****”ނޯ ލައިސް.. އޮންލީދަ ޓުރޫތް…” އައިރާ އިންޒާރެއްދިނެވެ. “އޯކޭ ޕަންޕްކިން.. ހައުޑިޑްޔޫ ނޯ އައިވޯޒް ގޮނަލައި؟” އައިހަމް އަހައިލިއެވެ. ” އައިޖަސްޓް ނިއު….. ސޯ؟” އައިރާ އައިހަމް އާދިމާލަށް ބަލައިލިއެވެ. ” އައި ލައިކްޑް ހާރ..” އައިހަމް ބުނެލިއެއްޗަކުން އައިރާގެ ދެލޯބޮޑުވިއެވެ. “ވާޓް؟؟” އައިރާއަށް އެހެން އަހައިލެވުނީ ފުދޭވަރަކަށް ބާރަށެވެ.. ” ޝްޝްޝް…” އައިހަމް އައިރާގެ އަނގަމަތީ އަތްއެޅިއެވެ. ދެން އައިރާގެ އަނގަމަތިން އަތް ނައްޓާ ލުމަށްފަހު އައިރާ ގޮވައިގެން ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. “ޔޫ ވަޓް؟” […]
ތޭވީސްވަނަބައި އިސްރާ ބަދިގެއަށް ގޮއްސައި ދެން އައީ ރޮއްޓައި މަސްހުނި ހިފައިގެންނެވެ. އިސްރާ އައިނާ އަށް އެދެއަތުން ކާން ދިން އިރުވެސް އެދެލޮލުން ކަރުނަ ނުހިކެއެވެ. އައިނާ ވެސް ދެރަވީ ލޯބިވާ މަންމަ އެގޮތައް އޭނަ އާއިހެދި ރޯތީވެއެވެ. އެމަންމަ އަށް ޓަކައި ނަމަވެސް އައިނާ ހިތްވަރު ކުރަން އެވަގުތު އަޒުމް ކަނޑައެޅިއެވެ. އިސްރާ ތަށި ހިފައިގެން ނިކުތުމުން އަނީލްވެސް އަރިން ގޮވައިގެން ނިކުމެ ދޮރުލައްޕާލިއެވެ. “ޓެލްމީ.. ތިދެމީހުންގެ ދޭތެރޭގައި ކިހިނެތްވީ..؟” އަޝްހާ ސުވާލު ކުރިއެވެ. *** […]
ކުރާތީއޭ އެއާދޭސްދެން ނުހުރެވޭނޭ ހަމަބުނެނުލާ ކުރާޝަކުވާ އަކާހުރެވެސް ހުރެލެވޭހޭ ފިކުރުކޮށްލާ މަޑުންހަމަ ހުރެ ލެވޭހޭދެން އެޖެއްސުންވެސް ކޮށެއްނުމެލާ މަޑުންހުރެލަން މެއުނދަގޫވޭ މަ ރުޅިއަރުވައި ހަދައިއެނުލާ އުފާކަމުގައި ވެފާވީތީ މިކަންކަންހަމަ ވިޔަސްވެސް ދެން އުފާ ނޫނީ މަ ނުވެޔޭއަދު ދިޔަޔަކަސް އަދި މަ ރޮއްވައިލާ މިހެންކަންހުރި ކަމަކުވެސްތީ ޖަވާހިރެކޭ މެ ލިބިފައިވާ މިހެންމަނުދާ ނެކުރިއަށްދެން ސޮރީއޭހަމަ ކިޔައިއެނުލާ ވަނީ ލޯތްބޭ ނިކަންނޫންކޮށް މަށައްވެސްހަމަ މިހާރް’ގެޓު’ވޭ ‘މަނީ’އެއްނުދި ނަކަސްވެސްހަމަ ހިމާޔަތްދެން ހަމައެކޮށްލާ ނުކުރެވުނަކަސް މަށަށްއެންމެފު ރަތަމައަށް’ކޯ ލު’ނޫނި’މެސެޖުު’ ނުކުރެޔޭހަމަ ޝަކުވައެއްވެސް […]
– “ބޭބޭ..އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން މިވަނީ މާޔޫސްވެފައި. ދިރިއުޅުމާއި މެދު އުންމީދުގެއްލިފައި. އަހަރެންކުރި ފާފައިގެ ޖަޒާ ދުނިޔެމަތިން ދައްކަވައިފި. އަހަންނަށް އުޅެވުނީ ހާދަ ނުބައިކޮށޭ. ކުށެއްނެތް މަޢުސޫމު ފުރާނަތަކެއް ނަގާލެވުނީ. ކާކު އަހަރެން ކަހަލަ މީހަކަށް މަޢާފު ދޭނީ؟ ކާކު އަހަރެން ބަލައިގަންނާނީ؟ ކިހިނެއް ކޮން ޙައިސިއްޔަތަކުން އަހަރެން މީހަކަ ހަތަރުކަޅި ހަމަކުރާނީ؟ އަހަރެން މިވަނީ ދިރިއުޅުމުގައި ދާންވީ މިސްރާބުގެއްލި ހުންގާނު އަނބުރާލާނެ މަންޒިލެއް ނޭންގިފައި. ކޮންމެ އައްސޭރިޔަކަށް ލެއްގިޔަސް ނަފްރަތުގެ ދިލަ ހޫނުން އަހަރެން […]
ކުއްލިއަކަށް ގަދަ ވައިރޯޅިއެއް ޒައިލީންގެ ގައިގައި ބީހިލިއެވެ. ފާޚާނާތެރޭ ހުރި ކުޑަ ފެންލައިޓުން އެފަދަ ބާރު ވައިރޯޅިއެއް ޖެހިދާނެ ކަމަށް ޒައިލީންއަކަށް ގަބޫލެއް ނުކުރެވުނެވެ. ކުރިއަށްވުރެ ބާރަށް ވައި ޖެހެން ފެށުމުން ޒައިލީންއަށް އެދިމާލަށް ބަލަން ހުރެވުނެވެ. ކުއްލިއަކަށް ކުރިމަތިން ފާޅުވީ ރަވިކާންއެވެ. އަމިއްލަ ދެލޯ އޭނާއަށް ޚިޔާލީ މަންޒަރު ދައްކަނީ ހެއްޔެވެ.؟ ނޫނީ ރަވިކާންއާއި ދޭތެރޭ ވިސްނަމުން ގޮސް ޒައިލީންގެ ސިކުނޑީގެ ބާރު ކެނޑުނީ ހެއްޔެވެ.؟ ޒައިލީންއަށް އަމިއްލަ އަތުގައި ވިކާލެވުނެވެ. މިފެންނަނީ ހުވަފެނެއް ނޫނެވެ. […]
“ދަރިފުޅާ އެއީ ކޮން ކުއްޖެއްތަ؟… އޭރުނެއްނޫންތަ މަންމަޔަށްވެސް އެހީތެރިކަމެއް ވެދެވޭނީ..” ނައިނާ ބުންޏެވެ. ” މަންމާ އަޅުގަނޑު ބުންޏަސް މަންމަޔަކަށް އެކަމެއް ނުވާނެ… އެއީ އެހެންމީހެއްގެ ހައްގަކަށް ވުމަށްޓަކާ ތައްޔާރުވަމުންދާ ކުއްޖެއް…” ރާވިން އެދައްކަނީ ކޮންކުއްޖަކުގެ ވާހަކަކަން ކޮންމެވެސް ވަރަކަށް ނައިނާއަށް ފަހުމް ވިއެވެ. ” ދަރިފުޅާ!.. މަލާއިންގެ ވާހަކަތަ ތިބުނަނީ..” ނައިނާ އަހާލިއެވެ. ރާވިން އަނގަޔަކުން ނުބުންޏެވެ. ނަމަވެސް އެހިތައް ކުރަމުންދާ އަސަރު އެމަންމަޔަށް އިހުސާސް ވަމުން ދިޔަކަހަލައެވެ. ” އެކަމަކު ދަރިފުޅާ.. އެއީ ދަރިފުޅު […]
ބާވީސްވަނަބައި އެރޭ ހަތަރު ދަމު އައިނާ އަށް އޮވެވުނީ ރޯށެވެ. ފަތިސް ވާން ކައިރި ވަނިކޮށް ވަރުބަލިވެގެން އައިނާގެ ދެލޯ މެރުނެވެ. އޭރުވެސް މުޅި ކުއްޖާއަށް ގިސްލެވެމުން ދިޔައެވެ. ދެލޯ ކައިރީގައި ތާޒާ ކަރުނަ ނުހިކި ހުއްޓެވެ. *** ހިޝާން އަށް ދެލޯ ހުޅުވާލެވުނީ އިރުގެ ރަން ދޯދިތައް ބެލްކަނީގެ ދޮރު ފޮތިގަނޑުގެ ތެރެއިން ފުރޭނިގެން އައިސް މޫނަށް އެޅުމުންނެވެ. ދެލޯ ހުޅުވާލިހާ އަވަހަށް ލައްޕާލަން ޖެހުނީ ދެލޮލުން ނަގައިގަތް ދިލައަކުންނެވެ. ރޭގައި އެތާގައި އިށީން ގޮތައް […]
ފަތިސް ނަމާދަށް ބަންގި ގޮވި އިރުވެސް އަންޖަލްގެ ލޮލަކަށް ނިންޖެއް ނާދެއެވެ.. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮންވާ ފޯނު އެލާމްވާން ފެށިއެވެ. ތެދުވެލާފައި އެލާމް ކަޑާލުމަށްފަހު އަންޖަލް ގޮސް ފާހަނައަށް ވަދެ ވުޟޫކޮށްލައިން އައިސް ނަމާދަށް އެރިއެވެ. **** ޖައިޝް އޮފީހަށް ދާން ތިރީގައި މަޑުކޮށްލައިން ހުންނަތާ 15 މިނިޓު ވިއިރުވެސް އަންޖަލް ތިރިރއަކަށް ނުފައިބައެވެ. ދެތިންފަހަރަކު އަންޖަލްއަށް ގުޅަންވެސް ގުޅައިފިއެވެ. ފޯނުއޮތީ ނިއްވާލާފައިކަމުން ނުގުޅެއެވެ. ޖައިޝް ކަންބޮޑުވެފައި ހުރެ ގޮސް އަންޖަލް ކޮޓަރީގައި ޓަކި ޖަހާލިއެވެ. […]
17 ވަނަ ބައި “މަރިޔަމަށް ވާ ސާބަސް! އަހަރެން މި އިންނަނީ މަރިޔަމް ގާތު! ގައިމު އަހަރެން ހީނިނަމަ މަރިޔަމަށްވެސް އެނގޭނެ ދޯ!” ހަސަނު ބަސްތަކުން އެންމެންގެ ހިތްތަކުގައިވެސް ބިރުވެރިކަން އުފެދެން ފެށިއެވެ. އަނެއްކާވެސް އެ އަޑުއިވިގެން ދިޔުމާއި އެކު ކަރަންޓު އައެވެ. “އޭ ކަޑައޭ! އަހަރެން އަދި މިއުޅުނީ ތިމީހުން ބިރުގަންނަވާލާށޭ!” ބިރުވެރި އަޑުތަށް ލައްވަން ހުރި ނާހިލް ކަރަންޓު އައުމާއި އެކު ބުނެލިއެވެ. “ތިކަން ކާމިޔާބު ވެއްޖެއެންނު! ބަލާބަލަ!” ރީމްއަށް އިޝާރާތް ކޮށްލަމުން ސުމައްޔާ ބުނެލިއެވެ. އޭރުވެސް […]