Skip to content
އެސްފިޔަ

އަންޖަލް (14)

ޖައިޝް އަންޖަލް ދުރުކޮށްލީ އޭނާގެ ފޯނު ކުއްލިއަކަށް ރިންގްވާންފެށުމުންނެވެ. ގުޅަމުން ދިޔައީ އިސްހާޤެވެ. އޭރު ޖޫދު އާއި ފައިހާ ޕިއްޒާތައް ޓޭކްއަވޭ ހަދައިން އައިސް ޖައިޝްމެންނާ އަރާ ހަމަވަނީއެވެ.

” ކޮބާތަ ޖޫދު އާއި އަންޖަލް… ދެމީހުން ކުރެ މީހެއް ފޯނެއް ނުނަގާ…” އިސްހާގު ގެ ރާގުގައި ހިތްހަމަ ނުޖެހުމެއް ހުއްޓެވެ.

” އެބަތިބި.. ކިހިއްނެއްވީ ބައްޕާ..” ޖައިޝް ކުޑަކޮށް ހާސްވިއެވެ.

” އާދެބަލަ ޓްރީ ޓޮޕް ހޮސްޕިޓަލަށް މަންމަ.. އަސްމާ ކުއްލިއަކަށް ހޭނެތިގެން މިއުޅެނީ..” އިސްހާޤް މިހެން ބުނުމުން ޖައިޝް ބަލާލީ އަންޖަލްގެ މޫނަށެވެ. ވަގުތުން ގޭގައި ގެންގުޅޭ އިއްބެއަށް ގުޅައިގެން އެތަނަށް ގެނައެވެ. ވެގެން އުޅޭ ގޮތެއް ޖޫދުއާއި އަންޖަލް އަހާ އަހާވެސް ޖައިޝްއެއް ނުބުންޏެވެ. ކާރު 5 މިނިޓުތެރޭ އައެވެ.

” ދޮންބެ އަރާ ފަހަތަށް..” ޖައިޝް ކުރީ ސީޓަށް އަރަން ބިރުގަންނަކަން ޖޫދުއަށް އެގެއެވެ. އެހެންކަމުން ފަހަތް ސީޓު ޖައިޝް އާއި އަންޖަލް އިންނަން ދީފައި ޖޫދު އެރީ ކުރީ ސީޓަށެވެ. 10 ވަރަކަށް މިނިޓްތެރޭ ކާރު ގޮސް ޓްރީޓޮޕް އެމެޖެންސީ ފަޅިއަށް މަޑު ކޮށްލިއެވެ. ވާނުވާގައި ހުރެ އަންޖަލް ޖައިޝްގެ ފަހަތުން ކާރުން ފޭބިއެވެ.

***

“ޖުނާން… ބުނޭ މަންމަ ބުނާގޮތް ހަދާނަމޭ.. ބުނޭ…” ޖުނާން ގާތު ރޮމުން އަސްމާ ބުނަމުން ދިޔައެވެ. ޑަކްޓަރު ދެއްކި ހުރިހާ ވާހަކައެއް ޖުނާންއަށް އަޑުއިވިފައި ވެއެވެ. އަސްމާ މާބޮޑަށް ހިތުގަ ޖައްސައިފިނަމަ އިތުރު ހާރޓްއެޓޭކެއް ޖެހިދާނެކަމަށެވެ. އެފަދަ ހާލަތެއްގައި ދެން ފުރާނައަށްވެސް ނުރައްކާވެދާނެކަމަށް ޑަކްޓަރު ބުންޏެވެ. ޖުނާން އިތުރަށް އޭނާގެ މަންމަ ރޮއްވާ ހިތްދަތި ކުރުވާކަށް ބޭނުމެއް ނޫނެވެ. އަންޖަލް ދެކެ ކިތަންމެ ލޯބިވިއެއް ކަމަކު މަންމަގެ ހައްޤުގައިވެސް އަންޖަލް ދޫކޮށްލަން އޭނާއަށް މިއަދު ވަނީ މަޖުބޫރުވެފައެވެ.

” އާނ.. މަންމާ.. އަހަރެން މަންމަ ބުނާ ގޮތް ހަދާނަން.. އަހަރެން އަންޖަލް އަކާ ނީންނާނަން… އަހަންނަށް މާފްކުރޭ މަންމާ..” ޖުނާން އަސްމާގެ އަތަށް ބޮސްދެމުން ބުނެލިއެވެ. އެވަގުތު އަންޖަލް، ޖޫދު އަދި ޖައިޝް އިސްހާޤު އާއެކު އައިސް އަސްމާ ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ. ޖުނާން ބުނިއެއްޗެއް އެންމެ ފަހުން ވަތް އަންޖަލްއަކަށް އަޑެއް ނީވެއެވެ. ނަމަވެސް ޖައިޝްއަށް އެއަޑު އިވުނެވެ. އަންޖަލް ވާނެ ދެރަ ޖައިޝްއަށް އިހުސާސް ކުރެވެން ފެށުނެވެ.

” އަސްމައްތާ..” އަންޖަލްގެ ލޮލުގައި އެދުގައި އެޑްމިޓްކޮށްފައި އޮތް އަސްމާ އަޅާއިގަތެވެ. އަސްމާ ދެލޯ މަރާލައިގެން އޮތީ ހަމަ ކަންދައްކަންށެވެ. އަންޖަލްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ޝަންމަ ބީވެގެން ދިޔަ ދުވަހުގެ ހަދާންތައް އަންޖަލްއަށް ކުރެވެން ފެށުނެވެ. މަޑުމަޑުން އޭނާއަށް ގިސްލެވެން ފެށުނެވެ. އަންޖަލް ދެކެނީ އަސްމާއަކީ އޭނާގެވެސް މަންމައެއްގެ ގޮތުގައެވެ. އެފަދަ ބަލި ހާލެއްގައި އޮތުމުން އަންޖަލްގެ ހިތަށް ކެއްނުވިއެވެ. ރޮމުން ރޮމުން އައިސް އަސްމާ ކައިރީގައި މަޑުކޮށްލިއެވެ.

” އަސްމައްތާ ލޯ ހުޅުވަބަލަ.. ކިހިނެއްވެފަތަ މިއޮތީ..” ޖުނާންއަށް ބަލާލަމުން އަންޖަލް ވާހަކަ ދައްކަމުން ދިޔައެވެ.

” އަންޖޫ އާ ހެދި ނުވެސް ނިދޭނެދެން.. އަހަރެން އަދި މަރެއް ނުވެޔޭ..” އަސްމާ ދެލޯހުޅުވާލަމުން ކުރަކި އަޑަކުން ބުނެލިއެވެ. އަންޖަލް އަޑުގެ ނެތްތަނަށް ރޮއެގަނެފައި އަސްމާ ގައިގާ ބާރަކަށް ބައްދާލިއެވެ. މުޅި މީހާ ހުރީ ބިރުން ފިނިވެފައެވެ.

” ޖުނާން އާދެބަލަ ބޭރަށް..” ޖައިޝް އޭނާއަށް އަޑު އިވުނީ ހަޤީޤަތެއްތޯ ބަލަން ބޭނުން ވިއެވެ. ޖުނާން އިންތަނުން ތެދުވެގެން ޖައިޝްގެ ފަހަތުން ހިގައިގަތެވެ. އެމެޖެންސީ ދޮރުން ނިކުމެގެން ހޮސްޕިޓަލްގެ ބޭރުގައި އިންނަ ޕާރކެއް ކަހަލަ ކުޑަތަން ކައިރީ ޖައިޝް މަޑުކޮށްލިއެވެ.

” ދެންމެ ތިބުނީ ހަމަ ހަޤީގަތެއްތަ؟” ޖައިޝް ހިތްހަމަ ނުޖެހިފައި އަހާލިއެވެ. ޖުނާން އެގޮތަށް އަންޖަލް ދުރުކޮށްފި ނަމަ އެފަކީރު ހިތާމަކޮށްކޮށް ހަލާކުވެދާނެއެވެ. ޖައިޝްއަށް އަންޖަލް ޖުނާންދެކެ ވާ ލޯބި ވަރަށް ރަގަޅަށް އެގެއެވެ.

” ދޮންބެ އިތުރަށް ކޯއްޗެއް ދެން އިގެން ބޭނުމީ… އަހަންނަކަށް ނެތް މަންމައާ ދެކޮޅަށް އަންޖަލް އަހަރެންގެ މީހަކަށް ހެދޭކަށް.. އަހަންނަށް އެގޭ އަންޖަލް ދެރަވާނެ ވަރު… މަންމަ އެންމެ ފުރަތަމަވެސް ނުގަބޫލުވިއިރު އަހަރެން މިކަން ހުއްޓާލިނަމަ މިހާ…” ޖުނާން އަށް ބުނެވުނީ މިވަރަށެވެ.

” ކީކޭ… ކުރިންވެސް މަންމަ ނުގަބޫލޭ… ދެން ކަލޭއަށް އިގިހުރެ މިހާ ހިސާބަށް ހުރިހާ ކަމެއް ތިގެންދިޔައީ.. އަންޖަލްއަށް ފޮނި ހުވަފެންދައްކާ..” ޖުނާންގެ ގިރުވާނުގައި ހިފާ މަތިކޮށްލަމުން ޖައިޝް ބުނެލިއެވެ. މީހަކު ރުޅި ނައިއާ ދެރައެވެ. ތިމާގެ އަމިއްލަ އެދުމައިގެން އެހެންމީހުންގެ އިހުސާސްތަކާ ކުޅޭ މީހުންދެކެ ޖައިޝް އަބަދުވެސް ނަފްރަތު ކުރެއެވެ.

” ޖައިޝް.. ޖުނާން.. ކިހިނެއްވެގެންތަ ތިއުޅެނީ..” ދެބެން ދިޔަތަނެއް ނޭގިގެން ހޯދަން އައި އިސްހާޤަށް ޖައިޝް ޖުނާންގެ ގިރުވާނުގައި ހިފަހައްޓައިން ހުރިތަން ފެނުނެވެ. އިސްހާޤު އައުމުން ޖައިޝް ޖުނާން ދުރަށް ކޮށްޕާލިއެވެ. އެތާ އެންމެ މިނެޓަކުވެސް ހުންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އިސްހާޤަށް ބަލާވެސް ނުލާ ޖައިޝް އެމެޖެންސީއަށްވަދެ އަސްމާ ގާތުގައި ހުރި އަންޖަލްގެ އަތުގައި ހިފައިގެން އެތަނުން ނިކުމެގެން މަގާ ދިމާލަށް ހިގައިގަތެވެ.

” ޖައިޝް މިހާރު ކިހިނެއްވީތަށް..” އަންޖަލް އަތުގައި ޖައިޝް ހިފާފައި ހުރި ބާރުކަމުން އަންޖަލްއަށް ތަދުވާ ގޮތްވިއެވެ. ނަމަވެސް ކަމެއް ދިމާވުމުން ނޫނީ ޖައިޝް މިފަދަ އަމަލްތައް ނުކުރާނެކަން އަންޖަލްއަށް ވަރަށް ރަގަޅަށް އެގެއެވެ. ޖައިޝް އެއްޗެކޭ ނުބުނުމުން އަންޖަލް އޭނާގެ ފަހަތުން ހިގަމުން ދިޔައެވެ. އަތަށް ތަދުވެފައި ހުއްޓަސް ބުނާކަށް ނުކެރުނެވެ. މަގުމަތިން ޓްކްސީއެއް ނަގަން އަތްދިއްކޮށްލިއެވެ. އިތުރު މީހަކު ވެސް އިން ޓެކްސިއެއް ދެމީހުން ކައިރިއަށް މަޑުކޮށްލިއެވެ. ޓެކްސީ ޑްރައިވަރު ޖައިޝްމެން ދާން ބޭނުންވަނީ ކޮންތާކަށްތޯ އަހާލިއެވެ. މާލެއޭ ބުނުމުން ޑްރައިވަރު ފަހަތުގައި އިން ކުއްޖާވެސް ދަނީ މާލެ ކަމުގައި ބުނުމަށްފަހު ޓެކްސީއަށް އަރަން ބުނެލިއެވެ. ޖައިޝް ކުޑަކޮށް ފަސް ޖެހިލިއެވެ. އަންޖަލްގެ ހަދާނަށް އައި ޖޫދު މިއަދު ބުނިއެއްޗެވެ. ޖައިޝް ކުރީ ސީޓަށް އަރަން ބިރުގަންނަ ވާހަކައެވެ. އަންޖަލް އެއްވެސް އެއްޗެކޭނުބުނެ ގޮސް ކުރީ ސީޓްގައި އިށީދެލިއެވެ. ޖައިޝް ފުންނޭވާއެއް ދޫކޮށްލުމަށްފަހު އައިސް ފަހަތަށް އެރިއެވެ.

***

އަސްމާ ގެއަށް ދޫކޮށްލީ އޭގެ ދެގަޑިއިރު ފަހުންނެވެ. އަސްމާގެ އެދުމަށް ޖުނާން އެންމެން ކައިރީވެސް ބުނީ މަންމަ ކުއްލިއަކަށް އެހެން ވީކަމުގައެވެ. ޖުނާން އާ އަސްމާ އާ ދޭތެރޭ ދެކެވުނު ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނެ ސިއްރުން އަންޖަލްއާ ގުޅުން ކަޑާލަން އަސްމާ ބުންޏެވެ. ޖުނާން ގެއަށްއައިސް ކޮޓަރިއަށް ވަދެ ގޮޑީގައި އިށީދެލިއެވެ. އަދި ބޮލުގައި އަތްއަޅާލުމަށްފަހު ދެފަރާތަށް ހޫރާލިއެވެ. މުޅިމީހާ ވަނީ ވިސްނާ ވިސްނާ ވަރުބަލިވެފައެވެ. މިފަދަ ދުވަހެއް އޭނާގެ ހަޔާތުގައި އައިސްދާނެކަމަކަށް ހުވަފެނުންވެސް ނުދެކެއެވެ. އަންޖަލް ދެކެ އިންތިހާއަށް ލޯބިވެއެވެ. އަންޖަލްއާ ނުލާ ދިރި ނޫޅެވޭ ވަރަށެވެ. ނަމަވެސް ޖުނާން އެވަނީ މިހާރު ހަދާނެގޮތް ހުސްވެފައެވެ. އަންޖަލް ނުލިބިއްޖެނަމަ ދެން ދުވަހަކުވެސް އަންހެނަކާ ވައިވެސް ނޭޅެން ޖުނާން އަޒުމް ކަޑައެޅިއެވެ. އަންޖަލް ގާތު މިހުރިހާ ވާހަކައެއް ދައްކާނީ ކިހިނަކުން ހެއްޔެވެ. އޭނާ ގައިގައި އެ ހިތްވަރެއް ނެތެވެ.

***

” ކޮބާ މިހާޜު ރަގަޅުތަ؟” ސައިބޯން އިން އަސްމާ ފެނުމުން އާތިކާ އަހާލިއެވެ. އަސްމާ ހުމް ލައްވާލީ އިތުރަށް އާތިކާއާ ވަހަކަ ނުދައްކަންވެގެންނެވެ. އެވަގުތު އެކަކުވެސް ކާގޭގައި ނެތެވެ.

” ކިހިނެކުންތަ ތި ހާރޓްއަޓޭކެއް ޖެހުނީ… ހުސް އެކްޓް ދޯ… އިސްހާޤު އަބަދު ކަލޭ ކައިރީ ބަހައްޓަން…” އާތިކާ އައިސް އަސްމާ ކުރިމަތީގައި އިށިނަމުން މަލާމާތް ކޮށްލިއެވެ.

” އަހަރެން އެކްޓް ކުރިޔަސް ނުކުރިޔަސް ކަލެއަށް ކޮންކަމެއް.” އަސްމާ ރަދު ދިނެވެ. އިސްހާޤު ނެތްނަމަ ދެއަބިންގެ ހާލަކީވެސް މިއީއެވެ. އަބަދުވެސް ދެމީހުން ދެމީހުން ޖައްސާލައިގެން ތިބެ އެއްޗެހި ކިޔައެވެ. އޭރު ޖޫދު ފިޔަވާ އެންމެންވެސް ވީ އޮފީހަށް ގޮހެވެ.

***

އަންޖަލް އޭނާގެ މޭޒުދޮށުގައި ވިސްނުމެއްގެ ތެރޭގައި ގެއްލިފައި އިނެވެ. އޭރު ޖައިޝް ދޮރުކައިރީ އަންޖަލްއަށް ބަލަން ހުރިކަމެއް އޭނާއަކަށް ނޭގެއެވެ. ޖުނާން އާ ވަކިން ވާހަކަ ދައްކާލަން އަންޖަލް ހުރީ ބޭނުންވެފައެވެ. ސަބަބަކީ ޖުނާން ގޮވައިން ދިޔަފަހުން ޖައިޝްގެ އަމަލުތައް ހުރިގޮތް ފެނުމުންނެވެ. އަނެއްކޮޅުން ޖައިޝްގެ ހަޤީޤަތްވެސް އަންޖަލް އެގެން ބޭނުމެވެ. ކާރުގެ ކުރީ ސީޓަށް އަރަން ބޭނުން ނުވުމާއި ބޭރަށް ކިޔަވަންދިޔަވާހަކަ ދެއްކުމުން ޖައިޝް ކުރާ އަސަރުތަކުގެ ފަހަތުގައި ވާ ސިއްރުތައްވެސް އެގެން ބޭނުމެވެ. ކުއްލިއަކަށް އަންޖަލް ގޮޑީގައި އިދެފަ ތެދުވުމުން ޖައިޝް ދޮރުގައި ލެގިލައިގެން ހުރެފައި އަރިއަކަށް ޖެހިލެވުނެވެ. ޖައިޝް ހުރިކަންވެސް އަންޖަލްއަށް ނޭގޭ ކަހަލައެވެ. ހަލުވި ފިޔަވަޅުތަކުގައި އެކެބިންއިން ނިކުމެގެން ގޮސް ޖުނާންގެ ކެބިންނަށް އަންޖަލް ވަނެވެ. އޭރު ޔުމްނާވެސް ފެންނާކަށް ނެތެވެ. ބަލަން ނުހުރެ ޖުނާންގެ ކޮޓަރިއަށް އައިސް ވަނެވެ. އޭރު އަންޖަލްގެ ލޮލުގައި އަޅައިގަތް މަންޒަރުން އޭނާގެ އަތުގައި އޮތް ދަބަސް ޖުނާންއާ ދިމާލަށް ހޫރާލެވުނެވެ. އަދި އަޑުގެ ނެތް ތަނަށް ހަޅޭއްލަވައިގަތެވެ. މިއަޑަށް ޖައިޝްވެސް އައިސް އެކެބިންނަށްވަދެ ޖުނާންގެ ކޮޓަރި ދޮރުމައްޗަށް ހުއްޓުނެވެ. ފެނުނު މަންޒަރުން ޖައިޝްގެ ދެލޯވެސް ދިޔައީ ބޮޑުވެގެންނެވެ.

” މުޑުދާރު… ހުންނަ ގޮތް ކުޑަކަން ބަލާބަލަ..” އަތް މުއްކަވާލައިގެން ޖުނާން އާ ދިމާލަށް ހިގައިގަންނަން އުޅުނު އަންޖަލްގެ އަތުގައި ހިފާލީ ފަހަތުގައި ހުރި ޖައިޝްއެވެ.

” ދޫކުރޭ.. ޗީ.. އަހަރެން ހިޔެއް ނުކުރަން ޖުނާން އަހަންނަށް ތިހެން ހަދާނެކަމަކަށް.. ޗީ ހުންނަ މުޑުދާރުކަން..” ރޮމުން ރޮމުން އަންޖަލް ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު ލައިގެން ހުރި ގަމީހުގެ ގޮށްތައް އަޅުވަމުން އެތަނުން ނިކުމެގެން ޔުމްނާ ހިގައިގަތެވެ.

” ކޮންތާކަށް ދާކަށް.. ހަމަ މިހާރު މަޑުކުރޭ..” ދޮރުން ނިކުމެ ނިކުމެ ހުރި ޔުމްނާގެ ބޮލުގެ އިސްތަށިގަޑުގައި އަންޖަލް އެއްލިއަތުން ހިފާ ވާންކޮށްލިއެވެ. ޖައިޝް މަސައްކަތް ކުރަމުން ދިޔައީ އަންޖަލް މަތަ ކުރެވޭތޯއެވެ. ޖުނާންވެސް އައިސް ޔުމްނާގެ ގައިގާ ހިފާލިއެވެ. އަދި އަންޖަލްގެ އަތް ނެއްޓޭތޯ މަސައްކަތް ކުރިއެވެ. ހަމަ އެވަގުތު ޔުމްނާވެސް އަންޖަލްގެ އިސްތަށިގަޑުގައި ހިފާ ދަމައިގަތެވެ. ދެމީހުން ހީވަނީ ރެސްލިން މެޗަކަށް އަރާ ތިބިހެންނެވެ. ޖުނާން އަކަށްވެސް އަދި ޖައިޝްއަކަށްވެސް ދެމީހުން މަތައެއް ނުކުރެވުނެވެ. އަންޖަލްގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. ފިރިހެނުންނަކީ އަންހެނުންނަށް ހިތިބަޔެކޭ މީހުން ކިޔާ އުޅުނަސް ޖުނާންއަކީ އެހެން ފިރިހެނުންނާ ތަފާތު މީހެއްކަމަށް އަންޖަލް ގަބޫލުކުރަމުން ދިޔައެވެ. ނަމަވެސް ވަކި ތަފާތުވި ކަމަކީ ކޮބާހެއްޔެވެ. މިއަދު ޖުނާން އެވަނީ އަންޖަލްއަށް ބޭވަފާތެރިވެފައެވެ. އަންޖަލްގެ ހިތުގައި ޖައްސާ ޖުނާންގެމައްޗަށް އޮތް އިތުބާރު ގެއްލުވާލާފައެވެ. މުޅި މީހާ ތުރުއަޅަން ފެށިއެވެ. އިސާހިތަކު އަންޖަލް ގައިން ވަރު ދޫވާންފެށިއެވެ. އަދި މަޑުމަޑުން ޖައިޝްގެ އަތްދަޑިމައްޗަށް ތިރިވެވެން ފެށުނެވެ. ޔުމްނާވެސް ހަމަޔަކަށް އެޅުނެވެ. އަދި އަވަސް އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ. ޖައިޝް އަންޖަލްގެ ގައިގާ ހިފަހައްޓާލައިގެން ތިރިވެލިއެވެ. އަންޖަލް ކޮޅަށް ތެދުކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަންޖަލްގެ ފައިގާ ވަރު ދޫވެފައިވާކަހަލައެވެ. ކޮޅަށް ތެދުވާން ހިތްވަރު ކުރިޔަސް ތެދެއް ނުވެވުނެވެ. ރޮމުން ކަރުނަތަށް ފޮހެމުން ދިޔަ އަންޖަލް ބަލަހައްޓައިގެން ޖުނާންއަށް ހުރެވުނެވެ. އަންޖަލް އޭނާއާ ދުރުކުރުވަން މިނުން ގޮތެއް ދެން ނެތެވެ. އޭނާގެ މަތިން ފޫހި ކުރުވުން ގޮތެއް ނޫނީ ދެން ނެތެވެ. ޖުނާންގެ ހިތުގައިވެސް ރިހުމެއް ވިއެވެ. ކެއްކޮށްލައިގެން ހުރީ މީ އެންމެ ރަގަޅުގޮތް ކަމަށް ފެންނާތީއެވެ.

ޖައިޝް އަންޖަލްގެ ކުރިމައްޗަށް ވާގޮތަށް ތިރިވެލިއެވެ. އަދި އަންޖަލްގެ ދެއަތް އޭނާގެ ކޮޑުމައްޗަށް ލާ ޕިގީބެކް ރައިޑެއް ދިނެވެ. އެތަނުން ނިކުމެގެން ގޮސް ޖައިޝްގެ ކެބިންނަށް ވަދެ އަންޖަލް އޭނާގެ ކޮޓަރީގައި އިން ސޯފާގައި ބައިންދާލިއެވެ. އަދި ކުރިމަތީ އިން މޭޒުމަތީގައި އަންޖަލްއަށް ކުރިމަތި ލައިގެން އިށިދެލިއެވެ. އަންޖަލް ރޮމުން ގެންދިއުމުން ޖައިޝްގެ ހިތަށް އުދަގޫވިއެވެ. އަދި ޖުނާންދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. މި މައުސޫމް ކުއްޖާގެ ކުށަކީ ކޮބާ ހެއްޔެވެ؟ ޖުނާޏްދެކެ އިންތިހާއަށް ލޯބިވުން ހެއްޔެވެ؟ އަންޖަލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ޖައިޝް ފޮހެލަ ދިނެވެ. އަދި އަންޖަލްގެ ދަތް ދޮޅީގައި ހިފާ އޭނާގެ މޫނު ކައިރިކޮށްލިއެވެ. ޖައިޝް ބޭއިހްތިޔާރުގައި އަންޖަލްގެ ފިޔާތޮށިކަންގަދަ ތުންފަތަށް ދޮނެއް ދިނެވެ.

=ނުނިމޭ=

ނޯޓު: މިދިޔަ ޕާރޓްގަ ވޯޓަށް ހުޅުވާލި އެތީގެ ނަތީޖާ އަކީ: ކިޔާން (10) ، ކައިލް (13) އަދި އަކްޔަން (1).. ވަރަށް ކުޑަ ތަފާތަކުން މި ފާސްވީ ބްލޫ ބާރޑް ނޮމިނޭޓް ކުރި ކައިލް މިނަން… މަރުހަބާ ބްލޫ ބާރޑް. ކްރިސްޓަލް ދެން ނެރޭ ވާހަކައިގެ ކުއްޑަކުއްޖާގެ ކެރެކްޓާއަކީ ކައިލް.. ވާހަކަ އަށް އިންތިޒާރު ކުރާނެ ކަމަށް އުންމީދު ކުރަން..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Laalu

    Sisy nuvaanu mihisaabun ninmaalaalah?????enme kiyaahihvi sibaabun thi end kohli…. alhe nxt mrt avahah up kohdhehchey plsssss

  2. Aalif

    Thedheh pls

  3. Bluebird

    Oh my… Oh my… Oh my… ? Is It for real….. Finally I guess they will get together into a relationship. ???????Anyways Mi part ves varah Salhi……..??????????????????? Don’t know what to say….. ?????This is a very nice and interesting cover pic…. I guess I saw the person in the cover pic some where but can’t seem to remember….. BTW I may not be able to comment you for some days cuz I’m getting my tab repaired……. Hope to see you soon eonnie….???? Saranghae… Josimhaeyo….. ??????❣️❣️❣️??????????????????????????????

  4. Bluebird

    Mihaaru comment koh koh varubali vehje… Nothing is getting published…… ???????Anyways Mi part ves varah Salhi…….?????????????????????? I like it and love it…….???????????? No wonder you are soooo great……????❣️❣️❣️❣️❣️❣️❣️❣️❣️ I like you very much like a real sister……. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️Keep it up with the good work…. ✌️✌️✌️✌️I got to say that I won’t be able to comment you for a few days but I’ll be in touch with you soooooon…… Willl miss you a lot… And I want to know what you want to here from your fans the most???? ????☺️☺️☺️☺️
    Bogoshipeo ???????????????
    Saranghae eonnnnniiiieee… ????????????????????????????????????????????????????????????
    Josimhaeyo.. ???????

    1. ?Ril?
      Bluebird

      And congratulations bluebird u buni nan dhw hovuny congra ingey??????????????????????

    2. Afu
      Bluebird

      Afuge faraathun vx congra bluebird ??????????????✨✨✨???????♥️♥️♥️♥️?????

    3. Bluebird
      Bluebird

      Thanks….

    4. Bluebird
      Bluebird

      Sis who is in the cover pic… I think I saw him before…..

  5. Aalif

    Bluebird ure good.bluebird school ga ulhenya grade kihaavareh

    1. Bluebird
      Aalif

      Grade 8… How about you?? Are you a boy???

    2. Bluebird
      Aalif

      Grade 8… How about you?? Are you a boy or girl… Let’s be friends….. ☺️

  6. ?Ril?

    Wow sis mi part Vs vrah Sali ?????????????????
    Masha Allah ur gud ingey heheeh???
    And sis haadha curious kohlaafa ey thininmaalee????
    Waiting for the next part??
    Saarangey ????
    Joshimheyo ❤️❤️?

  7. Afu

    Mi prt vx hama varah varah reethi ♥️♥️♥️♥️♥️ alhe varah curious Koh thi nihmaaly ????? nimun iruvx neygun ?????? curiously waiting for nxt ❤️❤️❤️❤️
    Saty safe TC ?????
    Saranghae ♥️♥️♥️♥️♥️♥️

  8. Bluebird

    Sis who is in the cover pic… I think I saw him before…..

    1. Ain-nana
      Bluebird

      IM GRADE EIGHT TOOOO??? LETS BE FRIENDSSSS

Comments are closed.