އިސްލާމްދީނުގެ މާތް އަހުލާގު ތެރެއިން ޒައްރެއްގެ މިންވަރުވެސް ތަނާގެ ކިބައިގާ ނެތް ކަން ނަދީމް ދެއްކި ވާހަކަ ތަކުން ނޫރަށް އެނގުނެވެ. އެވާހަކަތައް ސާއިގާ އަށް ކިޔައިދީފިނަމަ ވަގުތުން އެކަމަށް މަނާ ކުރާނެކަން ނޫރަށް ކަށަވަރެވެ. ” ދަރިފުޅާ އަނެއްކާވެސް އެމަންޖެ ހިޔާލަށް ގެއްލުނީތަ… ” ނޫރުގެ ދެކޮލުގައި ހިފާ ސާއިގާ އާއި ދިމާއށް އަނބުރުވާލަމުން ސާއިގާ ބުންޏެވެ. އެވަގުތު ނޫރު ހިނިތުންވެލަމުން ލޯތްބާއެކު ސާއިގާގެ އަތުގައި ހިފާ ތިރިކޮށްލުމަށްފަހު ސާއިގާގެ އަތްތިލައަށް ބޮސްދިނެެވެ. ” މާމާ… […]
ނަދީމްގެ ވާހަކަ ހުރިގޮތުން އަރާޝް ކައިރިއަށް ރުޅިއައެެވެ. ރުޅިގަނޑު އިތުރުވެގެން ދިޔައީ އަރާޝްގެ ދިފާއުގައި ތަނާ އެއްޗެއް ނުބުނުމުންނެވެ. އައި ރުޅިމަތީގައި އަރާޝްއަށް ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެެވެ. ތަނާ ސިއްސައިގެން ގޮސް އަރާޝްއަށް ވައި އަޑަކުން ގޮވާލުމުން އަރާޝްގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. ” އަހަރެން ހިއެއް ނުކުރަން އަހަރެން މިގެއަށް ގެނައީ މިގޮތަށް އަހަރެން ލަދުގަންނަވާލަން ކަމެއް… ތީ ހަމަ މުއްސަނދިންގެ ގޮތް… އަހަންނަކަށް ނޫން އެއްޗެއް ނޭނގިގެން މިއުޅެނީ ކަލެއަށް…” އަރާޝްގެ ފަހު […]
ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން އެންމެ ބޮޑަށް ދަސްވެފައިވާ އެންމެ ބޮޑު ކަމަކީ މާތްﷲ އެންގެވި ގޮތަށް އުޅުމާއި ކީރިތި ރަސޫލާގެ ސުންނަތަށް ލޯބިކުރުމެވެ. މޫނުމަތީގައި ވާތް ފަރާތުގެ ކަންފަތާއި ހިސާބުން ފެށިގެން މަތީ ތުންފަތާއި ހަމައަށް ރޮނގެއްހެން ބޮޑު ލަކުނެއް ހުއްޓަސް ބަލާލަން ހަޑިއެއް ނޫނެވެ. ދަތް ދޮޅިން ފެށިގެން ތިރިއަށް ތިންއިންޗި ވަރަކަށް ދިގުކޮށްފައިވާ ތުނބުޅިން ނޫރުގެ ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. ބެލްކަނިން ތިރި ބަލަހައްޓައިގެން ހުރި ނޫރަށް ފަހަތަށް ބަލާލެވުނީ ހުރި ހަމައެކަނި […]
މަރުވުމަށްފަހު މައްޔިތާއަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެމައްޔިތާގެ މައްޗަށް ހެޔޮ ދުއާ ކޮށްދިނުމެވެ. މައްޔިތާގެ މަތިން ގިނަގިނައިން ޞަދަޤާތް ކުރުމެވެ. އެމީހުންނަށް ހެޔޮ ދުއާކޮށް އެމީހުންގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރުމެވެ. އަދި އެމީހުން ކޮށްފައިވާ ހެޔޮ ވަޞިއްޔަތް ފުރިހަމަކޮށް އެމީހުންގެ ގާތް ތިމާގެ މީހުންނަށް އިހްތިރާމްކޮށް ކަމޭހިތުމެވެ. މުހީތު އޭނާގެ އެންމެ ގާތް އެކުވެރިޔާ ނަދީމްއަށް ދެމުން ގެންދިޔައީ މިފަދަ ނަސޭހަތް ތަކެވެ. އެންމެ ލޯބިވާ އަނބިމީހާ ދުނިޔެއަށް އަލްވަދާއު ކިޔުމުން ނަދީމްއަށް […]
އަރުޝީ ގެ ވާހަކައިން ސިހުމަކަށް ފަހު ސިހުމެއް އެތާ ތިބި އެހެން މީހުންނަށް ލިބެމުން ދިޔައެވެ. ރޮވެމުން ދިޔަ އަރުޝީއަށް މޭގައި އަތްއަޅާ މެޔަށް ފިއްތާލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. މިތަންފެނި ދުރުގައި ހުރި ރިހާނީ އަށް ބާރަށް ހިނގާފައި އައިސް އަރުޝީ ގައިގާ ބައްދާލެވުނެވެ. އަރުޝީ ރޯތަން ފެނި ހިސާބަކަށް އާރާވްގެ ރުޅި ފިނިވި ނަމަވެސް ޒިވާންދެކެ އައިސްފައިވާ ރުޅި އިތުރުވިއެވެ. އަރުޝީ ގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަ ތިކެއްގެ ބަދަލު އާރާވްގެ […]
އިޝާ ނަމާދުކޮށްލައިގެން އަރުޝީ ބޭރަށް ދާން ތައްޔާރުވެލީ ރިހާނީގެ އެދުމުގެ މަތިންނެވެ. އަރުޝީ ނުދާން ދެކޮޅުހެދި ނަމަވެސް ރިހާނީގެ އާދޭސް ތަކުގެ ސަބަބުން ދާން އެއްބަސްވީއެވެ. މާކުރު ނުވާގޮތަކަށް ޝޯލް އަޅާލުމަށްފަހު އަރުޝީ އަބަދުވެސް ގެންގުޅޭ މުށި ކުލައިގެ ދަބަސް ހިފައިގެން ބޭރަށް ނިކުތެވެ. ބަދިގޭގައި ކަންހެދުމުގައި އުޅުނު ނަދީމާ ކައިރިން ހުއްދަ ހޯދުމަށްފަހު ދޮރު ކައިރީގައި ބެހެއްޓިފައިވާ ފައިވާން ހަރުގަނޑުން ކަޅުކުލައިގެ ބޫޓު ނަގައި އިސްޓަކީނުން ފޮރުވިފައިވާ ދެފަޔަށް ލައްވާލިއެވެ. އެއަށްފަހު ގެއިން ނިކުންނައިރު ކިޔާ […]
” ދޮންބެ ތިދައްކާ ވާހަކައެއް އަހަންނަށް އެއްގޮތަކަށްވެސް ނުވިސްނޭ.. ތިބުނާ ފަދަ ގުޅުމެއް އަހަރުން ދެމީހުންގެ ދެމެދު ނޯންނާނެ” އަމިއްލަ ކުށެއް ނެތް ކަން ސާބިތުކުރަން މަސައްކަތް ކުރަމުން އާރާވް ބުންޏެވެ. ” އާރާވް ޕްލީޒް.. އަހަރެން މިދެލޮލުންނޭ ދުށީ އަހަރެން ކައިވެނި ކުރި ރޭ އާރާވް އަރުޝީ ކައިރީގައި ކުރި އާދޭސް.. ސޯ ޕްލީޒް… އާރާވް މިތަނުން ދޭ..” ޒިވާންގެ ޖުމްލައިން އާރާވްއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެރޭގެ އެމަންޒަރުން ޒިވާން މާނަ އެނެގީ […]
“ލެެޓްސްގޯ ސެެލެބްރޭޓް ބޭބީ” ޒިވާން ގައިގާ ލައްވެލަމުން މައިރާ ބުނުމުން ޒިވާންވެސް މައިރާގެ އުނުގަނޑުގައި އަތް ވަށާލައިގެން ހުރެ ކޮަޓަރިން ނިކުތެވެ. އަރުޝީވެސް އިތުރަށް މަޑުކުރަން ނުހަދާ ފޮށިހިފައިގެން ކޮޓަރިން ނިކުތެވެ. އެއަށްފަހު އެންމެ ފަހު ފަހަރަށް އެގެއަށް ބަލާލިއެވެ. ރައިހާނާ އާއި ބައްދަލު ކުރަން ހިތަށް އަރާފައިވެސް އެހިޔާލު ބަދަލުކޮށްލީ ރައިހާނާ ކައިރީ ދޮގުތަކެއް ހަދަން ބޭނުން ނުވާތީއެވެ. އަރުޝީ ފޮށިދަމަމުން ގެއިން ނިކުތްއިރު ޒިވާން އާއި މައިރާ ކާރަށް އަރައިގެެން ދަނީއެވެ. އަރުޝީ ގޭޓުން […]
” ކީކޭ ޒިވާން ބުނީ..” ހައިރާން ކަމެއްގެ މަތީގައި އިނދެ މަޑުމަޑުން އަރުޝީ އަހާލިއެވެ. ” ޒިވާން ބުނި އެދުވަހު ހުން އައިފަހުން އަރުޝީ އަށް ނަފްސާނީ ގޮތުން އަސަރުކުރި ވާހަކަ..ރޭގައި ނިދީގައި އޮވެ އަމިއްލަ ކަރުގައި ހިފާ މަރުވަން އުޅުުނު ގޮތައި ފާހާނައިގައި ފެންވަރަވަރާ ހުރެފައި ހަޅޭއްލަވައިގެންފައި ނިކުންނަވެގެން ކައްސާލައި ތުންފަތް ފަޅައިގެން ދިޔަ ވާހަކަ” ރައިހާނާ އަރުޝީ ބޮލުން ފިރުމާލުމާއެކު އަރުޝީއަށް ދެބުމަ ކައިރިކޮށްލާ އިންތަނުން ތެދުވެވުނީ ޒިވާންގެ މަކަރުވެރިކަން ހައްދުފަހަނައަޅައި ގޮސްފިކަން އިހުސާސްވުމުންނެވެ. […]