ފިޔަފަތް 3
* ދަބަސް ގޮނޑީގައި އަޅުވާލަމުން ޒައިލީން ސިއްރުސިއްރުން ވާހަކަ ދައްކަމުން ދިޔަ ކުދިންނަށް ބަލާލިއެވެ. ކުޑަކޮށް ހީލާފައި ޒައިލީން ޖެހިގެން ހުރި އެ ބްލޮންޑް އިސްތަށިގަނޑުލީ ކުއްޖާއަށް ބަލާލިއެވެ. ޒައިލީންއަށް ކުޑަކޮށް ބުމަ އަރުވާލެވުނީ އެ ފިރިހެން ކުއްޖާ ކަޅި ޖަހާނުލާ ޒައިލީންގެ މޫނަށް ބަލަން އިނުމުންނެވެ. *
ޒައިލީން ބަލާލުމުން އެ ފިރިހެން ކުއްޖާ އަވަސް އަވަހަށް ދުރަށް ބަލާލިއެވެ. ޒައިލީން ދެކޮނޑު އަރުވާލާފައި ޓީޗަރަށް ސަމާލުކަން ދިނީ ކިޔަވައިދެން ފެށުމުންނެވެ. ނަމަވެސް ދޭތެރެ ދޭތެރެއަކުން ޒައިލީންއަށް އެ ފިރިހެން ކުއްޖާއާއި ދިމާލަށް ބަލާލެވެއެވެ. ނަމަވެސް އޭގެފަހުން އެކުއްޖާ އަނގައިން ބުނެ ނުލިތާނގައި ބަލައިވެސް ނުލިއެވެ. ހިސާބަކަށްވުރެ ފޮނީ ތޯއްޗެކެވެ. ޒައިލީން މަޑުމަޑުން އިނދެ ހިސްޓްރީ ފިލާވަޅު ލިޔަމުން ދިޔައެވެ. އެގޮތަށް ހިސްޓްރި ކްލާސް ނިމުނެވެ.
ޒައިލީން ދަބަސް އަޅުވައިގެން ހިސްޓްރީ ކްލާހުން ނުކުތެވެ. “ޒައީ..” އަލްޔާގެ އަޑު އިވުމުން ޒައިލީން މަޑުކޮއްލިއެވެ. “ކިހިނެތްތަ ކްލާސް..؟” އަލްޔާ އެއްސެވެ. “އޯކޭ ދެން.. ކޮންމެވެސް ފޮނި ކުއްޖެއް ހުރީ މަގޭ ގާތުގައި.. އެކުއްޖާ ގާތުގައި އިނީމައި ކުދިންތައް ވަރަށް ބެލި..” ޒައިލީން މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “ކާކު..؟” އަލްޔާ އެއްސެވެ. “އެދަނީ..” ޒައިލީން ބުނެލިއެވެ. ނަމަވެސް އަލްޔާ ބަލާލުމުގެ ކުރިން އެކުއްޖާ އަނެއް ކޮޅަށް ގޯޅިއެއް އަޅައިގެން ދިޔައެވެ.
އެ ކުއްޖާ ފެނޭތޯ ކުޑަކޮށް ބޯ އަރުވާލާފައި ޒައިލީން ހިނގައިގަތެވެ. އަދި އެކި ކްލާސްތަކަށް ގޮސް އެ ކްލާސްތައް ނިންމި ފަހުން ޒައިލީންއަށް އެސްކޫލްގެ މަގުތައް ފުދޭވަރަކަށް އެނގުނެވެ. “ބޯރިން..” ސްކޫލް ނިމުމުން ޒައިލީން އަމިއްލަ އަމިއްލައަށް އެހެން ބުނެލުމުން ހޮޓެލްއާއި ދިމާލަށް ހިނގައިގަތެވެ. ޒައިލީން ހޮޓެލްއަށްވަދެ ލިފްޓަށް އަރާ ރޫމަށް ދިޔައެވެ. “ވެލްކަމް..” ސޯފާގައި އިން ލައުރާ ބަލާލުމެއް ވެސްނެތި ބުނެލިއެވެ. “ތެންކިއު..” ކުޑަކޮށް ހައިރާންވެފައި އިނދެ ޒައިލީން ބުނެލިއެވެ. “އޭތް އާދެބަލަ..” ލައުރާ ބުނެލިއެވެ. ޒައިލީން ސޯފާގައި އިށީނެވެ.
“ލުކް.. ވަރަށް ސޮރީ ކުރިން ދުވަހަށް.. އެއީ އަހަރެންގެ އާދަ.. އަލަށް އަންނަ މީހަކާއި އެކީގައި ކުޑަ ދުވަސްކޮޅަކަށް އުޅެލީމައި އެމީހަކަށް ޓްރަސްޓް ކުރަނީ.. އެހެންވެ ސޮރީއަށް އަހަރެން ޒައިލީންއަށް ހަވީރުގެ ސައި ތައްޔާރު ކޮއްދިނިން..” ލައުރާ ބުނެލިއެވެ.
“ތެންކިއު.. ސައި ނުހަދައިދިނަސް އޯކޭޔޭ..” ޒައިލީން ބުނެލިއެވެ. “ކާންވާނެ.. ދޭ އެއްޗެހި ބަދަލު ކޮއްގެން އަންނަން..” ލައުރާ ބުނެލިއެވެ. ޒައިލީން ކޮޓަރިއަށްވަދެ ފިޔާތޮށިކުލައިގެ ކްރޮޕްޓޮޕަކާއި އަޅި ހައިވެއިސްޓެއް ލީ މިއަދު އެހާ ފިނިގަދަ ނުވުމުންނެވެ. ޒައިލީން ޖިންސްގެ ފައިކުރި އޮޅާލިއެވެ.
“ސްކޫލަށް ދިޔަ ފުރަތަމަ ދުވަސް ކިހިނެތް.؟” ފޯނު ނަގާ ބަލާލިއިރު ޒައިދާންގެ މެސެޖްގައި އޮތެވެ. “އޯކޭއޯކޭ.. ފުދޭވަރަކަށް..” ޒައިލީން އެއަށް ރިޕްލައި ކޮއްލަމުން ނުކުތެވެ. އޭރު ހޮޓްޑޯގާއި އޮރެންޖް ޖޫސް ސަޔަށް ހަދާލަދީފައި ހުއްޓެވެ. ޒައިލީން ލައުރާއަށް ޝުކުރު އަދާކުރަމުން ސައިބޯން އިށީނެވެ. އަލްޔާއާއި ރޫބީވެސް އައެވެ. ސައިބޮއި ނިންމާލާފައި ޒައިލީންއާއި އަލްޔާ އުޅުނީ މިރެއަށް ނޫޑްލްސް ކެއްކުމުގައެވެ.
”މޫވީ ބަލަންތަ މިރޭ..؟” ޒައިލީން އަލްޔާގާތު އެއްސެވެ. “ހްމްމް.. ރޫބީމެން ނުބަލާނަންތަ..؟” އަލްޔާ އެއްސެވެ. “ފްރީނަމަ ބެލީމުސް.. އެކަމަކު އެއްކަލަ ސައިންސް ކިޔަވައިދޭ ޓީޗަރު ފާޑެއްގެ ޕްރޮޖެކްޓެއް ހަވާލުކޮއްފި.. ނައިކް އާއި އެޑިންއާއި އެކީގައި މިރޭ ލައިބްރަރީއަށް ދާން އެބަޖެހޭ އެ ޕްރޮޖެކްޓް ގަނޑު ނިންމަން..” ތުން އަނބުރާލަމުން ރޫބީ ބުނެލިއެވެ.
“އޯކޭ.. ކޮންއިރަކުން އަންނާނީ..؟” އަލްޔާ އެއްސެވެ. “އެގާރަޖަހާއިރު ކަންނޭނގޭ އެންމެ ލަސްވެގެންވެސް އާދެވޭނީ..” ލައުރާ ބުނެލިއެވެ. “ގުޑްލަކް.. ކޮންއިރަކު ދަނީ..؟” ޒައިލީން އެއްސެވެ. “މިހާރު މިދަނީ ދާން…” ލައުރާ ބުނެލިއެވެ. “އޯކޭ.. ނައިކް އާއި އެޑިންއަށް ސަލާމް ބުނެދޭތި..” ޒައިލީން ބުނެލިއެވެ. “އޯކޭ..” އެހެން ބުނެލާފައި ލައުރާ އާއި ރޫބީ ކޮޓަރިއަށްވަދެ ދަބަސް އަޅުވައިގެން ދިޔައެވެ. ޒައިލީން ފޯނަށް ބަލާލީ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ.
“ދޮންބެ ކާލަން އުޅުނުކުދިން ދޮންބެ ކާލައިފިތަ..؟” ޒައިދާން ކުރި ކޯލަށް ޖަވާބުދެމުން ޒައިލީން އެއްސެވެ. “ނޫން.. މިހާރު އެމީހުން ކުޑަކޮށް އަންފްރެންޑްލީ… ވެދާނެ ދޮންބެ އެކުދިންނާއި ޖޮއިން ނުކުރީމައިކަމަށް ވެސް..” ޒައިދާން ބުނެލިއެވެ. “ހެއިލަންވެސް ވާހަކަ ދައްކާތަ.؟” ޒައިލީން އެއްސެވެ. “ހްމްމް.. އެސޮރު ވާހަކަ ދައްކާ.. ހެއިލް އައީމަ ތާސްކުޅެލަނީ..” ފޮނިވެފައި ޒައިދާން ބުނެލިއެވެ. “ކައިފިންތަ..؟” ޒައިލީން އެއްސެވެ.
“ވެންޑިން މެޝިންއިން.. މިތާ ކައްކަދޭން އަންހެން ކުއްޖެއްވެސް ނެތޭ…” ރާގަށް ލާނެތްކަމެއް ގެންނަމުން ޒައިދާން ބުނެލިއެވެ. “ގެނެސްދެންތަ..؟ އަލްޔާއާއި އެކީގައި ނޫޑްލްސް ކައްކައިގެން މިއުޅެނީ… ދޮންބެ އޭގެން ކެޔަސް ބާކީ ހުންނާނެޔޭ ޒައިމެން ކާވަރަށް..” ޒައިލީން ބުނެލިއެވެ. “އޯކޭ ވާނެތަ…؟” ޒައިދާން އެއްސެވެ. “ހްމްމް… އެ އޯކޭވާން ޖެހޭނެ.. މިއަންނަނީ.. ދޮރު ހުޅުވައްޗޭ..” ޒައިލީން ފޯނު ކަނޑާލާފައި ތައްޔާރުވިއެވެ. ރަތް ހެދުމަކާއި އޮރެންޖް ޖިންސެކެވެ. ރީނދޫ ސްކާފެއް އަޅާލަމުން ސެންޓް ޖަހާފައި ޒައިލީން ނުކުތެވެ. “އަލްޔާއަށް އަޑުއިވުނު ޒައިދާން އާއި ޒައިލީންގެ ވާހަކަތައް…. އެހެންވެ އަލްޔާ މިހުރީ ތައްޔާރުވެގެން..” އަލްޔާ ބުނެލިއެވެ.
“އޯކޭ ތޭންކްސް..” ޒައިލީން ބުނެލިއެވެ. އަލްޔާ ހުރީ މުޅިން ކަޅުގައެވެ. ކަޅު ޖިންސަކާއި ކަޅު ޓީޝާޓެއް ލައިގެންނެވެ. ކަޅު ހައިހީލްއަކަށްވެސް އަރައިގެންނެވެ. ޒައިލީން ދެތައްޓަށް ނޫޑްލްސް އެޅީ ޒައިދާން ބުނި ހެއިލަންއަށްވެސް ނޫޑްލްސް ދޭން ވެގެންނެވެ. ތަށިތައް ކޮތަޅަކަށް ލުމަށްފަހުގައި ޒައިލީން އާއި އަލްޔާ ރޫމްއިން ނުކުތެވެ.
“އޭ ޒައި ޖެހޭނެ އިނގޭ ނޫޑްލްސްތަށިތައް ދޭން..” އަލްޔާ ބުނެލިއެވެ. “އެއީ..؟ މިސާލަކަށް ހެއިލަން ދޮރު ހުޅުވިއްޔޯ..؟ ދެން ޒައި ކީއްކުރަންވީ.؟” ޒައިލީން އެއްސެވެ. “މިސާލަކަށް ޒައިގެ ދޮންބެ ދޮރު ހުޅުވިއްޔޯ.؟ ދެން އަލްޔާ ކީއްކުރަންވީ..؟؟” ޒައިލީން އެހެން ބުނެލި ގޮތަށް ބުނެލި ރާގުގައި އަލްޔާ އެއްސެވެ. “އޯކޭ ޑީލެއް.. ދޮންބެ ދޮރު ހުޅުވައިފިއްޔާ ޒައި ތަށިތައްދޭނަން.. އެކަމަކު ހެއިލަން ދޮރު ހުޅުވައިފިއްޔާ އަލްޔާ ތަށިތައް ދޭންވާނެ..” ޒައިލީން ކަނޑައެޅިއެވެ. ”އޯކޭ..” އަލްޔާ ބުނެލިއެވެ. ދެ ކުދިން އެކީގައި ލިފްޓަށް އެރިއެވެ. ސޯޅައަށް ފިތާލައިގެން ޒައިލީން މަޑުކޮއްލިއެވެ.
ޒައިލީންއާއި އަލްޔާ ނުކުތެވެ. ޒައިދާންއާއި ހެއިލަން އުޅޭ ރޫމް އާއިހަމައަށް އާދެވުނެވެ. ޒައިލީން މަޑުމަޑުން ޓަކި ޖަހާލިއެވެ. ދޮރު ހުޅުވަން މީހަކު އަތްގަނޑުގައި ހިފާލުމާއި އެކީގައި އަލްޔާ ދުވެފައި ގޮސް އެތަނުގައި ހުރި ތަނބަކާއި ނިވާވެލިއެވެ. ޒައިލީން ދުއްވައިގަތުމުގެ ކުރިން އެމީހަކު ދޮރު ހުޅުވައިފިއެވެ. ޒައިލީންއަށް އަނެއްކާ އެއަޅި ދެލޯ ފާހަގަވިއެވެ. ހިސްޓްރީ ކްލާހުގައި ހުރި ކުއްޖާކަން އެނގުމުން ޒައިލީން ކުޑަކޮށް ހައިރާންވިއެވެ. އެކުއްޖާ ޒައިލީންއަށް ބަލާލިއިރު އެ މޫނުން ކުޑަކޮސް ހައިރާންވިކަމުގެ އަސަރުތައް ދައްކާލިއެވެ.
“ހެއިލް.. ކާކުތަ..؟” އެތެރެއިން ޒައިދާންގެ އަޑުއިވުނެވެ. ޒައިދާން އެހެން ބުނެލި ވަގުތުގައި އެއީ ހެއިލަން ކަން ޒައިލީންއަށް އެނގުނެވެ. އެދުވަހު އޭނާ ސަލާމަތް ކުރީ ހަމަ ހެއިލަން ކަން ޒައިލީންއަށް ޔަގީން ކުރެވުނެވެ. “މިއީތަ ޒައިދާން ގެ ކޮއްކޮއަކީ..؟” ޔަގީން ކުރަންވެގެން ހެއިލަން އަހާލައިފިއެވެ. ޒައިދާން އައިސް ބޯ ދިއްކޮއްލިއެވެ.
“ހްމްމް.. ތިއޭ ޒައިއަކީ.. ދެންމެ ފޯނުން ދެއްކީމެއްނު ޒައިގެ ފޮޓޯއެއް..؟ ހޮޓް ސްވީޓީއޭ ކިޔާފައި ހެއިލް ބުނީމެއްނު..؟” ޒައިދާން ބުނެލިއެވެ. އެގަޑީގައި ހެއިލަން ހީލިއިރު ހީލުމުގައި ކުޑަކޮށް ރަކި ކަމުގެ އަސަރުތައް ފާއްދާލާފައިވެއެވެ. އިވުނު ޖުމްލައިން ޒައިލީން ހުރީ ކުޑަކޮށް ރަކިވެފައެވެ. “ހޭއި… ނޫޑްލްސް ތަށިތައް..” ޒައިލީން ކޮތަޅު ދިއްކޮއްލިއެވެ.
ހެއިލަން ޒައިލީންއަށް ބަލާލިއެވެ. “ކިހާވަރެއްތަ މިއަށް ދޭން ޖެހެނީ..؟” ވޮލެޓް ނަގަމުން ހެއިލަން އަހާލިވެ. ”ދޮންބެ ބަނޑުހައިވީމަ މިގެނެސްދިނީ.. ނޯ މަނީ..” ޒައިލީން ބުނެލިއެވެ. “ތޭންކްސް.. ހަމަ އަސްލުކޮށް ވެސް ތިއީ ސްވީޓް ގަރލް..” ހެއިލަން މަޑު ހުނުމަކުން ހީނލާފައި އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ. ގުޑާލަން ނޭނގިފައި ޒައިލީންއަށް ހުރެވުނެވެ. އަލްޔާ ދުވެފައި ނުކުމެގެން އައެވެ.
”ވާވް.. ޒައީ. ޒައި ހާދަ ލަކީއޭ.. އެއްވެސް އަންހެންކުއްޖަކާއި ހެއިލް އަނގައިން ބުނެނުލާނެ.. މަށާއި ވާހަކަ ދެއްކި އެންމެ ދުވަހަކު.. ކިތަންމެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއްވެސް މަސައްކަތްކުރި ހެއިލަންއާއި ވާހަކަ ދައްކަން.. އޭނަ ގާތްގަނޑަކަށް ހުރިހާ އެންމެންނަށްވެސް ރީތިވާނީ.. ސްކޫލްގައި ހުންނަ އެންމެ ރީތި ފިރިހެން ކުއްޖާ..” އަލްޔާ ދެކޯމަތީގައި އަތްޖައްސާލައިގެން އިނދެ ކިޔައިދިނެވެ.
“ލަދުގަނޭ ތިކުއްޖަކާ ވާހަކަ ދައްކަން.. އަދި ޚާއްސަކޮށް އަލް ދުއްވައިގަތީމައި..” ތުން އަނބުރާލަމުން ޒައިލީން ބުނެލިއެވެ. “ހަމައަސްލުވެސް..؟ އެހެން ކުއްޖެއްނަމަ އުފަލުންގޮސް ދުނިޔެއަށް އިވޭވަރަށް ލަވަ ކިޔާނެ..” އަލްޔާ ހެމުން ބުނެލިއެވެ. “އޯކޭޔޭ މަލާމަތް ނުކުރިއަސް..” ޒައިލީން ބުނެލިއެވެ.
“މަލާމާތެއްނޫނޭ.. ދެންހަމަ ޒައިގެ ލަކީކަމުގެ ވާހަކަ މިބުނީ..” އަލްޔާ ބުނެލިއެވެ. “ހެއިލަން އަލްއާއި ވާހަކަ ދައްކައިފިއްޔާ ހަމަ އެހާ ބާރަށް ލަވަކިޔާނަންތަ.؟” ޒައިލީން އެއްސެވެ. “ނޫން.. ނުކިޔާނަން..” އަލްޔާ ބުނެލިއެވެ. “އޯކޭ..” ޒައިލީން ބުނެލިއެވެ. “އޯކޭއެއްނޫން.. ރޫބީއާއި ލައުރާގާތު ބުނާނަން..!” އެހެން ކިޔާފައި އަލްޔާ ލިފްޓަށް ދުއްވައިގަތެވެ. “އޭތް.. މަޑުކޮއްބަލަ..!!!! އަ…ލް…ޔާ..” ޒައިލީން ދަމާލާފައި އަލްޔާއަށް ގޮވާލިއެވެ.
ދެކުދިން ރޫމަށް ވަދެފައިވެސް އުޅުނީ އެކުޑަކުޑަ މަޖާ ޒުވާބުގައެވެ. “ހިނގާ ދެން ކާން..” އަލްޔާ ބުނެލިއެވެ. ތައްޓަށް ހޫނު ނޫޑްލްސް އަޅައިގެން ދެކުދިން ކައި ނިމުނުއިރު ހަތެއް ޖަހަނީއެވެ. ”ހަމަ އެހާ ލަސްވެއްޖެތަ..؟” ޒައިލީންއަށް އެހުނެވެ. ”ވަގުތު ދާ ގޮތް..” އަލްޔާ ހީގަތެވެ.
“މިރޭ ނިދާނީ.. މިއަދުވެސް ދޮންބެ ގުޅީމައި މިހޭލެވުނީ…” ޒައިލީން އާފުރެލަމުން ބުނެލިއެވެ. “އޯކޭ.. ކޭކޭ..” އަލްޔާ އެހެން ބުނަމުން ކޮޓަރިއަށް ދިޔައެވެ. ޒައިލީން ފެންވަރާލައިގެން ނިދާހެދުން ލައިގެން އެނދަށްއެރީ ނިދޭތޯއެވެ. ނަމަވެސް ނުވައެއް ޖެހިއިރުވެސް ޒައިލީންގެ ލޮލަކަށް ނިންޖެއް ނައެވެ. ޒައިލީން އެންމެފަހުން ހެޑްފޯން އަޅައިގެން ލަވައެއް ޖެއްސެވެ. އަދި އޮންލައިންވެލިއެވެ. އޭރު ޒައިދާން ފަނަރައަށް ވުރެ ގިނަ މެސެޖް ފޮނުވާފައި ވެއެވެ. ޒައިލީން ޕިސްޕިސް ކިޔަމުން ބަލާލިއެވެ. އޭގައިވަނީ ޒައިދާންގެ ފޮޓޯއެވެ. ނަމަވެސް އޭގައި މިފަހަރު ހެއިލަންގެ ފޮޓޯވެސް ހުއްޓެވެ. ޒައިލީންއަށް ނިދުނީ އެ ފޮޓޯތަކަށް ބަލަން އޮއްވައެވެ.
އިރުގެ ދޯދިތައް ކޮޓަރީގެ ތެރެއަށް އެޅެން ފެށުމުން ޒައިލީންއަށް ހޭލެވުނެވެ. ފެންވަރައިގެން ޒައިލީން އަލަމާރިން ހެދުން ނަގަން ހުއްޓާ އަލްޔާ ދޮރުގައި ޓަކި ޖަހާލިއެވެ.
”ކިހިނެތްވީ..؟” ޒައިލީން އެއްސެވެ. “މިއަދު ނިމެނީ ދިހަގަޑި ބައިގައި.. އެހެންވެ ޝެޑިއުލްގައި އެގަޑިއާއި ހަމައަށް ލިޔެފައިވާ މާއްދާތަކުގެ ފޮތްތައް ގެންދާނި އިނގޭ..” އަލްޔާ ގޮވާލިއެވެ. “އޯކޭ.. އަލް..” ޒައިލީން ގޮވާލިއެވެ. ޒައިލީން އިއްޔެ ކާއެއްޗެހި ލާންދާން ލީ ހެދުންތައްލިއެވެ. އަދި ދަބަސް އަޅުވައިގެން ނުކުތެވެ.
“މިއަދު ދާންވަނީ ލައިބްރަރީއަށް.. ކްލަބް ވޯކެކޯ.. ދެންނޭނގޭ.. އަބަދުވެސް ލައިބްރަރީއަށް..” ރޫބީ ބުނެލި އަޑު އިވުނެވެ. ޒައިލީން ގޮސްފައި އެވާހަކަ އަލްޔާގާތުގައި ބުނެލިއެވެ. “ހްމްމް.. ޒައިދާން އާއި ހެއިލަން ވެސް އަންނާނެ..” އަލްޔާ ބުނެލިއެވެ. “މިފަހަރު ތަނބު ނިވަލަށްވަދެ ނުއެއް ފިލޭނެއްނު..” ހީގަންނަމުން ޒައިލީން ބުނެލިއެވެ. “އިއްޔެ ފިލުނެއްނު..” އަލްޔާ ދުލެއް ނުކުރިއެވެ.
ދެކުދިން އެކަހަލަ ސަކާރާތެއްގައި ހޮޓެލްއިން ނުކުތެވެ. “އޭ ޒައީ..!” ޒައިދާންގެ އަޑަށް ހުނުން ހުއްޓާލާފައި ޒައިލީން ފަހަތް ބަލާލީ ހެއިލަންވެސް ހުންނާނެކަން އެނގޭތީއެވެ. “ސާބަހޭވާ..!! ކްލަބް ވޯކެކޭ ކިޔާފައި ޒައިމެން ތިދަނީ ދޮންބެމެން ނުލާ..” ޒައިދާން ޒައިލީންމެންނާއި އެއްވަރުކުރަމުން ބުނެލިއެވެ. “ހެއިލް އާދެބަލަ..” ޒައިދާން ހެއިލަންއަށް ގޮވާލިއެވެ.
“މަޑުކޮއްބަލަ.. ދޮންބެ އެބައަންނަން ކެންޓީނަށް ގޮސްފައި ފެންފުޅިއެއް ގަނެގެން.. ފެންބޯން ވެއްޖެ..” ޒައިދާން ބުނެލިއެވެ. “އަހަރެންވެސް ދާނަން..” އަލްޔާ ބުނެލިއެވެ. “ތި ދެމީހުން ދޭ ލައިބްރަރީއަށް.. ދެން އެކުވެރިވޭ.. ތިމީހުން އުޅޭގޮތުން ހީވަނީ ނައިންޓީންސްއިން އައިސްފައިވާ ބައެއްހެން..” ޒައިދާން މަލާމަތް ކޮއްލަމުން އަލްޔާ ގޮވައިގެން ކެންޓީނާއި ދިމާލަށް މިސްރާބު ޖެއްސެވެ.
ހެއިލަން އާއި ޒައިލީން ލައިބްރަރީއާއި ދިމާލަށް މިސްރާބު ޖެއްސެވެ. ހެއިލަން ކުއްލިއަކަށް ޒައިލީންގެ އަތުގައި ހިފިއެވެ. ސިއްސައިގެންގޮސްފައި ޒައިލީން އެއަތް ފޮޅުވާލަން އުޅުނެވެ. ނަމަވެސް ހެއިލަން ޒައިލީންގެ އަތުގައި ހިފާފައިވަނީ ނުހަނު ބާރަށެވެ. ލައިބްރަރީތެރެއަށް ވަދެގެން ދިޔައިރުވެސް ހެއިލަން ޒައިލީންގެ އަތުން ދޫކުރާކަށެއް ނޫޅުނެވެ. އެންމެން އެދިމާ ބަލާތަން ފެނިގެން ޒައިލީން ހުރީ ރަކި ވެފައެވެ. ސިއްރު ސިއްރުން ކުދިންތައް ޕިސްޕިސް ކިޔަމުން ދިޔައެވެ.
“އޯކޭ..!” ހެއިލަން ޒައިލީންގެ އަތުން ދޫކޮއްލީ އެކުދިންނަށް ހާއްސަ ކޮއްފައިވާ ޑެސްކްތައް ދޮށުގައި އިށީނދެވުމުންނެވެ. “ހައި..” ވާހަކަ ފެށީ ހެއިލަންއެވެ. ޒައިލީން އިނީ ފިނިވެފައި ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިފައެވެ. ރައްދުގައި ޒައިލީންއަށް އަތް ހޫރުވައިލެވުނީއެވެ. “މައި ނޭމް އިސް ހެއިލަން.. ނައިސް ޓު މީޓް ޔޫ ޒައިދާންގެ ކޮއްކޮ..” ހެއިލަން ބުނެލިއެވެ. “ކޮއްކޮއެއް ނޫނޭ.. ޒައިލީންއޭ..” ޒައިލީން ބުނެލިއެވެ.
“ހެއިލަން އަށް ދިވެހިބަހުން ވާހަކަ ދައްކަން އެނގޭތަ.؟” ވާހަކަ ނުދައްކާ އިރުކޮޅަކު ހުރުމަށްފަހު އެހިމޭން ކަމުން އުނދަގޫވެގެން ޒައިލީން އެއްސެވެ. “ޔަޕް.. ހެއިލަން މީގެ ދެއަހަރު ކުރީގައި ކިޔެވީ ރާއްޖޭގައި.. ތިދެމީހުން ޔޫއެސްދޯ..؟ ޔޫއެސްގެ ކޮން ހިސާބަކުން..؟” ހެއިލަން އެއްސެވެ. ”ޔޫއެސްގެ އުތުރު ފަރާތުގައި އޮންނަ ކުޑަކުޑަ ވިލެޖްއަކުން..” ޒައިލީން ބުނެލިއެވެ. “ވަޓް އަ ކޮއިންސިޑެންސް.! މައި ހޯމްޓައުން އިޒް ތިތަނާއި ގާތުގައި ހުންނަ އެލްކެޓްރާ ޓައުން…” ސަލާމަށް އަތް ދިއްކޮއްލަމުން ހެއިލަން ބުންޏެވެ. “އޯވްހް އެހެންދޯ..” ޒައިލީންއަށް އެހެން ބުނެވުނީ ސަލާމްކޮއްލި ވަގުތުގައެވެ. “ޒައިލީންގެ އަތް ހާދަހާ ފިންޏޭ… މީހަކު ގަނޑުވެދާނެ ތިއަތުގައި އަތްޖައްސާލިނަމަ..” ހެއިލަން އެހެން ބުނެލީ ޒައިލީންގެ އަތުގައި އޭނާގެ އަތް ޖައްސާލަމުންނެވެ. “ވާއު… ޒައިގެ އަތް ހާދަ ކުޑައޭ..” ޒައިލީންއަށް ބުނެވުނެވެ.
“އަސްލުވެސް.. އެކަމަކު ވަރަށް ކިއުޓް.. އަންހެން ކުދިންގެ އަތް ޖެހޭނެ ފިރިހެން ކުދިންގެ އަތަށް ވުރެ ކުޑަވާން..” ހެއިލަން ހިނިގަނޑެއް ޖަހާލިއެވެ. އަދި ޒައިލީންގެ އަތުން ދޫކޮއްލިއެވެ.
“މަޑުން ހުންނާތި..! ނުވެސް ގުޑޭތި..! ހީލާ..” ހެއިލަން އެހެން ބުނެލުމުން ޒައިލީން ވާނުވާގައި ހުރެގެން ހީނލިއެވެ. ކުއްލިއަކަށް ހެއިލަން އޭނާގެ ފޯނުން ދެތިން ފޮޓޯ އެއްފަހަރާ ނެގިއެވެ. ޒައިލީން ސިއްސައިގެން ގޮސްފައި ހުރެގެންވެސް ހެވުނެވެ. “އަޅެ ފޮޓޯއެއް ނަގަން ބޭނުމޭ ބުނިނަމަ..” ޒައިލީން ބުނެލިއެވެ.
ޒައިލީން އޭނާގެ ފޯނުން ދެމީހުން އެކީގައި ސެލްފީއެއް ނެގިއެވެ. އަދި އެއް ސެލްފީ ނެގިއެވެ. އެ ސެލްފީ ބަލާލިއިރު ފަހަތުގައި ސެލްފީއަށް އަންހެން ވައްތަރެއް ޖައްސާލައިގެން އިން ޒައިދާންއާއި، ޒައިދާންއާއި ދިމާ ބަލާފައި ހޭންހުރި އަލްޔާވެސް އަރާފައިވެއެވެ.
“ދޮންބެ ހާދަ ގޯހޭ.. އެއޮއް ރީތި ސެލްފީ ތި ހަޑި ކޮއްލީ..” ޒައިލީން ތުން އަނބުރަމުން ޒައިދާންގެ ބުރަކަށީ ގައި ބޮނޑިއެއް އެޅިއެވެ. އެމަންޒަރުބަލަން ހެވިފައި ހެއިލަން ހުއްޓެވެ.
“އެޓެންޝަން ހުރިހާ ކުދިން.. ތިކުދިންގެ ޕްރޮޖެކްޓަކީ އެ ކުއްޖެއްގެ ކްލަބާއި ބެހޭގޮތުން ޕޯސްޓަރެއް ތައްޔާރު ކުރުން.. ބޭނުންވާ ސާމާނު ލިބޭނެ މޭޒު އަޑީގައި ހުރި ބާސްކެޓްއިން.. މާ ވަގުތެއް ނުލިބޭނެ.. ވަރަށް ވިސްނައިގެން ހަދަންޖެހޭނީ.. މިސާލަކަށް އެ ކުއްޖެއްގެ ކްލަބްގެ އިންޓްރޮޑަކްޝަން.. ކުރިއަށް ހުރި އިވެންޓްތަކުގައި ތިކުދިންގެ މަސައްކަތްތައް ދައްކާނެ ގޮތް އަދި ދަސްކުރަން ބޭނުންވާ ބައިތައް.. މީ ހުސް އައިޑިޔާސް.. ދަ ޓައިމް ސްޓާޓްސް ނައު..” އެގަޑިއަށް ހަވާލުވެގެން ހުރި ޓީޗަރުގެ އަޑުން މުޅި ލައިބްރަރީ ގުގުމައިގަތެވެ. ޒައިލީން މޭޒުއަޑިން ބާސްކެޓެއް ނެގިއިރު އޭގައި ޕޯސްޓަރު ހެދުމަށް ބޭނުންވާ ބައިވަރު ސާމާނު ހުއްޓެވެ.
“ހެއިލަންއާއި ޒައި ޕޯސްޓަރ ޑެކަރޭޝަން.. އަލްއާއި ދޮންބެ ލިޔާނެ މައުލޫމާތަށް ވިސްނާފައި އިހަކަށް ރަފްކޮށް ލިޔެލާނަން..” ޒައިދާން ބުނެލިއެވެ. “އޯކޭ..” ޒައިލީން ބުނެލިއެވެ. ހެއިލަން ވަރަށް ގަދަޔަށް ބާސްކެޓް ހާވާލާފައި ރިބަން އިން ހަދާފައި ކުދިކުދި މާތަކެއް ނެގިއެވެ. ޒައިލީން ވައިޓް ގްލޫ ފުޅިއެއް ނެގިއެވެ. އަދި އެހުޅުވާފައި މަލުގައި ގްލޫ ހޭކޭތޯ އުޅުނެވެ.
ނަމަވެސް ކޮންމެވެސް ސަބަބަކާއިހުރެ އެފުޅިން ގްލޫއެއްނައެވެ. ޒައިލީން ގައިހުރިބާރެއްލާފައި އެއަށް ފިތާލި ވަގުތު ބައިވަރު ގްލޫއައެވެ. އެހުރިހާ ގްލޫއެއްގޮސްފައި ހޭކުނީ ހެއިލަންގެ މޫނުގައެވެ. އެމަންޒަރު ފެނިފައި ޒައިދާންއާއި އަލްޔާ އަޑުންއަޑު ނަގާފައި ހީގަތެވެ. “އޯހް ގޯޑް..!!” މާފަށްއެދެމުން ޒައިލީން ބާސްކެޓް އިން ޓިޝޫއެއް ނަގައިގެން ހެއިލަންގެ މޫނުގައި ހޭކިފައިވާ ގްލޫތައް ސާފުކުރަން ފެށިއެވެ. ޒައިލީންއަށް ނޭނގުނު ކަމަކީ ހެއިލަންގެ މޫނުގައި ހޭކުނު ވައިޓް ގްލޫތައް ސާފުކުރަން ފެށިއިރު ހެއިލަން ހުރީ ހިނިތުންވެފައި ޒައިލީންގެ މޫނަށް ބަލަން ކަމެވެ.
ޒައިލީން މާތައް ތަތް ކުރަން ފެށިއެވެ. ހެއިލަން ކުއްލިއަކަށް ގްލޫފުޅިން ޒައިލީންގެ ކޮލުގައި ގްލޫކޮޅެއް ހާކާލިއެވެ. ކޮލުގައި ފިނި އެއްޗެއް ޖެހުމުން ޒައިލީންއަށް ބަލާލެވުނެވެ. “ހްމްމް ރިވެންޖް ނަގަންވެސް މޮޅޭ..” ޒައިލީން ޓިޝޫއަކުން މޫނު ފޮހެލަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ހެއިލަން އޭނާގެ އަތް ޒައިލީންގެ ކޯތާފަތުގައި ބީއްސާލާފައި ގްލޫކޮޅު ފޮހެލަދިނެވެ. އެ މަންޒަރު ބަލަން އިން ޒައިދާން އަލްޔާއަށް އެމަންޒަރު ދައްކަދައްކާފައި އެއްލީ މަރަމުން ދިޔައެވެ.
“އޯކޭ އިންފޮމޭޝަން ވިސްނައިފިން.. އެންމެފުރަތަމަ އެންމެންގެ އިންޓްރޮޑަކްޝަން ލިޔާނީ.. ކްލަބްގެ އިންޓްރޮޑަކްޝަން އާއި އެކީ.. ދެން އެންމެންނަށް އެންމެ ކަމުދާ އާޓެއްގެ ވާހަކަ ލިޔާނީ.. ދެން ދަސްކުރަން ބޭނުންވާ ބައިތައް ލިޔާނީ.. ދެން އެންޑިންގް ކުރުކޮށް ލިޔެލާނީ..” އަލްޔާ ޒައިދާންގެ އެހީގައި ކިޔައިދިނެވެ.
“އޯކޭ..” ޒައިލީން އެއްބަސްވިއެވެ. އެއެންމެން ކުރި މަސައްކަތުން ދިހައެއް ޖެހިތަނާހެން މަސައްކަތް ނިންމާލެވުނެވެ. ޓީޗަރުވެސް ހުރީ އަނގަހުޅުވިފައެވެ. ޓީޗަރަށް ވީގޮތުން ޒައިލީންގާތަށް އައީ ހިންޏެވެ. “ދެން އޯކޭ ރޫމަށް އެނބުރިދިޔަސް.. އެކަމަކު ހަނދާންކުރާތި ކިޔަވަން… އަބަދު ސަކަރާތް ޖަހާނީކީއެއް ނޫން.. ޓެސްޓްތައް އެހާ ފަސޭހައެއް ނުވާނެ…” އެ ޓީޗަރު ޕޯސްޓަރ އަތުލަމުން ބުނެލިއެވެ. ހެވިފައި ހުރެ އެންމެން ބޯ ޖަހާލިއެވެ. “އޭތް މަޑުކޮށްބަލަ.. ފޮތެއް ބޮރޯ ކުރަންވެގެން..” ޒައިލީން ގާތުގައި ހުރި ހަރުގަނޑުގެ ގާތަށް ޖެހިލިއެވެ.
ކަމުދާ ފޮތެއް ނުފެނިގެން ޒައިލީން ފަހަރަކު ފޮތެއް ބަލަމުން ގެންދިޔައެވެ. ޒައިލީންގެ ލޮލުގައި ދެން އަޅައިގަތީ އެހެން ފޮތްތަކާއި ބަލާފައި ވަރަށް ބާކޮށް އޮތް ބޮޑު ފޮތެކެވެ. ފޮތް ބޯކަމުން އޭގައި ހާހަކަށް ވުރެ ގިނަ ގަނޑު ހުންނާނެހެން ހީވެއެވެ. ޝައުގުވެރިވެގެން ޒައިލީން އެ ފޮތް ނެގިއެވެ.
“ހަންޓަރސް އޮފް ދި ސެންޗުއަރީ..” އެ ފޮތުގެ ބަނޑޭރިގަނޑުގައި ޖަހާލާފައިވާ ނަން ޒައިލީންއަށް ކިޔާލެވުނެވެ. ޒައިލީން މަޑުމަޑުން އެ ފޮތް ހުޅުވާލިއެވެ. އޭގެން ފުރަތަމަވެސް ޒައިލީންއަށް ފެނުނީ ކަޅު ކުލައިގެ އެއްޗެކެވެ. “ފެދަރ..؟؟” ޒައިލީން މަޑުމަޑުން އޭތި ނެގިއެވެ. އެއީ ކަޅު ކުލައިގެ ދޫނި ފަތެކެވެ. ޒައިލީން ދެކޮނޑު އަރުވާލާފައި ޖެހިގެން އޮތް ސަފްހާއަށް އެއްލިއެވެ.
އެ ސަފްހާގައި ކުރަހާފައި ފާޑެއްގެ ފަށެކެވެ. ނޫނީ ކެވެލި ކޮޅެކެވެ. އޭގެ ގާތުގައި ލިޔުންތަކެއް ލިޔެފައި ހުއްޓެވެ. ނަމަވެސް ކުލަ ފޭދި ގަނޑު ރަތްވެފައި ހުރުމުގެ ސަބަބުން އެ ކިޔަން ޒައިލީންއަށް އުނދަގޫ ވިއެވެ. ބޯ ކައިރި ކޮށްލާފައި ބަލާލިގަޑީގައި ހެއިލަން ގޮވާލިއެވެ. ޒައިލީން ހީނލާފައި އެފޮތް ބޭއްވިއެވެ. ކަމުދާ ފޮތެއް ނުފެނުމުން ޒައިލީން ހެއިލަން އާއެކީގައި އަލްޔާ މެންގެ ގާތަށް ދިޔައެވެ.
ޒައިލީން ދަބަސް އަޅުވައިގެން ނުކުތެވެ. “ވަރަށް ބަނޑުހައި ވެއްޖެ..” ބަނޑުގައި އަތް ހާކާލާމުން ހެއިލަން ބުނެލިއެވެ. “އަނެއްކާ ކާއެއްޗެއް ހަދާދޭންވީތަ..؟” ޒައިލީން އެއްސެވެ. ”ޔެސް ޕްލީޒް..” ހެއިލަން އެދުމުން ޒައިލީން އެއްބަސްވިއެވެ. “ކޯއްޗެއް ކާން ބޭނުމީ..؟” އަލްޔާ އެއްސެވެ. “ސްޕެގެޓީ.. ނޫނީ ޕާސްޓާ ކަހަލަ އެއްޗެއް..” ޒައިދާން ޖަވާބު ދިނެވެ. ”އޯކޭ. އެކަމަކު މިއަދު ނުދާނަން ލައިދޭކަށް..” އަލްޔާ ބުނެލިއެވެ. “އޭ.. ޒައިމެންގެ ރޫމުން ބަނޑުފުރޭވަރަށް ކައިގެން ދާނީ..” ޒައިލީން ބުނެލިއެވެ. “އަވަހަށް ކައްކާލަދެއްޗޭ.. އެނޫނީ ނެއިލޮންއަށް އެނގިދާނެ..” ޒައިދާން ބުނެލިއެވެ. “ނޫނޭ.. ނެއިލޮން އިސް އަސްލު ވަރަށް ވަރަށް ކޫލް.. އޭނައަށް ވަރިހަމަ ކޮންމެކަމެއްވިޔަސް އަހަރެމެން ބަސްއަހައިގެން ކިޔަވަންޏާ..” އަލްޔާ ހިނިގަނޑެއް ޖަހާލިއެވެ.
ހޮޓެލްއަށްވަދެ ހުރިހާ ކުދިން ޒައިލީންއާއި އަލްޔާގެ ރޫމަށް ދިޔައެވެ. ވަދެ އެއްޗެހި ބަދަލު ކޮއްލައިގެން ކެއްކުމުގައި ދެކުދިން ޝާމިލްވީއިރު ޒައިދާންއާއި ހެއިލަން ހުރީ ސޯފާގައި ޓީވީ ބަލާށެވެ. “އޭ ހާދަ މީރުވަސް އެބަދުވަޔޭ..” ރޫބީ އައިސްފައި ބުނެލިއެވެ. “އަންނަންވީނު ކާން.. އެއްޗެހި ބަދަލުކޮއްގެން.. ފުދޭވަރަކަށް ހޫނު މިއަދު..” ޒައިލީން ލައުރާ އާއި ރޫބީއަށްވެސް ދައުވަތު ދިނެވެ.
ޒައިލީންއާއި އަލްޔާ ކައްކައި ނިންމާލިއިރު ހުރީ ވަރުބަލިވެފައެވެ. ޒައިދާންއާއި ހެއިލަން ކާން އެރިއެވެ. އެ ކެއުމުގައި ރޫބީއާއި ލައުރާވެސް ބައިވެރިވިއެވެ. ހެއިލަން ހުރުމުން ހައިރާންވެފައި ރޫބީ އާއި ލައުރާ ހުރި ކަން ޒައިލީންއަށް ފާހަގަވިއެވެ. ހެއިލަން މީ ހާދަ މަޝްހޫރު ކުއްޖެކޭ ހިތަށްއަރާ ޒައިލީންއަށް ހެވިއްޖެއެވެ. ލައުރާ އަދި ރޫބީ އަނގަ ނަގައިގެން އިން ވައްތަރު ފެނިފައި ނުހެވުނިއްޔާ ދެރައެވެ.
ކައި ނިންމައިގެން ޒައިދާން އާއި ހެއިލަން ދިޔުމުން ޒައިލީން އާއި އަލްޔާ ފެށީ ފިލްމް ބަލާށެވެ. ވަގުތު ދުއްވާލުމުގެ ނިޔަތުގައެވެ. ހަވީރުވުމުން ޒައިލީން ފެންވަރައިގެން ފަލަމަސްގަނޑާއި ހަމައަށް އަރާވަރުގެ ޖިންސު ސޯޓަކާއި އަތްކުރު ހުދު ޓީޝާޓެއްލިއެވެ. ކަރަށް ވަރަށް ރީތި ހިތެއްގެ ބައްޓަމަށްހުރި ލޮކެޓެއް ހުރި ރިހިފަށެއް ވައްޓާލަމުން ޒައިލީން ނުކުތެވެ.
“ވެންޑިން މެޝިންއިން އޯޑަރުދިނީ..” ކާމޭޒުމަތި ދައްކާލަމުން އަލްޔާ ބުނެލިއެވެ. އެތާހުރީ ޗޮކްލެޓް ޗިޕްސް އާއި އައިސްކްރީމެވެ. ޝުކުރު އަދާކުރަމުން ޒައިލީން ފްރިޖްއިން ސްޓްރޯބެރީ ޖޫސް ޕެކެޓެއް ނެގިއެވެ.
ޒައިލީން އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އޭރު އަލްޔާ ސަމުސާތައް ހިފައިގެން އައިސް އިށީންނަނީއެވެ. ކުއްލިއަކަށް ޓެލެފޯނު ރިންގުވާން ފެށިއެވެ. “ޒައި ކާންފަށާ.. އަލްޔާ އަންނާނަން އެކޯލަށް ޖަވާބު ދީފައި..” އަލްޔާ ތެދުވެގެން ހިނގައިގަތެވެ.
އިރުކޮޅަކުން އަލްޔާ އައިސްފައި ރޫބީއާއި ލައުރާގެ ކޮޓަރީގައި ޓަކި ޖެއްސެވެ. އަލްޔާގެ މޫނުމައްޗަށް ބަލާލާފައި ކަމެއް ވަރަށް ގޯސްވެއްޖެކަން އަންގައިދެއެވެ. ސިޓިން ރޫމްގައި ހުރި އޭސީ ފުލްކޮށްފައި ހުރިއިރުވެސް އަލްޔާގެ ނިތްކުރިމަތިން ދާތިކިތައް ފާޅުވަމުން ދިޔައެވެ. އައިސްކްރީމް ކާންވެގެން އަނގަޔަށް ސަމްސާ ލައިގެން ޒައިލީންއަށް ހުރެވުނީ ހައިރާންވެފައެވެ. ރަނގަޅު މޫޑެއްގެ ފޯނު ނަގަން ދިޔަ އަލްޔާގެ މޫޑު ޚަރާބުވީ ކީއްވެގެންބާވައޭ ޒައިލީންގެ ހިތަށް އެރިއެވެ.
”ކިހިނެތްވީތަ..؟” އަލްޔާ މާ ބާރަކަށް ޓަކިޖަހާތީ ރޫބީ ނުކުމެފައި އެއްސެވެ. “ރޫމްމޭޓް ބައްދަލުވުމެއް.. ޒައިވެސް އެބަހުރި ބޭރުގައި.. ތިމީހުން އަވަހަށް ލަގޭޖަށް ނޫނީ ދަބަހަކަށް ބޭނުންވާ އެއްޗެހި އަޅާ ޕެކްކޮއްގެން އާދޭ.. އެނގެއެއްނު މިކިޔާ އެއްޗެއް..؟” ލައުރާ ނުކުތުމުން އަލްޔާ ބުނެލިއެވެ. އެ ޖުމްލަ އަހާފައި ޒައިލީން އަށް ކޮޅަށް ތެދުވެވުނެވެ. އަލްޔާއަށް މި ވަނީ ކިހިނެތް ބާވައެވެ.؟
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.





v salhi.. when next part… curiously waiting
Insha Allah soon ??✨ Thnx Lucy ??✨ Tc
Nice Yoon dear……. curiously waiting for the next…………lysm and tgc Yoon…… Btw me second she????♥️♥️♥️♥️♥️♥️?????????????????????
Thank you Een ??✨ Insha Allah will upload soon ? Love you more Een ?? Tc dear
Vrrrr Reethi???keepitup konirakun next. Love u sis besafe
Thnxxies shaee ✨??♥️ Next soon ??✨ love you more ??✨ and u be safe 2 shaee
Varah reethi mi part ves curiously waiting for the next part ☺️☺️☺️
Thnxxxxx Starlight vixx ?✨?? Insha Allah nxt soon
V v reethi ❤️❤️when nxt part.. Waiting
Thnx RA NE. ??✨♥️ Insha Allah nxt soon ??? keep waiting won’t take long
V v reethi mi part when next part
Thnxxies anonymous ♥️?✨ next soon ??✨ keep waitin and lysm
Vvvv reethi maasha Allah❤️
Whn next? Curiously waitinggg ?
Thanxxies unknown queen ??✨✨ next vxxx soon ingeii ♥️ keep waiting ?? lysm
Vrh ves reethi mi part Masha Allah. Aley kihinehbaa evee curious ly waiting for the next part love uuuu
Thank you ril dear ♥️♥️?? adhi engeyne e wegoih hehe ?✨ Love you more ???? keep waiting
maashaa allah mi bai ves v reethi?????????????????
cannot wait for the next part.?????
Thanks chimmy ✨?✨? keep waiting dear Insha Allah vrh avahah up kollanan ?? lysm
Woww.. this part is also awesome… Waiting for next… But what really happened to alyaa????? Plz upload the next part soon… ❤️❤️??????Lyssssm and tc….??
Insha Allah you will know in the next part ??✨✨ and yesh will upload soon ??? Thnx Eekko 11 ?? love you more dearyyyy ✨?? you also take care
May Allah protect you from devil eyes??
Luv ya dear❤️❤️
Stay safe and keep the hard work
Insha Allah will try my best always ✨??? love you more dear ??? you stay safe 2 Eekko 11
Thii maziunaa tha?
Okay yes ? My real name is Aishath Mazyoona ?? how did u know ??? ?? Anyways thanks ingeii
Yoon ge age akee 13 that? Just wanted to make sure ?
Yoon ge age akee 13 tha? Just wanted to make sure ?
Um ? I cannot tell I’m sorry ? Um is it okay if I ask who u are and how u knew me ? ?
If anyone wants to contact me pls msg 9568146 ♥️ this is my extra number and when u msg that number, I will text u in my number ? thnx everyone for all yes support ? LY guysss ? Take care ? n have an amazing day
V salhi ♥️?
Avahah upload kollacchey ?
Thankxxies unknown queen ???? insha allah soon.. ?? i have submitted the fourth part now ?? tc unknown queen
?Yoooon maadhan aneh bai genesdhen tha??
Just wanted to know what will happen next ?
??Me last dhw????
Insha allah it’ll be uploaded soon ?? I have submitted the fourth part ?? Thnks Maash ? Issoke even though your comment was the last, i am vvvvv happy that i got it ??? Thnx n tc
?Hey Im really sorry about my little brother he is the one who gussed your age but his not the one who knew your name OK.? He is 10 years old and he also read your stories thats the first comment he had ever written to your story. Hope you’ll forgive me☺️?
Ohhh issoke ?? its no big deal ?? And thnx to Maash ge lil bro for supporting me ??? n i forgive u its not ur fault ?? Thnxies maash and lil bro ? tc you guys