ޖެހިގެން އައި އާދިއްތަ ދުވަހެވެ. ސްކޫލަށް ވަދެގެން އައި އަންހެން ކުއްޖާ ފެނި ހުރިހާ ޒުވާ ފިރިހިން ކުދިންގެ ތަލިން ކުޅުހިކުނު ފަދައެވެ. މާދޮން ނޫނަސް އޮމާން މޫނެކެވެ. ހިތިފަތު ބުމައަކާއި ހެޔޮވަރުގެ ތުންފަތެވެ. ބައްޓަން ފުރިހަމަ އަންހެން ވަންތަ ހަށިގަނޑެވެ. އެކުއްޖަކު ގޮސް އެތާގައި އިން އެހެން އަންހެން ކުއްޖަކު ކައިރީގައި މަޑު ކޮށްލިއެވެ.

“ނަޝް.. އަލުން ޖޮއިން ވީމަ އަހަރެން މިހުރީ ވަރަށް އުފަލުން…”

***

ނަޝްވާ ގާތުގައި އިން އީޝާ ބުނެލިއެވެ. “ހޫމްމްމް.. އަހަރެންވެސް ހަމަދެން މާލެ ކިޔަވަން ދާހިތް ނުވީ.. އެހެންވެ މިރަށައް ޖޮއިން ވީ..” ޙަގީގަތުގައި ނަޝްވާ ނުދިޔައީ ހިޝާން ހާސިލް ކުރުމުގެ ގޮތުން ހިތުގައި އޮތް ވަރުގަދަ ޢަޒުމެއްގެ ބޮޑުކަމުންނެވެ.

***

ސްކޫލު ނިމުނު ވަގުތު ހުރިހާ އެންމެން ނިކުންނަން ދިޔައެވެ. ކުރިއާ ޚިލާފައް އައިނާ އާއި ހިޝާން އާއި ދެމެދު ހިނިތުން ވުން ބަދަލު ވެއެވެ. އައިނާ ނިކުތް އިރު އަނީލް ސައިކަލުގައި ބަލައި އައިސް އިނެވެ. ހިޝާން އަށް ގޮވާލުމަށްފަހު އަނީލް އައިނާ ގޮވައިގެން ޖެހިގެން އޮތް މަގަށް ލަނބާލި އެވެ. ސައިކަލުގެ ޓަޔަރު ފަޅައިގެން ގޮސްގެން ހިޝާންގެ ސައިކަލު ވީ ގަރާޖުގައެވެ.

ހިޝާން ހަނި ގޯޅި އަކަށް ލަނބާލުމުން ނަޝްވާ އަށް އޭނާ ބޭނުންވާ ފުރުސަތު ލިބުނެވެ. “ހައި..” ހިޝާން އާއި އަރައި ހަމަކުރަމުން ނަޝްވާ ބުނެލިއެވެ. ހިޝާން ވަކި އެއްޗެކޭ ނުބުނެ ކުރިއަށް ހިނަގަމުން ދިޔައެވެ. ހިޝާން އެއް ފިޔަވަޅަށް ފަހު ދެން އަޅާ ފިޔަވަޅުތައް ދިޔައީ ބާރުކުރަމުންނެވެ.

ނަޝްވާވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. ހިޝާން އާއި އެއްވަރަށް ނަޝްވާވެސް ހިނގަން ފެށިއެވެ. “ކީއްވެ އަހަރެން އިގްނޯރ ތިކުރަނީ..” ނަޝްވާ އަހާލީ އޭނާގެ ހިތުގައި އުފެދިފައި އޮތް އެންމެ ބޮޑު ސުވާލެވެ. ނަޝްވާ ގަބޫލު ކުރާގޮތުގައި ނަޝްވާ ފުއްޓައްކެއް ޖަހާލާއިރަށް އެހެން ކުދިން އަންނަހެން ހިޝާންވެސް ނަޝްވާގެ މުށުތެރެއަށް އަންނަން ޖެހޭނެ ކަމެވެ.

ނަމަވެސް ނަޝްވާ އަށް ނޭނގޭ ކަމަކީ ނަޝްވާގެ ‘އެހެން’ ފިރިހިން ކުދިންނާއި ހިޝާން ހާސްބައި ތަފާތުކަމެވެ. މިޒާޖާއި އުޅުމާއިވެސް އެއްގޮތް ނޫންކަން ނަޝްވާ ނުދަނެއެވެ.

“އެއީ އަހަރެން ތީނަ އާއި ވާހަކަ ދައްކަން ބޭނުންނުވާތީވެ..” ހިޝާން ނަޝްވާގެ ނަންވެސް ކިޔަން ފޫހިވާ ކަހަލަ އެވެ. “ތީނައޭ..؟؟ އަހަރެންނަށް ކިޔަނީ ނަޝްވާ..” ނަޝްވާ ހިޝާން އާއި އެއްވަރަކަށް ހިނގަމުން ބުނެލިއެވެ. “އޯހް އަހަރެން ހީކުރީ އެހެން ކުއްޖެއްކަމަށް….” ހިޝާން އެއްމިޔަނަކުން ހީލަމުން ބުނެލިއެވެ.

“ހިޝާންގެ ފޯނު ނަންބަރު ދޭންވީނު އޭރުންނެއްނު ފޯނުން ވާހަކަ ދައްކާލެވޭނީވެސް..!” އެއްވެސް ޖެހިލުން ވުމެއް ނެތި ނަޝްވާ ބުނެލިއެވެ. “އަހަރެންގެ ނެތް އެއްވެސް އިންޓަރެސްޓެއް ނުދަންނަ އަންހެން ކުދިންނާއި ވާހަދެއްކުމުގެ..” ހިޝާން އޭނާގެ ނަންބަރު ދޭޚިޔާލެއް ނުކުރުމުން ނަޝްވާ ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ.

“ކީއްވެގެންތަ ހިޝާން އަހަރެންނާއި ވާހަކަ ނުދައްކަނީ.. އަހަރެން ހިޝާން ދެކެ ލޯބިވާވަރެއް ނުފެނޭތަ..؟ އެހެން ނޫންނަމަ ފަހަތުން ނާންނާނެ ދޯ..” ހިޝާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓަމުން ނަޝްވާ ހިތްހަމަ ނުޖެހުމުގެ ރާގަކަށް ބުނެލިއެވެ.

“ބަލަ އަހަރެން ނުވެއޭ ނަޝްވާދެކެ ލޯތްބެއް..؟ ހަމަ ތާކުން ފެންނަހާ މީހަކު ދެކެ ލޯބި ވުމަކީ އަހަރެން ކުރާކަމެއް ނޫނޭ.. އަހަރެންމީ ހުރިހާ މީހުންނަށް ލޯބި ބަހަމުންދާ މީހެއް ނޫނޭ..” ހިޝާންވެސް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

“ތީގެ މާނައަކީ ހިޝާން އެހެން ކުއްޖެއް…” ނަޝްވާއަށް ފުރިހަމަ ނުކުރެވެނިސް ހިޝާން ފެއްޓިއެވެ. “އާނ.. ނަޝްވާ އަށް ވުރެ މާ ފުރިހަމަ އެހެން ކުއްޖަކަށް އަހަރެންގެ މިހިތް ވަނީ މާކުރިން ދެވިފަ….” ރުޅިވެރިކަމާއެކު ހިޝާން މިހެން ބުނެލިއެވެ. އެއަށް ވުރެ ބޮޑައް ނަޝްވާ ރުޅި އައި ކަހަލަ އެވެ.

“ކާކު އެއީ ބުނޭ.. އޭރުން އެކުއްޖަކަށް އަހަރެން ދެދުނިޔެ ދައްކާނަން..” ނަޝްވާ ރުޅިއަރާފައި ބުނެވުނު އެއްޗަކުން ހިޝަންގެ ރުޅި ގަނޑު ފަޅައިގެން ދިޔައެވެ. “ޚަބަރުދާރު ތި ދުލުން އެހެން ބުނަން ވެސް.. ދެން އިތުރަށް އެހެން ބުނެފިނަމަ ތިދޫ އަހަރެން ބުރިކޮށްލާނަން..” ހިޝާން މިހެން ބުނުމުން ނަޝްވާ އަށް ކަހިރުވަކެކޭ ވެސް ހީނުވެއެވެ.

“ހޫން.. ހާދަ ލޯތްބެކޭ ދޯ ތިވަނީ.. ބަލާނަމޭ އުމުރު ދުވަހު ތިހާ ލޯބި ވެވޭތޯ..” މަލާމާތުގެ ރާގަކަށް ނަޝްވާ ބުނެލިއެވެ. “އުމުރު ދުވަހު އަހަރެން އައިނާ ދެކެ ލޯބިވާނަން.. ނަޝްވާ އަކަށްވެސް އަހަރެމެން ދެމީހުންގެ ދެމެދަކަށް ނުވަދެވޭނެ..” ހިޝާން އިންޒާރެއް ފަދައި މިހެން ބުނުމުންވެސް ނަޝްވާ ގުޑައިވެސް ނުލިއެވެ.

ނަޝްވާ އެންމެ ބޭނުންވި ކަންތައް އެވީ އެވެ. ހިޝާން ރުޅިން ފަޅައިގެން ގޮސް ވިއަސް އެކުއްޖެއްގެ ނަން ހާމަކުރުމުން ނަޝްވާގެ ތުންފަތް މައްޗައް ފަތަޙައިގެ ހިނިތުންވުމެއް ވެރިވިއެވެ.

ހިޝާން ހިސާބަކަށް ކަންބޮޑު ވިއެވެ. އައިނާގެ ނަން ހާމަނުކުރަން ހިޝާން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ރުޅި އައުމުން އެކަނަ ވެސް ކުރެވުނީއެވެ. ދެން ކުރާނެ ކަމެއް ނެތެވެ. ހިޝާން ހީކުރީ ނަޝްވާ އަށް އެއްވެސް ކަމެއް ކުރަން ނުކުރޭނެ ކަމަށެވެ. އެހެން ހިތާ އަމިއްލަ ހިތައް ވިސްނައިދެމުން ގޮސް ގޭގެ ގޭޓުން ވަދެގެން ދިޔައެވެ.

ނަޝްވާ ހަމަޖެހިލައިގެން ގެއަށް ވެނެވެ. “ދަރިފުޅާ ހާދަ ހަމަޖެހިލާފަ..” ނަޝްވާގެ މަންމަ ނައުފާ މޭޒުމައްޗައް ކާން ހަދަމުން ގޭތެރެއަށް ވަދެގެން އައި ނަޝްވާ އާއި ސުވާލުކޮށްލިއެވެ. “އާނ މަންމަ އަހަރެން ވަރަށް އުފާވެފަ މިހުރީ..” ނަޝްވާ ސިޑިން މައްޗައް އަރަމުން ބުނެލިއެވެ.

ހިޝާންގެ ވާހަކަ އިން ނަޝްވާ އަށް އިނގުނީ ހިޝަން އަދި އައިނާ އާއި ރައްޓެހިވެސް ނުވާކަމެވެ. އެހެން ކަމުން ނަޝްވާ ނިންމީ ހިޝާން ފިނޑި ކަމުން އަދި އައިނާ ކައިރީ ނުވެސް ބުނާކަމެވެ. އެހެން ހިތާ ހިތްހަމަ ޖައްސައިލައިގެން ނަޝްވާ އިނެވެ.

ނަޝްވާ ކުރަން ޖެހޭނެ ކަމަކީ ދެން ހިޝާންގެ ފަހަތުން އޭނާދެކެ ލޯބިވާވަރު އަންގަމުން ފަހަތުން ދުވާނީ އެވެ. ނަމަވެސް ނަޝްވާ އަށް ނޭނގުނު ކަމަކީ ކިތަންމެ ވަރަކަށް ދުވިއަސް ހިޝާންގެ ހިތުގައި ވަނީ މާ ފުން ތެދުވެރި ލޯތްބެއް ކަމެވެ.

***

ކޮޓަރިއައް ވަތް ގޮތައް ދަބަސް ނަގާ އެނދުމައްޗައް ހޫރާލީ އައިސްފައި ހުރި ރުޅި ކޮންޓްރޯލް ކުރަން ކަންނޭނގެއެވެ. ހިޝާން ފުލުފުލުގައި ފުންނޭވާތަކެއް ލިއެވެ. އެހެން ހެދުމުން ކޮންމެވެސް ވަރަކަށް ހަމަޖެހިލިއެވެ.

***

ކޮޓަރީގައި އޮތް އައިނާ ވިސްނަމުން ދިޔައީ ހިޝާން އަށް އެކަން އަންގާނެ ގޮތެކެވެ. އަޝްހާ އަށްވެސް އަންގަން އައިނާ ބޭނުމެއް ނުވެއެވެ. އައިނާ ހިޝާން ކައިރީގައި އެވާޙަކަ ބުނަން ވިސްނަނީ ދެން އެންމެ އަވަހަށް އަންނަ ހައިފާގެ ކައިވެނީގެ ވަލީމާގައެވެ.

އައިނާ އަށް އަށް އެނދުމަތީގައި އޮވެވުނީ ޚިޔާލީ ދުނިޔެއެއްގައެވެ. އެހެން އޮށްވާ އިސްރާ ދޮރުހުޅުވާލައިފައި ބަލާލިކަންވެސް ނޭނގެއެވެ.

އިސްރާ ބަލާލައިފައި އައިނާ އަށް ގޮވާލާން ނުކެރުނީ އެދަރިފުޅުގެ ތުންފަތް މަތީގައިވި މާނަފުން ހިނިތުން ވުން ފެނުމުންނެވެ. އެހާ ހިތްހަމަ ޖެހިފައި އޮށްވާ އައިނާ އަށް ގޮވާލައިފިނަމަ އެދަރިފުޅުގެ އުފާވެރިކަން ގެއްލިގެން ހިނގައިދާނެތީވެ އިސްރާ ދޮރު ހުޅުވާލިހާ މަޑުން ހަމަ ލައްޕާފައިފަ ދިޔައެވެ.

***

ކަލަންޑަރުގެ ފަހަތައް މަސްތައް އުކެމުން ގޮސް ދުވަހަށްފަހު ދުވަހެއް ވެއެތުވަމުން ގޮސް މިއަދަކީ ހައިފާގެ ކައިވެނި ޕާޓީ އޮންނަ ދުވަހެވެ. ކްރިސްޓަލްގޭގެ ކޮޅުކޮޅައް ފެންނަނީ އެ ޕާޓީ އަށް ގޭތެރެ ޒީނަތްތެރި ކުރަން ދުވާ ނޯކަރުންނެވެ. ގޭގެ ފުރަގަހުގައި އޮންނަ ހުސްޖާގައިގައި ތަންކޮޅެއް ހިޔާކޮށްލެވިފައި ވާއިރު އެތާގައި އަވަށްޓެރިންނާއި ގިނަ ރަހުމަތްތެރިން އެރެއަށް ކެއްކުމުގައި ހަރަކާތްތެރި ވަމުން ދިޔައެވެ.

އެއްބަޔަކު ފިޔާ ތޮށި ފިލުވަމުން ދިޔައިރު އަނެއްބަޔަކު ދިޔައީ ފިޔާ ކޮށަމުންނެވެ. އެގޮތަށް ގޮސް އުނދުން ކައިރީގައި ފިޔާ މީރުކުރަންށާއި އެކިކަންކަމުގައި މަސްއޫލު ވެގެން ތިއްބެވެ. ތަނުގެ ހަލަބޮލިކަން ފެނިފައި އަތްމަތި އަވަސްކަމުން އިނގެނީ ވަގުތު ކުޑަތަން ވަމުން އަންނަ ކަމެވެ.

އަދި އޭގެ އިތުރުން އެމީހުންގެ ހިތްހަމަ ޖެހުމަށްޓަކައި ފިނި ބުއިން ތައްވެސް އެތާހުރި ވަށް މޭޒެއްގެ މަތީގައި އަތުރާލެވިފައި ހުއްޓެވެ. ކޯކާއި، އޮރެންޖާއި، ޗެރީ އާއި ސްޕްރައިޓް އެވެ. އެއާއި އެއްކޮށް ނިއުޓްރޯ ބިސްކޯދާއި ލެމަން ޕަފް އާއި ޗޮކްލެޓް ޕަފް އެވެ.

_ނުނިމޭ

85

19 Comments

 1. A aaR

  July 14, 2020 at 12:59 pm

  Here is the 11th part of AINA S2.. hope u all loved the new cover for this story.. Do comment your views 🙂💚❤️

 2. Maash

  July 14, 2020 at 1:12 pm

  ☺️😊☺️Mi part Varah Varah reethi Maasha Allah 💖❤️💖❤️💖💗Kon iraku aneh part 👏👏👏

  • A aaR

   July 14, 2020 at 2:24 pm

   jazaakallah Khairan Maash.. day after tomorrow next prt insha allah..

 3. 🌺Ril🌺

  July 14, 2020 at 6:13 pm

  Mi part ves varah Sali.💯💯💯👌👌 Hama speechless.🤐🤐🤐 Aley avaha ainaa dhen yess ey buneba hishaan kaaree😊😊😥. And cover ves varah Sali..🙂🙂.. And waiting for the next part.
  Love uuuuuu ❤️😊😊
  TC and stay safe ❤️😊😊💞

  • A aaR

   July 14, 2020 at 7:49 pm

   Jazaakallah Khairan Ril 🙂 lyt .. tc 💚❤ stay safe too..

 4. Aalif

  July 15, 2020 at 5:31 am

  Vrh vrh salhi mi part ves😘😘😘 mi vaahaka ves🙂🙂hope the next part will come soon☺️☺️

  • A aaR

   July 15, 2020 at 11:30 am

   jazaakallah khairan Aalif.. next prt miadhu submit kohlaanan

  • Aalif

   July 17, 2020 at 2:13 pm

   Ekm adhi submit nukuran dhw

  • Aalif

   July 17, 2020 at 2:15 pm

   Oops sorry submit kohfin dhw I thought it is part 12 nd not submitted 13 that’s why I said adhi submit nukuramehnoonhey vrh bodah sorry it was a misunderstanding

  • A aaR

   July 19, 2020 at 8:57 pm

   its ok Aalif dear.. prt 14 also submitted

 5. Aalif

  July 15, 2020 at 5:51 am

  Umm…could u guys tell me tc meaning 🤗

  • A aaR

   July 15, 2020 at 12:02 pm

   Take Care

 6. 🌺Ril🌺

  July 15, 2020 at 6:54 am

  It means take care alif

  • A aaR

   July 15, 2020 at 12:03 pm

   🙂

 7. Ladykiller531

  July 15, 2020 at 2:20 pm

  Ok this is very beautiful

  • A aaR

   July 20, 2020 at 2:59 pm

   jazaakallah khairan Ladykiller531 🙂 ❤️ 💙 💚 a

 8. Aalif

  July 17, 2020 at 2:12 pm

  Thx

  • A aaR

   July 19, 2020 at 7:17 pm

   Jazaakallah khairan.. 🙂

 9. 16 SHABAKKO 7

  August 11, 2020 at 3:10 pm

  💯💯💯💯💯💯❤️❤️❤️❤️

Comments are closed.