Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތުގެ ކޮންމެ ވިންދެއްގައި – 9 –

Malsa Moosa Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
April 5, 2020 5 Mins Read
19 Comments

އެ އަންހެންމީހާގެ ކޮނޑުގައި ހިފައްޓާލުމާއެކު ޔުނާންއަށް ލިބުނީ ސިހުމެކެވެ. މޫނުގެ އެއްފަޅި ވަނީ ހަލާކުވެފައެވެ. އަނދާފައިކަން ނޭނގެއެވެ. ނަމަވެސް އެ އަންހެން މީހާގެ މޫނުގެ އަނެއް ފަޅިއަށް ބަލާލުމުން އެއީ ނުހަނު ރީތި މީހެއްކަން އެނގޭނެވެ. އެ އަންހެން މީހާއާއި ހަތަރުކަޅި ހަމަކޮށްލެވުމާއެކު ޔުނާންގެ ހިތް ތެޅިލައިގެންދިޔައީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ. ހަރަކާތެއް ގެންނަން ނޭނގިފައި އެ އަންހެން މީހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

****
އެ އަންހެންމީހާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއެކު ޝުކުރުއަދާކޮށްފައި އެތަނުން ދިޔައިރުވެސް ޔުނާންއަށް ވިސްނަން ހުރެވުނެވެ.

“ޔާން! ކިހިނެއްވީތަ؟ ޔާންއަށް އެ ދައްތަ އެނގެނީތަ؟ ..” ޔުނާންގެ މޫނަށްވެރިވެރިވެފައިވާ ކުލަވަރުފެނި މިޝެލިންއަށް ބުނެލެވުނެވެ.

“ނޭނގެ މިޝެލިން..އެކަމު ނޭނގެ ކީއްވެކަމެއް..ހިތުގެ ކަނަކުން ބުނާހެން ހީވޭ އެއީ ދައްނަ މީހެކޭ..ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކޭ އަހަރެންނާ…އެކަމު އެއީ އަހަރެން ދަންނަ މީހެއް ނޫން…އަދި އަލަށް އެ ސޫރަމި ފެނުނީވެސް..” ދެބުމަ ގޮއްޖަހާލައިގެން ހުރެ ޔުނާން ބުނެލީ އެއީ އޭނާ ދަންނަ މީހެއްތޯ އޭނަގެ ހަނދާނަށް އާދޭތޯއެވެ. އެކަމަކު ކާމިޔާބުވާގޮތެއްނުވިއެވެ. އެއަންހެން މީހާ ފެނިފައި ހިތް ތެޅިގަތީ އޮބިނޯންނަ ވަރަށެވެ. މުޅި މީހާ ފިނިވިއިރު ކުރެވުނީ ބަޔާންކުރަންދަތި އަސަރެކެވެ.

“ވެދާނެއްއެއްނު ތީ ހީވި ހީވުމަކައްވެސް..” ކަންބޮޑުވުމާއެކު މިޝެލިން އެހެން ބުނުމުން ޔުނާން ހީލާފައި ދެން އަޅާނުލުމަށް ބުނެލީ މިޝެލިން އިތުރަށް ހާސްކުރަން ބެނުން ނުވުމުންނެވެ. އަދި ދެމީހުންވެސް އީދަންގެ ކާރުގައި ‘އޯޝެން ގްލޮސް’ އަށް ދާން މިސްރާބުޖެހީ ގޭ އެންމެންނަށް ސަޕްރައިޒެއް ދިނުމަށެވެ ނަހީކްވެސް ކާރުގެ ކުރީ ސީޓުގައި އިނެވެ. އަނގަހުއްޓާނުލައި ވާހަކަދައްކަމުން ދިއުމުން އެންމެ ފަހުން ޔުނާން ނަހީކްގެ ބޮލުގެ ފުއްކިބައިގައި ޖަހާލަމުން މައިތިރިވާށޭ ބުނެލިއެވެ.

“އައްދޯއި ޔާން…ތަދުވެއްޖޭ..” އިސްތަށިގަނޑުގައި އަތް ހިންގާލަމުން ނަހީކް ބުނެލީ ޔުނާންއަށް ލޯ އަޅާލަމުންނެވެ. އެވަގުތު މިޝެލިންގެ ހުނުމުގެ އަޑު މުޅި ކާރުތެރޭގައި ގުގުމާލައިގެންދިޔައެވެ.

****
“ސަޕްރައިޒް…” ގެއަށް ވަދެވުމާއެކުހެން ޔުނާންގެ ބަދަލު އިވުނީ އީދަންއާ ނަހީކްގެ އަޑެވެ. ޔުނާން ދެފަރާތަށް ބޯހޫރާލަމުން މިޝެލިންގެ އަތުގައި ހިފައިގެން ކާބަޔަށްދިޔައީ މިގަޑީގައި އެންމެން ތިބޭނީ ކެއުމަށް އިންސާފުކުރުމުގައިކަން އެނގޭތީއެވެ. ނަމަވެސް ޔުނާންގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ.

“މިޝްކާ؟ ޒިއްކު!!..” ހައިރާންކަން އުފާވެރިކަމަށް ބަދަލުވެގެންދިޔަ ވަގުތު ޔުނާންއަށް ބުނެލެވުނެވެ. އަދި ޔައިޝް ކައިރީގައި މަޑުކުރަމުން އޭނާގެ އަންހެނުން މީޝްކާ އާއި އެދެމީހުންގެ ތިން އަހަރުގެ ދަރިފުޅު ޔަޒްކާން ފެނިފައި ޔުނާންއަށް ބުނެލެވުނެވެ.

“އެހެ..އެސް ޔާން..ސޮރީ އެނގެ ވެޑިންގއަށް ނާދެވުނީމަ..މާމަ ބަލިވެއުޅޭތީވެ ނުދެވުނީ..” އިސްޖަހާލަމުން މިޝްކާ ބުންޏެވެ. ކަޅިރަވަ ޗާލު ހިމަތޮޅި ހަށިގަނޑެއްގެ ވެރި ފތްމިންޏެއްފަދައެވެ. ދެލޮލުގައިވީ ތަފާތުވިދުމެކެވެ. ބޯ އެސްފިޔަތަކުގެ ނިވަލުގައިވީ ކަޅުކަންކަންގަދަ ކަޅިއެކެވެ. ކަޅުކުލައިގެ ދިގު އަބާޔާއެއް ލާފާއިވާއިރު ކްރީމްކުލައިގެ ޝޯލެއްއަޅާފައިވުމުން އެ ވަށްމޫނުގެ ރީތިކަން އިންތިހާއެވެ.

“އެއީ މއްސަލައެއްނޫނޭ މިޝޫ…ޒިއްކު..” މިޝްކާގެ އުނގުގައި އިން ޔަޒްކާން އުރާލަމުން ޔުނާން ގޮވާލިއެވެ. މަޢުސޫމު ދެލޮލަކާއެކު ޔުނާންއަށް އެބަޑު ބޮޑު ދެލޮލުން ބަލަހައްޓައިގެންހުރި ޔަޒްކާންގެ ކޮލުގައި މިޝެލިން ހިފާލިއެވެ. މިޝެލިން ފެނުމާއެކު ޔަޒްކާން ކުއްލިއަކަށް މިޝެލިންއާ ދިމާލަށް އަތް ދިއްކޮށްލުމުން ހީލާފައި މިޝެލިން ޔަޒްކާން އުރާލިއެވެ. އެވަގުތު އެ ކުޑަ ކުޑަ އަތުން މިޝެލިންގެ މޫނުގައި ނުހަނު މަޑުން ފިރުމާލާފައި ދެލޯބޮޑުކޮށްލާފައި މިޝެލިންއަށް ބަލާލިއެވެ. އަދި އަނގަ ވައްކޮށްލިގޮތުން އެބުނީ ވާއު އޭކަން އެންމެންނަށް ނަގައިގަނެވުމާއެކު މުޅި ކާކޮޓަރީގައިވެސް ގުގުމާލައިގެން ދިޔައީ ހުނުމުގެއަޑެވެ.

***
“ފައިއްޓޭ…ކައެ މޮޅުއެއްޗެއް ހަދާބެ ނިކަން…އޭނަ އެހެން އުފަލުން ހުންނަތަން ބަލާކަށް މައެ ބޭނުމެއް ނޫން…އެއީ އަހަރެންގެ މީހެއް..ހަމަ އެކަނި އަހަރެންގެ..މިޝެލިން އަހަރެންގެ މީހަކަށް ނުވެއްޖިއްޔާ އެ ޔުނާންގެ މީހަކަށްވެސް ނުވެވޭނެ..” ރުޅިވެރިކަމުން ފުރިގެންވި ގޮތަކަށް ފާރުގައި އެތިފަހަރެއް ވީއްލާލަމުން އެ ޒުވާނާ ބުނެލިއެވެ. ދިގު އިސްކޮޅެކެވެ. އިސްތަށިގަނޑު ކޮނޑާ ހަމަޔަށް ދިގުކޮށްލާފައި އޮތްއިރު އަތުގައި ދެތިން ޗޭނުފަށް އަޅާފައިވެއެވެ. އިސްތަށިގަނޑު ރީތިކޮށް ކޮށާލާފައި ތަންކޮޅެއް ހަރުދަނާކަން ހުރިނަމަ ރީތި މީހަކަށް މި ޒުވާނާ ވާނެކަން ގައިމެވެ.

“ބޮސް..އޭނަ އެ އުޅެނީ ޔުނާންއާ އިނދެގެނެއްނު…”

“އެއީ ކަލޭ ބަލަންޖެހޭ ކަމެއް ނޫން..ވީހާވެސް އަވަހަކަށް އެ ދެމީހުންގެ ތެރެއިން އެކެއްގެ ދުވަސްދުއްވާލަންވީ..މިޔޮތީ ފޮޓޯ..ތިން ދުވަސްތެރޭ މިކަން ވާންޖެހޭނެ..އޭރުން ކައޭގެ ފައިސާ ކައެއަށް ދޭނަން..” އެޒުވާނާގެ މޫނުމައްޗަށް ފޮޓޯގަނޑެއް އެއްލަމުން އެ ޒުވާނަކު އެހެން ބުނެފައި ދިޔައީއެވެ.

***

“ޔާއިން..އަހަންނަށް ކީއްތަކުރެވުނީ ޔުނާންއަށް؟ އޭނާ ރަނގަޅަށް ނުބެލުނީތަ؟ އަހަރެންދެކެ އެހާ ނަފްރަތުއެކުރަނީ ހައިރާ ދިޔައީމަރަ؟ ހައިރާ މިޔަދު ދުނިޔޭ ހުރިނަމަ…އެބިރުވެރި ހާދިޘާ މިޔަދުވެސް ލޯމައްޗަށް ފެންނަކަހަލަ…ޔުނާން ސަލާމަތްކުރަން އެ ދުވަހު އުޅުނުގޮތް މި ދެލޮލުން އަހަރެން ދުށީން..އެދެލޮލުން ފޭބިކަރުނަތަކާއި އެވޭނީ ރުއިމުގެ އަޑު މިޔަދުވެސް އަހަރެންގެ ކަންފަތަށް އިވޭ ކަހަލަ..ހައިރާގެ އަނދާފައި އޮތް މަސްގަނޑުފެނިފައި އެދުވަހު އަހަރެން ހާދަ ދެރައެއްވިއޭ..އެދުވަހު އަހަރެންގެ ފިރިމީހާވެސް ނިޔާވީ..ހައިރާ މިޔަދު ހުރިނަމަ…ޔާއިން އަހަރެންގާތު އިންނަން އެހީ އެކުދިންނަށް މައެއްގެ ލޯބި ބޭނުންވާނެތީކަން އެނގޭ..އެކަމު އަހަންނަށް އެކަމެއް ނުވި..އަހަންނަށް މަޢާފުކޮއްދީ..” ޔުނާންގެ އަމަލުތަށް ހުންނަގޮތުން ދުވާލެއްގެ މަތިން އެތައްފަހަރެއްގައި ޒީހާގެ ހިތުގައިޖެހެއެވެ. ޔުނާން އެހާވަރަށް އޭނާއަށް ނަފުރަތުކުރާތީވެ އޭނާ ނުހަނުދެރަވެއެވެ. ޔަޝާ އާއި ޔައިޝް އޭނާއަށް އެންމެ ކުޑަމިނުން މަންމާއޭ ކިޔާލާފައި ގޮވާލައެވެ. ނަމަވެސް ޔުނާން މަންމަ ކީއްކުރަން ދޮންމަންމާއޭ ކިޔާލާފައިވެސް ގޮވާލި ހަނދާނެއް އޭނާގެ ނެތެވެ.

މީގެ ސަތާރައަހަރުކުރިން ދިމާވެފައިވާ އެ އަލިފާނުގެ ޙާދިޘާ އިއްޔެވީކަމެއްހެން މިޔަދުވެސް ޒީހާގެ ދެލޮލަށް ފެންނަފަދައެވެ. ހައިރާގެ އަންދާފައިވާ މަސްގަނޑާއެކު ނެރުނު އޭނާގެ ފިރިމީހާގެ މިސްގަނޑެވެ. އޭރު ދިހަ އަހަރުވެފައިވާ ޔުނާންއަށް ބޮލަށް ލިބުނު ގެއްލުމެއްގައި ތިންމަސްދުވަހު ކޯމާއެއްގައި އޮވެފާ ހޭއެރިގޮތަށް ހަނދާނުގެ ބޮޑުބައެއް ފޮހެވިފައިވާކަން އެނގުމުން ޔާއިންއަށް ރޮވުނުގޮތެވެ. ޒީހާކައިރިން ޔާއިން ކައިވެންޏަށް އެދުނުގޮތެވެ. އެ ހުރިހާކަމެއް ހަނދާންވުމުން ޒީހާއަށް ވޭނީ ގިސްލުމަކުން ގިސްލެވެންފެށުނެވެ.

“ޒީހާ..އެއީ ޒީހާގެ ކުށެއްނޫނޭ…ޒީހާއަށް އަހަރެން މިޔަދުވެސް ޝުކުރުވެރިވަން..ހައިރާ ނިޔާވުމަށްފަހު އަހަރެންނަށް ހިއްވަރުދިން ހަމައެކަނި ފަރާތަކ ތީ..އެކަމަކު އަހަންނަށް ދުވަހަކުވެސް ހައިރާ ނޫން ދެވަނަ މީހަކުދެކެ ލޯތްބެއް ނުވެވޭނެ..” މަޑު އާހަކާއެކު ޔާއިން ބުންޏެވެ.

“އަހަންނަށްވެސް..” ޒީހާ ބުންޏެވެ.

*********

ޔުނާންއާ މިޝެލިންގެ އިތުރުން ޔައިޝް ، މިޝްކާ އަދި ޔަޒްކާން ހަވީރު ހިނގާލަން ނުކުމެ އުޅުނީ ޔަޒްކާން މާވަރަކަށް ފޫހިވެގެން ރޯތީއެވެ. ޔައިޝް އާ މިޝްކާ ޔަޒްކާން ގޮވައިގެން ޕާކަށް މިސްރާބުޖެހުމުން ޔުނާންއާ މިޝެލިން ހިނގައިގަތީ ތަންކޮޅެއްދުރުގައިހުރި ޖުގޯ ވިއްކާ ތަނަކަށް ދިއުމަށެވެ. ހަވީރުގެ ވަގުތުކަމުން ގިނައީ ކުޑަކުދިން ގޮވައިގެން ނުކުމެއުޅޭ މީހުންނެވެ. ހުރަސްކަނޑަން ދިޔަ ވަގުތުގައި ވަރަށް ބާރަށް ދުއްވާފައި އައި ކާރެއް އައި ހަމަ ސީދާ މިޝެލިންމެންނާ ދިމާލަށެވެ. ޔުނާންއަށް ހަރަކާތެއް ކޮއްލެވުމުގެ ކުރިން މިޝެލިން ޔުނާންގެ ބުރަކަށީގައި އަތް އަޅާ އަތުހުރި ބާރެއްލާފައި ޔުނާން ކޮއްޕާލިއެވެ. އެވަގުތު އެ ކާރުގައި ޖެހިފައި މިޝެލިން ވިއްސައިގެން ގޮސް މަތަވީ ޕާކުކޮއްފައި އޮތް ޕިކަޕެއްގައި ޖެހިފައެވެ. އެވަގުތު ޖެހުނުގޮތަކުން ބިންމައްޗަށް ވެއްޓުނުއިރު މިޝެލިންގެ ބޮލުން ލޭގަނޑު އޮހިގަތެވެ.

ކުއްލިސިހުމެއްގެ ތެރޭގައިވީ އެންމެންނަށްވެސް މި ހިނގާދިޔަ މަންޒަރު ބަލަން ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ. އޭރު އެކާރު ބާރު ސްޕީޑުގައި އަނބުރާލާފައި މަގަކަށް އަޅައިފިއެވެ. ހިތް ނެގިނެގިފައި ޖަހަމުންދިޔައިރު ދުވެފައިކަހަލަ ގޮތަކަށް ޔުނާންއަށް ގޮސް މިޝެލިންގެ ކައިރީގައި މަޑުކުރެރިއެވެ. ޑޮކުޓަރެއް ނަމަވެސް މިޝެލިންއަށް ވެފައި އޮތްވަރު ފެނިފައި ޔުނާންއަތް “ނޫން” އެހެން ކިޔާފައި ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު އެދެލޮލުން ކަރުނަހިލުނީ މިޝެލިން އޭނާއާ ވަކިވެދާނެއޭ ހިތަށް އެރުމުންނެވެ.

“އެކްސްކިއުޒް..އަވަހަށް އެ އަންހެންކުއްޖާ ކާރަށް އަރުވާ..ވަގުތެއް ނެތް..” ކައިރިން ހާސްކަން އެކުލެވިފައިވާ ފިރިހެނެއްގެ އަޑުއިވިފައި ޔުނާން އިސްއުފުލާބަލާލިއެވެ. އެއީ ޒުވާން ފިރިހެނެކެވެ. އޭނާގެ ކައިރީގައި ހަތްވަރަކަށް މަހުގެ ބަނޑަކާއެކު ހުރީ އަންހެންކުއްޖެކެވެ. ޔުނާން ހިތްވަރުކޮށްފައި ބޯޖަހާލަމުން މިޝެލިން އޭނާގެ އަތްދަނޑިމައްޗަށް ނަގަމުން އަވަސް ހިނގުމެއްގައި ގޮސް އެތާގައި އޮތް ކަޅުކުލައިގެ ބީ.އެމް.ޑަބްލިއު ޕްރައިވެޓު ކާރުގެ ފަހަތަށް އެރިއެވެ.

“ބްލޫމްސް ހޮސްޕިޓަލަށް…” ކުރެހިފައިވާ އަޑަކުން ޔުނާން ބުންޏެވެ. އޭރު އޭނާލައިގެންހުރި އަޅިކުލައިގެ ގަމީސް މިޝެލިންގެ ބޮލުން ފައިބަމުންދިޔަ ލޭތަކުން ފޯވަމުންދިޔައެވެ. އަވަސް އަވަހަށް ފޯނުނަގަމުން ޔައިޝްއަށް ގުޅުމަށްފަހު ޙަބަރުކިޔައިދޭން އުޅުނުނަމަވެސް ޔުނާންއަށް ކިޔައިދެވޭގޮތެއްނުވިއެވެ.

“ޔައިޝް..މިޝެލިން…މިޝެލިން…..” އެންމެ ފަހުން ޔުނާންއަށް ކިޔައިނުދެވުމުން ކުރީ ސީޓުގައި ދުއްވަން އިން ޒުވާނާއާއި ޖެހިގެންއިން ސީޓުގައި އިން އަންހެންކުއްޖާ ފަހަތަށް އެނބުރިފައި ޔުނާންގެ އަތުން ފޯނުނެގިއެވެ.

“އައްސަލާމު ޢަލައިކުމް..މީ ‘ބްލެކްރޯޒް’ ކުންފުނީގެ ވެރިމީހާގެ ދަރި އައިޝަމްގެ އަންހެނުން އައިލީން..މި އުޅެނީ ދެންމެ މިތަނުގައި ހިނގި އެކްސިޑެންޓެއްގައި މިޝެލިން ކިޔާ އަންހެންކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެގެން..އޭނާގެ ހެޔެއްވެސް ނެތް..ބޯ ފަޅައިގެން ގޮސްފައިވާއިރު ލޭ މަނާނުވާވަރަށް ލޭ ބޭރުވަމުންދޭ އެބަ..” ހާސްކަންއެކުލެވިފައިވާ އަޑަކުން އައިލީން ބުންޏެވެ.

“ވަޓް..މިޝެލިން އެކްސިޑެންޑްވީ އޭ؟!!..އަހަރެމެން މިދަނީ ބްލޫމްސް ހޮސްޕިޓަލަށް..ޔުނާންއަށް ހިތްވަރުކުރުމަށްބުނޭ..ބުނޭ ވަގުތެއްނެތޭ..އަވަހަށް މަސައްކަތް ފަށާށޭ….” ހާސްކަން އެކުލެވިފައިވާ އަޑަކުން އެކޮޅުން ބުނެލުމާއެކު ފޮނުކަނޑާލީއެވެ.

“ޔުނާން..އޭނާބުނީ ހިތްވަރުކުރުމަށް…ވަގުތެއްނެތޭ..އަވަހަށް މަސައްކަތްފަށާށޯ…” ފަސްއެނބުރި ހުއްޓުންއަރާފައިވާ ޔުނާންއަށް ބަލާލަމުން އައިލީން ބުންޏެވެ. މިޝެލިންއަށް ބަލާލާފައި އައިލީންއަށް ބަލާލަމުން ޔުނާން ބޯޖަހާލިއެވެ. އައިލީންގެ އަޅިފެހިކުލައިގެ ކަޅިފެނުމުން އޭނާގެ ލޯކުރިމަތިން ފެނިލީ މިޝެލިންގެ އަޅިފެހިކުލައިގެ ކަޅިއެވެ. އެވަގުތު އެހިތް ތެޅިލައިގެންތިދައެވެ. އަވަސް އަވަހަށް މަސައްކަތްފެށީ ވަގުތު ކުޑަތަންވަމުން އަންނަކަން ޙުދު އޭނާއަށްވެސް އިޙުސާސްކުރެވުމުންނެވެ. ގެއްލިގެންދާ ކޮންމެ ސިކުންތުކޮޅަކީވެސް މިޝެލިންގެ ފުރާނަ ނުރައްކަލަކަށް ހުށއަޅައިލެވޭ ފުރުސަތެކެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. މިޝެލިން އޭނާއާ އުމުރަށް ވަކިވާތަން ބަލަން ޔުނާންގެ ހިތަށް ކެތެއްނުވާނެއެވެ.

މިޝެލިންގެ އަތުގައި ހިފަހައްޓާލަމުން ވިންދުހުރިވަރު ބަލާލިއިރު ވިންދުޖަނީ ވަރަށް މަދުންނެވެ. އޭރު މިޝެލިންގެ ބޮލުން ފައިބަމުންދިޔަ ލޭތަށް މަދުވުމުން އެ މޫނުގެ ފިޔާތޮށިކަން ކެނޑި ހުދުކުލައަކަށް އަރަން ފެށިއެވެ.

“ނޫން!!!!..” މުޅި ކާރުތެރޭގައި ގުގުމާލައިގެންދިޔައީ ޔުނާންގެ ހަޅޭކުގެ އަޑެވެ. އޭރު ބްލޫމްސް ހޮސްޕިޓަލުކައިރިއަށް އައިޝަމް ކާރު މަޑުކުރަނީއެވެ. އައިޝަމްއާއި އައިލީންވެސް ދިޔައީ ސިއްސައިގެނެވެ. ފަސްއެނބުރި ޔުނާންއާ ދިމާލަށް ބަލާލެވުމާއެކު އެދެމީހުންވެސް ދެލޯ ބޮޑުކޮށްލެވުނީ ހާސްކަމާއެކުގައެވެ.

“ނޯ ނޯ ނޯ..ދިސް ކާންޓް ބީ ހެޕަނިންގް..ޔައިޝް..މިޝެލިން..ހިތް މަސައް……” ކާރުގެ ދޮރުހުޅުވާލާފައި މިޝެލިން ޔައިޝްގެ އަތްދަނޑި މައްޗަށް ނަގުމުން ޔުނާން ބުނަންއުޅުނެވެ. ނަމަވެސް ޔުނާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިނ އެ ބުނަން އުޅެނީކީކޭކަން އެނގުމާއެކު ދެފަރާތަށް ބޯހޫރާލާފައި ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ.

ޔުނާން އެދިޔަ ބާރުމިނުގައި އައިސީ ޔޫ އަށް ވަދެގެން ދިޔައިރު އޭނައަށް ފެނުނީ އާ މަންޒަރެއްނޫނެވެ. މިއީ ކިތަންމެ ފަހަރަކު އޭނަ އަށް ފެނިފައިވާ އިމަރޖެންސީ ރޫމެކެވެ. ބަލިމީހުންގެ ފުރާނަ ސަލާމަތްކުރަން އޭނަވެސް ކިތަންމެފަހަރަކު މި މަސައްކަތްކުރިއެވެ. ޔުނާންއަށް ޑޮކުޓަރުންފެނުނީ ރަހުމުކުޑަ ބައެއްގެގޮތުގައެވެ. ހުރިހާވެސް ސަބަބަކީ އެތާގައި އެ އޮތީ އޭނާގެ ފުރާފަދައިން ލޯބިވާ އަނބިމީހާ ކަމަށްވުމުންނެވެ. ސީ ޕީ އާރ ދީގެންވެސް ހިތް މަސައްކަތް ނުކުރުމުން ޑިފިބްރިލޭޓަރ އިން ޑީސީ ޝޮކް ދިންވަގުތު ޔުނާންއަށް ހެޔަށް ގިތެއްވިއިރު ހަޅޭއްލަވައިގަނެވުނެވެ.

އޭނާގޮސް އެތަނުން ޑޮކްޓަރެއްގެ ގައިގައި ޖަހަން މަޅާލި އަތުގައި ޔައިޝް ހިފެހެއްޓިއެވެ. ޔުނާން އެހާ ދެރަވެފައި ސަބަބުން ވިސްނާނުލައި ކުރަން އުޅުނު ކަމެއްކަމަށް ބުނެ ޔައިޝް އެމީހުންކައިރީގައި ކުރިޔަށް ގެންދިޔުމަށްބުންޏެވެ. ކޮއްކޮގެ ހާލުފެނިފައި އޭނާ ދެރަވިއެވެ.

“ޔުނާން..ހަމަޖެހިބަލަ..ދޭއާރ ޓްރައިއިންގް ދެއަރ ބެސްޓް އޭ..މިޝެލިން ކާރޑިއެކް އެރެސްޓަކަށް ގޮސްގެން…” މިޝެލިންގެ ހިތް މަސައްކަތް ނުކުރުމުން އަދިވެސް ޑޮކުޓަރުން އެކަމާއިގެން އަވަދިނެތިއުޅެމުންދިޔައެވެ.

“ޔައިޝް..ޕްލީޒް…ސޭފް ހަރ…ޕްލީޒް…މޭކް ހާރ ބްރީތް…” ޑޮކުޓަރުންގެ މަސައްކަތްތައް ނާކާމިޔާބުވާތަންފެނި ޔުނާންއަށް ހަޅޭއްލަވައިގަނެވުނެވެ. ހީވަނީ އޭނާއަށް އޭނާގެ މަރު ކުރިމަތިން ފެންނަމުންދިޔަހެނެވެ.

“ޑޯންޓް ލެޓް ހާރ ޑައި..ޕްލީޒް..ޕްލީޒް..މޭކް ހާރ ބްރީތް…” ރޮއިގަންނަމުން ޔައިޝްގެ ގައިގައި ހިފައިގަންނަމުން ޔުނާން ބުންޏެވެ. މިޝެލިންއާއި ވަކިވެދާނެކަމުގެ ބިރު އޭނާ ވަށާލާފައިވާފަދައެވެ.

– ނުނިމޭ –

Share Article

Follow Me Written By

Malsa Moosa

Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

She/Her. You can contact me via [email protected]

Other Articles

Previous

މަޢާފް – އެކާވީސްވަނަ ބައި

Next

ވާނަމޭ އުމުރަށް އެކިީ ޖާނާ 13

Next
April 5, 2020

ވާނަމޭ އުމުރަށް އެކިީ ޖާނާ 13

Previews
April 4, 2020

މަޢާފް – އެކާވީސްވަނަ ބައި

19 Comments!

  1. malsamalkkomal says:
    April 5, 2020 at 6:35 am

    morning guyx.
    I hope you all will like this part too..it was hard finding about all cardiac arrest thing and etc. Eheh..msitake eh iniyya buneladhehchy..proof read nukoh mi up kohlee. Feel free to comment.
    Lve ah all >3
    #stay home, Be safe

  2. Lazy_queeny says:
    April 5, 2020 at 6:53 am

    Vvvv reethi mi part vx….when is next part curiously waiting for next part…..N me first the????

    1. Malsa Moosa says:
      April 5, 2020 at 4:50 pm

      thanks Lazy_queen..Insha Allag liyevunu enme avahakh..Eheh..yup.. congrats girrl..

  3. RASH says:
    April 5, 2020 at 9:31 am

    VVVVVVVV reethi maasha allah❤❤❤❤❤❤❤❤❤❤❤. KEEP it up. Waiting for the next part.

    1. Malsa Moosa says:
      April 5, 2020 at 4:51 pm

      Thankx RASH.

  4. Kairaa says:
    April 5, 2020 at 11:27 am

    Varah varah reethi mi part vx….waiting for the nxt part…and whn nxt mal…

    1. Malsa Moosa says:
      April 5, 2020 at 4:51 pm

      thankx kai..Insha Allah varah avahah

  5. Dhonthy says:
    April 5, 2020 at 11:30 am

    Vvvvv reethi mi part hama obiness to the max. Mal you will become a great writer in future I am sure. Sifakurumaa ibaaraaiy kurun hama habeys inge Malkko. You are improving a lot in every part. Good luck for your hard work. Love you Malkko. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

    1. Malsa Moosa says:
      April 5, 2020 at 4:53 pm

      Awww thankx dhonthy..lve ya 2..thank ya a lot..

  6. ??tweety?? says:
    April 5, 2020 at 1:32 pm

    kuruvaahakaige aneh part genesdheyny kon irakun

  7. malsamalkkomal says:
    April 5, 2020 at 4:53 pm

    އިންޝާ ﷲ މާދަން ރޭގެ ކުރިން

  8. Yanaa says:
    April 5, 2020 at 7:52 pm

    Varah Varah reethi. ❤❤❤❤❤
    maa sha Allah❤❤❤❤❤❤❤❤
    waiting waiting ???????

    1. Malsa Moosa says:
      April 5, 2020 at 9:20 pm

      Thankx yan

  9. Aashy says:
    April 5, 2020 at 9:08 pm

    v. v v reethi…..alhey ..haadha dheraey…..mishelin numarachchey.eyrun yunaan dhuniyeah moya vedhaane….save her…..
    curiously waiting for next part….
    mal ge sifakurunthah v v v reethi….i hope u will be a gud writer in future..

  10. malsamalkkomal says:
    April 5, 2020 at 9:21 pm

    thankx Aashy. aww…balamaa dhw..mal vx varah dheravehjje..thank u soo much nge..balamaa dhn vaagotheh vx dhw:)

  11. A girl from laamu??? says:
    April 6, 2020 at 2:34 pm

    Thiss??❤

    1. Malsa Moosa (Lysh) says:
      April 6, 2020 at 11:24 pm

      Eheh..thankx

  12. faiher says:
    April 6, 2020 at 11:18 pm

    alheyyyy…..v v v v v reethi…..and v sad mishellin ah ehen v ma ….yunan fakeeru
    waanan umurah story aa gulhuvaafa dhww mi story mi inny ????? you know …aisham amd ailyn aima ………
    anyways love this story

  13. Malsa Moosa (Lysh) says:
    April 6, 2020 at 11:26 pm

    thankx faiher..Yhh..waanan umurah e story aa gulhuvaalaafa mee…thank u soo much 🙂

Comments are closed.


All Right Reserved!