ނޭނގި ވެވުނީ ލޯތްބޭ – 7
“އޭ! އެކެއްވެސް މިވާހަކަ އެކެއް ގާތުވެސް ނުދައްކާތި! އަދި އަހަރުމެނަކަށްވެސް ޔަގީނެއް ނޫން!” ރީމް އެނދުމަތިން ތެދުވަމުން ބުނެލިއެވެ.
“އޯކޭ!” ޒިއުނީ ބުންޏެވެ. ތިން މީހުންވެސް ކޮޓަރިން ނުކުމެ ކާގެއަށް ދާން ހިނގައިގަތެވެ. އޭރު ގޭއެންމެންވެސް ކާން ތައްޔާރުވެގެން ތިއްބެވެ. ރީމްމެން އިށީނދުމާއި އެކު އެންމެންވެސް ކެއުމަށް އިންސާފު ކުރަން ފެށިއެވެ.
“މަންމާ… މިރޭ ސަޕްރައިޒާއި ބެހޭ ގޮތުން އެއްޗެއް ބުނެލަންތަ؟” ޔޫޝައު މަރިޔަމް ގާތު އެހިއެވެ.
“ބުނެބަލަ!” މަރިޔަމް ބަތް ސުވައެއް އަނގަޔަށް ލަމުން ބުނެލިއެވެ.
“އަހަރެން މީހަކާ އިންނަން ނިންމައިފިން!” ޔޫޝައު އޭނާގެ މަންމައާއި ދިމާލަށް ބަލަން އިނދެ ބުނެލިއެވެ. އެވަގުތު އެންމެންގެ ކަޅި ވަނީ ޔޫޝައުއަށް ހުއްޓިފައެވެ. މަރިޔަމްއާއި ހަސަނުގެ އުފަލުގެ ކޮޅެއްނެތެވެ. އެމީހުންނަށް ހީވީ ދެޢީދު އެއްފަހަރާ އައިހެންނެވެ. ތިމާގެ ދަރިއެއް ޒަވާޖީ ޙަޔާތެއް ފަށަންއުޅުމުން އުފާނުވާނީ ކޮން މަންމައެއް ނޫނީ ބައްޕައެއް ހެއްޔެވެ؟ އައިނާވެސް އަނގަ ހުޅުވައިގެން ޔޫޝައުއާއި ދިމާލަށް ގެއްލިފަ އިނެވެ. ސުމައްޔާއާއި ނާހިލްގެ ހާލަކީތޯއެވެ. ރީމްއާއި ހުދާއާއި ޒިއުނީއާއި ހަމައަށް މި ބަސްތަށް ފޯރީ ހޮނު ގުގުރިއެއް ފަދައިންނެވެ. ލިބުނު ހައިރާންކަމާއިއެކު ރީމްއަށް ހިންދިރުވައިލެވުނެވެ. އެއްޗެކޭ ބުނަން ބޭނުންވި ނަމަވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެއްވެސް ކަހަލަ ހެއްކެއް ނެތި ޔޫޝައު ގާތު އެވާހަކަ ބުނެފިއްޔާ ޔޫޝައު ގާތަށް އަންނާނީ ރުޅިކަން ރީމްއަށް ޔަގީނެވެ.
“އާ ޔޫ ސީރިއަސް؟” އައިނާ އަންތަރީސްވެ އިނދެ އަހައިލިއެވެ.
“ޔެސް!” ޔޫޝައު ބުންޏެވެ.
“އެ ލަމްނާއާ؟” އައިނާ ވަރަށް ސިއްރު ސިއްރުން އަހައިލިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން ޔޫޝައު ބޯޖަހައިލިއެވެ.
“ކާކާ ކައިވެނި ކުރަން ދަރިފުޅު ނިންމީ؟” ހަސަނު އުފަލުން އިނދެ އަހައިލިއެވެ. ލަމްނާއާއި ޔޫޝައު ލޯބީގެ ގޮތުން ގުޅުނު ވާހަކަ އެނގޭނީ އައިނާއަށް އެކަނިކަމަށް ވުމުން ބާކީ އެންމެންވެސް ތިބީ އެއީ ކޮންކުއްޖެއްކަން ހޯދުމަށް ކެތްމަދުވެފައެވެ.
“މިރޭ އެކުއްޖަ އަންނާނެ މިގެއަށް.. އެއީ އޭ ސަޕްރައިޒަކީ!” ޔޫޝައު ހެވިފައި އިނދެ ބުންޏެވެ.
“އެހެންތަ! މަންމަ ވަރަށް އުފާވެއްޖެ! މަންމަ ގަބޫލު ކުރަނީ ދަރިފުޅުގެ ހޮވުން ހަމަ ބަރާބަރު ވާނެހެން… ދެން އިނގޭނީ އެކުއްޖައާ ބައްދަލު ވީމަތާ ދޯ… މިރޭ ކޮންއިރަކު އެކުއްޖާ ގެންނަން ތިއުޅެނީ؟” މަރިޔަމް އެހިއެވެ.
“ނުވައެއް ޖަހާކަށް ހާއިރު ރަނގަޅު ވާނެއެންނު ދޯ؟” ޔޫޝައު އެހިއެވެ.
“އެންމެ ރަނގަޅު!” މަރިޔަމް ބުންޏެވެ. ރީމްއާއި ހުދާއާއި ޒިއުނީ ފިޔަވައި އެހެން އެންމެން ތިބީ އޮލަ ވާހަކަތަކުގައެވެ. ދައްކާނެ ވާހަކަތަކަށް ވުރެ މުހިންމީ ކުރިއަށް އަންނަން އޮތް މުސީބާތާ ކުރިމަތިލާން ޖެހޭނެ ގޮތް ހޯދުންކަން ރީމްއަށް ވިސްނުނެވެ. ކައި ނިންމައިގެން އެކަކާވެސް އަނގައިން ނުބުނެ މިތިން އެކުވެރިން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެވުނުތަނާހެން ރީމްގެ ލޯފެންކަޅިވެ ފަހަރަކު ކަރުނަ ތިއްކެން ފައިބަމުން ގޮސް ރީމްގެ ކޯތާފަތްމަތި ތެންމަންފެށިއެވެ.
“ރީމް؟ ކީއްވެ ރޮނީ؟” ރީމް އެނދުގައި ބައިންދަމުން ހުދާ އެހިއެވެ.
“ނުރޮއި އިނދެވޭނެތަ؟ އަހަންނަށް އެންމެ ރަނގަޅަށްވެސް އިނގޭނީ ތިމާގެ ލޯބިވެރިޔާ ކައިވެންޏަށް އެހާ ގާތްވެފަ އޮއްވާ ތިމާ ދޫކޮށްފައި ދިޔައީމަ ކުރާނެ އަސަރުތައް! އަހަންނަށްވީ ގޮތް ޔޫޝައުއަށްވެސް ވާން ދޫކޮށްލަންވީތަ އަޅެ؟ ލަމްނާމެން ގޭގަ ހޭދަކުރި ކޮންމެ ސިކުންތު ކޮޅަކުންވެސް ދެނެގަނެވޭ ޔޫޝައު ލަމްނާ ދެކެ ލޯބިވާ ވަރު… އެހާ ލޯބިން ވާހަކަ ދައްކަނީވެސް… އަހަރެން ދުށިން ވިއްޔަ… އަހަރެން އެމްބިއުލެންސަށް އަރުވާފަ އޭނަ ލަމްނާ ގާތު ގޭގަ މަޑުކުރާށޭ ބުނީ ކިހާ ލޯބިން… އަހަންނަކަށް ކެތެއް ނުވާނެ އަހަންނަށް އެނގިހުރެ ޔޫޝައުގެ ހަޔާތް ބަރުބާދުވިޔަ ދޭކަށް! އަހަރެން މިދަނީ އޭނަ ގާތު ބުނަން ދާން!” ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލައިފައި ބާރު ހިނގުމެއްގައި ރީމް ކޮޓަރިން ނުކުތެވެ.
“ރީމް! ރީމް!” ހުދާއާއި ޒިއުނީ ރީމްއަށް ގޮވަމުން ރީމް ފަހަތުން ދުއްވައިގަތެވެ. އަވަސް ފިޔަޅުތަކެއްގައި ރީމް ދިޔަ ގޮތަށްގޮސް ޔޫޝައު ކޮޓަރީގައި ޓަކި ޖަހަން ފެށިއެވެ.
“އޭ ރީމް… ކޮންކަމެއް ތީ! ހަމަޖެހިބަލަ!” ހުދާ ބެލީ ރީމްއަށް ވިސްނައިދެވޭތޯއެވެ.
“އެތެދެއް ރީމް… ހިނގާބަލަ ކޮންމެވެސް ގޮތަކުން ތިކަން ޔަގީން ކުރަން!” ޒިއުނީވެސް ރީމްއަށް ވިސްނައިދެވޭތޯ ބެލިއެވެ. އިރުކޮޅެއް ނުވެ ޔޫޝައު ކޮޓަރި ދޮރު ހުޅުވައިލިއެވެ.
“އަހަނ! ގާލް ގޭންގް އެއްކޮށް؟” ޔޫޝައު މަޖަލަކަށް ބުންޏެވެ.
“އާން! ގާލް ގޭންގް އެއްކޮށް! ޔޫޝައު އަޅެ އެއްފަހަރުވެސް ވިސްނާލިންތަ؟ ތިހާ ފަސޭހަކޮށް މީހަކަށް އިތުބާރު ކުރާކަށް ނުވާނެ! ޕްލީސް ޔޫޝައު އަދިއެއްފަހަރު ތި ނިންމުމަށް ވިސްނާލަބަލަ! އައި ކާންޓް ލެޓް ޔޫ ޓޭކް ދިސް ޑެސިޝަން!” ބުނާ ކޮންމެ ބަހަކަށް ކުރިއަށް ހިނގަމުން ހިނގަމުން ގޮސް ޔޫޝައު ފާރުގައި ޖެހުނުއިރުވެސް ރީމް ދިޔައީ އޭނަ ކިޔަން ވާ އެއްޗެހި ކިޔަމުންނެވެ. ހުދާއާއި ޒިއުނީ ރީމްގެ އަތުގައި ހިފައިފައި ކޮޓަރިން ނެރެން މަސައްކަތް ކުރިއެވެ. އޭރު ރީމްގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.
“އެއީ ޑެއާ އެއް! އަހަރުމެން ޓްރޫތް އޯ ޑެއާ ކުޅެމުން ރީމްއަށް އަހަރެންދިން ޑެއާއެއް އެއީ… ހެހެ… ރީމް ވަރަށް މޮޅު ވާނެ އެކްޓު ކުރަން… ޖަސްޓް ނެވާމައިންޑް ދެޓް… ބާއި!” ހަޤީޤަތް އޮޅުވައިލުމަށްޓަކައި ޒިއުނީ ބުނެލިއެވެ. ކޮޓަރި ދޮރު ލައްޕައިފައި ޒިއުނީ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. އަދި އަވަސް އަވަހަށް އެމީހުންގެ ކޮޓަރިއާއި ދިމާލަށް ދުއްވައިގެތެވެ.
ޔޫޝައު އަދިވެސް ހުރީ ވީ ކަންތައްތައް ޤަބޫލު ކުރަން ނޭނގިފައެވެ. މޭމަތީގައި އަތް އަޅައިލައިފައި ފާރުން ދުރަށް ޖެހިލައި ހަމަޖެހިލިއެވެ. އެކަން ހިތަށް ގެނުވާ އިރަށް ޔޫޝައުއަށް ހެވެއެވެ. ނަމަވެސް އޭނާ އެންމެ އަޅައިގަތީ ރީމް ބުނި ބަސްތަކެވެ.
“ވިސްނާށޭ؟ އިތުބާރު ނުކުރާށެ؟” ޔޫޝައު އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. “ހެހެ… ނާއިފްގެ އެކްޓިން މަތިން ހަދާންވީ ރީމް އެހެން ހެދީމަ! ހެހެ.. ރީމްވެސް ދޯ!” ޔޫޝައު އެކަމަށް މާ ބޮޑަށް އަޅާނުލާ އޭނަ ކުރަން އިން މަސައްކަތަށް ރުޖޫޢަވިއެވެ.
“ރީމް ހަމައިގަތަ؟” ޒިއުނީ ކޮޓަރިއަށް ދިޔަގޮތަށްގޮސް ބުންޏެވެ.
“ނޭނގެ! މަޑުކުރާށޭ ގޮވަ ގޮވަ އޮއްވާ ވިއްޔަ ދިޔައީވެސް! ނަސީބެންނު އެންމެން ކައިގެން އަވަހަށް ކޮޓަރިއަށް ވަންކަން!” ހުދާވެސް ޒިއުނީއާއި އެއްބަސްވިއެވެ.
“އާން! ޑެއާ އެކޭ ކިޔާގެން އޭނަ މައިތިރި ކުރުވާފަ މިއައީ!” ޒިއުނީ ބުންޏެވެ.
“އަޅޭ ރީމް… ދެން ނުރޮއިބަލަ! އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ!” ހުދާ ރީމް ގާތު އިށީންނަމުން ބުނެލިއެވެ.
“ތެދެއް! އެކަމަކު ރީމް! ރީމް ހެދި ގޮތުން ދޯ… އަހަރެން ހިންޏާގެން ހަލާކުވާވަރުވި!” ހެމުން ހެމުން ޒިއުނީ ބުނެލިއެވެ.
“އެބުނާހެން! އެބުނީވެސް ދޮގެއް ނޫނޭ… ޔޫޝައުއަށް ވެފަ ހުރި ވަރު ދެކުނިންދޯ؟” ޒިއުނީއަށް ދޯ ދެމުން ހުދާ ބުނެލިއެވެ.
“އަހަރެން ކީއްކުރީ؟” ރީމް އެހިއެވެ.
“ސުބުހާނަﷲ!” ހުދާ ބުންޏެވެ.
“ސާބަސްވާ ރީމަށް! އަމިއްލައަށް ކުރި ކަންތައްވެސް ނޭނގުނު؟ އޭނައާއި ދިމާލަށް އިތުބާރޭ މިވެނި އެއްޗެކޭ އެވެނި އެއްޗެކޭ ގޮވަމުން ދިޔައިރު ރީމް ދިޔައީ އޭނައާ ދިމާލަށް ހިނގަމުން… އޭނަވެސް ރީމް ކުރިއަށް ޖެހޭވަރަކަށް ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރުގަ ޖެހުނު އިރުވެސް ރީމް ހުއްޓައެއް ނުލާ! ޔޫޝައު ހުރީ ވާނުވާގަ! އެފަކީރު!” ޒިއުނީ ބުނީ ހެމުންނެވެ.
“ދޮގު ނަހަދަ! ދެން އަހަންނަކަށް ނުކެރޭން ތޯޗެއް އޭނަ ކުރިމައްޗަށް އަރާކަށްވެސް!” ރީމް އޭނަ މޫނުމަތީ އަތް އަޅައިލަމުން ބުނެލިއެވެ.
“އެ އޯކޭ ވާނެޔޭ… އިރުކޮޅެއް ވީމަ ޔޫޝައުވެސް ހަނދާން ނެތޭނެ!” ހުދާ ބެލީ ރީމް ހަމައަކަށް އެޅުވޭތޯއެވެ.
“ހުމްމް… މިހާރު އިންވެސްޓިގޭޝަން ފަށަންވީ އޭ! އެބަ އޮތް އައިޑިއާއެއް! ފުރަތަމަ ބަލަންވީ ޔޫޝައުއަށް އެގެއިން މީހަކު ނުކުންނަނިކޮށް ފެނުންތޯ ބަލަން! ދެން އޭރަށް އެހެންކަމެއް ކުރެވޭނީ!” ޒިއުނީ ރީމް ގާތު އިށީންދެލަމުން ބުންޏެވެ.
“ކިހިނެއް ޔޫޝައުއަށް އެގެއިން މީހަކު ނުކުންނަނިކޮށް ފެނުންތޯ އަހަރުމެންނަށް އިނގޭނީ؟” ހުދާ ޒިއުނީއާއި ސުވާލު ކުރިއެވެ.
“އޭނަ ގާތު އަހާނީ… ސިމްޕަލް! އެކަމަކު… ރީމް ޖެހޭނީ އޭނަ ގާތު އަހަން… އަހަރުމެން ދެމީހުން ކުރެ މީހަކު އަހައިފިއްޔާ ސަކަރާތް ވާނެ!” ޒިއުނީ އޭނާގެ އަތް ހަރަކާތް ކުރަމުން ބުނެލިއެވެ.
“އަހަރެންތަ އަދިވެސް ތިހެން އަހަންވީ؟” ރީމް އެހިއެވެ.
“އާން! ރީމް އެހީމަ އިޓު ވުޑް މޭކް ސެންސް! އެއީ އަހަރުމެން ދެމީހުނެއް އެވަގުތަކު ނެތެންނު… އެހެންވެ!” ޒިއުނީ އިތުރަށް ކިޔައިދިނެވެ.
“މިގަޑީ ގޮސް އަހަންވީ؟” ރީމް އެހިއެވެ.
“މިރޭގެ ކުރިން އަހަން ޖެހޭނެ!” ޒިއުނީ ދިނީ ކުރު ޖަވާބެކެވެ.
“ތިހެން ވެއްޖިއްޔާ މިދަނީ އަހަން! ސޮރީވެސް ބުނަން ޖެހޭންނު!” ރީމް އެނދުން ތެދުވެ ދޮރާއި ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.
“އޯލް ދަ ބެސްޓް! ޒިއުނީ ޖެއްސުން ކުރުމުގެ ރާގަކަށް ބުނެލިއެވެ. ފޫން ނޭވާއެއް ދޫކޮށްލަމުން ރީމް ދިޔައީ ޔޫޝައުގެ ކޮޓަރިއާއި ވީދިމާލަށެވެ. މީގެ އިރުކޮޅެއް ކުރިން ކަންތައްވީ ގޮތާއި ދޭތެރޭ ރީމް ހުރީ ވަރަށް ލަދުގަނެފައެވެ. އެއްފަހަރު ނަމަވެސް ހުދާއާއި ޒިއުނީ ގޮވި އިރު މަޑުކޮށްލެވުންނަމައޭ މިހާރު ރީމް ހިތަށް އަރައެވެ. ޔޫޝައު ކޮޓަރީ ކުރިމަތީގެ ހުރެ ޓަކި ޖަހަން އަތް ހިއްލާލިތަނާ ކޮޓަރި ދޮރު ހުޅުވުނެވެ. ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.
“ރީމް؟” ޔޫޝައު ރީމްއަށް ބަލަން ހުރެ ގޮވައިލިއެވެ. ކުރިންވީ ކަންތައް ހަނދާންވުމުން ރީމްއަށް ލަދުން އިސްޖަހައިލެވުނެވެ.
“އަމް… ބޭނުން ވާހަކައެއް ބުނަން! އާދޭ ބޭރަށް” ރީމް އެގޮތުގައި ހުރެ ބުނެފައި އެތަނުން ދިޔައެވެ. ޔޫޝައުވެސް ރީމް ފަހަތުން ހިނގައިގަތެވެ. ރީމް ގޮސް އެގޭ ބޭރުގައި އެލުވައިފައި އިން އުނދޯލީގައި އިށީނުމުން ޔޫޝައުވެސް ރީމް ގާތު އިށީނެވެ.
“ކޮން ވާހަކައެއް ބުނަން؟” ޔޫޝައު ރީމްއަށް ބަލަން އިނދެއެހިއެވެ.
“ސޮރީ…” ކުޑަކޮށް އުދޯނލި ހެއްލައިލަމުން އިސްޖަހައިގެން އިނދެ ރީމް ބުންޏެވެ.
“ސޮރީ ބުނާ ވަރުގެ ކަމެއް ވެއްޖިތަ؟” ޔޫޝައު އެހިއެވެ.
“އިރުކޮޅެއް ކުރިން އަހަރެން ޔޫޝައު ކޮޓަރިއަށް…” ރީމްއަށް މިހާ ހިސާބަށް ބުނެވުނުތަނާ ޔޫޝައު ހޭން ފެށިއެވެ.
“ދެން ޔޫޝައު މަޖަލެއް ނޫނޭ! ހަމައަސްލުވެސް ސޮރީއޭ!” ރީމް ޔޫޝައުއާއި ދިމާލަށް ބަލަން އިނދެ ބުނެލިއެވެ.
“އޯކޭ! ސޮރީ ބުނަން އެކަނިތަ ގެނައީ؟” ޔޫޝައު އަހައިލިއެވެ.
“އަމް… ނޫން… މީ… މީ ޔޫޝައު ލަމްނާ މެންގެއަށް ވަން އިރު އެއްވެސް މީހަކު އެގެއިން ނިކުންނަނިކޮށް ދުށިންތަ؟”
“ނޫން ނުދެކެން! ކިހިނެއްވީ؟” އިރުކޮޅަކު ވިސްނާލަން އިނދެފައި ޔޫޝައު ބުނެލިއެވެ. ޔޫޝައު އެހި ސުވާލުގެ ޖަވާބުދޭނީ ކިހިނެއްކަމެއް ހުދު ރީމްއަކަށްވެސް ނޭނގުނެވެ. ހިތާއި ހިތުން ރީމް ދުޢާ ކޮށްލަ ކޮށްލާ އިނީ އެސުވާލު ޖަވާބުދޭން ނުޖޭހެނެ މަގެއް ފަހިވޭތޯއެވެ.
“ކީއްވެ ތިހެން ތި އެހީ؟” ޔޫޝައުގެ ސުވާލު އަނެއްކާވެސް ރީމްއަށް އަމާޒުވިއެވެ. މިފަހަރުވެސް ރީމްއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެން އިންދައި އައިނާ ބޭރަށް ނުކުމެ އެދެމީހުން ގާތު އިށީންނަން އައެވެ.
“ހާދަ ފޫއްސޭ! ކުރާނެ ކަމެއް ނެތްތަ؟” އައިނާ އެދެމީހުން ގާތު އެހިއެވެ. ރީމްގެ ދުޢާ އިޖާބަ ކުރެއްވީތީ ރީމް ހިތާއިހުތިން ޝުކުރުވެރިވިއެވެ.
“އަސްލުވެސް ވަރަށް ފޫހި… ހިނގާ މާދަމާ ނައިޓް ފިށިންއަށް ދާން!” ޔޫޝައު އައިނާ ގާތު ބުންޏެވެ.
“ފޫހި ވެފަ އިންތަން އެބަ ފެނެޔޭ!” ލާނެތް ފާޑަކަށް އައިނާ ޔޫޝައުއާއި ދިމާކޮށްލިއެވެ.
“ދެން ދޮންތާ! އަބަދުތިހެން ނުކިޔަބަލަ! ރީމްވެސް ކިހާ ލަދެއް ގަންނާނެ!” ޔޫޝައު އައިނާ ގާތު ބުންޏެވެ.
“ހަހަ! ދޮންތަ އެއްފަހަރުވެސް ރީމްއޭ ބުނިންތަ؟ ޔޫޝައުވެސް ދޯ!” އައިނާ އަނެއްކާވެސް ޔޫޝައުއަށް ޖެއްސުން ކޮށްލިއެވެ. އެވަގުތު ރީމްވެސް އިނީ ލަދުން ވިރޭ ވަރުވެފައެވެ.
“ޕިސް ޕިސް! ދޮންތަ ގާތު ނުވާނެ އިށީންދެގެން އިންނާކަށް!” މިހެން ބުނެ ޔޫޝައު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ޔޫޝައު ދިއުމުން އިތުރަށް އެތާ ނީނދެ ރީމްވެސް އެތެރެއަށް ވަންނަން ހިނގައިގަތެވެ.
“ރީމްއަށް އެހުރީ ކިހިނެއްވެފަތަ؟ ކުއްލިއަކަށް އެހާ ދުރުދުރުން އެ އުޅެނީ ކީއްވެ؟ އަހަންވީތަ؟ ނޫން… ތަންކޮޅެއް ހަމަޖެހިލާފަ އަހާލާނީ… ވެދާނެ މާ ބިޒީ ކަމައްވެސް…” އައިނާ އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. ރީމް ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އަދި ދޮރުގައި ލެނގިލައިފައި މޭމަތީގައި އަތްއަޅައި ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ކިހިނެއް ވީ؟ ކީކޯ ޔޫޝައު ބުނީ؟ އޭނައަށް ފެނުންތަ މީހަކު އެގެއިން ނުކުންނަނިކޮށް؟” ހުދާ ސުވާލު ފައްޗެށް އަމުނާލިއެވެ.
“ނޫން ނުފެނުން! ކިރިޔަ ކިރިޔާ މިކަންތަށް ޔޫޝައު ފަޅާ ނާރާ މިދިޔައީ… އައިނާ އެވަގުތު ނައިނަމަ ނޭނގެ ވާނެ ގޮތެވެސް!” ރީމް ޖަވާބު ދިނެވެ.
“ސުބުހާނަﷲ!” ޒިއުނީއަސް ބުނެވުނެވެ.
“ދެންވެސް ވިސްނަން ހިނގާބަލަ ހަނދަންވީ ގޮތެއް!” ހުދާ މިހެން ބުނުމުން އެންމެންވެސް ވިސްނަންފެށިއެވެ.
ވަގުތު އޭގެ ހަލުވި މިނުގައި ގޮސް ރޭނގަޑު އަށްގަޑި ބައިވަނީއެވެ. އެވަގުތު އެންމެންވެސް ކައި ނިންމައިގެން ލަމްނާ އައުމުގެ އިންތިޒާރުގައި ތިއްބެވެ. މަރިޔަމްއަށް އުފަލުން އެއްތާކު ހުރެވެނީކީއެއްވެސް ނޫނެވެ. ޔޫޝައުގެ އެދުމުގެ މަތިން ލަމްނާއަށް އެންމެ މީރު މެގްނަމް ޕުޑިން ހުރީ ތއްޔާރު ކޮށްފައެވެ. އެންމެންވެސް ތިބީ ލަމްނާގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެހެން ތިއްބައި ދޮރުގައި ޓަކި ޖެހި އަޑުއިވުމުން މަރިޔަމްއާއި ޔޫޝައު ބަދިގޭގައި ތިބެފައި ސިޓިންރޫމަށް ހިނގައިގަތެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



HAADHA MOLHEY VAAHAKA LIYAN MAASHA ALLAH?❤️???…… MI PART VS VVVVVVVVVVVVV SALHI ??❤️???????❤️❤️❤️❤️KON DHUVAHAKUN NEXT PART UPLOAD KURAANY????
alheyy vrh bodah shukuriyya frozenquinny! means a lot 🙂 hama dhemme mi submit kohly 8 vana part… mi part thankolheh lahun site ah upvy ehenve… once again thanks a lot dear:)
varah reethi mi prt ves.. 🙂
btw comment nukurevuneema swry…
but kiyan…
whn nxt curiously waiting
awwwn thanks no one 🙂 its okay… sorry bunaa varuge kameh nooney eii… vaahaka kiyaakan engunyma vrh ufaa vehjje 🙂 miadhu 9 vana bai submit kohlaanan 🙂
masha allah, masha allah.. vr vr vr vr. vr rythi mi part vs raaya.. vr furihama.. dhn kykey bunaany.. umm ummm aslu vs vr rythi inge.. btw kury partah comment nukurevunyma vr vr vr bodah sorry inge.. nafu vr bxy koh ulhuny ehnve.. sorry.. have a blessed days ahead.. stay safe.. take very gud care.. next avahah upkohdhechey.. curiously waiting for the next part.. byee.. gud nyt
awwwn thanks a lot nafu! vrh ufaavejje mi part vx kamudhiyaeema! alheyy sorry bunaa varuge kameh nooney eii 🙂 its okay 🙂 school is important too! i also wish you blessed days ahead… you too stay safe and take care 🙂 yup next part upkohlaifin… hehe raaya ah vy morning soo good morning hehehe
Varah reethi mi part ves curiously waiting for the next part ☺️☺️☺️☺️ take care ♥️♥️♥️♥️♥️♥️ stay safe
awwn thanks starlight vixx 🙂 8 vana bai submit kohlaifin 🙂 in sha allah miadhuge vaguthehgai kiyaalan libeyene
varah reethi…keep up the good work..looking forward to read more??
awwwn varah bodah shukuriyya jess 🙂 ! in sha allah i will try my best to keep up the good work 🙂 really means a lot to me 🙂
This part is also amazing. Can’t wait to read the next part. ?
Good luck ❤️
Stay safe ?
awwwn thanks kukkyy 🙂