Skip to content
އެސްފިޔަ

އައިނާ (2) 28

އަށާވީސްވަނަބައި

އައިނާ އެފޮތް ހުޅުވާލިއ އިރު ފުރަތަމަ ގަނޑުގައި ވެސް ވަނީ ހިޝާންގެ ނަން ހިތެއްގެ ތެރޭގައި ލިޔެފައެވެ.

***

އޭގެ ތިރީގައި އައިނާ އާއި ހިޝާން ދެމީހުން ނަގާފައި އިން ދެލްފީ އެއް އިނެވެ. އެފޮޓޯގަނޑު އިނީ ދެފަޅިވެފައި އިން ހިތެއްގެ ތެރޭގައެވެ. ދެން އިން ޞަފްޙާ ތަކުގައި ހުރީ ހުސް ހިޝާން ދެކެ ވާލޯބި ބަޔާން ކޮށްފައި ހުރި އިބާރާތް ތަކެވެ.

އައިނާ ގަލަމެއް ނެގިއެވެ. އޭގައި އެތަކެއް ވާހަކަ އެއް ލިޔުނެވެ. މިހައަހަރު ދުވަހު އޭނާގެ ހިތް އަޝްހާ އަށް ހުޅުވާލުމުގެ ބަދަލު އޭނާ ހިއްޞާ ކުރަނީ އޭނާގެ އެފޮތުގައެވެ. އައިނާ އަށް ނިދުނީ އެހެން އޮށްވައެވެ. ދެލޯ މެރެމުން ގޮސް އެންމެ ފުން ނިންޖައް އައިނާ ގެނބުނެވެ.

***

އިރުތިރިވެ އަވި މަޑު ވިއެވެ. ހަވީރުގެ ފިނި ވަރޮރޯޅިތައް މަގުމަތިން އައި އަޝްހާގެ ގައިގައި ފިރުމާލައިފައި ދެއެވެ. ގޯޅިއަކަށް އަޅާފައި މެދަކާއި ހަމައަށް ދިޔަތަނުން އައި ނައި ތަނެއް ނޭނގި ކުރިމަތިން ފެނުނީ މައުލާން އެވެ. “މައުލާން..” އަޝްހާ އަށް ހައިރާން ވެފައި ބުނެވުނެވެ.

ވާނީވެސް އެހެންތާއެވެ. ދެއަހަރުފަހުން އަދި އަލަށް އަޝްހާއަށް މައުލާން ފެނުނީއެވެ. “އަހަރެން ހީކުރީ ނަން ވެސް ހަދާން ނުހުންނާނެކަމަށް..” މައުލާން އެއްމިޔަނަކުން ހިނިތުން ވެލަމުން ބުނެލިއެވެ. “ޕްލީސް މައުލާން.. އާދޭސް ކުރަން.. އަހަރެންގެ ދިރިއުޅުމަށް ވަންނަން މަސައްކަތް ނުކުރޭ..” އަޝްހާ އާދޭސް ކުރާ ރާގަކަށް ބުނެލިއެވެ.

“އެ ކީއްވެ އަހަރެން އެހެން ހަދަންވީ..؟ އަޝްހާ އަށް އަޝްހާ ލޯބިވާ މީހަކު ލިބޭ އިރު އަހަރެން އަހަރެންގެ ލޯބި ލިބޭތޯ މަސައްކަތް ނުކުރަންވީ ކީއްވެ..؟” މައުލާންގެ އަޑާއި ރާގު ބަދަލުވިއެވެ.

“މައުލާން.. ދިރިއުޅުމުގައި ތިމާ ލޯބިވާ މީހަކު ހޯދުމަށް ވުރެ ބުއްދި ވެރިވާނެ ތިމާ ދެކެ ލޯބިވާ މީހަކާއި އެއްކޮށް ދިރިއުޅެން ގަސްތު ކޮށްފިއްޔާ.. އަހަރެން ބުނާނީ މިވަރަށް..” އަޝްހާ ސާބިތު ކަންމަތީ ބުންޏެވެ.

“އަޝް ބޭބީ ޕްލީސް.. އަހަރެންނަށް ކުޑަ ފުރުސަތެއް ވެސް ނެތްތަ..؟” މައުލާން އަޝްހާ ކައިރިއަށް ޖެހިލައި އެދެމެދުގައިވީ ދުރުމިން ކުޑަކޮށްލިއެވެ.

އަޝްހާ ކުރިއަށް ޖެހިލައި މައުލާން އަށް ފުރަގަސް ދިނުމުން މައުލާން އަށް އެސުވާލިގެ ޖަވާބު ލިބުނެވެ. ކަރު އެލުވާލީ ހަނގުރާމައަކުން ބަލިވި މީހެއް ފަދައިންނެވެ. “އަހަރެންނަށް ޖަވާބު ލިބިއްޖެ.. އަޝޫ ބޭބީ.. އަބަދުވެސް ހަނދާން ކުރައްޗޭ.. އަހަރެން އަޝޫ އަށް ހެލްޕް ވެދޭނެކަން… އެން ތެންކްސް ފޯ ދި އެޑްވައިސް..” މައުލާން ހުރި ގޮތަށް އެމަގުން ދިޔައެވެ.

“އައިމް ސޮރީ މައުލާން.. އައި ލަވް ސަމްވަން އެލްސް..” މައުލާން ދިޔުމުން އަޝްހާ ފުންނޭވައެއް ދޫކޮށްލައިފައި އައިނާ މެންގެއަށް ދާން ހިނގައިގަންނަމުން ބުނެލިއެވެ. އެގެއާއި އަދި ފުދޭވަރަކަށް ދުރެވެ. ބައްޕަމެންގެ މީހަކާއި އެއްކޮށް އާދެވުނު ނަމައޭ އަޝްހާގެ ހިތައް އެރިއެވެ.

މާދުރަށް ނުދެވެނީސް އަޝްހާގެ ފޯނަށް މީހަކު ގުޅަން ފެށިއެވެ. ކާކުތޯވެސް ނުބަލައި އަޝްހާ އެކޯލު ނެގިއެވެ. “ހަލޯ ބޭބީ.. އަހަރެން ކަމެއް އަދި ނޭނގޭދޯ..” އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނެލިއެވެ.

“ނައިލް…..” އަޝްހާގެ އަނގައިން ބޭރުވިއެވެ. “ޔާ.. ނުވެސް ބަލައި މިނެގުނީ.. އެހެންވެ..” އަޝްހާ އަތުގެ ނިޔަފަތި ތަކާއި ކުޅެމުން ބުނެލިއެވެ. “ހުމްމްމ.. ކިހިނެތްވީ މަގޭ ބޭބީ އަޕްސެޓް ވީ..” ނައިލް ބުނެލިއެވެ.

“އެއްކަލަ.. ބުނީމެއްނު މީހެއްގެ ވާހަކަ.. އޭނާ އާއި ދިމާވެގެން..” އަޝްހާ މިހެން ބުނެލީ ނައިލް އަށް ކުރިންވެސް އެނގޭ ހެން ހީވާކަހަލަ ގޮތަކަށެވެ. “ހޫމްމް.. ދެން އާދައިގެ މަތިން އޭނަ ދައްކާ ވާހަކަ ތަ ދެއްކީ..؟” ނައިލް ސުވާލު ކުރިއެވެ. އަޝްހާވެސް ހޫން އެއް އަޅުވާލިއެވެ.

“ކޮބާ މިހާރު މަންމަމެން ކައިރީގައި ބުނެ ފިންތަ..؟” ނައިލް ވާހަކަ ބަދަލު ކޮށްލިއެވެ. “ކޮން ވާހަކަ އެއް..؟” އަޝްހާގެ ސިކުނޑިއަށް އަދި ނައިލް ދެއްކި ވާހަކަ އެއް ނުވަނެވެ. “އެއްކަލަ.. ރޭގައި ޑިސްކަސް ކުރީމެއްނު..؟” އަޝްހާ އަށް ހަނދާން ކޮށްދޭ ފަދައަކުން ނައިލް ބުނެލިއެވެ.

“ވާޓްޓް.. އެވާހަކަ ސީރިއަސް ކޮށްތަ ނެގީ.. އަޅޭ.. އަހަރެންނަކަށް ނުކެރޭނެ..” ކުއްލިއަކަށް ކަމެއް ހަނދާން ވާފަދައަކުން އަޝްހާ ކުއްލިއަކަށް ބުނެލިއެވެ. “ހުމްމް.. ތިހެން ވީއިރު އަހަރެން ނުގޮސް ނެތްދޯ ވާކަށް..” ނައިލް ސަމާސާ ރާގަކަށް ބުނެލިއެވެ.

ނައިލް ކުޑަކަލަކު ބިޒީ ވުމުން އެކޯލު ކުރުކޮށްލަން ޖެހުނެވެ. އެކޯލު ބޭއްވުމުން އަޝްހާ އެފޯނު އޭނާގެ މޭމަތީގައި ބާއްވާލައިފައި ދެލޯ މަރާލީ އެކަމުން ވެސް އުފަލެއް ލިބިގަންނަން ތޯއްޗެކެވެ.

އަޝްހާ އާއި ނައިލް ފޯނުން ވާހަކަ ދެކެވި އެގުޅުން އިތުރު ހަރުފަތައް ގެންދިޔައީވެސް އަޝްހާ ސްކޫލު ވެސް ނިމި އިތުރަށް ކިޔަވައި ނިމިގެން ތިން އަހަރު ފަހުން ރަށައް އައި ދުވަހުއެވެ. މެލޭޝިޔާގައި އަޝްހާ ކިޔަވަން ހުރިއިރު ދުވާލަކު އެއްފަހަރު ގޮތަކަށް ދެމީހުން މެސެޖު ކުރެއެވެ.

ރައްޓެހިވާންވެސް ކުރިން އެހީ ނައިލްއެވެ. ވަގުތުން އަޝްހާވެސް އާން ބަސް ބުންޏެވެ.

ޚިޔާލު ތަކުގައި ހުއްޓައި އައިނާމެންގެ ގެއާއި ހަމައަށް ފޯރިއެވެ. އޭރު ހައެއް ޖަހަން އިނީ އެންމެ ފަނަރަ މިނިޓެވެ.  އަޝްހާ އެތެރެއަށް ވަދެގެން ދިޔައިރު އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ހީވަގޮތުން އަދި އަނީލް އާއި އިސްރާގެ އިތުރުން އަރިން ގެއަކު ނެތެވެ.

ސިޑިން އަރައިގެން ގޮސް އަޝްހާ ހުއްޓިލީ އައިނާގެ ކޮޓަރީގެ ދޮރުމަތީއެވެ. އަޝްހާ ދޮރުހުޅުވާލީ ތަޅުނުލައި ހުރުމުންނެވެ. އަރާމުކޮށް ނިދާލާފައި އޮތް އައިނާ އަޝްހާގެ ލޮލުގައި އަޅައިގަތެވެ. އުއްޑުން އޮތްއިރު އަތުގައި އައިނާ ގެންގުޅުނި ފޮތް އޮތެވެ.

ސިއްރު ފިޔަވަޅުތަކެއްގައި އަޝްހާ ގޮސް އައިނާގެ ކައިރީގައި ހުއްޓިލިއެވެ. އަދި ވަރަށް ސިއްރުން އައިނާގެ އަތްދުރައްލައި އެފޮތް ނެގިއެވެ. އަޝްހާ ދެން މިސްރާބު ޖެހީ އެކޮޓަރިން ނިކުންނާށެވެ.

***

ދުވެފައި ގެއަށް ވަތް އަޝްހާ ފެނުނީ ސިޓިންގ ރޫމް ގައިއިން ޚަދީޖާ އަށެވެ. “ދަރިފުޅާ އަޝްހާ މާބާރަކަށް ކޮންތާކަށް..؟” ޚަދީޖާގެ އަޑައް އަޝްހާ ހުއްޓުނެވެ. “މަ.. މާމާ..” އަޝްހާ ބުނެލިއެވެ. “ކޮން ފޮތެއް އަތުގައި ތިއީ..؟” އަޝްހާ އަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ޚަދީޖާ އަނެއްކާވެސް އެހިއެވެ.

“މި.. މި.. އަނާ.. އަނާ ދިންއެއްޗެއް ކިޔާލާށޭ ކިޔާފައި..” އެންމެ އަވަހަށް ސިކުނޑިއަށް އައި އެތި ބުނެފައި އަޝްހާ މައްޗައް އަރަން ދިޔައެވެ. އޭނާ އަށް ދުވެފައި ދެވުނީ އެފޮތް ކިޔާހިތުން ކެތް ނުކުރެވިގެންނެވެ.

ސިޑިގެ ވަކިހިސާބަކުންވެސް އަޝްހާ ދިޔައީ ދުވެފައެވެ. ކޮޓަރިއަށް ވަތްގޮތަށް އަޝްހާ ދޮރުވެސް ތަޅުލިއެވެ. އަދި އެނދުމައްޗައް އަރައި އެކިޔަންފެށިއެވެ.

އެކިޔަމުން ދިޔައިރު އަޝްހާ އަށް ސިފަކުރެވެނީ އައިނާ އެފަސް އަހަރުތެރޭ އުޅޭނެ ގޮތެވެ. އެފޮތް ކިޔަމުންދިޔައިރު އަޝްހާ އަށް ބައެއްފަހަރު ހިނިތުންވެލެވެއެވެ. އަނެއްބައި ފަހަރު ޖެހެނީ ދެލޯފުރިގެން ބަންޑުންވާ ކަރުނަތައް ފުހާށެވެ.

އަޝްހާ އެފޮތް ލައްޕައިލީ އެއެއްކޮށް ކިޔައި ނިންމާލައިފައެވެ. އަޝްހާ އެއްކަމެއް ޔަޤީން ވިއެވެ. އެއީ އަދިވެސް އައިނާ ހިޝާންދެކެ ލޯބިވާކަމެވެ. މި ހައަހަރު ތެރޭގައި އައިނާގެ ބޭރުފުށުން ކިތަންމެ ބަދަލު ތަކެއް ގެނައަސް އައިނާ އަށް އޭޏާގެ ހިތަކަށް ބާރެއް ނުފޯރުވުނެވެ.

އެފޮތް އަޝްހާ އޭނާގެ އަލަމާރި ތެރެއަށް ލައިފައި އިހަށް ނަމާދު ކޮށްލިއެވެ. ދެން އަޝްހާ މިސްރާބު ޖެހީ ހިޝާންގެ ކޮޓަރިއާއިވީ ދިމާއަށެވެ. އަޝްހާ ޓަކިޖަހާލައިފައި އިރުކޮލަކު މަޑުކޮށްލީ ހިޝާން ދޮރު ހުޅުވަންދެނެވެ.

“އަޝޫ.. އާދެ އެތެރެއަށް..” ހިޝާން ދޮރުހުޅުވާލި އިރު ކުރިމަތިން އަޝްހާ ފެނުމުން ބުނެލިއެވެ. އަޝްހާ ވެސް އެތެރެއަށް ވަދެ އެކޮޓަރީގައި އިން ސޯފާގައި ޖައްސާލިއެވެ. “ކީއްކުރަން ތިއައީ..” ހިޝާން އަޝްހާގެ ކުރިމައްޗައް ވާގޮތައް އިށީންނަމުން އަހާލިއެވެ.

“މިތާ ހަމަ ހުންނަން މިއައީ.. އާން އެހެންޏަ.. މުހިންމު ވާހަކަ އެއް ބުނަން ދޯ އަންނާނީ.. ނުފެށެނީސް ތި ސުވާލު ކުރަނީ..” އާދައިގެ މަތިން އަޝްހާ އޭނާގެ ރާގުގައި ބުނެލިއެވެ. “އޭތް ތިހަމަ ޖެހިބަލަ.. ކޮން ވާހަކަ އެއް ދައްކަންތަ ތިއައީ..” ހިޝާން އަމާން ދޭ ކަހަލަ ގޮތަކަށް އަތް މައްޗައް ނަގަމުން ބުނެލިއެވެ.

“ހިޝާންބޭ.. އަނާ ސްޓިލް ލަވްސް ޔޫ..” އަޝްހާ ކުޑައިރުކޮޅަކު ވާހަކަ ނުދައްކައި ހުރުމަށްފަހު ސީރިއަސް ވެލަމުން ބުނެލިއެވެ. “ވަޓް.. ކިހިނެތް އަޝޫ އަށް އެނގުނީ.. ހަމަ ގައިމުވެސް އައިނާ އެއް ނުބުނާނެ..” ހިޝާން އަށް އެނގުނު އިރު ހުރެވުނީ ކޮއްޅަށެވެ.

“އާނ އެކޭ ނުބުނެއޭ….” އަޝްހާ ބުނެލިއެވެ. “ދެން ކިހިނެތް އަޝޫ އަށް އެނގެނީ..” އަޝްހާގެ ވާހަކަ ހުއްޓުވުމަށްފަހު ހިޝާން ބުނެލިއެވެ.

“ހިޝާންބޭ ލިސެން ޓު މީ.. އަހަރެން އެގެއަށް ދިޔައިރު އަނާ އޮތީ ނިދާފަ.. ދެން ކައިރިއަށް ޖެހިލިއިރު ފެނުނީ ކޮންމެވެސް ފޮތެއް.. އަނާ އެހެން އުލެފައި ލިޔާނެ ސްޓޯރީސް.. އެކަމް ދުވަހަކުވެސް އެއްވެސް މީހަކަށް އޭތި ކިޔާލާކަށް ނުދޭނެ.. ދެން އަހަރެން ހިތަށް އެރީ މިއީ ރަނުގެ ފުރުސަތެކޭ އޭތި ކިޔާލަން.. އެހެން ހިތައި ގެނައީ..

އެކަމް އޭތިވީ އަހަރެންނަށް ވެސް ޝޮކަކަށް.. އޭގައި އޮތީ މިވީ ހައަހަރު ދުވަހުގެ ތެރޭގައި އަހަރެންނަށް ނުކިޔައި ދެވުނު ވާހަކަ ތަކަށް.. އެއީ އައިނާގެ މިހައަހަރު ދުވަހު އަހަރެންނަށް ވުރެ ގާތް ރައްޓެއްސެއް.. އޭގައި އޮތީ އައިނާގެ މުޅި ހިތް ހުޅުވާލެވިފައި.. ހިޝާންބޭ.. އޭގައި އޮތީ އަނާ މިހައަހަރު ދުވަހު ހިޝާންބެ ހަނދާން ނައްތާލަން މަސައްކަތް ކުރިވާހަކަ….” އަޝްހާ އަށް ބުނެވުނީ މިހާ ހިސާބަށެވެ.

“ދެން އޭގައި އޮތީ އަނާ އަހަރެން ހަނދާން ނައްތާލި ވާހަކަ އެއްނު.. އަޝޫ ޕްލީސް.. ތިއުޅެނީ އަހަރެންގެ ހިތަށް އިތުރަށް ތަދު ކުރަންތަ..؟ އޭނަ މިހާރު ބޭރުކުއްޖަކާއި ރައްޓެހި ނުވާކަމެއްވެސް ނޭނގެ..” ހިޝާން އަށް ބޭއިޚްތިޔާލުގައި ބުނެވުނެވެ.

އައިނާ އޭނާ ހަނދާން ނައްތާލައިފައި އެހެން މީހެއްދެކެ ލޯބިވެއޭ ބުނުންވާނީ އޭނާ އަށް އަޑުއަހަން މާފަސޭހަ ބަސްތަކަށް ނޫނެވެ. އެހެން އޭގައި ވާނަމަ ހިޝާން މޮޔަވެސް ވެދާނެއެވެ. އެކަހަލަ ބަހެއް އަޝްހާ ބުނާކަށް އޭނާ އަކަށް ދުލެއް ނުކުރެވޭނެއެވެ.

އެހެން ކަމުން އަޝްހާ ފުރަގަސްދީ ހިޝާން އެތަނުން ދާން ހިނގައިގަތެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (63)

  1. aalif

    Yey I am first dhw..kiyaafa comment kohlaanan

    1. 16 SHABAKKO 7
      aalif

      First me. Kiyaafa comment nukureyvunii ???
      Oh???Varah Reethi ❤️❤️Hish haadha moodey ?
      Ey dhey meehun dho ??
      Hish varah happy vaane Nash marii kuraathii???
      Konmeh gotheh viyas mi part varah salhi ❤️❤️❤️
      MAASHA ALLAH ???

    2. A aaR
      aalif

      🙂 try nxt time aalif

    3. A aaR
      aalif

      🙂 jazaakallah khairan shabakko

  2. aalif

    Nice?

    1. A aaR
      aalif

      🙂 Jazaakallah khairan aalif

  3. ?Ril?

    Masha Allah mi part ves vrh Sali ♥️
    Keep it up dear♥️♥️
    Waiting for the next ♥️♥️
    Luv uuu ♥️♥️
    Saty safe♥️♥️ and take care♥️♥️

    1. A aaR
      ?Ril?

      🙂 jazaakallah khairan Ril.. lyt stay safe tc

  4. aalif

    ????16 SHABBAKO y u take my 1st place

    1. A aaR
      aalif

      🙂 try next time

    2. 16 SHABAKKO 7
      aalif

      Oh!??
      Sorry aalif ???
      Try next time ???

    3. A aaR
      aalif

      🙂

  5. Afu

    Vrh salhi mi part ves ??
    Whn next
    N plz hishaan aa ainaa gulhuvahchey???
    Keep it up dear ❤️❤️
    Take care and stay safe❤️❤️

    1. A aaR
      Afu

      🙂 Jazaakallah khairan Afu.. dhen balama dho vaagotheh.. stay safe tc

  6. A aaR

    Here is the 28th part.. hope u all enjoyed reading it.. next I’ll submit today insha Allah… Will he listen to ash’ha or go from there..? wait for next engey readers..

    1. 16 SHABAKKO 7
      A aaR

      Yeah ?
      Aalif ah vurey kurilibeytho balaanan??
      Insha Allah ❤️❤️

    2. A aaR
      A aaR

      🙂

  7. aalif

    Thx for ure advices A aar and 16 shabakko

    1. A aaR
      aalif

      🙂 Wlcm..

  8. 16 SHABAKKO 7

    ?wlcm?

    1. A aaR
      16 SHABAKKO 7

      🙂

  9. aalif

    Hehhe

    1. A aaR
      aalif

      🙂

  10. aalif

    Ey umm….haadha las aneh part ahnan

    1. Faiherrr??
      aalif

      Yh adhives naadhe

    2. A aaR
      aalif

      It’s submitted aalif n faiherr dear

    3. 16 SHABAKKO 7
      aalif

      Aalif kahkurey??
      Vaahaka yah thi nan laafaane??
      Ainaa and aalif????????I

  11. Faiherrr??

    This part is awesome I really love it. Sorry??? A aaR varah dhuvas vejje dhw comment koh nuleveythaa aslu kudakoh buzy vyma eyaky ekam konme part eh ves kiyan engey sis. ?? sis hangout use kurantha?

    1. A aaR
      Faiherrr??

      Jazaakallah khairan faiherr dear.. it’s OK ey comment nukurias story kiyanyamun 🙂

  12. 16 SHABAKKO 7

    Aalif kahkurey??
    Vaahaka yah thi nan laafaane??
    Ainaa and aalif????????

    1. A aaR
      16 SHABAKKO 7

      Yh.. shabakko nan vx laan v hama dhw.. 🙂 aslu konme part eh up vefai indhaa fenihjeh yaamun next part submit nukoh athun lap noony phone noony tab dhoo vx nukuran..

  13. 16 SHABAKKO 7

    Eye shabage nan nulaathi ?????
    Aalif aa majaakahlii????

    1. A aaR
      16 SHABAKKO 7

      🙂 I was jokin too

  14. 16 SHABAKKO 7

    Eye Aaar 29 nufeney ??

    1. A aaR
      16 SHABAKKO 7

      🙂 Its submitted

  15. aalif

    Heheh laafihya salhi vaane maybe I will be famouse because my name is in a story

    1. A aaR
      aalif

      🙂

    2. 16 SHABAKKO 7
      aalif

      SHABAKKO aalif ge name laigen vaahaka liyaanan???
      ??Full name beynunvanii ??

  16. aalif

    Yh adhi naadhe

    1. A aaR
      aalif

      Esfiya in story publish kurun lasvany

  17. aalif

    Oh

  18. aalif

    My full name is Mohamed aalif. 16 SHABBAKO thy kon rasu kuhjeh

  19. 16 SHABAKKO 7

    SHABAKKO Rasdhoo ??

  20. Faiherrr??

    Hi! adhives next episode eh nulibey kiyaalaakah so sad dhw aalif???

    1. Faiherrr??
      Faiherrr??

      And shabakko

    2. aalif
      Faiherrr??

      Yh

    3. aalif
      Faiherrr??

      Umm..ey faiherr thii kon raseh

  21. Faiherrr??

    Aslu name aky shaba tha? I men rashuga ves ulhey shaba kiyaa kujjakaa aalif kiyaa kujjakaa hehe??????

    1. 16 SHABAKKO 7
      Faiherrr??

      Kon rasheh
      Fihaa tha kiyanii?

    2. Anonymous
      Faiherrr??

      Faiha

  22. Faiherrr??

    Hangout use kurantha shabaa or email ves

  23. 16 SHABAKKO 7

    Email use kuran

    1. Faiherrr??
      16 SHABAKKO 7

      Can we be friends

  24. 16 SHABAKKO 7

    Oh! Yeah ☺️☺️

  25. aalif

    Umm…..Faiherr thii kon raseh

    1. 16 SHABAKKO 7
      aalif

      Aalif thi Kon rasheh

  26. Faiherrr??

    Public vyma mahsala aky thats why i asked are u using email. So that we can talk there.

  27. 16 SHABAKKO 7

    Faihaa OK ☺️☺️
    Email in dhakaanii??

  28. Faiherrr??

    U ve email my akah neynge dhen how i will send invitation

  29. 16 SHABAKKO 7

    Shaba yakahves neynge faiige email eh
    Miyakun sendeh nukureveyne dhw
    That’s a problem ???

    1. 16 SHABAKKO 7
      16 SHABAKKO 7

      Mii gen send kohfihyaa Ehen miihunnah fennaane☺️

    2. A aaR
      16 SHABAKKO 7

      You all can mail me.. and I will help you

  30. aalif

    Faihaerr kon raseh

Comments are closed.