެކަކު އަނެކަކުގެ ހާލުއަހްވާލު އޮޅުންފިލުވާލާފައި އިތުރު ވާހަކައާއިގެން […]
މިއަދު އިރުއެރީންސުރެ ޔަމީނާ ހުންނަނީ ހިތްއަވަސްވެފައެވެ. ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ހިތުގައި ހިނގާއިރު، މޫނުމަތިން ރަކި ހިނިތުންވުމެއް ފެނެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތުގައި ނަވާލުގެ ޚިޔާލުތައް ރަސްކަންކުރަމުން އެ ދަނީ ވަކި އިރެއް ބަލާފަކާ ނޫނެވެ. ނަމަވެސް އޭނާ މަސައްކަތްކުރަމުން އެދަނީ މޫނުމަތިން އެއިން އެއްވެސް ކަމެއް އެހެން މީހަކަށް ފާހަގަވިޔަނުދީ ވޭތޯއެވެ. ނާދިރާއަށް އޭނާގެ އެންމެ ހަގު ދަރިފުޅުގެ މޫނުމަތީގައި އެވާ އުފާވެރިކަން ފާހަގަކުރެވުނު ނަމަވެސް ޔަމީނާ އިތުރަށް ލަދު ނުގަންނުވަން ނޭނގޭ […]
އަހަރެންގެ އަޑުއަހާނެ އެއްވެސް މީހަކު މިދުނިޔެއަކު ނެތް. އަހަރެންގެ މޭގައި މި ރިއްސާ ރިއްސުން އަދި ހިތުގައި އަޅާވޭން އެނގެން ބޭނުންވާ އެކަކުވެސް ނެތް. އަހަންނަކަށް އަހަރެންގެ ދަރިންގެ އެ ފޫހިވެފައިވާ މޫނު އަބަދު ބަލާކަށް ކެތެއްނުވޭ. މި ހިތްދަތިކަމަކީ ނިމުމެއް ނެތްކަމެއްފަދަ. އަހަރެން މަރުވުމުންނޫނީ މި ހިތްދަތިކަމަކަށް ނިމުމެއްނާންނާނެ ކަންނޭގެ. އެހެންބުނެވުމާއެކު އެ ދައްތައަށް ގިސްލެވެން ފެށުނެވެ. ސާރާ އަވަސް އަވަހަށް އެ ދައްތަގެ ކޮނޑުމަތީ އަތް ބާއްވާލީ ހިތްވަރުކުރާށޭ ބުނާފަދައިންނެވެ. އެއްބަޔަކު އެގަދަ ކަނޑުގެ […]
އެއްވެސް ވަރަކަށް ރަނގަޅުވޭތޯ ޓެސްޓް ކޮށްލީކަމަށް ސަމާހުބުނެ ތެދުވެގެން އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ނަމަވެސް ސާދިޔާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. ދީނާއަށް އެކަން ފާހަގަކުރެވުމުން މަންމަ ތީނީ ކިހިނެއްވެފައިހޭ އަހާލިއެވެ. ސާދިޔާ: މިހާރު ކޮންދުވަހެއް ދަރިފުޅު ހުއްޓާނުލާ ތިއެއްޗެހި ކިޔަވާތާ. އެކަމަކު އަދިވެސް ރަނގަޅުނުވޭ. މަންމައަކަށް އެއްވެސް ކުރިއެރުމެއް ތި ކުރާ ކަމަކުން ނުފެނޭ. ދީނާ: މަންމަ ތިހެން ނުވިސްނަބަލަ. ކޮންމެކަމެއްވެސްވާނީ ރަނގަޅަކަށޭ. ނިކަށް ވިސްނާލަބަލަ، މިކަމެއް ދިމާނުވިނަމަ އަހަންނަށް މިހާ ބަދަލެއް ނައީސް އެއްނު. މިކަމުގެ […]
ގޭގެ ބޮޑުދޮރު ތަޅުދަނޑިން ހުޅުވާލިއަޑަށް ބަރަކާ ބަލާލިއިރު އާޔަން މަސައްކަތްތަށް ނިންމާފައި އައިސް ގެއަށް ވަނީއެވެ. ބަރަކާ ލެޕްޓޮޕް ނިއްވާލާފައި އުފާވެރި ހިނިތުންވުމަކާއެކު އާޔަންއަށް މަރުހަބާކީ ލޯބިން ބައްދާލަމުންނެވެ. ނަމަވެސް އާޔަން ބަރަކާ ކުޑަކޮށް ދުރުކޮށްލާފައި މިހިރީ ހަޑިވެފައި ކަމަށް ބުންޏެވެ. ބަރަކާ ތިއައީ ކޮންމަސައްކަތެއްގަ އުޅެފަތާ އެހީ މޫނުމަތިން ވަރަށް ވަރުބަލިކަން ފެންނަމުންދާތީއެވެ. އާޔަން ގޮސް އެތާއިން ގޮނޑީގައި އިށީނދެ އަރައިގެންހުރި ބޫޓް ބާލަން އިނދެ ވާހަކަދެއްކިއެވެ. އާޔަން: މިއައީ އަލަށްހެދި އިމާރާތެއްގަ ކަރަންޓް މަސައްކަތު […]
އިޝާނަމާދު ކޮށްލައިގެން ޔަމީނާ ނުކުތީ ލޫތު ކިޔާވަރުން އޭނަޔާއެކު ބޭރަށް ދިއުމަށެވެ. ކޮޓަރިން ނިކުތްއިރު ނާދިރާ އާއި ރަޝީދު ތިބީ ކާމޭޒު ކައިރީ ރޭގަނޑު ކެއުމަށް އިންސާފުކުރާށެވެ. ޔަމީނާ ފެނުމުން އެދެމީހުން ދައްކަމުން އައި ވާހަކަ ހުއްޓާލާފައި ޔަމީނާ އަށް ސަމާލުކަން ދިނެވެ. ޔަމީނާ ލޫތުއާއެކު ބޭރަށްގޮސްލާފައި އެބައަންނަމޭ ބުނުމުން ރަޝީދު ބޯޖަހާލީ އެކަމަށް ހުއްދަ ދިނުމަށެވެ. ގެއިންނިކުތްއިރު ލޫތު އިނީ ސައިކަލުމަތީ ޔަމީނާގެ އިންތިޒާރުގައެވެ. ޔަމީނާ ފެނުމުން ހާދަލަހޭ ކިޔާފައި ޝަކުވާކޮށްލިއެވެ. ސައިކަލު ގޮސްހުއްޓީ ބީޗް […]
ބަރަކާ ދިޔުމުން ޔަމީނާ ފުންނޭވާއެއް ދޫކޮށްލީ އެ ޝަކުވާތައް މީހަކަށް ކިޔާދެވުމުން ސިކުނޑިއަށް ލިބުނު ލުޔަކުންނެވެ. އެއަށްފަހު ކޮޓަރިއަށް ވަނީ މަޣްރިބް ވަގުތުޖެހޭތީ ނަމާދަށް އަރަން ތައްޔާރުވެލާށެވެ. ނަމަވެސް އަދި ފަނަރަ ވަރަކަށް މިނެޓް އޮތުމުން އަންވާރު ސައިޓަށްވަދެ އޭނާ ކުރިން ލިޔެލާފައިއިން ލިޔުމަކުން ސައިޓް އަޕްޑޭޓް ކޮށްލިއެވެ. ފެޝަން އިންޑަސްޓްރީ ފެޝަނަކީ ކޮބާތޯއެވެ؟ ފެޝަނަކީ އެންމެ ފަހުގެ ސްޓައިލްތަކާއި އުޅުންތަކެވެ. މިޒަމާނުގައި އިންސާނުން ގެންގުޅޭ ހުރިހާ އެއްޗަކާއި، ކުރާ ހުރިހާކަމެއްގައިވެސް ފެޝަންވަނީ ހިމެނިފައެވެ. ފެޝަނާނުލާ ދިރިއުޅުމެއްނުވެއޭ […]