Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 20ވަނަބައި

kudhoo Level 310 Stories100 Comments
July 13, 2020 4 Mins Read
5 Comments

” ކަލޭ ތިއުޅެނީ އެކުއްޖާ ކައިލަންތަ؟…” ވިނާންގައިގައި ބޮނޑިއެއް އަޅާލަމުން ހާތިބު އަހާލިއެވެ. ވިނާންއަށް އޭނާއަށް ހުރެވުނު ގޮތް އެނގުނީ އަދި ކިރިޔާއެވެ. ” އެއީ މިއަވަށުގައި ހުންނަ އެންމެ ރީތި ކުއްޖާ.. އަހަރެން މީ އިންސާނެއްނަމަ އަހަރެން މިހާރުވެސް އެކަމާ ކުރިމަތި ލައިފިން… ބައެއްފަހަރު އަހަރެން ހިތައް އަރާ އަހަރެންވެސް އިންސާނަކަށް ވިނަމައޭ…” ވިނާން ބުންޏެވެ. ” ކަލޭ އޭގެ ދަޅައެއްގައި ނުޖެހޭތި…” ހާތިބު ބުންޏެވެ. ” ކަލޭ ހީކުރީ މަ ބޮލުގެ ތެރޭގައި ހުންނަނީ އެހާ ޅައެއްޗެއް ކަމަށްތަ؟…” ވިނާން ބުންޏެވެ.

” އޭ! އަހަރެންނަށް ހީވަނީ މިތިބަ އަންނަނީ އެ ގުރޫޕް ގަނޑުހެން… މިފަހަރު އަހަރެމެންގެ ދުވަސް ދުއްވާލާނެ… ދެމީހުން އެކަނި ތިއްބާ މިތިބަ އަންނަނީ…” ވިނާން އެ ގުރޫޕް ފެނުމުން ޖެހިލުން ވެފައި ހުރެ ބުންޏެވެ. އެ ގުރޫޕުގައި ދިހަވަރަކަށް ކުދިން ތިއްބެވެ. ގުރޫޕުގެ ފުރަތަމައަށް ހުރި އިސްކޮޅުން ދިގު ހަށިގަނޑުން ބިޔަ މީހާ ފުރަތަމައަށްވެސް އައިސް ހިފީ ވިނާންގެ ކަރުގައެވެ. ވިނާންއަށް އުޅެއުޅެ އޭނާގެ އަތް ކަރުންނެއްޓޭގޮތެއް ނުވިއެވެ. ހާތިބު ބަލަމުން ގެންދިޔައީ ވިނާން އަމިއްލައަށް އޭނާގެ ރައްކާތެރިކަން ހޯދޭތޯއެވެ. ނަމަވެސް ވިނާންއަށް ނޭވާނުލެވިގެން ތެޅެން ފެށުމުން ހާތިބު ކޮށްލިކަމަކުން އެމީހާ އަރައިގެން ގޮސް ޖެހުނީ މާދުރުގައެވެ. ބަލަހައްޓައިގެން ދެންތިބި މީހުންނަށް އެއީ ހާތިބުގެ ކަމެއްކަން އެނގުމުން ހާތިބާ ދިމާ ކޮށްލައިފިއެވެ. ހާތިބާ ދިމާލަށް އައިމީހާވެސް ހިފަން އުޅުނީ ހާތިބުގެ ކަރުގައެވެ. ނަމަވެސް އޭނައަށް ހާތިބުގެ ކަރާ ހިސާބަށްވެސް އަތެއްނުފޯރުވުނެވެ. އެހުރިތާނގައި ހައްޔަރުވެފައި އަތްނެގިގޮތަށް ހުއްޓުން އަރާފައި ހުރީއެވެ. އުޅެއުޅެ އިތުރަކަށް އޭނާއަކަށް ގުޑައެއްވެސް ނުލެވުނެވެ. ދެން ތިބި މީހުން ބިމުން ގާތަށް ނަގައިގެން ހާތިބާ ދިމާލަށް އުކަން ފެށިއެވެ. ނަމަވެސް އޭގެ އެކަތިންވެސް ހާތިބުގެ ގައިގައި ޖެހޭ ގޮތެއްނުވިއެވެ. ނަމަވެސް އެމީހުން ބަލި ގަބޫލުކުރަން ބޭނުން ނުވާތީ ހާތިބާ ދިމާކުރަމުން ދިޔައެވެ.

ވައިބާރުވެ ވިއްސާރަ ވާހެން ހީވާންފެށުމުން ކައިރީ ހުރިގެއަށް ވަން އަންހެންކުއްޖާ އޭނާގެ ގެއަށް ދިޔުމަށްޓަކައި އެގެއިން ނިކުތެވެ. ވައިބާރުކަމުން މަގުގައި ހުރި ހުރިހާ ހިރަފުހެއް އެފުށްމިފުށަށް ޖަހަމުން ދިޔަތަން އެއަންހެން ކުއްޖާއަށް ފެނުނެވެ. ނަމަވެސް އުޑުމައްޗަށް ބަލާލިއިރު ވިއްސާރަ ވުމުގެ ކަންފުޅެއްވެސް ނެތެވެ. މުޅި ދުނިޔެމަތި ބޮޑު ހަނދަކާ ރީތި ތަރިތަކުން ފުރިފައެވެ. ނަމަވެސް ވައިބާރުކަމުން މުޅި އެސަރަހައްދުގައި ހުރި ހުރިހާ ގަސްތަކެއް ހެން ހީވަނީ މުލުން ލުހި އުފުރިގެން ހިނގައިދާނެ ހެންނެވެ. މިކަންތައް ވީ އެއަންހެން ކުއްޖާ ހައިރާން ކުރުވަނިވި ކަމަކަށެވެ. އަވަހަށް އަނެއްކާވެސް އެތެރެއަށް ވަދެ އެގެ މީހުންކައިރީ އެވާހަކަ ބުނުމުން އެމީހުންވެސް ބޭރަށް ނިކުމެ ވެގެން އުޅޭގޮތެއް ބެލިއެވެ. އެއަންހެންކުއްޖާބުނިހެން މަގުގެ ކޮޅުވެސް ފެންނަވަރެއް ނުވެއެވެ. ހީވަނީ ނަގޫ ރޯޅިއެއް އައިސްގެން އުޅޭ ހެންނެވެ. އެގޭތެރެއިން ނިކުތް މުސްކުޅި ފުރައިގެ ފިރިހެންމީހާއަށް އެއީ ރަގަޅު ކަމެއް ނޫންކަން އެނގުމުން އެންމެން ކައިރީ އެތެރެއަށް ވަނުމަށް ބުންޏެވެ. އެއްވެސް މީހަކު ދެކޮޅު ހެދުމެއް ނެތި އެތެރެއަށް ވަދެއްޖެއެވެ. މުސްކުޅި މީހާ އެންމެން އެތެރެއަށް ވަނުމުން އޭނާގެ ތުންތަޅުވަން ފެށިއެވެ. އިރުކޮޅެއް ނުވެ އެތަން އެއްކޮށް އަމާން ކޮށްލައިފިއެވެ. އެ ގުރޫޕް ކުދިންނަށް ޤުރުއާނުގެ އަޑު ޖެހުމުން ހީވީ ގައިގައި ހުޅުހިފީހެންނެވެ. އެއެއް މިއެއް ނުބަލާ ފިލަން ރައްކާވާން ފެށިއެވެ. ހާތިބުގެ ބާރުން ހުއްޓިފައި ހުރިމީހާއަށް ހާތިބު ދުލެއް ދިނުމުން އޭނާވެސް ދުއްވާގަތެވެ. އޭރު އޭނާއަށް ދުވަންވެސް އުނދަގޫވާވަރަށް ވަނީ މުޅިގައި އައްސިވެފައެވެ. ތަން އަމާން ވުމުން މުސްކުޅި މީހާ އެތެރެއަށް ވަނދެ ވެގެން އުޅުނު ގޮތް ކިޔައި ދިނެވެ. ބިންމައްޗަށް ގުޅަޔަކަށް ވެއްޓިފައިއޮތް ވިނާންއަށް ތެދުވުމަށް ހާތިބު އެހީތެރިވެދިނެވެ. އޭނާ ކަރުގައި ހިފުމުން ކަރަށް ތަދުވެ ލޭރަހަ ލަމުން ދާތީ ވިނާންއަށް ހުރީ އަނގައިން ބަހެއް ކިޔާލުންވެސް ވީ އުނދަގޫ ކަމަކަށެވެ.

” ކަލޭ އޯކޭތަ؟..” ހާތިބު އަހާލިއެވެ. “އާނ! ދެން ފާޑަކަށް… އެއީ އެގުރޫޕުގައި ހުރި އެންމެ ބާރުގަދަ އެކަކު… ކަލޭ ހާދަ ކުޅަދާނައޭ… އަހަރެމެން ގުރޫޕާއި އެމީހުން ކުރިމަތިލާފިއްޔާ އަބަދުވެސް ކުރި ލިބޭނީ އެމީހުނަށް..” ވިނާން ދެއްކި ވާހަކައަށް ހިނިގަޑެއް ޖަހާލަމުން ހާތިބުވެސް ވާހަކަދެއްކިއެވެ. ދެމީހުން ވާހަކަ ދައްކަމުންގޮސް ގެއާ ހިސާބަށް އާދެވުނެވެ. ހާތިބު ލަސްވާތީ ހާތިބުގެ އިންތިޒާރުގައި ވަރުދާން މަގަށް ނިކުމެ ހުއްޓެވެ.

” މާދަމާއަކީ ހުކުރު ދުވަހެއްނޫ… މާދަމާއަކީ އިންސިންގެ ގުރޫޕުތައް މިދިމާ އަތިރިމައްޗަށް ކުޅެހަދަން އަންނާނެ ދުވަސް…” ދެބަފައިން ވާހަކަ ދައްކަން ތިބެފައި ވަރުދާން އެރެއަށް ވަނުމުން ވިނާން ހާތިބުކައިރީ ބުންޏެވެ. ” އެހެންތަ.. ކަލޭމެން ނުކުޅެންތަ؟..” ހާތިބު އަހާލިއެވެ. އެމީހުން ކުޅޭ ގޮތަކަށް އަހަރެމެންގެ ތެރެއިން ބައެއް ނޫޅޭނެ..” ވިނާން ބުންޏެވެ. ދެމީހުން ވާހަކަދައްކަން ތިބެފައި ނިދާ ވަގުތު ޖެހުމުން ވަރުދާން ގޮވައިލުމުން ދެމީހުން މައްޗަށް އެރިއެވެ.

” ހިނގާ އަތިރި މައްޗަށް ދާން.. މިހާރު އެމީހުން ތިބޭނެ އައިސް..” ވިނާން ބުންޏެވެ. ” އެހާ އަވަހަށް އާދޭތަ؟..” ހާތިބު އަހާލިއެވެ. ” އާނ! އެމީހުންގެ ތެރޭގައި ކުޅެން ބޭނުންވާ މީހުން ވަރަށް ހެނދުނާ އަންނާނެ… އެހެން މީހުން ތިބޭނެ މެންދުރުވާއިރުވެސް ނިދަން… ކަންނެތްވެސް ބަޔެއް..” ހިނިގަނޑެއް ޖަހާލަމުން ވިނާން ބުންޏެވެ. ދެމީހުން ހިނގަމުން ގޮސް އަތިރިމައްޗަށް ނިކުމެވެން އޮތް މަގަށް އެޅިއެވެ. އޭރު މީހުންތައް ދުއްވާ އެއްޗެހީގައި އަތިރިއާ ދިމާލަށް ދާތަން ފެނެއެވެ. އަތިރި މަތީގައި އެމީހުންގެ ކެއުންތަކާ ބުއިންތަކާ އެއްޗެހި އަތުރާފައި ހުއްޓެވެ. އެކިކަހަލަ ކުޅިވަރުތައް ކުޅުމުގައި ދެޖިންސުގެ ޒުވާނުންތައް އުޅެމުން ދިޔައެވެ. އެއްބަޔަކު މަސްބާނަން ދޮށި ހިފައިގެން ފަރުމަތީގައި ތިއްބެވެ. ހާތިބުއަށް ފެންނަމުން ދިޔައީ މުޅިންވެސް އާ މަންޒަރުތަކެވެ. ނަމަވެސް ބައްޕަ ދައްކާފައިވާ ވާހަކަތައް އެންމެ ފަހަރަކުވެސް ސިކުނޑިން ބޭރުކޮށް ނުލައެވެ. މުޅި އެދުވަސްވެސް ހޭދަ ކުރަމުން އައީ އެމީހުން އުޅޭ ނޫޅޭ ގޮތް ބެލުމުގައެވެ. އެދުވަހު އިރު އޮތްސުމުން ވިނާންގެ އާއިލާއަށް އަލްވަދާއު ކިޔުމަށް ފަހު ދެބަފައިން އުދުއްސާގަތެވެ.

ހިޔަނި ޝަހަރު

ދެބަފައިން އުދުހޭތާ  ފަސްގަޑި އިރުފަހުން އަރާމުކޮށްލުމަށްޓަކައި ކުޑަކުޑަ ރަށެއްހެން ހިކިފައި އޮތް ދިމާލަކަށް ތިރިކުރިއެވެ. ދެބަފައިންގެ ނަސީބު ވަރަށްވެސް ގަދައެވެ. އެއީ ބަޔަކު ނޫޅޭ ކުޑަ ރަށެކެވެ. ރަށުގައި އެކިކަހަލަ ގަސްތައް ހެދިފައި ހުއްޓެވެ. ދެބަފައިން ރަށުތެރެއަށް ވަންއިރު މާބޮޑަށްވެސް ނަސީބުވަނީ އަތުގައި ހިފާފައެވެ. ވިނާންމެން އުޅުނުތަނުން ބަނޑަށް ހާންތި ވީއިރުވެސް ރަގަޅަށް ކައި ނުލެވޭތީ ދެބަފައިންވެސް ތިބީ ވަރަށް ބޮޑަށް ބަނޑުފައި ވެފައެވެ. ބޮޑު ވެޔޮގަނޑެއްގައި ކިވާނޯ މެލޯންތަކެއް އަޅާވަނީ ފުރިފައެވެ. ދޮންވެފައިވާ އެއްޗެހިތައް ވަރަށް ގިނައެވެ. ދެބަފައިންވެސް އެމީހުނަށް ވާވަރަށް މެލޮން ބިނދެލައިގެން ކައިރީގައި ހުރި ގަހެއްގެ ދަށުގައި އިށީދެ ލައިގެން ކާންތިއްބެވެ. ދެބަފައިން ނިންމީ އިރުކޮޅަކަށް އަރާމުކޮށްލަން އެތަނުގައި މަޑުކޮށްލުމަށްފަހު ދާށެވެ. ހާތިބަށް ލޮލަކަށް ޖެހުނުކަންވެސް ނޭގެނީސް އެއްކަލަ ހުވަފެން އަނެއްކާވެސް ތަކުރާރުވާން ފަށައިފިއެވެ. ނަމަވެސް މިއަދު ފެންނަމުން ދިޔައީ އަނެއްކާވެސް ތަފާތު ގޮތަކަށެވެ. މިއަދު އެ ފަންމިނި ކައިރީގައި އޭނާގެ އެކުވެރިންތަކެއްވެސް ތިއްބެވެ. އޭނާއަށް ފެންނަމުން ދިޔަ ފަންމިނި އެންމެ ވަތްތަރީ އިންސާނުން ތަކާއެވެ. މިއަދުވެސް އެހުވަފެނުގައި ވަނިކޮށް ބައްޕަ ގޮވަން ފަށައިފިއެވެ.

ހުވަފެނުން ހޭލެވުމުންވެސް ހާތިބުގެ ހިތަށް އަރަމުން ދަނީ ހުވަފެނުން އެފެންނަ ކަންތަކާއެވެ. ބޮޑަށް ހީވަނީ އަސްލަށްވެސް ކުރިމަތިން ފެންނަމުންދާ ކަމެއްހެންނެވެ. ހާތިބުގެ ހިތްބުނަމުންދިޔައީ އެއީ އިންސާނުންގެ ސިފަތަށް އޭނާއަށް ސިފަކުރެވިފައި ވުމުން އޭނާއަށް ފެންނަ ފަންމިޏެކެވެ. ނަމަވެސް އެއީ އޭނާއަށް އިންސާނުންނަކީ އުޅޭ ބައެއްކަންވެސް ނޭނގެނީސް ފެންނަން ފެށި ހުވަފެނެކެވެ. ހިތުގައި ކިތަންމެ ސުވާލުތަކެއް ފުނިޖެހެމުން ދިޔަޔަސް ބައްޕަ ކައިރީ އަހާނެ ހިތްވަރެއް ހާތިބުއަކަށް ނުލިބުނެވެ. ދެބަފައިން އުދުހޭތާ ތިންގަޑިއިރުފަހުން އެހެން ހުރިހާ ޝަހަރަކަށް ވުރެންވެސް ބޮޑު ޝަހަރެއްފެނުނެވެ. ދުރުންފެންނައިރުވެސް އެއީ ވަރަށް ރީތި ތަނެއްކަން އެނގުނެވެ. “މިއީ ހިޔަނި ކިޔާ ޝަހަރެއް… ބައްޕަ ކުރިން މިހެން ދަތުރު ކުރިއިރު މި ޝަހަރުގައި އުޅޭ މީހުންނަކީ ވަރަށް ހިތްހެޔޮބައެއް… ދެން މިހާރު ވަރަށް ޒަމާން ވެއްޖެއެއް ނޫން.. މިހާރު ނޭނގެ ކަންތައްތައް އޮންނާނެ ގޮތެއް.. އޭރު އެމީހުންނަށް އެނގޭ ބައްޕައަކީ ވާބިސްގެ ދަރިއެއްކަން..އެހެންވެ ވަރަށް ގަދަރުކުރާނެ..” ބައްޕަގެ ވާހަކަތަކުން އެ ޝަހަރުގެ މީހުންނަކީ ކުރީގައި ރަގަޅު ބައެއްކަން އެނގެއެވެ. ނަމަވެސް މިހާރު ކަންތައް ވާނެ ގޮތެއް ނޭގޭތީ ބައްޕަ ބުނީ ވިސްނައިގެން ހުރުމަށެވެ. އެރަށުގައި އުޅޭ މީހުން ގިނަފަހަރު ލޮލަކަށް ނުފެންނާނެ ކަމަށެވެ. ނަމަވެސް ހިޔަނި ތަކެއްހެން ގާތުގައި އުޅޭނެ ކަމަށް ވަރުދާން ހާތިބުއަށް ކިޔައިދިނެވެ.

ދެބަފައިން ތިރި ކުރީ ޝަހަރުގެ މެދެއްހާ ހިސާބެއްގައި ހުރި ބޮޑު ނިކަގަހަކަށެވެ. ގަހަށް ތިރިކޮށްފައި ހާތިބު ފުރަތަމައަށްވެސް ވަށައިގެން ހޯދާލީއެވެ. އެއްވެސް މީހަކު ކައިރި ހިސާބަކުންވެސް ފެންނާކަށްނެތެވެ. ތަނަކޮޅެއް ދުރުން ބައްޕަ ބުނިހެން ހިޔަނިތަކެއްހެން އުޅެމުންދާތީ ފެނެއެވެ. ގަހުގެ ކުރީގައި ހުރެގެން ހާތިބު ވަށައިގެން އެޝަހަރަށް ބަލާލިއެވެ. ހާތިބުގެ ލޮލުގައި ފުރަތަމައަށްވެސް އަޅައިގަތީ ދުރުން ފެންނަން ހުރި އުސްފަރުބަދައަށެވެ. އޮހެމުން އަންނަ ފެން ކޯރެއް ފެންނަމުން ދިޔައެވެ. ހާތިބުގެ ހިތުގައި އެކޯރު ބަލައިލަން ދާހިތްވެއްޖެއެވެ. ނަމަވެސް ބައްޕަ ކައިރީގައި އަދި ބުނުން އަވަސްކަމުގައި ހާތިބު އަމިއްލައަށް ނިންމިއެވެ. ” ހިނގާ ރަށުތެރެއަށް ނިކުންނަމާ.. އޭރުނެއްނޫ މިހާރު އެމީހުންގެ ގޮތްވެސް އެނގޭނީ…” ވަރުދާން ބުންޏެވެ. ދެބަފައިން ބިންމައްޗަށް ފައިބައިފިއެވެ. ހާތިބަށް ލިބިގެންދިޔައީ މުޅިން ވެސް ބޮޑު ހައިރާންކަމެކެވެ. އެމީހުންގެ ގެތަށް އަޅައިފައި ހުންނަނީ މަޝްރޫމް ތަކެއް ގޮތަށެވެ. ބޮޑެތި އެކިކުލައިގެ ގެތަކެވެ.

ދެބަފައިންނަށް ތަންކޮޅަކަށްވެސް ނުދެވެނީ ވަރުދާންމެންގެ އުމުރުގެ ބަޔަކާ ދިމާވެއްޖެއެވެ. އެމީހުންވެސް ދުރުން ފެންނަމުން ދިޔައީ ހިޔަނިތަކެއްހެންނެވެ. އެކަމަކު ކައިރިއަށް އާދެވުމުން އެމީހުންގެ ސިފަ ޖެހުނެވެ. އެމީހުންވެސް ހާތިބުމެންގެ ސިފަޔާ މާބޮޑު ތަފާތެއް ނެތެވެ. އެއީ އެޝަހަރުގެ ގަނޑުވަރުގައި އުޅެމުން އަންނަ ބަޔެކެވެ. އެމީހުނަށް ވަރުދާން ފެނުމާއެކު އެނގުނީއެވެ. ” ވަރުދާން ހާދަ ޒަމާނެއް ފަހުން… ވަރުދާންގެ ދަރިފުޅުތަ؟.. ހަމަ ހީވަނީ ވަރުދާންގެ ޒުވާން ދުވަސްވަރުހެން…” ހެމީ ބުންޏެވެ. ވަރުދާން ބޯޖަހާލުމުން އެރަށަށް އައިސް އެމީހުންނާ ބައްދަލް ކުރަން ނުގޮސް ހުރީ ކީއްވެގެންތޯ އަހާލިއެވެ. ” ދެންމެ މިއައީ… މިދަނީ ތިކޮޅަށް ދާން..” ވަރުދާން ބުންޏެވެ. ” އަވަހަށް ހިނގާ!.. ރަސްގެފާނަށް އެތައް ޒަމާނެއްފަހުން ވަރުދާން ފެނުމުން ވަރަށް އުފާވާނެ..” ހެމީ ބުންޏެވެ. ހެމީ އަކީ ކުރިންވެސް ވަރުދާން މިރަށަށް އައިސްފިނަމަ ވަރަށް އެއްކޮށް އުޅޭ މީހެކެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ފިޔަފަތް 3

Next

މަންޒިލް….1

Next
July 14, 2020

މަންޒިލް….1

Previews
July 13, 2020

ފިޔަފަތް 3

5 Comments!

  1. kudhoo says:
    July 14, 2020 at 5:48 am

    ??? miothee shaharu vaahakaige 20 vana bai up veffa. Shaharu vaahakaige hurihaa kiyun therinnah mibaives kamudhaane kamah ummeedhu Kuran.???

  2. Ram says:
    July 14, 2020 at 7:25 am

    Maasha allah mibaivess vvv reethi???

    1. kudhoo says:
      July 14, 2020 at 10:00 am

      ????Thanks a lot Ram

  3. thiththa says:
    July 14, 2020 at 12:26 pm

    masha allah kudhu…… mivaives vvvvvvvvvvvvv reethi

    1. kudhoo says:
      July 14, 2020 at 2:40 pm

      ???? thanks thiththa

Comments are closed.

Next Episodeޝަހަރު 21ވަނަބައި←


All Right Reserved!