Skip to content
އެސްފިޔަ

އައިނާ (2) 26

ސައްބީސްވަނަބައި

އަރިން އާއި އިސްރާ ކުރީސީޓައް އަރުވާފައި އަނީލް މިސްރާބުޖެހީ ޑްރައިވާ ސީޓަށެވެ. ކާރަށް އަރައި ހަމަ ޖެހިލައިފައި އެތިން މީހުން މިސްރާބު ޖެހީ އައިނާ ބަލައި އެއާޕޯޓަށެވެ.

***

އެމީހުންނަށް ދެވުނުއިރު އެހެން އާއިލާ ތަކުގެ މީހުންތައްވެސް އެމީހުންގެ މީހުން ބަލައި އައިސް ތިއްބެވެ. މުޅި އެއާޕޯޓު އޮތީ ތޮއްޖެހިފައެވެ. ހިފާލައިފައިވަނީ އުފާވެރި ރާގެކެވެ. މީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލައެވެ.

އަނީލްމެންވެސް އެތާގައި އިން ބެންޗެއްގައި އިށީނެވެ. އަނީލްގެ އުނގުގައި އަރިން އިނީ މުޅިމާޙައުލަށް ކަޅި އުކާށެވެ. ހީވަނީ އަލަށް ފެނިގެން އުޅޭ ހެންނެވެ.

އޭގެ ފަސްވަރަކަށް މިނިޓު ފަހުން ދޮރުން ވަދެގެން އައި އަޝްހާ ފެނުނެވެ. އަޝްހާގެ އަތުގައި ހިފާލައިގެން އަށް އަހަރުގެ އަރުޝް އިނެވެ. ފަހަތުން އާޝިޔާ އާއި އިޔާޒުގެ އިތުރުން ޚަދީޖާ ވެސް އިނެވެ. އޭގެ ފަހަތުން ވަދެގެން އައީ މަރިއަމް އާއި ހުމައިދެވެ. އެންމެން އައުމުން އައިނާ އުފާވާނެ ކަން ގައިމެވެ.

އަރިން އާއި އަރުޝް އާއި ދެމީހުން ވަކިން އުޅުނީ އަމިއްލަ ދުނިޔެއެއްގައެވެ. އަމިއްލަ ވާހަކައިގައި ދެމީހުން ވެސް އުޅުނީ އެހެން މީހުންނާއި ވަކިންނެވެ.

މާގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ. ފްލައިޓް ރަންވޭގައި ޖެއްސި އަޑު އިވުނެވެ. އިސްރާ އިނީ ލޯބިވާ ދަރިފުޅު ފެންނާނެ ވަގުތަކަށް ކެތްތެރި ކަމެއް ނެތިއެވެ. ފަސް އަހަރު ފަހުން އެދަރިފުޅު ހަމަ ލޮލުން ފެންނަ އިރު އިންނާނީ ކިހިނެތް ބާވައޭ އިސްރާގެ ހިތަށް އެރިއެވެ.

އަޝްހާގެ ހާލަކީ ތޯއެވެ. އެންމެ ގާތް އެކުވެރިޔާ ފަސް އަހަރު ފަހުން ފެންނާތީވެ އޭނާވެސް ކެތެރިކަމެއް ނެތި އިންތިޒާރު ކުރެވެއެވެ. އެހެން ތިއްބާ ފްލައިޓުން އައި ގެސްޓުންތައް ލަގެޖް ނަގަން ވަތްތަން ފެނުނެވެ. އެމީހުން ތިބީ އައިނާ އެރައިވަލް އިން ވަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

އެންމެންގެ ނަޒަރު ހުއްޓުނީ ދޮރުން ވަދެގެން އައި އަންހެން ކުއްޖާ އަށެވެ. އިސްކޮޅުން އެހާ ދިގުނޫނަސް ކުރެކޭ ބުނާވަރެއް ވެސް ނޫނެވެ. ލައިގެން ހުރީ ގަމީހެއްހެން ކަކުލާއި ހަމައަށް އަރާ ގަދަ ފެހިކުލައިގެ ހެދުމެކެވެ. ތިރިން ލައިގެން ހުރީ ކަޅުކުލައިގެ ޖިންސެކެވެ. މަތިން ލައިގެން ހުރީ ފަޔާއި ހަމައަށް އަރާ  ތުނި ޖެކެޓެކެވެ. އަރައިގެން ހުރި ތިރި ބޫޓަކުން އައިނާ ތަފާތު ކަމަށް ދައްކައެވެ.

އެންމެންވެސް ހައިރާންވީ އައިނާ އަށް އައިސްފައި ހުރި ބަދަލު ފެނުމުންނެވެ. އެބުޅި ވަރުގަދަ އިސްތަށިގަނޑު ވަނީ ކަޅުކުލައިގެ ޝޯލް އަކުން ފޮރުވާލެވިފައެވެ. ޓްރޯލީ އަކަށް އޭނާގެ ފޮށި އަރުވައިގެން އައިނާ މިސްރާބުޖެހީ ނިކުންނާށެވެ. އެދޮރާއި އަރައި ހަމަވި ވަގުތު އޮޓޯ އިން އެދޮރު ހުޅުވުނެވެ.

އައިނާ ނިކުތް ގޮތަށް އިސްރާގެ ގައިގައި އޮޅުލައި ގަތެވެ. ޓްރޯލީވެސް ހުރިތަނުގައި ބަހައްޓާފައެވެ. އިސްރާ ވެސް ލޯބިވާ ދަރިފުޅުގެ ގައިގައި އަތްވަށާލިއެވެ. އައިނާ އިސްރާގެ ގައިގައި ދޫކޮށްލި ގޮތަށް އަނީލްގެ ގައިގައިވެސް ބައްދާލިއެވެ. “ދޮންތީ..” އަނީލްގެ އަނެއް ފަރާތުގައި އިން އަރިން އޭނާގެ ޅައަޑުން ގޮވާލިއެވެ.

އައިނާގެ ހިތް ލޯބިން ފުރުނެވެ. އައިނާ ދިޔަގޮތައް ގޮސް އަރިންގެ ގައިގައިވެސް ބައްދާލިއެވެ. “ރިންކޯ..” އައިނާ ތެދުވިއިރު އުރުގައި އަރިންވެސް އިނެވެ. “އަނާ އަހަރެން މިސް އެއް ނުވިދޯ..” އިސްރާގެ ފަހަތުގައި އިން އަޝްހާ ބުނެލިއެވެ.

“ނޯ!! ކީއްވެ އަހަރެން އަހަރެންގެ ބެސްޓީގެ މަތިން ހަނދާން ނެތޭނީ..” އައިނާ އަޝްހާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. “ޔާ ދޯ..” އަޝްހާ ވެސް އެއްބަސް ވެލިއެވެ. ހުރިހާ އެންމެން އުފާވެރި މޫނަކައިގެން ބައްދަލު ކުރިއެވެ.

“ވައި ވުޑް ހީ ކަމް..” އައިނާ ދޮރާއި ދިމާއަށް ކަޅި އުކަމުން ބުނެލިއެވެ. “އޭ އޭ.. ބަލަ ކިހިނެތް ތިވަނީ.. ހިތުގެ ރަސްގެފާނު ވީ އޮފީހުގަ އޭ.. މާވަރަކަށް ހޯދިއަސް ނުފެންނާނެއޭ..” އަޝްހާ އައިނާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“އެ.. އޭނ.. ކާކުތަ އަހަރެން ހޯދަނީ.. ނުހޯދަމޭ.. އަޝޫ އަށް ހީވާގޮތް ތީ..” އައިނާ ނޫންކަމަށް ހެދެމުން ބުނެލިއެވެ. އައިނާ އަށް ނޭނގުނަސް މިމަންޒަރު އެހެން މީހުންނަށްވެސް ފެނުނެވެ. އަދި އައިނާ އަށް ވީގޮތް އެމީހުން ނިކަން ރީއްޗައް ދުއްޓެވެ. އަދި އޭގެ ސަބަބުވެސް އިނގޭމެއެވެ.

ވާނީވެސް އެހެންތާއެވެ. އައިނާ އަށް އެނގުމަކާއި ނުލައި އަޝްހާ ވަނީ އެގޭގެ އެންމެންނަށް އައިނާ އާއި ހިޝާންގެ ގުޅުން ކިޔައިދީފައެވެ. ހިޝާން އަށްވެސް މީގެއިން އެއްވެސް ކަމެއް ނޭނގެއެވެ.

***

ކެބިންގެ ގޮނޑީގެ ލެގޭބައި ގައި ލެގިގެން ބޯމައްޗައް ނަގައިގެން އޮތް ހިޝާން އޮތީ ދެލޯ މަރައިގެންނެވެ. ހީވަނީ އެއްވެސް ކަމެއް ކުރާހިތް ނުވެފައި އޮތްހެންނެވެ. އެހެން އޮވެފައި ފުންނޭވައެއް ދޫކޮށްލައިފައި ބޯނެގިއެވެ. ކުރަހަން އިން ގެއެއް ސޭވް ކޮށްލާފައި ލެޕްޓޮޕް ނަގައި ދަބަހަށް ލިއެވެ. އަދި ދަބަސް އަޅުވާލައިގެން ދޮރުން ނިކުންނަން ދިޔައީ ހަރު ފިޔަވަޅު ތަކެއްގައެވެ.

އެތެރޭގައި ތިބި އަންހެން ކުދިންގެ ކަތި ނަޒަރު ހިޝާން އަށް ހުއްޓެމުން ދިޔައިރުވެސް އޭނާގެ ފަރުވާލެއް ނެތް ކަހަލަ އެވެ. ހީވަނީ އެކަމަށް އާދަވެފައި ހުރި ހެންނެވެ. މަޑު ފެހިކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގެ ދަށައް ބެގީކޮށްފައި ހުރިއިރު، އަރާފައި ހުރި އޮފު އަރާ ބޫޓުން ހިޝާން ހީވަނީ ބޭރުގެ މޮޑެލް އެއްހެންނެވެ.

ސައިކަލަށް ދަޓުދަނޑި ޖަހާފައި އިސްޓާޓު ކޮށްލުމުގެ ކުރިއަށް މީހަކު ތަޅުދަނޑި ތަޅުވަޅުން ނެގިއެވެ. “އަޅޭ.. ހިޝޫ.. މިއަދު ހާދަ ސްމާޓޭ..” ކައިރީގައި އިން ނަޝްވާ ބުނެލިއެވެ. މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތުވެސް ނަޝްވާ ހުރީ ގަދައަށް މޭކަޕް ކޮށްލައިގެންނެވެ.

މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި ވެސް ނަޝްވާގެ އުނދަގޫ ބޮޑެވެ. ހިޝާން ތިން އަހަރު ފަހުން ކިޔަވައި ނިމިގެން އައި ތަނާހެން ނަޝްވާގެ އުނދަގޫ ލިބެއެވެ. ކިތަންމެ ފަހަރަކު ހިޝާން އާއި މަގުމަތިން ދިމާކޮށް ހަދައެވެ. ހަމަ އެންމެ ބޭނުމަކުއެވެ.

ނަޝްވާ އޭނާގެ ކުރީގެ އުޅުމުން ދޫކޮށްލީ ހަމަ އެންމެ ކަމެކެވެ. އެހެން ކުއްޖަކާއި ރައްޓެހި ވުމެވެ.

އެހެން އުޅުމުގެ ތެރޭގައި އަސްލަށް ވެސް ނަޝްވާ އަށް ހިޝާން ކަމުދިޔައީ އެވެ. އޭނާ މިހާރު ހިޝާން އާއި ގުޅެން ބޭނުންވަނީ މުޅި އުމުރަށެވެ. އޭނާގެ އެކުޅިވަރަކީ އޭނާ އަށްވެސް ފަހުން މާ ކަމުދާ ކަމަށްކަށް ނުވިއެވެ. އޭނާވެސް ބޭނުންވަނީ އޭނާގެ ދިރިއުޅުމަށް ހަޤީޤީ މާނައެއް ގައި ކުލަޖެހޭށެވެ.

“ގެނޭ ތަޅުދަނޑި..” ހިޝާން ހަރުކަށި ކަމާއެކީ ބުނެލިއެވެ. “ނުދީފިއްޔާ….” ނަޝްވާ ހަމަޖެހިލައިފައި ބުނެލިއެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ ހިޝާން ލައްވާ އަނގައިން ބުނާށެވެ. “އައި ސެޑް ގިވް މީ..” ހިޝާން މިހެން ކިޔައިފައި އޭނާގެ ސައިކަލުގެ ތަޅުދަނޑި ޖަހައި ގަތެވެ. އަދި ސައިކަލު ސްޓާޓް ކޮށްލައިގެން ނައްޓާލިއެވެ.

“މައި ލަވްލީ ހިޝާން.. ޔޫ އާ މައިން.. ދެވަނަ އައިނާ އެއް އައިސް އަހަރެންގެ ހިޝާންގެ ހިތް ފަތަހަ ކުރުމުގެ ކުރިން އަހަރެން ހިޝާން އަހަރެންގެ މީހަކަށް ހަދާނަން.. އައިނާ އެއްނޫން އެހެން މީހަކު މިދޭތެރެއަށް ވަންނަން މަސައްކަތް ކުރިއަސް އަހަރެން އެމީހެއްގެ ހަންގަނޑު ނޮޅާލާނަން..” ނަޝްވާ ރުޅިވެރި ކަމާ އެކީ ބުނެލިއެވެ. ފެންނަހައި މީހަކަށް މިހާރު ފެންނާނީ ނަޝްވާގެ ނުރައްކާތެރި ފަރާތެވެ.

ލޯކައިރީގައި އަނދުން އަޅާ ފަވާލައިފައި ހުރުމުން އިތުރަށް ނުރައްކާތެރި ކަމަށް ދައްކައެވެ. ހީވަނީ ބިރުވެރި މޭކަޕެއް ކޮށްލައިގެން ހުރިހެންނެވެ. މަގުމަތިން ދާހައި މީހަކު އޭނާ އާއި ދިމާއަށް ބަލާލަނީ ޖެހިލުންވެ ހުރެއެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (17)

  1. Eem

    Mi part ves vrh salhi?…. Masha allah

    1. A aaR
      Eem

      Jazaakallah khairan eem..

  2. aalif

    ?Oh man I got second.but it’s ok

    1. A aaR
      aalif

      Try next time aalif

  3. aalif

    ☺️Mi part ves vrh salhi curiously waiting for the next part

    1. A aaR
      aalif

      Jazaakallah khairan aalif.. next prt mihaaru submit kohlaanan

  4. ?Ril?

    Wow mi part ves vrh sali?????????
    Masha Allah ??
    Waiting for the next??
    Luv uu❤️❤️
    Stay safe and Tc ❤️❤️❤️

    1. A aaR
      ?Ril?

      Jazaakallah khairan ril.. stay safe.. tc

  5. A aaR

    Readers ah heevany kihineh hen.. will nashwa gets hishan’s heart… read nxt

  6. aalif

    ?Hiyeh nuve nashva ah hishan heart libeyne heneh hyvany Aina kairy hishan and nashwa huri thanah dhaashey bunyehnu konmes kuhjeh nashava aa eky plan hedhi kuhja ekuhja aa nashva aa hen rahtehi vaany

    1. A aaR
      aalif

      It’s your opinion dho aalif.. dhen vaagotheh balama dho..

  7. 16 SHABAKKO 7

    Varah Reethi ❤️❤️❤️❤️Masha Allah ?Waiting for next part

    1. A aaR
      16 SHABAKKO 7

      Jazaakallah khairan shabakko.. nxt kiyaaleveyne

  8. 16 SHABAKKO 7

    26 Kon iraku tha?❤️?nashva yah libeynetha?

    1. A aaR
      16 SHABAKKO 7

      Balama dhw.. let’s hope for best..

  9. aalif

    Yes

    1. A aaR
      aalif

      🙂

Comments are closed.