އުޝާ އިރުކޮޅަކު ދޮންބެއާއި ވާހަކަ ދައްކާލަން އިނުމަށްފަހު ބޭރަށް ނިކުމެލުމާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އެއްވެސް ހިފެހެއްޓުމެއް ނެތި ހެވެން ފެށުނެވެ. މިހުރާން ދޮންތަގެ ޝޯލެއް މުޅި ގައިގައި އޮޅާލައިގެން އިޝާން އާއި ދެ މީހުން ކަޕުލް ޑާންސް ކުރަނީއެވެ. އެޑް ޝީރަންގެ ‘ޕާރފެކްޓް’ ލަވަ ޓީވީއިން އަޅުވައިގެން ރިމޯޓު އަތަށް ލައިގެން ޔަނާލް ސޯފާގައި އޮވެގެން ހެނީއެވެ. އެހެން އެދެމީހުން ނަށަން ތިއްބާ ދޮންތައާއި ދޮންތަބެ އައުމުން މިހުރާން ލަދުން […]
އަސްމާ އިސް އުފުލައި ބަލައިލިއިރު އޭނާގެ ކުރިމަތީގައި އެހުރީ ޒައިން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ޒައިންއަށްވެސް އަސްމާ ގެ ސޫރަ ފެނުމުން ހުއްޓުން އަރާގޮތްވިއެވެ. އޭނާ ވަކި މިގެއަށް އައީ އަސްމާ ފެނިދާނެކަމަކަށް ނޫނެވެ. ނަމަވެސް ތަޤްދީރުގައި އެކަމެއް ވާން އޮތް ގޮތަކަށް ވާނެއެވެ. އެކަމަކަށް އަހަރުމެން އެކަކަށްވެސް ހުރަހެއް ނޭޅޭނެއެވެ. އަސްމާއަށް ޒައިންއަށް ފުރަގަސްދެވުނީ އޭނާގެ ލޮލަށް ކަރުނަތައް ބޮނޑިވާން ފެށުމުންނެވެ. ޒައިންގެ ކުރިމަތީގައި ރޯނެ ހިތްވަރެއް އަސްމާ ގެ ނެތެވެ. ކުޑަމިނުން […]
އަދޫއަށް ހީވަނީތަ އަހަރެން މިކަން ކުރާނީ ވަރަށް ސިމްޕަލްކޮށޭ.. އެހެން ހީނުކުރޭ.. ލީލާގެ ބަލާވެރިކަމުން ސަލާމަތްވާން އުޅޭތާ ކޮންދުވަހެއް…. އަދޫދެކެ އަހަރެން ލޯބިވަނީ…” އަދުރާގެ ނަމުން މުހާތަބު ކުރަމުން އެ ފިރިހެންމީހާ އަދުރާއާއި ގާތްވިއެވެ. އޭނަގެ ވާހަކަތަކުން ހީވަނީ ލީލާއާއި ދެމެދު ކޮންމެވެސް ގާތްކަމެއް އޮތް ހެންނެވެ. އަދުރާއާއި ގާތްވެލަމުން އޭނަގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު އެޒުވާނާގެ މޫނުމަތިން ނުލަފާ ހިނިތުން ވުމެއް ދުވެލިއެވެ. އެއީ މޫނުކޮޅު ދިގު ދޮން މޫނެއްގެ ވެރި ޒުވާނެކެވެ. މަސްތީ ދެލޮލަކާއި […]
ޒިދާން އައިސް ޔުޝްރާ ގާތުގަ އިށީނެވެ. ” ޔުޝް މަކަރުު ހެދީމަ މިއަދު އެބަ ޖެހޭ ޔުޝް ތެންމާލަން ދޯ ވާން … ” ޒިދާން އަލްވާން އަށް ދޯ ދެމުން ބުނެލުއެވެ. ޔުޝްރާ ފާޑަކަށް ތުން އަނބުރާލިއެވެ. ” ނޫން ތެންމާނުލާތި … ” ޔުޝްރާ އާދޭސް ކުރާ ކަހަލަ ރާގަކަށް ބުނެލިއެވެ. ޒިދާން ދެ ފަރާތަށް ބޯ ހޫރުވަމުން އެ ކޮޓަރިން ދިޔައެވެ. ” އަދިވެސް ބޮޑެއް ނުވޭ […]
( ނޯޓު: މިއީ ކުރުވާހަކައެކެވެ. މި ވާހަކަ އަޕް ކުރެވިގެންދާނީ ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގައެވެ. ) ކަޅު އަނދިރިކަމުގެ ތެރެއިން އެކައްޗެއްވެސް ނުފެނެއެވެ. ވެރިވެފައިވާ މަރުފަދަ ހަމަހިމޭންކަމުގެ ތެރެއިން އިވެމުންދިޔައީ ވާރޭގެ ހިއްތަކާ ކުޅެލާފަދަ އަޑެވެ. ނަމަވެސް އެވަގުތު ކޮޓަރިތެރެއިން އިވިގެންދިޔަ މަޑު ގިސްލުމުގެ އަޑުން ހިއްތައް އޭގެމަގާމުން ދޫވެގެންދާނެކަން ގައިމެވެ. އެއަޑުގައި އެތައް އަސަރެއްވިއެވެ. ބޭރުގައިވާ ތޫފާނައްވުރެ އެ އަޑުގެ ވެރިޔާގެ ދިރިއުޅުމުގައިވާ ތޫފާނުގެ ކޮޅިގަނޑުގެ އަސަރު މާގަދައީކަންނޭނގެއެވެ. ހުދުކުލައިގެ އަތްޔަކުން ކޮޓަރި […]
އަހަރުމެން އިންސާނުންނަކީ ވަރަށްވެސް ނިކަމެތި ބައެކެވެ. މިކަން އަހަރުމެނަށް ދިމާވާ އެކިއެކި ކަންކަމުގެ ސަބަބުން މިދަނީ ސާބިތުވަމުންނެވެ. އެގޮތުން އަހަރުމެންގެ ދުނިޔެ މިހާރު ގޮސްފައިމިވާ ހާލަތައް ވިސްނާލިކަމުގައިވިނަމަވެސް މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. މުޅިދުނިޔެ ސިއްސުވާލައި އެތައް ގައުމުތަކެއް ލޮކްޑައުންއެއްގެ ހާލަތައް ގޮސްފައިމިވަނީ އަޅުގަނޑުމެންގެ ލޮލަށް ވެސް ނުފެންނަވަރުގެ ދާދި ކުޑަކުޑަ ވައިރަސް އެއްގެ ސަބަބުންނެވެ. މިނުރައްކާތެރި ބައްޔަށް ފަރުވާއެއް ސީދާ ހޯދިފައި ނުވާއިރު މިބަލި ފެތުރެން އަސްލު މެދުވެރިވި ސަބަބުވެސް ހޯދުމަށް އަހަރުމެން ނިކަމެތި އިންސާނުންވަނީ […]
އޭގެ ފަހުން އަހަރެން އުޅެން ޖެހުނީ ހާލެއްގައެވެ. ސްކޫލް ނިންމާ ގޮތައް ޓްރެއިނިންގްއަށް ދާން ޖެހެއެވެ. ނަމަވެސް ‘ކިޔަވަން’ ޖެހެއެވެ. ޓްރެއިނިންގް ނިމުނީ ބަރާބަރު ފަސް އަހަރު ތެރޭގައެވެ. ނަމަވެސް އަހަންނަށް ހީވީ އެއް ގަރުނު ފާއިތު ވެގެން ދިޔަ ހެންނެވެ. ނުވީތާކަށް ޓްރެއިނިންގް ހަދަން ދާން ޖެހެނީ މީހުންނަށް ޝައްކެއްވެސް ނުވާނޭ ގޮތަށް ލޯންޗެއްގައި ކައިރި ރިސޯޓަކަށެވެ. ސްކޫލުގައިވެސް ކަންތައްތައް ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. އަލަށް ވަތް ފިރިހެން ކުއްޖާ ކިޔާން […]
“މަންމާ!” ޒައިންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަސްމާ ސިހުނީ ތަންކޮޅެއްދުރުން މުނީޝާ އޭނާއަށް ގޮވައިލި އަޑު އިވުމުންނެވެ. އެސްފިޔަ ޖަހައިލުމަށްފަހު ނުވާކަމަކަށް ހެދެމުން އަސްމާ އަވަހަށް އެތަނުން ހިނގައިގަތެވެ. “ޝިމް.. އެއީ ކޮން ދައްތައެއްތަ؟” އަސްމާ ދިޔަ ދިމާލަށް ބަލައިލަމުން ޒައިން އަހައިލިއެވެ. “އެއީ ޒެކްގެ މަންމަ. އެކަމަކު ހާދަ ވަރަކަށޭ ޒައިންއަށް އެ ބެލީ. އަދި ޒައިންގެ ބައްޕަގެ ނަމުން ދޯ ޒައިންއަށް ގޮވީވެސް. އަނެއްކާ ޒައިންގެ ބައްޕައާ ޒެކްގެ މަންމަ އާ ގުޅުމެއް އޮތީބާ؟” […]
ެ. ޔަނާލާއި އަތާއި އަތް ޖަހާލަމުން އުޝާ ދިޔައީ ސާރގެ އޮފީހަށެވެ. އުޝާ ގޮސް އެރީ ކުޑަ ލިފްޓަކަށެވެ. ލިފްޓް ހުޅުވުމުން އޭނާ ގޮސް ވަނީ ކުރިމަތީގައި ހުރި ބޮޑު ބިއްލޫރި ދޮރު ހުޅުވުމުންނެވެ. “އައްސަލާމު އަލައިކުމް ސާރ.” އެ އަޑަށް މޫނު މަތީ އަތް އަޅާލައިގެން އިން ޝާފިއު ސިހިފައި ބަލާލިއެވެ. އަދި އިށީނުމަށް އަތުން އިޝާރާތް ކޮށްލިއެވެ. ޝާފިއު ފުން ނޭވާއެއް ދޫ ކޮށްލިއެވެ. “އުޝާ. މިހާރު މިތާ މިހިރަ ގިނަ ކުދިންގެ ތެރެއިން […]