މެންދަމުގެ ހަމަ ހިމޭންކަމެވެ. ފެންރީތި ގޭތެރެވެސް ވަނީ އަރާމު ނިންޖެއްގެ ތެރޭގައެވެ. ކުއްލިއަކަށް އެގޭ ގިފިލީގެ ދޮރު ހުޅުވުނެވެ. ގޭތެރެއަލިކުރަން ދިއްލާފައިހުރި ބޮތްކަށްވެސް ގޮތެއްވާހެން ހީވިއެވެ. އަލި މަޑުވެފައި އަލިގަދަވާންފެށިއެވެ. ހީވަނީ ދެންމެ ދެންމެ ބޮކިވެސް ތަޅައިގެން ކުދިކުދިވާން އުޅޭހެންނެވެ. ގިފިލީގެ ދޮރު ހުޅުވުނުތަނާހެން ގޮތް ނޭންގޭ ވައިރޯޅިއއަކާއެކު ގޭތެރޭގައި އެލުވާފައިހުރި އުނދޯލިވެސް ހެއްލެންފެށިއެވެ. މީހަކު ހެއްލާފަދަ ގޮތަކަށް އުނދޯލި ހެއްލެންފެށިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އުނދާލި ހުއްޓުނެވެ. އެއަށް ގުޑުމެއްވެސް ނުވާފަދައެވެ. އުނދޯލި ހުއްޓުވަގުތު އުނދޯލި […]
ބޭބީ.. ރޫމް ރެޑީތަ؟ ފަސްގަނޑިބައިގަ ލީލާއަންނަ ވާހަކަ ބުނީމެންނު. ހުރިހާ ކަމެއް އޯކޭތަ؟” އަދުރާގެ ބޮލުގައި ފިރުމާލަމުން ސައީރު ބުންޏެވެ. “އާން ރެޑީ ގަ ހުންނާނީ.. މި މީހުން ގޮވައިގެން ގެސްޓްހައުސްއަށް ވައްޓާލާފަ އެމީހުން ރިސީވްކުރަންދާންވާނެ..” ތުއި ގޮތަކަށް އަދުރާ ބުންޏެވެ. އެތަނުގައި ތިބި ފަތުރުވެރިންނަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ސައީރު ހިނގައިގަތީ ރަށުގެ ބޮޑުމަގުން ބަނދަރާއި ވީ ކޮޅަށެވެ. ސައީރު ދިއުމުން ފަތުރުވެރިންނާއެކު އަދުރާ ހިނގައިގަތީ ގެސްޓްހައުސްއަށް ދިއުމަށެވެ. އަސުރު ވަގުތު ފަހަނައަޅާއި ގޮސް އިރު […]
މިސް ކިހިނެއްތަވީ؟” ތަކުރާރުކޮށް އުސްމާނު އެ ސުވާލުކުރިއެވެ. ނަމަވެސް ޖަވާބުދިނުމުގެ ބަދަލުގައި ޒުމްރާ އެ ސަރަހައްދަށް ނަޒަރު ހިންގައިލެވުނެވެ. ހަށިފުރާ ނޭވާއެއް ބޭރުކޮށްލަމުން ވާހަކަ ދައްކަން އަނގަހުޅުވައިލިވަގުތު ފިނި ވައިރޯޅިއެއް އޭނަގެ ހަށިގަނޑުގައި ބީހުނެވެ. ޒުމްރާ ތެޅިގަތެވެ. ހަމަ އެވަގުތު އުސްމާނަށްވެސް އެވައިރޯޅީގެ އަސަރުކޮށްލިއެވެ. އުސްމާނުވެސް ތެޅިގަތެވެ. “މިސްއަށް ކަމެއް ފާހަގަ ކުރެވުނުތަ؟” ނިތަށް ކުދި ރޫތަކެއް އަރުވާލަމުން އުސްމާނު ބުންޏެވެ. ޒުމްރާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެ ފަނޑު ހިނިތުންވުން […]
“ދޭނެ ޖަވާބެއް ނޭންގުނީތަ؟ ހަމަ މަ އެއްޗެކޭ ބުނާއިރަށް ހައްޕު..” އަދުރާއަށް އެއްޗެކޭ ނުބުނެ ނުހުރެވިގެން ބުންޏެވެ. އިރުކޮޅެއް ނުވެ ފޯން ރިންގްވާންފެށިއެވެ. އެނދުމަތީގައި އޮތް ފޯނަށް ޔާސީން ބަލައިލިއެވެ. އަތުގައި އޮތް ލޯޝަންފުޅި ޑްރެސިންޓޭބަލަން މަތީގައި ބަހައްޓަމުން އެދިމާއަށް ހިނގައިގަތެވެ. އެނދުކައިރީގައި މަޑުޖެހިލަމުން ފޯނަށް ނަޒަރު ހިންގައިލިއެވެ. ގުޅަނީ ލީލާއެވެ. އަދުރާއަށް ބަލައިލަމުން ފޯނު ނެގިއެވެ. “ހަލޯ…” ފޯނު ކަންފަތުގައި ޖައްސާލަމުން ޔާސީން ބުންޏެވެ. ފޯނު ކަންފަތުގައި ޖައްސާލަމުންވެސް އަދުރާއަށް ނަޒަރު ހިންގައިލިއެވެ. އަދުރާ ހުރީ […]
ކަމަކު ނޫނަސް.. މާނު މިއަދު ބުނަން އުޅުނު ވާހަކަ ކޮބާ؟” އެތެރެއަށް ވަންނަމުން މާނާ ހަނދާންކޮށްދިނެވެ. އުސްމާނު ހައިރާންވެފައި މާނާއަށް ބަލަހައްޓައިގެން ދޮރުމަތީގައި ހުރީއެވެ. “ސާބަސް މާނޫ.. ތި ދޮރުލައްޕާފައި އާދެބަލަ…” މާނާ އަޑުހަރުކޮށް އުސްމާނަށް ގޮވައިލިއެވެ. މާނާ ގޮސް އެނދުގެ މަގަތުގައި ޖައްސައިލިއެވެ. އުސްމާނު ހުރިފިޔަވަޅު މަތީގައި ހުއްޓިލައިގެން ހުއްޓެވެ. އޭނަގެ ކަޅި ހުއްޓާލައިގެން ހުރީ މާނާއަށެވެ. މޫނަށް ގޮތެއް ހަދާލަމުން މާނާ އަތުގެ އިޝާރާތަކުން އެދުނީ އައުމަށެވެ. “ދެން އާދެބަލަ.. ދޮންތަ ހަނދާންކޮށްލަ ދޭނަން.. […]
އަދޫއަށް ހީވަނީތަ އަހަރެން މިކަން ކުރާނީ ވަރަށް ސިމްޕަލްކޮށޭ.. އެހެން ހީނުކުރޭ.. ލީލާގެ ބަލާވެރިކަމުން ސަލާމަތްވާން އުޅޭތާ ކޮންދުވަހެއް…. އަދޫދެކެ އަހަރެން ލޯބިވަނީ…” އަދުރާގެ ނަމުން މުހާތަބު ކުރަމުން އެ ފިރިހެންމީހާ އަދުރާއާއި ގާތްވިއެވެ. އޭނަގެ ވާހަކަތަކުން ހީވަނީ ލީލާއާއި ދެމެދު ކޮންމެވެސް ގާތްކަމެއް އޮތް ހެންނެވެ. އަދުރާއާއި ގާތްވެލަމުން އޭނަގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު އެޒުވާނާގެ މޫނުމަތިން ނުލަފާ ހިނިތުން ވުމެއް ދުވެލިއެވެ. އެއީ މޫނުކޮޅު ދިގު ދޮން މޫނެއްގެ ވެރި ޒުވާނެކެވެ. މަސްތީ ދެލޮލަކާއި […]
މަންމަގެ އުޅުން…..” އުސްމާނު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އުސްމާނު އެހެން ބުނުމުން ސަމީރާގެ ތުންފަތަށް ހިނިތުންވުމެއް ދުވެލިއެވެ. ޔަޤިނުންވެސް އުސްމާނަށް ބުނެވުނީ ތެދެއްކަމަށްވެސް ވެދާނެއެވެ. އޭނައަށް ލިބިފައިހުރީ އޭނަގެ މަންމަގެ އުޅުންތާއެވެ. އިތުރު އެއްވެސް އެއްޗެކޭ ނުބުނެ ފެންޑާގެ މޭޒުމަތީގައި ހުރި ކިރުތަށި ތުންޖަހާ އެއްފަހަރާ ދަމާލަމުން އުސްމާނު ނުކުތީ މަދަރުސާއަށް ދިއުމަށެވެ. އޭރު މަދަރުސާގެ ރަނގަބީލުޖެހިއަޑުވެސް އިވުނެވެ. “ހާލަތު.. ކީއްކުރާނީ.. އާން ދެން އަމާގެ އުޅުން ދަސްވެފައި ހުރި ދަރިއެއް…” ތަވާ މަތީގައި އޮތް ރޮށި […]
ގަޑިން ފަތިހު ހަތަރެއް ޖަހަނީއެވެ. ގަޑީގެ ވާޖިބު އަދާކުރަމުން ދިޔައިރު ކިންގް ސައިޒުގެ ތަނަވަސް އެނދުމަތީގައި ނިދާލާފާއި އޮތް ޒުވާން ފުރައިގެ އަންހެން ކުއްޖަކު އަރާމު ނިންޖަކުން ނިދާލާފައި އޮތެވެ. އޭނަގެ ފަން އިސްތަށިގަނޑު ވަނީ މޫނުމައްޗަށް ތަރުތީބެއްނެތި އުކާލެވިފައެވެ. ގައިމަތީގައި އޮތް ބްލޭކެޓް އަޅައިގެން އޮތްގޮތުން ހީވަނީ އޭސީގެ ފިނިކަމުން ހީކަރުވައިގެންފައި އޮތްހެންނެވެ. ކޮޓަރީގައި ހުރި ފަރުނީޗަރު ތަކުންވެސް ދިރިއުޅުމުގެ ފެންވަރު ދޭހަވެގެންދެއެވެ. ތަނަވަސްކަމާއި ސާފުތާހިރުކަން އެ ކޮޓަރިތެރެއިން ފެންނަމުން ދިޔައެވެ. ކޮންމެ އެއްޗެއްވެސް އޭގެ […]
މަވަރުގެ ނުބައި ނުލަފާ އަންހެނަކު ހޯދާކަށް ލާހިކެއްނޫން.. ރަނގަޅު ވެއްޖެއްޔާ މަށަކީ ވަރަށް ރަނގަޅު މީހެއް.. އެކަމު މަށަށް ދެރައެއްދީފިނަމަ މަވަރުގެ ނުބައި ޖާހިލަކު ހޯދާކަށް ލާހިކެއްނޫން.. ދިރިއުޅުމަކީ ހަނގުރާމައެކޭ މީހުން ބުނެ އުޅޭތީ މަވެސް އަޑުއަހަން… މި ހަނގުރާމައެއްކަން ފިރިހެނުންނަށް ނޭންގުނީތީ ހަމަ އަޖައިބުވެއްޖެ.. އެކަކަށްވެސް އަނެކާގެ ދިރިއުޅުން ވާނެ ގޮތެއް ނޭންގޭނެ. މަގޭ ދިރިއުޅުން ހަލާކުކޮށްލުމަށްފަހު އުފަލުގައި އުޅެން ނުކުމެ ހިތްހަމަ ޖެހިލައިގެން އުޅުނަ ދޭނަން.. މިއަދު އޭނަ އެ އުޅެނީ ވަރަށް އުފަލުގައި.. […]