އޭގެ އަނެއް ދުވަހު އިރު އެރި އިރު އަހަރެން ހުރީ ވަރަށް ނުތަނަވަސް ވެފައެވެ. ޤާޒީ އަކަށް ގުޅާ ކައިވެނި ކޮށް ދިނުމަށް ގެ ކައިރީގައި ހުރި މަސްޖިދުއް ސަލާމް މިސްކިތަށް އައުމަށް އަހަރެން ބުނީމެވެ. އެއަށްފަހު ނުތަނަވަސް ކަމާއި އެކު، ތެޅި ތެޅި އޮތް ހިތަކާއި އެކު އަހަރެން ޖަލީނަށް ގުޅީމެވެ. ކަންދިމާ ކުރިގޮތުން ދެތިން ރިންގަށް ފަހު ޖަލީން ފޯނު ނެގިއެވެ. އަހަރެން ޖަލީން ގާތު ޤާޒީ ހަމަޖެއްސި ގަޑި ބުނުމަށް ފަހު ފޯނު […]
” ސަރ ސަރ.. އާރަވް ސަރ.. ކޮޓަރިން ބޮޑު ބާރު އަޑުއިވެނީ” މާނޭވާ އަޅަމުން ރާޖާ މިހެން ބުނުމުން ރައިހާނާއާއި ޒިވާން ދުވަމުން ކަހަލަ ގޮތަކަށް ގެއަށް ވަންނާން ދިޔައެވެ. ރާޖާ ބުނިހެން އާރާވްގެ ކޮޓާރިން އިވެމުން ދިޔައީ އެއްޗެހިތައް ފުނޑި ފުނޑިކުރާ އަޑެވެ. ރައިހާނާ އާއި ޒިވާން އާރާވްގެ ކޮޓަރީ ދޮރުގައި ޓަކިޖަހަމުން އާރާވްއަށް ގޮވަމުންދިޔައެވެ. ނަމަވެސް އާރާވް ދޮރެއް ނުހުޅުވައެވެ. ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ އަޑުގަދަވަމުންނެވެ. އެެންމެ ފަހުން އާރާވް ދޮރު ނުހުޅުވުމުން […]
އަރުޝީއަށް ބަލަން ކެތް ނުވެގެން އެތަނުން ތެދުވެގެން ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރުޖެހިއެވެ. އައިދަންގެ ފޯނުން ދެންމެ ފެނިގެން އެދިޔަ މަންޒަރުން އަރުޝީގެ ހިތް ކަތިލެވިއްޖެއެވެ. ކައިސަން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަރުޝީ އަށް ޤަބޫލުކުރަން ދަތިވަނީީއެވެ. ނަމަވެސް އެ ފޯނުން އެ ފެނުނީ ހަމަ އަރުޝީ ގެ ކައިސަން އެވެ. ކައިސަން ދުވަހަކުވެސް އަރުޝީ އަކަށް ނޯޅޭނެއެވެ. އަރުޝީ އަށް ބާރަށް ރޮވެން ފެށުނެވެ. ހުރި ތަނަށް ތިރިވެ އިށީނދެވުނެވެ. ވީޑިއޯއިން ފެނުނު މަންޒަރު […]
އެއާއެކު އެމީހާގެ ކަރުތެރެއިން ނިކުތީ ވޭނީ އަޑެކެވެ. އެއަށްފަހު އަރުޝީ ގައިން ދޫކޮށްލުމަށްފަހު ބޯމަތީ އަތް އަޅައިގެން ހުރެ ދުވެފައި އެތަނުން ނިކުތެވެ. ބިރުގަނެފައިވާ އަރުޝީ އެމީހާ ފަހަތުން ދުއަވައިގަތީ އެމީހާ މާނައަށް ކަމެއް ކޮށްފާނެތީއެވެ. ކޮޓަރިން ނިކުތްއިރު އެމީހާ ބޮޑުދޮރު ހުޅުވާލާފައި ނިކުމެގެން ދަނީއެވެ. އަރުޝީ ބިރުގަނެފައި ހުރެ ދުވެފައި ގޮސް ދޮރުގައި ތަޅުލިއެވެ. އެއީ ކާކުބާއެވެ. އަދި އެމީހާ ގެއަށްވަނީ ކިހިނެއް ހެއްޔެވެ. ހަމަގައިމުންވެސް ގެއަކީ ކުޑަދޮރެއްވެސް ހުންނަ ގެއެއް ނޫނެވެ. ކުޑަދޮރެއް ހުއްޓަސް […]
ބެލުން ތިރިކުރުން ނާހިދާ އޮތީ އެނދުމަތީގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލަ އެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ބާލީހާއި ބެޑްޝީޓް ތެންމަމުންދެއެވެ. މޭގައި ހިފާފައިވާ ރިހުމުން އިރުއިރުކޮޅާއި މޭމަތީގައި އަތްއަޅާލެވެއެވެ. “މީ އަހަރެން ދެކެން ބޭނުންވި ދުވަހެއް ނޫނެވެ. މިއީ އެއްވެސް މީހަކު ހުވަފެނުންވެސް ދެކެން ބޭނުންވާނެ ދުވަހެއް ނޫންކަން ޔަޤީނެވެ. މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ގޯސްކޮށް ކުރެވުނީ ކީއް ހެއްޔެވެ؟ އަހަންރެން ފައިރޫޒްއަށް ދިން ލޯބީގައި އުނިވީ ކޮން ކަމެއް ހެއްޔެވެ؟ ފައިރޫޒް އެހެން […]
” ނޫން.. އައިދަން ގެންގޮސް ދޭނެ..” ރުންކުރު ގޮތަކަށް އަރުޝީ ބުނެލިއެވެ. އެވަގުތު ޒިވާން ކޮއްލި ކަމަކުން އަރުޝީ ސިހިގެން ގޮސް ދެލޯބޮޑުވިއެވެ. އަދި ބަލާކަށް ނުހުރެ ޒިވާން ކޯމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހިއެވެ. އަދި އަރުޝީގެ ކޮންޑުމަތީގައި އޮތް ޒިވާންގެ އަތް ފޮޅުވާލިއެވެ. ” ހަބަރުދާރު.. އަދި އަހަރެންގެ ފިރިމީހާ ނިޔާވިތާ ބާރަ ގަޑިއިރުވެސް ނުވޭ ކަލޭ ތިއުޅެނީ އެކަމުގެ ފައިދާ ނަގަންދޯ.. އަހަންނަށް މާކުރިންވެސް އެނގޭ ކަލޭގެ ހިތް ނިޔަތް ހުރިގޮތް.. […]
އެތައް ދުވަހަކަށްފަހު ރަށު ފަސްގަނޑުގައި ފައި ބީހުނު ވަގުތު ކުރެވިގެން އެދިޔަ އިހްސާސްތަކަކީ ދުލުން ބަޔާން ކުރަން އުނދަގޫ އިހްސާސްތަކެކެވެ. ދެލޯ ކަރުނައިން ފޯވެފައިވީއިރު މުޅި ހަށިގަނޑުގައި ހީބިހި ނަގާފައިވަނީ ނަފްސުގެ ހުރިހާ ގުނަވަންތަކެއް އެ އިހްސާސްތަކުގައި ބައިވެރިވާ ފަދައިންނެވެ. އެއީ ހަމަ އެދިމާލެވެ. އެ ގޮނޑުދޮށެވެ. ވަށައިގެން އެވަނީ އެ ހަނދާންތަކާއި ގުޅިފައިވީ ކަނޑެވެ. ލާންޗައް އެރީންސުރެ މައިންބަފައިންގެ އެ ހަނދާންތައް އޭނާގެ ސިކުނޑިއާއި ކުޅެމުންދަނީ ކުރިމަތިން ހުރިހާ މަންޒަރެއް ތަކުރާރުކޮށް ފެންނަމުންދާ ފަދަޔަކުންނެވެ. ހުއްޓުމެއްނެތި […]
ޔަމީނާ ނަވާލުއާއި ކައިވެނި ކުރުމަށްފަހު އެދެމަފިރިން އުޅެމުންދަނީ ނަވާލުމެންގޭގައެވެ. ކުޑަ ހަފްލާއަކުން ދެމީހުންގެ ކައިވެނި ނިންމާލި ނަމަވެސް ދެފަރާތުގެ އެންމެންގެ ދުޢާ އަކީވެސް އެދެކުދިންނަށް ބާއްޖަވެރި ދިރިއުޅުމެއް ލިބުމެވެ. މާތް ﷲ ގެ ނުވަދިހަ ނުވަ އިސްމުފުޅު ހިތުދަސްކޮށްފަ ކިޔައިދިނުމަށް ރަންކީ އިރު ނަވާލު އެކަން ކުރީ ޔަމީނާ ހީކުރިވަރަށްވުރެވެސް ފުރިހަމައަށެވެ. އެއްވެސް ކުށެއް ނުޖެހި ކައިވެނި ކުރެވުނު ވަގުތު ރަން ހަވާލުކޮށްދިނެވެ. ޔަމީނާ އެގޮތައް ރަން ކިޔުމުގެ މަޤްސަދަކަށްވީ ނުވަދިހަ ނުވަ އިސްމުފުޅު ހިތުދަސްކޮށްފައިވާ މީހުންނަށް […]
ސައިރެންގެ އަޑާއިއެކު ބާރު ދުވެއްޔެއްގައި އައި އެމްބިއުލާންސް މަޑުކޮށްލީ އދ އަތޮޅު ހޮސްޕިޓަލްގެ ދޮރުމައްޗަށެވެ. ލަސްތަކެއްނުވެ އޭގެ ތެރެއިން ނިކުތީ ތިން ފުލުސް އޮފިސަރުންނެވެ. އެމީހުންނާއި އެކު އެނދުގައިއޮތް ބަލިމީހާ އެތެރެއަށް ވެއްދުމަށް ހޮސްޕިޓަލުގެ އިތުރު ދެ މުއައްޒަފަކުވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އެއްވެފައިވާ މީހުންގެ ތެރެއިން މުސްކުޅި ފިރިހެނަކު ދުވެފައި ކަހަލަ ގޮތަކަށް ހޮސްޕިޓަލުގެ ތެރެއަށް ދެމިގަތެވެ. “އަހަރެންގެ ދަރިފުޅު! ޒޫކް! ކޮބާ އޭނަ؟” ފައިސަލް ފުލުސް އޮފިސަރަކާއި މުޚާތަބްކޮށް ބުންޏެވެ. އޭރު އޭނާއަށް މާނޭވާލެވެއެވެ. “ބޭބޭ! […]