ކުއްލިއަކަށް ކޮޕީގަސް ވަށައިގެންވާ ވެލިތައް އަޑިއަށް ދިޔައެވެ. ފުންމައިގެން އެ އެރީ ފާޑެއްގެ އެއްޗެކެވެ. ބޮލެެއް ނެތް އެ މާރިދުގެ މުޅި ގައިގައި ތަތްލަވާފައިވާ ފެހި އެއްޗެހިތަކެއް ހުއްޓެވެ. ބަލާބެލުމަށް އަހަރެންނަށް ލަފާ ކުރެވުނީ އެއީ މޫދު ވިނަކަމަށެވެ. އިމްޝާ އަޑުގެ ކޮޅަށް ރޮއިގަތް އަޑަށް އަހަރެންނަށް ތެޅިގަނެވުނެވެ. ”އިވާނޫ..!!! ދުވޭ..!!!” އިޝާންގެ އަޑަށް އަހަރެން ފަރާތް ފަރާތަށް ބަލާލީމެވެ. މާތްކަލާކޯއެވެ. އޭތި އެހުރީ އަހަންނާއި ޖެހިގެންނެވެ. އޭގެ ބޮލެއް ހުރި ނަމަ އަހަރެންނަށް މިހާރު ބިރުން […]
”ޔަގީން އެ ޗޮކުލެޓްގައި ހަންޑިއެއް އޮތީކަން..!” އިމްޝާ ބުނެލިއެވެ. ސަމާސާއަކަށް ނޫނީ ހީވި ހީވުމެއްގެ މައްޗަށް އިމްޝާ އެ ބުނެލި ޖުމްލައިގެ މުހިއްމުކަން އަހަރެމެންނަށް ވިސްނުނު ނަމައެވެ. އަހަރެން ފަހަތަށް އެނބުރުނު އިރު އާއިޝް ޓީޝާޓާއި ޖިންސެއް ލައިގެން އަންނަނީއެވެ. “އިޒާންބޭ..! ބަލަ މެންދުރު ކެއުންވެސް މިހެންތަ..؟” އަހަރެން ކަންބޮޑުވެފައި އަހާލީމެވެ. އިޒާން ވައި އަޑަކުންް ނޭނގެޔޭ ބުނެލިއެވެ. “މެންދުރަށް ކޯޗެއްތަ..؟” އަހަން ނާހަން ހުރެފައިވެސް އަހަރެން އަޒްފާގެ ގާތުގައި އަހާލީމެވެ. “މީމިބޭ އަންނާނެ މެންދުރު ގަޑީގައި.. […]
”މާތްކަލާކޯ ތީ ކޯޗެއް..؟” އެތެރެއަށް ވަތް އަޒަލްގެ އަޑަށްވެސް އަހަރެން ފަހަތެއް ނުބަލަމެވެ. އަހަރެން އިޒާނަށްވުރެ ވެސް ހައިރާންވީއެވެ. އިޒާނުގެ އަތުގައި އެ އޮތީ ސަހަލު އެއްޗެއް ނޫނެވެ. “އަޅޭ އިވާނޫ..! އަހަރެންނާއިވެސް ޝެއާ ކޮށްގެން ދޯ ކާނީ..؟” އަޒަލްގެ އަޑަށް އަހަރެންނަށް ހޭވެރިކަމެއް ވިއެވެ. “މަށާއި ޝެއާ ކޮށްގެން ކާން ޖެހޭނީ.. މަށެއްނު އިވާނުގެ އިޒާންބެއަކީ..” އިޒާން އޭތި މެޔާއި ލާ ބޮނޑި ކޮށްލިއެވެ. އަހަރެންނަށް އަދިވެސް ހުރެވުނީ އެ ހަދިޔާއާއި ދިމާލަށް ބަލާށެވެ. އެއީ […]
ނޭވާ ހިފާއްޓާލަމުން އަހަރެން ޖެހިގެން ހުރި ދޮންބެއަށް އިޝާރާތެއް ކޮށްލީމެވެ. ދޮންބެ އިޝާން އަހަރެންގެ އަތުގައި ހިފާ ފިނޑިނުވާށޭ ބުނެލީ ވައި އަޑުންނެވެ. އަހަރެންގެ ކުޑަބެ އިޒާން އާއި ދޮންތަ އަޒްފާ ހުރީ އަހަރެންގެ ގަމީސް ވީދައިގެން ދާނެހާ ބާރަށް ފަހަތުން ހިފާއްޓައިގެންނެވެ. އަހަރެންގެ ކުޑަ ކޮއްކޮ އިމްޝާ ހުރީ އެންމެންގެ މެދުގައެވެ. އެ ފަކީރު ބިރުން ތުރުތުރު އަޅާވަރުން ދެންމެދެންމޭން ހަޅޭއްލަވައިގަނެފާނެހެން ހީވެއެވެ. އަހަރެން ހުރީ އިމްޝާގެ އަތުގައި ހިފުނުހާ ބާރަކަށް ހިފައިގެންނެވެ. އަނދިރިކަމުން މީހަކު […]