އާދައިގެ މަތިން އަހަރެން ޖަލީން އަށް ފަތިސް ނަމާދަށް ގޮވާލީމެވެ. ފާޚާނާއަށް ވަދެ ވުޟޫ ކޮށްގެން ނުކުމެ ކުރުތާއެއް ލުމަށް ފަހު ފުނާ ނަގައި ބޯ އޮމާންކޮށް ރީތިވާންފެށުމުން އަހަރެންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަހަރެންނަށް ހުރެވުނީ ކޮޓަރީގެ ދޮރުކައިރީގައި ކަމުން އަހަރެން ޖަލީން ދިއުމަށް ތަން ދައްކާލުމުން އޭނާ ދިޔަތަން ބަލަން ހުރެވުނީ އާގަމަވެފައެވެ. އިއްޔެ އޭނާ ނަމާދު ކުރީ ގެއަށެވެ. އެކަމަކު މިއަދު ފުރިހަމަ މުއުމިނު ފިރިހެނެއް ފަދައިން އެދިޔައީ މިސްކިތަށެވެ. އަހަރެންވެސް ފާޚާނާއަަށް […]
އަހަރެން ބޯ ހޫރާލުމަށް ފަހު އާދައިގެމަތިން ދިޔައީ ހިނގާލާށެވެ. އެހެން ދުވަސްތަކާ ޚިލާފަށް އަހަރެންގެ އަތުގައި ޓެނިސް ނެތުމުން އަހަރެން ކަސްރަތުކުރުމުގެ ޚިޔާލު ދޫކޮށްލީމެވެ. ގަޑިން 7 ޖަހަންދެން ހިނގާލުމުގަ ވަގުތު ހޭދަކޮށްލުމަށް ފަހު އަހަރެން ދިޔައީ އެޕާޓްމެންޓަށް ވަންނާށެވެ. އޭރު ޖަލީން ފޯނުން ވާހަކަ ދައްކާ އަޑު އިވި އިވި ހުއްޓެވެ. އަހަރެން ފެނުމުން ޖަލީން ފޯނު ބޭއްވުމަށް ފަހު ހެނދުނުގެ ނާސްތާ އަށް އޯޑަރު ދިނެވެ. އޯޑަރު ކުރި ތަކެތި އަންނަން ދެން އަހަރެން ގަސްދުކުރީ ކޮޓަރިއަށް ވަންނާށެވެ. ކުރާނެ ކަމެއް ނެތުމުން ފޯނަށް އަޅާފަ ހުރި ހިތްގައިމު ނަޝީދްތައް އަޑު އަހަން ފެށީމެވެ. އަހަރެން އެންމެ ފުރަތަމަ ވެސް އަޑު އަހަން ފެށީ މިޝަރީ ރާޝިދް އަލް އަފަސީގެ ‘ރަޙްމާން’ އެވެ. ނަޝީދް ކިޔާފަ ހުރި ރީތިކަމާއި އަސަރުގަދަ ކަމުން އެންމެ ހަރު ހިތުގެ ވެރިޔާގެ ހިތައްވެސް އެނގުން ވެލައިގެން ދާނެކަން ގައިމެވެ. […]
އޭގެ އަނެއް ދުވަހު އިރު އެރި އިރު އަހަރެން ހުރީ ވަރަށް ނުތަނަވަސް ވެފައެވެ. ޤާޒީ އަކަށް ގުޅާ ކައިވެނި ކޮށް ދިނުމަށް ގެ ކައިރީގައި ހުރި މަސްޖިދުއް ސަލާމް މިސްކިތަށް އައުމަށް އަހަރެން ބުނީމެވެ. އެއަށްފަހު ނުތަނަވަސް ކަމާއި އެކު، ތެޅި ތެޅި އޮތް ހިތަކާއި އެކު އަހަރެން ޖަލީނަށް ގުޅީމެވެ. ކަންދިމާ ކުރިގޮތުން ދެތިން ރިންގަށް ފަހު ޖަލީން ފޯނު ނެގިއެވެ. އަހަރެން ޖަލީން ގާތު ޤާޒީ ހަމަޖެއްސި ގަޑި ބުނުމަށް ފަހު ފޯނު […]
އަޅުގަނޑު ލިޔަން ފަށައިފައިވާ ވާހަކަ ‘ޓެކްސީ’ ވަކި ހިސާބަކުން މެދުކަނޑާލަން ޖެހުނު ކަމަށް ޓަކައި ކިޔުންތެރިން ގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. އަޅުގަނޑުގެ ކިޔެވުމުގެ ކަންތައް ހުންނަ ގޮތުން ވާހަކަ ލިޔުމަށް ހުރަސްތަކެއް ކުރިމަތިވުމުން ވާހަކަ މެދު ކަނޑާލުމަށް ގަސްދު ކުރީ އެވެ. ﷲ ގެ އިރާދަފުޅާއި އެކު ވަރަށް އަވަހަށް މި ވާހަކަ ކިޔުންތެރިންނާއި ހަމަޔަށް އަލުން ގެނެސް ދޭނެ ވާހަކަ ދަންނަވަމެވެ. އިންތިޒާރު ކޮށްލައްވާ!
އަހަރެން ޖަލީން އާއި އިނުމަކީ އެކަންކުރުމުގެ ފުރަތަމަ ފިޔަވަޅުކަން އަހަންނަށް ވިސްނުނީތީއެވެ. އަހަރެންގެ ގޭ ދޮރާއި ހަމަވި ވަގުތު އަހަރެން ހުއްޓުން އެރިއެވެ. އެތަން ބޭރު މީހަކަށް ފެނުނު ނަމަ އަހަންނަށް ދުވަހަކުވެސް ދޮރެއް ނުފެންނަ ކަމުގައި ހީވާނެއެވެ. އެވަރަށް އަހަންނަށް އެއާއި ދިމާލަށް ބެލެމުން ދިޔައެވެ. އެދޮރުގެ އަނެއްފަރާތުގައި އަހަރެންގެ އަންމި ހުންނާނެއެވެ. އަންމި އިންތިޒާރު ކުރަމުން ދާނީ އަހަރެންގެ އުފާވެރި މޫނަށެވެ. އަހަރެން އުފާވެފައި ޓެސްޓް ފަސޭހަކަމުގައި ބުނާ އަޑު އަހާލުމަށް އަންމި ހުންނާނީ […]
“އައްސަލާމް އަލައިކުމް… ލާހޫރު ޓެކްސީ ސެންޓަރ ތޯ؟ ޔުނިވަރސިޓީ އޮފް ލާހޫރު ދޮރުމައްޗަށް ޓެކްސީއެއް ފޮނުވަދީފާނަންތޯ؟ޓެކްސީ ނަމްބަރު 3351 ފޮނުވައި ދީފިއްޔާ ބޮޑަށް ރަނގަޅީ… ކުރަކި ވެފައިވާ އަޑަކުން އަހަރެން ފައްޗަކަށް އަމުނާލީމެވެ. އެކޮޅުން މީހަކު އަދަބު ވެރިކަމާއެކު މައްސަލައެއް ނެތްކަމުގައި ބުނުމުން އަހަރެން ފޯނު ކަނޑާލީމެވެ. އެވަގުތު އަހަރެންގެ ހިތުގައި ހިނގި އިޙްސާސް ތަކަކުން އަހަރެންނަކަށް މަޑަކުން ނުހުރެވުނެވެ. ފޯނުގައި ބާރަށް ހިފާލައިގެން ކޮލެޖުގެ ބޮޑު ދޮރުކުރިމާތީ ދެކޮޅު ދެކޮޅަށް ކުރުކާލި ކަނޑަ ކަނޑާ ހުރެވުނެވެ. […]
ކުއްލިއަކަށް އަހަންނާއި ވަރަށް ކައިރިން މީހެއްގެ ނޭވާގެ އަޑު އަހަންނަށް އިވުނެވެ….. އެވަގުތަކީ އަހަރެން އަތުގައި ޓޯޗު ޖެހުނު ވަގުތު ކަމުން ކުއްލިއަކަށް އޭތި ނަގާ ޖައްސާލުމަށް ފަހު އަޑުއަންނަދިމާލަށް އަމާޒު ކޮށްލީމެވެ. އެއީ ޑްރައިވަރެވެ. ދަންނަ މޫނެކެވެ. ރީނދޫ ކުލައިގެ ޓެކްސީ ޑްރައިވަރުން ލާޔުނީފޯމެއްގައި މިހިރީ ޖަލީނެވެ. އެއީ މަޝްހޫރު މަހުޖަން ޑރ.އަޒްރަފް ޝާހުގެ ތިން ދަރިން ކުރެ ދަރިއެކެވެ. ދިރިއުޅުމާއިމެދު ޚިޔާލެއް ނެތުމާއި މަސައްކަތެއް ކުރުމުގެ ޝައުޤެވެރިކަންނުހުންނާތީ އޭނާގެ ހިޔާވަހި ކަމާއި ޙިމާޔަތުން ނެރެ […]
ކާރުދުއްވަމުން ދިޔައިރު ޑްރައިވަރުގެ ކަތި ނަޒަރުތައް އަހަންނަށް އަމާޒުވެފައިވާކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ. މިކަމުން އަހަންނަށް އުނދަގޫވިއެވެ. ވުމާއި އެކު އިސްދަށަށް ޖަހާލައިގެން އަހަރެން އިނީ ވަރަށް ޖެހިލުންވެފައެވެ. އެގޮތަށް ކުޑައިރުކޮޅަކު އިނުމަށްފަހު ކުޑަދޮރުން ބޭރު ބަލާލެވުނެވެ. އެއީ މުޅިން އެހެން މަގެކެވެ. ފަހަރެއްގައި ފެންގަނޑު ބޮޑު ވުމުން ކާރުގެ މިސްރާބު ބަދަލު ކޮށްލީކަމަށް އަހަރެންގެ ހިތަށް ވިސްނައިދެމުން ގެންދިޔައީމެވެ. އަހަރެން އަތު ކުރީގައި އޮތް ގަޑީގެ މޫނު މަތި އަހަންނާއި ދިމާއަށް އަބުރާލަމުން ބުރުޤާގެކޮޅުުން ގަޑީގެ މޫނުމަތި […]
ނުތަނަވަސް ކަމާއެކު ފާރުގައި ހުރި ގަޑިއަށް ބަލައިލީމެވެ. އަހަރެން ހާސް ވެފައިވާ ވަރުން ގަޑީގެ ކަށިތައް އާދަޔާ ޚިލާފަށް ބާރަށް އެނބުރޭހެން އަހަންނަށް ހީވަމުންދިޔައެވެ. “ދަރިފުޅާ، މަންމަ އަށް ހީވަނީ މިއަދު ދަރިފުޅު ކޮލެޖަށް ދާން ޖެހޭނީ ޓެކްސީ އެއްގައި ހެން” އަހަރެންނަކީ ޓެކްސީތަކާ މާ ރައްޓެހި މީހެއްނޫނެވެ. ނަމަވެސް އަހަންނަކަށް އެނޫން ގޮތެއް ނެތެވެ. ޓެކްސީ ސެންޓަރެއްގެ ނަމްބަރު ފޯނުން ހޯދާލުމަށްފަހު ގުޅާލީމެވެ. ދެތިން ރިންގަށް ފަހު ފޯނު ނަގައިފިއެވެ. “އައްސަލާމު ޢަލައިކުމް ރޯޒާވެލީގެ 23 […]