Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

ނާމާން – 3

Hawwa jabeela Level 110 Stories
July 16, 2020 3 Mins Read
6 Comments

އިދާން އާއި އިމްޝާ ހާސްވިއެވެ.
********************
އިދާން ބުންޏެވެ. ” ސާބަހޭ.. އަހަރެން ހީކުރީ ވަރަށް ބޮޑު ކަމެއްވީ ކަމަށް.. ދެން ނުވާނެ އެހާ ބާރަށް ހަޅޭއްލަވައި ގެނެއް ބޮޑުކަމެއް ނުވަންޏާ.. އިނގޭ ޒިން.. ”

” އާނ… ޒިން އަށް ވަރަށް ބޮޑުކަމެއް އެއީ ފޯނު ޗާޖު ދިޔަައިއްޔާ… ހެހެ.. ” ޒަހާ ބުނެލިއެވެ. އެކަމާ އެއްބަސްވަމުން ޒާޔާ ވެސް ބުންޏެވެ. ” އާނ… ދެން އެހެން ނޫނަސް އަދި އެބައޮތް 3 ފޯނު.. ” ޒާޔާ އެހެން ބުނެލީ މަޖާވެފައި ހުރެއެވެ. ޒިންޔާ ކަންތައް ބޮޑުވެގެން ގޮސް ޓެންޓު ތެރެއަށް ވަނެވެ.

” އޭ ޒާޔާ ،އިމް..ހިނގާބަލަ ޒިން އަށް ބޮޑު ލަނޑެއް ދޭން.. މިފަހަރު ވާނެ ތަންކޮޅެއް ބިރުވެރިކޮށްލަން.. ” ޒަހާ އެހެން ބުނީ ޒިންޔާ އަކީ ވަރަށް ބިރުގަންނަ ކުއްޖަކަށް ވާތީއެވެ. ޒަހާޔާ ޒާޔާޔާ އިދާން އަދި އިމްޝާ ވެސް އުޅުނީ ޒިންޔާއަށް ލަނޑެއް ދޭންށެވެ. އެންމެން ރަނގަޅަށް ތައްޔާރުވެފައި ކުޑަކޮށް މަޝްވަރާ ކޮށްލުމަށް ފަހު އެމީހުން ރޭވި ގޮތަށް ކަންތައް ކުރިއެވެ.

ޒިންޔާ އޮށޯވެ އޮއްވައި ސިއްސައިގެން ދިޔައީ ކުލިއަކަށް އިވުނު އަޑަކުންނެވެ. ބޭރުން މީހެއްގެ ހުނުމުގެ އަޑު އިވުނެވެ. ޒިންޔާ ބިރުގަންނަން ފެށިއެވެ. އެއީ އިދާންގެ އަޑެއް ނޫނެވެ. ނަމަވެސް ފިރިހެނެއްގެ އަޑެކެވެ. ޒިންޔާ ދެލޯ ބޮޑުވިއެވެ. ނަމަވެސް ލަސްލަހުން ގޮސް ޓެންޓުން ބޭރަށް ބޯ ދިއްކޮށްލިއެވެ. އޭރު އެތާ ފަތްތަކެއް އަތުރައިފައި އެތާ އިމްޝާ އަދި ޒާޔާއާ ޒަހާ ވެސް ބާއްވައިފައި އޮތެވެ. ޒިންޔާއަށް ދުއްވައި ގަނެވުނީ އެ ދިމާއަށެވެ. އެތަނުން އިދާންއެއް ނުފެނުނެވެ. ޒިންޔާ ދިޔައީ ކަންތައް ބޮޑުވަމުން ނެވެ. ކުއްލިއަކަށް އިދާން ހަޅޭއްލަވައި ގަތް އަޑު އިވުނެވެ. ޒިންޔާއަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް ދުއްވައިގަތީ އިދާން ހަލޭއްލަވައިގަތް ދިމާއަށެވެ. ޒިންޔާ ދިޔައިރު އިދާން އޮތީ ބިންމަތީގައި ވެއްޓިފައެވެ. ޒިންޔާ ރޮމުން ރޮމުން ގޮަސް އިދާން ކައިރީގައި އިށީނެވެ.

އިދާން އިނީ ގަދަކަމުން ހިނިގަނޑު ހިފަހައްޓައިގެންނެވެ. އޭރު އިމްޝާއަށް ހެވޭވަރުން އަޑެއް ނުލައްވައި އޮވެވެނީ ކިރިޔާއެވެ. ކުއްލިއަކަށް އިމްޝާ ހޭއަޑު އިވުނެވެ. ޒިންޔާ ބަލައިލީ ދެލޯ ބޮޑުކޮށްގެންނެވެ. ޒިންޔާ ބަލަހައްއިގެން ހުރިގޮތުން އިދާންގެ ހިނިގަނޑު ވެސް ފަޅައިގެންދިޔައެވެ. އިމްޝާޔާ އިދާންއާ ހޭތީވެ ޒަހާާޔަށާ ޒާޔާއަށް ވެސް ހެވުނެވެ. ޒިންޔާ ބަލަހައްއިގެން ހުރިގޮތުން އަދި ވީގޮތް ނޭނގޭކަން ޒަހާޔަށް އިނގުނެވެ. ” އޭ ޒިން ހެހެ.. ސާބަހޭ އަހަރެމެން މި މަޖާކޮށްލީއޭ.. މިހާރު ރޯންވެސް ފަށައިފި.. އަދި ޕްލޭން އެއްކޮށް ނިމޭއިރު ކިހާވަރެއް ވާނެ.. މި އިމް ވެސް ވެއްޖެ ހޭން.. އަދި އެބައޮތް ޒިން ވަލުތެރެއަށް ގެންދިއުން ވެސް. ” ޒަހާ އެހެން ބުނި އިރު ވެސް ކުޑަކޮށް ހެވެއެވެ.

ޒަހާމެން ރާވައިގެން ހުރީ އިދާން ކައިރިއަށް ޒިންޔާ ދިޔައީމަ ޒަހާމެން ފިލަންށެވެ. ދެން ފިލަން ދަމުން އިމްޝާ އަނެއްކާ ހަޅޭއްލަވައި ގަންނަ ގޮތަށެވެ. ދެން އިދާން ތެދުވެގެން ވަލުތެރެއަށް ދާގޮތަށެވެ. އޭރުން ޒަހާމެން ވެސް ތިބޭނި އެތަނުގައެވެ. ދެން ޒިންޔާ ކުރިމަތީގައި އެކި ބިރުވެރި އެކްޓް ކުރަންށެވެ. ފަހުން ހުރިހާ ކަމެއް ކިޔައި ދޭނީ އިދާންއެވެ.

” އިމް ދެން ދޯ.. އިމް ލައިގެން ކަމެއް ނުވާނެ.. ހެހެ އަޅޭ ދެންމެ ވެސް ޒިން އުޅުން ގޮތުން މިހާރުވެސް އެބަ ހެވޭ.. ” ޒާޔާ ވެސް އެހެން ބުނީ ހެމުން ނެވެ. ހުރިހާ ކަމެއް އިނގުމުން ޒިންޔާ ރުޅިއައިސްގެން ލޯ އަޅާލަމުން ދިޔައީ އަލުން ޓެންޓަށް ވަންނާށެވެ.

ގަޑިން ދަންވަރު 12 ޖަހަނީއެވެ. އިމްޝާ އިނީ ހޭލައެވެ. އިދާންއަށް ވެސް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. އެތާ އިމްޝާ އިންތަން ފެނުމުން އިދާން އިމްޝާ ކައިރީގައި އިށީނެވެ. ބަޔަކު އުޅޭހެން ހީވެގެން އެގަޑީގައި ޒާޔާއަށް ވެސް ހޭލެވުނެވެ. އޭރު އިދާން އާއި އިމްޝާ ޓެންޓުގެ އެއްފަރާތުގައި އިނެވެ. ޒާޔާ މަޑުމަޑުން ލޯ މަރައިލީ އެމީހުން ކިޔަނީ ކޮންއެއްޗެއްތޯ ބަލައިލަންށެވެ.

” އިދާންބޭ.. އިމް އަށް އިނގޭ މި ރަށުގައި އިމް މެން ނުލައި މީހަކު އުޅޭކަން.. އެކަމަކު އިމް މެން އައި އިރަކު ނެތް.. ދެން ކިހިނެއް.. ” އިމްޝާ ބުނަން އުޅުނު އެތި ހުއްޓިވާފައި އިދާން ބުނެލިއެވެ. ” ނޫން.. އިދާންބެ ބުނީމެއްނު އެކަމާ ނުވިސްނާށޭ.. އެއީ ހީވި ހީވުމެކޭ.. ތިކަމާ ވިސްނައިގެން މި ދަތުރު މަޖާއެއް ނުވާނެ.. ” އިދާން އެހެން ބުނުމުން އިމްޝާ ވަގުތުން ރޯން ފެށިއެވެ. އިދާން ހާސްވިީ މީހަކު ހޭލަފާނެތީއެވެ. ” އިމް.. ނުރޮއިބަ ޕްލީޒް.. އިދާންބެ ކިޔާދީފާނަމޭ.. ” އިދާން ކަންތައް ބޮޑުވީ އެތަނުން މީހަކު ހޭލައި ފާނެތީއެވެ. އެތާ ޒާޔާ ހޭލައި އޮތްކަމެއް އިދާންއަކަށް ވެސް އިމްޝާއަކަށް ވެސް ނޭނގެއެވެ. ” ކިޔާދީބަ ޕްލީޒް.. ” އިމްޝާ ބުންޏެވެ.

އިދާން ކަންވީގޮތް ކިޔައިދިނެވެ. ފުރަތަމަ އިދާން ވެއްޓުން ވާހަކައެވެ. ދެން މީހަކު އިދާންއަށް ގޮވާލި ވާހަކައެވެ. އިދާންއަށް ހިޔަނި ފެނުނު ވާހަކައެވެ. އިމްޝާ ބުންޏެވެ.
” އެހެންވެ އިމްއަށް އެކަންޏެއް ނޫންދޯ މި ކަންތައްތައް ވަނީ.. އިނގޭތަ އިމް މިއަދު ފެންބޯން ދިޔަތަނާ އިމްއަށް ފެނުނީ ވަރަށް ރީތި ޑައިމަންޑްއެއް.. ދެން އޭތި ނަގަން ދިޔަތަނާ އެ ޑައިމަންޑް ގެއްލުނީ.. ” އިމްޝާ ވާހަކަ ދެއްކީ ބިރުން ހުރެއެވެ.

ޒާޔާއަށް އެ ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ޒާޔާއަށް އިދާންއާ އިމްޝާ އެހާ ބަދަލު ވީ ގޮތް އިނގުނެވެ. އިދާންއަށް މީހަކު ރޯ އަޑު އިވިގެން ބަލައިލިއެވެ. އިދާންއާ އިމްޝާ ދެލޯ ބޮޑުވިއެވެ. ޒިންޔާ އައިސް އެމީހުން ކައިރީގައި ހުއްޓުނެވެ. އިދާން ކަންތައް ބޮޑުވާން ފެށިއެވެ. ” ކީއްވެ އަހަރެންނަށް ތި ކަންތައް ސިއްރުކުރީ.. ” ޒިންޔާ އައިސް ބުންޏެވެ. އިދާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަމަވެސް ވަރަށް ހިތްވަރުކޮށްލާފައި ބުންޏެވެ. ” ޒާޔާމެން ތީ ވަރަށް ބިރުގަންނަ ކުދިން.. ބަލައިބަލަ މިއަދުވެސް ޒިންއަށް ވީގޮތް.. އެއީ ހަމަ އެކަނި އަދި އަހަރެމެންގެ އެކްޓް.. ދެން.. ” އެހެން ބުނި އިރު އިދާން ހުރީ ވަރަށް ދެރަވެފަ އެވެ.

” އިދާންބޭ.. އަހަރެން ކައިރީގައި ބުނި ނަމަ.. ހަމައަށްވެސްތަ.. ދެން ކިހިނެއް ހަދާނި.. ” ޒާޔާ ބުންޏެވެ.
” އާނ.. ޒާޔާ ބިރުގަންނާނެ ކަން އިނގޭތީ ނުބުނީ.. އެންޑް ނުބުނާތި ޒަހާޔާ ޒިން ކައިރީގައި.. އިނގެއެންނު މިއަދުވެސް ވީ ވަރު ޒިންއަށް.. ” އިދާން އެހެން ބުނަމުން ޒާޔާ ދިޔައީ ނިދަންށެވެ. އިމްޝާ ވެސް ދެން ދިޔައީ ނިދަންށެވެ. އިދާން ވެސް އިމްޝާޔާ ޒާޔާ ދިއުމުން ހިނގައިގަތީ ކުރީގަ އިދާން އޮށޯވެ އޮތް ތަންކޮޅަށެވެ. އިދާން ގޮސް އޮށޯވެލިތަނާ އިދާންގެ ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުނެވެ. އިދާން ކުޑަކޮށް މަޑުކޮށްލަމުން ބަލައިލިއެވެ. 4 މީހުން ތިބީ އޮށޯވެއެވެ. އިދާންގެ ހިތަށް ބިރުވެރިކަން ވަނެވެ.
ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwa jabeela

Level 110 Stories

Other Articles

Previous

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..( ޓްރެއިލަރ )

Next

ފިޔަފަތް 4

Next
July 16, 2020

ފިޔަފަތް 4

Previews
July 16, 2020

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..( ޓްރެއިލަރ )

6 Comments!

  1. Ram says:
    July 16, 2020 at 11:53 pm

    VVV reethi maasha allah v biruveri kuraathi engy???

    1. Hawwa jabeela says:
      July 17, 2020 at 12:10 am

      Ok…. Alhugadah vy varakun biruveri kuraanan insha Allah… Shukuriyya ram????⁦☺️⁩⁦☺️⁩

  2. Laalu says:
    July 17, 2020 at 5:11 pm

    Masha allah ?nice wrk

    1. Hawwa jabeela says:
      July 17, 2020 at 7:29 pm

      Shukuriyya laalu????☺☺

  3. Booooooooo says:
    July 18, 2020 at 3:44 pm

    THIS STORY IS SO NOT INTERESTIG.. HOPE U FIX THAT MISTAKE !!!!!

    1. Hawwa jabeela says:
      July 18, 2020 at 5:16 pm

      Yes… I’ll try to fix the mistakes… Thank you…????⁦☺️⁩⁦☺️⁩

Comments are closed.

Next Episodeނާމާން – 4←


All Right Reserved!