Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 8

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
July 24, 2020 7 Mins Read
57 Comments

* ޒައިލީން އެ ދިޔަ ބާރުމިނުގައި ވެއްޓޭނެކަމަށް ހީކޮއްގެން ހުއްޓާ ބިމުގައި ފައި ޖެހުނީ ރީއްޗަށް ކޮޅަށް ހުއްޓައެވެ. ޒައިލީން ދެލޯ ހުޅުވާލަމުން އެދިމާލަށް ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ޒައިލީންގެ މޫނަށް ބަލަން ހުރި ފިރިހެން ކުއްޖާ ފެނިފައި ޒައިލީންގެ ގައިން ހީބިހި ނަގައިގަތެވެ. *

މޫނަށް ބަލާލާފައި އެކުއްޖާވާނީ ޒައިލީންއާއި ގާތްގަނޑަކަށް އެއްވަރެވެ. ކަޅުކުލައިގެ ބޯ އިސްތަށިގަނޑު ވަރަށް ފަނެވެ. އެހާ ދިގު ނޫނަސް އަޅައިގަންނަ ގޮތެއް ހުއްޓެވެ. ލައިގެން ހުރީ ކަޅުކުލައިގެ ޖިންސެއް ހެން ހުރި ތިރިއެކެވެ. މަތިން ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ޖެކެޓެކެވެ. ބޮލުގައި ކަޅުކުލައިގެ ތޮތްޕެއް އަޅާފައި ވެއެވެ. އިސްތަށި ގިނަ ބުމައިގެ ދަށުގައި ހުރި ދެލޯ ވެސް ހުރީ ބުޅަލެއްގެ ދެލޯ ހުންނަހެންނެވެ. ކުރިން ފެނުނު ޝާހީ މީހާ އާއި އައުލްކީންގެ ދެލޯ ހުރީ ނޫކުލައިގައި ކަމަށް ވިޔަސް އެ ފިރިހެން ކުއްޖާގެ ދެލޯ ހުރީ ރީނދޫ ކުލައިގައެވެ. އަނދިރިގަނޑުގެ ތެރޭގައި އެ ދެލޯ ވިދަމުން ދިޔައެވެ.

އެކުއްޖާ އަނގައިން ބަހެއް ނުބުނެ ޒައިލީންގެ ގާތަށް އަންނަން ފެށިއެވެ. ޒައިލީން ފަހަތަށް ހިނގާފައި ދާން އުޅެނިކޮށް އަޅައިގަނެގެން ބިންމައްޗަށް ވެއްޓުމުން އެކުއްޖާވެސް ޒައިލީން އާއި އެއް ހަމައަކަށް ތިރިވިއެވެ. ޒައިލީން ފަހަތަށް ފިރުކެމުންގޮސް އެގެގަނޑުގެ ފާރުގައި ޖެހުނެވެ. ދުރަށް ދާށޭ ބުނަން ޒައިލީން އަތް ހޫރާލިތަނާ އެ ފިރިހެން ކުއްޖާގެ ބޮލުގައި އަޅާފައި އޮތް ތޮފި ދުރަށް ވިއްސައިގެން ދިޔައެވެ. ޒައިލީން ހައިރާންވީ އެ ކުއްޖާގެ ބުޅަލުގެ ހުންނަ ދެ ކަންފަތްވެސް ހުރުމުންނެވެ. ދެން ޒައިލީންއަށް ބަލާލެވުނީ އެ ފިރިހެން ކުއްޖާގެ އަސްލު ދެ ކަންފަތް ހުރިތޯއެވެ. އެ ކަޅު އިސްތަށިގަނޑު ގެ ސަބަބުން ޒައިލީންއަށް އެކުއްޖާގެ ކަންފަތެއް ހުރިތޯ ނުވަތަ ނެތްތޯ ޔަގީނެއް ނުކުރެވުނެވެ. އެ ކުއްޖާގެ ޒައިލީން އާއި ގާތްވަމުން ދިޔައެވެ. ޒައިލީން ދެލޯ މަރާ ފިއްތާލިއިރު ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

ޒައިލީން ހިތަށްއެރި ގޮތާއި ޚިލާފަށް އެކުއްޖާ ދެ ފަހަރަކު ނޭފަތް ދަމާލީއެވެ. ޒައިލީން ހައިރާންވެގެން ދެލޯ ހުޅުވާލިއެވެ. “އަހަރެންނަށް އޭނަގެ ވަސް އެބަދުވާ…” އެކުއްޖާ އެހެން ބުނެލިއެވެ. އެކުއްޖާގެ އަޑު ތަން ގުޑުވާލާ ވަރަށް ބަރު ނުވިއެއްކަމަކު އެއަޑު އަހާލަން ޒައިލީންއަށް ފަސޭހަވިއެވެ. އިރުކޮޅަކު ޚިޔާލީ ދުނިޔެ އިން ވަކިވެލުމަށްފަހު ޒައިލީން އެ ކުއްޖާއާއި ހަތަރުކަޅި ހަމަކޮއްލިއެވެ. “ތިއީ ކާކު..؟” ވަރަށް ކެރޭކަމަށް ދައްކާލަމުން ޒައިލީން އެއްސެވެ. “އަހަރެން ކުރަންޖެހޭ ސުވާލެއް ތިކުރީ..” އެކުއްޖާ އެ ގަދަ ބުމަ މައްޗަށް އަރުވާލަމުން ބުނެލިއެވެ. “އަހަރެން މިއީ ޒައިލީން..” ޒައިލީން ތައާރަފް ވެލީ އެކުއްޖާގެ ކިބައިން އެއްވެސް ނުރައްކަލެއް ފެންނަން ނެތުމުންނެވެ.

ޒައިލީން ތައާރަފް ވުމުންވެސް އެ ފިރިހެން ކުއްޖާ އަނގައިން ބަހެއް ނުބުނެ ފާޑަކަށް ބަލަން އިނެވެ. އަނެއްކާވެސް އެ ފިރިހެން ކުއްޖާ ޒައިލީންގެ ގާތަށް އަންނަން ފެށިއެވެ. ޒައިލީންގެ ދެލޯ ބޮޑުވިއެވެ. އެ ފިރިހެން ކުއްޖާ ޒައިލީންގެ މޫނަށް އެފިރިހެން ކުއްޖާގެ ނޭވާ އެޅޭހާ ގާތްވެލިއެވެ. ”ބޮލަށް އެއްވެސް ތަދެއް ނުވޭތަ..؟” ޒައިލީންގެ ބޮލަށް ބަލާލަމުން އެ ފިރިހެން ކުއްޖާ އާދައިގެ ގޮތަކަށް އަހާލިއެވެ. ހީވަނީ އެއީ އެކުއްޖާ ކޮށްފަރިތަ ކަމެއް ހެންނެވެ. ބޮލުގެ ފުށްކިބައިގައި ކުޑަ ތަދެއް ހުރިކަން ޒައިލީންއަށް އިހުސާސްވީ ދެނެވެ. ޒައިލީން ތުންފަތުގައި ހަފާލަމުން އެކުއްޖާ އާއި ދުރަށް ކަނާތް ފަރާތަށް ޖެހެލަން އުޅުނެވެ. ނަމަވެސް އެ ފިރިހެން ކުއްޖާ ޒައިލީންގެ އަތުގައި ހިފާ އެހުރިތަނުގައި ބައިންދައިފިއެވެ.

“އަހަރެން މިއީ ރަވިކާން.. ތިއީ ކޮންތާކުން އައި ކާކު..؟؟” ރަވިކާން އެންމެ ފަހުން ތައާރަފް ވުމަށްފަހު އެއްސެވެ. “ނޭނގެނީ މިތަނަށް އާދެވޭގޮތް.. އައުލްކީންގެ ފަރާތުން………………” ޒައިލީންއަށް އޮޅުމަކުން އައުލްކީންގެ ނަން ބުނެވުނެވެ. ރަވިކާން ޒައިލީންގެ އަނގަމަތީ އަތްއެޅިއެވެ. “އޭނަ މިނިވަން ކޮއްދިނީތަ..؟” ރަވިކާން މަޑުމަޑުން އެއްސެވެ. އެއަޑުގައި ވަނީ ކެތްތެރިކަމެއް ނެތް މީހެއްގެ އަޑުގައި ހުންނާނެ ހާސްކަމެވެ. ޒައިލީން ބުނަން އުޅުނު އެއްޗެއް ސާފުނުވާތީ ރަވިކާން ޒައިލީންގެ އަނގަމަތިން އަތް ނެގިއެވެ. “އެއްކޮށެއް ނޫން.. ހަމައެކަނި އެއް އަތުގައި ޖަހާފައިވާ ޗޭނު ނައްޓާލެވުނީ.” ޒައިލީން ނިންމީ އައުލްކީންގެ ވާހަކަ ބުނެވުމުން އެވާހަކަވެސް ބުނާށެވެ. ނަމަވެސް ހަމަ އެހެން ބުނުމާއިއެކީގައި ރަވިކާންގެ ދެލޯ ބިރުވެރި ކަމުން ފުރުނެވެ.

“ކީއްކުރަން މިތަނަށް އައީ..؟ ކީއްކުރަން އެ ޖިންނިގަނޑާއި ވާހަކަ ދެއްކީ..؟ ކީއްކުރަން އޭނަ މިނިވަން ކޮއްދިނީ..؟ އިނގޭތަ ތިކުރެވުނީ ކިހާބޮޑު ކަމެއްކަން..؟” ރަވިކާންގެ ފަރާތުން ފެނުނު ރަނގަޅުކަން ސިކުންތު ކޮޅެއްގެ ތެރޭގައި ފަނޑުވެ ރުޅިވެރިކަން ފެންނަން ފެށިއެވެ. “އައުލްކީންއަކީ ކާކު ކަންވެސް ނޭނގި…” ރަވިކާން އައި ރުޅިން ފާރަށް އެތިފަހަރެއް ޖަހައިފިއެވެ. ނުވިސްނާ ހުއްޓާ ރަވިކާން ފާރުގައި ޖެހުމުން ޒައިލީންއަށް ހަޅޭއްލަވައި ނުގަނެވުނީ ކެތްކުރިވަރުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޒައިލީންގެ ހިތް ސުވާލުން ފުރުނެވެ. އައުލްކީންއަކީ ޖިންނިއެއް ހެއްޔެވެ.؟ ދެން ޒައިލީންގެ ހަނދާނަށް އައީ އައުލްކީން ޒައިލީން ޒައިދާންމެންގެ ގާތުގައި ހުއްޓާ މި ތަނަކަށް ގެންނަ ގޮތެވެ. “ޝޫޓް..!!!” ޒައިލީންއަށް ބުނެވުނެވެ. ޒައިލީންއަށް އެކަން ކުރިން ނުވިސްނުނީ ކީއްވެގެން ބާވައެވެ.؟ އައުލްކީންގެ ކަރުނަތައް ފެނިފައި ޒައިލީންގެ ހިތް ކަފަކޮޅެއްހާ މަޑުވީމައި ކަންނޭނގެއެވެ. ޒައިލީންއަށް އަމިއްލަ ނަފްސަށް އެއްޗެހި ކިޔަން ފެށުނެވެ.

“ތިއީ ކާކު..؟ ކަލެއަށް އައުލްކީންއާއި ބެހޭގޮތުން ކޯއްޗެއް އެނގިގެން ތިއުޅެނީ..؟” ރަވިކާން ޒައިލީން ގާތުގައި ކުޑަކަކޫ ޖަހައިގެން އިށީނުމަށްފަހު ބުމަ ގޮށްޖަހާލައިގެން އިނދެ އެއްސެވެ. “މަޑުކޮއްބަލަ.. ކީއްކުރަން މިތަނުގައި އަހަރެން ހުންނަންވީ..؟ ނުދަންނަ މީހުން ގާތުގައި މަޑުކުރާ ހިތެއް ނެތް.. ވަރަށް ސަލާމް..” ޒައިލީން ވެސް އައި ރުޅީގައި ތެދުވެގެން ދޮރާއި ދިމާލަށް މިސްރާބު ޖެއްސެވެ. ވާނީވެސް އެހެންނެވެ. ނުވެސް ދަންނަމީހެއް ހަމަ ހިތުހުރިގޮތަކަށް ބަވާލީމައި އެންމެ ދުނިޔެއިން އެންމެ ހިތްމަޑު މީހާގެ ލަގަބު ދީފައިވާ މީހާވެސް ރުޅިނައިސް ނުހުންނާނެއޭ ޒައިލީންގެ ހިތަށް އަރަމުން ދިޔައެވެ.

“ތިހާ ފަސޭހައިން މިގެއަކުން ނުނިކުމެވޭނެ..” ވަރަށް ހަމަޖެހިލައިގެން އިނދެ ރަވިކާން ބުނެލިއެވެ. އެ މަޑުރަތް ކުލައިގެ ތުންފަތުގައި އެއްކޮޅުން އަނެއް ކޮޅަށް ކުޅެލާފައިވާ ކާމިޔާބުގެ ހިނިތުންވުމުން ޒައިލީން އިތުރަށް ރުޅިއައެވެ. “ނުހުންނާނަން..!” އައިރުޅިން ޒައިލީން ދޮރުގައި ފައިން ޖެހިއެވެ. އެމަންޒަރު ބަލަން ރަވިކާން އިނީ ސިނަމާއެއްގައި ދައްކާ ޝައުގުވެރި ފިލްމެއް ބަލަން އިންނަހެންނެވެ. ޒައިލީން ގެވަށާ ހޯދަން ފެށިއެވެ. ކުޑަދޮރެއް ކަހަލަ އެއްޗެއް ނަމަވެސް ފެންނަން ހުރިތޯއެވެ. ވަރަށް އިރު ވަންދެން ހޯދި ފަހުން އެތަނުގައި ހުރި ކުޑަދޮރެއް ފެނުނެވެ. ނަމަވެސް ޒައިލީންގެ އިސްކޮޅަށްވުރެ މާ މަތީގައި އެ ކުޑަދޮރު ހުރުމުން އެރޭކަށް ނެތެވެ. އެ ތަނުގައި ހުރި މޭޒުވެސް ތިރިކަމުން އެއަށް އަރައިގެން ޒައިލީން އަށް އެ ކުޑަދޮރުގައި އަތްވެސް ޖައްސާ ނުލެވޭނެކަން ޔަގީނެވެ. އެ ރުޅީގައި ޒައިލީން ދުވެދުވެ ބޭރަށް ނުކުމެވޭނެ ކަހަލަ އެއްވެސް ތަނެއް ނުފެނުނެވެ. ބޮޑު ދޮރަށްވެސް ދަމާދަމާ އަލުން އެތަން ހުޅުވޭގޮތެއް ނުވިއެވެ. ވަރުބަލިވުމުން ޒައިލީން ބިންމަތީގައި އިށީނެވެ.

“މަސައްކަތް ނިންމާލީތަ..؟؟؟” ޒައިލީން އިށީނދެގެން ހުންނަތަން ފެނުމުން ރަވިކާން އައިސް އެއްސެވެ. “އަދި ހޯދާނަން..” ޒައިލީން ލޯ އަޅާލަމުން ބުނެލިއެވެ. “ތި ހިތްވަރު ގަދަކަން ދެކެ އަހަރެން ވަރަށް ލޯބިވޭ..” ރަވިކާން މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. “ހެވޭ.. ދެން ބުނެބަލަ.. އައުލްކީން އާއި ބެހޭގޮތުން ރަވިކާންއަށް އެނގެނީ ކޮންކަމެއް..؟” ޒައިލީން އެއްސެވެ. ޒައިލީން އެއްގޮތަކަށްވެސް ބިރު ނުގަންނަކަމަށް ހެދެމުން ބުނެލިއެވެ. “ނުބުނާނަން..” ރަވިކާން ދިން ޖަވާބުން ޒައިލީންއަށް ރަވިކާންގެ ފައިގައި ނުވިކާލެވުނީ ކިރިޔާއެވެ. “ނޭނގެއެއްނު..؟ އެނގޭ ނަމަ ބުނާނެ.. ތިކަހަލަ މީހަކަށް ބަލާފައި އެވަރު ބުނަން އެނގޭ.” ޒައިލީން ގަދަ ހަދާލިއެވެ. ކުޑައިރު ޒައިދާން ޒައިލީން އާއިއެކީގައި ކުޅެން ނައިސްފިނަމަ ޒައިލީން ބޮޑާ ހާކައި އުޅެނީ އެފަދައިންނެވެ.

“ސުވާލު ގިނަ ނުކުރާތި..!” ކިޔައިދޭން ފެށުމުގެ ކުރިން ރަވިކާން ކޮއްލީ އަމުރެވެ. ޒައިލީން އެވާހަކަތައް އަޑުއަހަން ވެގެން ދެފައި ވައްކޮއްލައިގެން އިށީނެވެ. ރަވިކާންވެސް އިށީނެވެ.

“އައުލްކީނަކީ އަހަރެމެންގެ ރަސްގެފާނުގެ ދަރިކަނބަލުން.. ކަލެއަށް ފެންނާނެ އައުލްކީން ގާތަށް ރަސްގެފާނު ވަޑައިގަތްކަން… އެއީ ރަސްގެފާނު ބާރީ..” ރަވިކާން އެހެން ބުނެލިގޮތުން އެ ބުނެދެނީ އެ އިއްޒަތްތެރި ޝާހީ މީހާގެ ވާހަކަހެން ޒައިލީންއަށް ހީވިއެވެ.

“އައުލްކީން ލިބުމާއި އެކީގައި އައުލްކީންގެ މަންމަ ސަލްވިޔާ މަރުވެގެން ދިޔަ.. އައުލްކީންއަށް ފަސް އަހަރު ފުރިގެންދިޔަ ދުވަހުން ފެށިގެން އައުލްކީންއަށް ބަދަލު ތަކެއް އަންނަންފެށި.. ބުރަކަށީގެ މައިބަދަ ފެށޭތަނުގެ ތަންކޮޅެއް ތިރި ހިރުވާ ކަހާވަރުން އައުލްކީންއަށް ނުނިދެމުން ދިޔަ ދުވަސްތައް ގިނަވަމުން ދިޔަ.. އޭގެ ދެ އަހަރު ވަންދެން ބޭސްވެރިޔަކު ލައްވާ އައުލްކީންގެ ބުރަކައްޓަށް ފަރުވާ ދޭންފެށި.. އޭގެ އެއް އަހަރު ފަހުން އައުލްކީންގެ އަށްވަނަ އުފަން ދުވަހަށްފަހު ހިރުވުންތައް ގޮސްފި.. ބާރީއަށް ނޭނގި އައުލްކީން ފުރަތަމަވެސް ބުރަކަށީ ބަލާލި ދުވަހުން ފެށިގެން އެއްވެސް މީހަކަށް ބުރަކައްޓެއް ނުދައްކާ.. ނުވަތަ ބުރަކަށި ފެންނަ ފަދަ ހެދުމެއް ނުލާ.. ބާރީއަށް އައުލްކީންގެ ބުރަކަށި ފެނުނީވެސް އިއްތިފާގަކުން.. އައުލްކީންގެ ބުރަކަށިން ފަޅާފައިވާ ހުދުކުލައިގެ ދެވަރަ ފެނުނީ އޭތި އުފެދެމުން ބޮޑުވަމުން ހެދުން ފަޅާލާފައި ވަރަ އެންމެންނަށް ފެނުމުން.. އަދި އޭރު ބާރީ ހުންނެވީ އެހެން މަތީ ބޭކަލުންނާއިއެކީގައި… އައުލްކީންގެ ދެ ވަރަ ފެނުމުން އެންމެންވެސް ބިރުން ދުވެފައި ދިޔަ.. އެއިން އެކަކު ވެސް ބާރީއާއި ގުޅުމެއް ނުބާއްވާ އޭގެ ފަހުންނެއް.. ބާރީ ރަސްކަން ކުރަމުން ދިޔައީ ހަމައެކަނި މަދު މީސްކޮޅެއްގެ މައްޗަށް.. ސަލްވިޔާގެ މަރުގެ ހަގީގަތް ވެސް އެނގުނީ ހަމަ އެއްފަހަރާ.. އެދުވަހުން ފެށިގެން ބާރީގެ ހިތްހެޔޮކަން އަނިޔާވެރި ކަމަށް ބަދަލު ވެގެން ދިޔަ.. ނުބައި ޚަބަރަކާއިގެން އަންނަ ކޮންމެ މީހަކު މަރަމުން ދިޔަ.. އަންހެން ކުދިންތައް ގެނެސް އަނިޔާ ކޮށް ޖަލަށްލާ ބަންދުކުރޭ..” ރަވިކާން އެވާހަކަތައް ކިޔައިދެމުން ދިޔައިރު ރުޅި އަންނަކަން އެނގެނީ ދެ ބުމަ ދޭތެރެ ދޭތެރެއިން ގޮށްޖަހާލާތީއެވެ.

“ސަލްވިޔާއަކީވެސް ޖިންނިއެއް.. ނަމަވެސް ނުލާހިކު ރީތި ވާނެ.. އޭނާގެވެސް ފިޔަގަނޑެއް ހުރޭ.. އެ ފިޔަގަނޑު އައުލްކީންއަށް ލިބުނީ ސަލްވިޔާގެ ފަރާތުން.. އައުލްކީންއަކީ ނުލަފާ މީހެއްކަމަށް ބަލައިގެން ބާރީ ކޮންމެދުވަހަކު ފާރަވެރިޔެއް ލައްވާ އައުލްކީނަށް އަނިޔާކުރޭ.. އެއީ ތެދެއް.. އައުލްކީންއަކީ ނުލަފާ މީހެއް.. އައުލްކީންގެ ފަރާތުން އެތައް ހާސް ފާރަވެރިޔެއް މަރުވެފައިވާނެ…” ރަވިކާން އެ ވާހަކަތައް ކިޔަދެމުން ގެންދިޔައިރު ޒައިލީންއަށް ހުރެވުނީ އަނގައިން ބަހެއް ބުނަން ނޭނގިފައެވެ.

“ނެއިލޮންއޭ ކިޔާ އިންސާނާ މިތަނަށް އައިސް އައުލްކީންއަށް އެހީވެދޭން އުޅުނު.. ނަމަވެސް އައުލްކީން އެ އެހީއެއް ބޭނުމެއްނުވި.. އައުލްކީންއަކީ ބާރުތަކެއް ލިބިފައިވާ ކުއްޖެއް.. އެކަމަކު ނެއިލޮން އޭނާގެ ކަރުގައި އަޅާ ކުޑަ ފަށަކަށް އައުލްކީންގެ ބާރުތައް ލީ.. އެހެންވެ އައުލްކީންއަށް މި ވަގުތު އެއްވެސް ކަމެއް ނުކުރެވޭނެ… އޭނަގެ ހުރިހާ ވެސް ބާރަކީ އޭނަގެ ފިޔަގަނޑު.. ނެއިލޮން ކިޔާ އެ އިންސާނާ ހޯދަން ނުލަފާ ޖިންނިންތައް އުޅެނީ އެހެންވެ.. އައުލްކީންގެ އަތަށް އެ ފަށް ފޯރުކޮށްދެވިއްޖެނަމަ އެ ނުލަފާ ޖިންނިތަކަށް ވެސް ކޮންމެވެސް ވަރެއްގެ ބާރެއް ލިބޭނެ.. އައުލްކީން އެތަނުގައި ޗޭނު ޖަހާފައި އެ ބަހައްޓަނީ ވެސް އޭނަ އުދުހިފައި ހިނގައިދާނެތީ އެ ފަށް ހޯދަން.. އައުލްކީންއަށް ނުކޮށް ނުހުރެވޭ ކަމެއް އެއީ މީހުން މެރުމަކީ.. އައުލްކީން މިނިވަން ވެއްޖެނަމަ އޭނަ އަހަރެމެންގެ މީހުންނާއި ކަލޭމެންގެ މީހުންވެސް މަރާލާނެ.. އަހަރެމެންގެ މިދުނިޔެއާއިއެކީގައި ކަލޭމެންގެ ދުނިޔެވެސް ފަނާވެ ނިމިގެންދާނެ.. ” ރަވިކާން އައުލްކީންގެ ހަގީގަތްތައް ކިޔައި ނިންމާލިހިނދު ޒައިލީންގެ ލޯވަނީ ހުޅުވޭ އެންމެ ބޮޑަކަށް ހުޅުވިފައެވެ.

“ނެއިލޮން… ޗޯސެން ނެއިލޮން ޕްރިންސިޕަލް…” ޒައިލީންއަށް ކުޑަކޮށް ވިސްނާލެވުނެވެ. ޒައިލީން ވަނީ އެ ފަށުގެ ވާހަކަ އަލްޔާގެ ފަރާތުން އަޑު އަހާފައެވެ. ނަމަވެސް އޭގެ އަސްލު ހަގީގަތް އެނގުނީ އަދިކިރިޔާއެވެ. ނެއިލޮން ސަރ އެހާ ދުވަސް ވަންދެން އެ ފަށް ރައްކާތެރި ކުރަމުން އައީ ކީއްވެގެންކަންވެސް އެނގުނެވެ. އެއީ އައުލްކީންއަށް އެ ފަށް ލިބި އޭނާގެ ބާރުތައް އަނބުރާ ލިބި އެންމެން ފަނާކޮށްލުމުގެ މަސައްކަތް ފަށާނެކަން އެނގޭތީއެވެ.

”ކަލެއާއި ހެދި އަހަރެމެންގެ ދުނިޔޭގެ އެންމެން ފަހު ވަގުތު ކޮޅަށް އިންތިޒާރު ކުރަމުން ދާން މި ޖެހުނީ..” ރަވިކާން ރުޅިވެރިކަމާއި އެކީގައި ބުނެލިއެވެ. “އެހެން ވާންވީ ކީއްވެ..؟ އެންމެ އަތެއް ނައްޓައިދިނީ..” ޒައިލީން ބުނެލިއެވެ. “އަޑެއް ނާހަންތަ އޭނާގެ ދެވަރަ އޮވެޔޭ ބުނިއަޑު..؟ އެއްއަތް ނައްޓާލާއިރަށް އެއަތް ބޭނުންކޮއްގެން އަނެއްއަތުން ޗޭނު ނައްޓާލާފައި އައުލްކީން އުދުހިފައި އޭނާގެ އަހުލުވެރިންގެ ގާތަށްދާނެ.. އެއީ ނުބައި ޖިންނިން.. މިހާރު ދެން ނެއިލޮންވެސް މަރުވާނެ..” ދެބުމަ ގޮށް ޖަހާފައިވާ އިރު ރަވިކާންގެ ލޮލުން ކުޑަކޮށް ކަރުނައިގެ އަސަރުވެސް ފެންނަމުންދިޔައެވެ. ޒައިލީންއަށް އިސްޖަހާލެވުނެވެ. އައުލްކީންގެ ބަހަށް އޭނަ ކުރިކަމަކުން ކުށެއްނެތް އެތައްބަޔެއްގެ ފުރާނަ ނުރަށްކަލަކަށް ހުށައެޅިފައި ވާތީއެވެ.

“ކީއްވެ ތިރޮނީ..؟” ޒައިލީންއަށް އެހުނެވެ. “މީހަކު އެބަ ރޮއެތަ.؟” ކަރުނަތައް ހިންދާލަމުން ރަވިކާން އެއްސެވެ. “އުހުމް… ނޫން..” ރަވިކާންގެ ރުޅިވެރިކަން އިހުސާސް ކުރެވިފައިވާތީ ޒައިލީން ބުނެލިއެވެ. ކުއްލިއަކަށް މީހަކު ދޮރު ފަޅާލިއެވެ. “އޭތް.. ރަވިކާން އެހުރީ..” އެކަކު ގޮވާލި ގޮވާލީނުން ފާރުތަކުން ކުނޑިވެސް ފައިބައިގަތެވެ. އެއާއެކީ އެ މީހާގެ ފަހަތުން މީހުންތަކެއް ވަދެ ޒައިލީން މެންނާއި ދިމާލަށް ދުއްވައިގަތެވެ.

ރަވިކާން ދަތްކުނޑި ވިކާލީނުން ހީވީ ދަތްތައް ބިންދައިގެން ހިނގައިދާނެ ހެންނެވެ. އެ ދެލޮލުން ފެންނަމުން ދިޔަ ނަފްރަތުގެ އަލިފާންގަނޑަށް ހީވީ ޕެޓްރޯލް އަޅާލިހެންނެވެ. ޒައިލީން ކުރަން ބޭނުންވެފައި ހުރި ހާހެއްހާ ސުވާލު އޮތެވެ. ނަމަވެސް އެ މީހުންތައް ފެނިފައި ޒައިލީން ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. މީ އެ ސުވާލުތައް ކުރަން އެންމެ އެކަށީގެންވާ ވަގުތު ނޫންކަމަށް ހިތް ބުނާވަރުން ޒައިލީން ޗުއްޕެއްވެސް ބުނަން ނުކެރިފައި ހުރީ އެ މީހުންތަކަށް ބަލާށެވެ.

އެ މީހުންތައް ޒައިލީންއަށް ފާހަގަ ކުރަން އެނގުނެވެ. އެއީ އެ ޝާހީ މީހާއާއެކީ ހުރި ފާރަވެރިންނެވެ. އެމީހުން އެ ހޯދަނީ ޒައިލީން ހެއްޔެވެ.؟ ނޫނީ ރަވިކާން ހެއްޔެވެ.؟ އެމީހުން އެ ހޯދަނީ ރަވިކާން ނަމަ އެމީހުން ރަވިކާން ހޯދަން ޖެހުނީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ.؟ ދުލުން ބޭރުނުކުރި ނަމަވެސް ޒައިލީން އަމިއްލަ އަމިއްލައަށް އެ ސުވާލުތައް ކުރަމުން ގެންދިޔައެވެ. ވަގުތުން އެތާނގައި އިން ފޮތި ދަބަހެއް ކަހަލަ އެއްޗެއް ކޮނޑުގައި އަޅުވަމުން ރަވިކާން ޒައިލީންގެ އަތުގައި ބާރަށް ހިފާ ބިންމަތިން ނެގިއެވެ. ޒައިލީން ހައިރާންވި ވަރުން އަނގަ ހުޅުވިފައި ހުއްޓާ ރަވިކާން ސީދާ ޒައިލީންގެ ދެ ލޮލަށް ބަލާލިއެވެ. “އަހަރެންގެ އަތުގައި ބާރަށް ހިފާއްޓައިގެން ހުންނާތި..” ރަވިކާން ބުނެލިއެވެ.

ބިރުގަނެފައި ހުރިވަރުން ޒައިލީން ބޯ ހޫރުވާލަމުން އަނެއްކޮޅަށް އެނބުރުނެވެ. ނަމަވެސް ދުވަމުން އައި ބައިގަނޑުގެ އެންމެ ކުރިއަށް ހުރި މީހާ އަތް ދިމާކޮއްލާފައި އިތުރަށް ކުޑަ ތަންކޮޅެއް ދުވެލިނަމަ ޒައިލީން އަތު ޖެހޭނެއެވެ. “އަހަރެންނަށް އިތުބާރުކުރޭ..” ރަވިކާން އަތް ދިއްކޮއްލިއެވެ. މީހުންގަނޑު ކައިރިވާން ފެށުމުން ޒައިލީން ގޮތް ހުސްވިއެވެ.

ހިތާދެކޮޅަށް ރަވިކާންގެ އަތުގައި ހިފަން އަތް ދިއްކޮއްލިތަނާ ޒައިލީން ބިރުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ރަވިކާން ލައިގެން އިން ޓީޝާޓް ފަޅާލައިފައި ބޮޑު ދެވަރަ ނުކުތެވެ. ކަޅުކުލައެއްގައި އިން ދެވަރަ ބޮޑު ކަމާއި ފުޅާކަމުން ޒައިލީންވެސް އެކީއެކަށް ފޮރުވާލެވޭނެ ކަމުގެ ޔަގީންކަން އޮތެވެ.

ގަތްބިރުން ޒައިލީން ރަވިކާންއާއި އެބައިގަނޑާއި ދުރަށް ދުއްވައިގަތެވެ. ރަވިކާންއަށް ލިބުނު ސިހުމާއި އެކީގައި ނިތަށް ރޫއަރުވާލެވުނެވެ. ޒައިލީން އޭނަގެ އަތުގައި ނުހިފުމުން ކުޑަކޮށް ހައިރާންވެފައި އެ ބައިގަނޑާއި ދިމާލަށް ބަލާލިއެވެ.

ރަވިކާން ދެ ވަރަ ރަނގަޅަށް ހުޅުވާލާފައި ޒައިލީން ފަހަތުން އުދުއްސައިގަތެވެ. ޒައިލީން ދުވެދުވެ ހުއްޓާ ރަވިކާން ޒައިލީންގެ ދެއަތުގައި ހިފާ ވައިގެތެރެއަށް ނެގިއެވެ. ދެންމެ ރަވިކާން ދެކެ ބިރުން ދުވިކަން ހަނދާންނެތި ޒައިލީންއަށް ރަވިކާންގެ ކަނާތުގައި ހިފާލެވުނެވެ. ރަވިކާންވެސް ޒައިލީންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ވައިގެ ތެރޭގައި މަޑުމަޑުން އުދުހިލުމަށްފަހު ވިދުވަރަކަށް ވުރެވެސް ހަލުވިކޮށް ރަވިކާން އުދުއްސައިގަތެވެ.

ބިރުން ހުރި ޒައިލީންގެ ބިރު ކެނޑުނުއިރު ރަވިކާން އެއަނދިރީގެ ތެރޭގައި އުދުހެނީއެވެ. އަނދިރީގެތެރޭގައި ރަވިކާންއަށް އެހާ ރަނގަޅަށް މަގު އެނގެނީ ކިހިނެތްބާއޭ އެއީ ޒައިލީންގެ ހިތަށް ފުރަތަމަ ވެސް އެރި ސުވާލެވެ. ޒައިލީންގެ ހަނދާނަށް އައީ ރަވިކާންގެ އާދަޔާޚިލާފް ދެލޮލެވެ. ބުޅަލަށްވެސް އަނދިރީގެ ތެރޭ އިންސާނުންނަށްވުރެ ރީއްޗަށް ފެނެއެވެ. އަނެއްކާ ރަވިކާންއަކީ ބޮޑު ފިޔަގަނޑެއް ލިބިފައިވާ ބުޅަލެއް ނޫންބާވައެވެ.؟ އިރުކޮޅެއްގެ ތެރޭގައި ޒައިލީންގެ ލޯ އަނދިރިއަށް ކޮންމެވެސް ވަރަކަށް ހޭނުނެވެ. ރަވިކާންގެ ކަނާތުގައި ހިފާއްޓައިގެން ހުރެވުނުކަން ޒައިލީން ހަނދާންވީ އޭނާގެ ދެ އަތް ފެނިފައެވެ. ޒައިލީން ރަކި ވެގެން އަވަހަށް އެއަތުން ދޫކޮއްލީ ތިބެވުނީ ކިހާ އުހެއް ގައިކަން ނޭނގި އިނދެއެވެ.

ޒައިލީން ރަވިކާންގެ އަތުން ދޫކޮއްލިކަމަކު ޒައިލީން ނުވެއްޓުނެވެ. ރަވިކާން ޒައިލީންގެ އުނަގަނޑުގައި ހިފާއްޓާފައިވަނީ ނުވެއްޓޭނެހާ ބާރަށެވެ. “ދޫކުރޭ..” ޒައިލީން ބުނެލިއިރު އަޑަށް ރުޅިވެރިކަން ގެނެސްދެވޭތޯ އަޑަށް ބާރުލިއެވެ. “އަހަރެންނަށްވުރެ ރުޅިގަދަ މީހަކު ފެނިއްޖެނަމަ އަހަރެން ހައިރާން ވާނަން.. އެކަމަކު ތިއީ ރުޅިވެރިކަމެއް ނޫންކަން އިނގޭ.. ތިއީ ބިރުވެރިކަން..” އުދުހެމުން ރަވިކާން ބުނެލިއެވެ. “މިއީ ރުޅި.. ބިރެއް ނޫން.. ބިރުނަމަ ރަވިކާންގެ އަތުގައި ވިކައިގެން ނަމަވެސް ތިރިއަށް ފުންމާލާނަން..” ޒައިލީން ދޮގެއް ހަދާލިއެވެ. ”ގަދަކަމުން މީހެއް ސަލާމަތެއް ނުކޮއްދެވޭނެ.. އެހެންވެ ދެން މި ދޫކޮއްލަނީ..” ރަވިކާން އެހެން ބުނަމުން ޒައިލީންގެ އުނަގަނޑުން ދޫކޮއްލިއެވެ.

= ނުނިމޭ =

މި ބަޔަށްފަހު ފިކްޝަނަލް ބައިތައް ގިނަވަމުން ދާނެކަން ކިޔުންތެރިންގެ ސަމާލުކަމަށް ޔޫން ބުނެލަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

މިދެލޯ ފުހެލަ ދޭށޭ ލޯބިން 19

Next

އަނދިރިފަރާތް 42

Next
July 24, 2020

އަނދިރިފަރާތް 42

Previews
July 24, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 19

57 Comments!

  1. K-Gal says:
    July 24, 2020 at 1:23 pm

    First of All maasha allah WOW.. That cover pic looks sooo amazing Yoooon… And also story ves hama dhanee amazing vamun… And i thing Rawikaan need some person to help him with his anger issues.. The flying part was so amazing hama.. Cant wait for the next.. Love you so much and stay dafe yooooonn

    1. yooon yoooon says:
      July 24, 2020 at 10:21 pm

      Alheii thank u so much ???? Yea Rawikan needs to do something abaout his anger dhw ? Love you more K-gal ✨?? You stay safe too ingeii ? tc

  2. Marsherr says:
    July 24, 2020 at 1:26 pm

    Yoon E kujja ge ves cover pic badhalu kuree 8th vana part in dhow ?? Rawikan looks so hot.. Hyelan ves hama varah cute.. Waiting for the next part.. Btw when is next part ??? Lysm yoon Take good care.. This part was so amazinnng

    1. yooon yoooon says:
      July 24, 2020 at 10:25 pm

      Labba dear ?? Yoon cover pic change kurani 8th in fedhigen nimey part aa hama ah eh cover eh ?? dhn nimey part ga new cover eh yoon lanee ?? Thnxxiess Marsherr ???? Love u more ? tgv dearrr

  3. Shiyaana says:
    July 24, 2020 at 1:27 pm

    Maasha allah varah rythi.. 🙂 waiting for next

    1. yooon yoooon says:
      July 24, 2020 at 10:27 pm

      Thnxxxiesss Shiyaana ??? Insha allah will upload soon ?? Lysm

  4. Lysm says:
    July 24, 2020 at 1:29 pm

    Zai is so cute.. With a dimple.. Zai helped Aulekyn so that means she is free now ?? And OMG how can Rawikaan do that ? Did he really let go of her ?? Is she gonna die ?? My god the best fictional story

    1. yooon yoooon says:
      July 24, 2020 at 10:28 pm

      Oh ??? Lets see dhn ?? Thankss so much Lysm that rlly motivated me ??? lyvm dear

  5. Kylie says:
    July 24, 2020 at 1:30 pm

    Wt helll ??? Ravikan Letting Zai fall? Nice Nice this part.. Cant wait for the next part.. I really need to know if zailyn Dies

    1. yooon yoooon says:
      July 26, 2020 at 1:43 pm

      Thnkk u Kylie ??? Lets see insha allah next will be uploaded soon ??? Tc dearr

  6. Jane says:
    July 24, 2020 at 1:31 pm

    Wow just amazingg

    1. yooon yoooon says:
      July 24, 2020 at 10:29 pm

      Thnxxx so much Jane ???? Tc

  7. Hot says:
    July 24, 2020 at 1:52 pm

    Cover pic ga in zaidhan ge real name bunedhyba please..awwn he is so hot..korea kujjeh dhw ..buneba name

    1. yooon yoooon says:
      July 24, 2020 at 10:31 pm

      Oh sorry dear i dnt knw his name ? Search kollafa yoon ah emme nice boi ge pic eh save koffa dhn edit kurani ?? Thnxxx hot ?? tc

    2. JK says:
      July 25, 2020 at 1:00 pm

      shin ye chan .hen heyvanee

  8. Eekko 11 says:
    July 24, 2020 at 2:29 pm

    Wowww… Yoon this part is also awesome… Alhey dhen kaileen ah vaany kihineiy baa???❤️❤️ So curious and so loving story… May God bless you. TC and stay home, stay safe… ?

    1. yooon yoooon says:
      July 24, 2020 at 10:33 pm

      Awwnn thnxxiessss Eekko 11 ???? Lets see dhw dear ?? May Allah bless u too ??? you take care too Eekko 11 ??? Stay safe

  9. Sis says:
    July 24, 2020 at 3:35 pm

    woooooooooooow !! I love this so much.. varah salhi.. Zai n Rauvikan met at last.. Just aweosme you left me speachless.. May Allmighty bless u and ur amazing works.. ILUSM n tc yoon sissooo. N the cover looks amazinnnnng

    1. yooon yoooon says:
      July 24, 2020 at 10:36 pm

      Thnxxxx sis ??? Labba they both met ?? May allah bless u too Sis ??? I love u more dear ??? Tc siss ?? Thnxxx dear ? stay safe sis

  10. Yoon's biggest Fan says:
    July 24, 2020 at 3:37 pm

    Maasha allah this part also very nice.. Yoon I’m a huge fan of urs.. Your stories are too amazing.. And I hope Ekujja season two will be very nice too. Best of Luck Yoon.. from ur biggest fan.. ( AKA Me 🙂 )

    1. yooon yoooon says:
      July 24, 2020 at 10:55 pm

      Thnxxxx Yoon’s biggest fan ? Oh thnk u ? Insha allah will try my best oN Season two too ingeii ?? Thnkxxx dear I’m vvv happy ?? tc

  11. Kiyara says:
    July 24, 2020 at 3:37 pm

    Awesome as always yoon.
    Waiting for the next part

    1. yooon yoooon says:
      July 24, 2020 at 10:57 pm

      Thnxxx Kiyara dear ??? Insha allah will up the nxt soon ?? tc

  12. Pixie says:
    July 24, 2020 at 3:57 pm

    Maasha ﷲ yoon mindblowing

    1. yooon yoooon says:
      July 24, 2020 at 10:59 pm

      Awnn thnxxx a lot Pixie dear ???? tc

  13. Pixie says:
    July 24, 2020 at 3:58 pm

    oops was supposed to be maasha allah hehe

    1. yooon yoooon says:
      July 24, 2020 at 11:00 pm

      Issokke ??? Lysm pixie

  14. N0 oNe.. says:
    July 24, 2020 at 4:28 pm

    mi prt ves varah reethi sis…. Maashaa Allah… ???
    hama varah habeys….
    waiting for the nxt prt sis..
    luv ya sissssoooo…???
    tc n stay safe ☺️???

    1. yooon yoooon says:
      July 26, 2020 at 1:42 pm

      Got this one a lil late dear ??? Ekam vxx vrh bodah thank u No one dear ??? Love u more N more dearr ??? u stay safe 2 ? tc

  15. Lovebird says:
    July 24, 2020 at 5:01 pm

    Pls Pls Tell me Ravikan is just messin with her.. Dont let Xai Fall plsss.. I dnt comment much but this part was so awesome i couldn’t help it.. Can u upload a part tommorow too ??? Much loves Darlarr

    1. yooon yoooon says:
      July 24, 2020 at 11:03 pm

      Lets see dhn dhww ??? Thank you so much Lovebird ??? Um I dnt think tmrw up kureveyne hen ? vvvv sorry ingeii ? Much much more loves to u darlarr ??? tc

  16. Sunny says:
    July 24, 2020 at 5:02 pm

    wow 🙂 But please Don’t let Zaileen Fall 🙁 Waiting………………. for part 09

    1. yooon yoooon says:
      July 26, 2020 at 1:44 pm

      Thnxxxx Sunny ??? Lets see dhwww ?? Insha allah will be uploaded soon ?? tc

  17. luciyaa says:
    July 24, 2020 at 7:07 pm

    hama habeys yoonnnyyy .. masha allah ..pretty n pretty n pretty n etc..darling when next

    1. yooon yoooon says:
      July 24, 2020 at 11:05 pm

      Thanxxiesss Luciyaa ??? Thats so motivating dear ??? insha allah soon ? Will submit a new part tmrw night ? After Gettin the admin approval, you guyss will get the nxt part insha allah ?? stay safe luciyaa

  18. Een says:
    July 24, 2020 at 7:34 pm

    Mashaa Allah as usual this part is also vvvvvvvvv nice Yoon………. curiously waiting for the next…… lots and lots of love and tgc my lovely author♥️♥️?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????

    1. yooon yoooon says:
      July 24, 2020 at 11:07 pm

      Awwn thnxxxiesss Een dearlingsss ??? So much more Loves to u dear Een ??? And Tgc My lovely reader ??? stay safe

  19. W@RR!OR_$#@NK$™ says:
    July 24, 2020 at 8:54 pm

    Vv reethi…. Love ur stories….

    1. yooon yoooon says:
      July 24, 2020 at 11:08 pm

      Thnxxx so much dear ???? Rlly happy that u love them ??? Lysm ?? tc

  20. ?Ril? says:
    July 24, 2020 at 9:07 pm

    Wow mi part Vs vrh Sali ??????
    Masha Allah Yoon haadha moley dhw ???????????????????
    Hehe cover pic Vs vrh Sali ingey?? btw cover gaa rawikaan ah einy bts ge v dhw ❤️❤️❤️?????????vrh heevey?
    Waiting for next ❤️???
    Love uu ❤️❤️???
    TC and stay safe ❤️❤️???❤️❤️??

    1. yooon yoooon says:
      July 24, 2020 at 11:11 pm

      Thnxxxxx Ril dear ??? Thnxx the cover took some time to edit ?? I think so too ?? Insha allah will up soon ???? Love you so much more ??? You take care too ingeii ✨ Stay safe ril dearlingsssss

  21. Shaiii says:
    July 24, 2020 at 11:49 pm

    Vvv salhi mi prt?❤️…. Fictional baai gina v ma hama habeys vaane✨??…. Waiting for nxt prttt???…. With lots of love❣️??

    1. yooon yoooon says:
      July 25, 2020 at 3:16 pm

      Thnxxx so much Shaii ???? Lots n lots of love frm me too dear ?? Tc

  22. RA NE says:
    July 24, 2020 at 11:54 pm

    Wow!Maashallah This part is also awesome..curiously waiting for the nxt❤

    1. yooon yoooon says:
      July 25, 2020 at 3:16 pm

      Thnxxxiessss RA NE ?? Insha Allah will up soon ? Tgc dearr

  23. Lee??? says:
    July 25, 2020 at 11:08 am

    Love ur story?????????? when are you uploading the next Part sis ?????????????????????????? the best STORY ? ???TC love you stay safe ??????????????????????

    1. yooon yoooon says:
      July 25, 2020 at 3:20 pm

      Thnkssss Lee??? Insha Allah will submit the next part tonight ?? awwnn love you more ?? You stay safe too Lee??? dearr ?? Tc

  24. H....? says:
    July 25, 2020 at 1:07 pm

    omg….v salhi ingey sry….maashaa allah…i cant whait to knw what haapens next..sis….avahah up kohdhehchey……its my first time commenting but i read u r stry regularly ingey….love u r stries sis??????❤❤

    1. yooon yoooon says:
      July 26, 2020 at 1:40 pm

      Oh thanksss dear ?? very happy to knw that u like them ? I have submitted but Admin approval libunyma up vaany ? Thnxx H….? tc

  25. J.U.M.A says:
    July 25, 2020 at 3:31 pm

    Myga aul’kyn thr noonyy rawikaan thr rangalhyy
    Confusing

    1. yooon yoooon says:
      July 26, 2020 at 1:46 pm

      Nxt part kiyaalyma insha allah that doubt will be cleared ?? Thnkxxx J.U.M.A ?? tc

  26. VANTEKTH says:
    July 25, 2020 at 6:15 pm

    heeeeyyyy aslu cmnnt nukuriyas ves baraabarah kiyamunh mi annaee.. hama keh nuvee nukoh.. and yoon r u an ARMY?? cux that is BTS V as ravikaan.. am i right??? btw when is next???

    1. yooon yoooon says:
      July 26, 2020 at 1:48 pm

      Issoke dear ?? I’m a fan of BTS ?? I like V n RM the most ???? next insha allah soon ingeii ? keep waiting

  27. Lee??? says:
    July 25, 2020 at 6:18 pm

    OMG ??????you are uploading it tonight thank you thank you so much siso ??????? you’re the best ?????take care and love you so much siso????

    1. yooon yoooon says:
      July 26, 2020 at 1:50 pm

      Oh dear ? I am not the one who uploads the stry ? I submit them ? N the Admin team will upload it ? Aniwayss Thnkxxx Lee dear ? Love you so so so so so much more ?? You take good care too Lee ??? stay safe

  28. Bookworm says:
    July 26, 2020 at 12:07 pm

    Hey Yoon… Vrh salhi mi prt vx ingey… Waiting for the nxt part dear… Btw Yoon thee Kon rashehge kujjehtha? Hama ahaalee ingey… Plx don’t mind ingey Yoon… Lysm darl

    1. yooon yoooon says:
      July 26, 2020 at 1:52 pm

      Heii bookworm ?? Thnxxiess dear ??? Oh yoon mee Male’ kujjeh ? I dnt mind dear i can share just a lil bit of my info ??? Love you more Dearrlingssss ??? Tc n stay safe

Comments are closed.

Next Episodeފިޔަފަތް 9←


All Right Reserved!