މީހެއްގެ ހިލަން ވީހެން ހީވެގެން ފަހަތް ބަލާލި މިޝްކާއަށް އެނާއާއި ދާދި ގާތުގައި ހުއްޓިލާއިގެން ހުރި ލޯބިވާ ފިރިމީހާ ފެނިލުމުން ހިނިތުންވެލިއެވެ. ” ދަރިފުޅާ ، ޝެލް، އެލީނާ……. ހިނގާ ދާން މިހާރު އެ އޮތް ގެން ގަޑި ޖެހެނީ އަވަސް ކުރޭ……” ޔާސިރު އެހެން ބުނެލުމާއެކީ ދެ އަންހެން ކުދިން އަވަސްވެގަތީ ޔާސިރު އެދުނު ފަދައިން ކަންތައް ކުރާށެވެ. ޔާސިރުމެންގެ ދެމަފިރިން ކާރު ގެ ކުރީ ސީޓަށް އެރި އިރު ފަހަތު ސީޓަށް އީޝަލްގެ އިތުރުން […]
* ނަމަވެސް އެލީންގެ ދެލޯ ބޮޑުވެގެން ދިޔައީ ކުއްލިއަކަށް މީހަކު އޭނާގެ އަނގަމަތީގައި އަތް އަޅަމުން އެމީހާގެ ހަކަތައެކުލެވިފައިވާ ބާރުގަދަ އަތް އެލީންގެ އުނަގަނޑުގައި ވަށާލުމުންނެވެ. * ގަދަ ހަދަމުން ދިޔަ ނަމަވެސް، އޭނާ ހިފަހައްޓައިގެން ހުރި މީހާގެ ބާރުގަދަ އަތުތެރޭގައި އެލީންއަށް ގަދައެއް ނުދެއްކުނެވެ. އެ ޒުވާނާ އޭނާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިގޮތުން ނަގަމުންދިޔަ ދިލަ ތަދުން އެލީންގެ ދެލޯ ފެންކަޅިވެއްޖެއެވެ. ނަމަވެސް، ހިތްވަރުކޮށްލާފައި ދެލޯ މަރާލަމުން އޭނާގެ އަންނާރުކޮޅެއްފަދަ ހުދު ދަތްތަކުން ތުރުތުރު އަޅަމުންދިޔަ […]
ސުވިޒަލެންޑްގެ އީ.ޓީ.އެޗް ޒުރިޗް ޔުނިވާސިޓީގެ ތެރެއަށް ވަދެގެން އައި އަންހެން ކުއްޖާއަށް އެންމެންގެ ލޯތައް ހުރީ އަމާޒުވެފައެވެ. ބަލާބެލުމަށް 22 އަހަރަށްދާ މިޒުވާނާއަކީ ހަމުގެކުލަ އަލި ބުރުސޫރަ ރީތި ކުއްޖެކެވެ. ޤުދުރަތުން އޭނާއަށް ދެއްވާފައިވަނީ ދިގު އިސްކޮޅަކާއި ރީތި ހަށިގަނޑެކެވެ. އެކުއްޖާއަށް ބަލައިލުމުން މީހުންނަށް އެންމެ ފުރަތަމަ އަޅައި ގަންނާނީ އޭނާގެ އަޅިކުލައިގެ ރީތި ދެލޮލެވެ. އެދެލޮލުގައި މީހުންގެ ހިތްތަކާ ކުޅެލާކަހަލަ ސިހުރެއްވާކަހަލައެވެ. އުނަގަނޑާއި ހަމައަށް އަންނަ މުށިކުލައިގެ ދިގު އިސްތަށިގަނޑުގައިވަނީ ވޫލްކޮޅެއް އައްސާލާފައެވެ. އެއްވެސް ކަހަލަ […]
” ހިނގާ ގުރޫޕު ބޮޑުކޮށްލައިގެން ދާން.. އަހަރެންގެ ރައްޓެހިން ވަރަށް ގިނަވާނެ.. އެމީހުން އަންނާނެ މިހާރު މިދިމާލަށް..” ވަރަށް ގިނަ ނިކަގަސްތަކެއް ތިބި ހިސާބަކަށް މަޑުކޮށްލަމުން ރާވިން ބުންޏެވެ. އެތާގައި އުނދޯލިތަކެއްވެސް އެލުވާފައި ހުއްޓެވެ. އޭގެން ޖޯއްޔެއްގައި ރާވިން އޮށޯތުމުން އެހެން ޖޯއްޔެއްގައި ހާތިބުވެސް ޖައްސާލިއެވެ. އެމީހުންއެތާ ތިއްބާ ފަހަރަކު މީހަކުހެން އައިސް އެންމެން ހަމަވެއްޖެއެވެ. ރާވިންއާ ހާތިބު ލާގެން ގުރޫޕުގައި ހަކުދިންވިއެވެ. ” މީއަދި އެންމެނެއް ނޫން ކޮބާ ދެންތިބި މީހުން” ރާވިން އަހާލިއެވެ. ” […]
ކެފޭއަށް ވަދެގެން އައި ކޮންމެ މީހެއްގެވެސް ލޮލުގައި އަޅައިގަންނަނީ ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި އެކަނިމާ އެކަނި އިން އަންހެން ކުއްޖާއެވެ. އާކާލްއެވެ. ނަމަވެސް އޭނާގެ ގަދަ މުށިކުލައިގެ ރާޅުބާނި އިސްތަށިގަނޑު ކޮނޑުމަތިން އެއްފަރާތަށް ވައްޓާލައިގެން، އާކާލް އިސްޖަހައިގެން އިނީ ފޮތެއްގެ ތެރެއަށް ގެއްލިފައެވެ. ދޭތެރެއަކުން މޭޒުމަތީގައި ހުރި ކޮފީ ތަށިން ކޯވަރެއް ބޯލައެވެ. ހުދުކުލައިގެ ގަމީހެއްގެ މަތިން ނޫކުލައިގެ ޖެކެޓެއްލައިގެން، ކަޅުކުލައިގެ ލެގިންސްއެއްގައި އޭނާ އިން އިރު ރަސްމީ ވައްތަރު ޖަހައެވެ. ކުއްލިއަކަށް ކެފޭގައި ހުރި […]
“އަހަރެން ދެކުނީމޭ އެގެއިން ފިރިހެނަކު ނުކުންނަނިކޮށް! ޔޫޝައުއަށްވެސް އެނގޭނެ އެގެއަކު މިވަގުތު ލަމްނާ ފިޔަވައި އެހެން މީހަކު ނޫޅޭކަން! މިއަދު ޔޫޝައު ގާތު އަހަރެން އެހީމެންނު އެގެއިން މީހަކު ނުކުތްތަން ފެނުނުހޭ… އެއީ އެހެންވެގެން އެހި އެއްޗެއް! އަހަންނަށް އެމީހަ ފެނިއްޖެއްޔާ އެނގޭނެ އެއީ ކާކުކަން! އަހަންނަކަށް އެމީހަ ނަމެއް ނޭނގޭ! އަހަރެން ގޮވައިގެން މާދަމާ ބޭރަށް ހިނގާބަލަ… އޭރަށް އެމީހަ ފެނިއްޖިއްޔާ އަހަރެން ދައްކާނަން!” ރީމް ބުންޏެވެ. ރީމް ބުނި ވާހަކަތަކުން ޔޫޝައުގެ އަނގައިގައި ތަޅެއް […]
* “މީ ރުޅި.. ބިރެއް ނޫން.. ބިރުނަމަ ރަވިކާންގެ އަތުގައި ވިކައިގެން ނަމަވެސް ތިރިއަށް ފުންމާލާނަން..” ޒައިލީން ދޮގެއް ހަދާލިއެވެ. ”ގަދަކަމުން މީހެއް ސަލާމަތެއް ނުކޮއްދެވޭނެ.. އެހެންވެ ދެން މި ދޫކޮއްލަނީ..” ރަވިކާން އެހެން ބުނަމުން ޒައިލީންގެ އުނަގަނޑުން ދޫކޮއްލިއެވެ. * ޒައިލީން ހަޅޭއްލަވައިގަނެފައި ރަވިކާންގެ އަތުގައި އޮޅުލައިގަތެވެ. ޒައިލީންގެ ހިތުގެ ތެޅުން ރަވިކާންގެ އަތަށް އިހުސާސް ވަމުން ދިޔައެވެ. “އަދިވެސް ފުންމާލަން އުޅެއްޗޭ..” ރަވިކާން މަލާމާތުގެ ހިނިގަނޑެއް ޖަހާލާފައި ޒައިލީންއާއި ދިމާލަށް ބަލާލިއެވެ. ރަވިކާންއަށް ކޮންމެ […]
ސަތާރަވަނަބައި ކުއްޖާ އާއި ސަމާސާ ކުރުމުގައި އައިނާ އިނެވެ. ކައިރީގައި އަޝްހާވެސް އަރުޝް އުނގަށް ލައިގެން އިނެވެ. އަރުޝް އަށް ބޭބީ ކުޑަކަމުން އަތްލަން ނުކެރިގެން އަޝްހާގެ އުނގުގައި މަޑުމަޑުން އިނެވެ. *** ‘އަރިން’ ގެ ނަމުން އެކުއްޖާ އަށް ނަން ކިއީ ބޯބޭލުމަށްފަހުއެވެ. ފެންވަރާ ނަލަ ކޮށްލައިފައި އެކުއްޖާ ބޭރަށް ނެރުމުން ތުއްތު އަރިން ކައިރިން އެކަކުވެސް ނުފިލައެވެ. ލޯބި އަރިން އުރައިގެން ހަވީރުގަޑީގައި އައިނާ އިނީ އެކުއްޖާ ހޭލައިގެން އެވަގުތު އޮތީމައެވެ. އިސްރާ އުޅުނީ […]
ވަގުތު އޭގެ ހަލުވި މިނުގައި ގޮސް ރޭނގަޑު އަށްގަޑި ބައިވަނީއެވެ. އެވަގުތު އެންމެންވެސް ކައި ނިންމައިގެން ލަމްނާ އައުމުގެ އިންތިޒާރުގައި ތިއްބެވެ. މަރިޔަމްއަށް އުފަލުން އެއްތާކު ހުރެވެނީކީއެއްވެސް ނޫނެވެ. ޔޫޝައުގެ އެދުމުގެ މަތިން ލަމްނާއަށް އެންމެ މީރު މެގްނަމް ޕުޑިންގ ހުރީ ތައްޔާރު ކޮށްފައެވެ. އެންމެންވެސް ތިބީ ލަމްނާގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެހެން ތިއްބައި ދޮރުގައި ޓަކި ޖެހި އަޑުއިވުމުން މަރިޔަމްއާއި ޔޫޝައު ބަދިގޭގައި ތިބެފައި ސިޓިންރޫމަށް ހިނގައިގަތެވެ. މަރިޔަމް ދިޔަ ގޮތައްގޮސް ގޭ ދޮރު ހުޅުވިއެވެ. […]