ހެނދުނު ނުވައެއް ޖެހިއިރު އެންމެން ތިބީ އެއް ނަމްބަރު ޖެޓީ ކައިރީގައެވެ. ހުޅުމާލެ ދިއުމަށްޓަކައި ހާއްސަ ލޯންޗެއް ތައްޔާރުކޮށްފައި އޮތެވެ. ޒިވާން، އާރާވް ކައިލް އަދި ކައިލް ގެ ބައްޕަ އިލްޔާސް އަވަދިނެތި ލޯންޗަށް އެއްޗެހި އެރުވުމުގައި އުޅުނެވެ. މަރިޔަމްގެ ގޮނޑީގައި ހިފަހައްޓައިގެން އަރުޝީ ހުރިއިރު އިސްޖަހާލައިގެން ހުރީ ބަލަން ބޭނުން ނުވާ ދިމާއަކަށް ބެލިދާނެތީއެވެ. ލޯންޗުގައި ހުރި އާރާވް ރައިހާނާއަށް ގޮވާލާފައި އަރަން އަންނަން ބުނުމުން ދެންތިބި މީހުން އެދިމާއަށް މިސްރާބުޖެހިއެވެ. އެންމެ ފުރަތަމަ […]
އާދައިގެ މަތިން އަހަރެން ޖަލީން އަށް ފަތިސް ނަމާދަށް ގޮވާލީމެވެ. ފާޚާނާއަށް ވަދެ ވުޟޫ ކޮށްގެން ނުކުމެ ކުރުތާއެއް ލުމަށް ފަހު ފުނާ ނަގައި ބޯ އޮމާންކޮށް ރީތިވާންފެށުމުން އަހަރެންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަހަރެންނަށް ހުރެވުނީ ކޮޓަރީގެ ދޮރުކައިރީގައި ކަމުން އަހަރެން ޖަލީން ދިއުމަށް ތަން ދައްކާލުމުން އޭނާ ދިޔަތަން ބަލަން ހުރެވުނީ އާގަމަވެފައެވެ. އިއްޔެ އޭނާ ނަމާދު ކުރީ ގެއަށެވެ. އެކަމަކު މިއަދު ފުރިހަމަ މުއުމިނު ފިރިހެނެއް ފަދައިން އެދިޔައީ މިސްކިތަށެވެ. އަހަރެންވެސް ފާޚާނާއަަށް […]
” ޒިވާން އާއި މެރީ ނުކުރޭ.. އަހަރެން ވަރަށް ލޯބިވޭ އަރުޝީ ދެކެ” އާރާވް ޖުމްލައިން އަރުޝީގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އާރާވްގެ މޭގައި ބޯއަޅާލެވުނީ އަރުޝީވެސް ލޯބިވެޔޭ ބުނަމުންނެވެ. އެވަގުތު ދެމީހުން ސިއްސައިގެން ގޮސް ދުރަށް ޖެހުނީ ޒިވާންގެ ބަރުއަޑުންނެވެ. …………………………………….. ނިދިފައި އޮތް އަރުޝީއަށް ފުންމައިގެން ތެދުވެވުނެވެ. ފެނުނު ހުވަފެނާ މެދު ވިސްނާލުމާއެކު ހިތަށް ބިރުވެރިކަން ވަނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައި އިންއިރު މޭގައި އަތް އަޅާލައިގެން އިނީ […]
ކުރީދުވަހަކު، އަޅުގަނޑުގެ ރަހުމަތްތެރިއަކާ ދިމާވިއެވެ. ރަހުމަތްތެރިޔާ ފުރަތަމަ ފެނިފައި، އަޅުގަނޑު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. 4 ވަރަކަށް އަހަރު ވަންދެން ބުރުގާ އަޅައި، ނިވާކޮށްގެން އުޅުނު އަޅުގަނޑުގެ ރަހުމަތްތެރިޔާ ހުރީ ބުރުގާ ނަގައިގެންނެވެ. އަތްކުރު ޓޮޕަކާއި ޖީންސެއް ލައިގެން ރަހުމަތްތެރިޔާ ހުރިއިރު، އިސްތަށިގަނޑުވެސް އޮތީ ޒަމާނީ ގޮތަކަށް ސްޓައިލްކޮށްލާފައެވެ. ހަމައެކަނި އަޅުގަނޑުގެ ރަހުމަތްތެރިޔާ އެކަންޏެއްވެސް ނޫނެވެ. މިއީ މިއަދު އެތައް ކުއްޖެއްގެ ހާލަތެވެ. މިހާރު މިއީ ރާއްޖޭގައި ހަމަ އާންމު ކަމެކެވެ. ބައެއް ކުދިން އަޅުގަނޑު […]
ކާރުތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އަރުޝީގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. އާރާވްގެ ނަޒަރު އިރުއިރުކޮޅާ އަރުޝީއަށް ހުއްޓެމުން ދެއެވެ. ކިތަންމެ ވަރަކަށް ނުބަލަން މަސައްކަތް ކުރިޔަސް އެމައުސޫމު މޫނަށް ނުބަލާ ނުހުރެވެއެވެ. އެމޫނަށް ބަލާލުމުން އެލިބޭ ހިތްހަމަޖެހުމަކީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ކަޅު ކުލައިގެ ސޯލްގެ ތެރެއިން އެދޮން މޫނު ފެންނައިރު ހީވަނީ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ހަނދުފާޅުވާ ހެންނެވެ. އާރާވްގެ ހިތް އަރުޝީއާއި އެއްކޮޅަށް މިލަންބުވަނީ ކޮންކަހަލަ ބާރެއް ހެއްޔެވެ. އެސާފު ރީތި […]
ބޮލުގައި އަތް އަޅާލެވުނީ ބޮލަށް ބަރުވާން ފެށުމުންނެވެ. މުޅިތަން އެނބުރޭހެން ހީވުމާއެކު އަރިއަޅާލައިގެން ވެއްޓޭން ދިޔައެވެ. މިމަންޒަރު ފެނުނީ އާރާވް އާއި ޒިވާން އަށް އެއްކޮށެެވެ. އަރުޝީއާއި ދިމާއަށް ދުއްވައިގަނެވުނީވެސް ދެމީހުންނަށް އެއްކޮށެވެ. ނަމަވެސް އޭގެއިން މީހެއް އަރުޝީ ގައިގައި އަތްލުމުގެ ކުރިން އަރުޝީ ގައިގާ ހިފެހެއްޓިއެވެ.އެހެނީ ޒިވާން އާއި އާރާވްއަކީ އަރުޝީއަށް ހިލޭފިރިހެނުންނެވެ. ރައިހާނާ މަޑު މަޑުން އަރުޝީ ސޯފާގައި ރީތިކޮށް ބާއްވާލިއެވެ. އަދި އާރާވް ކައިރީގައި ފެންތައްޓެއް ހިފައިގެން އައުމަށް ބުންޏެވެ. އާރާވް ތައްޔާރަށް […]
އަށްގަޑި ބައިވިއިރު ނަލަމާ ގެއިން އިވެމުން ދިޔައީ ހޭއަޑާއި ވާހަކަ ދައްކާ އަޑެވެ. ޒިވާން އާއިލާ އަކީ ބޮޑު އާއިލާ އެއް ކަމުން ގޭތެރޭގައި ފުދޭ ވަރަކަށް މީހުން ގިނައެވެ. އަރުޝީގެ އިންތިޒާރުގައި ސޯފާގައި ކަރު އެލުވާލައިގެން ޒިވާން އިންއިރު އާރާވް ހުރީ ދެބޭންގެ ދެދަރި މީހެއް ކަމަށްވާ ކައިލްގެ ދެއަހަރުގެ ކުޑަ ދަރިފުޅު އުރައިގެންނެވެ. ކުޑަ ކުޑަ ޔަލާ އާއި އާރާވް ސަމާސަ ކުރަމުން ދިޔައިރު ކައިލް ކައިރީގައި ހޭން ހުއްޓެވެ. އިރުކޮޅަކުން ކައިލް އެއީ […]
ކައިސަން ބުނާހެން ޒިވާންއަކީ ދީނަށް ލޯބިކުރާ މިހާރު އުޅޭ ޒުވާނުންނާ ތަފާތު މީހެއްކަން ގަބޫލުކުރެވިއްޖެއެވެ. ކާރުކައިރީގައި ކުޑަފޮތިކޮޅެއް އަޅައިގެން ޒިވާން ހުރީ ނަމާދުކުރާށެވެ. އަރުޝީ ވެސް މަޑުނުކޮށް ނަމާދުކޮށްލާ ގުރުއާނުން ވަކި މިންވަރެއް ކިޔާލުމަށްފަހު ޒިވާންއަށް ކޮފީތައްޓެއް ތައްޔާރުކޮށްލިއެވެ. އަދި އެހިފައިގެން ޒިވާން ކައިރިއަށް ދިޔައެވެ. ފޯނުން ބަލައިގެން ގުރުއާން ކިޔަވަން ހުރި ޒިވާން ފޯނުން ނަޒަރު ވަކިކޮށްލީ މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުންނެވެ. އަރުޝީ އަންނަތަން ފެނުމުން އާޔަތް ކިޔަވައި ނިންމާލުމަށްފަހު ފޯނު ޖީބަށް ލިއެވެ. […]
ދީނާ އިނީ އަންވާރު ޓީމަށް އިތުރު ކުރެވިފައިވާ ކުދިންގެ އާ އަޕްޑޭޓްސްތަކުގެ ތެރެއިން ލިޔެލައިފައި ވާހަކަތައް ކިޔާށެވެ. އެއްފަހަރާ ތިން ކުދިން ނެގުމުން މިހާރު އެ ސައިޓުން ދުވާލަކު ދެތިން ލިޔުން ކިޔާލަން ލިބޭތީ ހުރިހާ ކުދިންނަށްވެސް ވަނީ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ. އިތުރަށް ޓީމަށް ނަގައިފައިވަނީ ޒިކްރާ، ޔަނާލް އަދި ނަހުލާ އެވެ. އޭގެތެރެއިން ޔަނާލްވެސް ދީނާއެކޭ އެއްގޮތައް ދިރިއުޅެނީ އޭނާގެ ރަށުގައެވެ. ވާހަކަ ކިޔާ ނިންމާލާފައި ގަޑި ބަލައިލިއިރު ދިހަގަޑި ބައިވަނީ އެވެ. […]