Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިތުގެ މިލްކުވެރިޔާ (އެއްވަނަ ބައި)

azzadhil Level 210 Stories100 Comments
June 29, 2017 3 Mins Read
22 Comments

ފޯނު ހިފައިގެން އަރުޝީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ލޯބިވާ ފިރިމީހާ ކައިސަން ގެ އިންތިޒާރުގައެވެ. ކައިސަން އަށް ޕްރޮމޯޝަން ލިބުމާ ގުޅިގެން އެކަމުގެ އުފަލުގައި އަރުޝީ ވަނީ ގޭގައި މިއަދު ވަރަށް ރަނގަޅަށް ކައްކާލާފައެވެ. ކައިސަންއަށް އެންމެ މީރު ކަނޑުކުކުޅުގެ މީރުވަސް ވަނީ މުޅިތަނުގައި ހިފާލާފައެވެ. އޭގެ އިތުރުން ބަނބުކޭލީ ބަތާއި ރިހާކުރާއި ތެލުލި ފަތުގެ އިތުރުން ލޮނުމިރުސް ތައްޓެއްވެސް ހުއްޓެވެ. މީގެ އިތުރުންވެސް މޭޒުމަތީގައި ކައިސަންއަށް މިރުވާނެހެން ހީވާ އެއްޗެއް ހުއްޓެވެ.

އަރުޝީ ލައިގެންވެސް ހުރީ ކައިސަންއަށް އެންމެ ކަމުދާ ކަހަލަ ހެދުމެކެވެ.ކަޅު ނޫކުލައިގެ ބޮޑު ކޮކާ ހެދުމަކާއި ތަންކޮޅެއް އަލި ނޫކަލެއްގެ ބޮޑު ޝޯލްއެއް އަޅައިގެން ހުރިއިރު އެދޮންމޫނު ފެންނަލެއް ވަރަށް ރީއްޗެވެ. އެއީ ގުދުރަތީ ރިތިކަމެކެވެ. އެއްވެސް މޭކަޕަކާ ނުލާވެސް މޫނުގައި އެންމެ ބިއްސެއްވެސް ލަކުނެއްވެސް ނެތެޗެ. ނަމަވެސް މިވަގުތު އެމޫނު ވަނީ މިލާލާފައެވެ. ކައިސަންއަށް އެތަކެއް ފަހަރަކު ގުޅިއްޖެއެވެ. ނަމަވެސް ފޯނުއޮތީ ނިއްވާލާފައެވެ. މިވަގުތަކީ އެހެންޏާ ކައިސަން އޮފީހުން ބްރޭކަށް އަންނަ ވަގުތެވެ. ނާދެވޭ ކަމެއް ވިޔަސް ނުވަތަ ފޯނު ނިވިފަ އޮަތަސް އޮފީސް ފޯނުން ނަމަވެސް ގުޅާފައި ބުނާނެއެވެ.

އަރުޝީގެ ކަންބޮޑުވުން އިތުރަށް ބޮޑުވީ އޮފީހަށް ގުޅުމުން އެކޮޅުން ބުނި އެއްޗަކުންނެވެ. ކައިސަން އޮފީހުން ނިކުތްތާ ބައިގަޑިއިރު ވެދާނެ ކަމަށް ބުނުމުން އަރުޝީގެ ހިތަށް ވަނީ ބިރުވެރިކަމެއް ވެރިވެފައެވެ. އޭގެ ފަހުން އެއްގަޑިއިރުވީއިރުވެސް ކައިސަންގެ ހަބަރެއް ނުވުމުން އަރުޝީއަށް ރޮވެން ފެށުނެވެ. ކައިސަން ހޯދަން ގުޅާނެ އިތުރު މީހަކުވެސް ނެތެވެ. ރަހުމަތެރިއެއްގެ ނަމްބަރެއް އެނގެނީ އެއް ނޫނެވެ. އާއިލާ ހުންނަނީ މާމައެއް އެކަންޏެވެ. މާމައަކީ ހިނގައި ބިގާވެ އުޅެވޭ ވަރުގެ މީހަކަށް ނުވުމުން އިންނަނީ ގޮޑިގައެވެ.

އަރުޝީވެސް އުޅެ ބޮޑުވީ ކުޑަކުދިންގެ ހިޔާގެއެވެ. މަންމައާއި ބައްޕަ ދުނިޔޭގަ ތިބިކަމެއްވެސް ނުވަތަ ނެތްކަމެއް ވެސް އަރުޝީއަކަށް ނޭނގެއެވެ.

“އާރޫ.. ކޮބާ ކައިސަން އަދިވެސް ނާދޭތަ” ކޮޓަރިތެރޭން މާމަ ގޮވާލިއަޑު އިވުނެވެ. އަރުޝީއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ކައިސަން އަކީ މާމަގެ ފުރާނައެވެ. ހަބަރެއް ނުވެގެން އުޅޭ ވާހަކަ ބުނުމުން މާމައަށް ވާނެ ގޮތެއްވެސް ނޭނގެއެވެ.

ނުދަންނަ ނަމްބަރަކުން ފޯނެއް އައީ އޭގެ ބައިގަޑިއިރެއްހާއިރު ފަހުންނެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އަވަސް އަވަހަށް ފޯނު ނެގީ ކައިސަން ކަމަށް ހީކޮށެވެެ. ނަމަވެސް ފޯނު ނެގުމާއެކު ލިބުނު ހަބަރުން އަރުޝީގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. އަތުން ފޯނު ދޫވެގެން ވެއްޓި ތަށިމުށިތައްމަތީގައި ޖެހުމާއެކު އޭގެ އެތިކޮޅުއްތައް އެކިތަންތަނަށް ބުރައިގެން ދިޔައެވެ. އެއަޑަށް ގޮނޑި ދަމަމުން ކޮޓަރިތެރޭން މަރިޔަމްވެސް ނިކުތެވެ. އެވަގުތު ދުވެފައި ގެއިން ނިކުތް އަރުޝީ ފެނުމުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމަށް ހިތް ބުނަމުން ދިޔައެެވެ. އަވަހަށް ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަން ފެށީ ހުރިހާ ކަމެއް ރަނގަޅުކޮށްދެވުމަށް އެދި ހިތާ ހިތުން ދުއާކުރަމުންނެވެ.

ދުވަމުން ގޮސް ހޮސްޕިޓަލަށް ވަންއިރުވެސް އަރުޝީއަށް ރޮވެނީއެވެ. މީހުންގެ ބެލުންތަކަށް ފަރުވާލެއް ނެތެވެ. އެއަށް ވުރެ ބޮޑަށް ހިތަށް ކުރަމުންދާ އަސަރު މާބޮޑެވެ. އެމަރޖެންސީ ބަޔަށް ވަނީވެސް ފުލުހުންގެ އަތް ފޮޅުވާލާފައެވެ. ކައިސަން އޮތް އެނދާ ދިމާއަށް ދެވުނުއިރު ޑޮކްޓަރ ކައިސަންގެ ބޮލާ އެއްކޮށް ފޮތިގަނޑު އަޅާލަނީއެވެ. ކައިރީގައި ހުރި ކައިސަންގެ އެންމެ ގާތް އެކުވެރިޔާ އައިދަން ދެލޯފޮހެލުމާއެކު ވެގެން އުޅޭ ގޮތް ނަގައި ގަނެވުނެވެ. ދެކަންފަތް މަތީގައި އަތް އަޅާފައި ނޫނެކޭ ކިޔާ ހަޅޭލަވައި ގަތެވެ. އައިދަން އާއި ޑޮކްޓަރުންނަށްވެސް ބަލާލެވުނީ ސިހިގެން ގޮހެވެ. އަރުޝީ ބާރަށް ހިނގާފައި އައިސް ކައިސަންގެ މޫނުމަތީގައި އަޅާފައި އޮތް ފޮތިގަނޑު ދުރަށް އެއްލާލިއެވެ. އަދި ކައިސަންގެ ދެކޮނޑުގައި ހިފާ ތަޅުވަމުން ގޮވަން ފެށިއެވެ. ކައިސަން އަށް ލިބިފައިވާ ޒަހަމްތައް ފެނުމުން އަރުޝީއަށް ކެތްވަނީކީ ނޫނެވެ. އެންމެ ބޮޑަށް އަސަރު ކުރީ މޭމަތިން ފަޅައިގެން ގޮސްފައިވާ ތަން ފެނުމުންނެވެ. މޭމަތީގައި ބޯއަޅާއިގެން އޮވެ ރޮމުން ދިޔައީ ކައިސަން ދެން ނާންނެކަން އެނގުުމުންނެވެ.

ކައިސަން ގެ ހަށިގަނޑު އާސަހަރާއަށް ގެންދެވުނީ އޭގެ ގަޑިއިރެއްހާ އިރު ފަހުންނެވެ. ރޮއެ ރޮއެ އަރުޝީގެ ހާލު ވަނީ ވަރަށް ބޮޑަށް ދެރަވެފައެވެ. މަރިޔަމް ގެ ރުއިމުުގެ އަޑުވެސް މުޅި ސަހަރާގައި ގުގުމާލާފައިވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކުޑައިރުއްސުރެ ކައިސަން ބަލާބޮޑުކުރީ މަޔަކާ ބަފައެއް ލޯބިދީގެނެވެ. ކައިސަން ބަލާބޮޑުކުރީ ނިކަމެތި ހާލެއްގައެވެ. ކައިސަންވެސް މާމަދެކެ އެހާ ލޯބިވާނެއެވެ. އަބަދުވެސް ސަކަ މިޒާޖެއްގެ ވެރި ކައިސަން މިއަދު ހަމަހިމޭންވެފަ އޮތްތަން ފެނުމުން މަރިޔަމްގެ ހިތަށް ކެތްވަނީކީ ނޫނެވެ. މަރިޔަމް ދުނިޔޭގައި މިފަދަ މަންޒަރެއް ފެނުމަކީ ދުވަހަކުވެސް ބޭނުންވި ކަމެއް ނޫނެވެ. ނަމަވެސް މަރަކީ މިފަދަ އެއްޗެކެވެ. މަރުވާކަށް ވަކި ވަގުތެއް ވަކި ތަނެއް ވަކި އުމުރެއް ނޯވެއެވެ.

ކައިސަންގެ ބޯކޮޅުގައި އެމޫނަށް އަރުޝީ ބަލަހައްޓައިގެން ހުރީ އެސްފިޔަ ޖަހާލަންވެސް ބޭނުން ނުވެފައެވެ. ދެން ދުވަހަކުވެސް ނުފެންނާނެ ހިތަށް އަރާ ވަގުތު ހޯސްލާފައި ކަރުނަތައް ފައިބާގަނެއެވެ. މޫނު ބަލާފައި ދާ ކޮންމެ މީހަކުވެސް އަރުޝީއަށް ހިތްވަރުގެ ބަސްތައް ބުނަމުންދިަޔައެެވެ. ނަމަވެސް އެމީހުން ދައްކާ ވާހަކަ އަރުޝީއަށް އަޑު ނީވޭކަހަލައެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދުނިޔެ ބަދަލުވެގެން ދިޔަގޮތުން އަރުޝީއަށް ވަނީ ޝޮކެއް ލިބިފައެވެ. މިހާ ޅައުމުރުގައި ހުވަފަތްވުމުން ދެރަ ނުވާނީ ކާކު ހެއްޔެވެ.

ކައިސަންގެ މޫނު އެޅިވަގުތުވީ މަރިޔަމާއި އަރުޝީއަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބުނު ވަގުތަކަށެވެ. މަރިޔަމް މޭކުދި ކުދި ވާހެން ހީވިއިރު އަރުޝީ ރޮއެ ރޮއެ ހަލާކުވަނީއެވެ. ކަށުނަމާދު ކުރި ވަގުތު ވެސް އަރުޝީއަށް ރޮވެނީއެވެ. ވަޅުލާ ނިމިގެން އެންމެން ގެއަށް ދިޔައިރުވެސް އަރުޝީ ހުރީ އެތަނުން ދާން ބޭނުން ނުވެފައެވެ.

“އަރުޝީ، ކައިގެ އޮފީސް ވެރިމީހާ ބައްދަލުކުރާން އައިސް އެބަހުރި” އަރުޝީ ސިހުނީ އައިދަންގެ އަޑުންނެވެ.

އަރުޝީ އައިދަން އަށް ބަލާލުަމެއް ނެތި ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ސަހަރާއިން ނިކުންނަން ހިނގައިގަތެވެ.

ކަޅުކުލައިގެ ފޯރޑް ކާރުގެ ތެރެއިން ދޮރު ހުޅުވާލާފައި ނިކުތީ މާލޭގެ މަޝްހޫރު ނެޓްވަރކިން ކޮމްޕެނީ ‘އާރްވާން’ ކުންފުނީގެ އެމް ޑީ ޒިވާންއެވެ. ކައިސަންގެ ކުއްލި މަރުގެ ހަބަރު ލިބުމާއެކު ޒިވާން އަންނަން ބޭނުންވި ނަމަވެސް ނާދެވުނީ ކޮއްކޮ އާރާވްގެ ހިތުގެ އޮޕަރޭޝަނެއް ކުރާތީއެވެ. އަރުޝީ ނިކުތްތަން ފެނުމުން ހިނދުކޮޅަކަށް ނަމަވެސް ޒިވާންގެ ހިނގުން މަޑުވިއެވެ. މީ ޒިވާންއަށް އަރުޝީ ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ކައިސަންއާއި އެކު ދެތިން ފަހަރު ޒިވާންއަށް ވަނީ އަރުޝީ ފެނިފައެވެ.

” ވަރަށް ބޮޑަށް މައާފަށް އެދެން ކައިސަން ގެ މޫނުބަލާލަންވެސް ނާދެވުނީމަ.. ކައިސަންގެ ކުއްލި މަރަކީ އަޅުގަނޑުގެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް.. ކައިސަން އަކީ އެތާ އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެކަކު.. މިއޮތީ އަޅުގަނޑުގެ ކާޑު.. ބޭނުން ޖެހިއްޖެ ކޮންމެ ވަގުތެއްގައި އަރުޝީއަށް އެހީވާން މިހުރީ ތައްޔާރަށް.. ” ކާޑު ދިއްކޮލަމުން އެހެން ބުނިއިރުވެސް ޒިވާންގެ އަޑުގައި ފޮނިކަމެއް ވެއެވެ. ވީ ފޫހިން އަރުޝީ ބަލާވެސް ނުލާ އެކާޑުގައި ހިފީ ހަމައެކަނި މާމާއަށް ޓަކައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޒިވާންގެ ކިބައިގައި އަރުޝީ ފޫހިވާ ސިފައެއް ހުރެއެވެ. އަރުޝީއަށް ބުޅާ މަސްގަނޑަށް ބަލާގޮތަށް ބެލުމަކީ އަަރުޝީ އެންމެ ފޫހިވާ އެއްސިފައެވެ.

” ގެއަށް ގެންގޮސްދެންތަ” ނާހާން ހުރެފަވެސް ޒިވާން އަހާލިއެވެ.

” ނޫން.. އައިދަން ގެންގޮސް ދޭނެ..” ރުންކުރު ގޮތަކަށް އަރުޝީ ބުނެލިއެވެ.  އެވަގުތު ޒިވާން ކޮއްލި ކަމަކުން އަރުޝީ ސިހިގެން ގޮސް ދެލޯބޮޑުވިއެވެ. އަދި ބަލާކަށް ނުހުރެ ޒިވާން ކޯމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ވާށެ އޯގާ ހިތާ 10

Next

ބަދުނާމް

Next
June 29, 2017

ބަދުނާމް

Previews
June 29, 2017

ވާށެ އޯގާ ހިތާ 10

22 Comments!

  1. Alhugandu says:
    June 29, 2017 at 11:30 pm

    reethi vaane kamah mibalanee Adhi vaahaka nuves kiyan. nukiyaa hiyaaleh mi faalhu kohmilee vaahaka nimendhen gavaidhun genedhinun edhen. Kaamiyaabah edhen

    1. azzadhil says:
      June 30, 2017 at 4:24 pm

      In sha Allah reethi vane.. Jazakallah khair for such a lovely comment

  2. kiyaa says:
    June 29, 2017 at 11:32 pm

    v. nice…. keep it up..

    1. azzadhil says:
      June 30, 2017 at 4:25 pm

      Jazakallah khair

  3. Alhugandu says:
    June 29, 2017 at 11:39 pm

    Miee Azzadhil ge furathama vaahakatha. kiyuntheringe hiyaalu thakah liyun theriyaa javaab dhinumun Kiyun therin varah ufaavaane. goas gothah maana nunagahche ingey! nashey hatheh gothuga balaa.

    1. azzadhil says:
      June 30, 2017 at 4:26 pm

      In sha Allah azza ah vee varakun reply dheveytho balaanan.. Jazakallah khair for such a wonderful advice

  4. Xxxx says:
    June 30, 2017 at 12:06 am

    Story ge feshun v.nice..waiting 4 the coming episodes…

    1. azzadhil says:
      June 30, 2017 at 4:27 pm

      Jazakallah khair

  5. khajja says:
    June 30, 2017 at 12:10 am

    Masha allah v rythi mistry up kollany kon dhuvas thakegga nimendhen stry kiyaalan libeyne kamah ummydhukuran kuriyan huri prt thavves rythi vaane kamah ummydhukuran gud luck keep it up n gud nyt❤❤❤??????

    1. azzadhil says:
      June 30, 2017 at 4:31 pm

      Jazakallah khair.. Story up vaany once a week.. Azza story liyany office ah gos don’t have lap in home.. So office bes busy vane still wee varakun up kureveytho balaanan week eh ga twice ves

  6. Aishath Lewsher says:
    June 30, 2017 at 12:11 am

    azzadhil….koba aneh.bai

    1. Hayu says:
      June 30, 2017 at 12:43 am

      Dhidhaaa. Aaaann..

  7. sam♥ says:
    June 30, 2017 at 12:35 am

    wow … intresting … waiting next part …♡

    1. azzadhil says:
      June 30, 2017 at 4:32 pm

      Jazakallah khair

  8. maroon says:
    June 30, 2017 at 2:06 am

    V loabi. Looking forward for the next ep. Zivan v rythi nameh. Zivan goas character akah nuhadhachey ?
    Waiting ??

    1. Xxxx says:
      June 30, 2017 at 5:36 am

      Yeah..i also like that name.?

    2. azzadhil says:
      June 30, 2017 at 4:34 pm

      Let’s see dhw zivan ge character vane gotheh.. Jazakallah khair

  9. Scarlet says:
    June 30, 2017 at 2:05 pm

    Zivaan kyhkureeba arushee ah ehaa baarakah ejehee… Waiting..?

    1. azzadhil says:
      June 30, 2017 at 4:36 pm

      Zivan kuri kameh ingeyne in sha Allah next part ga.. Let’s wait and see what happens ?

  10. Adha? says:
    June 30, 2017 at 4:53 pm

    Varah interesting story eh.. keehba zivan arushee ah kuree dw.. i think athuga hifeehen…
    Waiting for next part ???

  11. naail says:
    July 1, 2017 at 8:57 am

    Vaahaka v. v. v. reethi?

  12. anth says:
    July 1, 2017 at 10:18 am

    Vvv reethi feshun

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ދެވަނަ ބައި)←


All Right Reserved!