މެދުގައި ހުރި އަލިފާންގަނޑަށް އަހަރެން ބަލަންހުރީ ވާނުވާ ނޭނގޭތީއެއް ނޫނެވެ. އެކަމުން ރެކެވެން ނެތީމައެވެ. މަޖުބޫރީ ހާލަތުގައި ހެދޭނެ އެހެން ގޮތެއް ނެތީމައެވެ. އަލިފާންގަނޑު ވަށާ ޖަހަމުންދިޔަ ހަތްވަނަ ބުރާއެކު އެމީހުން އެކުރަންޖެހޭ ކަމެއްކޮށް ނިންމީ އަހަރެންގެ ކައިވެނިވެސް ކުރެވިގެންނެވެ. އެއީ އަހަރެމެން މުސްލިމުން ކުރާ ކައިވެއްޏާ ތަފާތު ގޮތަކަށް ކުރެވޭ ކައިވެއްޏެކެވެ. އާނއެކެވެ. އަހަރެން ފަދަ މުސްލިމް އަންހެންކުއްޖެއްގެ އަލަތު ކައިވެނި ނިމިގެން އެދިޔައީ ހިނދޫ މީހަކާ އެކުގައެވެ. ރުހުމާނުލައި ގަދަބާރުންނެވެ. އަހަރެންގެ މަންމައަކީވެސް އަހަރެން […]
ތަހުނިޔަޔާ ވެދުންތަކޭ އަރިސްކުރަން އެންމެންނޭ އާ އަހަރެއް ފެށުމުންނޭ ސަތާރައޭ ދެހާހުގޭ ތުރާތަކަށް ކެތްތެރިވޭ އިންސާފަށް ލޯބިކުރޭ ތަހުޒީބަށް އިސްކަންދީ އާއަހަރެއް ފެށުމުންނޭ ކަނޑައަޅަނީ ޢަޒުމްތަކޭ ޢަމަލުކުރަން ހިތްވަރުލާ ފުއްސެވުމަށް ދަންނަވަމޭ ކުދިބޮޑު މީ ފާފަތަކޭ އެންމެހާމި ދަރިވަރުނޭ ޢަޒުމާއެކު ކުރިއަށްދޭ ނަސްރު މިއީ ދެއްވުމަށޭ ދުޢާކުރަން ހަޟްރަތަށޭ އެކުވެރި މަގެ ލިޔުންތެރިން ސާބަސް ދެން ހިތުގެ ފުނުން ވާހަކަތައް ލިޔަމުންދޭ ޖޯޝާއެކު ކިޔާނަމޭ ލޮބުވެތި މަގެ ކިޔުންތެރިން ޝުކުރިއްޔާ […]
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ރަށުގެ އެންމެން ނިދީގެ ފޮނިމީރުކަން ހާސިލްކުރަމުން ދާއިރު، ތަންކޮޅެއް އެކަހެރި ހިސާބެއްގައި ހުރި ޖިފުޓިގަނޑެއްގެ ތެރެއިން ވަރަށް ބަލިގޮތަކަށް މީހަކު ކެއްސާ އަޑު ކެނޑިނޭޅި އިވެމުން ދިޔައެވެ. އެއީ މުދިންގޭ ތައްޚާނުބޭ ނޫން ދެން އެހެން ކާކުހެއްޔެވެ؟ އެބޭ އެ ގޮތަށް އޮންނަތާ އަހަރަކާ ގާތްކޮށްފިއެވެ. ނަމަވެސް އަޅާލާނެ ޔާރެއް އިޔާރެއް އެބޭ ފަކީރުގެ ނެތެވެ. ކީއްވެ ހެއްޔެވެ؟ އަނބި މަރުވެފައި ވިޔެއްކަމަކު، މަރުގެ ތުންފަތް މަތީގައި އޮންނައިރު، ހެޔޮ ދުޢާ […]
އަހަރެންނަކީ މާކަ ރީތި އަންހެން ކުއްޖެއް ނޫނެވެ. ނަމަވެސް ހުތުރު ކުއްޖެކޭވެސް ނުބުނެވޭނެއެވެ. ހުންނާނީ ބުރުގާ އަޅާފައެވެ. ފިރިހެން ކުދިންގެ މެދުގައި މާކަ މައްޝޫރު ނޫނަސް، ފުދޭވަރަކަށް ގިނަ ކުދިންނާއި ވާހަކަ ދައްކާ އުޅެމެވެ. ނަމަވެސް އެއްވެސް ކުއްޖަކާއި އަދި ރައްޓެއްސެއް ނުވަމެވެ. ކޮންމެގޮތެއްވިޔަސް، އަދި ކުރިޔަށް އޮތް ތާނގައި ކޮންމެ މީހަކާއި އެކުގައި އަހަރެން އުޅުނު ކަމުގައި ވިޔަސް، ދާދި ފަހަކުން އަހަރެންގެ ޙަޔާތުގައި ޖެހުނު ލައްގަނޑެއް ހިތަކުން ފިލައިގެނެއް ނުދާނެއެވެ. މިފަދަ ކަމެއް، އަހަރެންނަށް […]
ސިޓީއުރަ ކަނޑާލުމަށްފަހު ރާޝިދު އަޑުހަރުކޮށް ކިޔަން ފެށިއެވެ. ”އަހަރެންގެ ނަމަކީ ނަތާޝާއެވެ. ރުޝްދާއަށް ފަހަރުގައި އަހަރެން އެނގިދާނެއެވެ. ނޭނގިދާނެ ކަމަށް ލަފާކޮށް އިތުރަށް ކިޔައި ދޭނަމެވެ. އަހަރެންނަކީ މީގެ 20 އަހަރު ކުރިން، އިޒްކާ ބަނޑުން ނަގައިގެން ރުޝްދާއަށް ދައްކަން އައި ނަރުސް މީހާއެވެ. ބުރުގައި ނާޅާ އޭރު ހުރި ހަމަ އެކަނި ނަރުސް މީހާއެވެ. ރުޝްދާ އެޑްމިޓް ކުރީއްސުރެ ގާތުގައި އުޅުނު ހަމައެކަނި ނަރުސް މީހާއެވެ. މިހާވަރަށް ބުނީމައި ރުޝްދާ އަށް އެނގޭނެ ކަމަށް ހީކުރަމެވެ. […]
”އޯކޭ! އިޒޫ ވަރުބަލި ފިލުވައިލައިގެން މި ރެއަށް ތައްޔާރު ވައްޗޭ.. ބައްޕަ އާއި މަންމަ ކައިރި ވެސް ބުނައްޗޭ، މިރޭ އަހަރެން ދާނެ ވާހަކަ. ދާއިރު ބޮޑުބެ ވެސް ގޮވައިގެން ދާން މި ވިސްނަނީ.. އޭރުން ދެ ފަރާތު އާއިލާ ވެސް ބައްދަލު ވީނު.” އިޒްކާގެ ގޭ ދޮރުމައްޗާއި އަރާ ހަމަވުމުން އައިމަން ބުންޏެވެ. ”ހުމްމްމް… ބޮޑުބެ ވެސް ގެނޭ.. އާދެވެންޏާ ފަހަރިވެސް ގޮވައިގެން އާދޭ..” އިޒްކާ ޝައުޤުވެރިކަމާއި އެކު ޖަވާބު ދިނެވެ. ” އިޒޫ! އިޒޫ! […]
”މިއީތަ ދޭން ބުނި ސަޕްރައިޒަކީ؟؟” އިޒްކާގެ މޫނު ވަނީ މިލާފައެވެ. އިޒްކާގެ މޫނަށް ވެރިވި ކުލަވަރު ފެނި އައިމަން ގެ ގާތަށް ހިނި އައެވެ. ”އަޅެ އިޒޫއަށް ހާދަ ނުވިސްނެޔޭ ދޯ! އަހަރެން މި ބުނީ ދެނެއް އިޒޫ އާ ރައްޓެހި ވެގެން އުޅޭކަށެއް ބޭނުމެއް ނޫނޭ. ބޭނުމީ އިޒޫ އާ މެރީ ކުރަން..” އައިމަން އިޒްކާ އާ ދިމާއަށް ބަލާލިއިރު އިޒްކާގެ މޫނުވަނީ އުޖާލާވެފައެވެ. ނަމަވެސް އެކަމުން ވެސް އައިމަން އަށް އެއްޗެއް ދޭހަ ނުވިކަމަށް […]
”ލައްބަ! އަޅުގަނޑު އެއްބަސް” އިރުކޮޅަކު ނޭވާ ހިފަހައްޓާލައިގެން ހުރެ އައްފާނު ބުންޏެވެ. އެރޭ އައްފާނު ޒަކަރިއްޔާގެ ގޭދޮށަށް ގޮސް އޭނާ ދިން އެގްރީމެންޓްގައި ސޮއި ކުރިއެވެ. މާދަމާ ކިޑްނީ ހަދިޔާ ކުރަން ހޮސްޕިޓަލަށް ދާނެ ކަމަށް ބުނެ، އައްފާނު މިސްރާބް ޖެހީ ގެއަށް ދިއުމަށެވެ. އައްފާނަށް ގެއަށް ދެވުނުއިރު، ސާޖިދާ ކުކުރަނީއެވެ. ބޮލުގައްޔާއި މޭގައި އަތުން ފިރުމާލަ ފިރުމާލަ އޮތް ސާޖިދާ, އޭނާގެ ބައްޕަ ފެނުމުން ރުއިން ބާރުކޮށްލިއެވެ. އިސާހިތަކު އައްފާނަށް އެ ހަރަކާތްތައް ނަގައިގަނެވިއްޖެއެވެ. […]
” ކުއްލި ގޮތަކަށް މުޅި ޙަޔާތުގެ ކުލަ ބަދަލުވެ ހިނގައްޖެޔޭ.. ޔާ އިލާހީ އަޅުގެ މި ހިތަށް ކެތްނުވާވަރު ވެއްޖެޔޭ.. ލޯބި ތިޔަ އެސްފިޔަ ތަކާއި އެކު…” އިޒްކާގެ މޯބައިލް ފޯނު ދިޔައީ ރިންގްވަމުންނެވެ. ހެދުން ތަކެއް އިސްތިރި ކުރުމުގައި އަވަދިނެތި މަސްޢޫލުވެ އުޅެމުންދިޔަ އިޒްކާއަށް އޭނާގެ ފޯނު ރިންގްވާކަމެއް ރޭކާވެސް ނުލައެވެ. ވާނީވެސް އެހެންތާއެވެ. އިޒްކާގެ ފޯނު ވީތަނެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ރޭގަ ގެއަށް އައިސް، ފޯނު ކޮޓަރި އަށް އެއްލާލި ގޮތަށް […]