އެއްތިރީސްވަނަބައި “އެރޭގައި އަހަރެން ޑްރިންކްސް އަތުރާފައި ހުރި މޭޒު ކައިރީ ހުއްޓައި އެތަނަށް އައީ ނަޝްވާ.. ނަޝްވާ އައިސް އަހަރެން ކައިރީ ބުނަނީ އައިނާ އާއި ހިޝާން އުޅެނީ ރައްޓެހި ވެގެނޭ.. އަދި.. އަދި.. އަދި އައިނާ ބޭނުންނަމަ އޭނާ ބުނާކަމެއް ކޮށްފިއްޔާ ލިބޭނެއޭ.. ނަޝްވާ.. ނަޝްވާ ބޭނުންވީ ހިޝާން..” ޔުއާލް މިހާސިސާބަށް ބުނާއިރަށް އައިނާ އަށް ކޮއްޅައް ތެދުވެވިއްޖެއެވެ. *** “ނަޝްވާ ބުނީ އޭނާ ބުނާ ކަމެއް ކޮށްފިއްޔާމުން އޭނައަށް ހިޝާން އަދި އަހަރެންނަށް އައިނާ […]
އާލިޔާ އާއި މަތީން ތިބީ ދެންމެ ހިނގައިދިޔަ ޙާދިޘާގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަނެ އަނގައިން އެންމެ ލަފްޒެއްވެސް ބުނަން ނުކެރިފައެވެ. އެއްވެސް ޙާލެއްގައި މިކަހަލަ ކަމަކާއި އެމީހުނަށް ކުރިމަތިލާން ޖެހިދާނެއެކޭ އެދެމީހުނަށް ހީކުރެވިފައެއްނެތެވެ. އަދި ޖިންނީންނަކީ އުޅޭ ބައެއްކަންވެސް އެމީހުން ޤަބޫލެއް ނުކުރެއެވެ. އޭތި އެމީހުންގެ ކުރިމަތީގައި ދެއްކި ވާހަކަތަކުންވެސް އެއީ މުއުމިން ޖިންނިއެއްކަން ދެމީހުނަށްވެސް އެނގިގެން ހިނގައްޖެއެވެ. ކޮންމެއަކަސް ދެމީހުނަށް ދެން ވޭތުކުރަން ޖެހިފައިވާނީ ނަފްސާނީ ބަލިމަޑުކަމެއްގެ ދުވަސްތަކެއް ކަންނޭނގެއެވެ. އެރޭ މަތީން ގެއަށް […]
ނަމަވެސް އެއަށްވުރެ ބޮޑަށް އިދާން ސަމާލުކަން ދިނީ ޒާޔާމެންނަށެވެ. ******************* އެވަރަށް ވިސްނިއިރުވެސް ބޯ ހަމައެއްގޮތެއް ނުވިސްނުނެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެގޮތަށް އިދާންމެން އެކަކު އަނެކަކާ ވާހަކަ ނުދައްކަން ފެށިއެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެވެ. އެއީ ރަނގަޅުގޮތް ނޫންކަން ޒާޔާއަށް އިނގުނެވެ.ނަމަވެސް އޭގައި ޒާޔާއަށް ކުރެވޭނެ ކަމެއް ނެތުމުން މަޑުން އިނީއެވެ. އެގޮތަށް ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އާދައިގެ މަތިން ދުވަހެކެވެ. އިދާން އިނީ އެ ތަޅުދަނޑި ހިފައިގެން ވިސްނަންށެވެ. ހޫނު […]
އެޕިސޯޑް 2 ……………. ހެނދުނުގެ ތާޒާ ވަގުތެވެ.ޝާލީ އުޅުނީ ސައިހަދާށެވެ.އެވަގުތު އެތަނަށް އެދެމަފިރިން ގެ ދަރިފުޅު ކަމުގައިވާ 10 އަހަރުގެ ޒާރާ އެތަނައް އައެވެ.”ދަރިފުޅާ ހޭލެވުނީ ތަ އަވަހައް ދޭ ތައްޔާރު ވެގެން ސައިބޯން ބައްޕަ ވެސްއަރުކޮޅަކުން އަންނާނެ ސައިބޯން”.ޝާލީ ބުންޏެވެ. ލިއުޝާ:”ދައްތާ ދައްތާ”. ޝާލީ:”ކިހިނެއްވީ ލިއު”. ލިއުޝާ:”ފިހާރަ އަށް ދާން ވެގެން”. ޝާލީ:”ފިހާރައަށް ދާއިރު މާސް އަޅައިގެން ދައްޗޭ އިނގެ”. ލިއުޝާ:”ހުމްމް”. “ކޮބާދެމީހުން ކޮން ބަހުސް އެއްގަ”.ޔަމަން އައިއްސަ އެހިއެވެ.”ލިއު ފިހާރަ އަށް ދާން ވެގެން.”ޝާލީ […]
“ޔޫޝައު… ލަމްނާ… ލަމްނާ!” މައިނޭވާ ލެވޭވަރުން ހުދާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. “އަޅެ ޔޫޝައު ދޭބަލަ ކީއްތޯވީ ބަލާފަ އަންނަން!” ޔޫޝައު އެކަމަށް އެހާ ބޮޑަށް ސަމާލުކަން ނުދިނުމުން ރީމް އެދުނެވެ. “ރީމް… ލަމްނާ ކޮންމެވެސް މޮޔަކަމެއް ކޮށްގެން އަހަރެން ހޯދަނީ ތޯއްޗެއް! ދެން ކީއްކުރާކަށް ދަނީ؟!” ޔޫޝައު އިނީ ހިތްހަމަނުޖެހިފައެވެ. “ޔޫޝައު! ހިނގާބަލަ… ގަބޫލުވެސް ނުކުރާނެ ވީކަމެއް!” ހުދާ ބުނެލިއެވެ. އަނެއްކާވެސް ރީމް އެދުމުން ޔޫޝައު ހުދާއާއި އެކު އެގެއަށް ދާން ހިނގައިގަތެވެ. ނާއިފްވެސް އެމީހުންނާއި […]
އިރުގެ އަލި މޫނަށް އެޅުމާއިއެކު މިއްލީއަށް ހޭލެވުނީ ސިއްސައިގެން ގޮހެވެ. އަވަހަށް ތެދުވެ ގަޑި ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. ގަޑިން 5 ގަޑި ބައި ވީއެވެ. މިއަދު ގަޑި ޖެހުނީއޭ ކިޔާ އަވަހަށް ފެންވަރަން ވަނެވެ. ނިކުތްއިރު މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ފެން ފިނި ވުމުގެ އިތުރުން އޭސީވެސް ޖައްސާފައި ހުރީމައެވެ. އަވަހަށް އެއްޗެހި ލައިގެން ދަބަސް ހިފައިގެން ކޮޓަރިން ނުކުތީ 6 ގަޑި 15 ވުމުގެ ކުރިން ކޮލެޖަށް ދެވޭތޯއެވެ. ކޮލެޖުގެ ފުރަތަމަ […]
ދަރިފުޅާ! ދަރިފުޅާ ކައިރާ..’ ނާހިދާާގެ އަޑަށް އަރާމުކޮށް ނިދާފައި އޮތް ކައިރާއަށް ފުންމައިގެން ތެދުވެވުނެވެ. އެވަގުތު ދޮރުމަތީގައި ހުއްޓިގެން ހުރި ރައިހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ‘އަޅޭ ކައި.. ހަމަ މަންމަ ދެކެ އެހާ ބިރުގަންނަންތަ؟ މީ މަންމަ އެއް ނޫނޭ.. ހައްހައް..’ ހެމުން ހެމުން އޭނާ އެކޮޓަރިން ނިކުތެވެ. ‘ދެން ދޮންތަ މަންމަގެ އަޑުން ގޮވީމަ އެހެންވާނެއެއްނުން.. އަދި ހަމަ އެހާ ބާރަށް.. ހުނ.. ވަރަށް ފޫހި..’ ރައިހާއާއި ދިމާލަށް ހިތާހިތުން ކުދި ކިޔަމުން ކައިރާ […]
ތިރީސްވަނަބައި އައިނާ ނިކުތް އިރު ހިޝާން އޭރުގައި އާންމުކޮށް ދުއްވާ ކާރު ގޭކުރިމަތީގައި އޮތުމުން އައިނާ ހައިރާންވިއެވެ. އަދި އެހިސާބަށް ދާން ޖެހިލުން ވިއެވެ. *** އައިނާ އެހިސާބައް ދާން ނުދާން ހުއްޓައި ކާރުގެ ދޮރުފަތް ހުޅުވާލައިފައި ނިކުތީ އަޝްހާ އެވެ. އައިނާ ހައިރާންވީ ކާރުގެ ޑްރައިވާ ސީޓް ހުޅުވާފައި އަޝްހާ ނިކުތުމުންނެވެ. “މާހައިރާންވެފައި ބަލާނެކަމެއްނެތް އެނގޭ އަނާ.. އަހަރެންގެ އަތުގައިވެސް މިހާރު ސައިކަލް، ކާރު ލައިސަންސް އެބައޮތް..” އަޝްހާ ފަޚުރުވެރިވެލަމުން ލިސްޓް ގުނާލިއެވެ. “ހޫން.. ޕިކަޕާއި […]
އިރުގެ ރަން ދޯދި ތަކުން ދުނިޔެ އަލި ކުރަމުން ދިޔަ ވަރަކަށް މާލޭ މަގުމަތީގައި ދުއްވާ އެއްޗިއްސާއި ހޭލަ މޭލަވެ އުޅޭ މީހުންތައް ދިޔައީ އިތުރު ވަމުންނެވެ. އެއް އަތުގައި ކޮފީ ޖޯޑެއް އިން އިރު އަނެއް އަތް ރެއިލިންގ ގައި އަޅުވާލައިގެން ފުން ހިޔާލަކަށް ގެއްލިފައި އިން ޔާނިޝްގެ ފިރިހެންވަންތަ ކަން އިންތިހާ އެވެ. ވިލު ނޫ ކުލައިގެ ސޯޓަކާއި ކަޅު ކުލައިގެ ހޫޑީއެއް ގައި ޔާނިޝް ފެންނަލެއް ވަރަށް ހިތްގައިމެވެ. ނިއަލް އާއި ނާއިކް […]