Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 24ވަނަބައި

kudhoo Level 310 Stories100 Comments
July 24, 2020 4 Mins Read
3 Comments

ވިހާ ދުވަސް ޖެހެން މާގިނަމަހެއްނެތެވެ. އެހާ ގާތްވެފައި ހުއްޓާ ރަވާހިބު ފުރަން އުޅޭތީ ޗިންކާގެ ހިތައް ވަރަށް ތަދުވިއެވެ. ނުދިއުމަށް އެދި އާދޭސް ކުރާނަމޭވެސް ހިތައް އެރިއެވެ. ނަމަވެސް ފިރިމީހާއަށް އުނދަގޫކޮށް ޝަކުވާ ކުރާކަހަލަ އަންބަކަށް ވާކަށް ޗިންކާ ބޭނުމެއް ނުވެއެވެ. ރަވާހިބު ފުރާގެން ދިޔުމުން ޗިންކާގެ ހަޔާތަށް ވަރަށް ބޮޑު ހުސްކަމެއް އައެވެ. ހީވާކަހަލައެވެ. ރަވާހިބު އޭނާއާ ދުރަށް އެއްކޮށް ދިޔައީއެވެ. ނަމަވެސް އޭނާ ރަވާހިބަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ.

ރަވާހިބު ފުރާގެން ދިޔަތާ އެއްހަފްތާ ވެއްޖެއެވެ. ޗިންކާއާ ދަރިފުޅުގެ ހާލުވެސް ކޮންމެ ދުވަހަކު އެއްފަހަރު ނޫނީ ދެފަހަރު ނަމަވެސް ބަލާލުމަށް ގުޅާ ހަދައެވެ. އެއްހަފްތާ ނިމުނު ފަހުން ރަވާހިބުގެ ފޯނު ކޯލުތައް މަދުވާން ފެށިއެވެ. ގިނަފަހަރު ގުޅިއަސް އެ ނަންބަރަކީ ބޭނުންނުކުރާ ނަންބަރެއް ކަމުގައި ބުނަމުން ދެއެވެ.  ޗިންކާގެ ހިތަށް ވަރަށް ބޮޑަށް މާޔޫސްކަން ވެރިވެއްޖެއެވެ. ރަވާހިބު ދިޔަފަހުން އެންމަސްވީއެވެ. މިހާރު ރަވާހިބުގެ ޚަބަރެއް ނުވާތާ ހަފްތާއެއްވެއްޖެއެވެ. އޭނާއަށް ގުޅުނު އަދަދެއްވެސް ނޭނގެއެވެ. ކޮންމެ ފަހަރަކުވެސް ލިބެނީ އެއްޖަވާބެކެވެ. ރަވާހިބުގެ ޚަބަރެއް ބަލައިލަދޭން އެދި ބައްޕަ ކައިރީގައިވެސް އާދޭސް ކުރެވުނު އަދަދެއްވެސް ބުނެދޭކަށް ނޭނގެއެވެ. ބައްޕަގެ ޖަވާބަކަށް ވަނީ ރަވާހިބު މާ ބުރަކޮށް އުޅޭތީ ވާނެ ގޮތެއް ކަމަށެވެ. ރަވާހިބަކީ ދަރިފުޅުދެކެ ލޯބިވާ މީހެއް ކަމުގައެވެ. ރަވާހިބު އޭނަދެކެ އިންތިހާއަށް ލޯބިވާކަން ޗިންކާއަށް އެނގެއެވެ. ނަމަވެސް އޭނަގެ ޚަބަރެއް ނުވާތީ ޗިންކާގެ ހިތައް މާޔޫސްކަން ވެރިވަނީއެވެ. މިހުރިހާ ކަމެއްވެސް ވަރަށް ގާތުން ރަވާހިބު ދިޔައީ ބަލަމުންނެވެ. ޗިންކާ ރޯރުއިމާ އެކުރާ ހުރިހާ ޝަކުވާތަކެއްވެސް ބަލަހައްޓައިގެން ހުރެ އޭނާގެ ހިތްވެސް ދަނީ ފޮތިފޮތިވަމުންނެވެ.

އެމާޔޫސްކަމާ ހިތްދަތިކަމުގައި ދުވަސްތައް ގުނަމުން ދަނިކޮށް ނުވަމަސް ފުރި ވިހާ ދުވަސް ގާތްވެއްޖެއެވެ. އަށްމަސް ފުރުނު އިރުން ފަށައިގެން ޗިންކާގެ ބަނޑަށް އާދަޔާ ޚިލާފަށް ތޫނުތަދެއްވާން ފަށައެވެ. ޑޮކްޓަރަށް ދެއްކުމުންވެސް އެއްވެސް މައްސަލައެއް ނެތް ކަމުގައި ބުންޏެވެ. ނުވަމަސް ފުރުނު އިރު ކެތްނުވާވަރަށް އެތަދުވަމުން ދިޔައެވެ. މިމަންޒަރު ބަލަން ހުރި ރަވާހިބު ޗިންކާގެ ބައްޕަޔާ ބައްދަލުކުރިއެވެ. ” ބައްޕާ އަޅުގަނޑު މާފަށް އެދެން ބައްޕަގެ ކުރިމައްޗަށް އެނބުރި އަންނަން ޖެހުމުން… އެކަމަކު ޗިންކާއަށް އެއަޅާ ވޭން ކުޑަ ކުރުމަށް ބޭހެއް ދޭންވެގެން އަޅުގަނޑު މިއައީ.. މީގެއިން ޗިންކާއަށް އެއްވެސް ގެއްލުމެއް ނުވާނެ… އަޅުގަނޑަށް އިތުބާރު ކުރައްވާ  މިބޭސް ޗިންކާއަށް ބޯންދީ…” ވަރަށް އާދޭހާއެކު ރަވާހިބު އެދުނެވެ. ” ރަވާހިބުއަކީ އިންސާނަކަށް ނުވިޔަސް ޗިންކާގެ ބައްޕަ އޭނައަށް އިތުބާރުކުރެއެވެ. ރަވާހިބު ދިއްކުރި ކުޑަ ފުޅި އަތުލައިގެން ޗިންކާގެ ބައްޕަ އެތެރެއަށް ވަނެވެ. ރަވާހިބުގެ ހިތައް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. އެތެރެއަށް ވަދެ ޗިންކާގެ ކޮޓަރީގެ ދޮރުގައި ބައްޕަ ޓަކިދިނެވެ. އިރުކޮޅެއް ނުވެ ޗިންކާ ވަންނާށޭ ބުނުމުން ފުޅިހިފައިގެން ގޮސް ޗިންކާއަތަށް ދީފައި އެބޮއިލުމަށް ބުންޏެވެ. އެއީ ކޯޗެއްތޯ އެހުމުން އެއީ ބަނޑަށް ތަދުވާތީ ބޯލަން ރަގަޅު ބޭހެއް ކަމުގައި ބުންޏެވެ. ނަމަވެސް ފުރަތަމަ ޗިންކާ އެކަމާ ދެކޮޅު ހެދިއެވެ. ބަނޑުބޮޑުއިރު ކޮންމެ ކަހަލަ ބޭހެއް ބޭނުން ކުރާނަމަ ދަރިފުޅަށް ގެއްލުންވާނެތީއެވެ. ނަމަވެސް އެއީ ކޮންކަހަލަ ބޭހެއްތޯ ބައްޕަ ވަރަށް ރަގަޅަށް ބެލިކަމުގައި ބުނުމުން ޗިންކާ އެކުޑަ ފުޅީގައި ހުރި ބޭސް ބޯލައިފިއެވެ.

އެފުޅީގައިވާ ބޭސް ބުއިފަހުން ޗިންކާގެ ބަނޑަށް އެއްގޮތަކަށްވެސް އެކަހަލަ އުނދަގޫ ތަދެއް ނުވެއެވެ. ވިހަން އެއްހަފްތާއަށް ވެފައިވަނިކޮށް ޗިންކާއަށް މެއިލްއެއް ލިބުނެވެ. އެއީ ރަވާހިބު ވަޒީފާ އަދާކުރާ ކުންފުނީގެ ނަމުގައި އައިސްފައިވާ މެއިލެކެވެ. ރަވާހިބު ފޮނުވި އެއްޗެއް ކަމަށް ހީކޮށް ހުޅުވާލައިފިއެވެ. ނަމަވެސް އެ މެއިލް ވެގެން ދިޔައީ ޗިންކާގެ ދުނިޔެ އަނދިރިކޮށްލި އެއްޗަކަށެވެ. ދިމާވި ހިތާމަވެރި ހާދިސާއެއްގައި ރަވާހިބު މިދުނިޔެއާ ވަކިވެގެން ހިނގައްޖެ ކަމަށެވެ. ޗިންކާގެ މުޅި ދުނިޔެ އެނބުރެން ފަށައިފިއެވެ. އަޑުގެ ނެތްތަނަށް ރޯންފަށައިފިއެވެ. ވެގެން އުޅޭ ގޮތެއް ނޭނގި ޗިންކާ ރޯއަޑަށް އޭނަގެ މައިންބަފައިން އައިސް އެ ކޮޓަރިއަށް ވަނެވެ. އޭރު ޗިންކާގެ ހުޅުވައިގެން ހުރި މެއިލްއަށް ބަލާލެވުނެވެ. ޗިންކާގެ މަންމަގެ ލޮލުންވެސް ކަރުނަ އޮހެން ފެށިހެވެ. އެހާ މާތް ދަރިއެއް އެމީހުންނަށް ލިބި ވަކިވެގެން ދިޔަކަމުގެ އިހުސާސް މުޅި އެހަށިގަނޑަށް ވެސް ކުރަން ފަށައިފިއެވެ. ހަޤީގަތް އެނގުނު ނަމަވެސް ޗިންކާގެ ހިތުގައި އަޅަމުންދާ ވޭން ފެނި ބައްޕަވެސް ހިތާމަ ކުރަކުރަމުން ދެއެވެ. މިމަންޒަރު ބަލަން ހުރި ރަވާހިބުގެ ހިތް ކުދިކުދި ވަމުން ދިޔައެވެ.

ބަނޑަށް ތަދުވެ ދަރިފުޅު ވިހެއުމަށްޓަކައި ވިއްސާ ވާރޑަށް ޗިންކާ ވެއްދުނެވެ. ޑޮކްޓަރުންނާ ނަރުހުންގެ އިތުރުން އެތާގައި ރަވާހިބު ހުއްޓެވެ. އޭނަވެސް ހުރީ ޑޮކްޓަރެއްގެ ހެދުންއަޅާ މާސްކަކުން އަނގަމަތި ނިވާ ކޮށްގެންނެވެ. ވޭން އަޅަމުން ދިޔަ ޗިންކާގެ ބަނޑު މަތީގައި ރަވާހިބުގެ އަތުން ފިރުމާލިއެވެ. އިރުކޮޅެއް ނުވެ މާ ބޮޑު ތަދަކާ ނުލާ ދަރިފުޅު އުފަންވެއްޖެއެވެ. ނަމަވެސް ދަރިފުޅުގެ އެއްވެސް ހަރަކާތެއް ނެތެވެ. ރަވާހިބުއަށް އެއީ އިންސި ކުއްޖެއް ނޫންކަން އެނގުމުން ވަގުތުން އެމީހުންގެ ލޮލަށް ހުރިހަ ކަމެއް ކަޝްފުކޮށް ދަރިފުޅު ނިންދަވާލީއެވެ. މީގެ އެއްވެސް ކަމެއް ނޭނގި އޮތް ޗިންކާ ވަރުބަލި ވުމުގެ ސަބަބުން ނިދިއްޖެއެވެ. ހޮސްޕިޓަލުގެ ބޭރުން ޗިންކާގެ ބައްޕައާ ބައްދަލުކޮށް ރަވާހިބު ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. އަދި އެދަރި ފުޅު ގޮވައިގެން ދަނީ ކަމުގައި ބުނެ ޗިންކާގެ ބައްޕައަށް ދަރިފުޅު ދެއްކިއެވެ. އިންސި ކުއްޖަކަށް ނުވިޔަސް އޭނައަށް ކާފަ ކިޔަން ލިބުނު ދަރިފުޅު ފެނުމުން އޭނަގެ ހިތުގައި ހަމްދަރުދީއާ ރަހުމް ވަނެވެ. އެކުއްޖާ ފޮނުވާ ނުލަންވެސް ހިތައް އެތައް ފަހަރަކު އަރާފިއެވެ. ނަމަވެސް އޭނައަށް އެކުއްޖާ ބެލޭނެ އެއްވެސް ގޮތެއް އޮތީއެއް ނޫނެވެ. އެތާގައި ފަހުން އެމީހުނަށް ފެންނަމުން ދިޔައީ ރަވާހިބު ދައްކަމުން ދިޔަ މަންޒަރެކެވެ. ޗިންކާ ހޭއެރީ ހުރިހާކަމެއް ނިމުނު ފަހުންނެވެ. ހުރިހާ ކަމެއް އެނގުމުން ޗިންކާގެ ހިތްފަޅާގެން ނުދިޔައީ ކިރިޔާއެވެ. އޭނަ އެންމެ ލޯބިވި ފިރިމީހާވެސް އޭނާއާ ވަކިވީއެވެ. ނުވިތާކަށް އެ ފިރިހާމީހާގެ ނިޝާންވެސް އޭނާގެ އަތުން ބީވެ ދިޔައީއެވެ. ހިތާމައަކަށް ފަހު ހިތާމައެއް ބޯމަތިވަނީއެވެ. މިކަމުގެ ހިތާމައިން ޗިންކާއަކަށް އަރައެއް ނުގަނެވުނެވެ.

އަހަރެއް ވީއިރުވެސް ޗިންކާއަކަށް ބަދަލެއް ނައެވެ. އެންމެ ފަހުން ކެތްނުކުރެވި ހިތްފަޅައިގެން ގޮސް ޗިންކާ މިދުނިޔެއާ އަލްވަދާއު ކިޔެވެ. ޗިންކާގެ މައިބަފައިން އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ. ޗިންކާގެ ބައްޕައަށް އޭނާގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާ އެކަމަށް ކުރާނީ ވަކި ކީއްހެއްޔެވެ. އޭނާއަށް އެނޫންގޮތެއް އޮތްނަމަ އެގޮތަކަށްވެސް ކަންކުރީހެއްޔެވެ. ރަވާހިބުއާ ޗިންކާގެ ލޯބީގެ ނިޝާން ބަލަމުން ދިޔައީ އޭނާއަށް ދެވުނު އެންމެ ފުރިހަމަ ލޯތްބާ އަޅާލުން ދީގެންނެވެ. ކޮންމެ އަހަރަކުވެސް ދެފަހަރު ޗިންކާ ގޮވައިގެން ރަވާހިބު އެދަރިފުޅުގެ މަންމަ ފަރާތު ކާފަމެން ގާތަށް ދެއެވެ. އެދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ޗިންކާގެ ބައްޕަ އަމިއްލަ ނަފްސު ކުއްވެރި ކުރެއެވެ. ނަމަވެސް އެދަރިފުޅު ބޮޑަށް ވައްތަރީ ޗިންކާއާއެވެ. ހަމައެކަނި ހުރީ ކުޑަތަފާތެކެވެ. ބުރިކަށީގައިވާ މުތީއެއްފަދަ ވަރަގަނޑެވެ. އުމުރުން ދެއަހަރު ނަމަވެސް އެހާ އަނގަގަދަ ކުއްޖަކު ދުވަހަކުވެސް ޗިންކާގެ ބައްޕަ ނުދެކެއެވެ. އެލޯބި އަޑު ޖެހުމުންވެސް ހިތްހަމަ ޖެހުންލިބޭނެކަން ގައިމެވެ.

” އެދަރިފުޅަށް ދިހަ އަހަރު ފުރުނު ހިސާބުން ރަވާހިބު އޭނާ ގޮވައިގެން އައީ އަހަރެން ކައިރިއަށް.. އަދި އުނދަގޫ ކަމަކަށް ނުވަންޏާ ރާނީއެއް ހެން އެދަރިފުޅު ބަލައިދިނުމަށް އެދުނު..އަހަރެންގެވެސް އެހާ ގާތް އެހާ ހެޔޮ ރަހުމަތްތެރިއަކު އެފަދަ ކަމަކަށް އެދި.. ޚާއްސަކޮށް އޭނަގެ ދެލޮލުގެ ނޫރު ގޮވައިގެން އައިސް ކަމަކަށް އެދުމުން އެކަމާ ބޮލާލާ ޖަހާކަށް ނުކެރުނު.. ވަރަ ނޫނީ ހުރިހާ ކަމެއްވެސް އެދަރިފުޅު ދިޔައީ އިންސާނުންގެ ސިފަ.. އެދަރިފުޅުގެ އުފަލައްޓަކާ މިހުރިހާކަމެއް މިކުރީ… މިބަދަލްތަކަށް އަހަރެމެންގެ ތެރޭ ގިނަ މީހުނަށްވެސް ކަމުދިޔަ..” ހިލާލު އެދިގު ވާހަކަ ކިޔައި ދިނެވެ. އައިސްގެން މިއުޅޭ ބަދަލު އެނގުމުން ވަރުދާން އަށް ލިބިފައިވި ހައިރާކަން ކުޑަވިއެވެ. ” އެ ކުއްޖާގެ ކާފަ ގަވާއިދުން އެކުއްޖާއަށް ހަދިޔާ ފޮނުވާނެ.. ލާނެ އަންނައުނާ ކާނެ ބޯނެ އެއްޗެހިވެސް ފޮނުވާނެ… ނަމަވެސް އެމީހުންނަކީ އަހަރެމެންހާ އުމުރު ދިގުބަޔަކަށް ނުވާތީ އެކުއްޖާގެ ކާފަޔާ މާމަވެސް މިހާރު ނިޔާ ވެއްޖެ..” ހިލާލު އިތުރަށްވެސް ކިޔައި ދިނެވެ. އެވާހަކަތައް ކިޔައި ދީ ނިމުމުން ވަރުދާންގެ އާއިލާގެ ކަންތައްތަކާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. ވަރުދާން އެމީހުންގެ ދިރި އުޅުމުގެ ކަންތައްތަކުގެ ވާހަކައާ އަދި މިހާ ހިސާބަށް އައިރު ދިމާވި ކަންތައްތަކުގެ ވާހަކަވެސް ކިޔައި ދިނެވެ. ދެމީހުންވާހަކައިގައި ތިއްބާ ހާތިބުއާ ރާވިންއައިސް ވަނެވެ. ދެކުދިން ނިދަން ދިޔުމަށް ބުންޏެވެ. ފަތިހު ތެދުވެގެން ދެމީހުން ރަށުތެރެ ބަލައިލަން ދާނެ ވާހަކަ ރާވިން އޭނަގެ ކާފަ ކައިރީ ބުންޏެވެ. އެކަމުގައި އެއްވެސް ކަމެއް މަނާ ނުކުރާނެ ކަމުގައި ހިލާލު ބުންޏެވެ. ނަމަވެސް ހެނދުނުގެ ސައިބޮއެގެން ނިކުތުމަށް އެދުނެވެ. އެކަމަށް އާއެކޭ ބުނެ ދެމީހުންވެސް ކޮޓަރިއާދިމާލަށް ދިޔައެވެ. ވަރުދާންވެސް އެމީހުންގެ ނިދާގަޑިއަށް ނުވިޔަސް އެތަނެއްގެ އާދައާއެއްގޮތަށް ކަންކުރުމަށްޓަކައި ނިދަން އޮށޯތެވެ. ފަތިހު ފަތިސް ނަމާދުކޮށްލައިގެން ބޭރަށް ނިކުތްއިރު އެއާއިލާގެ ގިނަ މެންބަރުން ހޭލައިގެން އުޅެއެވެ. ހެނދުނުގެ ސައި ތައްޔާރު ކުރުމަށްޓަކައި ގޭގެ ނޯކިރީންތައް އަތްމަތި އަވަސްކޮށްލައިގެން އުޅުނެވެ. އެންމެން ހަމަވުމުން ކޮފީ ގެނައުމަށް ހިލާލް އެންގިއެވެ. ހާތިބުއާ ރާވިން ދެމީހުން ނިކުތީ ބޭރު މޭޒަށެވެ. ދެމީހުން ކޮފީބޮމުން ވާހަކައިގައި ތިއްބެވެ. އަދި ރަށުގެ އެކިތަންތަނުގެ ރީތި ކަމުގެ ވާހަކަތައް ރާވިން ދިޔައީ ހާތިބުއާ ހިއްސާ ކުރަމުންނެވެ. ކޮފީބޮއެ ނިމިގެންވެސް ކާފަގެ އެދުމަށް ހެދުނުގެ ނާސްތާ ގަޑި ޖެހެންދެން ރާވިން މަޑުކުރިއެވެ. ނާސްތާ ނިމުމުން ރާވިން ނިކުތީ ހާތިބު ގޮވައިގެން ބޭރަށް ދާށެވެ. ” ހިނގާ ގުރޫޕު ބޮޑުކޮށްލައިގެން ދާން.. އަހަރެންގެ ރައްޓެހިން ވަރަށް ގިނަވާނެ.. އެމީހުން އަންނާނެ މިހާރު މިދިމާލަށް..” ވަރަށް ގިނަ ނިކަގަސްތަކެއް ތިބި ހިސާބަކަށް މަޑުކޮށްލަމުން ރާވިން ބުންޏެވެ. އެތާގައި އުނދޯލިތަކެއްވެސް އެލުވާފައި ހުއްޓެވެ. އޭގެން ޖޯއްޔެއްގައި ރާވިން އޮށޯތުމުން އެހެން ޖޯއްޔެއްގައި ހާތިބުވެސް ޖައްސާލިއެވެ. އެމީހުންއެތާ ތިއްބާ ފަހަރަކު މީހަކުހެން އައިސް އެންމެން ހަމަވެއްޖެއެވެ. ރާވިންއާ ހާތިބު ލާގެން ގުރޫޕުގައި ހަކުދިންވިއެވެ. ” މީއަދި އެންމެނެއް ނޫން ކޮބާ ދެންތިބި މީހުން” ރާވިން އަހާލިއެވެ. ” އެމީހުންނަށް މިއަދު އާދެވޭގޮތެއް ނުވި..” އަލާއު ބުންޏެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ނޭނގި ވެވުނީ ލޯތްބޭ – 7

ތިޔަލޯބިން ހިތް ފުރިއްޖޭ..
Next

ތިޔަ ލޯބިން ހިތް ފުރިއްޖޭ…. (5)

Next
ތިޔަލޯބިން ހިތް ފުރިއްޖޭ..
July 24, 2020

ތިޔަ ލޯބިން ހިތް ފުރިއްޖޭ…. (5)

Previews
July 24, 2020

ނޭނގި ވެވުނީ ލޯތްބޭ – 7

3 Comments!

  1. kudhoo says:
    July 24, 2020 at 3:33 pm

    ??Sharu vaahakaige 24 vana bai miothee up vefai. ???Kiyaafa comment eh kollaathi. ???Hurihaa kiyun therinnah mibaives kamudhaane kamah ummeedhu kuran????

  2. thiththaaa??? says:
    July 25, 2020 at 10:57 am

    Masha Allah kudhu ….vvvvvv reethi mibaived????

    1. kudhoo says:
      July 25, 2020 at 11:01 am

      ??Thank you thiththa

Comments are closed.

Next Episodeޝަހަރު 25ވަނަބައި←


All Right Reserved!