Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އައިނާ (2) 12

Annna Level 510 Stories100 Comments100 Login
July 15, 2020 4 Mins Read
23 Comments

ބާރަވަނަބައި

އަދި އޭގެ އިތުރުން އެމީހުންގެ ހިތްހަމަ ޖެހުމަށްޓަކައި ފިނި ބުއިން ތައްވެސް އެތާހުރި ވަށް މޭޒެއްގެ މަތީގައި އަތުރާލެވިފައި ހުއްޓެވެ. ކޯކާއި، އޮރެންޖާއި، ޗެރީ އާއި ސްޕްރައިޓް އެވެ. އެއާއި އެއްކޮށް ނިއުޓްރޯ ބިސްކޯދާއި ލެމަން ޕަފް އާއި ޗޮކްލެޓް ޕަފް އެވެ.

***

މެނދުރު އަތައް އެޅިއިރު ހުރިހާ އެއްޗެއް ގާތް ގަނޑަކަށް ކޮށާނިމި ދެން އޮތީ އުނދުނުން ކުރަންޖެހޭ ކަމެވެ. މަރިއަމް އާއި އާޝިޔާ އާއި ޚަދީޖާ އެތަނުން އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުދެއެވެ. އެންމެ ކައިރީގައި އަބަދުވެސް އެތިންމީހުން އުޅެއެވެ. އޭގެ އިތުރުން ނޫހުގެ މަންމަ ނާހިދާ ވެސް އެމަސައްކަތު ތަކުގައި ބައިވެރިވަމުން ދިޔައެވެ.

އެތެރޭގައި އައިނާ އާއި އަޝްހާ އުޅުނީ ހައިފާ އާއި އެއްކޮށެވެ. އަޝްހާގެ ކަމަކީ އަބަދު ހައިފާ އާއި ދިމާ ކުރުމެވެ. ހައިފާ ވެސް އެންމެ ތަންފުކެއްވެސް ދޫނުކޮށް އަޝްހާ އަށް ރައްދު ދެމުން ދިޔައީ އަދި އަޝްހާ އަށްވެސް މިދުވަސް އަންނާނެއޭ ކިޔާފައެވެ.

އައިނާ އިންނަނީ އަބަދުވެސް ފޯނާއި ކުޅޭށެވެ. އެއީ އެކަހަލަ ކަންކަމުގައި އައިނާ އާންމުކޮށް ބަހުސްކޮށެއް ނޫޅެއެވެ. ނަމަވެސް ދޭތެރެއަކުން އަޝްހާ އާއި އެއްބައިވެލާ ހައިފާ އާއި ދިމާ ކޮށްލައެވެ.

ވަގުތުތައް ފާއިތު ވަމުން ގޮސް ހަވީރު ވެއްޖެއެވެ. ހައިފާ ފަހެއް ޖަހާކަންހާއިރު ފެންވަރައިގެން ނިކުމެ އެބޮޑު ހެދުން އެކަނިވެސް ހައިފާ އަށް ނުލެވުނެވެ. އައިނާ އާއި އަޝްހާގެ އެހީގައި އެހެދުން ލެވުނުތަނުން މޭކަޕް ކޮށްދޭ މީހާ އައެވެ. ހައިފާގެ މޫނުމަތީގައި މާގަދަ މޭކަޕެއް ކުރާން މަރިއަމް ހިތްހަމަ ނުޖެހުމުން ކުޑަ ގޮތެއް ހަދާލަން މީހަކު ގެނައީ އެވެ.

އެމީހާ މޭކަޕް ކޮށްދީފައި އަދި ހައިފާގެ ބުރުގާވެސް ރީތި ގޮތަކަށް އަޅުވައި ދިނެވެ. ހައިފާ ބުރުގާ އެޅިކަން ނޫހު ކައިރީ ނުބުނީ ހަމަ ސަޕްރައިޒަކަށެވެ. ހައިފާ ބޭނުންވެގެން އެކަން ކުރީ އެއީ ނޫހުވެސް ވަރަށް ބޭނުންވާ ކަމަކަށް ވުމުންނެވެ.

***

ޕާރޓީ އޮތީ ކްރިސްޓަލް ގޭގެ ބޮޑު ގޯތި ތެރޭގައެވެ. ކައިވެނި ކުރެވުނު ޖޯޑު ތިބެން ހަމަޖެއްސި ތަން އިނީ ގަދަ ފެހިކުލައިން ޒީނަތް ތެރިކޮށްފައެވެ. ގޭޓުކައިރީގައި އެމީހުން ތިބިއިރު ކެމެރާ މަނުވެސް އެރޭގެ އުފާވެރި ހަނދާން ތައް އޭނާގެ އަގުބޮޑު ކެމެރާގައި ރައްކާ ކުރަމުން ދިޔައެވެ.

ސާދަ ވިލޭރޭގެ ހަނދު މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައީ އެމާޙައުލަށް އިތުރު ދިރުމެއް ގެނެސް ދެމުންނެވެ. ޙާޒިރުގައި ވަށައިގެން ތަރިތައް އެއްވެސް ތަރުތީބެއްނެތި އެތުރިގެން ތިބީ، އިތުރު ފުރިހަމަކަމާއި އުފާވެރިކަމެއް ގެނެސްދެމުންނެވެ.

***

ކޮޓަރިން ނިކުތް އައިނާ އިނީ ގަދަފެހިކުލައިގެ ހެދުމެއްގައެވެ. ވަށްތިރި އެއް ގޮތައް އިން މިހެދުމުގައި ވިދުމެއް ހުއްޓެވެ. ފޫޅުން މަތީގައި އިން ބައި ހުރީ އައިނާގެ ހަށިގަނޑައް ހިފާލާފައި އެވެ. ލޭސްފޮތިން އެބައި ރީތި ކުރެވިވައިވާއިރު ބަނޑު މަތީގައި ހަމަ އެކުލައިގެ ބެލްޓެއް އޮތެވެ. އަތް ދިގުކޮށް އިން މިހެދުމުގެ އަތް ފަރުމާ ކޮށްފައިވަނީ ހަމަ އެކަނި ތުނި ލޭސް ފޮތިންނެވެ. ލޭސް ފޮތީގެ ތެރެއިން އައިނާގެ އަތުގެ ދޮންކަން ހާމަވެއެވެ.

ތިރި އަކަށް އިންބައި ގައި ވިދާގޮތަށް ރީތި ޑިސައިނެއް ހުއްޓެވެ. މާގަހެއްގެ ފަރުމާއަށް ގަދަ ވިދުން ތަކެއް މިހެދުމުގައި ހުރި އިރު، ފައިތިލަ އާއި ހަމައަށް އަރާ މި ހެދުމުގެ ތިރީބައި އިނީ ފުއްޕާލާފައެވެ. ރީތި ސްތައިލަކަށް އިސްތަށިގަނޑު މައްޗައް ނަގައި ހުޅިއެއްގޮތަށް އައްސާލާފައި އޮތެވެ. ކަން ހުޅިން ދެއިސްތަށިކޮޅު އައްސައި ނުލައި ދޫކޮށްލައިފައި އޮތެވެ. ދުވަހަކުވެސް މޭކަޕް ނުކުރާ އައިނާ މިރޭ ލުއި މޭކަޕެއް ކޮށްފައި ހުއްޓެވެ.

ލޮލުކައިރީގައި އަޅާފައި ހުރި އަނދުނުން އެއަޅިކުލައިގެ ލޮލުގެ ވިދުން ގަދަ ވެފައިވާ ހެން ހީވެއެވެ. މަސްކަރަ އިން އެބޯ އެސްފިޔަތައް އިތުރަށް ދިގުވެފައި ބޯކަމަށް ދައްކައެވެ. ތުނިތުންފަތް ވަނީ ގަދަ ކުލައަކުން ފަވާލެވިފައެވެ.

ތައްޔާރުވެގެން އައިނާ އަށް ދެވުނު އިރު ޕާރޓީ ފެށިގެން ކުރިއަށް ދެއެވެ. ގޭޓުން ވަދެގެން ގޮސް އައިނާ އިށީންދެލީ އިސްރާ އިށީންދެގެން އިން މޭޒުދޮށުގައެވެ. “މާޝާ ﷲ.. މަންމަގެ ދަރިފުޅު ހާދަ ރީއްޗޭ މިރޭ..” އިސްރާ އަށް ވެސް އައިނާ ފެނުމުން ދުޢާ ކޮށްލެވުނީ އެދަރިފުޅައް އެސްފީނާ ނުޖެހޭތޯއެވެ. މޭޒު ކައިރީގައި އިން އައިނާ ފަރާތް ފަރާތައް ބަލާލީ ހިޝާން ފެންނަން އިންތޯއެވެ.

ނުފެނުމުން ތުންތަމާލައިފައި އަޝްހާ ހޯދަން ދިޔައެވެ. އަޝްހާ ވެސް ނުފެނުމުން އައިނާ ފޫހިވިއެވެ. ދެން ދިޔައީ ހައިފާ ކައިރިއަށެވެ. އެދެމަފިރިންނާއެކު ފޮޓޯ އެއް ނެގުމަށްފަހު އައިނާ ދިޔައީ ގޭތެރެއަށެވެ. ގޮސް ގޮނޑި ސެޓުގައި ޖައްސާލައިފައި ފޯނުނަގައި ވައިފައި އޮން ކޮށްލައިގެން އައިނާ ފޯނު ހާވަން އިނެވެ.

“ޕޮއް..” އެހެން ހުއްޓާ އައިނާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ސިއްސުވާލީމައެވެ. “ދެން އަޝޫ.. ސިއްސައިގެންނޭ ދިޔައީ.. ކޮންތާކަށް ވަދެފަތަ ތިއައީ.. އަހަރެން މިހާރު އަޝޫ ހޯދާ ހޯދާ ދެލޯ ވެއްޓިއްޖެ..” އައިނާ ފުރަތަމަ ވެސް ޝަކުވާ ބޮނޑީ ބަނދެލިއެވެ.

“ކުޑަކަމަކު ތާށިވީއޭ.. ދެން މިހުރީ އައިހެއްނު…” އަޝްހާ ބުނެލިއެވެ. އަޝްހާވެސް ލައިގެން ހުރީ ހަމަ އައިނާ ލައިގެން ހުރިކަހަލަ ހެދުމެކެވެ. ދެމީހުން އެއްކޮށް ގޯތިތެރެއަށް ނިކުންނަން ހިނގައިގަތެވެ. ދޮރުން ނިކުތްތަނާ އެދެމީހުންނަށް އެރުނީ ހިޝާންގެ ކުރިމައްޗަށެވެ.

ފޯނު ޗާރޖު ހުސްވެގެން އެޗާރޖައް ޖަހަންވެގެން ކޮޓަރިއަށް މިސްރާބު ޖެހި ހިޝާން އަށް އައިނާ ފެނުމުން ތަލިން ކުޅު ހިކުނެވެ. އައިނާ އެހާވެސް މިރޭ ރީއްޗެވެ. އައިނާގެ ތުންފަތް މައްޗައް ވެރިވި ލަދުރަކި ހިނިތުން ވުމުން ހިޝާންގެ ހިތް އިތުރަށް އައިނާ އަށް ލެނބޭ ގޮތްވިއެވެ. އައިނާ ހީވަނީ ފަލަކުން ނެއްޓިގެން އައިސް އިން ވިދާ ތަރިއެއްހެންނެވެ.

އައިނާ އަށް ވެސް ހިޝާން ފެނުމުން އިނީ ގުޑާލަން ނުކެރިފައެވެ. އަޅިކުލައިގެ ގަމީހުގައި ބެގީކޮށްފައި ގަދަފެހިކުލައިގެ ހިމަ ޓައީއެއް އަޅައިގެން އިން ހިޝާން ފެނުމުން އައިނާ އެސްފިޔަޖަހާލަން ހަނދާން ނެތުނެވެ. އޮފިޝަލް ބޫޓުގައި ހިޝާން ހީވަނީ ސްކޫލު ޕްރިންސިޕަލް ހެންނެވެ.

“އެހެމް އެހެމް..” އަޝްހާ މޫނު މައްޗައް މަޖާ ހިނިތުން ވުމެއް ގެންނަމުން ކަރުކެހިލިއެވެ. އަމިއްލަ ދުނިޔެ އަކަށް ގެއްލިފައި ތިބި ދެމީހުންނަށް ވެސް ހަމަހޭވެރިކަންވީ އަޝްހާ ކަރުކެހިލުމުންނެވެ. ދެމީހުންވެސް އަވަހަށް އެހެން ދިމާލަކަށް ބަލައިލައިފި އެވެ.

އަޝްހާ އާއި އައިނާ  ގޯތިތެރެއަށް ނިކުމެގެން ދިއުމުން ހިޝާން ވެސް ކޮޓަރިއަށް މިސްރާބު ޖެހިއެވެ. އަވަހަށް ކޮޓަރިއަށް ވަދެ ފޯނު ޗާރޖައް ޖަހައިފައި ނިވިފައި އޮތް ފޯނު އޮން ކޮށްލިއެވެ. އަދި މެސެޖް ހުޅުވާލައި އައިނާ އަށް މެސެޖެއް ފޮނުވާލިއެވެ .

ފޯނަށް ނޮޓިފިކޭޝަން އެއް އައުމުން އައިނާ އެހުޅުވާލައި ބަލާލިއެވެ. ހިޝާންގެ މެސެޖެއް ކަމަށް ވުމުން ކައިރީގައި އޮލަ ވާހަކަ އެއްގައި އިން އަޝްހާ އަށް ބަލާލައިފައި އެއްކައިރިއަށް ޖެހިލިއެވެ.

*ސިޑިން އަރައިގެން ކޮރިޑޯގެ ލެފްޓައް އާދޭ..* ހިޝާންގެ މެސެޖުގައި ވެއެވެ. އައިނާވެސް ސިއްރުން ފަހަތައް ޖެހެމުން ގޮސް ގޭތެރެއަށް ވަނެވެ.

ގޭޓުން ވަދެގެން އައި އާއިލާގެ އެންމެ ފަހަތުގައި ރަތްކުލައިގެ މާމެއިޑް ހެދުމެއްގައި އިން ނަޝްވާ އަށް ގިނަ މީހުންގެ ލޯތައް ހުއްޓެމުން ދިޔައެވެ. ކެޓް ވޯކް ގައި ހިނގާފައި އައި ނަޝްވާ ހުރީ މިކަމާ ނިކަން ފޮނިވެފައެވެ.

ފަރާތް ފަރާތް ހޯދާލީ ހިޝާންގެ ހިލަމެއް ވޭތޯއެވެ. ގޭތެރެއަށް ވަންނަން ދިޔަ ހިޝާން ފެނުމުން ނަޝްވާ އެދިމާ އަށް މިސްރާބު ޖެހިއެވެ. ހިޝާން ގެފަހަތުން ކަހަލަ ގޮތަކަށް އެއްވެސް ޖެހިލުމެއްނެތި ނަޝްވާ ދިޔައެވެ. ހިޝާން ވަތް ކޮޓަރިއާއި ދިމާލަށް ބަލަން ހުރުމަށްފަހު ޓަކިޖަހަން ނެގި އަތް ތިރިކޮށްލެވުނީ ކައިރިވަމުން އަންނަ ފިޔަވަޅު ތަކެއްގެ އަޑު އިވުމުންނެވެ.

ނަޝްވާ އަވަހަށް އެންމެ ކައިރީގައި އިން ކޮޓަރިއަށް ދެމިގަތެވެ. އަދި ކުޑަކޮށް ދޮރުހުޅުވާލައި ބަލާލި އިރު އައިނާ އެވެ. ވީފޫހިން ނަޝްވާ އަށް ތުންދަމާލެވުނެވެ. މިވީ ދުވަސްތަކުގައި ނަޝްވާ އައިނާ އަށް ބަލާލަނީ ނުރުހުމުގެ ނަޒަރުންނެވެ. ހިޝާންގެ ހިތް އޭނާ އަށް ނުލިބި އައިނާ އަށް ލިބުމުން އެކަމާ ނަޝްވާ ނިކަން ހަސަދަ ވެރިވެއެވެ.

***

ސިޑިން އަރައިގެން އައިސް ވާތް ފަރާތައް ވީދިމާ އަށް އައިނާ ހިނގަމުން ދިޔައެވެ. ކުއްލިއަކަށް އައިނާ ސިއްސައިގެން ދިޔައީ އައިނާގެ އަތުގެ މުލައްދަނޑީގައި ހިފާ މީހަކު އެންމެ ކައިރީގައި އިން ކޮޓަރިއަށް ވެއްދުމުންނެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

އެދެނީ އެކުގައިވާށޭ 4

Next

ލޯތްބައްޓަކައި(18ވަނަ ބައި)

Next
July 15, 2020

ލޯތްބައްޓަކައި(18ވަނަ ބައި)

Previews
July 15, 2020

އެދެނީ އެކުގައިވާށޭ 4

23 Comments!

  1. Maash says:
    July 15, 2020 at 3:40 pm

    Woow☺️ its very nice☺️
    Waiting for next part curiously ☺️?
    When is the next ???

    1. A aaR says:
      July 15, 2020 at 11:07 pm

      Jazaakallah khairan maash ? nxt on day after tomorrow

  2. Maash says:
    July 15, 2020 at 3:41 pm

    ?By the way me first dhw?

    1. A aaR says:
      July 15, 2020 at 11:07 pm

      Yh ?

  3. ?Ril? says:
    July 15, 2020 at 5:37 pm

    Masha Allah mi part ves varah Sali. ???????
    Aley ashaa aa ainaa haadha reechey dhw ..????. And mi nashvaa haadha kantha body dhw. Anekaa kaakubaa dhw egen ainaa kotariah vehdhee. Curiously waiting for the next part??
    Love uuuuu ???
    TC an stay safe ?????

    1. A aaR says:
      July 15, 2020 at 11:09 pm

      Jazaakallah khairan maash ?

    2. A aaR says:
      July 15, 2020 at 11:10 pm

      Sorry ril ?

    3. ?Ril? says:
      July 16, 2020 at 11:13 am

      Hehehe it’s ok ey no need of sorry

  4. Mee says:
    July 15, 2020 at 7:04 pm

    Keeve vaahaka ige ehbai thanthan ekolhu kolhun hunnanee varah undhagoo kiyan

    1. A aaR says:
      July 15, 2020 at 11:09 pm

      Alun back ah gossa vadheba..

  5. Bluebird says:
    July 15, 2020 at 7:30 pm

    Awwwwwwn who grabbed her????? ????????
    Maashaa Allah V v v v v v Salhi… ☺️☺️☺️☺️????????????
    Keep it up… ❇️❇️❇️❇️❇️
    Love you…. ????????????????❤️❤️❤️❤️??????????????❤️❤️❤️❤️❤️❤️❤️???????❤️❤️❤️❤️❤️❤️❤️???????

    1. A aaR says:
      July 15, 2020 at 11:12 pm

      Jazaakallah khairan blue bird ❤?

  6. A aaR says:
    July 15, 2020 at 11:13 pm

    Here is the 12 th prt of the story.. hope you all loved it.. nxt on day after tomorrow ?❤?

  7. Aalif says:
    July 16, 2020 at 5:58 am

    Very very nice?vrh salhi mi part ves☺️

    1. A aaR says:
      July 16, 2020 at 1:24 pm

      Jazaakallah khairan Aalif.. ??

  8. Faiherrr?? says:
    July 17, 2020 at 9:05 pm

    Alhey varah curious kohlaafa thi ninmaaly. Ekamves varah salhi mi vaahaka. Sorry mihaaru varah dhuvas vejje dhw comment nukohlevethaa ekam ves mi vaahaka kiyan faiha. Konme part eh ves school ga kudakoh busy vy ma nukurevuny comment eh anyway story is awesome. I love it ????????❤️?????❣️❣️

    1. A aaR says:
      July 18, 2020 at 5:08 am

      ޖަޒާކަﷲ ޚައިރަން ފައިހާ.. ވާހަކަ ކިޔާތީވެ ވަރަށް އުފާވެއްޖެ.. ކޮމެންޓް ކޮށްނުލެވުނަސް އެއީ މައްސަލައެއް ނޫނޭ ފައިހާ..

  9. Rani says:
    July 18, 2020 at 8:13 pm

    Masha Allah….kudahuvadhoo thr…. Rani ge hunane frndeh kudahuvadhoo….

    1. A aaR says:
      July 18, 2020 at 10:05 pm

      jazaakallah khairan Rani..?

  10. Anonymous says:
    July 18, 2020 at 9:26 pm

    When next part A aaR?????????

    1. A aaR says:
      July 18, 2020 at 10:05 pm

      its submitted Anonymous dear..

  11. Mishylin says:
    July 19, 2020 at 3:42 pm

    Hoadhalahy?

    1. A aaR says:
      July 19, 2020 at 7:13 pm

      I hv submitted the nxt prt

Comments are closed.

Next Episodeއައިނާ (2) 13←


All Right Reserved!