ނޭނގެ ވެވުނީ ލޯތްބޭ- 2
“އައިނާވެސް އެ އުޅެނީ މީހަކާއި އިންނަން… ދެން ރީމް މިހަކާއި އިންނަނީ ކޮން އިރަކުން؟” މަރިޔަމް ގެ ސުވާލުން ރީމްގެ އިތުރުން އައިނާއާއި ހުދާއާއި ޒިއުނީގެވެސް މޫނުމަތީ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. ރީމް އަނގަޔަށް ލާން އުޅުނު ބޯކިބާ ކޮޅު ތައްޓަށްލައިފައި އިސްޖަހައިލިއެވެ. ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް ހިފަހައްޓައިލެވޭތޯ ރީމް ވަރަށް މަސައްކަތް ކުރިއެވެ. ދެއަތް ދެއަތާ މޮޑެމުން ރީމް ބެލީ އެނާގެ މޫނުމަތީގައިވާ ކުލަވަރު އެކަކަށްވެސް ނުދެއްކުމަށެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުދާއާއި ޒިއުނީއާ އެކަކު އަނެކަކަށް ލޮލުން އިޝާރާތް ކުރަނީއެވެ.
“އެއްކަލަ މަންމަ! ދެން އަހަރެން މީހަކާ އިންނަނީއޭ ކިޔާފަ ޖެހޭތަ އެހެންމީހުން މީހަކާ އިންނަން؟” ކާގެއަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގައިލައި މަޖާ ފާޑަކަށް މިހެން ބުނެވޭތޯ އައިނާ މަސައްކަތް ކުރިއެވެ. “ތި ޔޫޝައު މީހަކާ އިންނަނީ ކޮން އިރަކުންތޯ އަހާބަލަ!” އައިނާ މިހެން ބުނުމާއި އެކު ރީމް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލައި ހަމައަކަށް އެޅޭތޯ މަސައްކަތް ކުރިއެވެ.
“ދޮންތާ! މަޑުން ނީންދެވެނީތަ؟” އައިނާއާއި ޖެހިގެން އިން ގޮނޑީގައި އިން ޔޫޝައު ވަރަށް ސިއްރު ސިއްރުން ބުނެލިއެވެ.
“މަންމައަކަށް އަދި ނޭނގޭދޯ މިވާހަކައެއް؟… މި ޔޫޝައު…” އައިނާ މިހެން ބުނަން އުޅެނިކޮށް ޔޫޝައު އޭނާ އަގަޔަށް ގުޅައެއް ލަވައި އޭނާ މައިތިރި ކުރުވިއެވެ.
“ޔޫޝައޫ!” ނުރުހުންވެ އިނދެ އައިނާ ހަޅޭއްލަވައިގަތެވެ. އެވަގުތު އެންމެންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.
“ސާބަސް ތި ދެމީހުންނަށް… އަދިވެސް ބޮޑެއް ނުވެޔޭ!” މަރިޔަމް ހިނި އައިއްސަ އިނދެ ބުނެލިއެވެ.
“ބުނާނަމޭ މަންމަ ގާތު އަދި…. ޖަސްޓް ވެއިޓް އެންޑް ވޮޗް!” ޔޫޝައުއާއި ދިމާލަށްލޯ އަޅައިލަމުން އައިނާ ބުނެލިއެވެ.
“ތި ކެވޭތޯ ބަލާބަލަ!” އަނގަޔަށް ބޯކިބާ ފޮއްޗެއް ލަމުން ޔޫޝައު ބުނެލިއެވެ. ސަޔަށް އިންސާފު ކުރަން ތިބި އިރު އެކި އެކި ވާހަކަ އެންމެންގެ މެދުގައި ދެކެވުނެވެ. އެހެން ތިއްބާ ޔޫޝައުގެ ތިއްތަ ސުމައްޔާ އޭނާގެ ދެ އަހަރަށް ދާ އަންހެން ދަރިފުޅު އައިރީން އުރައިލައިގެން އައިސް ކާގެއައް ވެނެވެ.
“ކުޑަބެގެ ލޯބިކޮޅެ!” ބޯން އިން ސައި ތަށި ބައިންދައިފައި ޔޫޝައު ދިޔަ ގޮތަށް ގޮސް އައިރީން އުރާލިއެވެ.
“ޔޫޝައު ކޮން އިރަކު އައީ؟ އަހަނ! ރީމްވެސް އެބައިން ދޯ!” ނާހިލް ކައިރީ އިން ގޮޑީގައި އިށީންނަމުން ސުމައްޔާ އަހައިލިއެވެ.
“މިއަދު އެންނު ބޭފުޅާ ދުރުވީ!” އައިނާ މަޖާ ފާޑަކަށް އެހެން ބުނުމުން އެންމެންވެސް ހޭން ފެށިއެވެ. މިހެން ސަކަރާތް ޖަހަން ތިބެފައި މަޢްރިބް ނަމާދު ބަންގި ގޮވުމުން އެންމެންވެސް އެމީހަކަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށްވަނެވެ. ރީމްއާއި ހުދާއާއި ޒިއުނީވެސް އެމީހުންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަނެވެ. އަދި ލަސްނުކޮށް ނަމާދު ކޮށްލައިގެން އެނދުގައި އަރާމް ކޮށްލަން އޮށޯވެލިއެވެ.
“ބަލަ… މި ކޮޓަރީގަ މިއިނީ ދެ އެނދު… އެހެންމަ ކޮންމެވެސް އެކެއް ޖެހޭނެ ބިންމަތީ ގޮނދަޑި އަޅައިގެން ނިދަން… ކާކު އިސްނަގައިގެން މިކަން ކުރާނީ؟” ޒިއުނީ މިހެން ބުނުމާއިއެކު ހުދާއާއި ރީމް އެކަކު އަނެކަކުގެ މޫނަށް ބަލައިލައިފައި ދެފަރާތައް ބޯހޫރުވާލިއެވެ.
“ސާބަސް ޒިއު! އަހަރެން ނިދާފާނަމޭ ބިންމަތީ… އެވަރު ކަމެއްތަ؟” ހިނިގަނޑެއް ޖަހައިލަމުން ރީމް ބުނެލިއެވެ.
” ޕިސް… ތި ވާހަކައެއް ނޫނޭ! މި ރީމްއާ ޔޫޝައު ހާދަ ކުރިއެއްގައޭ އުޅެނީ!” ލާނެތް ފާޑަކަށް މިހެން ބުނެލާފައި ޒިއުނީ ހޭންފެށިއެވެ.
“އެބުނާހެން! އަހަރުމެން މިތިބީ ރާވައިގެން އަދި މިކޮޅަށް އައިއްސަ މިދެމީހުން ދެމީހުންނާ އިންޓްރޮޑިއުސް ކޮށްދެން… އެކަމު މި ދެމީހުން މާ ކުރިން އިންޓޮރޮޑިއުސް ވެގެން މިއުޅެނީ! އަނެއްކާ އަހަރުމެންނަށް އެނގޭ ގޮތުންނަމަ ރީމްއަކީ ތާކުން ތާކުން ދިމާވާ މީހަކާ ވާހަކަ ދައްކާވެސް މީހެއްނޫން!” ރީމްއަށް ބަލަން އިނދެ ހުދާ ބުނެލިއެވެ.
‘ދެން ސާބަސް! މަޑުން ނީނދެވެނީއޭ ދޯ ތިދެމީހުންނަށް… އޭނަ އަހަންނާ ވާހަކަ ދައްކަންފެށީމަ ނުކެރޭނެ ދޯ އަނގައިން ނުބުނެ އިންނާކަށް! އޭރަށް އޭނަ ހީކުރާނެ އަހަންނަކީ ކިހާ ޒާތް ކޮޅު ބޮޑު މީހެކޭ… ހާދަ ފޮނި އަންހެނެކޭ… އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ!” ރީމްއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.
“ވާއު! ރީމްއަށް ރުޅިއަންނަވެސް އިނގޭތަ؟” ޒިއުނީ ބުނެލިއެވެ.
“ދެން ޕްލީސް ޒިއު! ތިދެމީހުން ހީކުރާ އެއްޗެއް ނޫނޭ މިއީ! ބޭރަށް އަޑު އިވިދާނެ ޕްލީސް!” ރީމް އާދޭސް ކުރަން ފެށިއެވެ.
“ދެން ރީމްއަށްވެސް އިނގޭނެ ދޯ… މީ މަޖަލަކަށް ކިޔާ އެއްޗިއްސޭ!” ހުދާ ވިސްނައިދޭ ކަހަލަ ރާގަކަށް ބުނެލިއެވެ.
“ސޮރީ! މާ ބާރަށް ބުނެވުނީދޯ! ދެން ތި ކިޔާ އެއްޗެހިން މީހަކު ރުޅި ނައިސް ހުންނާނެތަ؟” ހިނިގަނޑެއް ޖަހައިލަމުން ރީމް ބުނެލިއެވެ. ރީމްއާއި ހުދާއާއި ޒިއުނީ މިހެން ކިތަންމެ ހަނގުރާމައެއް ކުރިޔަސް މި ތިން ކުދިންނަކީ އެކަކު އަނެކަކަށް އަޅާލަ، ލޯބިވާ ތިން އެކުވެރިންނެވެ. ސުކޫލު ދައުރުން ފެށިގެން އެކުގައި އުޅެމުން އަންނަ މިތިން އެކުވެރިންއައީ އެއްހުވަފެނެއް ދެކެމުންނެވެ. ގުރޭޑު ދިހައެއް ފެށުނު ހިސާބުން މިތިން ކުދިން ދިޔައީ “ދަ ޕްލޭނާސް” ހަޤީޤަތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ކަންތައްތައް ރާވާ، ކުރަންވީ ކަންތައްތައް ބަހާ، މިކަހަލަ ބައިވަރު ކަންތައް ކޮށް ދިހައެއް ނިމެންވާ އިރަށް ރާވާވެސް ނިންމާލީއެވެ. ދިހައެއް ނިމުމުން މި ތިން އެކުވެރިން އަވަސްވެގަތީ އޮންލައިން ޕާޓީ އަދި “ވެޑިންގ ޕްލޭނީން” ކޯހަށް ބައިވެރިވުމަށެވެ. ރާއްޖޭގައި މިދާއިރާއިން ކިޔެވުމުގެ މަގު ފަހި ނުވުމުންނެވެ. އޭގެ އަނެއް އަހަރު ކޮލެޖު ހުޅުވެން ވާއިރަށް އޮންލައިން ކޯސްތައް ނިމި އޭގެ ސެޓުފިކެޓުވެސް ލިބުނެވެ. ކޮލެޖުން “އިވެންޓު މެނޭޖްމެންޓު” ދާއިރާއިން ކިޔަވަމުން ދިޔައިރު އޮންލައިންކޮށް މި ކުދިން ދިޔައީ “ސްޓާޓް އަޕް” ކޯސް ހަދަމުންނެވެ. ތިން އަހަރުގެ ކިޔެވުން ނިންމާލީ ކުލަގަދަ ނަތީޖާތަކާ އެކުއެވެ. ރީމްއާއި ހުދާއާއި ޒިއުނީގެ އުމުރުން ވިހި އަހަރުގައި “ދަ ޕްލޭނާސް” މި ހުވަފެނުގައި މިތިން އެކުވެރިން ކުލަ ޖެއްސިއެވެ. ވިޔަފާރީގެ ކުޑަ ދުވަސް ކޮޅެއްތެރޭ “ދަ ޕްލޭނާސް” އައު އުސްމިންތަކަށް ވާސިލްވިއެވެ. މިއަހަރަކީ “ދަ ޕްލޭނާސް” ހުޅުވިތާ ހަތަރު އަހަރު ފުރޭ އަހަރެވެ.
އިޝާ ނަމާދު ކޮށްގެން ހުދާއާއި ޒިއުނީ ސިޓިން ރޫމަށް ނުކުތެވެ. ރީމް އޭރު ކޮޓަރީގެ ކުޑަ ދޮރުން ބޭރު ބަލަން ހުރީ މިއަދު ހަވީރު މަރިޔަމް އެހި ސުވާލާއި ދެތެރޭ ވިސްނާށެވެ. ތަރުތީބެއްނެތި ކަޅުސާލެއްގެ މައްޗަށް އުކާލެވިފައިވާ ތަރިތައް ފިޔަޖަހާލަޖަހާލާ ހުއްޓެވެ. ސާދަވިލޭރޭގެ ފުރިހަމަ ހަނދު އުޑުމަތީގައި ރަސްކަންކުރަމުން ނުދިޔަޔަސް ފަޅި ހަނދުގެ އަލިކަމުން މުޅި ކައުނު ވަނީ ދިއްލާލައިފައެވެ. މިހިތްގައިމު މަންޒަރުގެ ފޮނި މީރުކަން ހާސިލް ކުރާ އެތައް ބަޔެއް ވާނެކަން ކަށަވަރެވެ. ނަމަވެސް މި މަންޒަރަށް ސަމާލުކަމެއްނުދީ ގަނބުވެފައި ހުރި ރީމްގެ ލޯ ފެންކަޅި ވެގެން ދިޔައެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ދިޔައީ ރީމް ގެ ކޯތާފަތް ތެންމަމުންނެވެ.
ހުދާއާއި ޒިއުނީ ސިޓިންރޫމު ސޯފާގައި އިށީނދެގެން ތިއްބައި ޔޫޝައު އޭނާގެ ކޮޓަރިން ނުކުމެގެން ސޯފާއާއި ދިމާލަށް އަންނަނީއެވެ.
“ހެލޯ ލޭޑީސް! ކޮބާ ރީމް؟” ޔޫޝައު އަހައިލިއެވެ. ހުދާއާއި ޒިއުނީގެ ތުންފަތާއި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.
“އެބަ އުޅޭ ކޮޓަރީގަ!” ހުދާ ބުންޏެވެ.
“އޯހް… މިރޭ ކޮންކަމެއް ކުރަން ރާވައިގެން ތިއުޅެނީ… ކަމެއް ނެތިއްޔާ ވީއެންނު ބޭރަށް ޖައްސައިލަން!” ޔޫޝައު އިސްތަށިގަނޑުގެގައި އަތް ފުނާ އަޅާލަން ބުނެލިއެވެ.
“ގްރޭޓް! މި އަންނަނީ ރީމް ގާތު ރެޑީ ވަން ބުނެފަ!” ޒިއުނީ މިހެން ބުނެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ.
“ރީމް! ޔޫޝައު ބުނީ ހިނގާށޯ ބޭރަށް ދާން! ރެޑީ ވޭ!” ކޮޓަރިއަށް ވަދެ ރީމް ހުރި ދިމާލަށް ހިނގައިގަންނަމުން ޒިއުނީ ބުނެލިއެވެ. ރީމް އަވަސް އަވަހަށް އަތުގެ ނުފުށުން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި ގަދަކަމުން މޫނަށް ހިނިތުންވުމެއް ގެނުވަމުން ޒިއުނީއާއި ވީ ފަޅިއަށް އެނބުރެލިއެވެ.
“ކީކޭ؟” ރީމް އެހިއެވެ.
” ބޭރަށް ދާން ރެޑީ ވާށޯ!” ޒިއުނީ ބުންޏެވެ.
“ކޮންތާކަށް؟” އެނދުމަތީގައި އިށީންނަމުން ރީމް އަހައިލިއެވެ.
“ނޭނގެ! ޔޫޝައު އަކަންނު އިނގޭނީ!” ރީމްގެ ކުރިމަތީ އިށީންނަމުން ޒިއުނީ ބުނެލިއެވެ.
“ނެތް މޫޑެއް!” ރީމް ދިނީ ކުރު ޖަވާބެކެވެ.
“އަޅޭ!! ޕްލީސް… ޔޫޝައު އޭ ބުނީ… ޕްލީސް ހިނގާބަ ދާން! ވަރަށް މަޖާ ވާނެޔޭ!” ޒިއުނީ އާދޭސް ކުރަން ފެށިއެވެ.
“ޕްލީސް ޒިއު… ވަރަށް ވަރުބަލި… ބޮލުގަވެސް އެބަ ރިއްސާ” ރީމް ބެލީ ނުދެވެން އޮތްހާ ބަހާނާއެއް ދެއްކޭތޯއެވެ.
“ދެން… އޯކޭ…” ޒިއުނީ ވަރަށް ފަސޭހައިން އެއްބަސްވިއެވެ. ރީމް ދާން ބޭނުން ނުވާ ސަބަބު ޒިއުނީއަށް އިނގުނީ ކަމަށްވެދާނެއެވެ. އެނދުން ތެދެވެގެން ޒިއުނީ ބޭރަށް ނުކުތެވެ. ރީމް ފުންނޭވާއެއް ދޫކޮށްލައިފައި އަނެއްކާވެސް ކުޑަ ދޮރު ކައިރިއަށް ދިޔައެވެ. ޒިއުނީ ސިޓިންރޫމަށް ދިޔައިރު އައިނާވެސް ހުދާއާއި ޔޫޝާއު ގާތު އިށީންދެލައިގެން ކޮންމެވެސް ވާހަކައެއްގައި އިނެވެ.
“އައްދެ! މިލާ މޯޅިވެފަ އިން މަލެކޭ ޒިއުނީގެ މޫނަކާ ނެތެންނު ތަފާތެއް!” ޒިއުނީ ސޯފާގައި އިށީނުމުން ހުދާ ބުނެލިއެވެ.
“މިލާ މޯޅި ވާނެއެންނު! ރީމް ބޭނުމެއް ނުނޯ ދާކަށް!” ދެއަތް މޫނުގައި ވިއްދައިލަމުން ޒިއުނީ ބުނެލިއެވެ.
“ކިހިނެއް ވީ؟” އައިނާ އަހައިލިއެވެ.
“ނޭނގެ!” ނޭވާއެއް ދޫކޮށްލަމުން ޒިއުނީ ބުނެލިއެވެ.
“މިއަދު ހަވީރުން ފެށިގެން ނޭނގެ ރީމްއަށް ވީގޮތެއްވެސް! ލޯންޗު ތެރޭ އިން ރީމްއެއް ނޫން އެއިކީ!” ޔޫޝައު ވަރަށް ޔަގީން ކަމާއިއެކު ބުނެލިއެވެ. ހުދާއާއި ޒިއުނީއާއި އައިނާ އެކަކު އަނެކަކު މޫނަށް ބަލައިލިއެވެ.
“އެބަ އަންނަން!” އައިނާ ސޯފާއިން ތެދުވެ ރީމް އުޅޭ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. މަޑުމަޑުން ދޮރު ހުޅުވައިލައިފައި އެތެރެއަށް ވަނެވެ. ރީމް އަދިވެސް ހުރީ ކުޑަ ދޮރުން ބޭރަށް ގެއްލިފައެވެ. ރީމްއަކަށް އައިނާ ވަންކަމެއް ނޭނގެއެވެ.
“ރީމް!” އައިނާ ރީމްއަށް ގޮވައިލި ތަނާ ރީމް ސިހިފައި ފަހަތަށް އެނބުރުނެވެ.
“އައިނާ؟” ރީމް ބުންޏެވެ.
“ކިހިނެއްވެފަ؟” ރީމްއާއި ދިމާލަށް ދަމުން އައިނާ އެހިއެވެ.
“ކަމެއް ނުވޭ!” އަނެއްކާވެސް ބޭރަށް ނަޒަރު ހުއްޓާލަމުން ރީމް ބުނެލިއެވެ.
“ދެން ކީއްވެ ބޭރަށް ނުދާން ތިއުޅެނީ؟” އައިނާ އަހައިލިއެވެ. އެވަގުތު ރީމްއަށް އައިނާއާ ދިމާލަށް ބަލައިލައިފައި އިސްޖަހައިލެވުނެވެ.
“ޔޫޝައު ކަމެއް ކުރީތަ؟ މީހަކު ހިތްހަމަނުޖެހޭ ކަމެއް ކުރީތަ؟” އައިނާ ސުވާލު ފައްޗެއް އަމުނައިލިއެވެ.
“ނޫން އައިނާ! ނޫން… މީހަކު އެއްވެސް ކަމެއް ނުކުރޭ! ހަމަ މޫޑު ނެތީ!” ރީމް ބުންޏެވެ.
“މިއަދު ހަވީރު ވީ ކަންތަކާ އަދިވެސް ވިސްނަނީތަ؟” އައިނާ ވަރަށް އޯގާތެރިކަމާއިއެކު އެހިއެވެ. ވަގުތުން ރީމްގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. މިކަން ފޮރުވުމަށްޓަކައި ރީމްއަށް އިސްޖަހައިލެވުނެވެ.
“އަދިވެސް ދާނިޝްގެ ހަނދާންތަކުން ދުރު ނުވެވެނީތަ؟ ރީމް އަދިވެސް ދާނިޝް ދެކެ ލޯބިވޭތަ؟” އައިނާ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންދިޔައެވެ. ރީމްއަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ކުރަނގި ދެލޮލުން ކަރުނަތައް ފައިބަން ފެށީ ފެން އިސްކޫރެއް ދޫކޮށްލާ ބީދައިންނެވެ. ފައިބާ ކޮންމެ ކަރުނަތިއްކެއް ދިޔައީ ރީމްގެ ކޯތާފަތްމަތިން ލައިފައި އޭނާގެ ދަތްދޮޅިއަށް އެއްވެ އޭނާ އަޅައިގެން ހުރި ބުރުގާ ތެންމަމުންނެވެ. ރީމްއަށް ރޮވެން ފެށުމުން އައިނާ ރީމް ގައިގައި ބައްދާލައިފައި އޭނާގެ ބުރަކަށީގައި މަޑު މަޑުން ފިރުމަންފެށިއެވެ.
“އަޅޭ… ސޮރީ… ދެން ހުއްޓާލަ އަވަހަށް…ނުރޯ ހުއްޓާލާ” އައިނާ ކުޑަކުއްޖެއް ގާތު ނުރޮއި ހުއްޓާލާށޭ ބުނާހެން ރީމްގާތުވެސް ވަރަށް ލޯބިން ބުންޏެވެ.
“ލޯބިވޭ! ހަމަ ކުރިންވެސް ވީވަރަށް ލޯބިވަނީވެސް!” އައިނާ ދުރުކޮށްލަމުން ރީމް ބުނެލިއެވެ.
“މިހާރު ހަތަރު އަހަރު ވެއްޖެއެންނު!” އައިނާގެ އަޑުގައި ވަނީ ހާސްކަމެވެ.
“އެހެންވެޔޭ! މިހާރު ހަތަރު އަހަރު ވެދާނެ ކަންނޭނގެ މިކަމަށް… ހަތަރު އަހަރު! މީހަކު ހަނދާން ނައްތާލަން ފުދޭނެ ކަންނޭނގެ ހަތަރު އަހަރު! އެކަމަކު އަހަންނަކަށް ނުވި ތިކަމެއް! ކޮންމެވެސް ކަމެއްވާތީތާ އަހަންނަށް ދާނިޝްގެ ހަނދާންތަކުން މިންޖު ނުވެވިގެން މިއުޅެނީ… މާތް ﷲ އަށާ އަހަންނަށް އެކަނި އިނގޭނީ އަހަރެން އޭނަ މަތިން ހަނދާން ނައްތާލަން ކުރިހާ މަސައްކަތެއް! އެންމެފަހުން ތިކަން ނުވެގެން އަހަރެން ނިންމީ އަހަރެން އޭރުވެސް މިހާރުވެސް ލޯބިވަނީ ދާނިޝްދެކެ ކަން! އޭގެ ފަހުން ކޮންމެ ނަމާދަކަށް ފަހު ދާނިޝް އަހަރެން ގާތަށް އަނބުރާ އަންނާނެ ދުވަހަކަށް ދުޢާ ކުރިން! އެކަމު… ދުވަސް ކޮޅެއް ފަހުން އަހަރެންގެ ހިތުގައި ސުވާލު އުފެދެންފެށި… އަހަންނަކަށް ނޭނގުނު އަހަރެން އޭނަދެކެ ލޯބިވާ ކަމެއް ނޫނީ ނުވާކަމެއް! އެކަމު އަހަރެން ހިތް ބުނެޔޭ އޭނަ އަދި އަންނާނެކަން! ހެއްދެވި ފަރާތަށް އޮތް ބޮޑު އިތުބާރެއްގެ ސަބަބުން މިހެން މިބުނެވެނީވެސް! އަހަންނަކަށް ހިއެއް ނުވޭ އަހަންނަށް އިތުރު އެއްވެސް މީހަކު ދެކެ ލޯބިވެވި ދާނެ ހެނެއް! އެހާ އަހަރު ދުވަހު އެކު އުޅެފަ… އަނެއްކާ އަހަރުމެންގެ ގުޅުމަށް ކައިވެނީގެ ގޮށް ޖެހެން އެހާ ގާތް ވެފަ އޮއްވާ އޭނަ ދިޔައީވެސް… ތަންކޮޅެއް ކުރިން އަހަރެން ދޫކޮށްފަ ދިޔަނަމަތާ އަހަންނަށްވެސް އޭނަ މަތިން ހަނދާން ނައްތާލަން ފަސޭހަ ވާނީ… އަހަރެންގެ ކުށެއް ހޯދާފަ އަހަރެން ދޫކޮށްލި ނަމަވެސް އެންމެ ރަނގަޅު! އެކަމަކު… އެކަމަކު މިއަދުވެސް އޭނަ އަހަރެން ކުރި މައްޗަށް އަރާބަލަ! އަހަރެން ދާނަން އަނބުރާ އޭނަ ގާތަށް!” ރީމް މި ހުރިހާ ވާހަކައެއް ބުނެދީ ނިމުނު އިރު އައިނާގެ ލޮލުންވެސް ކަރުނަ ނިރާލިއެވެ. އޭރު ރީމްއަށް ގިސްލެވެނީއެވެ.
“ހިތްވަރު ކުރޭ ރީމް… ދާނިޝްގެ ވާހަކަ ދައްކާއިރަށް ރީމްއަށް ތިހާ ވަރު ވަންޏާ ދެން އޭނަގެ އެއްވެސް ވާހަކައެއް މިގައަކު ނުދައްކާނެ! އެކެއްވެސް ދައްކައިގެން ނުވާނެ! މަޖާ ކޮށްލަން ތިޔައި އެހެންމަ މަޖާ ކުރާނީ… މާޒީގެ ހިތިކަމުގެ ރަހަ ނުބަލާ މާދަމާ ވާނެ ފޮނިކަމެއް ހިތަށް ގެނުވަބަލަ!” ރީމް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ރީމް ދިޔައީ ޖަވާބުދާރީ ވުމުގެ ގޮތުން ބޯޖަހަމުންނެވެ.
“ސޯ… މިރޭ ބޭރަށް ދާނަން ދޯ؟” އައިނާ އަހައިލިއެވެ.
“ޔަގީނެންނު!” ރީމްގެ މޫނު މައްޗަށް ހިނިތުންވުމެއް ގެންނަމުން އޭނާ ބުނެލިއެވެ.
“ރެޑީ ވެލައިގެން ނުކުމޭ ސިޓިންރޫމަށް… ކައިގެން ދޯ ދާނީ” އައިނާ މިހެން ބުނުމަށްފަހު ކޮޓަރިން ނުކުމެގެން ދިޔައެވެ.
“ރީމް ދޭތަ؟” ޔޫޝައު އަހައިލިއެވެ.
“ރީމް ދިޔަޔަސް ނުދިޔަޔަސް ޔޫޝައުއަށް ގޮތެއް ވާނެތަ؟” އެމީހުންނާއި ދިމާލަށް ހިނގަމުން އައިނާ ލާނެތް ފާޑަކަށް ބުނެލިއެވެ. މިހެން ބުނުމާއި އެކު ހުދާއާއި ޒިއުނީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ޕިސް ޕިސް ދޮންތާ… ދެން ރީމް އެކަނި ބަހައްޓާފަ ދާންވީ… އަހަރެން ބުނީމޭ އޭނަ ގާތު މިރަށް ދައްކާލާނަމޭވެސް!” ޔޫޝާއު ބުންޏެވެ.
“އައްދެ! މިދެމީހުން މާކުރިން ޕްލޭންސް ހަދައިގެން ދޯ މިއުޅެނީ!” އައިނާ ބުނެލިއެވެ. ޔޫޝައު އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން އިނީ ފަހުން އަންނަ ބަހުގެ ހަމަލާތައް މާ ވަރުގަދެވެ، އޭނަ ލަދު ގަންނަން ޖެހިދާނެތީއެވެ. އިރުކޮޅެއް ނުވެ ރީމްވެސް ތައްޔާރު ވެލައިގެން ކޮޓަރިން ނުކުތެވެ. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު ޔޫޝައުއާއި އައިނާއާއި ރީމްއާއި ހުދާ އަދި ޒިއުނީވެސް ގެއިން ނުކުމެ އަތިރި މައްޗާއި ދިމާލަށް ހިނގައިގަތެވެ. އަތިރި މައްޗަށް ދިޔަ މަގު މަތީ އައިނާ އިންނަން އުޅޭ ޔޫނުސްވެސް އެމީހުންނާއި އެކު ބައިވެރިވިއެވެ. އަތިރި މަތީގައި އޮލަ ވާހަކަތަކުގައި ތިބެފައި ދިހައެއް ޖަހަނިކޮށް އެންމެންވެސް ގެއަށް އައެވެ. ވެފައި ހުރި ވަރުބަލިކަމާއިއެކު ރީމް އަވަސްވެ ގަތީ ފެންވަރާލައިގެން ނިދަން އޮށޯވެލުމަށެވެ. އިސާހިތަކު ރީމްއަށް ނިދިއްޖެއެވެ. ހުދާއާއި ޒިއުނީވެސް ދިޔައީ ރީމްއެކޭ އެއްފަދައިން ނިދީގެ ފޮނި މީރުކަން ހާސިލް ކުރަމުންނެވެ.
ފަތިސް ނަމާދުގެ އަޑާއި އެކު ރީމްއަށް ހޭލެވުނެވެ. އަވަސް އަވަހަށް ތެދުވެ ވުޟޫކޮށް ނަމާދު ކޮށްލައިގެން ރީމް ކޮޓަރިން ނުކުތީ އިރުއަރާ މަންޒަރު ބެލުމުގެ އިތުރަށް ސިކުނޑިއަށް ތާޒާކަން ލިއްބައިދިނުމަށެވެ. ކަޅު ކުލައިގެ އަތްދިގު ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޖިންސަކާއި ކަޅުބުރުގަލެއް އަޅައިގެން ރީމް ގެއިން ނުކުތެވެ.
“އިރު އޮއްސެނީ އަތިރިއާ ވީފަޅިން ވެއްޖިއްޔާ… އިރު އަރާނީ… އަމްމް… މިދިމާލުން!” ރީމް އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



kiyuntheringe samaalukamah!
mi vaahaka dhn genesdheyny hafthaa aku thin duvahu. eii monday, wednesday and firday ga
uhmeedhu kuran mi bai vx kiyuntherinnah kamudhaane kamah 🙂 🙂
yayayyy me first dhw.. and mi bai vs vr vr vr vr vr rythi.. vr kiyaa hiyy vaa vaahaka eh mee.. vr furihama.. btw nafu thankolheh olhun araaba inge.. yooshau eaii kon thaakun thr? mihen mi ehy ainaa men gey enmennah rym engeyiru yooshau ah ekani neygeni mi.. thankolheh saafukoh ebaa nafu ah kiyaala dhyba. adhi nafu vr hithah araaba ziuny aky girl kuhjjeh baa ey noony boy kuhjjeh baaey.. btw overall vaahaka vr furihama. waiting for next part.. keep it up raaya.. stay safe.. ly
Yooshau eii konthaaku ulhefa ai meehehkan ingeyne vrh avahah inge nafu? and ziuny aky girl eh ingey… thanks a lot nafu?? it means a lot to me??? and yes… yooshauge bai annaane next part ga so eyrah kiyaa dheynan ingey… once again thanks nafu? you too stay safe… ly❤❤❤
Mi wednesday ga dhw next bai libeynee
yess shamm.. in sha allah maadhama up kohlaanan 🙂 🙂
I think yooshau aky dhaanish. V heevey ehen btw v reethi
No… eii thafaathu dhe characters… thanks❤?