Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

ނާމާން – 7

Hawwa jabeela Level 110 Stories
July 26, 2020 3 Mins Read
2 Comments

ކުއްލިއަކަށް ޒާޔާ ސިއްސައިގެން ދިޔައީ ޒާޔާގެ ކަންފަތްދޮށުގައި މީހަކު ސިއްރު ސިއްރުން ޒާޔާގެ ނަން ގޮވާލީމައެވެ.
********************
ޒާޔާ ފުންމައިގެން ތެދުވީ ގަތްބިރުންނެވެ. ކައިރީގައި އިން ޒިންޔާ ވެސް ދިޔައީ ސިއްސައިގެންނެވެ. ޒިންޔާ ސުވާލުކުރަންފެށިއެވެ.” ޒާޔާ.. ކިހިނެއްވީ.. ބުނެބަލަ.. ” ޒާޔާ އޭރު ވެސް ހުރީ ދެލޯ ބޮޑުވެފައެވެ. ” ކަމެއް ނުވޭ މީ.. މީ ސިއްސައިގެން ދިޔައީ އޭ… ” ޒާޔާ އެންމެ ފަހުން ހިތަށް އެރިއެތި ބުންޏެވެ.

” ޒާޔާ..ދޮގު ނުހަދަ ބުނެބަލަ.. ކިހިނެއްތަވީ.. ” ޒިންޔާ އާދޭސްކުރަންފެށިއެވެ. ނަމަވެސް ޒާޔާ މޮޅު ދޮގެއް ހަދައިގެން އެކަންތައް ނިންމައިލީއެވެ. އެގަޑީގައި ވާރޭ ވެހެން ފެށިއެވެ. އެންމެން ޓެންޓު ތެރެއަށް ވަންނަން ދުއްވައި ގަތެވެ. ޒާޔާ ދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. ޒާޔާއަށް ރޮވެން ފެށުނެވެ. މާގިނައިރެއްނުވެ ޒާޔާ މައްޗަށް އަރައި ގެއްލުނެވެ. ޓެންޓު ތެރޭގައި އިމްޝާ ހުރީ ނުލަފާ ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ.

އެންމެ ފުރަތަމަ ޒާޔާ ނެތްކަން ފާހަގަ ކުރެވުނީ ޒަހާއަށެވެ. ޒަހާ ބޭރުވެސް ބަލައިލިއެވެ. ނަމަވެސް ޒާޔާއެއް ފެންނާކަށް ނެތެވެ. ޒަހާ އަވަހަށް އިދާންއަށް ގޮވައިގެން ގެނައެވެ. އިދާންވެސް ވަރަށް ކަންބޮޑުވިއެވެ. އަދި ޒާޔާ ހޯދަން ނިކުތެވެ.

މުޅި ވާރޭތެރޭގައި އުޅުނުއިރުވެސް ޒާޔާ ފެންނަ ވަރެއް ނުވިއެވެ. އިމްޝާ ހުރީ ހަމަޖެހިލައިގެންނެވެ. ނަމަވެސް އެ ބޯ ވާރޭ ތެރޭގައި އިމްޝާގެ މޫނު ސާފު ވާގޮތެއް ނުވިއެވެ. އެންމެން ވެސް އުޅުނީ ޒާޔާ ހޯދޭތޯއެވެ. އެމޫނުގައި ވި ވިހަ ހިނިތުންވުން ހަމައެކަ އެކަކަށް ނުފެނުނެވެ. އެއަށް ވުރެ އެ މީހުން ސަމާލުކަން ދީފައިވަނީ ޒާޔާ ހޯދަންށެވެ.

ޒާޔާ ދެލޯ ހުޅުވާލިއެވެ. އެވަގުތު ފުރަތަމަވެސް ފެނުނީ ބަނދެފައި އޮތް އިމްޝާއެވެ.” އިމް.. އިމް.. ކޮންއިރަކު މިތަނަށް އައީ..މީ ކޮންތަނެއް.. އިމް.. “ޒާޔާ ގޮވަންފެށިއެވެ. އިމްޝާ ވަރަށް ވަރުން ޒާޔާއާ ދިމަ ބަލައިލިއެވެ. ޒާޔާ ފެނިފައި އިމްޝާވެސް ކުޑަކޮށް ހައިރާންވިއެވެ. އަދި އެހިއެވެ.
” ޒާޔާދައްތަ ކޮންއިރަކު މި ތަނަށް އާދެވުނީ.. މިތަން ވަރަށް އެހެންކަހަލަ.. އިނގޭތަ ޒާޔާދައްތާ.. މިތާ ހުރޭ ވަރަށް ބިރުވެރިކޮށް ހުންނަ ދައްތައެއް.. އެދައްތަ ހުންނަނީ ވަރަށް ރުޅިއައިސްފަ… އިމްއަކަށް ނޭނގެ ކީއްވެކަމެއް.. އިމް ވަރަށް ބިރުގަނޭ.. ޕްލީޒް ޒާޔާދައްތާ..އިމް މިތަނުން ގެންގޮސްދީ.. މިތަން ވަރަށް ބިރުވެރި.. ” ޒާޔާ ހުރީ ހަދާނެގޮތް ނޭނގިފައެވެ.

” އިމް… ޒާޔާދައްތަ މިތަނަށް އާދެވުނީ ދެންމެ.. ޒާޔާދައްތަ އަށް ދީބަލަ ފެންފޮދެއް.. ” ޒާޔާ ބުންޏެވެ. އެގަޑީގައި އެތަނަށް އޭތި އައެވެ. ޒާޔާ ހުރީ ބިރުން ގޮސް ހާލާކުވާވަރު ވެފައެވެ. އޭތި ޒާޔާއަށް ފެން ތަށްޓެއް ދިއްކޮށްލިއެވެ. ޒާޔާ އޭގައި ހިފީ ފެންބޮވައިގަނެފައި ވުމުންނެވެ. ފެންބޮއިނިމިގެން ޒާޔާ ރަނގަޅަށް އޭނައާ ދިމަ ބަލާލިއެވެ. ޒާޔާ ބިރުން ތުރުތުރު އަޅައިގަތެވެ. އެމީހާ ޒާޔާއާ ދިމާއަށް ބަލައިލީ ބިރުވެރި ގޮތަކަށެވެ.

މާގިނައިރެއްނުވެ އޭނަ އެތަނުން ގެއްލުނެވެ. އެއާއެކު ޒާޔާ ބުންޏެވެ.” އިމް.. އިމް މިތަނަށް އައީ ކޮންދުވަހަކުތަ.. ” އެހެން ބުނުމުން އިމްޝާ ބުންޏެވެ.” ނޭނގެ ބުނާކަށް.. އެކަމް ހީވަނީ ދެތިން ދުވަސް ހެން.. ” ޒާޔާ ދެލޯ ބޮޑުވިއެވެ. ” އެހެންވެ އިމް އެއް ނޫންތަ މި ދެތިން ދުވަހު އުޅުނީ.. ”

” އާނ… އިމް އެއް ނޫން.. ކާކު ވާހަކައެއްތަ ތިދައްކަނީ.. ” އިމްޝާ އެހެން އަހާލީ ކަންބޮޑުވެފައެވެ. ޒާޔާ ޖަވާބު ދިނެވެ.
” އާނ.. އިމްގޮތަށް ހުރީ.. އެކަމް އެކުއްޖާ އުޅެނީ ވަރަށް އެހެންކަހަލަ ގޮތަކަށް.. ”

” އެކަމް އެއީ އިމްއެއް ނޫން.. ކޮބާ އިދާންބެމެން.. ނޭނގެ އެމީހުން ޒާޔާދައްތަ ހޯދަން އުޅޭނެ ހާލެއްވެސް… ” އިމްޝާ ބުނެލިއެވެ.” ނޫނޭ.. ޒާޔާދައްތަ އެކަންޏެއް ނޫންނުން ހޯދާނީ.. އިމްވެސް ހޯދާނެނުން.. ” ޒާޔާ ބުނެލިއެވެ. އެވަގުތު އިމްޝާ ވެސް ބުނެލިއެވެ.” ނޯ.. އިމްއެއް ނުހޯދާނެ.. ދެންމެ ޒާޔާދައްތަ ތިބުނީ އިމްކަހަލަ ކުއްޖަކު އެބައުޅެޔޭ.. ” އިމްޝާ އެހެން ބުނުމާއެކު ޒާޔާވެސް ދެރަވިއެވެ.

ޒިންޔާއާއި ޒަހާ ހުރީ ފިނިވެގެން ގޮސް ރޯގާ ވެސް ޖެހިފައެވެ. އިދާން ވެސް ކުޑަކޮށް ފިނިވެގެން އުޅެއެވެ. ނަމަވެސް އިމްޝާ ހުރީ ހަމަ ކުރީގަ ހުންނަ ގޮތަށް ހަމަޖެހިލައިގެންނެވެ. އެންމެ ފަހުން އެމީހުންނަށް ފިނިވެގެން ދިޔައީ ކައިރީގައި ހުރި ބޮޑު ގަހެއް ކައިރިއަށެވެ. އިދާން ބުނެލިއެވެ.” ޓެންޓު ތެރެއަށް ނުވަނީ އެތަން ތެމޭނެތީ.. އޭރުން މިރޭނުވެސް ނިދޭނެ.. އަނެއްކާ މިއޮށް ފިނީގަ ކިހިނެއް ޒާޔާ ހޯދަން ދާނީ.. ”

” ޒާޔާ ނުފެނިއްޖެޔާ ކިހިނެއް ހަދާނި.. ” ޒަހާ ބުނެލިއެވެ. އެވަގުތު އިދާން ލޯ މަރާލިއެވެ.އެއީ ހުރިހާ ޒިންމާއެއް ވާންޖެހޭނީ އިދާން ކަން އިނގިގެންނެވެ. އަނެއް ކޮޅުން އިދާންއަށް މަންމައަށް ވެސް ނުގުޅޭނެއެވެ.” މަންމަ މިހާރު އުޅޭނެ ދޯ އަހަރެމެން ލަސްވެގެން.. އަނެއްކާ ފޯނު ނުނަގައިފިއްޔާ މަންމަ ކަންތައް ބޮޑުކޮށްލާނެ.. ” ޒިންޔާ ބުނެލިއެވެ.

އިމްޝާއާ ޒާޔާއާ ތިބީ ހާސްވެފައެވެ. ވިސްނާ ވިސްނާ ބޯ ގޮވާވަރު ވެފައެވެ. އެވަގުތު އެމީހާ އެތަނަށް އައެވެ. އަތުގައި މޭވާތަކެއް ހުއްޓެވެ. އެމީހާ އައީ ޒާޔާއާއި އިމްޝާއާ ދިމާއަށެވެ. ޒާޔާ ހުރީ އެމިހާ ކުރާނެ ކަމެއް ނޭނގިގެން ބިރުންނެވެ. އެމީހާ ދިޔަގޮ ގޮސް އެމީހުންނަށް ކާއެއްޗެހި ދީފައި އަލުން ގެއްލުނީއެވެ. ޒާޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި އެހިއެވެ.” އެމީހާ ވަގުތުން ވަގުތަށް ކާއެއްޗެހި ވެސް ގެނެސްދޭ ދޯ.. އެކީވެތަ.. ” އިމްޝާވެސް ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނަންށެވެ.

އިދާން މެން އެހެން ތިބީ ވާރޭ ހުއްޓައިލަންދެނެވެ. ވާރޭ ހުއްޓައި ލުމާއެކު އެންމެން ޓެންޓު ތެރެއަށް ވަދުނެވެ. އެންމެންނަށް ވެސް ވެފައިހުރި ވަރުބަލިން އޮށޯތުމާއެކު ނިދުނީއެވެ.

އިދާންއަށް ހޭލެވުނީ އިމްޝާއާއި ޒާޔާ ގޮވާ އަޑަށެވެ. ލޯ ހުޅުވައި ލުމާއެކު ފެނުނީ އެންމެން އެތާ ބަނދެފައި އޮއްވައެވެ. އިދާން އެންމެންނަށް ވަކިވަކިން ބަލައިލިއެވެ. އޭރު ދުރުގައި އިމްޝާ ސިފައިގައި ހުރި މަޚްލޫޤު އޭނަގެ އަސްލު ސިފައަށް ބަދަލުވެލިއެވެ. ކައިރީގައި އެމީހާ ހުއްޓެވެ. އިދާންއަށް ވާނުވާއެއް ނޭނގުނެވެ.

އެންމެން ބަލަން ތިއްބައި އެމީހާ ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. ޒާޔާ އާއި ޒިންޔާ އާއި އިމްޝާ ހުރީ ބިރުންގޮސް ހޭނެތޭ ވަރު ވެފައެވެ. އިދާން ހިތްވަރު ކޮށްލާފައި ސުވާލުކޮށްލޮއެވެ.” ތީ ކާކު.. ކީއްކުރަން އަހަރެމެން މިތަނަށް ގެނައީ.. ” އެހެން އެހުމާއެކު އޭތީގެ ރުޅިވެރި ނަޒަރު އިދާންއަށް ހުއްޓުނެވެ. ކުއްލިއަކަށް އިދާންގެ ނޭވައި ހާސްވާން ފެށިއެވެ.
ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwa jabeela

Level 110 Stories

Other Articles

Previous

އަނދިރިފަރާތް 42

Next

ިސިހުރު 2

Next
July 26, 2020

ިސިހުރު 2

Previews
July 24, 2020

އަނދިރިފަރާތް 42

2 Comments!

  1. JUSTICE says:
    July 26, 2020 at 8:02 pm

    Jabee mihaa kada vhk ragalhuvaane nuliyunas udeh budeh neyge….. huhtaa dhariyaa dhelofoo… anehkaa v notice vey negetive comment akah nuhurey ehvx varakah rply dhyfakaeh eythi kada aslu…. rply dheyn jeheyne hama ekani balaigannan jeheyny + ehchihseh noon dhw… eythi worth eh noon dhariyaa… thi lhahiyaal dhookohlaa ….. thankolheh boahamajehey kahala vhk eh fahtan ulhey….. heyonuvaane page ah add kurevey koss vhk akah mi nahadhaa…. comment kohlaa kuhjaku madhu eyge maana aki hama hadihyey ekn amihlayah gabool kohlaa dhoonyaa suvarugefoo….. heevey v size in vx umurunvx kudahn ehnv babish gotheh vhk ga hunnani…. mikahala avahah upkohdhey hadi vhk eh nuniyey kanneyge adhi…. so huhtaalan feney mi vhk…. thankolheh ragalhu idea eh hoadhaalaafa fashaa babish goiy dhookohlaafa…. biruveri vhk eh nuliyeveyne v tallent kuregen nooni ehn nooni kiyaa kudhin foohivaane….. gabool kurevey dhw mikiyaa ehchis????nukurevunasvx…. hahgah vakaalaath kureveyny…mi vhk eyge zaathuga v hadi… mee v vhk

  2. Unkwn says:
    July 26, 2020 at 8:05 pm

    Koss bro miythi kada

Comments are closed.

Next Episodeނާމާން – 8 & 9←


All Right Reserved!