Skip to content
އެސްފިޔަ

ފަޔާޒް

ކާލާ މަންނަ މޭޒު މަށްޗައް ވައްޓާލަމުން، ކޮބާ ތަރާވީހެއް ނެތްހޭ ކިޔައި، އަހަރެން ސަމާސާ ރާގަކަށް އެކުވެރިންނަށް ސުވާލުކޮށްލީމެވެ. ތާސްކުޅުމުގެ ގަދަ ފޯރީގައި އަހަންނާއި އަހަރެންގެ އެކުވެރި އަމްޖަދު، ދާނިޝް އަދި ޒާޖިލް ތިބީ ކުޅުމުގެ ތެރައަށް ގެއްލިފައެވެ. ރޯދަ ކުރުކޮށްލުމަށް ތާސްކުޅުމަކީ އަހަރެމެން އަބަދުވެސް ކުރާކަމެކެވެ. މެންދުރު ނަމާދު ވަގުތުގައި އެންމެދަނީ ދާނިޝްމެން ގެޔަށެވެ. ކޮންމެޔަކަސް އަސްރު ނަމާދުގެ ވަގުތަށް އަހަރެމެން ތާސްކުޅުން ހުއްޓާލީ އަމްޖަދުމެން ގެޔަށް މިރޭ ތަރާވީހަކަށް ދިޔުމަށް ނިންމައިގެނެވެ.
” އަފްރާހު… ނަމާދުނުކޮށް ހިފާ ރޯދަ ނުވާނެ ރަނގަޅެއް.. ކީއްކުރަން ބަނޑަށް ހުންނަންވީކީއެއް؟ ” ރުޅިވެރިކަމާއެކީ މަންމަ އަހަރެންގެ ތައްޓަށް ފަނި އަޅައިދެމުން ބުންޏެވެ. ” އެއްކަލަ މަންމަ…. ނަމާދު ކުރާނަމޭ…” ބޮޑާ ހާކަމުން އަހަރެން މަންމައަށް ރައްދު ދިނީމެވެ. އަހަރެންނަކީ ރޯދަ ވީއްލާ ވަގުތު ވަރަށް ގިނައިން ކާމީހެއް ކަމުން މިއަދު އެހާ ގިނައިން ކެއި ތަން މަންމަމެންނަށް ނުފެނުމުން އަހަރެންނާއި ސުވާލު ކުރިއެވެ. ޖަވާބުގައި މިރޭ އަމްޖަދުމެން ގެޔަށް ކާންދާން ޖެހޭ ވާހަކަ އަހަރެން ބުނުމަށް ފަހު ދިޔައީ ތައްޔާރުވަށެވެ.
ވަރަށް ގަދައަށް މިރޭ ކާލާނަމޭ ހިތައި އަހަރެން ސައިކަލަށް އަރައި ޒާޖިލްއާއި ދާނިޝް އަށް ގުޅީމެވެ. އެމީހުން މިއަންނަނީއޭ ބުނުމުން އަހަރެން ސައިކަލުގައި އަމްޖަދުމެން ގެޔަށް ދިޔުމަށް ނައްޓާލީމެވެ. މާކަގިނަ އިރުތަކެއް ނުވަނީސް އަމްޖަދު ގުޅައިފިއެވެ. މަގުގެ އެއްކައިރިއަށް ސައިކަލް މަޑުކޮއްލުމަށް ފަހު އަހަރެން ފޯނު ޖަވާބު ދިނީމެވެ. ” އޭ ބުރޯ ކަޑައޭ…. މިރޭ މައެބަ ޖެހޭ އިސްމާއިލުބޭ ގެޔަށްދާން.. ވަރަށް ބޮޑަށް ސޮރީ..” ވަރަށް ހާސްވެފައި ދެރަވެފައިވާ ރާގަކަށް އަމްޖަދު ވާހަކަދެއްކިއެވެ. ވެގެން އުޅޭގޮތެއް ބަލާލުމަށް އަމްޖަދުގެ ގާތުގައި ހަމަޖެހިލާށޭ ބުނުމުން އޭނާ ބުނީ މިއުޅެނީ އިސްމާއިލުބޭގެ ދަރިފުޅު ފަޔާޒު ނިޔާވެގެންނެވެ. ” އެއީ އަހަރެންގެ ކަޒިންނެއް.. ހެސްކިޔާފަ ބަލިކޮށް އުޅެފަ އެމަރުވީ…” ވަރަށް ދެރަވެފައި އަމްޖަދު ކިޔާދިނެވެ. އޭނާގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ހިތްވަރުކޮއްލާށޭ އަހަރެން ބުނުމުން އަމްޖަދު ފޯނު ކަނޑާލިއެވެ. ދާނިޝްއާއި ޒާޖިލްއަށް ގުޅައި މިރޭގެ ކެއުން ކެންސަލް ވިވާހަކަ ބުނުމަށްފަހު ކަޑަ ނުވާންވެގެން އަހަރެން ބަނދަރަށް ދުއްވާލަން ދިޔައީމެވެ.
ވަރަށް ދަންވިފަހުން އަހަރެން ގެއަށް އައީމެވެ. އެންމެންތިބީ ނިދާފައެވެ. އަހަރަރެންވެސް މާލަސްތަކެއްނުވެ ކައިގެން އަރާ އޮށޯތީމެވެ. ޖެހިގެން އައިދުވަހު މުޅި ގޭގައޮތީ އަމްޖަދުގެ ކަޒިންގެ ވާހަކައެވެ. ކޮންމެފަދަ ވަގުތެއްގައިވެސް މަރުވެދާނެކަމާއި މިފަދަ ކަންތައްތަކުން އިބުރަތް ލިބިގަނެ އުޅުން އިސްލާހު ކުރުމަށް މަންމަ އަހަރެންނަށް ނަސޭހަތްދެމުން ދިޔައެވެ. ރަމަޟާން މަހު، ޒުވާން އުމުރެއްގައި ރޭގައި ނިޔާވެގެން ދިޔަ ކުއްޖާގެ ވާހަކަ ހައިރާން ކަމާއެކު މުޅި ރަށުގެ މީހުން ދިޔައީ ފޫހިކަމެއްނެތި ދައްކަމުންނެވެ. އަހަރެން މާބޮޑު ސަމާލުކަމެއްނުދީ، އަދި ވަގުތު އެބައޮތޭކިޔައި އަހަރެން އަޅުކަމުގައި ފަރުވާކުޑަކުރަމުން ދިޔައީމެވެ. ދުވަސްތަށް ފާއިތުވެގޮސް އެންމެފަހުން ރަމަޟާންމަސް އަހަރެމެންނާއި އަލްވަދާއު ކިޔައިފިއެވެ. އިހުނަށްވުރެން ކުޅިވަރުތަކުގައި އަހަރެންގެ ނަފުސު ވަރުބަލިކޮށް އެކުވެރިންނާއެކީގައި ވަގުތުތަށް ނަގާލަމުން ދިޔައީމެވެ. އަންހެންކުދިންނަށް ޖެއްސުންކޮށް، މުސްކުޅިންނަށް އުނދަގޫ ކުރުމަކީ އަހަރެންނަށް ފެންތަށްޓެއް ބޯލުންހައި ފަސޭހަކަމެއްކަމުގައި ހަދައި މާލެތެރޭގައި ވަރަށް ގައްޑާވެ އުޅެން އާދަކޮއްފީމެވެ. ގަޓުހުރިމީހެއްކަން ދެއްކުމަށްޓަކައި އެކުވެރިންދޭ އިރުޝާދުތަކަކީ އަހަރެން މިހާރު ފޮލޯކުރަމުންދާ ޓައިމްލައިނަކަށް މިވަނީ ވެފައެވެ. ރާބޮއެ މަސްތުނިވިއެއްކަމަކު އަހަރެން ރާބޯ މީހަކަށް ހަމައެންމެ ތަންފުކެއްވެސް ދުލެއް ނުކުރަމެވެ. އާއިލާމީހުންގެ އިތުރުން އަވަށްޓެރިންދޭ ނަސޭހަތަކީ ފައިފޮހެލާ ފައިފުއްސެއް ކަމުގައި ހަދައި އަހަރެންދިޔައީ އަމިއްލަ ދުނިޔޭގައި ފިޔަޖަހައި ޖާހިލީޔަތުގެ ކިއްލާއާއި ދިމާއަށް އުދުހެމުންނެވެ. މިގޮތަށް އަހަރެންގެ ދުވަސްތަށް ހޭދަކުރަމުންގޮސް ދެއަހަރު ފާއިތުވެ ހިނގައްޖެވެ. މިހާރު ގުނަމުން މިދަނީ އަހަރުގެ ބޮޑުޗުއްޓީގެ ދުވަސްތަކެވެ. ކޮންމެ އަހަރެއްގެ ޗުއްޓީއެއްގައިވެސް އަހަރެން ދަނީ ރަށަށެވެ. އަހަރެންގެ އެކުވެރި ދާނިޝްއާއި ޒާޖިލްވެސް މިހާރުވަނީ އެމީހުންގެ އަމިއްލަ ރަށަށް ގޮސްފައެވެ. ހުކުރު ދެވަހެއްގެ ހަވީރު އަހަރެން ރަށަށް ދިޔުމަށް އާއިލާ މީހުންނާއެކީ ފުރައިފިމެވެ. ދިގު ރާސްތާއަކަށްފަހު އަހަރެން ދަތުރުކުރި ބޯޓު މަންޒިލަށް ބަނދަރުކުރިތާ މާގިނައިރު ތަކެއް ނުވަނީސް ގޮތްނޭނގޭ އިހުސާސެއް އަހަރެންގެ ވަށައިގެން އެނބުރެމުން ދިޔައެވެ. އެހާ ދުވަސްކޮށްލާފައި ރަށަށް އާދެވުނީމައި ހީވާހީވުމެއްކަމުގައި ހިތައި އަހަރެން ގެޔަށް ހިނގައްޖައީމެވެ. މާލޭގައި އެކީގައި އުޅޭ އެކުވެރިން ކާރިގައި ނެތުމުން އެހާވަރުތަކެއް ދަށްކާފައި ރަށުތެރޭގައި ނޫޅެމެވެ. ނަމަވެސް ދީނީ ކަންކަމަށް ފަރުވާކުޑަ ކުރެވިފައިވަތީ މިހާރު ނަމާދު ކުރުމަކީ ކުރާ ހިތްވާކަމެއް ކަމުގައި ވަނީ ނުވެފައެވެ. ރަށަށް އައިތާ ހަފުތާއެއް ނުވަނީސް ޖެހިގެން އަންނަ އަހަރު ރަށުގައި އެންމެން އެއްކޮން މަޑުކުރުމަށް އާއިލާއިން ނިންމިއެވެ. މިނިންމުމަށް އަހަރެން ރުޅިނައި ކަމަކު ވަރަށް ފޫވިވިއެވެ. ޒާޖިލްމެންނާއި ވަކިން ދެން އުޅެންޖެހުމުން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އަހަރެން ވައި ފިލުވާލަން ރަށުގެ ކުރީގެ އެކުވެރިންނާއި ގުޅުނީމެވެ.
އަހަރުގެ ބާރަ މަސްދުވަސް ހަމަވެ ޖެހިގެން އައި އަހަރުގެ ދުވަސްތަށް ގުނުމަށް ކަލަންޑަރު އައު އަހަރަކަށް މަރުހަބާ ކިޔައިފިއެވެ. ކޮންމެ އަހަރެއްގައިވެސް އައު އަހަރުގައި އުޅުން އިސްލާހުކޮށް ހެޔޮލަފާމީހަކަށް ވުމަށް މަންމަދޭ ނަސޭހަތް މިއަހަރުވެސް މަންމަ ތަކުރާރު ކުރިއެވެ. ނަމަވެސް އެނަސޭހަތްތަކަށް އަހަރެން ދިޔައީ ބީރު ކަންފަތެއް ދެމުންނެވެ. އުފަލާއި މަޖަލުގައި އަހަރެންގެ ދުވަސްތަށް ނަގާލުމުގައި ކުރިއެކޭ އެއްފަދައިން މިއަހަރުވެސް އަހަރެންދިޔައީ ވަރުބަލިކަމެއް ނެތިއެވެ. ކޮންމެ އަހަރެއްގައިވެސް މަންމަ އެންމެ އަނގަ ގަދަވާ މަސް މިއޮށްއައިސް ބޯމަތިވީއެވެ. ވަރަށް ދުވަސްކޮސްލާފައި ރަށުގައި ރޯދަމަސް ހޭދަކޮށްލުމަށް މިފަހަރު ފުރުސަތު ލިބުނީތީ އަހަރެން ވަރަށް އުފަކުރީމެވެ. އެހެނެއްކަމަކު އަހަރެންގެ އަމަލުތަކަކީ އަމިއްލަ ބާރުގައި ކުރާ ކަންތައްތަކެއްކަމުގައި ހަދައި އެހެން ރޯދަމަސްތަކެކޭ އެއްފަދައިން މިރޯދަމަސްވެސް ބޭކާރުކޮށްލުމަށް އަހަރެންގެ އަމަލުތަށް ތަމްރީނުކުރަން ފެށީމެވެ.
އެއްދުވަހެއް ހަވީރެވެ. ރޯދަވަރަށް ވަރުބަލިވެފައިވުމުން އަހަރެން މަންމަގެ ގާތަށް ދިޔައިމެވެ. އޭރު އަހަރެން މަންމަ އިނީ ބޯކިބަލަށް މަސްގަނޑު މޮޑެން މޭޒުކައިރީގައެވެ. ” މަންމާ… ވަރަށް ވަރުބަލިއެބަވޭ… ބޯވެސް އަނބުރާހެން ހީވެ…” ކުކުރަމުން އަހަރެން މަންމަ ކައިރީގައި އިށީނުނީމެވެ. ” ﷲ މަތިން ހަނދުމަނެތި ނަމާދުނުކޮށް ދުނީޔެގެ ދަޅަޔަށް ހެއްލި ދަރިފުޅު އުޅެމުންތިދަނީ އަޅެ އެންމެ ފަހަރަކުވެސް މިސްކިތަށް ގޮސް ނަމާދު ކުރަން ފަށާބަލަ… ކުރީގެ އުޅުންދޫކޮށް އައު އަޒުމަކާއެކު ދިރިއުޅުން ނިކަން ބަދަލު ކޮށްބަލަ.. ހެޔޮނުވާނެ ދަރިފުޅާ..” މަންމަ އާދެހާއެކު ވަރަށް ލޯބިން އަހަރެންނަށް ވިސްނައިދެމުން ބުންޏެވެ. މަންމަ އުފާކޮށްދިނުމަށްޓަކައި އާނއެކޭ ބުނުމަށް ފަހު އަހަރެން ކޮޓަރިޔަށް ދިޔައީމެވެ. އިރުއޮށްސި ބަންގިގޮވައިފިއެވެ. ރޯދަވީއްލައިގެން އަހަރެން ބޭރަށް ގޮސް ގެކައިރިގައި ހުންނަ ފިހާރައެއްގެ އަށިގަނޑު މަތީގައި ޖައްސާލީމެވެ. ” މިއަދު ހާދަ ވަރުބައްޔެކޭ މިވަނީ…. އަހަރެން ހަނދާން ހުރޭ މިރަށަށް އެންމެ ފުރަތަމަ އައި ދުވަހުވެސް މިކަހަލަ އުނދަގޫތަކެއް ވި… ” އަހަރެން އަމިއްލަ އަމިއްލަޔާ ވާހަކަ ދައްކަމުން ބުނެލީމެވެ. އިޝާ ނަމާދަށް ބަންގިގޮވުމުން ބަނދަރަށް ޖައްސާލާނަމޭ ހިތައި އަހަރެން ބޮޑުމަގަށް އަރައި ހިނގައިގަތީމެވެ. މިސްކިތް ހުންނަނީ ބޮޑުމަގުގައެވެ. މިސްކިތް ހުރަސްކޮށްފައި އަހަރެން ކުރިޔަށްދާން ޖެހިލުންވިޔެވެ. މިއަދު މަންމަ ދެއްކިވާހަކަތަށް ވިސްނުމަށް އަލުން ގެނެސް އަހަރެން މިސްކިތަށް ފިޔަވަޅު އަޅައިފީމެވެ. އެންމެފަހުން މިސްކިތަށް ވަތް ހަނދާނެއްވެސް ނެތެވެ. މިހާދުވަސްކޮށްފައި މިސްކިތަށްވަދެވުނީތީ އަހަރެން ވަރަށް ލަދުވެސްގަތެވެ. ކޮންމެޔަކަސް ވުޟޫކޮށްގެން އަހަރެން އިޝާނަމާދުކުރަށް މިސްކިތަށް އަރައިފީމެވެ. އޭރު އިޝާނަމާދު ޖަމާއަތުގައި ކޮށްނިމި ދަރުހަކަށް މިސްކިތްވަނީ ތައްޔަރުވެފައެވެ. މިސްކިތްވަނީ އެކީއެކަށްޗަކަށް މީހުންނާއެކު ފުރިބާރުވެސްވެފައެވެ. އަހަރެން އިޝާ ނަމާދުކޮށް ނިމި ސަލާން ދިނުމާއެކީ ދަރުސްދޭން އިލްމުވެރިޔާ ފަށައިފިއެވެ. އަހަރެންގެޔަށް ދިޔުމަށް އަވަސްވެ ހިނގައިގަތީމެވެ. ނަމަވެސް ދަރުހުގެ މައުޟޫއު އަޑު އިވިފައި އަހަރެން މިސްކިތުގައި މަޑުކޮށްލީމެވެ. ” މަރު ” މިމައުޟޫއަށް އިލްމުވެރިޔާ ވާހަކަދައްކަން ފެށިއެވެ. މަރަކީ ކޮބައިކަމާއި އިންސާނާ މަރުވުމަށްފަހުވެސް ކަނޑަތުކުރަންޖޭ ބައިވަރު ކަންތަށްތަކެއް އަބަހުރިކަމާއި ދުނިޔެމަތީގައި މަރަށް ތައްޔާރުވާންޖެހޭ ކަމަށް ވިދާޅުވެ އިލްމުވެރިޔާ ވާހަކަދައްކަމުން ޒުވާނެއްގެ ވާހަކައިން މިސާލުޖަހަން ފެށިއެވެ. އެއްވެސް ފޫހިކަމެއްނެތި އަހަރެން އިލްމުވެރިޔާގެ ވާހަކަތަކަށް ގެއްލި އިސްޖަހާލައިގެން ހުރީމެވެ. އަހަރެންގެޔަށް ނުގޮސް ލަސްވާތީ މަންމަ ފޯނަށް ގުޅަމުންދިޔައެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު ދަރުހުގެ ވާހަކަތަށް ސިފަކުރަން ފަށައިފީމެވެ.
ވަރަށް އަސަރާއެކު އިލްމުވެރިޔާ މިސާލުޖަހަމުން ޒުވާނެއްގެ ވާހަކައިން އެންމެން ސަމާލުކަމަށް ގެނައެވެ. އިލްމުވެރިޔާގެ އެވާހަކައިގައި އެޒުވާނަކީ ވަރަށް ވިޔާނުދަކޮށް ދުނިޔެގައި އުޅުނު މީހެކެވެ. ދީނުގެ އެއްވެސް ކަމަކަށް ސަމާލުކަމެއްނުދީ އެޒުވާނާ ދިޔައީ އޭނާގެ މުޅި ހަށިގަނޑު ދުނިޔޭގެ ދަޅަތަކަށް ނީލަން ކިޔަމުންނެވެ. މިޔުޒިކު ކުޅުމާއި ފިލުމު ބެލުމުގައި އެޒުވާނާގެ ވަގުތުތަށް ގޭގައި ހޭދަކުރަމުން ދިޔައެވެ. މައިންބަފައިންގެ ނަސޭހަތާއި އަވަށްޓެރިންގެ އިރުޝާދުތަކަށް ޖޯކުހައި އެޒުވާނާ ދިޔައީ އޭނާގެ މޮޅުކަން ދައްކަމުންނެވެ. މަގުމަތިންދާ އަންހެން ކުދިންނަށް ގޮނާކޮށް، ދުވަސްވީ މީހުންނަށް ފުރައްސާކުރަމުގައި އެޒުވާނާ އަކީ މާލޭގައި މީގެ ތިންއަހަރު ކުރިން ގައްޑާދައްކާފައި އުޅުނު މީހެއްކަން އިލްމުވެރިޔާ ކިޔާދެމުން ބުންޏެވެ. އަހަރެން ބިރުގަނެ ދާހިއްލަން ފެށިއެވެ. އިލްމުވެރިޔާ ވާހަކައިގައި އެބުނާ ޒުވާނާގެ އަމަލުތަކާއި އަހަރެންގެ އަމަލުތަށް ހުރީ ދާދި އެއްގޮތަކަށެވެ. އަހަރެން ފެންކަޅިވެ މޫނުމަތީގައި އަތްއަޅާލެވުނެވެ. އަހަރެންނަށް މިއުޅެވެނީ ރަނގަޅަކަށް ނޫންކަމާއި އިސްލާހުވާންވީ ވަގުތު ޖެހިއްޖެކަން އަހަރެންގެ ހިތަށް އަރަންފެށިއެވެ. އިލްމުވެރިޔާ އެކިޔައިދޭ ޒުވާނާގެ ވާހަކަ އިތުރަށް ސަމާލުކަންދިނުމަށް އަހަރެންގެ މޫނުމަތިން އަތްނެގީމެވެ. އިލްމުވެރިޔާގެ ވާހަކައިން އެޒުވާނާއަށް އިސްލާމްދީން ފެނުނުގޮތް ކިޔައިދޭން ފެށިއެވެ. ރޯދަމަހުގެ އެއްދުވަހެއްގައި އެޒުވާނާ އާދަޔާއި ހިލާފު ވަރުބަތްޔެއް ވާތީ މަންމަގާތަށްގޮސް ވާހަކަދެއްކިޔެވެ. މަންމާ އެޒުވާނާއަށް ވަރަށް ނަސޭހަތްދީ ހެދިކަމަށް އިލްމުވެރިޔާ ބުންޏެވެ. މަންމަ ދިން ނަސޭހަތްތަކަށް ވަރަށް ވިސްނައި އެޒުވާނާގެ އުޅުން އިސްލާހުކުރުމަށް އަޒުމް ކަނޑައެޅިއެވެ. ކުރާ ކޮންމެ އަމަލެއްގައިވެސް ކާމިޔާބު ދެއްވާނީ ނަމާދުކޮށްގެން ކަމާއި ނަމާދު ބަރާބަރަށް ކުރާމީހާއަށް ﷲގެ ރުހިވޮޑިގަތުން ލިބޭނޭކަމާއި މަރަކީ މީހާއާއި އެންމެ ގާތުގައި އަބަދުވެސް ވާއެއްޗެއްކަން އެޒުވާނާއަށްވިސްނުނީ އެއްރޭ އިޝާނަމާދަށް ފަހު މަލޭ އިބްރާހިމް މިސްކިތުގައި ދިނީ އިލުމުވެރިޔަކު ދެއްކި ވާހަކަތަކުންނެވެ. އެދަރުހަށްފަހު ޒުވާނާ ﷲ އަށް ފުރިހަމަ ތައުބާއަކުން ތައުބާވެ އޭނާގެ ދިރިއުޅުން ބަދަލުކޮށްލިއެވެ. ކުރީގެ އުޅުން ޒުވާނާ ދޫކޮށްލައި އަޅުކަމުގައި އެރަމަޟާން މަސް ހޭދަކުރަމަށް އަޒުމުކަނޑައަޅައި ގެޔަށް ދިޔައެވެ. ނަމާދަކީ އެޒުވާނާގެ ކަށިތަކަށް ކަސްރަތެއް ކަމުގައި ހަދައި ޤުރުއާނަކީ ހިތުގެ ވިންދުކަމަށް ހަދައި އޭނަ ދިޔައީ ﷲ ހަނދުމަކުރުމުގައި ވަގުތުތަށް ގުނަމުންކަން އިލްމުވރިޔާ ކިޔާދިނެވެ. އަހަރެން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ލޮލުތެރޭގައި ޖަމާވަމުން ދިޔަ ކަރުނަތަށް ހިފެހެއްޓުމެއްނެތި ކޯތާފަތަށް ދިޔައި އޮހޮރެމުންނެވެ. އިލްމުވެރިޔާގެ ވާހަކައިގެ އެއުޅޭ ޒުވާނަކީ އަހަރެންކަމުގައި އަހަންނަށް ސިފަވެ ކުލަޖެހެމުން ދިޔައެވެ. މުޅިގައިން ހީބިހި ނަގައި އަހަރެން ވަނީ ބިރުން ސިހިފައެވެ. ކަރުނަތަށް ފޮހެލަމުން ވަރަށް ކެތްތެރިކަމާއެކުގައި އިލްމުވެރިޔާގެ ވާހަކައަށް އަހަރެން ސަމާލުކަންދިނީމެވެ. އިލްމުވެރިޔާގެ ވާހަކަ ނިންމާލަމުން ޒުވާނާއަށް ވީގޮތް ކިޔައިދޭން ފެށިއެވެ. ދެހަފުތާވެސް ނުވަނީސް ޒުވާނާ ވަރަށް ބޮޑަށް ބަލިއްވެއްޖެވެ. އެހާލުގައިވެސް ރޯދަ ހިފުމުގައި ކުޑަވެސް ޝަކުވާއެއް ނުކުރެއެވެ. އީމާންތެރިކަމާއެކީގައި އޭނާއަށް ޝިފާދެއްވުމަށް އެދި ﷲގެ ހަޞްރަތުގައި ދުއާކުރުންމަތީ އެޒުވާނާ ދެމިހުރިއެވެ. ބަލިބޮޑުވެ ޒުވާނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަށް ދާއިމީ ހައްލެއްގެނައީ ފުރާނަ އެޒުވާނާގެ ހަށިގަނޑާއި ވަކިކޮއްލި ހިސާބުންނެވެ. ސުބުހާﷲ ! އެޒުވާނާގެ މަށްޗައް ތައުބާ ލައްވަވާ ﷲ އެޒުވާނާގެ ތައުބާ ޤަބޫލުކުރެއްވީއެވެ. އިލުމުވެރިޔާ ރޮމުން ކިޔާދިނެވެ. ކޮންމެ މީހަކަށްވެސް ތައުބާވުމުގެ ފުރުސަތު އެބައޮތްކަމާއި އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ސާބިތުކަމާއެކު އުރެއްޖަނަމަ ﷲއޭނާގެ ތައުބާ ޤަބޫލުކުރައްވާ ހެޔޮގޮތް މިންވަރުކުރައްވާނޭ ކަމާއި އަވަހަށް އިސްލާހުވެ މަރަށް ތައްޔާރުވުމަށް ގޮވާލާއި އެޒުވާނާއަށް މިސާލުޖަހަމުން އިލްމުވެރިޔާ ދެމުންދިޔަ ދަރުސް ނިންމާލިއެވެ.
ތެދުވަންނަންވެސް ނޭނގިފައި އަހަރެން އިނީ އަޑުންއަޑުނަގައި ރޯށެވެ. ދޮޅުގަޑިއިރުގެ ދަރުހަށްފަހު އަހަރެން މުޅިން ބަދަލުވެއްޖެވެ. އަހަރެންގެ ދިރިއުޅުމާއި ގުޅިފައިވާ އެޒުވާނާއަކީ އަހަރެން ކަމުގައި ބަލީމެވެ. މަރު އަހަރެންނާއި ބައްދަލުކުރާ ކަހަލައެވެ. ވަގުތުން އަހަރެން ތައުބާގެ ސަޖިދައަށް އަވަސްވެގަތީމެވެ. ކުރީގެ އުޅުން ދޫކޮށްލައި ފުރިހަމަ ތައުބާއަކުން ތައުބާވެ، އަހަރެން ﷲއަށް ދުއާ ދަންނަވަން ފެށީމެވެ. އޭރުވެސް އަހަރެންގެ ރޮނީއެވެ. އަހަރެންގެ ބޮލުތެރޭގައި އެނބުރެމުންދިޔަ ހިޔާލުތައް މާޒީގެ ފަސްމަންޒަރަށް ދަތުރުކުރަން ފަށައިފިއެވެ. އިލްމުވެރިޔާގެ ވާހަކައިން އެބުނާ ޒުވާނާގެ ހަޔާތަކީ އަހަރެންވެސް ހަޔާތެވެ. އޭނާއަށްވެސް ވިސްނި ތައުބަވެ، އެނބުރި އައުމެއް ނެތްބިމަށް ގޮސްފައި އެވަނީ އަހަރެންނަށް ވެސް ވިސްނައިދިފައިވާ ކަހަލަ ގޮތަކަށެވެ. ހައިރާންކަމާއެކީގައި އަހަރެންގެ ނަފުސަށް ޝަކުވާކުރަމުން ދިޔައީމެވެ. އަހަރެންނަށް އެޒުވާނާ ސިފަވަން ވަށައިފިއެވެ. ސީދާ ޔަޤީން ނުވިޔެއްކަމަކު އަހަރެންގެ ވިސްނުން ތިން އަހަރު ފަހަތަށްޖައްސާލީމެވެ. އެއްގޮތަކަށްވެސް އަހަރެންނަށް އެއީ ކާކުކަން ނޭނގުމުން ތެދުވެގެންގޮސް އިލްމުވެރިޔާގެ ގާތުގައި އެއްސެވީމެވެ. ” އެޒުވާނާއަކީ ކާހުޔެއްވެ؟ ” މަޑުމަޑު ރާގަކަށް އަހަރެން ސުވާލުކުރުމުން އިލްމުވެރިޔާގެ ޖަވާބުގައި އެއީ “ފަޔާޒް” އޭ ބުންޏެވެ. ކިޔުންތެރީންނޭވެ…..! މީގެ ތިންއަހަރު ފަހަތަށް ޖެހިލަމާތޯއެވެ. އަމްޖަދުގެ ގެޔަށް ތަރާވީހަކަށް ދިޔުމަށް ހަމަޖެހުނުރޭ ހިނގައިދިޔަ ހާދިސާއަށް ނަޒަރު ހިންގާލަމާ ހެއްޔެވެ. އެރޭ އަމްޖަދު ގުޅައި އޭނާގެ ކަޒިން އެއް މަރުވެގެން ކެއުން ކެންސަލުކޮށް، އެވާހަކަ ބުނި ހަނދާންވެ ހެއްޔެވެ؟ އެނާގެ ހިތާމަގައި ބައިވެރިވެ އަހަރެން ހިތްވަރުދީ ވާހަކަދެއްކި ހަނދާން ނުވޭ ހެއްޔެވެ؟…. އަމްޖަދު ބޭބެގެ ދަރިފުޅު ފަޔާޒު ވަރަށް ބަލިކޮށް އުޅެފައި މަރުވި ވާހަކަ އަމްޖަދު އަހަރެންގެ ގާތުގައި ނުބުނޭ ހެއްޔެވެ؟….. ކިޔުންތރީންނޭވެ ! މިރޭގެ ދަރުހުގައި އިލްމުވެރިޔާ ވާހަކަ ދައްކަމުން މިސާލު ޖެއްސި އެޒުވާނާއަކީ އެރޭ މަރުވެގެން އުޅުނު ފަޔާޒުއެވެ.
“إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ” މާތްﷲ އެޒުވާނާއަށް ހެޔޮރަހުމަތްލައްވާ ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާށިއެވެ. ދުނިޔެއަކީ އެއްވެސް އަގެއްނެތް ތަނެއްކަން އަހަރަންނަށް އިހްސާސް ކުރެއްވިއްޖެވެ. ވަގުތީ ފާލަމުގައި ހަޔާތް ބަރުދާސްކުރުމުގައި ދާއިމީ ފާލަން މަތިން ހަނދާންކޮށް އުޅުން އިސްލާހުކުރުމަށް މިލިބުނު ފުރުސަތަށް އަހަރެން ﷲއަށް ހަމްދުކުރަމެވެ. އެހެން ހުރިހާ ކަމަކަށް ވުރެން ނަމާދު އިސްކޮށް ދިރިއުޅުން ބަދަލުކުރުމަށް ޤަސްތުކޮށް އަހަރެން މިސްކިތުން ފައިބައިގެން ގެޔަށް ދިޔުމަށް ހިނގައިގަތީ ” ފަޔާޒް ” ކަހަލަ މީހަކަށް ވުމަށްޓަކައި އަޒުމު ކަނޑައަޅައިގެންނެވެ.
= ނިމުނީ =
ނޯޓު: މިއީ ހިޔާލީ އުފެއްދުމެއްގެ މަށްޗައް ބިނާކޮށް، ބާޓާ އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތަށް އަޅުގަނޑު އުށައެޅި ކުރު ވާހަކައެކެވެ. ވާހަކައިގެ ކަވާރ އެނިމޭޓްކޮށް ޑިޒައިން ކުރީ ޝިފާ މުސްތަފާ އެވެ.

Comments (89)

  1. naaanu

    varah iburaitheri.varah furihama ✨

    1. ShaYan YoOsuf
      naaanu

      ThankSs ???

  2. Addu manje

    Varah reethi.. Maasha Allah.
    🙂

    1. ShaYan YoOsuf
      Addu manje

      ThankSs ???

  3. Lamha ❤

    Masha allah

    1. ShaYan YoOsuf
      Lamha ❤

      ???

  4. Ehmed

    Varah varah varah furihama
    Gadha bro

    1. ShaYan YoOsuf
      Ehmed

      Ehehe Shukuru Bruh ???

    2. ShaYan YoOsuf
      Ehmed

      ThankSs alot ???

  5. Aishoo?

    Hama Rovijje ??
    Iburathum furigen vaa vaahaka eh thy
    Mashaa allah

    1. ShaYan YoOsuf
      Aishoo?

      ???
      ThankSs alot ???

  6. Khajja

    Masha allah v rythi v iburaiytherivaahaka eh allah aharemen muslimunnaky heyobas ahaaheyobas gaboolukuraa bayaku kamugai lahattavaashi aameen

    1. ShaYan YoOsuf
      Khajja

      Āameen ?
      ThankSs ???

  7. Minko ❤❤❤

    Ibaaraiy kurun varah varah reethi ?

    1. ShaYan YoOsuf
      Minko ❤❤❤

      ThankSs Minko ???

  8. ♡ Pinky

    Kobaa dhen ithuru vaaahaka thah upload kuran fashaa.. varah varah reethi ingey

    1. ShaYan YoOsuf
      ♡ Pinky

      Ehehehe Yeah ?
      ThankSs ???

  9. Xxxx

    Maasha Allah..v.reethi n ibraitheri story eh

    1. ShaYan YoOsuf
      Xxxx

      ThankSs ???

  10. Someone

    Masha Allah.. Ibrathun furigen vaa vaahaka eh!

    1. ShaYan YoOsuf
      Someone

      ThankSs alot ???

  11. rooby

    varah reethi..

    1. ShaYan YoOsuf
      rooby

      ThankSs ???

  12. xeyboo

    warah salhi..<3 heart touching..<3

    1. ShaYan YoOsuf
      xeyboo

      ThankSs alot ???

  13. aish

    Varah iburaihteri vaahakaeh…

    1. ShaYan YoOsuf
      aish

      ThankSs ???

  14. MaaHy

    Masha Allah…Varah Furihama…Keep It Up

    1. ShaYan YoOsuf
      MaaHy

      ThankSs MaaHy ???

  15. Queen❤

    Great work…Maasha Allah?

    1. ShaYan YoOsuf
      Queen❤

      ThankSs Thithaa ????????????????????????????????????????????????????????????????????

  16. maee

    Masha Allah varah reethi 🙂

    1. ShaYan YoOsuf
      maee

      ThankSss ???

  17. Mary

    Varah furihama Masha allah ?

    1. ShaYan YoOsuf
      Mary

      ThankSs Alot ???

  18. Limya Lathyf ?

    Very Touching ?❤
    Its really seems like story was based on a true incident ?? Masha allah

    1. ShaYan YoOsuf
      Limya Lathyf ?

      Ehehehe ThankSs ???
      But its not real ?✋

  19. Shifa

    Proud of u lil brother ❤? keep it up ✋??

    1. ShaYan YoOsuf
      Shifa

      ThankSs Loabivaa Kudaa
      ?????????????????????????????????????????????

  20. Iboo

    Varah salhi

    1. ShaYan YoOsuf
      Iboo

      ThankSs ???

  21. sama

    Wow? vrh salhii..keep it up shayan❤ waiting for next story?

    1. ShaYan YoOsuf
      sama

      Ehehehe ThankSs alot Sama ????????✋

  22. Adha?

    Ibrathun furifaivaa ehaame reethi vaahaka eh.. great work shayan

    1. ShaYan YoOsuf
      Adha?

      ThankSs Adha ???

  23. Firaaasha ??

    Amazing.. keep it up ?❤

    1. ShaYan YoOsuf
      Firaaasha ??

      ThankSs ???

  24. ?Ikoo

    Vaahakaige namaa vaahakaige khaadisayaa gulhuvaigen genesdheefa huri goiy varah salhi.. ????

    1. ShaYan YoOsuf
      ?Ikoo

      Awwn.. ThankSs alot Ikoo ???

  25. Suma ?

    Speecless ?

    1. ShaYan YoOsuf
      Suma ?

      ????

  26. ❤ MisKko ❤

    Salhi Kamaae masha allah ??

    1. ShaYan YoOsuf
      ❤ MisKko ❤

      Ehehehe ThankSs ???

  27. ??

    Outstanding ????

    1. ShaYan YoOsuf
      ??

      Awwn ???
      ThankSs ???

  28. Khadu

    Vara vara sali???

    1. ShaYan YoOsuf
      Khadu

      ThankSs ???

  29. Maain ?

    Kiyaa kiyaa foohi nuvey hama ????

    1. ShaYan YoOsuf
      Maain ?

      Ehehehe Kithah Faharu Keen ? ?✋
      ThankSs Ingey ???

  30. Rishoo??

    Mubaaraathah husha elhi vaahaka thakuge therein mihaathanah kiyunu ehmme salhi vaahaka mee ??
    Keep it Shayaan ?❤

    1. ShaYan YoOsuf
      Rishoo??

      Daaaamn Best Comment Ever ???
      ThankSs Rishoo ???
      Heskiyaaha Miss Ingey ??

  31. Minna ?

    Wow… All the best Shayan ❤

    1. ShaYan YoOsuf
      Minna ?

      ThankSs ???

  32. Aisha

    Varah reethi ❤❤❤

    1. ShaYan YoOsuf
      Aisha

      ThankSs Aisha ???

  33. Hudha

    Amazing Work ?

    1. ShaYan YoOsuf
      Hudha

      ThankSs ???

  34. K..

    Varah Salhi ?

    1. Zabaa
      K..

      Maashaa Allah…. Miah vure reethi vaahakaeh adhi nukiyan

    2. ShaYan YoOsuf
      K..

      ThankSs ❤❤❤

    3. ShaYan YoOsuf
      K..

      Zabaa Ah Ves ThankSs ????

  35. zio zioeuk ✴

    just wow ! thank u ??

    1. ShaYan YoOsuf
      zio zioeuk ✴

      ThankSs ???
      Anytime ?✋

  36. Zabaa

    Maashaa Allah…. Miah vure reethi vaahakaeh adhi alhugade nukiyan

    1. ShaYan YoOsuf
      Zabaa

      ThankSs alot ????

  37. Zabaa

    Maashaa Allah .. Mikahala iburaitheri vaahaka eh adhi dhuvahaku ves nukiyan.

    1. ShaYan YoOsuf
      Zabaa

      ThankSs ThankSs
      ???????

  38. shaa

    Never thought that you will write something like that. Woah .. I am impressed. Thankyou for the story. Its beautiful ?

    1. ShaYan YoOsuf
      shaa

      Em Really Happy For This Comment ❤
      ThankSs alot nd Yeah Anytime ??✋

  39. Angel

    V ibrathun furigenvaa reethi vaahaka eh. Keep it up shayan????

    1. ShaYan YoOsuf
      Angel

      ThankSs Angel ?????????

  40. Zabaa

    I’m waiting for next story

    1. ShaYan YoOsuf
      Zabaa

      Hehe Okaii ???✋

  41. FazZ?

    Varah Salhi Masha Allah ❤❤

    1. ShaYan YoOsuf
      FazZ?

      thankSs fazaa <3

  42. Eeny

    Varah furihama❤

    1. ShaYan YoOsuf
      Eeny

      thankSS <3

  43. shaifa musthafa

    Masha Allah……. v reethi its really a touching story proud of u brother…….. i am totally impressed

  44. Luyoo

    Salhi Ingey.. Good Luck Shayaan ❤

Comments are closed.