25 ވަނަ ބައި “ރީމް!” ރީމްއާއި ދިމާލަށް ފަތަމުން ދިޔަ ޔޫޝައު ގޮވައިލިއެވެ. “ހަމަޖެހެ ރީމް… ފްލޯޓު ކުރޭ! ފްލޯޓު ކުރޭ!” ޔޫޝައު ރީމް ސަލާމަތް ކުރުމަށްޓަކައި ރީމްއަށް އިރުޝާދުދޭން ފެށިއެވެ. އެއްސިކުންތެއްގައި ރީމް ފްލޯޓުކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަނެއްސިކުންތިގައި ނޭފަތަށް ފެންއެޅުމުގެ ސަބަބުން ރީމްއަށް ތެޅެގަނެވުނެވެ. އެއްލިއަތަކުން ޔޫޝައު ލައިގެން ހުރި ޓީޝާޓުގެ ގިރުވާން ބައިގައި ރީމްއަށް ހިފުނެވެ. އެމަންޒަރު އެއީ ފެންނާނެ ކޮންމެ މީހެއްވެސް ރޮއްވާލާނެހާ ބިރުވެރި، ހިތާމަވެރި މަންޒަރެކެވެ. ނަމަވެސް ޔޫޝައު […]
ލުޔޫން އަކީ ޅަފަތުގެ ދުވަސްވަރު އެތައް ވޭ ނެއް ތަހައްމަލު ކުރި ކުއްޖެކެވެ. އޭގެ ސަބަބުން ލުޔޫން ޑިޕްރެޝަން ގެ ކަޅު އަނދަވަޅު ތެރެއައް ވެއްޓެއެވެ. ނަމަވެސް މާތްﷲ ގެ އިރާދަފުޅުން ލުޔޫން އެކަމުން ސަލާމަތް ކޮއްދެއްވަނީ 3 ދީންވެރި އަ ންހެ ން ކުދިން މެދުވެރި ކުރައްވައެވެ. ދެ ން ކަ ންތައް ވެގެންދާ ގޮތް ތިބޭފުޅުން އަމިއްލަފުޅައް ވިދާޅުވެލައްވާށެވެ. *************** މީ އަޅުގަނޑު ގެ ފުރަތަމަ ވާހަކައިގެ ޓްރެއިލާ އެވެ. ހުރިހާ އެންމެންނަށް ވެސް […]
ބާރުބާރަށް ދުވަމުން އައި ކައިރާއަށް ހުއްޓުމަކަށް އާދެވުނީ އޭނާ ކިޔަވާ ކިލާސް ތެރެއަށް ވަދެވުމުންނެވެ. ދޮރު މަތީގައި އިރުކޮޅަކު މަޑުކޮއްލުމަށް ފަހު، އޭނާގެ މޭޒު ކައިރީ އިށީނެވެ. އެވަގުތު ކްލާސް ކުރިމަތީ ހުއްޓިގެން ހުރި ފިރިހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ދޮން މޫނެކެވެ. އޭނާގެ މުށިކުލައިގެ މާދިގުނޫނަސް ދިގު އިސްތަށިގަނޑު އެ މޫނުގައިވާ އަޅިކުލައިގެ ދެލޮލާއި، ފިޔާތޮށިކަން ގަދަ ތުންފަތް ފުރިހަމަ ކޮށްދެއެވެ. އެ ފިރިހެންވަންތަ ހަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނު ކައިރާއަށް ދުރުބަލާލެވުނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ނަވްރީން ބާރު ބާރަށް ހޭން ފެށުމުންނެވެ…. <މިއީ އަޅުގަނޑު ލިޔާ އެންމެ ފުރަތަމަ ވާހަކަ އެވެ. އެހެން ކަމުން ކުށް ހުރުން އެކަށީގެން ވެއެވެ. މިއީ ޓްރެއިލަރ ކަމުގައި ވިޔަސް، އަޅުގަނޑު އެދެނީ މިއަށްވެސް ކޮމެންޓް ކޮށްލުމަށް.. އެންޑް.. ހޯޕް ޔޫ ލައިކް ދަ ކަވަރ ޕިކްޗަރ>
* “ސަވާނާ..” މިފަހަރު އެމީހާ އެހެން ބުނެލިއިރު އަޑުގައި ތުރުތުރު އެޅުމެއްވިއެވެ. “ތިއީ ކާކު..؟؟” ދެން އިވުނީ ރަވިކާންގެ އަޑެވެ. އެ އަޑުގައި ރުޅިވެރިކަން އެކުލެވިފައިވެއެވެ. ރަވިކާން އެ ސީރިއަސްވީ ކަން އެނގުމުން ޒައިލީންއަށް ރަވިކާންގެ އަތުގައި ހިފާއްޓާލެވުނެވެ. އޭރުވެސް ޒައިލީންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. ޒައިލީންއަށް އިސްއުފުލާ ބަލާލެވުނީ ރަވިކާން އެ ސުވާލު ތަކުރާރު ކުރުމުންނެވެ. ޒައިލީންއަށް އެމީހާގެ ދެލޯ ފާހަގަވިއެވެ. ވޭނީ ކަރުނައިން ފުރިފައިވާ ރީނދޫ ކުލައިގެ ދެލޮލެވެ. * “ސަވާނާ.. ސަލްވިޔާ…” […]
ޒާޔާ އެހެން އިންދައި އޭނާގެ ލޯ ކަރުނުން ފުރެން ފެށިއެވެ. ކަރުނަތައް އޭގެ މަގާމް ދޫކޮށްފައި ޒާޔާގެ ލޮލުން ފައިބައިގަތް ވަގުތަކީ އެ ކޮޓަރީގެ ލައިޓް ދިއްލުނު ވަގުތެވެ. އެއާއިއެކި ޒާޔާ ބިރެއް ފެނިގެން އުޅުނު ފަދައަކުން ހަޅޭއްލަވައިގަނެފައި އެނދުމަތީ އޮތް ރަޖާގަނޑު ނަގައި އޭނާގެ ގައިގައި އެޅިއެވެ. އެހެންޏާ ޒާޔާގެ ފަރާތުން ނުފެންނަ ސިފައެއް މިރޭ ޒާޔާގެ ފަރާތުން ފެނުމުން މަލައިކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒާޔާ އަކީ ދުވަހަކުވެސް މަލައިކާ އައިސްގެން އެގޮތަށް […]
އޮނަތިރީސްވަނަބައި އެހެން ކަމުން އަޝްހާ ފުރަގަސްދީ ހިޝާން އެތަނުން ދާން ހިނގައިގަތެވެ. *** “ނޫން.. އޭގައި އޮތީ އެހެނެއްނޫން.. އޭގައި އޮތީ އޭނާ އަށް ހިޝާންބެ ހަނދާން ނައްތާ ނުލެވުނު ވާހަކަ.. އެންމެ ފަހު ވާހަކަ އަކަށް އޮތީ އޭނާގެ ހިތް ބަދަލުވެސް ނުކުރެވުނު ވާހަކަ.. އޭގައި އޮތީ އަނާ އަދިވެސް ހިޝާންބެ ދެކެ ލޯބިވާ ވާހަކަ..” އަޝްހާގެ މިބަސްތަކުން ހިޝާންގެ ހިނގުން ހުއްޓުނެވެ. ހީވީ ދެފައިގައި މީހަކު ހިފެހެއްޓިހެންނެވެ. ހައިރާން ވެފައި އޭނާ އެނބުރުނެވެ. އޭނާ […]
އިރުގެ އަލި މޫނަށް އެޅުމާއިއެކު މިއްލީއަށް ހޭލެވުނީ ސިއްސައިގެން ގޮހެވެ. އަވަހަށް ތެދުވެ ގަޑި ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. ގަޑިން 5 ގަޑި ބައި ވީއެވެ. މިއަދު ގަޑި ޖެހުނީއޭ ކިޔާ އަވަހަށް ފެންވަރަން ވަނެވެ. ނިކުތްއިރު މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ފެން ފިނި ވުމުގެ އިތުރުން އޭސީވެސް ޖައްސާފައި ހުރީމައެވެ. ނޯޓް: މިވާހަކައަކީ އަޅުގަނޑު ދިގުކޮށް ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވެއެވެ. ކިޔުންތެރިންގެ ޙިޔާލާއި ކޮމެންޓަކީ އަޅުގަނޑަށް ލިބޭ […]
ޖައިޝް އަކީ އަހަރެންގެ ދަރިއެއް… އަސްމާވެސް ނޭގޭ ކަންތައް ތަކުގަ އަގަ ނުބޭނިއްޔާ އަހަންނަށް ރަގަޅީ.. ކަންތައްތަކުގެ ހަގީގަތް ބަލާފަ ވާހަކަ ދައްކާ..” އިސްހާޤު ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާގެ ސަބަބުން އާތިކާއަށް ވަނީ އެތަކެއް ވޭނެއް މީގެ ކުރިން ތަހަންމަލު ކުރަން ޖެހިފައެވެ. ދެނެއް އެ ފުރުސަތެއް އޭނާ ނުދޭނެއެވެ. އޭނާ އާތިކާދެކެ އިންތިހާއަށް ލޯބިވެއެވެ. އާތިކާގެ ލޮލުން ކަރުނަ ހިލުނެވެ. ޖައިޝްދެކެ އަންނަ ރުޅި އޭނާ ނާންނަން ހުއްޓަސް އާދެވެއެވެ. ޖައިޝްގެ ކުށެއް ނެތްކަން […]
“ސޭވް ދި ސްމައިލް ފޯ ލޭޓާރ! ޔޫ ވިލް ނީޑް އިޓް ބޭޑްލީ!” ރީމް ވަރަށް ޔަގީންކަމާއި އެކު ބުނެލިއެވެ. ލަމްނާ ފަހަތަށް އެނބުރިލައިފައި ބޯއަރިކޮށްލަމުން އެއްބުމަ މައްޗަށް އަރުވައިލިއެވެ. “ސީރިއަސްލީ؟” ހިނިގަނޑެއް ޖަހައިލަމުން ލަމްނާ ބުނެލިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން ރީމް ބޯޖަހައިލައިފައި އެތަނުން ދާން ހިނގައިގަތެވެ. “ހަދާ އަވަހަކަށް ދާން ތިއުޅެނީ؟” ލަމްނާ ހުރީ ޒުވާބުކޮށްލަން ބޭނުންވެފައެވެ. “އަހަރެން މިތާ މާގިނަ އިރުމަޑުކޮށްފިއްޔާ ހަމަ ލަމްނާއަށް ކެތްނުވާނީ!” ވަރަށް ފުރިހަމަކަމާއި އެކު ރީމް ޖަވާބު […]