Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޖައިޝް 12 (ފަހުބައި)

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
July 13, 2020 11 Mins Read
32 Comments

ތެޅެމުން ދިޔަ ހިތަށް ކުޑަވެސް ތަސައްލީއެއް ނުލިބެއެވެ. މުޅިގައި އުދާހުން ފެންވަރައިލާފިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ޖައިޝްއަށް އެ މެސެޖް ހުޅުވާލެވުނެވެ. އަދި ދެލޯ މަރައި ވަރަށް ވެސް ފުން ތިން ނޭވާ ލިއެވެ.

ޖައިޝް އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. އަދި ތެޅެމުން ދިޔަ ހިތަކާއެކު ފޯނުގެ ސްކުރީނަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް ކޮށްފައި އިން މެސެޖް ކިޔާލިއެވެ. އެ މެސެޖް ކިޔާލާފައި ޖައިޝްގެ ހިތަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. ވަގުތުން މުޅިގައިން އޮށްދާ ހިލިގެން ދިޔައެވެ. މުޅި މީހާ ރޫރޫ އަޅަން ފެށިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޖައިޝްގެ ދެލޯ ކަރުނުން ތެތްމާލިއެވެ.

ޖައިޝްއަށް ކޮޅަށް ތެދުވުނެވެ. އަދި ކުޑަކުޑަ އެކޮޓަރީގެ ދެފަތާރަށް ހިނގަން ފެށިއެވެ. އިރުއިރު ކޮޅާ ބޮލުގައި އަތް ހިންގާލައެވެ. އަދި އަތުގައި އޮތް އޭނާގެ ފޯނަށް ނަޒަރު ހިންގާލެވުނެވެ. ދެތިން ފަހަރަކު ފޯނު ބޭއްވުމަށްފަހު އަނެއްކާ ނެގުމަށްފަހު ފޯނާ ކުޅެން ފެށިއެވެ. އޭރުވެސް ޖައިޝްގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނޭފަތުން ކަރުނައާ އެއްވަރަށް ދަވަތައް ފައިބަމުން ދިޔައެވެ. ”ހެލޯ ރީޝް. އަހަރެންނަށް މަޢާފު ކުރޭ. އާދޭސް ކޮށްފައި ބުނަން ރީޝް. އަހަރެންނަށް މަޢާފު ކުރޭ.”

ޖައިޝްއަށް ރޮއި ގަނެވުނެވެ. ހިތުގައި އަތް އަޅައިލައިގެން ފާރުގައި ލެގިގެން ހުރެ ތިރިވެލެވުނު އިރު ގިސްލުމުގެ އަޑު ދިޔައީ ސިކުންތަކަށް ފަހު ސިކުންތެއް ބާރު ވަމުންނެވެ. ”ޖައިޝް ޓެސްޓްގެ ނަތީޖާ ލިބުނީތަ؟ ކިހިނެއްވަނީ؟” ރީޝްގެ ހިތް ވަނީ އަވަސްވެފައިކަން ވާހަކަ ދައްކަމުން ދިޔަ ރާގުންވެސް އެނގުނެވެ. އަޑުގައި ތުރުތުރެއް އެކުލެވިފައި ވުމުން އޭނާ ރޮނީކަން ފަހުމް ވަމުން ދިޔައެވެ.

”ރީޝް. އަހަރެން.. އަހަރެން ޕޮޒިޓިވް. އަހަރެން ބައްޔަށް ޕޮޒިޓިވް. އަހަރެންނަށް މަޢާފު ކުރޭ ރީޝް.” ޖައިޝްއަށް އަނެއްކާވެސް ރޮއިގަނެވުނެވެ. ދުވަހަކުވެސް އޭނާގެ ހިތަށް ތަދުނުވާ ވަރަށް މިއަދު ތަދުވަމުން ދިޔައެވެ. ހިތް ފޮތިފޮތި ކުރަމުން ދިޔަ ކަހަލަ އިހްސާސެއް ކުރެވެމުން ދިޔައިރު ބޯ ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ބޮލުގެ ހަތަރު ފާރު ސިކުނޑި ފިއްތަމުން ދިޔަ އިހްސާސެއް ކުރެވެމުން ދިޔައެވެ.

”ޖައިޝް. ތި ވާނީ އޮޅުނީ ކަމަށް. އެމީހުން ކައިރީ ބުނޭ އަލުން ޓެސްޓް ހަދާލާށޭ. އަހަރެން ގަބޫލު ކުރާނި ދެވަނަ ފަހަރުން ލިބޭ ނަތީޖާއިން.” ރީޝް ވާހަކަ ދައްކަމުން ދިޔައީ އޭނާއަށް އެކަން ގަބޫލު ނުކުރެވޭ ފަދައިންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ތިމާ އެންމެ ލޯބިވާ މީހާ ނުރައްކާތެރި ބައްޔަކަށް ފައްސިވާން އެދޭނީ ކާކު ހެއްޔެވެ؟ ކިތަންމެ ވަރަކަށް ސުންކު ނަގައިގެން ޓެސްޓް ހެދިޔަސް ގަބޫލެއް ނުކުރެވޭނެ ނޫން ހެއްޔެވެ؟ ޓެސްޓްގެ ނަތީޖާ ލޯ ކުރިމަތިން ފެންނަން އޮތަސް އެކަން ގަބޫލުކުރުން ވާނީ ދަތި ކަމަކަށް ނޫން ހެއްޔެވެ؟

”ރީޝް. މިކަން ގަބޫލު ކުރޭ. ތިން ހަތަރު ފަހަރަށް ޓެސްޓް ހަދައިގެން ލިބޭ ނަތީޖާވެސް ވާނީ އެއްގޮތެއް. ރީޝް މިކަން ގަބޫލުކުރޭ. އަހަ.. އަހަރެންނަށް މިވަނީ ބަލި ޖެހިފަ. މިއަދު މިނޫން ގޮތަކަށް އަހަރެމެންނަކަށް ގަބޫލެއް ނުކުރެވޭނެ.” ޖައިޝް އޭނާގެ ލޮލުން ވެރެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެމުން ދިޔައެވެ. ”ރީޝް. ނުރޮއި. އަހަރެން އެނބުރި ރީޝް އާ ދަރިފުޅު ކައިރިއަށް ދާނަން. އަހަރެންނަށް އިންތިޒާރު ކުރައްޗެ. ދެން ބާއްވަނީ.” އަރު ބެދޭ ކަހަލަ އިހްސާސެއް ކުރެވެމުން ދިޔައީތީ ޖައިޝް ގަސްދު ކުރީ އަވަހަށް ފޯނު ބާއްވާށެވެ. ރީޝްއާ ވާހަކަ ދައްކާގެން އިތުރަކަށް އެހިތަށް އިތުރު ލޮޅުމެއް ގެންނާކަށް ޖައިޝް މިހާރަކު ބޭނުމެއް ނޫނެވެ. ވިސްނަމުން ވިސްނަމުން ގޮސް ޖައިޝްއަށް އެނދުގައި އޮށޯވެލެވުނެވެ. އަދި މަޑު މަޑުން ދެލޯ މަރައިލީ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުންނާއި ތަދުވަމުން ދިޔަ ހިތަށް ތަސައްލީއެއް ލިއްބައިދިނުމަށެވެ.

***

”ރީޝް. ޖައިޝްއަށް ކިހިނެއްވީ؟ ނަތީޖާ ކިހިނެއް އައީ؟” ނިޔާޝާގެ ލޮލުން އަދިވެސް ކަރުނަ ނުހިކެއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ދެން ވާނެ ގޮތަކާމެދުއެވެ. ޖައިޝްއަށް ވާނެ ގޮތަކާމެދުއެވެ. އޭނާގެ މާމަ ދަރިފުޅަށް ވެދާނެ ގޮތަކާމެދުއެވެ. ރީޝްއަށް ވެދާނެ ގޮތަކާ މެދުއެވެ. އެއްފަހަރުވެސް އަމިއްލަ ނަފްސަކަށް ވިސްނައެއް ނުލައެވެ. އަމިއްލަ ނަފްސުގެ ބަލިކަށި ކަމަކަށް ވިސްނައެއް ނުލައެވެ. އަމިއްލަ ނަފްސަށް ވުރެ އެހެން މީހުން އޭނާއަށް މާ މުހިންމު ފަދައެވެ. އަމިއްލަ ނަފްސަށް ކޮންމެ ފަދަ ގޮތެއް ވިޔަސް ވަރިހަމަ އީ ކަންނޭނގެއެވެ.

”މަންމާ. ހިތްވަރު ކުރޭ. އަހަރެމެންނަކަށް މިއަދު ކެތް ކުރުން ނޫން އިތުރު ގޮތެއް ނެތް. ކޮންމެ ކަމެއް ވެސް ވާނި ރަނގަޅަކަށް. އެކަލާނގެ ތަގްދީރު ލިޔެފައި ވަނީ އެންމެ ރަނގަޅަށް. އަހަރެމެން އެކަމަށް ފުރިހަމަ ތައްޔާރު ވާން ޖެހޭ. މަންމާ. ބައްޕާ. ކެތްތެރިވޭ. ޖައި.. ޖައިޝް ކޮވިޑަށް ފައްސި.” ރީޝް ބުނި ކޮންމެ ބަހެއް ނިޔާޝާ އާއި ޒާންގެ ހިތަށް ހަމަލާދެމުން ދިޔައީ މޭކަށިވެސް ފަޅާލާ ހިތުގެ ހަތަރު ފާރުވެސް ފުނޑު ފުނޑު ކޮށްލުމަށް ފަހުއެވެ.

އެއަޑު އަހާފައި ނިޔާޝާގެ ހެޔަށް ވެސް ގޮތްވެގެން ނުދިޔައީ ކިރިޔާއެވެ. މީހާ ފަހަތަށް އެއްލިގެން ދިޔައިރު އެ އިވުނި ބަސްތައް ގަބޫލު ކުރާކަށް އޭނާގެ މައިލަގޮނޑި އަކަށް ކެތެއް ނުވިއެވެ. މޭގައި ފިރުމަމުން ސޯފާގައި އިށީންދެލީ ދެފައި ކޮޅުން ވަރު ދޫވަމުން ދާ ކަހަލަ އިހްސާސެއް ވަމުން ދިޔައީތީއެވެ. މޭ ހީވަނީ ފިތިފައި ވާ ހެންނެވެ. ނޭވާލާން އުނދަގޫ ވަމުން ދިޔައިރު އޭނާގެ ދެލޮލުން ކަރުނަ އެތި ހޯސްލާފައި ފައިބަމުން ދިޔައެވެ.

ޒާންގެ ހާލަކީ ތޯއެވެ. ހުރި ހަމައެކަނި ދަރިފުޅު ނުރައްކާތެރި ބައްޔެއްގެ ޝިކާރަކަށް ވެގެން ދިޔައީ އޭނާ އެކަމަށް ވިސްނާވެސް ނުލާ ހުއްޓައެވެ. މީހާއަށް ލިބުނު ކުއްލި ސިހުމުގައި މެޔަށް ތަދެއް އަރައިގެން ދިޔައިރު އަނގައިން ދިޔައީ ވޭނީ ގިސްލުމުގެ އަޑެއް ބޭރުވަމުންނެވެ. ފައިން ވަރުދޫވެގެން ހުރި ތަނަށް ވެއްޓިގެން ދިޔައީ ހިތަށް ކެތް ނުވާވަރު ވުމުންނެވެ. ގަބޫލުކުރަން ދަތި އެތައް ހަގީގަތަކާ ކުރިމަތި ލާން ޖެހުމުން އޭނާގެ ހިތް ހީވަނީ ކުދިކުދި ވަމުން ދިޔަހެންނެވެ.

ރީޝްއަށް ވަށައިގެން ހިނގަމުން ދިޔަ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. ލޮލުން ލޭ ކަރުނަ އޮހެމުން ދިޔައީ ހިތުގައި ކޮޅިގަނޑެއް އުފައްދަމުންނެވެ. ކޮޅިގަނޑުގެ އަސަރު މުޅި ހަށިގަނޑަށް ފޯރަމުން ދިޔައީ ހިނދެއް ހިނދަކަށް އޭނާގެ ހަށިގަނޑު ބަލިކަށި ކުރުވަމުންނެވެ. ޖައިޝް ބައްޔަށް ފައްސިވިކަން އެނގުނީއްސުރެ އޭނާއަށް ވަނީ ބޮޑު ފުން ހިތާމައެއް ލިބިފައިއެވެ. މުޅި ދުނިޔެއިންވެސް އެންމެ ލޯބިވި މީހާއަށް އެފަދަ ނުރައްކާތެރި ބައްޔެއް ޖެހެން އެދޭނެ ހެއްޔެވެ؟ އަތުން ބީވެގެން ދާން ރުހެވޭނެ ހެއްޔެވެ؟ މުޅި ދުނިޔެއިން ވަކިވެގެން ދާން އެދެވޭނެ ހެއްޔެވެ؟ މިކަން އަމިއްލަ ނަފްސާ ސުވާލުކޮށްލަ ބަލާށެވެ.

ސިޓިންގ ރޫމުގައި ތިބި ތިން މީހުންވެސް ސިއްސައިގެން ދިޔައީ ގޭގެ ބެލް އަޅަމުން ދިޔަ އަޑަށެވެ. ރީޝް އަވަހަށް އިންތަނުން ތެދުވެލައިގެން ރަތްވެފައިވި ދެލޯ ފުހެލަމުން ދޮރާ ދިމާލަށް ހިނގާފައި ދިޔައިރު ނިޔާޝާއާއި ޒާން އިނީ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ބޮޑު ދޮރުގެ ތަންޑު ނައްޓުވާލައި ބޮޑު ދޮރު ހުޅުވާލި ރީޝް ސިއްސައިގެން ދިޔައީ މެންދުރުވެސް އެގެއަށް އައި މީހުން އަނެއްކާވެސް އައުމުންނެވެ. އެތަނުގައި ހުރީ ދެފިރިހެނުންކަމެއް ނޫނީ ދެ އަންހެނުން ކަމެއް ވަކި ކުރާކަށް ނޭނގެއެވެ. މުޅިގައި ނިވާވާ ގޮތަށް ހުދު ކުލައިގެ ރަބަރު ހެދުމެއް ލައިގެން ހުރިއިރު މޫނުގައި ވަނީ އަނގައާ ނޭފަތް ނިވާ ވާ ގޮތަށް މާސްކެއް އަޅާފައިއެވެ. އަދި ބޮލުގައި ވަނީ ކޮތަޅެއް ފަދަ އެއްޗެއް އޮޅައި އޭގެ މަތިން  މޫނު އެއްކޮށް ފޮރުވޭ ވަރަށް އަޑި ވަކި ވާ ވަރުގެ ތޮތްފެއް ވައްތަރު އެއްޗެއް އަޅާފައިއެވެ. ރީޝްއަށް އެދެމީހުންގެ ފައިން ފެށިގެން ބޮލާ ދިމާލަށް ބަލައިލުމަށްފަހު އެދެމީހުންނަށް ގެޔަށް ވަންނަން ދޮރު ބޮޑަށް ހުޅުވާލިއެވެ.

”އަޅުގަނޑުމެން އަނެއްކާވެސް މިއައީ އެޗްޕީއޭގެ ފަރާތުން. މިއަދު ހެދި ޓެސްޓުން ޖައިޝްވެސް ކޮވިޑަށް ފައްސިވެފައި ވުމުން އަޅުގަނޑުމެންނަށް އެބަ ޖެހޭ މިގޭގެ އެންމެންގެ ޓެސްޓް ހަދަން. އެއީ އެއްގެއެއްގައި އުޅުނު އިރު ބަލި އަރާފައި ހުރީ ކޮން ބޭފުޅެއްގެ ގަޔަށް ކަމެއް ނޭނގޭ. އެހެންވީމަ ހިންގަވާ އަޅުގަނޑުމެންނާއެކު.” އެތަނުން ވާހަކަ ދެއްކީ ކާކު ކަމެއް ވެސް ރީޝްއަކަށް ނޭނގުނެވެ. ނަމަވެސް އެމީހުންގެ އަމުރަށް ކިޔަމަންވުމަށް ޓަކައި ނިދާފައި އޮތް ޝިޒާ ގޮވައިގެން ގޭ ތަޅުލުމަށްފަހު އެންމެން ނުކުމީ އެދެމީހުންގެ ފަހަތުންނެވެ.

ތިން ގަޑިއިރު ތެރޭގައި ހަތަރު މީހުން ފަރުކޮޅުފުށީގައި ހުރި ކަރަންޓީން ފެސިލިޓީއަށް ގެންދިޔައެވެ. ކޮޓަރިއެއްގައި ދެމީހަކު ހުންނަން ޖެހުމުން އެމީހުންނަށް އެކަން ވެސް ވީ ބޮޑު ވޭނަކަށެވެ. ނަމަވެސް އެކަމަށް ވެސް ބޮޑެތި މީހުންނާ ޝަކުވާ ނުކުރީ ދެމީހުންނަށް ތިބެވޭ ކަމަށް ޓަކައިވެސް ޝުކުރު ކުރާ ހާލުއެވެ. ރީޝް އާ ޝިޒާ އެއް ކޮޓަރިއެއްގައި ހުރިއިރު ނިޔާޝާ އާއި ޒާން ހުރީ އެހެން ކޮޓަރިއެއްގައިއެވެ.

އެތަނަށް ގެނެސް އެއްގަޑިއިރު ތެރޭގައި ހަތަރު މީހުންގެ ސުންކު ނަގައި ނިމިގެން ދިޔައިރު ދެން އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ލިބޭނެ ނަތީޖާއަކާ މެދުއެވެ. ހުއްޓާ ނުލައި ދުޢާ ކުރަމުން ދިޔައީ އެމީހުން ބައްޔަށް ފައްސި ނުވޭތޯއެވެ. ނަމަވެސް ތަގްދީރުގައި ލިޔެވިފައި ވަނީ ކީކޭކަން އެނގޭނީ ކާކަށް ހެއްޔެވެ؟ ކުރިއަށް ވާން އޮތް ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟

”މަންމީ. ޝިޒްމެން ކީއްވެ މިތަނަށް ގެނައީ؟ ކޮބައި ބައްޕި؟ ޝިޒްއަށް މިއަދު އަދި ބައްޕިއެއް ނުފެނޭ ހެނދުނު ފެނުނު ގޮތަކަށް.” ޝިޒާ ނިކަން ދެރަވެލާފައި ވާހަކަ ދެއްކި ގޮތުން ރީޝްގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ވަގުތުން އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުން ރީޝްއަށް ޝިޒާގެ ގައިގައި ބައްދާލެވުނީ ޥާހަކަ ދައްކަން ނުކުޅެދުމުންނެވެ.

ކުއްލިއަކަށް ރީޝްގެ ނޭވާގެ އަޑު ބާރުވެގެން ދިޔައެވެ. އަވަސް އަވަހަށް ނޭވާލަމުން ދިޔައީ ކުރުވެފައިވާ ނޭވާއިންނެވެ. ނޭވާލަމުން ދިޔަ ގޮތުން ހީވީ ދެންމެ ދެންމެ ނޭވާ އުފުރިގެން ހިނގައިދާނެ ހެންނެވެ. ރީޝްއަށް ކުއްލިއަކަށް ޝިޒާ ދުރަށް ޖައްސައިލެވުނެވެ. އަދި ކޮޅަށް ތެދުވެ ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ހިނދަކަށް ފަހު ހިނދެއް ދިޔައީ ރީޝްގެ ހާލަތު ގޯސްވަމުންނެވެ. ނޭފަތުންނާއި އަނގައިން ލޭއަންނަން ފެށީ މީހަކު ސިއްސުވާލާނެ ފަދައިންނެވެ. ކުއްލިއަކަށް އޭނާ ކެއްސައި ގަތީ ނުހަނު ބާރަށެވެ. ކަރުގެ ހަންވެސް ދާ ހާ ބާރަށެވެ. ޝިޒާއަށް ލިބުނު ސިހުމުގައި ދުރަށް ޖެހިލެވުނީ ކަންތައް ކުރަންވީ ގޮތް ހިތަށް ގެންނަން މަސައްކަތް ކުރަމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ޝިޒާ ކޮޓަރިން ބޭރަށް ދިޔުމަށް ދުއްވާގަތީ އޭނާއަށް ދުވެވޭނެ އެންމެ ބާރަކަށް ދުވެފައިއެވެ. ކޮޓަރީގެ ދޮރުވެސް ނުޖަހާ ދިޔުމުން ރީޝްއަށް ޝިޒާ ދިޔަތަން ބަލަން ހުރެވުނީ ކެއްސަމުންނެވެ. ލޮލުންވެސް ކަރުނަ އެތި ފައިބަމުން ދިޔައެވެ.

”މާމާ. މާމާ. ކާފާ.” ޝިޒާ ކޮޓަރިއެއްގެ ދޮރު މައްޗަށް އަރައި ނުހަނު ބާރަށް ދޮރުގައި ތަޅައިގަތެވެ. އޭރު އޭނާގެ ހިތް އެންމެ ބާރަށް ތެޅެމުން ދިޔައިރު ހަރަކާތްތައް ވަނީ އަވަސްވެފައިއެވެ. ”މާމާ.” އެތައް ފަހަރަކު ގޮވައިން ނިޔާޝާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ޝިޒާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމާއި ބިރުވެރިކަމުގެ ސަބަބުން ނިޔާޝާއަށް ކޮންމެސް ކަމެއް ގޯސް ވެއްޖެކަން އެނގިގެން ދިޔައެވެ. ”މާމާ. މަ..މަންމި.” ޝިޒާއަށް އަޑުގެ ނެތްތަނަށް ރޯން ފެށުނީ ނިޔާޝާގެ ގައިގައި ބައްދައިލަމުންނެވެ. ނިޔާޝާ އަވަސް އަވަހަށް ރީޝް ގޮވައިގެން ރީޝްގެ ކޮޓަރިއަށް ދިޔައީ ނުހަނު އަވަސްވެފައި ހުރެއެވެ. ވީ ކިހިނެއްކަން ނޭނގޭތީ ނިޔާޝާގެ ހިތްދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

އެކޮޓަރިއަށް ވަތް ނިޔާޝާއަށް ހީވީ މުޅި ދުނިޔެވެސް އެނބުރިގަތް ހެންނެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އިހްސާސެއް ކުރެވުނު އިރު ވަގުތުން ބޮލުގައި އަތް އަޅައި ހަޅޭ ލަވައިގަތީ ބިންމައްޗަށް ބަލަން ހުރެއެވެ. ޝިޒާއަށް ވެސް ރޮމުން ވެއްޓިފައި އޮތް ރީޝްގެ ގާތަށް ތިރިވެވުނެވެ. އަނގައިންނާ ނޭފަތުން ފައިބާފައި ހުރި ލޭތައް މުށިގަނޑު މަތީ އަދި ލައިގެން ހުރި ހެދުންވެސް ފޯ ކުރަމުން ދިޔައެވެ. ރީޝްގެ ހަށިގަނޑުގައި ހޭ ނެތްކަން އެނގުމާއިއެކު ނިޔާޝާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ.

ނިޔާޝާގެ ފަހަތުން މަޑު ހިނގުމެއްގައި ހިނގާފައި އައި ޒާންގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ ލެއިން ފޯވެފައި އޮތް ރީޝް ފެނިފައިއެވެ. އެމަންޒަރު ފެނިފައި އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައިރު ކެތްކުރަން ދަތިވެގެން ދިޔައެވެ. ”ޒާން. މީހަކަށް ގޮވަން ދޭބަލަ. މީހަކަށް ގޮވާބަލަ.” ނިޔާޝާއަށް ހަޅޭލަވައިގަނެވުނެވެ. އަދި އެކި ފަރާތް ފަރާތަށް ބޯ އަނބުރަން ފެށިއެވެ. ނިޔާޝާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ޒާން ދުވެފައި ދިޔައީ މީހަކު ފެނޭތޯއެވެ. ދުވެފައި އެކި ތަންތަނަށް ބޯ ދިއްކުރަމުން ދިޔައީ މީހަކު އަވަހަށް ފެންނާނެ ކަމަށް އުންމީދު ކުރަމުންނެވެ. ހިސާބަކަށް ދެވުމާއިއެކު ޒާންއަށް މީހެއްގެ ހިލަމެއް ވުމުން ފަހަތް ބަލައިލެވުނެވެ. އޭނާއަށް ހީވި ހީވުން ރަނގަޅުވެގެން ދިޔުމާއިއެކު އަވަސް އަވަހަށް ދުވެފައި ގޮސް އެމީހާގެ ކުރިމައްޗަށް އަރައިލިއެވެ. ”އަހަ.. އަހަރެންގެ.. ދަރިފުޅު..” ޒާން އެހެން ބުނެފައި އެމީހާގެ އަތުގައި ހިފައިލާގެން ކޮޓަރިއާ ހަމައަށް ދުއްވާގަތެވެ.

ތަޅުން މައްޗަށް ވެއްޓިފައި އޮތް ރީޝް ފެނިފައި އެމީހާއަށް ވެސް ކުއްލި ސިހުމެއް ލިބިގެން ދިޔައިރު އޭނާ އަވަސް ވެގަތީ އެހެން މީހުން ގެނެސް އަވަހަށް ރީޝް މާލެ ގެންދެވޭތޯއެވެ. އެއްގަޑިއިރު ތެރޭގައި ހުރިހާ ކަމެއް ނިމިގެން ދިޔައިރު މިނެޓަކަށް ފަހު މިނެޓެއް ދިޔައީ ޝިޒާ އަދި ނިޔާޝާގެ ހާލު ދަށް ވަމުންނެވެ. މިހުރިހާ ކަމަކާމެދު ވިސްނަމުން ދިޔަ ޒާންގެ  ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތެވެ. މާލެއަށް ރީޝް ގެންދިޔަ ފަހުން އަދި ހަބަރެއް ނުވާތީ ނިޔާޝާ އާއި ޒާންގެ ހިތް އިތުރަށް ހާސްކުރުވަމުން ދިޔައެވެ.

***

އޭގެ އެނެއް ދުވަހު ހަތަރު މީހުން ނެގި ސުންކުތަކުގެ ނަތީޖާ ލިބިގެން ދިޔައީ މުޅި ރާއްޖެ ވެސް ހޭލައްވާލަމުންނެވެ. އެއް އާއިލާއެއްގެ އެންމެން މުޅިން އަލަށް ރާއްޖެއިން ފައްސިވެގެން ދިޔައީ މީޝާގެ އާއިލާވެސް ނިދިން ހޭލައްވާލަމުންނެވެ. އޭނާގެ އެކުވެރިޔާވެސް ނުރައްކާތެރިކަމުގެ ޝިކާރައަކަށް ވެގެން ދިޔައީ ނުވެސް ދެނެ ހުއްޓައެވެ.

އެހަބަރު ލިބިފައި މީޝާގެ ލޮލުން ކަރުނަ ހިކިގެން ނުދެއެވެ. ކޮންމެ ސިކުންތެއްވެސް ފާއިތުވަމުން ދިޔައީ އޭނާގެ ލޮލުން ކަރުނައެއް ވައްޓާލަމުންނެވެ. ހައިޝަމްއަށް ވެސް ވަނީ ސިހުމެއް ލިބިފައިއެވެ. އެގޭ އެހެން މީހަކު ނުދަނަސް އެގެއިން އޭނާ ދަންނަ މީހަކަށް ހުރީ ހަމައެކި ޒާންއެވެ. އެގެޔަށް އޭނާ އައި ފަހުން އޭނާ އާ އެންމެ ގާތްކޮށް ވާހަކަ ދައްކާފައިވަނީ ޒާންއެވެ.

***

އެނދުމަތީގައި ކަންފަތަށް ހެޑްސެޓް ޖަހައިގެން ލަވަ އަޑުއަހަމުން ދިޔަ ޖީނާގެ މޫނަށްވެސް ހިތާމަވެރިކަން ފާޅު ވެގެން ދިޔައީ ޖައިޝްގެ އާ އެއްކޮށް އޭނާގެ އާއިލާވެސް ކޮވިޑަސް ފައްސިވިކަން އެނގުމުންނެވެ. އެކަމުގެ ސަބަބުން ޖީނާގެ ދެލޯ ވެސް ކަރުނުން ފުރިގެން ދިޔައީ އެކަން އެގޮތަށް ވުމަށް ނޭދޭ ހާލުއެވެ. ރައްޓެއްސެއްގެ އިތުރުން އެކީގައި އޮފީހުގައި މަސައްކަތް ކުރާތީ ޖައިޝްއަށް އަދި އޭނާގެ އާއިލާއަކަށް ވެސް ދެރައެއް ލިބޭކަށް ޖީނާ ނޭދެއެވެ.

ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ ގަބޫލު ކުރަން ދަތި ހަގީގަތް ތަކާ ވެސް ކުރިމަތި ލާން ޖެހޭނެ ނޫން ހެއްޔެވެ؟ ކިތަންމެ ވާން ބޭނުން ނުވާ ކަންތައްވެސް ދިރުއުޅުމުގައި ވާނެ ނޫން ހެއްޔެވެ؟ ނަމަވެސް ކުރިއަށް ލާ ކޮންމެ ކަމަކަށް ވެސް ތައްޔާރު ވެއްޖެ ނަމަ ސަލާމަތް ވެވޭނެ ނޫން ހެއްޔެވެ؟ ރައްކާތެރިކަމުގެ ފިޔަވަޅު ކުރިން ލާ އަޅައިފި ނަމަ ސަލާމަތްވުމަކީ ފަސޭހަކަމެއް ނޫން ހެއްޔެވެ؟ ނަމަވެސް މިބަލިން ވެސް ރައްކާތެރިވާން ގިނަ މީހުންނަށް މާސްކް އަޅަންވެސް މިވަނީ ބޮޑު ކަމަކަށް ނޫން ހެއްޔެވެ؟ ބަލިން ރައްކާތެރިވާން ކުރަން ޖެހޭ ހަމައެކަނި ކަމަކީ ސާފުތާހިރުވުމެވެ. ގޭގެ އޮތުމެވެ. ކުރަން ޖެހެނީ މަދު ކަމެއް ނޫން ހެއްޔެވެ؟ ކުރަން ޖެހެނީ ނުހަނު ފަސޭހަ ކަމެއް ނޫން ހެއްޔެވެ؟ ނަމަވެސް ގިނަ ބަޔަކަށް މިކަން ނުކުރެވެނީ ކީއްވެ ހެއްޔެވެ؟ އެހައި ފަސޭހަ ކަމެއް ބޮޑު ބުރައަކަށް ހަދައިގެން އެކަންތައްތައް ނުކުރަނީ ކީއްވެ ހެއްޔެވެ؟ ހަމަގައިމުވެސް ކުރަން މިޖެހެނީ ބޭރަށް ހިނގަން ދިޔުމަށްވުރެ ފަސޭހަކަމެއް ނޫން ހެއްޔެވެ؟ މިކަމާ އެއްބަހެއް ނުވެވޭ ހެއްޔެވެ؟ މިކަމެއް ގަބޫލެއް ނުކުރެވޭ ހެއްޔެވެ؟

***

ޖައިޝްއަށް ހީވީ އޭނާގެ ކަންފަތް ބުޑުގައި ނިއުކުލިއާ ބޮމެއް ގޮއްވާލިހެންނެވެ. ގޭގެ އެންމެން ކޮވިޑަށް ފައްސިވުން އެއީ ޖައިޝްއަށް ގަބޫލުކުރަން ދަތިވި ބޮޑު ހަގީގަތެކެވެ. ކޮވިޑްގެ އިތުރުން ރީޝްގެ ލެޔަށް ކެންސަރު ޖެހިފައި ހުރުމުގެ ސަބަބުން ޖައިޝްއަށް ދިޔައީ އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވެމުންނެވެ.

”ރީޝް އެހައި ބަލިވެ އުޅޭކަން އެނގުމުންވެސް އަހަރެންނަށް އެކަމަށް އަޅާ ނުލެވުނީ ކީއްވެ ހެއްޔެވެ؟ ރީޝްއަށް ކުޑަކޮށް ނަމަވެސް އަހަރެންގެ ސަމާލުކަން ނުދެވުނީ ކީއްވެ ހެއްޔެވެ؟ އަހަރެން ހަމަ އެހައިވެސް ގޯހީ ހެއްޔެވެ؟ އަމިއްލަ ދަރިފުޅާ އަހަރެންގެ މިލްކަކަށް ވެފައިވި އަނބިމީހާގެ އިތުރުން މައިންބަފައިންގެ ހާލު ބަލައިނުލެވުނީވެސް ހަމަ އަހަރެންގެ ނުބައި ކަމުންނެވެ. ރައްޓެހިންނާ އެކު ވަގުތު ހޭދަ ކޮށްގެން މިއަދު އަހަރެންނަށް ލިބުނީ ކޯއްޗެއް ހެއްޔެވެ؟ ދަރިފުޅަށާއި އަނބިމީހާއަށް އިތުރު ހިތާމައެއް ދިނުން ނޫން އިތުރު ކަމެއް އަހަރެންނަކަށް ނުކުރެވެ އެއް ނޫން ހެއްޔެވެ؟ އަހަރެންގެ ސަބަބުން ރީޝް ކިހައި ކަރުނައެއް އަޅާނެ ހެއްޔެވެ؟ ކިހައި ހިތާމައެއް ކުރާނެ ހެއްޔެވެ؟ އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން އަހަރެން ނުފެނުމުން ދަރިފުޅުގެ ހިތަށް ކިހައި އަސަރެއް ކުރާނެ ހެއްޔެވެ؟ ނަމަވެސް އަހަރެންނަށް މިކަން ކުރިން ނުވިސްނުނީ ކީއްވެ ހެއްޔެވެ؟”

ޖައިޝްއަށް ވަށައިގެން ހިނގަމުން ދިޔަ ކަންތައް ހިނދުކޮޅަކަށް ހުއްޓިގެން ދިޔައެވެ. ވިސްނެމުން ދިޔައީ ރީޝް އާ މެދުއެވެ. ދެން ވާނީ ކިހިނެއް ކަމާމެދު އޭނާގެ ހިތާ އެތައް ފަހަރަކު ސުވާލު ކުރެވެމުން ދިޔައެވެ.

***

ޒާން އާއި ނިޔާޝާގެ އިތުރުން ޝިޒާގެ ހާލުވެސް ގަޑިއިރަކަށްފަހު ގަޑިއިރެއް ދަށްވަމުން ދިޔައީތީ އެތިން މީހުންވެސް މާލެ ގެނެވިގެން ދިޔައެވެ. އަދި އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ތިން މީހުންނަށްވެސް ފަރުވާ ދޭން ފެށީ ނޭވާ ނުލެވިގެން ތެޅި ފޮޅެން ފެށީތީއެވެ. ރީޝްވެސް އެތަނުގައި އެޑްމިޓް ކޮށްފައިވުމުން ތިންމީހުންގެ ހިތަށްވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް ރީޝްގެ ލޯ ކައިރި ކަޅުވެފައި ވިއިރު ތުންފަތް ވެސް ހިކި ފެޅިފައި ވުމުން ނިޔާޝާ އާއި ޒާން އަށް ސިހުން ގެނުވިއެވެ. ރީޝްއަށް ވެސް ވެންޓިލޭޓަރުގެ އިތުރުން އިތުރު މެޝިންތަކެއް ގުޅާފައިވުމުން ރީޝްގެ ހާލު ރަނގަޅު ނޫންކަން އެނގެމުން ދިޔައެވެ.

ކުއްލިއަކަށް ރީޝްއަށް ގުޅާފައި ހުރި މެޝިންތަކުގެ އަޑު ބާރު ވެގެން ދިޔައެވެ. ކުއްލި ކުއްލިއަށް ރީޝްގެ އަތް ހަރަކާތް ކުރަމުން ދިޔައިރު ނޭވާ ލަމުން ދިޔައީ ވަރަށް ވެސް އުނދަގުލުންނެވެ. ކޮވިޑް ނަވާރައިގެ އަލާމާތްތަކުގެ އިތުރުން ލޭގެ ކެންސަރުގެ އަލާމާތްތައް ރީޝްގެ ގައިން ފެންނަމުން ދިޔައިރު އެ ވަރުދެރަ ހަށިގަނޑު ހަނގުރާމަ ކުރަމުން ދިޔައީ ބާރުގަދަ ބައްޔެއް ކަމުގައިވާ ދެބައްޔަކާއެވެ. ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ އެފަކީރުގެ ހަށިގަނޑުގައި އަޅާނެ ވޭން އެއްވެސް މީހަކަށް އަންދާޒާ ކޮށްލެވޭނެ ހެއްޔެވެ؟

ނަރުހުންނާއި ޑޮކްޓަރުން މެޝިންތަކުގެ އަޑާއެކު އެތަނަށް އެއްވާން ފެށިއެވެ. ތެޅެމުން ދިޔަ ހިތަކާއެކު ނިޔާޝާ އާއި ޒާން އެދިމާލަށް ބަލަން އޮތީ ކަރުނަވީ ދެލޮލުންނެވެ. ޑޮކްޓަރުންގެ އެއްވެސް ފަރުވާއަކަށް ރީޝްގެ ހަށިގަނޑު ގުޑިއެއް ނުލިއެވެ. ހިނދެއް ހިނދަކަށް މެޝިންތަކުގެ އަޑު ބާރުވަމުން ދިޔައެވެ. އެންމެ ފަހުން އެއަޑު ކެޑިގެން ދިޔައީ އީސީޖީ މެޝިނުގެ ސްކުރީނަށް ތެދު ރޮނގެއް އަރަމުންނެވެ. ރީޝްގެ އަނގައިންނާއި ނޭފަތުން ލޭއެތި ފައިބަމުން ދިޔައެވެ. ކަންފަތުންވެސް ޕޮއްކިޔާފައި ލޭ ފައިބައިގަތެވެ.

ނިޔާޝާ އާއި ޒާން އަށް ހަޅޭ ލަވާގަނެވުނެވެ. ރީޝްގެ ހަށިގަނޑުން ފުރާނަ ވަކިވެގެން އެދިޔައީ އެމީހުންގެ ކުރިމަތީގައިއެވެ. ހިތަށް ކުރި ފުން އަސަރެއްގެ ސަބަބުން ދެމީހުންނަށް ވެސް ދެލޯ މަރައިލެވުނެވެ. ނަމަވެސް އެސްފިޔަތައް ފޫ އަޅުވާލާފައި ކަރުނަތައް ފައިބަން ފެށިއެވެ. އޭގެ އިރުކޮޅެއް ފަހުން ދެން އިވެން ފެށީ ޝިޒާއަށް ގުޅާފައި ހުރި މެޝިންތަކުގެ އަޑެވެ. ޑޮކްޓަރުން އެދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި ދިޔައިރު ނޭވާ ނުލެވިގެން ޝިޒާ ތެޅިފޮޅެމުން ދިޔައެވެ. ކުރާނީ ކީއްކަން ނޭނގިފައި ޑޮކްޓަރުންނަށްވެސް ހިނދަކަށް އެތަނުގައި ހުރުމަށްފަހު އެތަނުން ދެވެން ހުރި ހުރިހާ ފަރުވާއެއް ދޭން ފެށިއެވެ. ނަމަވެސް ޝިޒާގެ ފުރާނަވެސް ސަލާމަތް ކުރެވޭނެ ގޮތެއް ނުވިއެވެ. އިލާހީ ގާނޫނުގައިވާ ގޮތައް އެދެމައިން މުޅި ދުނިޔެއަށް އަލްވަދާއު ކީ މުޅި ރާއްޖެވެސް ރޮއްވާލަމުންނެވެ. ކުޑަ ކުޑަ ފުރާނައެއް ބަލީގައި މަރުވެގެން ދިޔަ އެއީ ފުރަތަމަ ފަހަރުކަމުން އެންމެންގެ ހިތުގައިވެސް ބިރުވެރިކަން އުފެދިގެން ދިޔައެވެ.

ޝިޒާގެ ފުރާނަ ނެތް މަސްގަނޑު ފެނިފައި ނިޔާޝާއަށް އެކުޑަ ކުޑަ ހަށިގަނޑުގައި ބައްދާލެވުނެވެ. އަދި އަޑުން އަޑު ނަގައި ރޯން ފެށުނެވެ. އެކުޑަކުޑަ ދަރިފުޅު ވަކިވެގެން ދިޔަކަން އަދިވެސް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ. ޒާންއަށް ވެސް ވެފައި ހުރީ އެފަދަ ގޮތެކެވެ. ލޮލުން ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަމުން ދިޔައީ ދެލޮލުން ހޫނު ދިލައެއް ނަގުވަމުންނެވެ. ރީޝްގެ އެއްވެސް ހަރަކާތެއް ނެތް ހަށިގަނޑު ފެނިފައި ނިޔާޝާއަށް ގިސްލެވެން ފެށިއެވެ. އެހައި ރަނގަޅު ދަރިއެއް ވަކިވެ ދިޔުމުން ވާނީވެސް އެހެންނެއް ނޫން ހެއްޔެވެ؟ އަމިއްލަ ދަރިއެއް ހެން ކައިރީގައި ގެންގުޅުނު ކުއްޖެއް ވެކިވެ ދިޔުމުން އެހެންނުވާންވީ ކީއްވެ ހެއްޔެވެ؟

ކުއްލިއަކަށް ނިޔާޝާގެ ވެސް ނޭވާ ކުރުވާން ފެށިއެވެ. އެންމެ ގަދައަށް ހުން އައިސް މީހާގެ ވަރު ދޫވެގެން ދިޔައެވެ. އަވަސް އަވަހަށް ނޭވާލަމުން ދިޔައިރު ދެންމެ ދެންމެ ހީވީ ހަށިގަނޑާއި ފުރާނަ ދެތަން ވެދާނެ ހެންނެވެ. އޭގެ ދެގަޑިއިރު ފާއިތުވެގެން ދިޔައީ ސައުވިސް ގަޑިއިރު މަރުވި މީހުންގެ އަދަދަށް ރެކޯޑެއް ގެނުވަމުންނެވެ. ހަތަރު މީހުން އެއްދުވަސް ތެރޭ މަރުވެގެން ދިޔައީއެވެ. އެއްއާއިލާއަކުންނެވެ. ނިޔާޝާ ވަކިވެ ދިޔުމަށްފަހު ޒާންއަށް ވެސް ހާޓް އެޓޭކެއް ޖެހިގެން މި ދުނިޔެ ދޫކުރީއެވެ. ކޮން ފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ މިވަރުގެ ބޮޑު ހިތާމައަށް މީހަކަށް ލިބޭނެ ހެއްޔެވެ؟

***

ކަރަންޓީނު ފެސިލިޓީގައި ހުރި ޖައިޝްގެ ހަށީގައި ހޭ ހުރީ ހަމަ ކިރިޔާއެވެ. އޭނާ އެކަނި ކޮށްފައި އެންމެން ބީވެ ދިޔުމުން އެއީ ޖައިޝްއަށް ތަހައްމަލް ކުރަން ފަސޭހަވި ކަމެއް ނޫނެވެ. އޭނާގެ ފުރާނައާއި ހަށިގަނޑުވެސް ދެތަން ވާނެ ނަމަ ކިހައި ރަނގަޅު ހެއްޔޭ ޖައިޝްގެ ހިތަށް އަރަމުން ދިޔައެވެ. ލޯބިވާ މައިންބަފައިންނާ ލޯބިވާ އަނބިމީހާ ގެ އިތުރުން ހުރި ހަމައެކަނި ލޯބި ލޯބި ދަރިފުޅުވެސް ވަކިވެގެން ދިޔައީއެވެ. ޖައިޝް މުޅި ދުނިޔެއަށް އެކަނިކޮށްލުމަށް ފަހުއެވެ. ނަމަވެސް އެއީ ޖައިޝް ކުރި ކުށުގެ ސަޒާ ނޫން ހެއްޔެވެ؟ އެދުވަހު ޖައިޝް ރީޝް ކޮއްޕާލުމަށްފަހު ގޭގެ އޮޅިގަނޑު ގިރާ ނުކުރިނަމަ މިހެން ނުވީސް ނޫން ހެއްޔެވެ؟ ކުޑަމިނުން ރައްކާތެރިކަމުގެ އެއްވެސް އެއްޗެއް ބޭނުން ކުރި ނަމަ މިހެން ނުވީސް ނޫން ހެއްޔެވެ؟  މައިންބަފައިންގެ ނަސޭހަތް އަޑު އަހައިގެން ގޭގައި އޮވެވުނު ނަމަ އެއިން އެކަކުވެސް އޭނާ ދޫކޮށްފައި ނުދިޔައީސް ކަން ޔަގީނެއް ނޫން ހެއްޔެވެ؟ ރީޝްގެ ހަށިގަނޑަށް އައި ބަދަލު ކުރިން އެނގެން މަސައްކަތް ކުރި ނަމަ މާތްﷲ އިރާދަކުރައްވާފިއްޔާ ރީޝްވެސް ދުނިޔޭގައި ހުރީސް ނޫން ހެއްޔެވެ؟ އެދުވަހު ބޭރުން އައިސް މަންމަ އާއި ބައްޕަ އަދި ރީޝް ބުނި ފަދައިން ފެންވަރައި ސާފުތާހިރު ވެލި ނަމަ މިހެން ނުވީސް ނޫން ހެއްޔެވެ؟ އެދުވަހު މާސްކް އަޅައިގެން ބޭރަށް ދިޔަނަމަ މިހެން ނުވީސް ނޫން ހެއްޔެވެ؟

ޖައިޝްއަށް އޭނާ ދުނިޔޭގައި ހުރުމުގެ ބޭނުން އޮޅިގެން ދިޔައެވެ. އެންމެން އޭނާ ދޫކޮށްފައި ދިޔުމުން އޭނާއަށް ކަންކުރަންވީ ގޮތް އޮޅިގެން ދިޔައެވެ. ވާންވީ ގޮތް އޮޅިގެން ދިޔައެވެ. ”އަހަރެން ރީޝް އާ ޝިޒާއަށް އަޅާނުލީ އެދެމީހުން ދެކެ ލޯބި ނުވާތީއެއް ނޫނެވެ. ރައްޓެހިންނާއެކީ ބޭރުގައި އުޅުނީ އެދެމީހުން ދެކެ ލޯބި ނުވާތީއެއް ނޫނެވެ. އަހަރެންގެ ސިކުނޑި އެކަމަށް އެދި ސިގްނަލް ދެމުން ދިޔައެވެ. ދަރިފުޅާ އަނބިމީހާއާ އެކު ވަގުތު ހޭދަ ކުރުމަށް އަމުރު ކުރަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ނަފްސު ސިކުނޑިއާ އެއްކޮޅަށް މަސައްކަތް ނުކުރަނީއެވެ. ކިތަންމެ ބޭނުން ވިޔަސް ނުވަނީއެވެ. ހަމައެކަނި މިހެން މިވަނީ އަހަރެންނަށް ހެއްޔެވެ؟ އެހެން މީހަކަށް އެހެން ނުވޭ ހެއްޔެވެ؟ ތިމާ އެދޭ ކަންތަކަށް ގިނަފަހަރު އަމިއްލަ ނަފްސް ދެކޮޅެއް ނުހަދާ ހެއްޔެވެ؟ މުޅިންވެސް އަހަރެންނަށް މިހެން މިވީ އެހެންވެއެވެ. މަންމަ އާއި ބައްޕަ ދިން ނަސޭހަތް ތަކަށް ބޯ ލަނބަން ކިތަންމެ ހާ ވެސް ބޭނުމެވެ. ނަމަވެސް ބޭނުންވި ގޮތަކަށް އެއްވެސް ކަމެއް ނުވިއެވެ. އެދުވަހު ގޭގެ އޮޅިގަނޑު ގިރާ ކުރުމަށްފަހު އަނެއްކާވެސް ގެޔަށް އައިސް ވަދީ ކިތައް ފަހަރުކަން އެނގޭ ހެއްޔެވެ؟ ނަމަވެސް ދިޔައީ އެކުވެރިޔާގެ އެދުމަކަށް ދެކޮޅު ހަދަން ނުކެރިގެންނެވެ. ދުވަހަކުވެސް އަހަރެންގެ އާއިލާ މީހެއްގެ ބަހަށް ދެކޮޅު ހަދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ ބޭނުންނުވާ ގޮތަށް ކިތަންމެ ކަމެއް ނިމިގެން ދިޔައީއެވެ. އަހަރެންނަށް އަންގާވެސް ނުލައިއެވެ. އެންމެން އަހަރެންގެ އަތުން ބީވެ ދިޔައީ އަހަރެންގެ ސަބަބުންނެވެ. ކުރެވުނު ކުށެއްގެ ސަބަބުންނެވެ. ދަރިފުޅު ގައިގައި ލޯބިން ބައްދާނުލެވިއެވެ. އަނބިމީހާގެ މޫނުގައި ލޯބިން ފިރުމާނުލެވިއެވެ. މަންމަ އާއި ބައްޕަގެ ކިބައިން މައާފަށް ނޭދެވި ހުއްޓައެވެ. ވަގުތު ފާއިތުވެގެން ދިޔައީއެވެ. އަހަރެންނަށް އެންމެ ފަހަރަކުވެސް މަޢާފަށް އެދެން ފުރުސަތެއް ނުދީއެވެ. އަހަރެންގެ މުޅި ހަޔާތް އިންދިރާސްވެ ދިޔައީއެވެ. މުޅި ހަޔާތް ކަޅު އަނދިރި ގަނޑަކަށް ވެ ދިޔައީއެވެ. މުޅި ހަޔާތް ބަރުބާދުވެ ދިޔައީއެވެ. އެކަނިވެރިކޮށްލާފައިއެވެ.”

ޖައިޝްއަށް އޭނާގެ ފޯނު ނަގައި ގެލެރީގައި އިން ފޮޓޯއެއް ހުޅުވާ އެޔަށް ބަލައިލިއެވެ. ދެލޮލަށް ކަރުނަ ގިނަވެގެން ގޮސް މަންޒަރު ފުސްވެގެން ދިޔައެވެ. އާއިލީ ފޮޓޯ ފޯނުން ފެންނަމުން ދިޔައިރު ޖައިޝްގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނައެއް ދިޔައީ ފޯނުގެ ސްކްރީނު ތެއްމަމުންނެވެ. އެފޮޓޯގަނޑުގައި ޖައިޝްއަށް މަޑުމަޑުން ފިރުމާލެވުނެވެ. ”އެދެނީ ޖަންނަތުގައި ދިމާވުން.. މަންމާ، ބައްޕާ، ރީޝް، ދަރިފުޅާ، އަހަރެންނަށް މައާފު ކުރޭ. ކުރެވުނު ކުށް މިހާރު އެނގިއްޖެ. މައާފު ކުރޭ.” ޖައިޝް އަށް ރޮއިގަނެވުނެވެ. މޭގައި އަތް އަޅައިގެންނެވެ. ރަތްވެފައިވި ދެލޮލުން ދިލަ ނަމަގަމުން ދިޔައެވެ. ނަމަވެސް ކުރެވުނު އެންމެ ކުށެއްގެ ސަބަބުން އޭނާގެ މުޅި ހަޔާތް ބަދަލު ކޮށްލާފިއެވެ. ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ދިރިއުޅުން ތޫފާނަކަށް ހަދައިލާފިއެވެ.

~ ނިމުނީ ~

”އަލްހަމްދުލިއްލާހް. ”ޖައިޝް” މި ވާހަކަ ކާމިޔާބު ކަމާއިއެކު ނިންމާލެވުނު ކަމަށް ޓަކައި މާތްﷲ އަށް ހަމްދުކުރަން. އަދި މިވާހަކަ ލިޔުމަށް އަޅުގަނޑަށް ހިޔާލު ދެއްވި އެންމެ ގާތް އެކުވެރިޔާއަށް ފަށްފަށުން ޝުކުރު އަދާކުރަން. މީގެ އިތުރުން މި ވާހަކައިގެ ކޮންމެ ބަޔަކަށް ކޮންމެންޓް ކޮށް އަޅުގަނޑަށް ސަޕޯޓް ދެއްވި (ކައިރާ، ލަމްކޮ، ބުލޫބާޑް) އަށް ވަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިވާހަކައިގެ ކޮންމެ ބައެއް ކިޔާލުމަށްފަހު ލައިކް ދެއްވި ކިޔުންތެރިނަންނަށް ވެސް ވަރަށް ވަރަަށް ބޮޑަށް ޝުކުރު ދަންނަވަން. ކޮންމެ ކުއްޖެއްގެ ނަން ވަކިން ނުލިޔުނު ކަމުގައި ވި ނަމަވެސް އަޅުގަނޑަށް ތިދެއްވި ސަޕޯޓާއި ތި ވެދިން އެހީތެރިކަމަށް ވަރަށް ވަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ތިގޮތުގައި އަބަދުވެސް އަޅުގަނޑަށް ސަޕޯޓް ކުރަން ހުރެދެއްޗެ.

އުންމީދު ކުރަން މި ވާހަކަ ވެސް ގިނަ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް. އަދި ރަނގަޅު އިބްރަތެއް ލިބިގެން ދާނެ ކަމަށް. މިއީ އަޅުގަނޑު އެއްވެސް ހާލެއްގައި ވާނެ ކަމަށް ލިޔެފައިވާ ވާހަކައެއް ނޫން. ވާހަކައާ މެދު ދެކޭ ގޮތް ކޮމެންޓެއްގެ ގޮތުގައި އަޅުގަނޑަށް ބުނެލަ ދިނުން ވަރަށް އެދެން.

މި ވާހަކައަކީ އަޅުގަނޑުގެ ފަރާތުން މިއަހަރަށާއި މިއަންނަ އަހަރުގެ މެދުތެރެއަށް ދެން ފެނިގެން ދާނެ އެންމެ ފަހު ވާހަކަ. ނަމަވެސް އަނެއްކާވެސް މިއަންނަ އަހަރުގެ މެދުތެރެއިން ނޫނީ ފަހުކޮޅުން ފަށައިގެން އަނެއްކާވެސް އަޅުގަނޑު ތިކުދިންނާ ހަމައަށް އާ ވާހަކަތަކެއް ގެނެސްދޭނަން. އަދި ވަގުތު ވީ ވަރަކުން ކުރު ވާހަކަވެސް ގެނެސް ދެވޭތޯ މަސައްކަތް ކުރާނަން. އިންޝާﷲ. އުންމީދު ކުރަން އެވާހަކަތަކަށް ވެސް ތިކުދިންގެ ސަޕޯޓް ލިބިގެން ދާނެ ކަމަށް.

މި ނުރައްކާތެރި ބަލިން ސަލާމަތްވުމަށް ހުރިހާ ކުދިންވެސް ތިކުދިންގެ ފަރުދީ ޒިންމާ އަދާކުރައްވާ. ބޭރަށް ދާން ޖެހިގެން މެނުވީ ބޭރަށް ނުދޭ. އަދި ބޭރަށް ދާނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ. ކުރިއަށް ވާން އޮތް ކަމެއް ވާން އޮތް ގޮތެއް އަޅުގަނޑުމެން އެކަކަށްވެސް ނޭނގޭނެ. އެދެނީ ހުރިހާ ކުދިންނަށްވެސް ފާގަތި ދުވަސްތަކަކަށް. ބާއްޖަވެރި އަމާން އޮމާން ދުވަސްތަކަކަށް އެދެން. ހުރިހާ ކުދިން މަތިންވެސް އަޅުގަނޑު ވަރަށް ވަރަށް ހަނދާންވާނެ. ތިދެއްވާ ލޯތްބާ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ޖަޒާކަﷲ ޚައިރު.”

 

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ނޭނގެ ވެވުނީ ލޯތްބޭ- 2

Next

އަޒޫގެ ވާހަކަ ކިޔާކުދިންގެ ސަމާލުކަމަށް

Next
July 13, 2020

އަޒޫގެ ވާހަކަ ކިޔާކުދިންގެ ސަމާލުކަމަށް

Previews
July 13, 2020

ނޭނގެ ވެވުނީ ލޯތްބޭ- 2

32 Comments!

  1. Greenleaf says:
    July 13, 2020 at 2:08 pm

    Wow hama rovijje??? stay safe❤

  2. Bluebird says:
    July 13, 2020 at 2:17 pm

    Awwwwwwn soooooo touching……??? I was about to cry…. ???
    Varah iburaitheri…… This story is full of good morals….. Sissssyyyyy I like this story very ???very ???much… ☺️☺️????I Don’t know what to say…..??. This Very emotional especially this part..??? I didn’t thought this would happen…. It’s just like a real story… Maashaa Allah… Maashaa Allah… ???
    Keep it up…. ???
    I will miss you a lot…… ????
    Love you very very very much…. ????????❣️❣️❣️❣️❤️❤️❤️❤️❤️❤️???????????????????????????

    1. ?Nafu✨ says:
      July 14, 2020 at 4:14 pm

      awwwwwwwwwww thank u sooo much my one of the regular reader.. it means a lot dear.. alheyyyy vr vr vr vr vr ufaavehjje mi vaahaka dear ah kamudhiyae ma.. alhamdhulillah.. me too dear. dear ge comment kiyaalaafa nafu akah vs neyge bunaane ehcheh.. thanks a billion dear.. vr vr vr vr ufaavey bluebird kahala reader akaa dhimaa v ma. vr vr vr vr bodah thanks nafu ah thidhin supportah.. maaii allah thibaa ashaai thibaage aailaa ah heyo rahmaii lahvaa baahjja veri dhuvas thakeh dhehvaashi. aameen.. will miss u more and more and more dear.. i’m gonna cry. love you moreee dear.. again thank u.. stay safe dear.. take care

  3. Chimmy says:
    July 13, 2020 at 4:28 pm

    I……I don know what to say l am just……..speechless ???????
    you left me with tears ?????????????????
    any way I like this story very much
    it is very very very very very emotional ??????????
    ?? stay safe
    ?? stay home

    1. ?Nafu✨ says:
      July 14, 2020 at 4:19 pm

      awwww thank u soooooooo much chimmy.. vr vr vr ufaavehjje chimmy ah mi vaahaka kamudhiyae ma. alhamdhulillah.. alheyyy i’m so sorry dear.. i didn’t mean it.. sorry dear rohvaalevunyma.. my eyes are tearing up too.. once again thanks a billion dear.. chimmy kahala reader akaa dhimaa v ma vr vr vr ufaavehjje.. thidhin supportah vr vr vr bodah thanks.. maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjjaveri dhuvas thakeh dhehvaashi.. aameen. will miss u a loot.. u too stay home and always stays safe.. again thank u.. take care

  4. Raaya says:
    July 13, 2020 at 4:42 pm

    alheyy… nafu mathin varah miss vaane :(… vaahaka hama vrh vrh vrh reethi! vrh rangalhu iburatheh mujutamauaa hisaabah foaru kohdhiny thi…i am just speechless right now! i literally dont know what to say. the story is sooo emotional and i have always loved your sifa kurun and today today also it was hama ehvana! hope to see you soon nafu… anehkka vx vrh miss vaane… stay safe lysm

  5. Raaya says:
    July 13, 2020 at 4:55 pm

    Alheyy nafu mathin vrh miss vaane?…. vaahaka hama vrh vrh vrh reethi!! Vrh rangalhu iburatheh mujuthamauaa hisaabah nafu thi foaru kohdhiny??? i am jusy speechless right now????? i literally dont know what to say!!?? the story is sooo emotional??… when i was reading it i was talking to myself ” reesh noo noo!???” I was saying like tht…haha… i have always loved your sifa kurun and today also it was hama ehvana❤❤❤✔✔?… hope to see u soon nafu… anehkka vx vrh miss vaane… stay safe… wish u a successful life… lysm???❤❤

    1. ?Nafu✨ says:
      July 14, 2020 at 4:23 pm

      alheyy raaya mathin nafu vs vr vr vr vr bodah miss vaane.. awwn thank u sooooooo much dear.. it means a lot.. vr vr vr ufaavehjje nafuge mi vaahaka vs kamudhiyae ma.. nafu akah vs neygunu raayaage comment kiyaalaafa bunaane ehcheh.. hehe dear.. nafu liyunyvs hama thihen hithah aruvamun.. hehe.. alhey vr ufaavehjje sifa kurunthah vs kamudhiyae ma.. thank u thank u so soooooooooooo much raaya.. thank u soo much thidhin supportah.. maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjja veri dhuvasthakeh dhehvaashi.. aameen. will miss u more and more and moreee.. u too stay safe.. thank u soo.. love u moree dear.. take care..

  6. Kaira says:
    July 13, 2020 at 5:01 pm

    Ohh so sad. Btw varah nice story eh adhi ehaame iburaiytheri. Mikahala vaahaka eh kiyaigen ves meehakah visnijjeyyaa eiy varah bodu kameh. ???????????????❤️❤️❤️

    1. ?Nafu✨ says:
      July 14, 2020 at 4:25 pm

      awwwwww thank u soooo much dear.. it means a lot.. ya thibuny hama thedheh kaira.. konme gothakun vs myhakah visnihjjehyaa vr rangalhu.. once again thank u.. maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjja veri dhuvas thakeh dhehvaashi.. aameen.. stay safe.. take care

  7. ?Black Swan? says:
    July 13, 2020 at 6:59 pm

    Masha Allah Vvvvv Vvvvv reethi mi stry.. Comment nukurias vaahaka kiyaan… Hama rovihjeh.. ?????????????????????????????
    Jaish ah visnuneethy varah ufaavehge.. Ekm Jaish Varah sad vaane dhw..
    Sifakuruntha ves Varah reethi.. Nafu Sis ge new stry eh kiyaalan libeyne dhuvahakah inthixaaru kuraanan.. How are you sis??? Saranghae ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? LYSM Sisssssu ????????❤️❤️❤️❤️❤️❤️❤️❤️?????????????????????lots of love from ?black Swan????????wish u all the best ?????????I miss u Sissy ??????????????????
    Take care be safe Sissy ?????????????????????????????????????????????????????????❣️❣️❣️❣️❣️❣️???????????????????????????????????????

    1. ?Nafu✨ says:
      July 14, 2020 at 4:31 pm

      awwww sooooo many hearts.. alheyyy thank u sooooo much dear.. it means a lot.. comment nukuriyas vaahaka kiyaalikan engunyma vr vr vr vr vr ufaavehjje.. thanks a billion.. alheyy sorry dear rohvaalevunyma.. ya jaish ah visnunyma nafu vs vr uvaavehjje.. but maa lahun dhw visnunymi.. ya vr vr vr dheravaane.. aww vr vr vr ufaavehjje sifakurunthah vs rythi v ma. thank u .. ya keep waiting dear.. insha allah nafu ah vaguthu v varakun thikudhinnaa hama ah vaahaka eh kiyaalan genes dheynan.. alhamdhulillah.. hama vr rangalhu nafu.. black swan ge haalu kihineh tha?? saranghae.. love u moree dearr.. lots of love from me too.. thanks a lot thidhin supportah.. maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjja veri dhuvas thakeh dhehvaashi. aameen.. will miss u more and more and more.. u too stay safe and take care.. again thank u

  8. ?Aashko?? says:
    July 13, 2020 at 7:50 pm

    Maasha Allah V reethi mi story ves.
    Will miss u a lot
    Lysm
    Tvvgc

    1. ?Nafu✨ says:
      July 14, 2020 at 4:33 pm

      awww thank u sooo much aashko.. vr vr vr vr ufaavehjje mi vaahaka vs kamudhiyae ma.. alhamdhulillah.. thanks a lot.. will miss u more and more and moree.. love u moree.. u too stay safe and take very good care.. again thanks

    2. ?Nafu✨ says:
      July 14, 2020 at 4:34 pm

      maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjjvaeri dhuvas thakeh dhehvaashi.. aameen..

  9. Riff? says:
    July 13, 2020 at 8:07 pm

    Masha Allah… ??????vr vr reethi.. keep it up sissy???? …vr vr reethi sifa kurun thah vx kiyaa iru hyvani stry thereyga ulhevey henn..??? finally jaish ragalhu v dhw.. ekamu haadha dhera ee efakeerah…??? haadha dheraa nafu siss ge story eh ehaa avahah kiyan nulibeynethy.. ?????waiting for a day to read a you’re amazing super fantastic lovely stories???… sis ge mi vaahaka gina bayakah iburatheh kamugai lahvaashi ameen..?

    1. ?Nafu✨ says:
      July 14, 2020 at 4:38 pm

      awwwww thank u sooooo much dear.. it means a lot.. vr vr vr vr vr ufaavehjje mi vaahaka vs kamudhiyae ma.. alhamdhulillah.. thanks a lot.. sifa kurunathah vs kamudhiyae ma vr vr vr vr ufaavehjje.. ya jaish ah visnihjje but vaguthu faaithu v fahun dhw.. ya vr vr dhera.. alheyy sorry dear.. insha allah nafu ah v varakun hama vaahaka genes dheveythw masahkaii kuraanan.. keep waiting.. aameen.. thanks a lot thdhin supportah.. maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjja veri dhuvasthakeh dhehvaashi. aameen.. again thanks a billion.. stay safe.. take care.. ly

  10. Lamko says:
    July 13, 2020 at 8:19 pm

    Sis alheyy heevec nukuraa kahala gothakah thi ninmmaalee??I was literally crying??this story gives a good message???and this story is sooo heart touching??
    And varah varah varah varah reethi???this wasn’t what i was expecting before??ur a kind person??and one of my favvv author??☺️im gonna misss yaa sisoo??
    Sis ge new story eh kiyaalan libeyne dhuvahakah inthizaaru kollaanan????stay safe…take a very gud care???….ly sooo muuuchhhhhhh?????

    1. ?Nafu✨ says:
      July 14, 2020 at 7:06 pm

      alheyyy lamkomen hynukuraa goii gothah vs story ninmaaleveynu.. every story doesn’t have happy ending dhw.. alhey lamko sorry rohvaalevunyma.. awwwwwwwwww thank u sooooooo much lamko.. it means a lot.. vr vr vr ufaavehjje mi vaahaka kamudhiyae ma. alhamdhulillah.. alheyy thanks a billion my one of the regular reader.. i don’t know what to say. awww vr vr vr vr ufaavehjje lamkoge fav author akah v ma.. vr vr vr vr bodah thanks thidhin support ah.. maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjjaveri dhuvas thakeh dhehvaashi.. aameen.. will miss u more and more and moreee.. ya keep waiting ingey.. nafu ah vaguthu v varakun story eh kiyaalan genes dheynan. insha allah.. again thank u thank u.. u too stay safe and take a veryyy good care dear.. much loves from me dear..

  11. Kairaa says:
    July 13, 2020 at 9:56 pm

    ALHEY SIS MATHIN VARAH MISS VAANE???
    I DON’T KNIW WHAT TO SAY???
    IM SPEECHLESS????
    SIFA KURUN THAH VX HAMA???
    DHN NEYGE BUNAANE EHCHEH VX??
    VARAH EMOTIONAL…ESPECIALLY THIS PART???
    I WAS ABOUT TO CRY????
    MI BAI VX HAMA EHN PART THAKEKEY EH GOTHAH HAMA VARAH VARAH VARAH VARAH VARAH VARAH VARAH VARAH VARAH VARAH VARAH VARAH VARAH REEEEETHIII????
    MASHA ALLAH????
    VARAH IBURAITHERI VAAHAKA EH ASLU SIS THI GENES DHINY???
    THANK U SOO MUCH SIS MIKAHALA BORING DHUVAS KOLHEHGGA MIKAHALA REETHI VAAHAKA EH GENES DHINYMA???????
    MIHAARU JAISH AH VX VISNIHJJE DHW??
    ?????????????????????????????????????????????????????????????????????
    SIS GE NEW STORY AKAH WAIT KOHLLAANAN???❤️
    ALHEY KAIRAA HAMA VARAH VARAH MISS VAANE SIS MATHIN?????????????????????????????????????????
    LOVE YOU SOOOOOOOOOO MUCHHH SISSS?????❤️❤️❤️?????????????????????????????????????????
    STAY SAFE ALWAYS????
    WILL MISS U ND YOUR STORIES??????

    1. Raaya says:
      July 14, 2020 at 4:34 pm

      after reading your comment my jaw just dropped!! nafuu there are a of people to miss u… comment dhigu kamun hama ehchekey nubune needhevuny.. hehe

    2. ?Nafu✨ says:
      July 14, 2020 at 7:15 pm

      alheyyyyyyyy kairaa.. i’m juss speechless.. wowwwww.. kykey dhn bunaani.. kairaa ge dhigu dhigu thi colorful commentun nafu hama rohvaalaafi.. thank u soooooooooooooooooooooooooooooooooooooooooooo much dear.. it means a lott.. alheyy nafu vs kairaa mathin vr vr vr vr vr vr handhaan vaane.. kairaage comment thah mathin vs..vr vr vr ufaavehjje sifa kurunthah vs kamudhiyae ma.. adhi mi vaahaka vs.. alhamdhulillah.. alheyy sorryy kairaa rohvaalevunyma.. awwwwwwwwww thanks a billion dear.. hehe vr kairaa ah vr boring dhuvas kolheh dhw mee.. btw ur most welcome dear… ya jaish ah vs visnihjje. mut dhera e maa lahun visnunyma.. thank u thank u so so much.. and ya keep waiting.. insha allah nafu ah vaguthu v varakun story eh genes dheynan.. alheyyy nafu vs hama vr bodah kairaa mathin miss vaane.. haassakoh mi comment mathin.. bracketakah laafa ingey mibuny.. hehe.. kairaa mathin vs.. again thanksssss.. mihen gos kithanmme faharaku vs thanks bunevidhaane.. dhw.. hehe.. u too stay safe and take very good care.. lots of love from mee too dear.. will miss u more and more and more.. and ur comments.. maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjjaveri dhuvasthakeh dhehvaashi.. aameen..

    3. ?Nafu✨ says:
      July 14, 2020 at 7:18 pm

      me too dear.. hama ehves varakah bunaane ehcheh neygifa hury.. ya there are a lot of people.. but what should i do.. i will also miss u all vr vr vr vr vr vr bodukoh.. thihurihaa kudhin mathin vs.. hehe

    4. Kairaa says:
      July 14, 2020 at 10:05 pm

      awwwwww???
      kairaa vrh wait kohffin nafu sis ge reply akah?
      finally reply vx libihjje??
      awwwwn im soo sorry nafu sis rohvaa levunyma???
      aslu heekuree story ga happy ending eh kamah innaany??
      ekm sad ending akah v…hehe….ekm vx varah reethi ingey….
      HEHE
      WILL MISS U MORE ND MORE ND MORE ND MOREEEEEEEE…..
      LYSM…
      STAY SAFE

    5. ?Nafu✨ says:
      July 15, 2020 at 7:51 am

      alheyyy sorry kairaa ah dhigu dhigu inthizaareh kuran jehunythy.. really sorry.. hehe finally libihjje dhww…its ok dear.. aslu hurihaa story ehga happy ending eh aima kamaku nudhaanun.. ehnve ehn hedhy.. and moral eh libeyni ehgothah hedhymaanu dhw.. again again thank u soooooo much.. hehe.. will misssss u moreeeeee.. u too stay safe always.. lots of love from mee.. byee

  12. Laalu says:
    July 13, 2020 at 11:24 pm

    ll miss u sisy…alhe ??????????vhk hama v reethi mashaa Allah… c u soon in sha allah..tc stay home stay safe?ly❤❤❤❤

    1. ?Nafu✨ says:
      July 14, 2020 at 7:21 pm

      alheyyyyyyy will miss u more and more and moree.. awww thank u soooooo much.. vr vr vr vr vr ufaavehjje vaahaka kamudhiyae ma.. alhamdhulillah.. ya insha allah nafu ah v avarakun vaahaka eh genesdheynan.. keep waiting inge laalu.. thanks a lot for the support.. maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjjaveri dhuvasthakeh dhehvaashi.. aameen.. u too stay home and stay safe.. take very gus care dear.. lots of love from me too.. again thankssss

  13. Zaara says:
    July 14, 2020 at 3:23 pm

    varah reethi story eh..masha allah❤ Comment nukurey as mi vaahaka baraabarah kiyan…Varah ibraitheri vaahaka eh??…Hama aslukohves heevee hama vaahaka therey ulhevey henn??…Ending varah unexpected and varah emotinal??..Mikahala dhuvaskolhegga kiyaalan libunu emme ibraitheri eh vaahaka mee?? Thank you so much for writing this??

    1. ?Nafu✨ says:
      July 14, 2020 at 7:25 pm

      awwwwwww thank u sooooooooo much zaara. it means a lot.. comment nukuriyas vaahaka kiyaalikan engunnyma vr vvr vr ufaavehjje. and story kamudhiyae ma vs vr vr vr vr ufaavehjje. alhamdhulillah.. alheyyy thanks a lot for the support.. every story doesn’t have a happy ending dhw.. ehnma unexpected kohvs ninmun annaane dhw zaara.. alheyyyyyyy thanks a billion.. thank u thank u.. maaii allah thibaa ashaa thibaage aailaa ah heyorahmaii lahvaa baahjjaveri dhuvasthakeh dhehvaashi.. aameen.. stay safe and take very gud care.. and ur most welcome dear..

  14. ?Nafu✨ says:
    July 14, 2020 at 7:30 pm

    awwwww thank u soo much greenleaf.. and sorry rohvaalevunyma.. vr vr ufaavehjje story kamudhiyae ma.. thanks a billion.. maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjjaveri dhuvasthakeh dhehvaashi.. aameen.. u too stay safe and take very gud care.. lots of love from me

  15. Black pink says:
    July 15, 2020 at 2:50 pm

    So nice story ever.. Keep it up ❤️❤️❤️lysm

    1. ?Nafu✨ says:
      July 15, 2020 at 3:53 pm

      awwwww thank u sooo much dear.. vr ufaavehjje mi vaahaka kamudhiyae ma.. alhamdhulillah.. again thanks a lot.. maaii allah thibaa ashaa thibaage aailaa ah heyo rahmaii lahvaa baahjjaveri dhuvasthakeh dhehvaashi.. aameen.. stay safe… lots of love from me too.. thank u

Comments are closed.



All Right Reserved!