ދެލޮލަށް ބޮނޑިވާން ފެށި ކަރުނަތައް ފައިބައިގަތީ އަހަރެންގެ އަތުގައި އޮތް ޑައިރީއަށެވެ.. އަހަރެން ކުރަން މިއުޅޭ ކަންތަކަކީ ރަނގަޅު ކަމެއްބާއޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ އަތުގައި އޮތް ގަލަން ނަގައި ޑައިރީގައި ލިޔަން ފެށިއިރު އަހަރެންގެ އަތް ތުރުތުރު އަޅައެވެ. އަހަރެން މާލެ އައީ އަހަރެންގެ މައިންބަފައިންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށެވެ. އަހަރެން ވަރަށް ފޮނި އުއްމީދުތަކެއް ކުރީމެވެ. ނަމަވެސް އެ އުންމީދުތައް ވިއްސިވިހާލިވެގެން ދާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. *** *** *** *** […]
(އަޅުގަނޑުގެ ވާހަކަ އަޕް ކުރުމުގައި ލަސްވި ކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. ކިޔެވުމުގެ ކަންކަން ހުރިގޮތުން ، އެކަމަށް ސަމާލުކަން ދިނުމުން ވާހަކަޔާއިގެން ކުރިޔަށް ދާނެ ވަގުތު އަޅުގަނޑަށް ނުވީއެވެ. އަޅުގަނޑުގެ ވާހަކަ އަޕް ނުކުރެވޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ، ކިޔުންތެރިންނާ ހިސާބަށް މިގެނެސްދެނީ 6 ވަނަ ބައި އަދި 7 ވަނަ ބައި އެއްކޮށެވެ. ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ. އަދިވެސް އެއްފަހަރު ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް […]
***އެވަގުތަކީ އައިރީންއާއި އަލައިނާވެސް އައިސް ވަން ގަޑިއެވެ. “މަގޭދަރިފުޅު!!! ކިހިނެތްތަވީ؟” އަލައިނާ އެހެން އެހުމުން ކުރުގޮތަކަށް އައިހަމް ވީގޮތް ކިޔައިދިނެވެ. “މަންމާ!! މިހާރު އެމީހުންނަށް ހަޤީޤަތް ކިޔާދޭން ވެއްޖެއެންނުން..” އައިރީން ބުނެލިއެވެ. ” ކޮން ހަޤީޤަތެއް..” އައިހަމްއާއި އައިރާ އެކަކުއަނެކަކުގެ މޫނަށް ބަލައިލިއެވެ.. “އެކަމު..” އަލައިނާ ފަސްޖެހުނެވެ. “އެއީއެންމެ ރަނގަޅު ގޮތް..” އައިރީން ބުނެލިއެވެ.. އިވެންމިއުޅޭ ހަޤީޤަތް އަޑުއަހަން ކައިޔަންވެސް ހުރީ ބޭނުންވެފައެވެ.*** “އޯކޭ… އަޑުއަހާ… އެއީ މީގެ 25 އަހަރު ކުރިން… *** *** […]
****”ނޯ ލައިސް.. އޮންލީދަ ޓުރޫތް…” އައިރާ އިންޒާރެއްދިނެވެ. “އޯކޭ ޕަންޕްކިން.. ހައުޑިޑްޔޫ ނޯ އައިވޯޒް ގޮނަލައި؟” އައިހަމް އަހައިލިއެވެ. ” އައިޖަސްޓް ނިއު….. ސޯ؟” އައިރާ އައިހަމް އާދިމާލަށް ބަލައިލިއެވެ. ” އައި ލައިކްޑް ހާރ..” އައިހަމް ބުނެލިއެއްޗަކުން އައިރާގެ ދެލޯބޮޑުވިއެވެ. “ވާޓް؟؟” އައިރާއަށް އެހެން އަހައިލެވުނީ ފުދޭވަރަކަށް ބާރަށެވެ.. ” ޝްޝްޝް…” އައިހަމް އައިރާގެ އަނގަމަތީ އަތްއެޅިއެވެ. ދެން އައިރާގެ އަނގަމަތިން އަތް ނައްޓާ ލުމަށްފަހު އައިރާ ގޮވައިގެން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. “ޔޫ ވަޓް؟” […]
***މަޑުމަޑުން ބާލީހެއްގައި ބައްދާލައިގެން އޮތް އައިރާއަށް ވިސްނެމުންދިޔައީ މިއަދު ފެނުނު ޒުވާނާއާ ދޭތެރޭގައެވެ. އެއީ “އޭނާ” އަށް ވެދާނެބާއެވެ؟ އެއީ ދަންނަ މީހެއްބާއެވެ؟ ހަމަގައިމުވެސް ކޮންމެވެސް ތާކުން ދުންހަނދާނެއްވެއެވެ. އަނެއްކާ އެއީ އޭނާއަށް ހީވާހީވުމެއްބާވައެވެ؟ އެފަދަ ހިޔާލްތަކެއްގައިއޮށްވާ އައިރާއަށް ނިދުނެވެ. ފެންވަރައިގެންނިކުމެ ލޯގަނޑުކުރިމަތީ ހުއްޓިލައިގެންހުރި ކައިޔަންގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. އެހިނިތުންވުމުން ނަގަންވީ މާނައެއްނޭނގުނުކަމުގައިވިޔަސް އެމޫނުމަތިވަނީ އުޖާލާވެފައެވެ. “އައިއެމް ކަމިންފޯ ޔޫ!!! ވެއިޓްފޯރ މީ!!”**** *** *** *** *** *** **** “އޭތް!!!އައިރާ… ތެދުވެބަލަ.. މިނިކުންނަނިއްޔޭކިޔާފަ ތިއޮތީ.. […]
*”ގާއިޒް..މީމަގޭ ބެސްޓީ ކައިޔަން.. އެން މީ ނައިލް،ހުޒާމް،ޒެންހާ،ސަރާ،މީޝަލް،ނޫރާ… ދެން މަގޭ ސިސް އައިރާ…” އައިހަމް އެންމެން ތަޢާރަފް ކޮށްދިނެވެ. ކައިޔަން ވަކިވަކީން ކޮންމެ މީހެއްގެ މޫނަށް ބަލައިލިއެވެ. އައިރާއާ ދިމާލަށްބަލަ ހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ނަމަވެސް މީހަކަށް ފެނުމުގެކުރިން އެހެންދިމާއަކަށް ނަޒަރު ހުއްޓާލިއެވެ.* *** *** *** *** “ނައިސްޓު މީޓް ޔޫއޯލް..” “ހޭގާއިޒް..ކޮންމެވެސް މީހަކު މަށަށް އައިރާ ގެޔަށް ލައިދީބަލަ.” އިރުކޮޅަކު އެންމެންނާ ވާހަކަ ދައްކަން ހުރެފައި އައިހަމް ބުނެލިއެވެ. “އޯކޭ. މަ ގެންގޮސް ދީފާނަން.” […]
ނޯޓް: ބައެއް ކިޔުންތެރިން އެދިލައްވާފައި ވާގޮތަށް އަޅުުގަނޑު މިހާރުވާނީ ވާހަކައިގެ ނަންބަދަލު ކޮށްލާފައެެވެ. ނަން ބަދަލުވިއެއްކަމަކު އަޅުގަނޑުގެ ވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.. **** **** **** ސުވިޒަލެންޑްގެ އީ.ޓީ.އެޗް ޒުރިޗް ޔުނިވާސިޓީގެ ތެރެއަށް ވަދެގެން އައި އަންހެން ކުއްޖާއަށް އެންމެންގެ ލޯތައް ހުރީ އަމާޒުވެފައެވެ. ބަލާބެލުމަށް 22 އަހަރަށްދާ މިޒުވާނާއަކީ ހަމުގެކުލަ އަލި ބުރުސޫރަ ރީތި ކުއްޖެކެވެ. ޤުދުރަތުން އޭނާއަށް ދެއްވާފައިވަނީ ދިގު އިސްކޮޅަކާއި ރީތި ހަށިގަނޑެކެވެ. އެކުއްޖާއަށް ބަލައިލުމުން މީހުންނަށް އެންމެ ފުރަތަމަ […]
ސުވިޒަލެންޑްގެ އީ.ޓީ.އެޗް ޒުރިޗް ޔުނިވާސިޓީގެ ތެރެއަށް ވަދެގެން އައި އަންހެން ކުއްޖާއަށް އެންމެންގެ ލޯތައް ހުރީ އަމާޒުވެފައެވެ. ބަލާބެލުމަށް 22 އަހަރަށްދާ މިޒުވާނާއަކީ ހަމުގެކުލަ އަލި ބުރުސޫރަ ރީތި ކުއްޖެކެވެ. ޤުދުރަތުން އޭނާއަށް ދެއްވާފައިވަނީ ދިގު އިސްކޮޅަކާއި ރީތި ހަށިގަނޑެކެވެ. އެކުއްޖާއަށް ބަލައިލުމުން މީހުންނަށް އެންމެ ފުރަތަމަ އަޅައި ގަންނާނީ އޭނާގެ އަޅިކުލައިގެ ރީތި ދެލޮލެވެ. އެދެލޮލުގައި މީހުންގެ ހިތްތަކާ ކުޅެލާކަހަލަ ސިހުރެއްވާކަހަލައެވެ. އުނަގަނޑާއި ހަމައަށް އަންނަ މުށިކުލައިގެ ދިގު އިސްތަށިގަނޑުގައިވަނީ ވޫލްކޮޅެއް އައްސާލާފައެވެ. އެއްވެސް ކަހަލަ […]