އައްސަލާމް ޢަލަކުމް ހުރިހާ ކިޔުންތެރިން. މިއީ ‘އެހެނަސް…’ އަށް ފަހު އަޅުގަނޑު ދެން ނެރެން މަސައްކަތްކުރަމުންމިދާ ވާހަކަތަކުގެ ތެރެއިން އެއްވާހަކައެވެ. އެވާހަކައަށް ވުރެ މިވާހަކައިގެ ބައިތައް މަދުވެދާނެއެވެ. ނަމަވެސް ކިޔުންތެރިން ބޭނުންވާހެން ދިކުކޮށް ގެނެސްދޭން މަސައްކަތްކުރާނަމެވެ. މިވާހަކަ ލިޔުމުގައި ބައެއް އެހެނިހެން ބޭބޭފުޅުންގެ ފޮތްތަކާ، ބައެއް ވާހަކަތަކާ، ރާއްޖޭގެ މަޝްރަހުގެ ބައެއް ޚަބަރުތަކުގެ ރިޕޯރޓްތަކުން މަޢުލޫމާތު ނެގިފައިވާނެއެވެ. މިއީ އަދުގެ މުޖުތަމަޢާ ގުޅުވައިގެން ލިޔާ ވާހަކައެއް ނަމަވެސް މިއީ އެއްވެސް މީހަކަށް ނުވަތަ ވަކި މީހަކަށް އަދި […]
ކުއްލިއަކަށް ޒާޔާ ސިއްސައިގެން ދިޔައީ ޒާޔާގެ ކަންފަތްދޮށުގައި މީހަކު ސިއްރު ސިއްރުން ޒާޔާގެ ނަން ގޮވާލީމައެވެ. ******************** ޒާޔާ ފުންމައިގެން ތެދުވީ ގަތްބިރުންނެވެ. ކައިރީގައި އިން ޒިންޔާ ވެސް ދިޔައީ ސިއްސައިގެންނެވެ. ޒިންޔާ ސުވާލުކުރަންފެށިއެވެ.” ޒާޔާ.. ކިހިނެއްވީ.. ބުނެބަލަ.. ” ޒާޔާ އޭރު ވެސް ހުރީ ދެލޯ ބޮޑުވެފައެވެ. ” ކަމެއް ނުވޭ މީ.. މީ ސިއްސައިގެން ދިޔައީ އޭ… ” ޒާޔާ އެންމެ ފަހުން ހިތަށް އެރިއެތި ބުންޏެވެ. ” ޒާޔާ..ދޮގު ނުހަދަ ބުނެބަލަ.. ކިހިނެއްތަވީ.. […]
“ރައިނާ…ކޮބާ؟” އެންމެ ބޭނުންވި ސުވާލު އަހަރެން ކޮށްލީމެވެ. ރާޔާގެ ހިތުގައި އެ ކުޑަ ކުއްޖާއަށްޓަކާ އެއްވެސް ރަހުމެއް ނެތީހެއްޔެވެ؟ ރައިނާއަށް ވީނުވީއެއް ނޭނގޭ ހާލު މާޒް ކުރި ހިތާމަތައް އެންމެ ކައިރިން ދުތް މީހާ އަކީ އޭނާއެވެ. އެކަމަކުވެސް އެހިތުގައި ހަމްދަރުދީގެ ކަންފުޅެއްވެސް ނެތީ ހެއްޔެވެ؟ “ރައިނާ ދޯ.. އެކުއްޖާއަށް މާ ރަނގަޅު ދިރިއުޅުމެއް އޭޑީ ހޯދަދޭނެ. އަހަންނަށް އޭނާ ރަނގަޅު ދިރިއުޅުމެއް ހޯދައިދިން ފަދައިން..” އެހެން ބުނުމަށްފަހު އޭނާ އެތަނުން ނިކުމެގެން ދިއައެވެ. ** ** […]
* ޒައިލީން އެ ދިޔަ ބާރުމިނުގައި ވެއްޓޭނެކަމަށް ހީކޮއްގެން ހުއްޓާ ބިމުގައި ފައި ޖެހުނީ ރީއްޗަށް ކޮޅަށް ހުއްޓައެވެ. ޒައިލީން ދެލޯ ހުޅުވާލަމުން އެދިމާލަށް ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ޒައިލީންގެ މޫނަށް ބަލަން ހުރި ފިރިހެން ކުއްޖާ ފެނިފައި ޒައިލީންގެ ގައިން ހީބިހި ނަގައިގަތެވެ. * މޫނަށް ބަލާލާފައި އެކުއްޖާވާނީ ޒައިލީންއާއި ގާތްގަނޑަކަށް އެއްވަރެވެ. ކަޅުކުލައިގެ ބޯ އިސްތަށިގަނޑު ވަރަށް ފަނެވެ. އެހާ ދިގު ނޫނަސް އަޅައިގަންނަ ގޮތެއް ހުއްޓެވެ. ލައިގެން ހުރީ ކަޅުކުލައިގެ ޖިންސެއް ހެން […]
ސޯޅަވަނަބައި ދެމީހުން ކޮފީ ބޮއެގެން ގެއިން ނިކުތް އިރު ނުވައެއް ޖަހަނީ އެވެ. އައިނާ އާއި ހިޝާން ގޮސް ކްރިސްޓަލްގެ އަށް ވަތްއިރު ގޯތިތެރޭގައި ކުނިތައް ހޮވުމަށާއި ސާފުކޮށް މީހުން އުޅެއެވެ. *** އެތެރެއަށް ވަތްއިރު އާޝިޔާ އާއި އިޔާޒު ހެނދުނުގެ ސައި ހިފައިގެން އިސްރާ ކައިރިއަށް ދާން ނިކުންނަނީ އެވެ. އޭރު އަޝްހާ އަދި ނުތެދުވެއެވެ. ހިޝާން ކޮޓަރިއަށް ވަދެ ފެންވަރައި ރީތިވެގެން ނިކުތްއިރު އަދިކިރިޔާ އަޝްހާ ފާހާނަ އަށް ވަނީ އެވެ. އަޝްހާ އަށް […]
ވިހާ ދުވަސް ޖެހެން މާގިނަމަހެއްނެތެވެ. އެހާ ގާތްވެފައި ހުއްޓާ ރަވާހިބު ފުރަން އުޅޭތީ ޗިންކާގެ ހިތައް ވަރަށް ތަދުވިއެވެ. ނުދިއުމަށް އެދި އާދޭސް ކުރާނަމޭވެސް ހިތައް އެރިއެވެ. ނަމަވެސް ފިރިމީހާއަށް އުނދަގޫކޮށް ޝަކުވާ ކުރާކަހަލަ އަންބަކަށް ވާކަށް ޗިންކާ ބޭނުމެއް ނުވެއެވެ. ރަވާހިބު ފުރާގެން ދިޔުމުން ޗިންކާގެ ހަޔާތަށް ވަރަށް ބޮޑު ހުސްކަމެއް އައެވެ. ހީވާކަހަލައެވެ. ރަވާހިބު އޭނާއާ ދުރަށް އެއްކޮށް ދިޔައީއެވެ. ނަމަވެސް އޭނާ ރަވާހިބަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. ރަވާހިބު ފުރާގެން ދިޔަތާ […]
“އޭ! އެކެއްވެސް މިވާހަކަ އެކެއް ގާތުވެސް ނުދައްކާތި! އަދި އަހަރުމެނަކަށްވެސް ޔަގީނެއް ނޫން!” ރީމް އެނދުމަތިން ތެދުވަމުން ބުނެލިއެވެ. “އޯކޭ!” ޒިއުނީ ބުންޏެވެ. ތިން މީހުންވެސް ކޮޓަރިން ނުކުމެ ކާގެއަށް ދާން ހިނގައިގަތެވެ. އޭރު ގޭއެންމެންވެސް ކާން ތައްޔާރުވެގެން ތިއްބެވެ. ރީމްމެން އިށީނދުމާއި އެކު އެންމެންވެސް ކެއުމަށް އިންސާފު ކުރަން ފެށިއެވެ. “މަންމާ… މިރޭ ސަޕްރައިޒާއި ބެހޭ ގޮތުން އެއްޗެއް ބުނެލަންތަ؟” ޔޫޝައު މަރިޔަމް ގާތު އެހިއެވެ. “ބުނެބަލަ!” މަރިޔަމް ބަތް ސުވައެއް އަނގަޔަށް ލަމުން ބުނެލިއެވެ. […]
ގޭގެ ދޮރުމަތީގައި ކިޔާރާ ހުއްޓިލައިގެން ހުރިއިރު އޭނައާއި ދާދި ގާތުގައި ޒުވާނެއް ސައިކަލު މަތީގައި އިނެވެ. ޒާއިޝް ތަންފުކެއް ކުރިއަށް ޖެހިލަމުން ބަލައިލިއެވެ. މިއަދު މިސްކިތުން ފެނުނު ޒުވާނާއާ މި ޒުވާނާ ވައްތަރުވުމުން އެތައް ހާސް ސުވާލު ތަކުން ޒާއިޝްގެ ސިނކުނޑި ހަލަބޮލި ކުރުވިއެވެ. އެގޮތަށްހުރެ އިރުކޮޅެއްފަހުން ކިޔާރާ ގެއަށް ވަންނަތަން ފެނުމުން ޒާއިޝްވެސް އަވަހަށް ގޭ ތެރެއަށް ވަދެގެންދިޔަ އެވެ. މުޅި ގޭ އަނދިރިކޮއްލެވިފައި ވީއިރު އަލިކަމަކަށް ހަމައެކަނި ފެންނަންހުރީ ސިޓިންގްރޫމްގައި ދިއްލާފައި ހުރި މަޑު […]
ޖައިޝް އަންޖަލް ދުރުކޮށްލީ އޭނާގެ ފޯނު ކުއްލިއަކަށް ރިންގްވާންފެށުމުންނެވެ. ގުޅަމުން ދިޔައީ އިސްހާޤެވެ. އޭރު ޖޫދު އާއި ފައިހާ ޕިއްޒާތައް ޓޭކްއަވޭ ހަދައިން އައިސް ޖައިޝްމެންނާ އަރާ ހަމަވަނީއެވެ. ” ކޮބާތަ ޖޫދު އާއި އަންޖަލް… ދެމީހުން ކުރެ މީހެއް ފޯނެއް ނުނަގާ…” އިސްހާގު ގެ ރާގުގައި ހިތްހަމަ ނުޖެހުމެއް ހުއްޓެވެ. ” އެބަތިބި.. ކިހިއްނެއްވީ ބައްޕާ..” ޖައިޝް ކުޑަކޮށް ހާސްވިއެވެ. ” އާދެބަލަ ޓްރީ ޓޮޕް ހޮސްޕިޓަލަށް މަންމަ.. އަސްމާ ކުއްލިއަކަށް ހޭނެތިގެން މިއުޅެނީ..” އިސްހާޤް […]