ޒާޔާ (ނަވާރަވަނަ ބައި)
ރަށު ވަލުތެރޭ ހުރި ކުޑަ ގޭދޮށުގައި މަލައިކާ އިށީނދެލައިގެން އެތާ އުދުހެމުން ދިޔަ ކުޑަކުޑަ ކޮކާލަކާ ސަމާސާ ކުރަން އިނެވެ. އެހެން އިން އިރު ދޭތެރެއަކުން އެއް ދިމާލަކަށް ނަޒަރު ހުއްޓައިލާ ގޮތުން މަލައިކާ އެއިނީ ވަރަށް ބޮޑު ކަމަކާ ފިކުރު ބޮޑުވެފައިކަން އިނގެއެވެ. މަލައިކާ އެ މަސައްކަތް ކުރަނީ ޒާޔާ ބަދުނާމު ކުރަން ޖަމީލާމެން އެ ކުޅޭ ކުޅިގަނޑަށް އެއްވެސް ކަހަލަ ކާމިޔާބީއެއް ނުލިބި ވާނެގޮތެއް ވޭތޯއެވެ. އޭނާ އެއްގޮތަކަށްވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ ބައެއްގެ މަކަރުވެރިކަމުގެ ދަލުގައި ޖެހި މުޅި ދުނިޔެއަށް ބޭޒާރުވާކަށް ނޭދެއެވެ. އެ ކޮކާތަކާއި އެކީ ސަމާސާކުރަން އިންދައި ކުއްލިއަކަށް ކޮކާތައް ވަރަށް ބާރަށް އުދުހިފައި ދިއުމުން މަލައިކާއަށް ކޮޅަށް ތެދުވެވުނެވެ. ކޮންމެވެސް ކަމެއް ބޮޑުވެއްޖެކަން މަލައިކާއަށް އެނގުނު ވަގުތު މަލައިކާ ހުރި ސަރަޙައްދުގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ނުފެނުނެއްކަމަކު އެ ކޮކާތައް އެހާ ބާރަކަށް އުދުހިފައި ދާނީ ކޮންމެެވެސް ކަމެއް ވީމައިިކަން މަލައިކާއަށް އެނގުންވިއެވެ. މަލައިކާ އެހެން ހުއްޓައި އޭނާއަށް ފެނުނީ އެ ސަރަޙައްދުން ނުކެމެވެސް ހުރި ހިސާބުގައި ހެދިފައި ހުރި ދިގު ވިނަގަސްތަކެއްގެ ނިވަލުން މީހެއްގެ ހިލަމެއްވި ތަނެވެ. މަލައިކާ ބަލާކަށް ނުހުރެ އޭނާއަށް ދެވުނު އެންމެ ބާރަކަށް އެ ދިމާލަށް ހިނގައިގަތެވެ.
އެ މީހާގެ ފަހަތުން ދިޔައިރުވެސް އެއީ އެއްވެސް މީހަކަށް ގެއްލުމެއް ދޭން ނުވަތަ އެހެން ކަމެއް ކުރަން އުޅޭ މީހެއް ހެނެއް މަލައިކާއަކަށް ހިއެއް ނުވިއެވެ. މަލައިކާ އެކަމާ އަޅައިނުލައި އަނެއްކާވެސް އޭނާ އުޅޭ ތަނަށް އަނބުރައި ދިޔައެވެ. ގޭ ދޮށުގައި މަލައިކާ އިށީނދެލި ވަގުތު އޭނާއަށް ފެނުނީ ބިންމަތީ ވެރިފައި ހުރި ފަތްތައް މައްޗަށް އަރައި ވަޔާއިއެކު އުދުހެން ފެށި މަންޒަރެވެ. ޖެހެން ފެށި ބާރުގަދަ ވަޔާއިއެކު އޭނާގެ އިސްތަށިގަނޑާއި ލައިގެން އިން ދިގު ރަތްކުލައިގެ ހެދުން ވެސް ވިހުރެން ފެށިއެވެ. ވަޔާއިއެކު ބުރުއްސަމުން ދިޔަ ކުދިކުދި ކުނޑިތައް މަލައިކާގެ ލޮލަށް ގޯނާ ކުރަން ފެށުމުން ލޮލު މަތީ މަލައިކާ އަތް އެޅިއެވެ. ވަޔާއިއެކު ވިހުރެމުން ދިޔަ ކުނޑިތަކުގެ ގޯނާތައް މައިތިރިވިހެން ހީވެގެން މަލައިކާ މަޑުމަޑުން އޭނާގެ ދެލޮލުން އަތް ނެގިއެވެ. އިސް އުފުލައިލައި ކުރިމައްޗަށް ބަލައިލުމާއިއެކު މަލައިކާއަށް ފެނުނީ އޭނާ ދުވަހަކުވެސް ފެނިދާނެކަމަށް ހީނުކުރާ ފަދަ މަންޒަރެކެވެ. “މަންމާ؟ ކީއްތި ކުރަނީ؟” ދުރުުގައި މަލްހާ އޭނާގެ އަތުން ނަގޫރޯޅިއެއް ޒާތެއްގެ އެއްޗެއް އަނބުރާތީ މަލައިކާއަށް އަހައިލެވުނެވެ. އޭތި އެ އެނބުރެނީ ހަމައެކަނި މަލްހާގެ އަތްތިލައިގައެވެ. އެހެން ނަމަވެސް އޭގެ އަސަރު މުޅި އެ ސަރަޙައްދަށް އެބަ ކުރެެއެވެ. މަންމަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މަލައިކާ ކޮޅަށް ތެދުވިއެވެ. މަލައިކާ އުޅުނީ މަލްހާ ހުއްޓުވަން އޭނާ ކައިރިއަށް ދާށެވެ. ނަމަވެސް މަލައިކާއަށް ދެވުމުގެ ކުރިން މަލްހާ އޭނާގެ އަތުގައި އެނބުރެމުން ދިޔަ ނަގޫރޯޅި މަލައިކާއާއި ދިމާލަށް ދިއްކޮށްލިއެވެ. އެއާއިއެކު މަލައިކާ ވައިސޫރިއެއްގެ ބާރުމިނުގައި ވިއްސައިގެން ގޮސް މާ ދުރަށް ގޮއްސިއެވެ. ނުލަފާ ވައްތަރަކަށް ހީގަންނަމުން މަލްހާ އެ ހުރިތާ ހުރެ ގެއްލުނެވެ.
ތަޤްދީރު އޭނާއާއި މި ކޮށްލި ވަރުގަދަ ސަމާސާ އާއިހެދި ލިއަމް ބޭނުންވީ މި ރަށުން ފުރައިގެން މާލޭ ދާށެވެ. އޭނާ މި ރަށަށް އަންނަން ހޭދަކުރި ހުރިހާ ފައިސާއެއްވެސް ފެނަށް ވެއްޖެ ކަމުގެ އިޙުސާސް އޭނާއަށް ކުރެވުނެވެ. ލިއަމް ބޭނުންވީ ހަމަ އެދުވަހުން އެދުވަހަށް އޭނާ އަދާކުރަމުން އަންނަ ވަޒީފާއާއި ވަކިވާށެވެ. އެހެންކަމުން ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ސިޓީ ލިޔެ ސްކޫލްގެ ޕްރިންސިޕަލާއި އެ ޙަވާލުކުރުމުގެ މަސައްކަތް ލިއަމް ފެށިއެވެ.
ޒާޔާއަށް ކޮޓަރިން ނުކުމެވުނީ ޢަޞްރުން ތިރިވި ފަހުންނެވެ. އޭރު ޖަމީލާ ސިޓިންގް ރޫމުގައި ޓީވީ ބަލަން އިނެވެ. ޖަމީލާގެ މޫނަށް ބަލައިލިޔަސް އެ މޫނުމަތިން މަކަރުވެރިކަމާއި ބޮޑާވެރިކަން ނޫން އެހެން އެއްޗެއް ނުފެނެއެވެ. ޒާޔާ ޖަމީލާ ފަސްދީ ދާން ހިނގައިގަތުމާއިއެއްކޮށް ޖަމީލާ ޒާޔާއަށް ގޮވައިލައިފިއެވެ. ޒާޔާ ހުއްޓުނެއްކަމަކު ފަސް އެނބުރި ބަލައެއް ނުލައެވެ. ނުވިތާކަށް އަނގައިންވެސް ނުބުންޏެވެ. ޖަމީލާ ދެވަނަ ފަހަރަށް ގޮވައިލުމުންވެސް ޒާޔާ ހަމަ އެ ހުރިގޮތަށް އެއްވެސް ޙަރަކާތެއް ކޮށްނުލައި ހުރީއެވެ. ތިންވަނަ ފަހަރަށް ޖަމީލާ ގޮވައިލުމުން ޒާޔާ އޭނާއަށް ދެވުނު އެންމެ ބާރަކަށް އެތަނުން ދާން ހިނގައިގަތެވެ. ގޯތިތެރެއަށް ނުކުމެވެން ހުރި ދޮރާއި ކައިރި ވެވުނުއިރު ފަހަތުން ޖަމީލާ ޒާޔާގެ އަތުގައި ހިފަހައްޓައިފިއެވެ. “ދޫކުރޭ ހަމަ މިހާރު.” ރުންކުރު ރާގަކަށް ޒާޔާ ބުންޏެވެ. “ދަރިފުޅު މަންމަ ދެކެ ރުޅި އައިއްސަތަ؟” ޖަމީލާ ވަރަށް ލޯބިން ސުވާލު ކޮށްލިއެވެ. ޒާޔާ އައި ރުޅިން ޖަމީލާގެ އަތް ފޮޅުވައިލައިފައި ޖަމީލާ ހުރި ދިމާލަށް އެނބުރި އޭނާއަށް ޖެހުނު އެންމެ ބާރަކަށް ޖަމީލާގެ ކޮލުގައި ޖެހިއެވެ. ކޮލާއި ދިމާލުން އިޙުސާސްވި ދިލަ ތަދެއްގެ ސަބަބުން ޖަމީލާގެ އަނގައިން އާހެއްގެ އަޑު ނުކުތެވެ. ކޮލުގައި ފިރުމައިލައިފައި ޖަމީލާ ދެން ޒާޔާއަށް ބަލައިލީ ރުޅިވެރިކަމުން ފުރިގެންވި ނަޒަރަކުންނެވެ. ޒާޔާވެސް ހުރީ ރުޅިވެރި ނަޒަރަކުން ޖަމީލާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ޒާޔާ އަނެއްކާވެސް ދާން ހިނގައިގަތުމާއިއެއްކޮށް ޖަމީލާ ޒާޔާގެ އިސްތަށިގަނޑުގައި ހިފައި ވާންކޮށްލިއެވެ. އެއާއިއެކު ޒާޔާއަށް ހަޅޭއްލަވައިގަނެވުނެވެ. “ކަލޭ ކީއްކުރަން މަގޭ ގައިގަ ތި ޖެހީ؟ ބަލަ އަހަރެން މީ ކަލޭގެ މަންމަ. ކަލެއަކަށް ނޯންނާނެ އެއްވެސް ހައްގެއް އަހަރެން ގައިގަ ޖެހުމުގެ.” ދަތްކުޑި ވިކައިގަނެފައި ޖަމީލާ ޒާޔާއާއި ދިމާލަށް ބުންޏެވެ. ޒާޔާއަށް އޭރު އިޙުސާސްވަމުން ދިޔަ ތަދެއްގެ ސަބަބުން އޭނާއަށް ރޮވެން ފެށިއެވެ. ޖަމީލާ ބަލާކަށް ނުހުރެ ޒާޔާގެ އަތުގައި ހިފައިގެން ގެނައިސް އޭނާގެ ކޮޓަރިއަށް ވެއްދިއެވެ. އަދި އެހެން މީހަކަށް މަންޒަރު ފެނިދާނެތީ ދޮރު ތަޅުވެސް ލިއެވެ.
ޖަމީލާ ޒާޔާ ކޮށްޕައިލުމާއިއެއްކޮށް ޒާޔާ ގޮސް ޖެހުނީ އެ ކޮޓަރީގައި ހުރި މޭޒުގައެވެ. މޭޒުގެ ކަނުގައި އޭނާގެ ނިއްކުރި ޖެހުމުން ހީވީ ބޮލަށް އެނބުރުން އެރީހެނެވެ. އެހެނަސް ވަރަށް ހިތްވަރުކޮށްފައި ޒާޔާ މޭޒުގައި ހިފަހައްޓައިފައި އެތަނުން ތެދުވިއެވެ. “ކަލޭ ކީއްކުރަން ކުރި ކަމެއް އެއީ؟ ކީއްކުރަން އަހަރެންގެ ނަމުގަ ކަލޭ ހުރިހާ ނުބައި ކަމެއް ކުރަނީ؟ ކީއްކުރަން..” ޒާޔާގެ ވާހަކަ ހުއްޓުމަކަށް އައީ ޖަމީލާ އޭތް އޭ ކިޔައިފައި ހަޅޭއްލަވައިގަތުމުންނެވެ. ޒާޔާގެ އަނގަ ވަގުތުން ބަންދުވެގެން ދިޔައެވެ. އެ ހުރިހާ ވާހަކައެއް ނުދައްކަން ހުރެފައިވެސް އޭނާއަށް ދެއްކިއްޖެކަން ރޭކައިލީ ދެނެވެ. ދެރައާއި އެއްވަރަށް ރުޅިވެސް އައިއްސައި ހުރީމަޔާއިއެކީ ޒާޔާއަށް ބޭއިޚްތިޔާރުގައި ޖަމީލާ އާއި ދިމާލަށް ހަޅޭއްލަވައިގަނެވުނީއެވެ.
“އޯ.. މީ ދޯ މިވީގޮތަކީ.. ހެހެ. ބުނަން ވާހަކައެއް. ކަލެއަށް ދެންވެސް ދެރަގޮތެއް ވާން ބޭނުންނުވަންޏާ ކަލޭ މަޑުން ހުރޭ. އަހަންނަށް ކަލޭ މުޅި މި ރަށަށް ގިނަކޮށްލުން އެއީ އެހާ އުނދަގޫކަމެއް ނޫން. އެހެންނުންވާނީ. އަހަރެންގެ އަތުގަ އެބަހުރި ވިއްޔަ ކަލެއާ ޖިނާނާއި ދެމީހުންގެ ލޯބި ލޯބި މޮމެންޓްސްތަކުގެ ފޮޓޯތައް. ބުނަން.. މީގެން އެއްވެސް ވާހަކައެއް ކަލޭ ބައްޕަ ކައިރީ ބުނެފިއްޔާ ހަނދާންކުރާތި ކަލޭ ސަލާމަތެއް ނުވާނެކަން. އަހަރެންގެ ކައިރިން ކަލެއަކަށް ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެ. ކަލޭ އުފަލުގަ ކަލޭގެ ބައްޕަ ކައިރީ ހުންނަން ބޭނުންވަންޏާ މަޑުން ހުންނަން ޖެހޭނީ. މަށޭ ކިޔައިގެން އެންމެ ލަފްޒެއްވެސް ކަލޭ ބައްޕަ ކުރިމަތީ ބޭރުކޮށްލިޔަސް ކަލޭ މުޅި މި ރަށަށް ގިނަކޮށްލާނަން!” ޖަމީލާ އޭނާގެ އަސްލު ސޫރަ ޒާޔާގެ ކުރިމަތީ ހާމަކުރިއެވެ. ޖަމީލާގެ ފަރާތުން އިވުނު ވިހަގަދަ ބަސްތަކެއްގެ ސަބަބުން ޒާޔާ ހުރީ އެއްކޮށް ހުއްޓުން އަރައިފައެވެ. ބުނާނެ އެއްޗެއްވެސް އޭނާއަށް ނޭނގުނީއެވެ. ކުޑަމިނުން އޭނާގެ އަމިއްލަ ނަފްސުގެ ދިފާޢުގައި ބުނާނެ އެއްޗެއްވެސް ނޭނގުނީއެވެ. ޖަމީލާ އެ ކޮޓަރިން ނުކުމެގެން ދިޔައީ ޒާޔާ އެގޮތަށް ހުއްޓުން އަރައިފައި ހުއްޓައެވެ. މާތްކަލާކޯއެވެ! މިއީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ އަންހެނަކަށް ވެހުރެ އަންހެން ކުއްޖަކު ބަދުނާމު ކޮށް ފަޟީޙަތް ކުރަން މަސައްކަތް ކުރަނީއެވެ. އަންހެނަކަށް ވެހުރެ އަންހެން ކުއްޖަކަށް ބިރު ދައްކަނީއެވެ. ސުބްޙާނައްﷲ އެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ. ޒާޔާގެ ސިކުނޑި މިކަހަލަ ޚިޔާލުތަކުން ވަށައިލެވިގެން ދިޔަދިޔައިނުން އޭނާއަށް އެ ހުރިތަނަށް ތިރިވެވުނެވެ. އަދި ގިސްގިސްލައިފައި ރޮއެގަނެވުނީ އޭނާގެ ޙާލާއި މެދު ވިސްނައިލެވުމުންނެވެ. ޖަމީލާ ފަހަރެއްގައިވެސް މި ވަރުގެ ކަމެއް ކޮށްފާނެކަމަކަށް ޒާޔާއަށް ދުވަހަކުވެސް ހީކުރެވިފައެއް ނެތެވެ. އޭނާއަށް އެންމެ ފަހުން މި ޖެހުނީ ހަމަ އެއްވެސް އެއްޗެކޭ ނުބުނެ ހަނު ހުންނާށެވެ. “މަލައިކާ..” މީހެއްގެ އެހީއަކަށް މާ ބޮޑަށް އޭނާގެ ހިތް އެދުނުވަރުން ޒާޔާއަށް ރުއިމުގެ ތެރެއިން ބާރަކަށް އެ ނަން ކިޔައިލެވުނެވެ.
ރަށުގެ އެންމެ ބިއްދޮށް ސަރަޙައްދުގައި ހެދިފައި ހުރި ވިނަގަސްތަކުގެ ތެރެއިން މަލައިކާ ތެދުވިއެވެ. އޭނާގެ ކަންފަތާއި ހަމައަށް ޒާޔާ އޭނާއަށް ގޮވައިލި އަޑު ފޯރައިފިއެވެ. މިހާ ދުރަށް އޭނާ ވިއްސައިގެން ޖެހުނު އިރުވެސް މަލައިކާގެ ހަށިގަނޑުގައި ވޭން އަޅާހެނެއް ހިއެއް ނުވެއެވެ. ކުރިއެކޭވެސް އެއްގޮތަށް މަލައިކާ އެ ހުރީ ހަމަ ގަދަވެ ސަލާމަތުންނެވެ. މަލައިކާ އެތަނުން ދާން އުޅުނު ވަގުތު އޭނާގެ ކޮނޑުގައި ފަހަތުން މީހަކު އަތްލިހެން ހީވިއެވެ. މަލައިކާ ފަސްއެނބުރި ބަލައިލުމާއިއެކު އޭނާގެ ކުރިމަތީގައި ރީތި ހިނިތުންވުމެއްގައި ހުރީ އޭނާގެ ކޮއްކޮ މަލަކާއެވެ. “ހަހަ. މަލަކާ. މިތާ ކީއްކުރަނީ؟” މަލަކާ ފެނުމުން މަލައިކާއަށް ލިބުނު އުފާ ބަޔާންކުރަން ދަތިވި ކަހަލައެވެ. “ދޮންތަ ސަލާމަތްކޮށްދޭންވެގެން އައީ.” މަލައިކާގް އަތުގައި ހިފަހައްޓައިލަމުން މަލަކާ ބުންޏެވެ. “ކޮންކަމަކުން؟” މަލައިކާއަށް މަލަކާ ބުނި އެއްޗެއް ދޭހައެއް ނުވިއެވެ. “މަންމަ ދޮންތަ މިތަނަށް ހޫރާލީއެއްނު. އެހެންވެ އަހަރެން ދޮންތަ ގާތަށް އައިސް ދޮންތަ ސަލާމަތްކޮށްދިނީ މި. އަހަންނަށް ނާދެވުނު ނަމަ ދޮންތަގެ ފުރާނަވެސް ހިނގައިއްޖައީސް ކަންނޭނގެ… ދޮންތާ! އަހަރެން ދެން ހުންނާނީ ދޮންތަ ގާތުގަ. ދޮންތަގެ ހަށިފާރަވެރިއެއްގެ ގޮތުގަ.” މަލަކާ ވާހަކަ ދައްކަމުން ގޮސް އެންމެ ފަހަކަށް ބުނެލި ދެ ޖުމުލަ އަޑުއިވިފައި މަލައިކާގެ ތުންފަތުގައިވި ހިނިތުންވުން ފިލައި ގޮސް ދެބުމަ ގޮށްޖެހުނެވެ. “އެއީ ކީއްވެ؟” އެހުރިގޮތަށްހުރެ މަލައިކާ އެހިއެވެ. “ދޮންތާ.. ދޮންތަ އެކަނި އުޅެން ހަދަންޏާ ދޮންތައަށް އެއްވެސް ރައްކާތެރިކަމެއް ނުލިބޭނެ. މިހާރުވެސް މަންމަ އެ މަސައްކަތްކުރަމުން ދަނީ ދޮންތަ މަރައިލަން. ދޮންތައަށް މި ދުވަސްކޮޅު ވަރަށް ނުރައްކާ. އަހަރެން ބޭނުމެއްނޫން ދޮންތައަށް އެއްވެސް ދެރައެއް ލިބޭތަން ދެކޭކަށް.” މަލައިކާ ދެވަނަ ވިސްނުމެއް ނެތި މަލަކާ ދެއްކި ވާހަކަތައް ޤަބޫލުކޮށް އަދި އޭނާވެސް ރައްކާތެރިކަމާއި މީހެއްގެ އެހީ ބޭނުންވާކަމަށް މަލައިކާ ބުންޏެވެ. ދެބެންވެސް އެތާ މަޑުކުރަން ނުހަދައި އެކުއެކީ މަލައިކާ އުޅޭ ގެއާއި ދިމާލަށް އުދުއްސައިގަތެވެ.
“އައްސަލާމު ޢަލައިކުމް.” ސްކޫލުން ނުކުތް ލިއަމްއަށް އޭނާގެ ފަހަތުން މީހަކު ސަލާމް ގޮވައިލި އަޑު އިވުމުން ލިއަމް ފަސް އެނބުރި ބަލައިލިއެވެ. އެވަގުތު އޭނާ ނުވެސް ދަންނަ މީހަކު އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހިނިތުންވެލައިގެން ހުއްޓެވެ. “އަމްމް. ތިބޭފުޅާގެ ފޯނު އަޅުގަނޑަށް ލިބިދާނެތޯ. ފޯރ ފައިވް މިނެޓްސް ޕްލީޒް. އަޅުގަނޑު މީހަކަށް ގުޅާލަންވެގެން. އަޅުގަނޑު ފޯނުގަ ބެލެންސް ނެތުނީމަ.” ލިއަމްގެ މޫނަށް ފަރުވާތެރިކަމާއިއެކީ ބަލަހައްޓައިގެން ހުރެ މަތީން ބުންޏެވެ. “ޔާ ޝުއަރ.” ލިއަމް އެއްވެސް ވަރަކަށް އިންކާރުކުރުމެއްނެތި މަތީނަށް އޭނާގެ ފޯނު ދިނެވެ. އެވަގުތަކީ ސްކޫލުން ނުކުތް މީހަކު ލިއަމް ގާތުގައި ސްކޫލަށް ވަންނަން ބުނި ވަގުތެވެ. މަތީނަށް ލިބުނު ރަނުގެ ފުރުޞަތުގައި އޭނާ ސްކޫލް ގޭޓާއި ތަންކޮޅެއް ދުރަށް ޖެހިލައި ލިއަމްގެ ފޯނު ހުޅުވައިލިއެވެ. މަތީން އެންމެ ފުރަތަމަވެސް އޭގައި އޭނާގެ ނަމްބަރު ސޭވްކޮށްލީއެވެ. އެއަށްފަހު ވައިބަރ އަށް ވަދެ ‘ޒާޔާ’ ގެ ޗެޓްލޮގް ހުޅުވައިލައިފައި އޭގައި ދެކެވިފައި ހުރި ވާހަކަތަކުގެ ސްކްރީންޝޮޓްތައް ނެގިއެވެ. އެއަށްފަހު އެ އެއްޗެހި އޭނާގެ ފޯނަށް ފޮނުވައިލައި އޭނާގެ ޗެޓްލޮގާއި ގެލެރީގައި ސޭވް ވެފައި ހުރި ސްކްރީންޝޮޓްތައް ޑިލީޓް ކޮށްލިއެވެ. މަތީން ގޭޓާއި ދިމާލަށް ބަލައިލިއިރު އެކޮޅުން ލިއަމް ނުކުންނަތަން ފެނުމުން މަތީން އަވަހަށް އެ ފޯނު ކަންފަތުގައި ޖައްސައިލިއެވެ. “އޭ މަ ގެއަށް ގޮސް ފޯނަށް ލާރި އަޅާފަ ގުޅާނަން އިނގޭ. އަޑުއިވިއްޖެ!” މަތީން ފޯނު ކަންފަތާއި ދުރުކޮށްލަމުން ލިއަމް ކައިރިއަށް ގޮސް ލިއަމް އަތަށް ފޯނު ދިނެވެ. އަދި ލިއަމްއަށް ޝުކުރު އަދާކޮށްފައި މަތީން އެތަނުން ދިޔައެވެ.
ރޭގަނޑުގެ ފުރަ މެންދަމުގެ ވަގުތެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔައިރު މަގުތަކުގައި ހިނގައިބިނގައިވެ އުޅޭ މީހުންނަށް އުނދަގޫވާނޭވަރަށް ފެންކޯރުތައް ހެދިފައިވިއެވެ. ވައި ޖެހެމުން ދިޔަލެއް ބާރުކަމުން ހީވަނީ ދެންމެ ދެންމެ މަގުތަކުގައި ހެދިފައި ހުރި ބޮޑެތި ބިޔަ ގަސްތައްވެސް ބިމުން ނެއްޓިދާނެހެނެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި މަލައިކާ ނަށަމުން ދިޔައެވެ. ވާރޭތެމުމަކީ މަލައިކާ އަބަދުވެސް ވަަރަށް ފޯރި ހުންނަ ކަމެކެވެ. މަލަކާ ގާތުގައި އާދޭސްކުރުމުންވެސް މަލަކާ ވާރޭތެމެން ނުނިކުތުމުން މަލައިކާ އެކަމާ ހިތްހަމަނުޖެހުނެއް ކަމަކު މަލަކާ ވާރޭ ނުތެމޭ ސަބަބު އެނގުންވުމާއިއެކުހެން މަލައިކާ ހަމަޖެހިލިއެވެ. “މަލަކާ. ދޮންތަ އަންނާނަން ތަނަކަށް ގޮއްސަ. ފަތިހު އަންނާނަން އިނގޭ އިރާދަކުރެއްވިއްޔާ.” މަލައިކާ އެތެރެއަށްވަދެ މަލަކާ ގާތުގައި ބުންޏެވެ. މަލަކާ އޮތީ އޭރުވެސް ހީކަރުވާތީ ތުރުތުރު އަޅައަޅައެވެ. މަލައިކާ އެހެން ހުރެ ދެލޯ މަރައި އިރުކޮޅެއް ކޮށްފައި ދެލޯ ހުޅުވައިލިއިރު އޭނާ އެއްކޮށް ހިކިއްޖެއެވެ. މަލައިކާ މީގެ ވަގުތުކޮޅެއް ކުރިން ވާރޭ ތެމުނުހެނެއް ހިއެއްނުވެއެވެ. މަލައިކާ އޭނާގެ ދެލޯ ދިއްލައިލައިފައި މަލަކާއާއި ދިމާލަށް ބަލައިލިއެވެ. އަދި ރަން އައްޔެއް ދޫކޮށް އެ އަލި މަލަކާގެ ބޮލުން ފެށިގެން ފައިތިލަ އާއި ހަމައަށް ގެންދިޔައެވެ. އެއަށްފަހު އޭނާގެ ދިއްލިފައިވި ދެލޯ ނިވައިލިއެވެ. “މިހާރު ހިއެއް ނުކަރުވާނެ އިނގޭ.” މަލަކާގެ ބޮލުގައި ފިރުމައިލަމުން މަލައިކާ ބުންޏެވެ. މަލަކާ އޭނާގެ ގައިގައި ހުރި ރަން ކުނޑިތަކަށް ބަލައިލަމުން ހިނިތުންވެލިއެވެ. “ދޮންތަ ދަނީ އިނގޭ.” މަލަކާ ހްމްމް ލައްވައިލުމުން މަލައިކާ ގެއިން ނުކުމެ ދެން މިޞްރާބު ޖެހީ ޒާޔާގެ ގެއާއި ދިމާލަށެވެ.
ކޮޓަރި ތެރެ އެއްކޮށް އަނދިރިކޮށްލައިގެން ޒާޔާ އެނދަށް އަރާ އެނދުގެ އެންމެ ކަނުގައި ދެފައި ވަށްކޮށްލައިގެން އެއް ދިމާލަކަށް ނަޒަރު ހުއްޓައިލައިގެން އިނެވެ. ބަލާބެލުމަށް ހީވަނީ މޮޔަވެފައި އިން ކުއްޖެއްހެނެވެ. އެހެނަސް ރަނގަޅަށް އޭނާގެ މޫނަށް ބަލައިލައިފިނަމަ އެ މޫނުމަތިން ދޭހަވެގެން ދަނީ ޒާޔާ އެ ކުރާ ހިތާމައެވެ. އޭނާގެ ދިރިއުޅުމާއި ދޭތެރޭ ވިސްނައި ވިސްނައި އޭނާ މިހާރު ވަރުބަލިވެއްޖެއެވެ. މި ހިނގާ ކަމަކުން ކުރެ އެއްވެސް ކަމެއްގެ ވާހަކަ އޭނާ އެންމެ ލޯބިވާ ފަރާތްދެކެވެސް ބުނެވޭކަށް ނެތެވެ. ކިޔެވުމާއި މެދު ވިސްނަން ޖެހޭ ދުވަސްވަރު މި ޖެހުނީ އެހެން ކަމަކާ ދޭތެރޭ ވިސްނާށެވެ. ކުރިން ބައްޕަ އެދުނު އެދުމަށް އޭނާއަށް އިންކާރު ކުރެވުނު ނަމައޭ މިހާރު ޒާޔާގެ ހިތަށް އަރައެވެ.
ޒާޔާ އެހެން އިންދައި އޭނާގެ ލޯ ކަރުނުން ފުރެން ފެށިއެވެ. ކަރުނަތައް އޭގެ މަގާމް ދޫކޮށްފައި ޒާޔާގެ ލޮލުން ފައިބައިގަތް ވަގުތަކީ އެ ކޮޓަރީގެ ލައިޓް ދިއްލުނު ވަގުތެވެ. އެއާއިއެކި ޒާޔާ ބިރެއް ފެނިގެން އުޅުނު ފަދައަކުން ހަޅޭއްލަވައިގަނެފައި އެނދުމަތީ އޮތް ރަޖާގަނޑު ނަގައި އޭނާގެ ގައިގައި އެޅިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.





vrh vrh vrh reethi mi part vx…. maasha allah
Unknown gurl 🙂 🙂 🙂 Thank you so much dear <3 <3 <3
Hey dhonthyyy
Vrh vrh vrh vrh furihama mi part vx… curiously waiting for next part ingey..
?❤Love you
Sadha 🙂 🙂 🙂 Thank you so much dear. And yes! Keep waiting curiously 😀 😀 😀 Love you too dear <3 <3 <3 <3
Varah Varah reethi Maasha Allah Mi part ??? oohh zaara ah haadha dhyra goih thakeky thi hadhany ? when is the next part? LYSSM dhonthy? stay safe?
Maasha 🙂 🙂 🙂 Thank you so much. Zaayaa au dhw! Yes v goiy goiy eba hadhaalewe zaayaa au. But don’t worry. Fahun rangalhuwedhaane dhw hama 😀 😀 😀
Dhen oiy bai hama liyevunuhaa avahakau submit kollaanan inge 🙂 🙂 Love you too Maash and stay safe <3 <3 <3 <3
Oops. Not Maasha. Maash 😀 😀 Hehe
Vvv reethi ?
Hana 🙂 🙂 🙂 Thank you so much dear <3 <3
Really donthy varah reethi other part ah wait kuramun mi dhanee
maasha 🙂 🙂 🙂 Thank you so much dear. Yes keep waiting 😀 😀 <3 <3 <3
Bakee kithah part donthy and can u tell u are real name
maasha 🙂 🙂 🙂 Baakee innaanee kithau part kameiy bunaakau neynge bcs adhi es story prepare kuramun dhaatheeve. 😀 😀 😀 <3 <3
MASHA ALLAH ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️V REETHI MI PART VX
Dhonthy alsu varah molhu Vaahaka sifakohdeyn ingey.. Masha Allah u are so talented dear?????????
Lwbi lwbi Dhonthy sorry ingey kurin part takan cmnt nukurevuneema… Ekamu vx mint mi Vaahaka kiyan ingey hama baraabarah☺️
Luve u Dhonthy????????????????
Stay Safe & Take care??????????????
Mint 🙂 🙂 🙂 Thank you so much inge 😀 😀 😀 For your supportive and lovely comment 😀 Come on Mint it’s okay 🙂 🙂 Gavaaidhun comment nukurevunas kiyaalanikou e vee inge 🙂 🙂 🙂 Once again thank you so much Mint 😀 😀 😀 It really means a lot 😀 😀 Stay safe, Take care and love you too <3 <3 <3 <3 <3 <3 <3 <3
Sissoooo this prt is 100% cool varah reethi ♥️♥️♥️♥️♥️♥️♥️ alhe kaaku baa e aeee ???? Srry siss midhuvx kolhu hama comment nukohlevenee ???? alhe haadha gohey mi jameela gadu ?????? curiously waiting for nxt ??? dhn kihinei baa vaanee??? I think malaika can save her ????
Stay safe karaa land siss ???????
Lysssssmmmmmm ❤️❤️❤️❤️❤️
Afu 🙂 🙂 🙂 Thank you so much dear for the beautiful, lovely and supportive comment. It really means a lot for me. 😀 And Afu! It’s okay inge no need to apologize. 🙂 🙂 Aan dhw Jameelaamen hama goahee. What to do? 🙁 🙁 Keep waiting inge Afu. Aan kihineiybaa dhw dhn waanee??? Balamaa! Maybe Malaika can save her or she cannot. Hehe 😀 Aha! Karaa land sis!!! 😀 😀 😀 😀 😀 😀 Thanks 😉 Love you too Afu <3 <3 <3 <3 <3 <3
Dhonthi this part is also awesome … curious to read neaxt part ..and I am really sorry kurin dhe part ah comment nukurevunyma ..??? kuda Koh bxy v ma nuvegen ekmxx I have read w part vxx hama vrh salhi ..Masha Allah dhonthii Hama vrh molhu edheny dhonthi ah mi kamun dhuvaheh dhuvahakah kuri erun libunn ..??
Love you dhonthii ?
Be safe ?❤️
Niuko 🙂 🙂 🙂 Thank you so much dear. It really means a lot. And no need to say sorry okay dear. I can totally understand. Anyways Once again thank you so much Niuko for your support and love 😀 😀 Love you too and stay safe <3 <3 <3 <3 <3 <3