“ދެން ނުކުމޭ! ޔޫނުސް މެންގެއަށް ދާން ފެންވަރަން ވެއްޖެޔޭ!” އައިނާ ޔޫޝައު ކޮޓަރިން ނެރެމުން ބުނެލިއެވެ. އައިނާ ދެއްކި ވާހަކަތަކުގެ ސަބަބުން ޔޫޝައުގެ ހިތުގައި ބުނަން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް އުފެދިއްޖެއެވެ. ގެއްލެން ގާތް ވެފައިވާ ހިތްވަރު އާލާ ވެގެންދިޔައެވެ. އުފަލުން ހުރެ ޔޫޝައު ބަދިގެއަށް ވަނީ ރީމް ދެކިލާ ހިތުންނެވެ. ބަދިގެތެރޭގައި އެވަގުތު އެކަކުވެސް ނެތުމުން ތުންއަނބުރާލައިފައި ދާން އެނބުރުނުތަނާހެން ޔޫޝައުގެ ކަންފަތުގައި މީހަކު ނޭފަތް ދަމާ އަޑު ޖެހުނެވެ. ބަދިގެ ފަޅިން ބޭރަށް ބޯދިއްކޮލި […]
އާދައިގެ މަތިން މިއަދުވެސް ރޭގަނޑު ތިނެއް ޖެހީ އަހަރެން ހޭލާ ހުއްޓައެވެ. އެހެން ރޭތަކެކޭވެސް އެއްފަދައިން ފެންވަރައިލައިގެން ތަހައްޖުދު ނަމާދު ކޮށްލީމެވެ. ހިތައް އެންމެ ބޮޑު ހަމަޖެހުމެއް ލިބިގެންދަނީ ދަމުތެދުވެ މިކުރާ ނަމާދުންނެވެ. ފަތިސް ނަމާދާ ދެމެދު އޮތް ވަގުތު ދިޔަގޮތެއްވެސް ނޭނގެއެވެ. ދުޢާ ކުރުމަށް އަތް އުފުލިގޮތަށް އަތް ތިރިކޮށްލެވުނީ ފަތިސްނަމާދު ބަންގީގެ ހިތްގައިމު އަޑުންނެވެ. ދިރިއުޅުން ބާއްޖަވެރިކޮށްދެއްވުމަށްއެދި އެތައް ފަހަރަކު ދުޢާކުރެވިއްޖެއެވެ. އެއީ ކޮންމެ ނަމާދެއްގެ ފަހުގައި ވެސް ކުރެވެމުންދާ އާދޭހެކެވެ. ފަތިސްނަމާދުކޮށްލައިގެން އިށީދެލީ […]
* ހިޒްލީގެ ވޭނީ ހަޅޭކުގެ އަޑުން ގޭތެރެ ގުގުމައިގެން ދިޔައެވެ. އެކަކަށްވެސް އަޑެއް ނީވުނެވެ. އަޑު އިވޭނީ ވެސް ނުނިދާ އޮތިއްޔާތާއެވެ. އެންމެންވެސް އޮތީ ނިދާ ހަރުވެ ހުވަފެންތައް ބެލުމުގައި އަވަދިނެތިއެވެ. * ޒައިލީންއަށް ހޭލެވުނީ އަލްޔާ ގޮވާލުމުންނެވެ. ރޭގައި ނުނިދިފައި އޮތުމުގެ ސަބަބުން ޒައިލީންއަށް އެންމެ ލަހުން ހޭލެވުނުކަމީވެސް ހަގީގަތެވެ. ޒައިލީންއަށް ފުރަތަމަވެސް ބަލާލެވުނީ ރަވިކާން އަށެވެ. އޭރު ރަވިކާންވެސް ހޭލައިގެން އުޅެއެވެ. ހަމަ އިއްތިފާގުން ޒައިލީންއާއި ދިމާލަށް ރަވިކާންއަށްވެސް ބަލާލެވުނެވެ. ހީވީ ކަރަންޓުގައި ޖެހުނުހެންނެވެ. […]
ފަންސަވީސްވަނަބައި ބޯޑިން ޕާސް ދިއްކޮށްލައިފައި އަދިވެސް އެއްފަހަރު ހިޝާން އެދޮރާއި ދިމާއަށް ބަލާލީ އުންމީދުގެ ހުޅުކޮޅު ދިއްލިފައި ހުރުމުންނެވެ. *** ސެކިއުރިޓީ ބޯޑިން ޕާސް ދިއްކޮށްލައި އެތެރެއަށް ވަންނަން އިޝާރާތް ކުރުމުން ހިޝާންގެ ބައްތީގެ ހުޅުކޮޅު ނިވެން ކައިރިވިއެވެ. ދެލޯ މަރައި ބާރު ކޮށްލީ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެފައި ހުރުމުންނެވެ. އަދި ވެސް އެއްފަހަރު ދޮރާއި ދިމާ އަށް ބަލައިލީ އައިނާ އަންނާނެ ކަމަށް ހީކޮށެވެ. ނަމަވެސް، ހިޝާން އެތެރެއަށް ވަދެގެން ދިޔައިރުވެސް އައިނާ އެއް […]
ސައުވީސްވަނަބައި ކޮޓަރީގައި ވިސްނުމަކަށް ގެއްލިފައި އޮތް އައިނާ އަށް ހޭވެރިކަމެއްވީ ގޭގެ ފޯނު ރިންގް ވި އަޑަށެވެ. އެކަކުވެސް ފޯނު ނުނެގުމުން އައިނާ އޭނާގެ ކޮޓަރީގައި އިން ފޯނުން އެކޯލް ނެގިއެވެ. *** “ހަލޯ.. އައިނާ ވާހަކަ ދައްކަނީ..” އައިނާ އެއްވެސް އަސަރެއްނެތި ބުނެލިއެވެ. އެއް ދުވަސް ތެރޭގައި އައިނާގެ އަޑައް އައިސްފައި ހުރި ބަދަލު ހިޝާން ދެނެގަތެވެ. “ހަ.. ހަލޯ.. ލަވް؟؟” ހިޝާން ޖެހިލުންވެ ހުރެ ނަމަވެސް ގޮވާލީ އޭނާ އަބަދުވެސް ލޯބިން ގޮވާލާ ނަމުންނެވެ. […]
ޒަހާއާއި ޒާޔާ ވެސް އެމީހުން ހިފަހައްޓަން އުޅުމުން އޭގެ ތެރެއަށް ދަމައިގަތެވެ. ******************** ޒިންޔާ ސިހުނީ ކުއްލިއަކަށް ބަޔަކު ހަޅޭއްލަވާ އަޑަށެވެ. އޭރު އެތާ މީހުންތަކެއް ވެއްޓިފައި އޮތެވެ. ޒިންޔާ ކުޑަކޮށް ކައިރިވެލާފައި އެތަނުން މީހެއްގެ ކޮނޑުގައި ޖަހާލިއެވެ. އެއާއެކު އޭނަ ދެލޯ ބޮޑުވީ ކުރިމަތިން އިމްޝާ ފެންނަން އިނުމުންނެވެ. ހައިރާންވި ވަރަށް އުފާވެސް ވިއެވެ. އެންމެން ހަމަ ވުމުން އިދާންއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެކަމަކު އިދާން ވިސްނަމުން ދިޔައީ އެ ކުޑަ ކޮޓަރިއެއްކަހަލަ ތަނާމެދުއެވެ. […]
19 ވަނަ ބައި “ނަމަނަމަ ދާނިޝް ގާތަށް އަނބުރާ ނުދާތި! އެއީ ވަރަށް ނުލަފާ މީހެއް! އެއީ ވަރަށް އަނިޔާވެރި މީހެއް! އަހަރެން މި ހުރިހާ ވާހަކައެއް މިކިޔައިދެނީ ކޮންމެހެން އަހަރެން ހަސަދަ ވާތީއެއް ނޫން އިނގޭ… އޭނަ އަހަންނާއި އިނީ ރީމް ދޫކޮށްލާފަ އައިތާ ހަފްތާއެއް ފަހުން! އޭނަ އަހަރެން ފަހަތުން އުޅުނީ ފުރަތަމަ ކޮޅުގަ… ދެން އަހަރެންވެސް އޭނަގެ މަޅީގަ ބެދުނީ! ރީމްގެ ނަސީބު އޭނަ ރީމް ދޫކޮށްލާފަ ދިޔަކަންވެސް! އެހެންނޫނީ ރީމް ޖެހޭނީ އޭނަގެ ވަކި […]
އެމީހުނަށް މަލާއިންމެންގެ ރަށަށް ދިޔުމަށް ދެމަސްވަރު ނެގިއެވެ. އަލަށް ފެންނަމުން ދިޔަ މަންޒަރުތަކުން ހާތިބުގެ އެކުވެރިންނާ ސުމައްޔާ ހުރީ އަޖައިބުވެފައެވެ. މިއަށް ވުރެ ކުރިން އެމީހުންނަށް އުޅެވުނު ތަނުގެ ކުޑަކަން އެމީހުންގެ ހިތައް އެރިއެވެ. ހައްޔާމުއަށްވެސް އެހާ ގިނަތަންތަނެއް ފެނިފައެއް ނުވެއެވެ. އެދަތުރުގެ ސަބަބުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ހާތިބުމެން ދިޔުމުން ގަނޑުވަރުން ވަކިބަޔެއް އެމީހުން އުޅުމަށް ޚާއްސަކޮށްގެންދިނެވެ. މަލާއިންގެ އެދުމަށް ސުމައްޔާ ބެހެއްޓީ މަލާއިންގެ ގޭގައެވެ. އެންމެން ހަމަވުމުން އެރޭގެ ކެއުމުގައި ހާތިބުމެން […]
* އައުލްކީންގެ ފައިބުޑުގައި ބަންޑުން ވެއްޓިފައި އޮތީ މިސްޓަރ ނެއިލޮންއެވެ. އައުލްކީންގެ ލެއިން ތަތްތެޅިފައިވާ ދެއަތަށާއި ހެދުމުގެ ފަސްބަޔަށް ބަލާލާފައި ޒައިލީންގެ ދެލޯ ބޮޑުވިވަރުން ހީވީ އެއަށްވުރެ ބޮޑަށް ދެން ޒައިލީންގެ ދެލޯ ނުހުޅުވޭނެ ހެންނެވެ. ނާމާން ގޮތަކަށް އައުލްކީން ހީލިއެވެ. އައުލްކީން ދެން ދިމާކޮއްލީ ނެއިލޮންގެ ކަރުގައި އަޅާފައިވާ ހަލާކު ނެގުމަށެވެ. ޒައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ރަވިކާން ކިޔައިދިން ގޮތުންނަމަ ނެއިލޮން ވާނީ އައުލްކީންގެ ބާރުތައް އެހަލާކަށް ލާފައެވެ. އައުލްކީންގެ އަތުގައި ހަލާކު ޖެހިއްޖެނަމަ އެއަށްފަހު […]