Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިތް ކަލާޔަށް އެދޭތީ..21

Cherrychoppers Level 3100 Login10 Stories100 Comments
July 23, 2020 3 Mins Read
7 Comments

ގޭގެ ދޮރުމަތީގައި ކިޔާރާ
ހުއްޓިލައިގެން ހުރިއިރު އޭނައާއި
ދާދި ގާތުގައި ޒުވާނެއް ސައިކަލު
މަތީގައި އިނެވެ. ޒާއިޝް ތަންފުކެއް
ކުރިއަށް ޖެހިލަމުން ބަލައިލިއެވެ.
މިއަދު މިސްކިތުން ފެނުނު ޒުވާނާއާ
މި ޒުވާނާ ވައްތަރުވުމުން އެތައް
ހާސް ސުވާލު ތަކުން ޒާއިޝްގެ
ސިނކުނޑި ހަލަބޮލި ކުރުވިއެވެ.
އެގޮތަށްހުރެ އިރުކޮޅެއްފަހުން ކިޔާރާ
ގެއަށް ވަންނަތަން ފެނުމުން ޒާއިޝްވެސް
އަވަހަށް ގޭ ތެރެއަށް ވަދެގެންދިޔަ އެވެ.
މުޅި ގޭ އަނދިރިކޮއްލެވިފައި ވީއިރު
އަލިކަމަކަށް ހަމައެކަނި ފެންނަންހުރީ
ސިޓިންގްރޫމްގައި ދިއްލާފައި ހުރި
މަޑު އަލިކަމެވެ. އެހެންކަމުން އަދި
މަންމަވެސް ކޮޓަރިން ނުނިކުންނަކަން
ޒާއިޝްއަށް ޔަގީންވިއެވެ. މަޑުހިނގުމެއްގައި
ގޮސް ސޯފާގައި ޖައްސާލިތަނާ ކިޔާރާ
ގޭގެ ދޮރު ހުޅުވާފައި ވަނެވެ. ދޮރު
ތަޅުލުމައްފަހު އެނބުރުނު ގަޑީގައި
ކުރިމަތީގައި އިން ޒާއިޝްފެނި
އޭނަ ދިޔައީ ސިއްސައިގެންނެވެ.
ދެއަތް ދެއަތާ މޮޑެމުން ކުރިއަށް
ދާން ހިނގައިގަތް ގަޑީގައި އޭނަ
ހުއްޓެން މަޖުބޫރުވީ ޒާއިޝް
ގޮވާލުމުންނެވެ. ހިންދިރުވާލަމުން
ކިޔާރާ ފަހަތަށް އެނބުރުނުއިރު ނިއްކުރިމަތިން
ދައު ހިލިފައި ހުއްޓެވެ. “ކާކު އެއީ؟”
ކިޔާރާއާއި ދާދި ގާތުގައި ހުއްޓެމުން
ޒާއިޝް ބުނެލިއިރު އެ އަޑުގައިވީ
ހަރުކަށިކަމެވެ. ނިއްކުރިމަތީގައި ހުރި
ދާ ތިކިތައް ފުހެލަމުން ކިޔާރާ ހިކިފައިވާ
އެތުންފަތުގައި ދޫ ކާއްތާލިއެވެ. ހަދާނެ
ދޮގަކާމެދު ވިސްނަމުން އޭނަ ޒާއިޝްއަށް
ބަލައިލިއެވެ. “ފްރެންޑެކޭ ނުބުނާތި”
އެއްޗެކޭ ބުނަން ކިޔާރާ އަނގަ ހުޅުވާލިތަނާ
ޒާއިޝް އެހެން ބުނުމުން ބިރުންހުރެ
އެމޫނައް ނަޒަރު ހުއްޓާލިއެވެ. ކިޔާރާ
ބިރުން ހުރިތަން ފެނުމުން ޒާއިޝްގެ
ހިތަށް ތަދުވިއެވެ. ނިތުގައި މަޑުމަޑުން
އަތްހާކައިލަމުން އޭނަ ކިޔާރާގެނެސް
އެމޭގައި ޖައްސާލިއެވެ. ” ކިޔާ.. ދޮންބެ
ބުނީމެެއްނު ކިޔާ ރައްޓެހި ވާ ކުއްޖަކު
ދޮންބެއާއި މީޓްކުރަން ޖެހޭނެ އޭ..
އެމީހަކީ ކާކުކަން ރަނގަޅަށް ނޭނގި
ދޮންބެ ހަމަހިލާ އެމީހަކަށް ކިޔާއެއް
ހަވާލެއްނުކުރާނެ..ދޮންބެގެ ލައިފްއަށްވީ
ގޮތް ކިޔާއަށް ފެނުނެއްނު..ދޮންބެ
ބޭނުމެއްނޫން ކިޔާގެ ލައިފްއަށް
އެހެން ވާކަށް..” މަޑުމަޑުން ޒާއިޝް
ބުނެލިއެވެ. އޭރު ކޮންމެވެސްވަަރަކަށް
ކަރުނައިގެ އަސަރު އެ ލޮލުން ފެންނަން
ހުއްޓެވެ. ” އެމީހަކަށް ގުޅޭނެ ނަންބަރެއް
ދީ” ކިޔާރާއާއި ދުރައް ޖެހިލަމުން
ޒާއިޝް ބުންޔެވެ. ބޯ ޖަހާލަމުން
ކިޔާރާ ޔޫހާންގެ ނަންބަރު ދިނުމައްފަހު
އަވަހަށް ކޮޓަރިއަށް ހިނގައިގަތެވެ.
ބަރުހެލިކޮއްހިނގަމުން އައިސް
ޒާއިޝް ސޯފާއަށް ވެއްޓިގަތެވެ. އެއާއެކު
އެއްވެސް އަލިކަމެއްނުވާ އެ ކިލަނބު
މާޒީ އޭނަގެ ލޯ ކުރިމަތިން ފެންނަން
ފެށިއެވެ.
************************
އަވަސް އަވަހަށް ޒާއިޝްއާއި ދުރަށް
ާޖެހިލަމުން ޒުމްރާ ފޯނު އަތަށް ނަގައިފިއެވެ.
” ހަލޯ..ޒުމް.. ސޮރީ ދޮންބެ ހަނދާން ނެތުނީ
..ޒާޝް ހުންނާނެ އޭނަ ކައިރި ބުނެބަލަ
ތިގެއަކަށް ލައިދޭށޭ” ފޯނު ނެގުމާއެކު ކަޔާން
ބުނެލިއެވެ. ޒުމްރާ ލަދުން ހުރެވެސް
ޒާއިޝްގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ.
އިރުކޮޅެއްފަހުން ޒާއިޝް ކޮޓަރިން
ނިކުތްއިރު ހުރީ ރަސްމީ ހެދުމުގައެވެ.
ޒުމްރާ އެއްޗެކޭ ބުނަން އަނގަ
ހުޅުވައިލިއިރަށް ކަޔާން ގުޅާފައި އެ ވާހަކަ
ބުނިކަން ޒާއިޝް ބުންޔެވެ. ބޯ ޖަހާލަމުން
ޒާއިޝްގެ ފަހަތުން ޒުމްރާ ނިކުތެވެ. 15
ވަރަކަށް މިނެޓުގެ ދަތުރަކަށްފަހު ޒާއިޝް
ސައިކަލު ޕާކު ކޮއްލިއެވެ. ގޯޅިގަނޑަކީ
ހަނި ގޯޅިއެއްކަމުން ފުދޭވަރަކަށް މީހުންވެސް
މަގުމަތީގައި އުޅޭލެ މަދެވެ. ސައިކަލުން
ފައިބައިގެން ޒުމްރާ ހިނގައިގަންނަން
އުޅެނިކޮށް ޒާއިޝް އެ އަތުގައި ހިފަހައްޓައިފިއެވެ.
ހައިރާންވެހުރެ ޒުމްރާ ބަލައިލިއެވެ. އެހެން
ނަމަވެސް ޒާއިޝް އެ އަތުން ދުލެއް ނުކުރިއެވެ.
ޒުމްރާ ގަދަކަމުން އަތް ނައްޓުވަން އުޅުމުންވެސް
ޒާއިޝް އަޅައެއްނުލިއެވެ. ” ދޫކުރޭ” އެންމެ
ފަހުން ޒުމްރާ އަމުރުކޮއްލިއެވެ. ” ނުކުރާނަން
..ދުވަހަކުވެސް ނުކުރާނަން..ޑޫ ޔޫ ނޯ ވައި؟..
ބިކޯޒް އަ ލަވް ޔޫ..” ކުރިމައްޗަށް ބަލަހައްޓައިގެން
އިނދެ ޒާއިޝް އެހެން ބުނެލުމުން ޒުމްރާގެ
މޫނު އެއްކޮއް ހުދު ވިއެވެ. ޒުމްރާގެ މޫނަށް
އަރައި ފާބަމުން ދިޔަ ކުލަވަރު ފެނި ޒާއިޝް
ގާތަށް އައީ ލާނެތް ހިންޏެކެވެ. އޭނަގެ
އަތުތެރޭގައި އޮތް ޒުމްރާގެ އަތުގައި
ހިފާ އުފުލާލަމުން އެ އަތުގައި
ތުންފަތް ޖައްސާލިއެވެ. އަދި އެއްލޯ
މަރާލަމުން ސައިކަލު ދުއްވާލިއިރު
އެ މޫނުގައިވަނީ ކާމިޔާބު ހިނިތުންވުމެކެވެ.
***************************
” ޒާޝް” ކައިރީގައި ހުރި ރަފީގާ ގޮވައިލުމުން
ސިހިފައި ޒާއިޝް ބަލައިލައިފިއެވެ. ރަފީގާގެ
އުރުގައި އިން ޒުކާ ފެނި އޭނަ ހިނިތުން
ވެލައިފިއެވެ. ރަފީގާގެ އަތުން ޒުކާ ނަގަމުން
އޭނަގެ ފައި މަތީގައި ބައިންދާލުމަށްފަހު
އެ ތުއްތު ކުއްޖާއަށް ސަމާސާ ކުރަން ފަށައިފިއެވެ.
މިހާރު އޭނަ ދިރިއުޅުމުގެ ހުރިހާވެސް މަގްސަދަކީ
އެދަރިފުޅެވެ. ޒާއިޝްއާއި ދާދި ގާތުގައި
އިށީންނަމުން ރަފީގާވެސް ހިނިތުންވެލިއެވެ.

ރޭގަނޑުގެ އިރާކޮޅުގެ ވަގުތެވެ.
ލޯގަނޑު ކައިރީގައި ހުރެގެން ޒާއިޝް
އިސްތަށިގަނޑުގައި އަތުން ފުނާ
އަޅާލިއެވެ. ފަހަތައް އެނބުރުނުއިރު
ކަޔާން އޭނަގެ ހަރަކާތްތަކަށް ބަލަން އިންތަން
ފެނި ހިނިގަނޑެއް ޖަހައިލިއެވެ.
” މިހާރު ބުނެބަ.. ކީއްތަ ވީ..ކޮން ވާހަކައެއް
ދައްކަން” ކެއްތެރިކަން ކުޑަވެހުރެ
ކަޔާން ބުނެލިއެވެ. ” އިހައް ހިނގާބަލަ
ކެފޭއަށް ދާން..ގޮސް ކިޔައިދޭނަމޭ”
ޒާއިޝް ބޯ ހޫރާލިއެވެ.
ކަޔާންގެ ފަހަތުން ކެފޭއަށް ވަތް
ޒާއިޝް ހުއްޓުންއެރީ ކުރިމަތީގައި
ހުރި މޭޒު ދޮށުގައި އިން އިވްރާ
ފެނިފައެވެ. އެއާ ޚިލާފައް ކަޔާން
ހިނިތުންވެލަމުން އެދިމާލަށް ހިނގައިގަތެވެ.
ޒާއިޝްވެސް ޖީބަށް އަތް ޖަހައިލައިގެން
ހިނގައިގަތެވެ. މޫނި މަތިން އެއްވެސް
އަސަރެއް ދައްކާނުލާ ހިނގަމުންދިޔަ
ނަމަވެސް އެ ހިތް އުފަލުން ތެޅި ފޮޅެމުން
ދިޔައެވެ. އިވްރާއާ ކުރިމައްޗަށް ވާގޮތަށް
ފުރަގަސްދީގެން އަންހެން ކުއްޖަކު އިނެވެ.
އެމީހުން އެ މޭޒާ އަރާ ހަމަވި ވަގުތަކީ
އިވްރާގެ ކައިރީގައި ހުރި ގޮނޑީގައި
ޒުވާނަކު އިށީންދެލި ވަގުތެވެ. ޒާއިޝްގެ
ދެ ބުމަ ގޮއް ޖެހިގެންދިޔައިރު ކަޔާންގެ
މޫނައް ހިނިތުންވުމެއްވެރިވިއެވެ. ” ކަޔާން”
އެ ޒުވާނާއަށް ކަޔާން ފެނުމާއެކު ކަޔާންއާއި
ކޮނޑާ ކޮނޑު ޖައްސާ ސަލާންކޮއްލިއެވެ.
” ނިޔާން.. ހާދަ ދުވަސް ކޮއްލާފަ..މާލެ
އައިއިރު އަންގާވެސް ނުލާ ދޯ..މިތާ ކީއްތި
ކުރަނީ އިވީއާއި އެއްކޮށް” ކަޔާން ހުރިހާ
ފަތިވަރެއް އެއްފަހަރާ ދަމައިލިއެވެ. ނިޔާން
ހީލަމުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ.
“ހުރިހާ ސުވާލަކަށް ޖަވާބު ދޭނަން..
މާލެ އައިސް އިންފޯރމް ނުކޮއްލެވުނީ
ނަންބަރ ނޭނގުނީމަ..ދެން އިވީއާއި
އެއްކޮއް މިތަނައް އައުން ދޯ..ގާލް
ފްރެންޑާއެއްކޮއް ޑިނާރ އަކަށް
އައުމަކީ މައްސަލައެއްތަ؟” ނިޔާން
ދެބުމަ އަރުވައިލިއިރު މޫނުގައިވަނީ
ހިނިތުންވުމެކެވެ. އެހެންނަމަވެސް ޒާއިޝްއަށް
އެއަޑު އިވުނީ ހޮނު ގުގުރިއެއްފަދައިންނެވެ.
ގަބޫލު ނުކުރެވޭ ހާލު އިވްރާއަށް
ބަލައިލިއިރު ކޯކަށިގަނޑަށް ވާން ވެގެން
ދިޔައެވެ. ޖީބު ތެރޭގައި އޮތް އަތް
މުއްކެވިގެން ދިޔައެވެ. އެހެންނަމަވެސް
އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަމުން
އޭނަ ދަނީ ކަމައްބުނެ ދުރަަށް ހިނގައިގަތެވެ.
ކަޔާން މަޑުކުރަން ބުނުމުންވެސް އޭނަ
މަޑު ކުރާކަށް ނެހެދިއެވެ. އެެއްވުރެ
ސިކުނޑީގައި އުފެދެމުންދިޔަ ހައިޖާނު
ބޮޑެވެ.

ާއިވްރާ އިސްއުފުލައިލިއިރު ޒާއިޝް ޖެހިތާ
ލަކުނުވެސް ނެތެވެ. އެހެންނަމަވެސް އޭނަ
ޕްލާސްޓިކު ހިނިތުންވުމެއް ދެމުން ނަވާ
ނިޔާންއަދި ކަޔާންގެ ވަހަކައިގައި ބައިވެރިވާން
މަސައްކަތް ކުރިއެވެ. ނަމަވެސް މާކަ ގިނައިރަކު
ނީނދެވުނެވެ. ފާހާނާއައްށޭ ކިޔައިގެން އަވަހަށް
ާތެދުވި ގޮތުން އެތަނުން އޭނަ ދާން ބޭނުން
ވެފައި ހުރި ވަރު ދައްކައިދިނެެވެ. ލޯގަނޑުން
އަމިއްލަ ސޫރަ ބަލާލަމުން އިވްރާ
ފެން ގޮއްޓެއް މޫނަށް ޖަހައިލިއެވެ.
ޓިޝޫއިން ރަނގަޅަށް މޫނު ހިއްކާލަމުން
ފަހަތަށް އެނބުރުނު އިވްރާ ހުއްޓުންއެރީ
އައިނައިތަނެއް ނޭނގި ޒާއިޝް އޭނަ
ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުރުމުންނެވެ.
ދެލޯ ހަނި ކޮއްފައި އެ މޫނަށް ބަލަމުން
ދިޔައެވެ. އަރިއަކަށް ގުޑިލަންވެސް ނޭނގި
ހުރި އިވްރާގެ ހިތް ތެޅި ފޮޅެމުންދިޔައެވެ.
ޒާއިޝް އަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް
އަޅަމުން އިވްރާ މަތަވީ ފާރުގައި ޖެހިފައެވެ.
ޒާއިޝްގެ ހޫނު ނޭވާތައް އެ މޫނަށް އެޅެން
ފެށުމުން އިވްރާ ދެލޯ މަރާ ތަގުޅިކޮއްލިއެވެ.
އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި
ެޭއޭނަގެ ދެ ލޯ ބޮޑުވީ ނުވިސްނައި ހުއްޓާ
ޒާއިޝް ކޮއްލި ކަމަކުންނެވެ.
ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ލޯތްބައްޓަކައި(21ވަނަ ބައި)

Next

ނޭނގި ވެވުނީ ލޯތްބޭ – 7

Next
July 24, 2020

ނޭނގި ވެވުނީ ލޯތްބޭ – 7

Previews
July 23, 2020

ލޯތްބައްޓަކައި(21ވަނަ ބައި)

7 Comments!

  1. Nerr__ says:
    July 24, 2020 at 1:11 pm

    varah reethi mi part vx ❤️.. keep it up

    1. Cherrychoppers says:
      July 26, 2020 at 10:37 pm

      Jazaakillah khairan ❤❤

  2. Shuba... says:
    July 26, 2020 at 10:07 am

    Vrh ufaa vejje mi part dhigu kolleema. Thanks sis
    And story as usual vrh reethi. Keep it up. Luv ya
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Cherrychoppers says:
      July 26, 2020 at 10:38 pm

      Hehe.. jazaakillah khairan ?? luv u 2❤❤

  3. Isherr ? says:
    July 26, 2020 at 1:45 pm

    Wowwww wowwww wowwww…..❤️❤️❤️. This story is such a luvv?. Curiously waiting for the next part… Can u plxx tell which day will the part b uppp…. ???❤️❤️

  4. Anonymous says:
    August 3, 2020 at 12:03 am

    when is next part??

    1. Lam♥️ says:
      August 30, 2020 at 5:26 pm

      Yes when is next part

Comments are closed.

Next Episodeހިތް ކަލާޔަށް އެދޭތީ..22←


All Right Reserved!