އަށާވީސްވަނަބައި އައިނާ އެފޮތް ހުޅުވާލިއ އިރު ފުރަތަމަ ގަނޑުގައި ވެސް ވަނީ ހިޝާންގެ ނަން ހިތެއްގެ ތެރޭގައި ލިޔެފައެވެ. *** އޭގެ ތިރީގައި އައިނާ އާއި ހިޝާން ދެމީހުން ނަގާފައި އިން ދެލްފީ އެއް އިނެވެ. އެފޮޓޯގަނޑު އިނީ ދެފަޅިވެފައި އިން ހިތެއްގެ ތެރޭގައެވެ. ދެން އިން ޞަފްޙާ ތަކުގައި ހުރީ ހުސް ހިޝާން ދެކެ ވާލޯބި ބަޔާން ކޮށްފައި ހުރި އިބާރާތް ތަކެވެ. އައިނާ ގަލަމެއް ނެގިއެވެ. އޭގައި އެތަކެއް ވާހަކަ އެއް ލިޔުނެވެ. މިހައަހަރު […]
* އެކުދިންގެ ކުރިމަތީގައި މި ކުރިއަށް ދަނީ ލިޔުންތެރިއަކު ލިޔެގެން ކުޅެމުންދާ ފިލްމެއް ނޫނެވެ. އެއީ ހިތި ހަގީގަތެވެ. ދުނިޔޭގައި އެންމެ ހިތިކޮށް ހުންނަ ބޭހަށް ވުރެވެސް ހިތިކަންގަދަ އަސަރުގަދަކަމުން ލޮލުން ކަރުނަ އޮހޭވަރުގެ ހިތި ހަގީގަތެވެ. ޒައިލީންއަށް ވަރަށް ބޮޑަށް ވިސްނެމުން ދިޔައެވެ. ރަވިކާން ކެއެއްކަމަކު ރަވިކާންގެ ނަޒަރުން ޒައިލީންއެއް ނުނެއްޓެއެވެ. ހީވާ ކަހަލައެވެ. އެ ނަޒަރު ޒައިލީންގެ މޫނުން ދުރު ކޮއްލެވޭނީ ލޮލުގެ ފެނުން ދުއްވާލައިގެންނެވެ. ޒައިދާން އަދި އަލްޔާވެސް ކަމުން އެ މަންޒަރުތައް […]
ހަތާވީސްވަނަބައި ލޯކައިރީގައި އަނދުން އަޅާ ފަވާލައިފައި ހުރުމުން އިތުރަށް ނުރައްކާތެރި ކަމަށް ދައްކައެވެ. ހީވަނީ ބިރުވެރި މޭކަޕެއް ކޮށްލައިގެން ހުރިހެންނެވެ. މަގުމަތިން ދާހައި މީހަކު އޭނާ އާއި ދިމާއަށް ބަލާލަނީ ޖެހިލުންވެ ހުރެއެވެ. *** ގޭތެރެ އަށް ވަދެގެން އައި ހިޝާން ދިޔައީ ސިޓިންގ ރޫމްގައި ތިބި އެއްވެސް މީހަކަށް ބަލައި ނުލައެވެ. ލެޕްޓޮޕް ދަބަސް ކޮނޑުގައި އަޅުވައިގެން ދިޔައިރު ހީވަނީ މީހަކު އޭނަ އާއި ވާހަކަ ދައްކަފާނެތީވެ ދިޔަހެންނެވެ. ދައްކާނެ ވާހަކަ ވެސް އިނގޭނެއެވެ. ހިޝާން […]
” އާނ! އެފަދަ ދެވަނަ ބައްޕައެއް ދުވަހަކުވެސް ނާންނާނެ.. އަހަރެންގެ އުމުރުން އަށާރަ އަހަރުގައި ބައްޕައެއްގެ ލޯބި އިޙުސާސްވީ..އެއީ އަމީގެ ބައްޕަގެ ފަރާތުން… އަހަރެންގެ އަމިއްލަ ބައްޕަ ދުވަހަކުވެސް ލޯބިން އަހަރެންގައިގައި ފިރުމާފައެއް ނެތް.. ނުވިތާކަށް މަންމަ ދޫކޮށްދިޔަ ފަހުން ދިން އެއްޗެއްވެސް ނެތް.. މަންމަ ވަރަށް ޙާލުގައި އުޅެނިކޮށް މަންމަޔަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ އަމީގެ ބައްޕަ.. ނަމަވެސް މިހާރު މަންމަޔަށް އެކަމެއް ނުވިސްނޭ.. އަސްލު ބަހެއް ނުކިޔާ ހުއްޓަސް ވަރަށް ދެރަވޭ.. ބަހެއް ކިޔަސް […]
މުޅި ފަޒާގައި ވަނީ ބަންގީގެ އަޑު ގުގުމާލައިފައެވެ. އިއްޔަ ވީ ކަންތަށްތައް ހިތުން ފޮހެލައި އައުފެށުމެއް ފެށުމަށް ނިޔަތްގަނެގެން ހުރި ރީމް ނަމާދުކޮށް ހަދައިލައިގެން ނުކުތީ ބޭރު އުނދޯއްޔަށެވެ. އޭރު ގަޑިން ފަހެއްޖަހައިފިއެވެ. ތަނަށް އިރުގެ އަލިކަން ނޭޅޭއިރުވެސް ވަގުތުގެ ހިތްގައިމުކަން އިތުރުކޮށްދެނީ މާޙައުލުގައި ހިފާފައިވާ ތެތްފިނިކަމެވެ. ޖެހޭ ލުއި ވައި ރޯޅިތަށް ރީމްގެ ހަށިގަނޑުގައި ބީހިލާއިރު އޭނަގެ ހިތަށް ފިނިކަން ގެނެސްދެއެވެ. ރީމް އޭނާގެ ދެލޯމަރައިލީ ތަނުގެ ހިތްގައިމުކަން އިތުރަށް އިހުސާސްކޮށްލުމަށްޓަކައެވެ. މަޑުން މަޑުން ރީމް […]
***އެވަގުތަކީ އައިރީންއާއި އަލައިނާވެސް އައިސް ވަން ގަޑިއެވެ. “މަގޭދަރިފުޅު!!! ކިހިނެތްތަވީ؟” އަލައިނާ އެހެން އެހުމުން ކުރުގޮތަކަށް އައިހަމް ވީގޮތް ކިޔައިދިނެވެ. “މަންމާ!! މިހާރު އެމީހުންނަށް ހަޤީޤަތް ކިޔާދޭން ވެއްޖެއެންނުން..” އައިރީން ބުނެލިއެވެ. ” ކޮން ހަޤީޤަތެއް..” އައިހަމްއާއި އައިރާ އެކަކުއަނެކަކުގެ މޫނަށް ބަލައިލިއެވެ.. “އެކަމު..” އަލައިނާ ފަސްޖެހުނެވެ. “އެއީއެންމެ ރަނގަޅު ގޮތް..” އައިރީން ބުނެލިއެވެ.. އިވެންމިއުޅޭ ހަޤީޤަތް އަޑުއަހަން ކައިޔަންވެސް ހުރީ ބޭނުންވެފައެވެ.*** “އޯކޭ… އަޑުއަހާ… އެއީ މީގެ 25 އަހަރު ކުރިން… *** *** […]
ސައްބީސްވަނަބައި އަރިން އާއި އިސްރާ ކުރީސީޓައް އަރުވާފައި އަނީލް މިސްރާބުޖެހީ ޑްރައިވާ ސީޓަށެވެ. ކާރަށް އަރައި ހަމަ ޖެހިލައިފައި އެތިން މީހުން މިސްރާބު ޖެހީ އައިނާ ބަލައި އެއާޕޯޓަށެވެ. *** އެމީހުންނަށް ދެވުނުއިރު އެހެން އާއިލާ ތަކުގެ މީހުންތައްވެސް އެމީހުންގެ މީހުން ބަލައި އައިސް ތިއްބެވެ. މުޅި އެއާޕޯޓު އޮތީ ތޮއްޖެހިފައެވެ. ހިފާލައިފައިވަނީ އުފާވެރި ރާގެކެވެ. މީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލައެވެ. އަނީލްމެންވެސް އެތާގައި އިން ބެންޗެއްގައި އިށީނެވެ. އަނީލްގެ އުނގުގައި އަރިން އިނީ މުޅިމާޙައުލަށް […]
* އަލްޔާ ފުން ނަޒަރަކުން ޒައިދާންގެ ގާތުގައި ކޮންމެވެސް ކަމަކާއި ހުރެ ހޭން ހުރި ރަވިކާން އަށާއި ޒައިލީންއަށް ބަލާލިއެވެ. އަދި އެދެމީހުންނަށް ބަލަން ހުރި ހެއިލަންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކަށްވެސް އަލްޔާ ބަލާލިއެވެ. އަލްޔާއަށް ކަމެއް ދޭހަވިއެވެ. ހެއިލަންގެ ހިތުގައި ޒައިލީންއަށް ދެވިފައިވަނީ އާދައިގެ ދަރަޖައެއް ނޫންކަމެވެ. * ތޭންކް ގޯޑް.. ޒައި އޯކޭކަން..” ހެއިލަން އިތުރު ކޮއްލިއެވެ. “ދެން ބްރޯ.. ޒައިއަށް އެއްވެސް ކަހަލަ ގޮތެއް ހަދާފައެއް ނޫންދޯ ތިގެނައީ..؟” ޒައިދާން […]
ރަށު ވަލުތެރޭ ހުރި ކުޑަ ގޭދޮށުގައި މަލައިކާ އިށީނދެލައިގެން އެތާ އުދުހެމުން ދިޔަ ކުޑަކުޑަ ކޮކާލަކާ ސަމާސާ ކުރަން އިނެވެ. އެހެން އިން އިރު ދޭތެރެއަކުން އެއް ދިމާލަކަށް ނަޒަރު ހުއްޓައިލާ ގޮތުން މަލައިކާ އެއިނީ ވަރަށް ބޮޑު ކަމަކާ ފިކުރު ބޮޑުވެފައިކަން އިނގެއެވެ. މަލައިކާ އެ މަސައްކަތް ކުރަނީ ޒާޔާ ބަދުނާމު ކުރަން ޖަމީލާމެން އެ ކުޅޭ ކުޅިގަނޑަށް އެއްވެސް ކަހަލަ ކާމިޔާބީއެއް ނުލިބި ވާނެގޮތެއް ވޭތޯއެވެ. އޭނާ އެއްގޮތަކަށްވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ […]