Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 18

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 15, 2020 9 Mins Read
98 Comments

* އެކުދިންގެ ކުރިމަތީގައި މި ކުރިއަށް ދަނީ ލިޔުންތެރިއަކު ލިޔެގެން ކުޅެމުންދާ ފިލްމެއް ނޫނެވެ. އެއީ ހިތި ހަގީގަތެވެ. ދުނިޔޭގައި އެންމެ ހިތިކޮށް ހުންނަ ބޭހަށް ވުރެވެސް ހިތިކަންގަދަ އަސަރުގަދަކަމުން ލޮލުން ކަރުނަ އޮހޭވަރުގެ ހިތި ހަގީގަތެވެ. ޒައިލީންއަށް ވަރަށް ބޮޑަށް ވިސްނެމުން ދިޔައެވެ. ރަވިކާން ކެއެއްކަމަކު ރަވިކާންގެ ނަޒަރުން ޒައިލީންއެއް ނުނެއްޓެއެވެ. ހީވާ ކަހަލައެވެ. އެ ނަޒަރު ޒައިލީންގެ މޫނުން ދުރު ކޮއްލެވޭނީ ލޮލުގެ ފެނުން ދުއްވާލައިގެންނެވެ. ޒައިދާން އަދި އަލްޔާވެސް ކަމުން އެ މަންޒަރުތައް ވަރަށް ގާތުން ބަލަމުން ދިޔައެވެ. *

ކައި ނިމުމުން ތަށިތައް ދޮންނަން ހަވާލުވީ އަލްޔާއެވެ. އަލްޔާ ސިންކް ކައިރީގައި ހުރެ ތައްޓަކަށްފަހު ތައްޓެއް ދޮންނަމުން ދިޔައެވެ. އަލްޔާއަށް އަނެއްކާވެސް މީހެއް އުޅޭހެން ހީވާން ފެށިއެވެ. ސިންކްގެ ގާތުގައި ހުރި ކުޑަދޮރުން އަލްޔާ ބޭރަށް ބޯ ދިއްކޮއްލީ މީހަކު ހުރިތޯ ޔަގީން ކުރުމަށެވެ. އަލްޔާއަށް ބޭރުތެރެ އަނދިރިކަމުން ފެންނަނީވެސް ކިރިޔާއެވެ. “ވަ.. ވަޓް..؟” އަލްޔާއަށް ގޭ ކުރިމަތީގައި ހުންނަ ގަހުގެ ކައިރިން އެއްޗެއް ހަރަކާތް ކޮށްލިހެން ހީވިއެވެ. ދެލޯ ރަނގަޅަށް އުނގުޅާލާފައި އަލްޔާ އަލުން އެދިމާލަށް ބަލާލިއެވެ. އަލްޔާގެ ލޮލުގައި އަޅައިގަތީ އެ ގޭގެ ވެރި މީހާއެވެ. އެގެ އެކުދިންނަށް އުޅެން ދިން ފިރިހެން މީހާއެވެ. އާނއެކެވެ. އެއީ ހަމަ އެ މުސްކުޅި ފިރިހެން މީހާއެވެ. އަލްޔާ ސްޕޮންޖްކޮޅު ނަގާފައި ތަށި ދޮންނަން ފަށަން އުޅެފައިވެސް ރަނގަޅަށް ވިސްނާލެވުނެވެ. “އެ މީހާ..” އަލްޔާ އަލުން ކުޑަދޮރުން ބޭރަށް ބަލާލިއެވެ. އޭރުވެސް އެމީހާ އެ ގަސްދޮށުގައި ހުއްޓެވެ. ހީވަނީ އެގެ ބަލަހައްޓަން ހަވާލު ކޮށްފައިވާ މީހާ ހެންނެވެ.

އަލްޔާއަށް ދެލޯ ބޮޑު ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އަނދިރީގެ ތެރެއަށް އެ ފިރިހެން މީހާގެ ދެލޯ ދިއްލެމުން ދިޔައެވެ. ހަމަ ހީވަނީ ރަވިކާންގެ ބުޅާ ދެލޯ ހެންނެވެ. ހިންދިރުވާލާފައި އަލްޔާ ތަށިތައް ދޮންނަން ފެއްޓިއެވެ. ޖެހުނު ބާރު ވައިރޯޅިއާއި އެކީގައި އަލްޔާއަށް ދެލޯ މަރާލެވުނެވެ. އަލްޔާ ލޯ ހުޅުވާލިއިރު ސިންކް ތެރޭގައި ކަޅުކުލައިގެ ފަތެއް އޮތެވެ. ގަތްބިރުން އަލްޔާއަށް އެ ފަތް ކުޑަދޮރުން ބޭރަށް އެއްލާލެވުނީއެވެ. އެ މުސްކުޅި ފިރިހެން މީހާއާއި ހެދި އަލްޔާއަށް އެކަނި ދެން ފިޔަވަޅެއްވެސް އަޅާކަށް ނުކެރޭނެއެވެ.

“އަލްޔާ..” އަލްޔާ ނައިސް ލަސްވެގެން ޒައިލީން ކޮޓަރިން ނުކުތެވެ. އެންމެ ހަތަރު ތަށި ދޮވެލެވޭހާ އިރު މިހާރު ވެދާނެއެވެ. ޒައިލީން ގޮސް ސިންކް ކައިރީ ހުއްޓުނެވެ. އޭރު އަލްޔާ ތަށި ދޮންނަނީއެވެ. ސްޕޮންޖް ކޮޅު ތަށީގައި އުނގުޅަމުން ދިޔައިރު އަލްޔާ ހީވަނީ އެއްޗެހި ދޮންނަން ޕްރޮގްރާމް ކޮށްފައިވާ ރޮބޮޓެއް ހެންނެވެ. ޒައިލީން އެއްބުމަ މައްޗަށް އަރުވާލިއެވެ. “އަލް..؟؟” ޒައިލީން އަލްޔާގެ މޫނު މަތީގައި މަޑުމަޑުން ޖަހާލިއެވެ. އަލްޔާ ސިއްސައިގެން ދިޔަވަރުން ތަށިވެސް ދޫވެގެން ސިންކުތެރެއަށް ވެއްޓުނެވެ. “އަލް.. މީ ޒައިއޭ.. ކިހިނެތްވީތަ..؟” ޒައިލީންއަށް އެހުނެވެ. ގައިމުވެސް އަލްޔާގެ މޫނު މަތިން ހީވަނީ ބިރުން ފިތް ކަނޑައިގެން ގޮސްފައި ހުރިހެންނެވެ. “ކަމެއްނުވޭ.. ޒައި ދޭ.. އަލްވެސް މި އަންނަނީ..” އަލްޔާ ބުނެލިއެވެ. ޒައިލީން ބޯ ޖަހާލާފައި އަނބުރާ ކޮޓަރިއަށް ދިޔައީ ހައިރާންވެ ހުރެއެވެ. އަލްޔާއަށް ކޮންމެވެސް ގޮތެއް ވެއްޖެކަން ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން ޒައިލީންއަށް އެނގިއްޖެއެވެ.

ޒައިލީންއަށް ސިޑިން މައްޗަށް އެރުނީ ތޭރަ މިނެޓް ތެރޭގައެވެ. އަދިވެސް ޒައިލީންގެ ބިރު ކެނޑޭގޮތެއް ނުވެއެވެ. އޭރު ޒައިލީން ނައިސް ލަސްވެގެން ރަވިކާން ސިޑިމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ.

“އިންސިކުއްޖާ ފައިދިގު މަކުނު ދެކެ ބިރުގަނޭ.. ސިޑިއެއްދެކެވެސް ބިރުގަނޭ.. ޔަގީން މިހާރު އަހަރެން ދެކެވެސް ބިރުގަންނާނެކަން..” ރަވިކާންއަށް ޖެއްސުން ނުކޮށްލައެއް ނުހުރެވުނެވެ. “ދެން..” ޒައިލީން ވަރަށް ބަލައިގެން ސިޑިން އަރަމުން ބުނެލިއެވެ. ތުން އަނބުރާލަމުންނެވެ. “ބުނެބަލަ..!! ބޫ..!!!” ރަވިކާން ކުއްލިއަކަށް ދެ ވަރަ ހުޅުވާލާފައި ހަޅޭއްލަވައިގަތެވެ. ސިޑިމަތީގައި ހުރި ޒައިލީން ދިޔައީ އެއްލިގެންނެވެ. އެ ލިބުނު ކުއްލި ޝޮކުން ޒައިލީން ސިޑިން ވެއްޓެން ދިޔައެވެ. ވެއްޓެން ދިޔަ ވަގުތު ޒައިލީންއަށް ހިފުނީ ރަވިކާންގެ ކުޑަވާ އިނގިލީގައެވެ. ”ހާސްނުވޭ އަހަރެންވެސް އެބަ އަންނަމޭ….” ލާނެތް ހިނިތުންވުމަކާއި އެކީގައި ރަވިކާން އެހެން ބުނެލުމުން ޒައިލީން ހަނދާނަށް އައީ ޖިންނިންގެ މާހައުލުން މި މާހައުލަށް އަންނަންވެގެން ރަވިކާން ޒައިލީން ވަޅަށް ވައްޓާލި މަތިންނެވެ. އެދުވަހުވެސް ޒައިލީންއަށް ހިފުނީ ރަވިކާންގެ ކުޑަވާ އިނގިލީގައެވެ. ދެންމެ ރަވިކާން އެ ބުނެލީ ވަޅަށް ވެއްޓުނު ވަގުތުވެސް ރަވިކާން ބުނެލި ޖުމްލަކަން ހަނދާނަށް އައުމުން ވެއްޓެން ދިޔައިރުވެސް ޒައިލީންއަށް އެއް މިޔަކަނަކަށް ހީނލެވުނެވެ. ރަވިކާން ހީނލާފައި ޒައިލީންގެ އަތުގައި ހިފާލިއެވެ. ދެމީހުން ސިޑިން ވެއްޓެން ދިޔައީ އެކީގައެވެ. ޒައިލީން ކިރިޔަ ކިރިޔާ ބިމުގައި ޖެހޭ ނުޖެހި އޮއްވާ ރަވިކާން ޒައިލީންގެ އުނަގަނޑުގައި އަތް އަޅުވާލިގޮތަށް އުދުއްސައިގަތެވެ.

ކޮޓަރިތައް ކުޑަވިޔަސް އެ ‘ސިޓިންގރޫމް’ ފުދޭވަރަކަށް ބޮޑުކަމުން ރަވިކާންއަށް އެތަނުގެ ތެރޭގައި އުދުހިލެވޭ ވަރުވެއެވެ. ޒައިލީން ގޮވައިގެން ރަވިކާން ދެ މިނެޓެއް ހާއިރު ވަންދެން އުދުހުނެވެ. އެހުރިހާ އިރަކުވެސް ޒައިލީން ހުރީ ހީނލަހީނލައެވެ. އުދުހެމުން ރަވިކާން ނިކަން ބޮޑަށް ހީނލާފައި ޒައިލީންގެ މޫނަށް ބަލާލިއެވެ. ޒައިލީންވެސް ހިނިތުންވެލާފައި ރަވިކާންގެ މޫނަށް ބަލާލިއެވެ. ޖިންނި މާހައުލުގައި އުޅުނު ޒައިލީން އާއި ރަވިކާން އާއި މިހާރު މިއުޅޭ ރަވިކާންއާއި ޒައިލީންއާއި އަޅާ ނުވެސް ކިޔޭނެއެވެ. އޭރު ރަވިކާންއާއި ޒައިލީންއަށް ރަނގަޅު އެންމެ ވާހަކައެއްވެސް ނުދެއްކޭނެއެވެ. އަބަދު ޒުވާބެވެ. ދެ ހަތުރުންނަށް ވެސް ދެމީހުން ދޫނުކުރާނެއެވެ. ނަމަވެސް މިހާރު ރަވިކާން އާއި ޒައިލީންގެ ދެމެދުގައި ވަނީ އާދަޔާޚިލާފް ގުޅުމެކެވެ. އެ ގުޅުމަށް ހަމައެކަނި ބޭނުންވާނީ ނަމެކެވެ.

ރަވިކާން ޒައިލީން ގޮވައިގެން އުޑަށް އެރިޔަސް މިހާރު ޒައިލީން ބިރެއް ނުގަންނާނެއެވެ. އުދުހިފައި އުޅުނަސް ރަވިކާން ގަސްތުގައި ޒައިލީންގެ ގައިން ދޫ ނުކޮށްލާނެކަން ޔަގީން ވާތީއެވެ. ހަމަ އެވަރަށް މިހާރު ޒައިލީންއަށް ވަނީ ރަވިކާންއަށް އިތުބާރު ކުރެވެން ފަށާފައެވެ.

ރަވިކާން ޒައިލީން ގޮވައިގެން ތިރިއަށް ފޭބިއެވެ. ރަވިކާންގެ ތުންފަތުގައި ކުޅެލާފައިވާ ހިނިތުންވުން ފެނިފައި ޒައިލީންގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އެ ހިނިތުންވުމަކީ ދުވަހަކުވެސް ރަވިކާންގެ ފަރާތުން ޒައިލީންއަށް ހަދިޔާ ކުރާނެކަމަށް ޒައިލީން ހީކުރި ފަދަ ހިނިތުންވުމެއް ނޫނެވެ. “އަހަރެން އޭރުވެސް ބުނީމެއްނު އިންސިކުއްޖާ އަދިވެސް އަހަރެން ދެކެ ބިރުގަންނާނެޔޭ…” ރަވިކާން ފަޚުރުވެރި ވެލާފައި ބުނެލިއެވެ. “އާނ ހުރެ ބަހައްޓާފައި ޖިންނިއެއް ހެން ޒައިއާއި ދިމާލަށް ބޫ އޭ ކިޔާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތީމައި ޒައި ވީ ހޭންތަ..؟” ޒައިލީން ހީނގަނެފައި އަހާލިއެވެ. “ބަލަ އަހަރެން މީ ޖިންނިއެކޭ.. އަހަރެން ކިހިނެތްތަ އިންސިއެއްހެން ހަޅޭއްލަވާނީ..؟” ރަވިކާންވެސް ކުރީ ރަނގަޅު ސުވާލެކެވެ.

“އަމްމްމް..” ޒައިލީންގެ އަނގަ ބަންދުވިއެވެ. އަނެއްކާވެސް ރަވިކާން ފަޚުރުވެރި ބެލުމެއް ހަދިޔާ ކޮށްލިއެވެ. ޒައިލީންއަށް އަމިއްލަ މޮޔަކަމަށް މަލާމާތް ކޮށްލެވުނެވެ. ރަވިކާން ކަޅިވެސް ޖަހާ ނުލާ ޒައިލީންގެ މޫނަށް ބަލަން ހުރިކަން ޒައިލީންއަށް ފާހަގަ ކުރެވުނީ އިރުކޮޅެއް ފަހުންނެވެ.

ކުއްލިއަކަށް ޒައިލީންއަށް މީހެއް އެ ދިމާލަށް އަންނަ އަޑު އިވުނެވެ. “ހޭ ހެއިލް.. މިރޭ ކޮންކަމެއްތަ އޮތީ..؟؟” ރަވިކާން މާ ވަރަކަށް ބަލާތީ ޒައިލީން ލަދުގަންނަގޮތްވުމުން އަވަހަށް ރަވިކާންގެ ގާތުން ދުރަށް ދާންވެގެން ޒައިލީން ދިޔައީ ހެއިލަންގެ ގާތަށެވެ. އެ މަންޒަރު ފެނިފައި ރަވިކާންއަށް އެންމެ އަވަހަށް އަތު ޖެހުނު ފެންފުޅިން ދެތިން ކޯވަރު އެއްނޭވައިން ބޯލެވުނެވެ.

“އަލް ލަސްވެގެން ތިރިއަށް ފޮނުވާލީ ޒައި.. ޒައި އަލް ގޮވައިގެން ނައީމައި ތިދެމީހުން ބަލާ ފޮނުވާލީ ރަވިކާން.. ތި ދެމީހުންނާއި އެކީގައި ރަވިކާން މައްޗަށް ނައިސްގެން ހެއިލްއަށް އެންމެފަހުން މިޖެހުނީ ތިރިއަށް ފައިބަން.. ޕިސްޕިސް.. މިތަނުގައި ޕާރޓީއެއް އޮތީތަ ޒައިމެން މައްޗަށް ނާރަންވެގެން ތި ހުންނަނީ..؟” ހެއިލަން އަހާލިއެވެ. ވަށްކަޅިން ރަވިކާންގެ މޫނަށް ބަލާލަމުންނެވެ. “އަލް ތަށިތައް ދޮވެފައި މި ދަނީ މައްޗަށް އަރަން.. އެކަމް ހެއިލް މާ އަޑުގަދަ ކޮށްލައިގެން އުޅޭތީ ވާނުވާ ބަލާލަން މިއައީ..” އަލްޔާ ވާހަކަ ދެއްކިގޮތުން ހީވީ ފުލުހެއް ހެންނެވެ. “ތި އެންމެން މައްޗަށް ނާރައިގެންނެއްނު ހެއިލް މި އައީ..” ހެއިލަން ބުނެލިއެވެ.

“އޭތް.. ތިއެންމެން ކީއްތަ ތިކުރަނީ..؟؟” ޒައިދާންގެ އަޑަށް އެންމެންވެސް ބަލާލިއެވެ. އޭރު ޒައިދާން ސިޑިން ފައިބައިފިއެވެ. “އަލްގަނޑު ނައިސްގެން ދިޔައީ ޒައި.. އަލްގަނޑާއި ޒައިކޮއްކި ނައިސްގެން ފޮނުވީ މިހިރަ ކެޓު… ސޮރީ، މި ބުނީ ރަވިކާންގެ ވާހަކަ.. އަލްގަނޑާއި ޒައިކޮއްކި ގޮވައިގެން ކެޓް މައްޗަށް ނައިސްގެން ދޮންބެ މި ފޮނުވީ ހެއިލް.. އެކަމަކު ހެއިލްވެސް ނައިސް ލަސްވެގެން ދޮންބެ މި ތިރިއަށް ފޭބީ.. ފައިބާފައި ބަލާލިއިރު ހީވީ ދޮންބެއަށް މި އާދެވުނީ ކްރައިމް ސީންއަކަށްހެން.. ތެދަށް ބުނޭ ކިހިނެތްވެގެންތަ މި އުޅެނީ..؟” ޒައިދާން ވާހަކަ ދެއްކީ އިސް ފުލުސް ހެންނެވެ. އެހެން ހިތަށް އެރުމުން ޒައިލީންއަށް ހެވިއްޖެއެވެ. “ޒައިދާންއެއްނު ތި އިންވެސްޓިގޭޓް ކުރަނީ.. އާދޭ މައްޗަށް އަރަން ދާން..” އަލްޔާ ބުނެލިއެވެ.

އެންމެންވެސް ދިޔައީ ފިރިހެން ކުދިންގެ ކޮޓަރިއަށެވެ. އެކިއެކި ވާހަކަ ދެއްކިއިރު އަލްޔާ އިނީ ހިމޭން ވެފައެވެ. އެހެންޏާ އެންމެ ވާހަކައިގައި ބައިވެރިވެލައިގެން އިންނަ އަލްޔާގެ އަނގަ ފަހާފައިވާ ފަދައެވެ. ޒައިދާންއަށް އެކަން ފާހަގަވިއެވެ. ނަމަވެސް އަލްޔާ ނުބުނަނީސް ނާހަން ނިންމައިގެން ޒައިދާން މަޖާ ކުރަން އިނެވެ.

ޒައިލީން ނިދަން ލާން އަތްދިގު ވަރަށް މަޑު އަޅިކުލައެއްގެ ޓީޝާޓަކާއި މަޑު ފިޔާތޮށި ކުލައިގެ ސޯޓް ކޮޅެއް ލައިގެން ފާޚާނާއަށް ގޮސް ދަތްއުނގުޅާ ހަދައިގެން އެނދަށް އެރިއެވެ. އޭރު އަލްޔާ އެނދުގައި ބަންޑުން އޮތެވެ. އަލްޔާ އިސްތަށިގަނޑު ނިއުޅާލައިގެން އޮތް ގޮތުން ޒައިލީންއަށް އަލްޔާ އެ ކުރަނީ ކޮން ކަމެއްކަން ސާފެއް ނުވިއެވެ. “އޭތް ޒައި.. އަލް..” ކުއްލިއަކަށް ޒައިދާން ދޮރު ހުޅުވާލުމުން އަލްޔާ ސިއްސައިގެން ގޮސްފައި ބަލާލިއެވެ. ”ގުޑް ނައިޓް…” ޒައިދާން ފެނުމުން އަލްޔާއަށް ވީގޮތް ފެނިފައި ޒައިދާން ފާޑަކަށް ބުނެލިއެވެ. އަލްޔާ އޮތީ ނޯޓްފޮތެއްގައި އެއްޗެއް ލިޔާށެވެ. ޒައިދާން ފެނި އަލްޔާ އަވަހަށް އެ ފޮތް ފޮރުވަން އުޅެގަތެވެ. ޒައިދާން ލޯ ހަނިކޮށްލިއެވެ. އެ ކޮޓަރީގެ ބޮކި ނިވާލާފައި ޒައިދާން އަނބުރާ އޭނާގެ ކޮޓަރިއަށް ދިޔައީ ހިތުގައި އެތައް ކަމެއް ރާވާލާފައެވެ.

އެނދުގައި އޮތް ޒައިލީންގެ ޚިޔާލުގައި ވަނީ އައުލްކީންއެވެ. މި ފާއިތުވީ ތޭވީސް ގަޑިއިރުގެ ތެރޭގައި އައުލްކީންގެ އިޝާރާތެއް ނައުމުން ޒައިލީން ވަނީ ނުތަނަވަސްވެފައެވެ. އައުލްކީންގެ ރޭވުމަކީ ކޮބާ ބާވައޭ ޒައިލީންގެ ހިތަށް އެރިއެވެ. އައުލްކީން އާއި ދޭތެރޭ ވިސްނަން އޮވެފައި ޒައިލީންގެ ހަނދާނަށް ރަވިކާން އައެވެ. “ރަވިކާން…” ޒައިލީންއަށް ހީނލެވުނެވެ.

ނިދަން އޮތް އަލްޔާއަށް އޮތީ ނުނިދިފައެވެ. ހީވަނީ ދެންމެދެންމޭން އެ މުސްކުޅި މީހާ ފެނިދާނެހެންނެވެ. ބިރު ގަތްވަރުން އަލްޔާ އޮތީ ޒައިލީންގެ ގާތުގައިވެސް އެވާހަކަ ބުނަން ނުކެރިފައެވެ.

ބޯ ދަށަށް އެއް އަތް ލައްވާލައިގެން އޮތް ރަވިކާންގެ ޚިޔާލުގައި ރަނިކަން ކުރަމުން ދިޔައީ ޒައިލީންއެވެ. “އިންސި ކުއްޖާ އަކީ އަހަރެންގެ ކާކުތަ މާވަރަކަށް އަހަރެން މި އިންސި ކުއްޖާގެ މަތިން ހަނދާން ވަނީ..؟” ރަވިކާން އޮތްގޮތަށް އޮވެ ބޯހޫރާލި ގޮތުން ހީވަނީ ޒައިލީންގެ ޚިޔާލުތައް ސިކުނޑިން ބޭރަށް ފޮޅާލަން އުޅުނުހެންނެވެ.

“މާމަ..” ރޯޒްލީމެންގެ ހިތާމަވެރި ވަކިވުމަށްފަހު ހެއިލަން މެލޭޝިޔާގައި ހުރި މާމަގެ މަތިން ހަނދާން ވީވެސް އަދި ކިރިޔާއެވެ. މާމަގެ މަތިން ހެއިލަން ހަނދާންވީވެސް މާމަ މެލޭޝިޔާއަށް ދިޔުމުގެ ކުރިން ހެއިލަންއަށް ހަދިޔާ ކުރި ކެވެލިކޮޅު ފެނުމުންނެވެ. މާމައަށް މާމަގެ ލޯބިވާ ދަރިފުޅާއި ހެއިލަން ފިޔަވާ ހުރި މާމަ ދަރިންކޮޅު ދުނިޔެ ދޫކޮށްދިޔަ ހަބަރު ދޭނީވެސް ކިހިނަކުން ހެއްޔެވެ.؟ ހެއިލަންއަށް މާމަ އާއި ޒައިލީން އާއި ދޭތެރޭ ވިސްނެމުން ދިޔައެވެ.

“ޔަގީން އެނޯޓްފޮތް ވާނީ އަލްޔާގެ ޑައިރީއަށް ކަން… މާދަމާ އެ ފޮތް ކިޔާލާނަން..!” އެހެން އެންމެން ސީރިއަސް ކަންކަމާއި ދޭތެރޭ ވިސްނަމުން ދިޔައިރު ޒައިދާން މި ދިޔައީ ނުލަފާ ޕްލޭނެއް ފުރިހަމަ ކުރަމުންނެވެ. “ހަހަ.. އަލްގަނޑޫ..!! ލެޓްސް ސީ ވަޓް ޔޫ އާރ ހައިޑިންގ..” ޒައިދާން ހުރީ ނުގުޑާ އަޒުމެއްގެ މަތީގައެވެ.

ހެނދުނުގެ ސައިގަޑިއެވެ. ގަނެފައިވާ ޕާނާއި އެހެން ސާމާނު ބޭނުންކޮށްގެން ޒައިލީން އާއި އަލްޔާ ސޭންޑްވިޗް ހަދައިދިނެވެ. ކޮފީ ވެސް ރަވިކާންއަކަށް ކަމަކު ނުދެއެވެ. ރަވިކާން ބޮނީ ހުސް ފެނެވެ. ނަމަވެސް ރަވިކާން ސޭންޑްވިޗް ވެސް ކެއެވެ. “ފެން ފެން.. ހުސް ފެން.. ފެންބޯބެ ހާދަހާ ހެލްދީއޭ..” ޒައިދާން ކޮފީތަށި ބޮއި ހުސްކޮށްލަމުން ބުނެލިއެވެ. ރަވިކާން ލޯ އަޅާލާފައި ފެން ބުއިމައިގެން ކުރިއަށް ދިޔައެވެ. ޒައިލީންވެސް ހުރީ ހައިރާންވެފައެވެ. ރަވިކާން ނޫނީ ފެނަށް އެހާ ލޯބި ޖެހިފައިވާ މީހަކާއި ޒައިލީންގެ މުޅި ހަޔާތުންވެސް އަދި ދިމާވެފައެއް ނުވެއެވެ.

“އޯކޭ.. ނިމުނީތަ..؟ ޕްރެކްޓިސްކުރާ ވަގުތު ޖެހެނީއޭ..” ތެދުވަމުން ޒައިދާން ބުނެލިއެވެ. ކޮން.. ކޮން ޕްރެކްޓިސްއެއް..؟” އަލްޔާ އަހާލިއެވެ. “ސާބަސް.. އިއްޔެރޭ އަލް ހުރީ ކީއްވެފައިތަ..؟” އިރުކޮޅަކުން ހެއިލްގެ އެކުވެރިޔާ އަންނާނެ މިޔުޒިކް އިންސްޓްރޫމެންޓްސް ހިފައިގެން މިކޮޅަށް.. ދެން ސްޓްރީޓް ޝޯވްއަށް ޕްރެކްޓިސް ކުރަން ފަށަންވީ..” ޒައިދާން އިއްޔެ ރޭ އެމީހުން ދެއްކި ވާހަކަތައް އަލްޔާއަށް ކިޔައިދިނެވެ.
”އޯކޭ.. ކޮން ލަވައެއް ކިޔާނީ..؟ ދޮންބެ ބުނާނީ އަލީ ގޭޓީގެ ލަވައެއް ކިޔާށޭ..” ޒައިދާން ބުނެލިއެވެ. “ނޯ އަލް ބޭނުމީ ބީޓީއެސް ލަވައެއް ކިޔަން..” އަލްޔާ ކުސްތަޅާލިއެވެ. “ޒައި ބޭނުމީ ޒޭން މަލިކްގެ ލަވައެއް..” ޒައިލީން އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

“އޭ.. ހެއިލްއަށް ހެޔޮ ކޮންމެ ލަވައަކަށް ވިޔަސް..” ހެއިލަން އޭނާގެ މައްސަލައެއް ނެތްކަމަށް ބުނެލިއެވެ. ރަވިކާންވެސް ބޯ ޖަހާލައިފިއެވެ. ހެއިލަންއާއި އެއްބަސްވާން ވެގެންނެވެ. ޒައިލީންގެ ގާތަށް އައީ ޒާތެއްގެ ހިންޏެކެވެ. އެހެންޏާ ރަވިކާން މިއީ އެކި ކަންކަމާއި ދޭތެރޭ ސުވާލު އުފެދިފައި ހުންނަ މީހާއެވެ. މިއަދު އެވީ ކިހިނެތް ހެއްޔެވެ.؟ “އިއްޔެރޭ ދޮންބެގެ ފޯނުން ރަވިކާން ހުރިހާއިރަކުވެސް ޔޫޓިއުބް ބެލީ..” ޒައިދާން އެހެން ބުނެލުމުން ޒައިލީން ހައިރާންވެފައި ބަލާލިއެވެ. “ކިހިނެތް ވައިފައި ލިބުނީ..؟” ޒައިލީން އަހާލިއެވެ. “ދޮންބެގެ މޮޑެމް އިން.. އިއްޔެ ޒައި ކެޓްބްރޯއަށް ލަވަ ކިޔަން އެނގޭތޯ ބަލަންވެގެން ޔޫޓިއުބްވެސް ސާރޗް ކުރީމެއްނު ދޯ..؟” ޒައިދާން އެހެން ބުނެލުމުން ޒައިލީންއަށް ބޯ ކަހާލެވުނެވެ. މޮޑެމްއާއި އޮޓޯ ކަނެކްޓް ވާގޮތަށް ހަދާފައިވާތީ ޒައިލީންއަށްވެސް ކުރިން އެކަން ނުވިސްނުނީއެވެ.

“ރޭ ރަވިކާން ބެލި ކަންނޭނގޭ ރިލީސްކޮށްފައިވާ ހުރިހާ ލަވައެއް.. މިހާރު ރަވިކާން ޒައިއަށް ވުރެ ވެސް ޕްރޯ ވާނެ..” ޒައިދާން ހިނިގަނޑެއް ޖަހާލާފައި ރަވިކާންގެ ކޮނޑުގައި ޖަހާލިއެވެ. ރައްދުގައި ރަވިކާން ދެތިން ފަހަރަކު ބުމަ އަރުވާލީ ފޮނި ދައްކާލަންވެގެންނެވެ.

އެންމެންގެވެސް ޚިޔާލު ތަފާތުކަމުން އެންމެ ފަހުން ނިންމުނީ ގުރުއަތުލުމަށެވެ. ހޮވުނީ ޒައިލީން ދިން ލަވައެވެ. ޒޭން މަލިކްގެ ހޯލް ނިއު ވޯލްޑް ކިޔުމަށެވެ. އިރުކޮޅެއް ނުވަނީސް ހެއިލަންގެ އެކުވެރިޔާ އައިސްފިއެވެ. އެހާ ފަސޭހައިން ހެއިލަންގެ އެކުވެރިޔާ އެ އިންސްޓްރޫމެންޓްތައް ގެނައުމުން ހެއިލަން އެ ކުއްޖާއަށް ޝުކުރު އަދާކުރިއެވެ. “މޭން މިއީ އެލްކެޓްރާ ޓައުންއޭ.. މިފަދަ ކަމެއްވެސް ބާއްވާނީ ހާލަކުން ފަހަރަކު.. ދެން ހެއިލްމެން ސްޓްރީޓް ޝޯވް ބާއްވަންޏާ މަށަށް އެހީ ނުވެ ނުހުރެވޭނެ..” އެ ފިރިހެން ކުއްޖާގެ އެއްބާރުލުމަށް އަދިވެސް އެއްފަހަރު ހެއިލަން ޝުކުރު އަދާކުރިއެވެ.

“ބަހާލަމާ..؟؟” ޒައިދާން އެހެން ބުނެލީ ލަވަ ކިޔާނެ މީހުންނާއި އެންމެންނަށް އިންސްޓްރޫމެންޓްތައް ބަހާލުމަށެވެ. ޒައިދާން އާއި އަލްޔާ އެއްބަސްވީ ރަވިކާންއާއި ޒައިލީން ލަވަކިޔަން ލުމަށެވެ. ހެއިލަން ދެކޮޅުވާން ބޭނުންވިޔެއްކަމަކު ހަނުހުރީއެވެ. ޒައިލީން އުފާވިއެއް ކަމަކު ހިތުގައި ނުތަނަވަސްކަންވެސް އުފެދިފައިވެއެވެ. ރަވިކާންއަށް ބަލާލެވިއްޖެނަމަ ފަހަރެއްގައި ނުބައިކޮށް ލަވަ ކިއިދާނެތީއެވެ. ގިޓާރ ކުޅެން ހަވާލުވީ ހެއިލަންއެވެ. އަލްޔާއަށް ޕިއާނޯ ކުޅެންދީފައި ޒައިދާން ނެގީ ޑްރަމްސް ކުޅުމުގެ މޮޅު ރޯލެވެ. އިންސްޓްރޫމެންޓްތައް ހަމަވުމުން ޕްރެކްޓިސްފެށިއެވެ.

ޕްރެކްޓިސް ދިޔައީ އޮމާންކަމާއިއެކީގައެވެ. ނަމަވެސް ޒައިލީންގެ ލަވަ ކިޔުމުގައި ފުދޭވަރަކަށް މައްސަލަ ޖެހެމުން ދިޔައެވެ. ޒައިދާން ބުނިގޮތުގައި އެލަވަ އަކީ އަސަރުގަދަ ކޮއްގެން ބެލުންތެރިންގެ ހިތްތައް ގުޑުވާލުމުގެ ނިޔަތުގައި ދެމީހުން ދެމީހުންނަށް ބަލަމުން ކިޔާ ކިޔާލަވައަކަށް ވެއްޖެނަމަ ލިބޭ ތަރުހީބު އިތުރުވާނެއެވެ. އަލްޔާ ރަވިކާން އާއި ޒައިލީންގެ ގާތުގައި އެކަކު އަނެކަކުގެ މޫނަށް ބަލަމުން ލަވަ ކިޔާށޭ ބުނުމުން ޒައިލީންގެ ދޫއޮޅެން ފެށީއެވެ. އެއްފަހަރު ހެވޭނަމަ އަނެއް ފަހަރު ޒައިލީންއަށް ނުބައި ބަޔެއް ކިޔެއެވެ. ނޫނީ ބަސް އޮޅުވާލެވެއެވެ. ޒައިލީން ރަވިކާންއާއި ހަތަރުކަޅި ހަމަކުރަން އެބަޖެހެއެވެ. ލަވައަށް އޮޅުން އެރުމުގެ އަސްލަކީ އެޔެވެ. “ޒައި.. ޒައި ސިންގިންގ ރޯލް އެކްސްޗޭންޖު ކުރަން ބޭނުމިއްޔާ އަލް ބަދަލުވެފާނަން..” އަލްޔާ ބުނެލިއެވެ. ”އޭތް..!! ނޫން..” ޒައިދާންއަށާއި ޒައިލީންއަށް އެހެން ބުނެވުނީ އެއްފަހަރާއެވެ. އެއްކޮޅުން ޒައިދާން ބޭނުންވެފައިވަނީ އަލްޔާގެ ގާތުގައި ހުރުމަށެވެ. އަނެއްކޮޅުން ޒައިލީންއަށް ރަވިކާންއާއި އަލްޔާ ލަވަކިޔާ ތަން ބަލާކަށް ކުޅަދާނައެއް ނުވާނެއެވެ. އަލްޔާ ގޮވައިގެން ރަވިކާން ނަށާލި ރޭގަނޑުގައި ވެސް އޭނާ އަށް ވީވަރުން އެއީ ހިތްނަގާ ފަޅާލުމަށްވުރެ ވޭންއަޅާކަމެއް ކަން ޒައިލީންއަށް އެނގެއެވެ.

ޒައިލީން ދެބަސްވާނެކަން ޔަގީންވެ ހުއްޓާ ޒައިދާންގެ ފަރާތުން ނޫނެކޭ ބުނިއަޑު އިވުމުން އަލްޔާއަށް ސިހުމެއް ލިބުނެވެ. “މިބުނީ އަސްލު.. ޒައިއަކަށް ނޭނގޭނެ ޕިޔާނޯ ކުޅޭކަށް..” ޒައިދާން ބުނެލިއެވެ. ޒައިދާންއަށް ބުނެވުނީ ކީކޭކަން ރޭކާލީ އެ ޖުމްލަ ބޭރުވި ފަހުންނެވެ. ޒައިލީންއަކީ ޕިޔާނޯ ކުޅެން ނުލާހިކު މޮޅު ކުއްޖެއްކަން އެނގިހުރެވެސް އެ ހެދުނީ ބޮޑު ދޮގެކެވެ. “އޭނ..؟ ދޮންބެއަށް އެނގޭނު..” ޒައިލީންއަށް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ ޒައިދާން ޒައިލީންގެ ފަލަމަސްގަނޑުގައި ވިކައިގަތުމުންނެވެ. ޒައިދާންގެ ހަގީގީ މަގުސަދު އެނގިގެން ޒައިލީންއަށް ހިނިތުންވެވުނެވެ. “ހޫމް.. ދޮންބޭ.. ތިހާ މަޖާކުރަން ނޫޅުނަސް ދޮންބެ ޖޯކުޖަހަން މޮޅުކަން އެނގޭ..” ޒައިލީން އެއްލޯމަރާލަމުން ހީލާފައި ބުނެލިއެވެ. ޒައިދާން ފުންނޭވާއެއް ދޫކޮއްލިއެވެ.

“އޯވްހް.. ދެން ޒައިދާން..” އަލްޔާ ހީގަނެފައި ޕިޔާނޯ ކުޅެން ފެށިއެވެ. ޒައިލީންއަށް އެންމެ ފަހުން ނިންމުނީ ރަނގަޅަށް ލަވަ ކިޔުމަށެވެ. ގާތްގަނޑަކަށް އޭނާގެ ހިތުގައިވާ އިހުސާސްތަކާއި އެ ލަވައާއި ގުޅެއެވެ. އޭނާގެ ހިތުގައިވާހަ އެއްޗެއް ލަވައެއްގެ ގޮތުގައި ބޭރުކޮއްލީމައި އެ ނިމުނީއެވެ. ރަވިކާންއަށް ޝައްކު ނުކުރެވޭނެކަން ހިތުގައި ބާއްވައިގެން ޒައިލީން މައިކު ނަގާ ތައްޔާރުވެލިއެވެ.

އެގޮތަށް ލަވަ ކިޔަން ފެށުމުން ޒައިލީންއަށް ލުއިވިއެވެ. އަނެއްކޮޅުން މިޔުޒިކް ދަމުން ދިޔަ ގޮތްވެސް ވަރަށް ރީއްޗެވެ. ރަވިކާންވެސް ނުހަނު ހަމަޖެހިލައިގެން ހުރެ ލަވަކިޔަމުން ދިޔައެވެ. މެންދުރު ނަމާދަށް ޕްރެކްޓިސް ނިންމާލެވުނުއިރު އެންމެންވެސް ހުރީ ޕްރެކްޓިސް ދިޔަގޮތާއި ދޭތެރޭ ނުހަނު ހިތްހަމަޖެހިފައެވެ. ޒައިލީން ނަމާދު ކޮށްގެން ފެންފޮދެއް ބޯލަން ނުކުތްއިރު ރަވިކާންގެ އަޑުއިވުނެވެ. އެކަނި މާއެކަނި ސިންކްގެ ކައިރީ ހުރި ގޮނޑިއެއްގައި އިށީނދެގެން ރަވިކާން އިނީ ވީ ގެ އިޔުރޯފިއާ ވާރޝަން ކިޔާށެވެ. ރަވިކާން ކިޔާލެއް އަސަރުގަދަކަމާއި ރީތިކަމުން ހީވަނީ ކިމް ޓައެހިޔަންގް ގެ ކުޑަ ވާރޝަންއެއް ހެންނެވެ. ޒައިލީން ހިނިއައިސްފައި ގޮސް ހެޑްސެޓް ޖަހައިގެން އިން ރަވިކާންގެ ގާތު ހުއްޓި ސްނެޕް ހުޅުވާލިއެވެ. އަދި ރަވިކާންގެ ކުރިމަތީ ހުއްޓި ސްނެޕް ކޮށްލިއެވެ. ބުޅާ ދެ ކަންފަތަށް ހެޑްސެޓް ޖަހައިގެން އިން ރަވިކާން ޖަހަނީ ލޯބި ވައްތަރެކެވެ.

ޒައިލީންމެންގެ ކޮޓަރީގެ ދޮރު ހިންމިއަކަށް ހުޅުވާފައިވާތީ ޒައިދާން މަޑުމަޑުން ގޮސް އެތެރެއަށް ބޯ ދިއްކޮއްލިއެވެ. އޭރު އަލްޔާ އިނީ އެނދުގައި އިށީނދެ ދޮރަށް ފުރަގަސްދީގެންނެވެ. އަތަށް ގެންނަމުން ދާ އިޝާރާތް ތަކުން ލިޔަނީކަން ޔަގީންވިއެވެ. ޒައިދާން އަލްޔާއަށް ހިލަމެއް ނުވާނެހެން ގޮސް އަލްޔާ އެ ލިޔަމުން ގެންދާ އެއްޗެއް ފެނޭތޯ ބެއްޔެވެ. އަލްޔާ ލިޔެ ނިންމާފައިވާ ގަނޑަށް ޒައިދާން ބަލާލިއެވެ. އެގަނޑުގައި ވަނީ ކުޑަ ތިނެސްކަން ބައްޓަމެއް ކުރަހާފައެވެ. “ޓްރޭންގަލްއެއްތަ ނޫނީ ބަޖިޔާއެއްތަ..؟” ޒައިދާންއަށް ހިތާހިތުން އަހާލެވުނެވެ. “ޑައިރީއެއްނޫން ދޯ މި އަލްގަނޑު މި ލިޔަނީ..؟” ޒައިދާން ކުރިއަށް ވުރެ ބޮޑަށް ޝައުގުވެރިވިއެވެ.

މައްޗަށް އިން ކަނުގައި ވަނީ ޒެޑް އަކުރެއް ޖަހާލާފައެވެ. ތިރިން ކަނާތަށް އިން ކަނުގައި އާރް އަކުރެއް ޖަހާލާފައިވާއިރު ދެން ބާކީ އިން ކަނުގައި އެޗް އަކުރެއް އަލްޔާ ޖަހާލާފައި ވެއެވެ. ”އަލް ކޮން ކަމެއް މި ކުރަނީ..؟ ސްކޫލަށް ނުދާއިރުވެސް މި ހަމަޖެހިގެން ކިޔަވަނީތަ..؟” ޒައިދާންގެ ގާތަށް ލާނެތް ހިންޏެއް އައެވެ. އޭގެ ތިރީގައި ރަވިކާންގެ ނަންނަ ޖަހާލާފައި ވެއެވެ. “ރަވިކާން ޖެލަސްވަންޏާ ފެން ބޯހިތްވާނެ…” ރަވިކާންގެ ނަމުގެ ގާތުގައި އަލްޔާ ޖަހާލާފައި ވެއެވެ. ދެން އޮތީ ހެއިލަންގެ ނަމެވެ. “ހެއިލް ޖެލަސް ވަންޏާ ހުންނާނީ ދުރު ބަލަން އަދި ގޮށް މުއްކަވައިގެން..” އަލްޔާ ހެއިލަންގެ ނަމުގެ ގާތުގައި ލިޔެފައިވަނީ އެހެންނެވެ. އެ ދެ ނަމުގެ މެދުގައި ޒައިލީންގެ ނަން ލިޔެލާފައި ވާއިރު އަލްޔާ ޓެސްޓެއް ހަދާ ފަދައިން ފަރުވާތެރިކަމާއެކީ އެ ލިޔަމުން ދިޔައީ ކޮން އެއްޗެއްކަން ޒައިދާންއަށް ރޭކާލިއެވެ.

އަލްޔާ އެވަގުތު ކުރަހަމުން ދިޔައީ ހިތެކެވެ. އެ ހިތުގެ މެދުގައި އަލްޔާ ބޮޑު އަކުރުން އޭ އަކުރެއް އަޅާލާފައިވެއެވެ. މިހާރު އަލްޔާ އެ ކުރަހަމުން ގެންދިޔައީ އެ އަކުރާއި ޖެހިގެން ލިޔާ ދެވަނަ އަކުރެވެ. ޒައިދާން ހިނިގަނޑެއް ޖަހާލާފައި އަލްޔާގެ އަތުން އެ ނޯޓްފޮތް ދަމައިގަނެފައި ދުއްވައިގަތީ ބޭރަށް ނުކުންނާށެވެ. އަލްޔާވެސް ހަޅޭއްލަވަމުން ބޭރަށް ނުކުތެވެ. ޒައިދާންއަށް އޭނާގެ ސިއްރުފޮތުން ބައެއް އެނގޭކަށް އަލްޔާ ބޭނުމެއް ނުވެއެވެ.

އޭރު ޒައިލީން އާއި ހެއިލަންގެ އިތުރުން ރަވިކާން ކޮންމެވެސް ވާހަކައެއް ދައްކަން އިނެވެ. ހެއިލަން އާއި ރަވިކާންގެ ލޮލުން ވާދަވެރިކަން ނުފެންނަނީ ޒައިލީންއަށް އެކަންޏެވެ. ގޭތެރޭގެ ހަލަބޮލިކަން ނަގާލީ މީހަކު އެތެރެއަށް ވަނުމުންނެވެ. ވާހަކަ ދައްކަން އިން ހެއިލަން ޒައިލީން އަދި ރަވިކާންއަށް އެ ދިމާލަށް ބަލާލެވުނެވެ. ބޮކްސިންގ މެޗަކަށް އަރާ ހުރި ޒައިދާން އަދި އަލްޔާވެސް ތަޅާފޮޅުން ހުއްޓާލާފައި އެ ދިމާލަށް ބަލާލިއެވެ.

އެއީ އެއްކަލަ މުސްކުޅި ފިރިހެން މީހާއެވެ. އަލްޔާގެ ގައިން ހީބިހި ނަގައިގަތީ އިއްޔެރޭގެ މަންޒަރު ހަނދާން ވުމުންނެވެ. އަލްޔާ އެއްޗެކޭ ބުނަން އުޅެފައިވެސް ނުބުނީ ބިރުން ގޮސް ހޭހުއްޓިދާނެހެން ހީވާތީއެވެ. އެކަކުވެސް ބަހެއް ނުބުނެ ދެމިނެޓްވަރު ހިނގައިފިއެވެ. ކުއްލިއަކަށް އެމީހާ ޒައިލީންމެންގެ ގާތަށް އަންނަން ފެށިއެވެ. އެމީހާ ގޮސް މަޑުކޮށްލީ ޒައިލީންގެ ކުރިމަތީގައެވެ. “ސަވާނާ..” އެމުސްކުޅި މީހާގެ ދުލުން ބޭރުވި ނަން އަހާފައި ޒައިލީންގެ ބޮލުގައި ޖެހުނީ ސުވާލުމާކެކެވެ. ޒައިލީން އެ މީހާ އާއި ސުވާލު ކުރަން ކުރިއަށް އަޅާލި ފިޔަވަޅު މަޑު ޖައްސާލަން ޖެހުނީ އެ މީހާ ފެންކަޅިވެފައި ހުރި ކަން ފާހަގަ ވުމުންނެވެ.

“ސަވާނާ..” މިފަހަރު އެމީހާ އެހެން ބުނެލިއިރު އަޑުގައި ތުރުތުރު އެޅުމެއް ވިއެވެ. “ތިއީ ކާކު..؟؟” ދެން އިވުނީ ރަވިކާންގެ އަޑެވެ. އެ އަޑުގައި ރުޅިވެރިކަން އެކުލެވިފައިވެއެވެ. ރަވިކާން ސީރިއަސްވީ ކަން އެނގުމުން ޒައިލީންއަށް ރަވިކާންގެ އަތުގައި ހިފާއްޓާލެވުނެވެ. އޭރުވެސް ޒައިލީންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ޒައިލީންއަށް އިސްއުފުލާ ބަލާލެވުނީ ރަވިކާން ސުވާލު ތަކުރާރު ކުރުމުންނެވެ. ޒައިލީންއަށް އެމީހާގެ ދެލޯ ފާހަގަވިއެވެ. ވޭނީ ކަރުނައިން ފުރިފައިވާ ރީނދޫ ކުލައިގެ ދެލޮލެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..24

Next

އައިނާ (2) 28

Next
August 15, 2020

އައިނާ (2) 28

Previews
August 15, 2020

ލޯބިވެރިއެއް ތިނޫނީ މަށެއް ނޭދެމޭ..24

98 Comments!

  1. Eekko 11 says:
    August 15, 2020 at 7:28 pm

    Awesome mi part vx …. Alheyyyyy ….. Savaanaa eii kaaku baa??? Well…. Curiosly waiting for next part …… Tc dear …… lyssssm darling

    1. yooon yooon says:
      August 16, 2020 at 11:37 am

      Awwn thank You so much Eekko 11 ????? Lets see dhww who she is ?? keep waiting ingeii ??? insha allah mirey part 19 submit kollanan ?? Aww Love u more Eekko dear ? you take care too dearlss ??? stay safe

  2. Een says:
    August 15, 2020 at 8:11 pm

    Maashaa Allah this part is also vvvvvvvvv nice????
    Xaii and ravikaan ge parts thah haadha cute ey….♥️♥️
    Curiously waiting for the next part♥️♥️♥️♥️♥️
    Lots and lots of love and tgc?????
    Stay home and stay safe ??????
    My fav author ♥️♥️♥️♥️♥️

    1. yooon yooon says:
      August 16, 2020 at 11:40 am

      Alheii thank u so much Een dearlss ????? awww glad you like it ?? Keep waiting dear insha allah won’t be long ??? Lots of more love frm yoon to you Een ?✨? You stay safe too dearlss ??? Awwnn Take good care Een, One of the sweetest gurl i knw ???

  3. ?#BLOSSOM#? says:
    August 15, 2020 at 8:40 pm

    sis mi prt ves vrh vrh vrh habeys..
    enme fahun aal ah ravikaan n heil ge kanthahves ingunee dhw..?
    hama jealous vumuga mikudhin vareh hama nethey dhw..?
    ravikaan and xaii ge prts vrh vrh cute..
    anyway who’s this savaanaa.??
    wonder who that is..
    stay safe and sound
    take care gey sissssoooo
    lov u a lotss

    1. yooon yooon says:
      August 16, 2020 at 11:44 am

      Aheii thank u so much Blossom sissy ??? yeshh alya ah engijje dhww ?? yea jealous wumun world record eh hadhaane dhww ??? Awwn happy you like ❤xaikan❤ dearlss ??? Lets see dhw who savannah is ?? you stay safe too blossom sissy ?? Love u more n more dealrss ????? you take care too

  4. Starlight vixx says:
    August 15, 2020 at 8:40 pm

    varah reethi mi part ves curiously waiting for the next part

    1. yooon yooon says:
      August 16, 2020 at 11:46 am

      Thnxxiess Starlight vixx ????? keep waitin dearlss ??? insha allah mirey nxt part yoon submit kollanan ?? take care

  5. ?Ril? says:
    August 15, 2020 at 9:28 pm

    Wow Masha Allah mi part ves vrh furihama amazing????????
    Speecless vehje Hama?????
    Aley faharaku meehe stuck eree dhw thireegaa ??
    Furathama zaileen dhen ravikaan and heyl and fainally zaidhaan hehheehh???
    That one was funny ???
    And bts is here wow that’s v ge Euphoria vaashan amazing ingey???
    And zaidhaan an alyaa ge parts tha ves funny an cute ISA heyl ah ves ragalu girl eh libeyne dhw sis??
    And last part was curious ??
    When next ♥️♥️
    Luv stay safe♥️♥️

    1. yooon yooon says:
      August 16, 2020 at 11:49 am

      Awwnn thnk u so much Ril dear ???? so happy ??? Hehe yeshh ?? Yeah I like that song so much i included it inthe stry ??? Hehe thanksss ?✨✨ Lets see dhww hyel ah libeynee Xai thww nooni ehn gurl rh thww ?? Nxt part insha allah mirey yoon submit kollanan ingeii ??? Love you more Ril ✨?✨ You stay safe too ??? take care

  6. IN-NI says:
    August 15, 2020 at 9:40 pm

    Omg rawikan zaileen moments so cute 🙂 waiting for the next.. Love this story so much

    1. yooon yooon says:
      August 16, 2020 at 11:51 am

      Ohh glad you like it ???? keep waiting dearlss ??? Aww vrh ufaavejje ??? tc

  7. IN-NI says:
    August 15, 2020 at 9:42 pm

    And Europhia part was the best.. Cover photo ga rawikan ah e inee Taehyung ge pic eh dho..? I imgined how cute rawikan would look with headsets in his cat ears 🙂 Omg he is gonna be a heartkiller

    1. yooon yooon says:
      August 16, 2020 at 11:53 am

      Owhh ??? Labba cover ga its Taehyung as Rawikaan ?✨? Hehehe he would luk cute dhw ??? yeshh he would be hehe

  8. IN-NI says:
    August 15, 2020 at 9:43 pm

    Heart-breaker ** sorry my phone’s autocorrect is rude some times

    1. yooon yooon says:
      August 16, 2020 at 11:55 am

      Issoke dearls ?? yoon vxx type kuraa iru baeh faharu autocorrection aa hedhi wrong words liyevey ??? Thnxx IN-NI

  9. Kylie says:
    August 15, 2020 at 9:49 pm

    hey zaidhaan al dheke like vanytha ^o^ Thats so surprising… and also mi bai ves varh varh varhhhhhh reethi as usual <3 when next..? waiting curiously

    1. yooon yooon says:
      August 16, 2020 at 11:57 am

      Thank u so much Kylie ???? next part insha allah yoon mirey submit kollanan ??? keep waiting dealrss ??? take care

  10. Yaikko says:
    August 15, 2020 at 9:51 pm

    alhe heylan dheravivarun maama mathin ves hadhaaneh neh dho yoon.. I feel bad ekamaku i still prefer zailyn and ravikaan to be together. They are so cute.. next part ge inthixaaruga.. hope mihaa avahah uplaod vaane kamah

    1. yooon yooon says:
      August 16, 2020 at 12:00 pm

      Labba yaikko hyel maama mathin vxx hadhaan nethy sad vegen goss ?? Owh u still prefer ❤xaikan❤ dhww ??? yoon mirey 19th wana part submit kollanan okki ?? much loves dear

  11. Lysm says:
    August 15, 2020 at 9:53 pm

    Lysm #zaikan#.. This eps varh cute.. alheyyy yoon dear haadha curious koffa eyy thi nimmaalee…??? I’m dying to know who savaana is… and who that man is.. i mean old man.. hehe.. 🙂 waiting………………………………….. for 19th.. Lysm yoon dear.. and if u are saying love you more.. love you more than you love me..

    1. yooon yooon says:
      August 16, 2020 at 12:12 pm

      Awwn thanksss so much Lysm ????? Lets see dhw eho savannah n that man is ?? keep waitin dearlsss ?? aww love you more ?✨? alheii love u more n more n more ?? tc

  12. ner says:
    August 15, 2020 at 10:00 pm

    as always, mi part hama habu.. varh reethi
    the best part was euphoria nd rawikaan nd zai ge part ??..
    i wonder, rawikaan real lyf ga ulhey nama varah reethi vaane dhww

    1. yooon yooon says:
      August 16, 2020 at 12:18 pm

      Aww thanxxiess ner ??? oh glad u liked it dearlss ??? yesh vrh cute waane dhww ?? take care

  13. Blue? says:
    August 15, 2020 at 10:16 pm

    Hi yooon…This is my first comment in this storyy…Now it became one my fav story in esfiya…as usual this prt is also awesome…??mi story nunimi adhi kithah prt ebaintha yooon???

    1. yooon yooon says:
      August 16, 2020 at 12:26 pm

      Heii dearlsss ????? issoke ?? Alheii i am so happy to knw that its one of ur fav stry in this site ??? Thnxx dear ✨✨✨ Umm yoon ah yagyn koh bunaakah neynge ?? I knw gaimuvxx 30 ah wure parts madhuwaane ? thnxxx a lot dearlingsss ??? stay safe

  14. nishtyy says:
    August 15, 2020 at 10:24 pm

    Alhey ner you are right ??? Ravikaan real vi nama haadha salhi vaaneyey ??? Mee first time fictional charecter eh real vaan beynun vi ?? Zaikan edhekudhin haadha cute eyy ?? waiting imapatiently for the next part yoonnnniiii ❤❤ Love you my favourite author girllll

    1. yooon yooon says:
      August 16, 2020 at 12:32 pm

      Owhhh hehehe yesj Rawikan real v nama vrh salhi waane dhww ??? oh hehe good to knw dear ?? yessh zai n rawikaan ??? keep waiting dearlingss ??? thank u so much Nishtyy ??? Love u more gurlll ?? tc

  15. nishtyy says:
    August 15, 2020 at 10:25 pm

    Btw me ge first comment mee ✌✌✌ but abadhuved yoon ge vaahaka thah kiyan ingey ?? you are gifted

    1. yooon yooon says:
      August 16, 2020 at 12:35 pm

      Awwnn vrh vrhh vrhh bodah ufaa vejje ??? thank u so so much nishtyy ???? stay safe

  16. juxoo says:
    August 15, 2020 at 10:38 pm

    Yoon mi bai ves haadha salhi ey ???????
    Next bai kon dhuvahakun tha ?????
    Cant wait ?????

    1. yooon yooon says:
      August 16, 2020 at 12:39 pm

      Thank u so much juxoo ????? Nxt bai yoon mirey submit kollanan ??? but upload waane ireh neynge ?? keep waiting ??? tc

  17. _n_i_s_h_e_r_ says:
    August 15, 2020 at 10:53 pm

    Nish ge comment nethee keevve ?? yoon eii kevve

    1. yooon yooon says:
      August 16, 2020 at 12:41 pm

      Owwh neh thr ?? yoon akah neynge eii keevve gn kameh sadly ?? im so sorry ingeii dearlss ? but thank u so much

  18. _n_i_s_h_e_r_ says:
    August 15, 2020 at 10:54 pm

    Anekka ves eba try kuran ingey ??

    1. yooon yooon says:
      August 16, 2020 at 12:42 pm

      Owwh okki dearlss ?? thnxx

  19. _n_i_s_h_e_r_ says:
    August 15, 2020 at 10:57 pm

    Asluves mi part varah varah reethi ??? hama 100 akun 100 mi vaahaka ah haggu to be honest ?? zaikan ge bai thah kiyaafa hama gain heebihi negi ? Like e scene hama loa machah sifa kurevun ? next kon irakun

    1. yooon yooon says:
      August 16, 2020 at 12:46 pm

      Alheii thanks _n_i_s_h_e_r_ Dearlingss ????? vrhh ufaavejje dear ??? awwn so happy to knw that ?? nxt part yoon insha allah mirey submit kollanan ingeii ??? keep waiting

  20. _n_i_s_h_e_r_ says:
    August 15, 2020 at 11:00 pm

    YES ??? mi faharu eba oii nish ge comment ?? Also love you very much yoonnniii ?? hama inthizaaru kuranee.. Hufanuga ves mi vaahaka fennanee ?? zai adhi ravikaan ge bai thah ?? so nice

    1. yooon yooon says:
      August 16, 2020 at 12:48 pm

      Hehe yesh mifaharu nish ge comment libijje yoon ah ??? Awwn love u more ??? alheii vrh ufaavejje ??? thank u so much dear nish ?? stay safe

  21. lin says:
    August 15, 2020 at 11:01 pm

    Yaa mihaaru eba upvun rangalhu vey ????? thank u yoon vaahaka gavawidhun gennathee ? vrh reethi

    1. yooon yooon says:
      August 16, 2020 at 12:49 pm

      Thank u lin ??? Aww welcome dearlss ?? its all thank to this site ge admin members ? for uploading fast ??? thanks

  22. lin says:
    August 15, 2020 at 11:03 pm

    Btw yoon reply nukuraa reyeyh tha ?? please avavah reply dhechchey. Vrah ufaave alhugandu yoon ge reply libuneema ?? :-):-)

    1. yooon yooon says:
      August 16, 2020 at 12:53 pm

      Owh sorry dear ?? iyye rey yoon site check eh nukuran ?? Miadhu hendhu gade class nimmalaafa yoon site balaali gadee stry othu up wefa ?? and vrh vrh surprise v mihaa gina comments aisaa othyma vxx ??? imm so happy ?? Awwnn Mi othee reply dearlss ?? sorry for the late reply ??? you all and ur lwbi lwbi comments are my inspiration ??? I feel rlly happy and motivated after reading them ?? It motivates me so much to do better in the upcoming parts and strys ??✨✨ Thnx lin

  23. Anonymous says:
    August 15, 2020 at 11:07 pm

    Ravikaan and TaeTae ? i so love this story

    1. yooon yooon says:
      August 16, 2020 at 12:54 pm

      Alheii ????? thnxxx Anonymous ?? tgc

  24. ?who me? says:
    August 15, 2020 at 11:22 pm

    Alyaa & zaidhaan ah bust vejje dhow e love trianglr ⚠ and zai ah ves zaidhaan alyaa ah feelings onna kan bust vehje dhow ?? varah salhi.. Nxt bayah inthizaaru kuran fashaifin

    1. yooon yooon says:
      August 16, 2020 at 12:56 pm

      Yeshh emme fahun al n zaidhaan ah engunee dhww ?? Hehe ??? thnxx Who me ?? Nxt part vxx insha allah vrh avahah kiyaalan libeyne ??? take care dearlingsss

  25. Anonymous says:
    August 15, 2020 at 11:24 pm

    Aawwwwnnnn ravikaan cat haa romantic boy eh noolhey ne kanneynge ???? so cute so cute so so cute zaileen govaigen udhuhun seen

    1. yooon yooon says:
      August 16, 2020 at 12:58 pm

      Yeshh dhww ????? aww glad u liked it dearlss ??? Take care

    2. yooon yooon says:
      August 16, 2020 at 12:59 pm

      N thanks anonymous dear

  26. Ⓜ? says:
    August 15, 2020 at 11:26 pm

    Vrh rythi vaahaka eh mee

    1. yooon yooon says:
      August 16, 2020 at 1:00 pm

      Thanks MA dearlinngsss ??? Vrh ufaavejje

  27. maalan says:
    August 15, 2020 at 11:57 pm

    mii vara rethi vaahaka ae…. vara boda thnks

    1. yooon yooon says:
      August 16, 2020 at 1:03 pm

      Aheii thanxxiess Maalan ??? aww ur welcome dear ??? stay safe

  28. Dhunya says:
    August 16, 2020 at 12:45 am

    Wow curiosly waiting
    Anyway mi part vrh salhi ❤️??

    1. yooon yooon says:
      August 16, 2020 at 1:05 pm

      Thanxx Dhunya ???? vrh ufaavejje

  29. Lovebird says:
    August 16, 2020 at 9:04 am

    Maasha allah varh reethi mi part ves ??? next part koj dhuvahakun thrr yoon dear ?? curiously waiting ? Savaanaa akee kaaku baa ey hithah aranee……??? but soon will know so impatient for thr next part.. Love u like a lovebird

    1. yooon yooon says:
      August 16, 2020 at 1:07 pm

      Aww thanks Lovebird ???? Nxt insha allah mirey yoon submit kollanan ??? Lets see dhww savannah akee kaaku kan ???? yesh keep waitin dearls ??? Aww love you more love birdie ??? take care

  30. CAPITALQUINN says:
    August 16, 2020 at 9:07 am

    YOOON ??? HOW ARE YOU MY DEAR.. HOPE YOU ARE FINE.. AND ALSO THIS PART LEFT ME SPEACHLESS. ZAIKAN SCENES AND ALYA AND ZAIDHAAN’S FIGHT ? THEY ALL WERE JUST SO NICE.. WONDERING WHO THE MAN IS.. AND WHY HE IS SAYINH “SAVANNA” NONSTOP. CANT WAIT TO FIND OUT.. LYSM YOON.. HAVE A GREAT DAY DEAR

    1. yooon yooon says:
      August 16, 2020 at 1:10 pm

      Thanxxiess Capitalquinn ??? Aww I am doin fine Alhamdhulillah ?? hbu ?? Thank u so much ??? Lets see dhw ??? Lovv u more Capitalquinn ????? You have a great day too

  31. ?Flower ? says:
    August 16, 2020 at 9:21 am

    Wow vvvvvvrah reethi mi part ves and varah curious
    Waiting for the next
    Ly ❤️❤️❤️

    1. yooon yooon says:
      August 16, 2020 at 1:12 pm

      Thanksss flower ?? Keep waitin dearlss ✨✨ Love u more dear ????? take care flower

  32. ❤️Izi_izI❤️ says:
    August 16, 2020 at 9:32 am

    Wow amazing part ❤️❤️ very curious to know what happens next ?? dear Yoon kon irakun tha next part upload kohdhenee ? waiting for it..

    Love you More and more and more Yoon ?? my favourite author as always.. Yoon Ekujja Season 2 ah fahu vaahaka eh liyantha ?? just asking… Take very good good good good care

    1. yooon yooon says:
      August 16, 2020 at 1:16 pm

      Thanxx a lot Izi_izI dear ✨✨?✨✨ Lets see dhw ?? nxt part yoon mirey submit kollanan ingeii ??? Aww love u more n more n more n more Izi_izI ????? Yesh

      N mihaaru Ekujja S2 liye nimijje ?? And new stry eh liyan fashaifin ?? but e new stry liyevenee thankolheh madhun cuxx yoon ge test thah kairi vanee ?? you take vvvvv good care dearling Izi_izI ??? Stay safe dear

  33. Rish says:
    August 16, 2020 at 9:35 am

    I also love ?Euphoria? song… Yoon ge favourite BTS member is who ???? Mine is Jiminie ?? also vaahaka varah varah bodah reethi… Waiting 4the next.. Lyssssm y

    1. yooon yooon says:
      August 16, 2020 at 1:19 pm

      Aww Me too ?? yoon vxx vrh likr was song eh eii ?? Awh that ?? I Love all of them so much Idk which one to love more ???? Bit i guess thihen balanna I Love Kim Taehyung the most ???✨? Thanks A lot Rish ?? Keep waiting ?? Ly more Rish ? stay safe

  34. ??? says:
    August 16, 2020 at 9:38 am

    The best fiction story I ever read in my whole life ??
    Keep up the good work Yoon ???
    Love you very much the cutest writer ever ever ???
    When next btw ??????
    You leave me speachless and mindblown ????

    1. yooon yooon says:
      August 16, 2020 at 1:22 pm

      Awwn alheii Im so happy to hear that ???? Insha allah will always try my best ??? Aww love u more dearlingss ??? Nxt insha allah mirey submit kollanan ??? Im vvvv happy knw that dear ??? stay safe and take care

  35. Anonymous says:
    August 16, 2020 at 9:40 am

    Vrh reethi vaahka eh ? hurihaa parteh ves shauguveri kamaai ekee gai kiyaalevey.. Yoon thee varah hunaruveri kujjeh… Ufaveri aligadha muthagubalakah edhen Yoon ah.. Kiri magu gai ves Yoon ge vaahaka than kiyalan varah beynunvey.. shukuriyya Yoon ah thikuraa masahkathahtaka..

    1. yooon yooon says:
      August 16, 2020 at 1:25 pm

      Oh ??? Vrh vrh vrh vrh bodah ufaavejje ? Insha allah yoon mi site ah liyaanan even in the future ????? Aww wlc dear ??? Thnk you so much anonymous ???? Take care

  36. Lyn says:
    August 16, 2020 at 9:42 am

    Alya hehe 😀 Ms.spy 😉 next part very avahah nerentha??

    1. yooon yooon says:
      August 16, 2020 at 1:28 pm

      Hehehe Yessh Ms.Al-spy dhww ??? Nxt part mirey submit kollanan ??? insha allah e part vxx vrh avahah kiysalan libeyne ??? Thnksss a lot Lyn ????? stay safe and take care

  37. Faiherrr?? says:
    August 16, 2020 at 1:33 pm

    The story is going awesome its really nice well done. YOON u r the best and are u using hang out if yes can you Give your email id

    1. yooon yooon says:
      August 16, 2020 at 6:12 pm

      Awwn thank u so much Faiherrr ??? that was so sweet of u ??? but sorry dear ?? i dnt use hangouts ?? dearlingss yoon aa tlk kuran beynun waanama my extra number is in -fiyafaii- part 3 ??? U can msg that number n i will msg u in mu number ?? or mail kollan beynumiyya its [email protected] ? i think msg hn faseyha waany cuxx i dnt check mails that oftenly ?? Thanks a lot faiherrr ? vrh vrh vrhh ufaavejje

  38. Anonymous says:
    August 16, 2020 at 1:56 pm

    Wow mibai ves vara salhi ????

    1. yooon yooon says:
      August 16, 2020 at 6:13 pm

      Thanxxiesss anonymous dearlsss ????? vrh happy ??? take care

  39. Lee??? says:
    August 16, 2020 at 2:28 pm

    Salhi mi part best sis when is the next part ??????

    1. yooon yooon says:
      August 16, 2020 at 6:15 pm

      Aww thank u so much lee dearlingss ???? Nxt insha allah yoon mirey submit kollanan ?? Keep waiting my dear lee ??? stay safe

  40. luciyaa says:
    August 16, 2020 at 5:17 pm

    hiii yoonnyy vvvv nice hama best storynever ..masha allah…hamahyvany fantancy movie ehga ulhevey hen.. u organized it so well..soory alhuge wifi pack husvegen last two part ah comment nuureve.. bt previously two parts nw i read n it was amzing like alway… thank yew for this amzing story dhoonyaa..stay safe n stay home..when next dhoonyaa curiously waiting for the next part..once again story in awesooooommmeee

    1. yooon yooon says:
      August 16, 2020 at 6:18 pm

      Heiiii Lucyy ????? alheii thanksss dear ? I am so so happy to knw that dearlss ?✨?✨ Aheii dearlss issoke ??? I am very happy that you liked those 2 parts too ?? awwnnn your welcome dhoonyaa ? n most importantly thank u so so much Luciyaa ???

    2. yooon yooon says:
      August 16, 2020 at 6:21 pm

      Oopsies maa avavah comment fonuwunee ?? Thnxx Lucy dearlss ????? you stay safe too dear ?✨? nxt insha allah yoon mirey submit kollanan ingeii ??? Once again thnxx so much Luciyaa dear ??? vrh ufaavejje lucy ge comment vxx libunyma ?? take care lucyy

  41. Blue? says:
    August 16, 2020 at 9:59 pm

    Yoon mihaaru submit kohlythrr?????

    1. yooon yooon says:
      August 17, 2020 at 12:21 am

      Labba dear yoon hama dhemme mi 19th wana part mi submit kolly.. Tc Blue

  42. ukku says:
    August 17, 2020 at 12:02 pm

    Yoon sis type kuranee laptop akun tha noony tablet akun tha. Ukku story liyan fashaan mi ulheny. But Adhi tab ah dhivehi font download nuvegen?????. Ehen ve ahaaly. U are the most kindest author’s I know. ?Story hama habbu. Varah Reethi. Waiting for the next?????????

    1. yooon yooon says:
      August 17, 2020 at 1:15 pm

      Owhhh yoon stry liye submit kurani laptop in ? But comments ah reply kurani phn beynun koggen ??? Aww Thank u so much Ukku dearlsss ?? Insha allah u will succeed ??? Best of luck my dearlingss ?✨✨? Take care

  43. Afu says:
    August 17, 2020 at 12:39 pm

    Vvvvv nice vaahaka eh ??? love this story so much ??? you are the kindest and the best author ever ??? love u so much ?❤️? Love u more ??? Be safe Yoon ?❤️ your story is the cause of our Euphoria ??? Take good care

    1. yooon yooon says:
      August 17, 2020 at 1:17 pm

      Awwwnn thanxxiess ????? Vrhhh happy ? Love u more ?? Alheii Love u more n more afuu dearlss ???? You stay safe too ?? Alheii awwnn I am so happy to hear that ?? Thats so sweet of u afu dear ?? You tc too

  44. thithi says:
    August 17, 2020 at 5:13 pm

    vara reethi vaahaka ae..aslu ves vara kiyaa hithun kiyaalewunu…

    1. yooon yooon says:
      August 17, 2020 at 5:24 pm

      Thank u so much Thithi dear ??? vrh ufaa vejje thithi ah vxx kiyaa hithun kiyaalevey kan enguneema ??? Take care thithi

  45. Nay says:
    August 17, 2020 at 9:27 pm

    Varah reethi mi bai ves.. hama aneh bayah kehtherikameh nethi eba inthizaaru kuran..

    1. yooon yooon says:
      August 18, 2020 at 7:36 pm

      Thnk u so much Nay ???? Take care dearls

  46. Lee??? says:
    August 18, 2020 at 12:28 pm

    Today dhw next part inee???? love you

    1. yooon yooon says:
      August 18, 2020 at 11:59 pm

      Owwh imm sorry to disappoint u dear ??? but its not today ?? Awwn love u more ?? Keep waiting dearlss

  47. Kim Taehyung/v/Tae tae says:
    August 18, 2020 at 2:57 pm

    Rawikaan and zaileen gulhuvaidhee pls…. Story Farah habeys… Waiting for next part.. purple u ??????????????????????

    1. yooon yooon says:
      August 19, 2020 at 12:02 am

      Aw hehe lets see dhw Xai choose kuraani kaaku kan ??? Thnxxiess Kim Taehyung/v/Tae Tae dearlss ??????? Keep waiting ??? Awwn Purple u more ??? Take care Tae

  48. Blue? says:
    August 18, 2020 at 8:15 pm

    Alheyy kyhvethrr esfiya inn upload nukohdhenyy submit kohfa huri stories???????…alhe yooonn neyngeythrr upload vaaane dhuheh…im soooo sad yooon???

    1. yooon yooon says:
      August 19, 2020 at 12:04 am

      Alheii I’m so sorry dear ??? i submitted part 19 on 17th August 2020??? insha allah won’t be long ??? Aheii Blue dearlss ? Be happy ingeii ?? Blue sad iyya yoon vxx sad wanan ? Insha allah will be soon

Comments are closed.

Next Episodeފިޔަފަތް 19←


All Right Reserved!