މި ވާހަކަ އަކީ ދިވެހި ބަހުގެ އެކަޑަމީ އިން އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ރަށްޓަޢް ބޭއްވި ކުރުވާހަކަ ލިޔުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ މަތީ ޘާނަވީ ގިންތިން މުޅި މުބާރާތުން 3 ވަނައަށް އައިސްފައިވާ ވާހަކައެކެވެ. ދާނޭހޭ ތިހަނދާން ފިލާ ލޯހުޅުވާލުމާއެކު، ލުމާކަށް ހީވީ އަލިގަދަކަމުން، ދެލޯ ތަރަތަރަޖަހައިގެން ދިޔަހެންނެވެ. ދެތިންފަހަރު އެސްފިޔަޖަހާ ލޯތަޅުވާލިފަހުން އޭނާއަށް ތަންދޮރު ވަކިވާވަރުވިއެވެ. އޭނާއަށް މިއޮވެވެނީ ހޮސްޕިޓަލެއްގެ އެނދެއްގައެވެ. އިތުރު ހަރަކާތެއް ހަށިގަނޑަށް ގެންނަން ވަގުތުކޮޅެއް ނެގިއެވެ. […]
އާކާލް އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން ދޮރު ހުޅުވާލިއެވެ. އޭނާއަށް ހީވީ ލާން އުޅުނު ނޭވާވެސް ތާށިވީ ހެންނެވެ. ހުރިހާ ކަމަކާ މެދު ވިސްނިއިރުވެސް މިކަން މަތިން އޭނާ ހަނދާނެއް ނެތެވެ. “ބައްޕާ…ދުރުވޭ އެތެރެއަށް” އާކާލްއަށް އަހަރުތަކަކަށްފަހު ބައްޕަ ހަމަލޮލަށް ފެނުން މީ ފުރަތަމަ ފަހަރެވެ. އުފާވީ ނަމަވެސް ނުތަނަވަސްވެސް ވިޔެވެ. ރޫޔާ އޭނާއަށް ބައްޕަގެ ފޮޓޯ ދައްކާފައި ހުރުމުން ވަކި ކުރަން އިނގެއެވެ. “ބައްޕާއޭ؟ބައްޕާއޭ؟! ކޮބާ ލަދު؟” ރައުފްގެ ދެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އޭނާ ހުރީ […]
ކިޔުންތެރިންގެ ސަމާލުކަމަށް: !މިވާހަކައަކީ ތަފާތު ކުށްތަކުގެ ވާހަކަ ދެކެވި، އެކަންކަން ހިމެނިގެންދާނެ ވާހަކައެއްކަމުން، މިވާހަކައިގެ މިހިސާބުން 16އަހަރުން ދަށުގެ ކުދިންނާ ނުގުނޭ ކަންކަން ހުރެދާނެކަން ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ބުނަމެވެ! ———————————————————————— މަފާޒް އަތުވެއްޖެއްޔާ އަވަހަށް ކޮޓަރިއަށް ދެވޭތޯ ރޫޔާ ބަލާނެއެވެ. ނަމަވެސް މިއަދު އަނޫފް އެބައިނެވެ. ފިރިހެން ކުއްޖެއް އޭނާގެ ކޮޓަރިއަށް ވައްދާ އެކަހެރިވެ ގަތުމަކީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ކަމެއްނޫނެވެ. ކިތަންމެ އިތުބާރެއް ކުރިޔަސް ލޯތްބެއް ވިޔަސް އެހެން ވިސްނުމަކަށް ވިސްނުން އަނބުރާލެވޭނެ ކަމަކަށް އޭނާ […]
ކިޔުންތެރިންގެ ސަމާލުކަމަށް: !މިވާހަކައަކީ ތަފާތު ކުށްތަކުގެ ވާހަކަ ދެކެވި، އެކަންކަން ހިމެނިގެންދާނެ ވާހަކައެއްކަމުން، މިވާހަކައިގެ މިހިސާބުން 16އަހަރުން ދަށުގެ ކުދިންނާ ނުގުނޭ ކަންކަން ހުރެދާނެ ވާހަކައެއްކަން ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ބުނަމެވެ! ނޯޓް: ކިޔުންތެރިންގެ ސަމާލުކަމަށް: މި ވާހަކަ އަޅުގަނޑު ގެނެސް ދެމުން ދާނީ ތަފާތު 2 ޓައިމްލައިން އަކުން. ރޫޔާއާ އަނޫފްއާ ދެމެދުވީ ކަންތައް އަދި އެދެމީހުންގެ ވާހަކަތައް ބޮޑަށް އަންނާނީ އަނޫފް އާކާލްއަށް އެވާހަކަތައް ކިޔައިދޭއިރު. އެހެނަސް މާޒީއެއްގެ ގޮތުގައަށްވުރެ ބޮޑަށް އަނޫފް އަދި ރޫޔާ […]
ނޯޓް: ކިޔުންތެރިންގެ ސަމާލުކަމަށް؛ މި ވާހަކަ އަޅުގަނޑު ގެނެސް ދެމުން ދާނީ ތަފާތު 2 ޓައިމްލައިން އަކުން. ރޫޔާއާ އަނޫފްއާ ދެމެދުވީ ކަންތައް އަދި އެދެމީހުންގެ ވާހަކަތައް ބޮޑަށް އަންނާނީ އަނޫފް އާކާލްއަށް އެވާހަކަތައް ކިޔައިދޭއިރު. އެހެނަސް މާޒީއެއްގެ ގޮތުގައަށްވުރެ ބޮޑަށް އަނޫފް އަދި ރޫޔާ އެޓައިމްލައިންގައި މިހާރުވެސް ހުރި ކަހަލަ ގޮތަކަށް. 2 ޓައިމްލައިން ތަފާތުކޮށް ވަކި ކުރެވިފައި ވާނީ ސްޓާރ(***) ބޭނުންކޮށްގެން. ކިޔުންތެރިން ސުވާލު އުފެދިދާނެތީ ސަމާލުކަމަށް އެވާހަކަ ބުނެލަން. ވާހަކަ ކުރިޔަށް ދިޔަ ވަރަކަށް ފަސޭހަވާނެކަމަށް ހީކުރަން. އުންމީދުކުރަން ތަފާތު ގޮތަކަށް މިވާހަކަ […]
ވިސްނުމެއްގައި ހުރެ އަނޫފް ގޮސް ފަހަތަށް އެނބުރިގެން އިން އަންހެން ކުއްޖާގެ ކުރިމަތިގައި ހުރި ގޮނޑީގައި އިށީނެވެ. އެކުއްޖާގެ މޫނު ފެނުމާއެކު އޭނާ ލާން އުޅުނު ނޭވާވެސް ތާށިވީ ކަހަލައެވެ. މީ ދުނިޔެ ދައްކާ ދަޅައެއް ހެއްޔެވެ؟ ކުރިމަތޫގައި ފެންނަންމީނީ ރޫޔާހެއްޔެވެ؟ ހާދަހާ ވައްތަރެވެ. އިސްތަށުގަނޑު އެއްކޮން ފަން ނަމަ އެއީ ހަމަ ރޫޔާއެވެ. މޫނުމަތިންވެސް އެހާމެ ވައްތަރެވެ. އަނޫފް ބޯ ހާސްވިއެވެ. ތަޤްދީރު މިކުޅެނީ ކޮންކަހަލަ ކުޅި ގަނޑެއްހެއްޔެވެ؟ “އަނޫފް…” އެއަންހެންކުއްޖާ އޭނާގެ ނަމުން ގޮވާލުމާއެކު […]
ކެފޭއަށް ވަދެގެން އައި ކޮންމެ މީހެއްގެވެސް ލޮލުގައި އަޅައިގަންނަނީ ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި އެކަނިމާ އެކަނި އިން އަންހެން ކުއްޖާއެވެ. އާކާލްއެވެ. ނަމަވެސް އޭނާގެ ގަދަ މުށިކުލައިގެ ރާޅުބާނި އިސްތަށިގަނޑު ކޮނޑުމަތިން އެއްފަރާތަށް ވައްޓާލައިގެން، އާކާލް އިސްޖަހައިގެން އިނީ ފޮތެއްގެ ތެރެއަށް ގެއްލިފައެވެ. ދޭތެރެއަކުން މޭޒުމަތީގައި ހުރި ކޮފީ ތަށިން ކޯވަރެއް ބޯލައެވެ. ހުދުކުލައިގެ ގަމީހެއްގެ މަތިން ނޫކުލައިގެ ޖެކެޓެއްލައިގެން، ކަޅުކުލައިގެ ލެގިންސްއެއްގައި އޭނާ އިން އިރު ރަސްމީ ވައްތަރު ޖަހައެވެ. ކުއްލިއަކަށް ކެފޭގައި ހުރި […]
އައްސަލާމް ޢަލަކުމް ހުރިހާ ކިޔުންތެރިން. މިއީ ‘އެހެނަސް…’ އަށް ފަހު އަޅުގަނޑު ދެން ނެރެން މަސައްކަތްކުރަމުންމިދާ ވާހަކަތަކުގެ ތެރެއިން އެއްވާހަކައެވެ. އެވާހަކައަށް ވުރެ މިވާހަކައިގެ ބައިތައް މަދުވެދާނެއެވެ. ނަމަވެސް ކިޔުންތެރިން ބޭނުންވާހެން ދިކުކޮށް ގެނެސްދޭން މަސައްކަތްކުރާނަމެވެ. މިވާހަކަ ލިޔުމުގައި ބައެއް އެހެނިހެން ބޭބޭފުޅުންގެ ފޮތްތަކާ، ބައެއް ވާހަކަތަކާ، ރާއްޖޭގެ މަޝްރަހުގެ ބައެއް ޚަބަރުތަކުގެ ރިޕޯރޓްތަކުން މަޢުލޫމާތު ނެގިފައިވާނެއެވެ. މިއީ އަދުގެ މުޖުތަމަޢާ ގުޅުވައިގެން ލިޔާ ވާހަކައެއް ނަމަވެސް މިއީ އެއްވެސް މީހަކަށް ނުވަތަ ވަކި މީހަކަށް އަދި […]
ކިޔުންތެރިންގެ ސަމާލުކަމަށް، މިއީ “އެހެނަސް…”ގެ އެންމެފަހުބައި. އަޅުގަނޑަށް އިނގޭ ވަރަށް ގިނަ ކިޔުންތެރިން ވަރަށް ދިގު އިންތިޒާރެއްކޮށްފިކަން މިބައި އަޕްލޯޑްކުރާނެ އިރަކަށް. އުންމީދުކުރަން ކަމުދާނެކަމަށް. ހުރިހާ ކުދިންވެސް ކިޔާލާފައި އެކުއްޖަކު ދެކޭ ގޮތް ކޮމެންޓްކޮށްދިނުން އެދެން. އަދި ވާހަކައިން އެކުއްޖަކަށް ފާހަގަވާ މައްސަލަތައް ބުނެދިނުން އެދެން. ކުރިޔަށް އޮތްތަނުގައި ރަނގަޅުކުރުމަށް އަދި ވާހަލަ ލިޔުމަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށް އެކަން ވެގެންދޭ. ކަމުދާނެކަމަށް ހީކުރަން. ޝުކުރިއްޔާ! _________________________________________________________________________ މަލާކްގެ އަތަށް ރިޕޯރޓް ލިބުމާއެކު އަވަސް އަވަހަށް ބަލަން […]