Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނޭނގި ވެވުނީ ލޯތްބޭ- 23

Raaya Level 210 Stories100 Comments
August 14, 2020 6 Mins Read
18 Comments

މުޅި ފަޒާގައި ވަނީ ބަންގީގެ އަޑު ގުގުމާލައިފައެވެ. އިއްޔަ ވީ ކަންތަށްތައް ހިތުން ފޮހެލައި އައުފެށުމެއް ފެށުމަށް ނިޔަތްގަނެގެން ހުރި ރީމް ނަމާދުކޮށް ހަދައިލައިގެން ނުކުތީ ބޭރު އުނދޯއްޔަށެވެ. އޭރު ގަޑިން ފަހެއްޖަހައިފިއެވެ. ތަނަށް އިރުގެ އަލިކަން ނޭޅޭއިރުވެސް ވަގުތުގެ ހިތްގައިމުކަން އިތުރުކޮށްދެނީ މާޙައުލުގައި ހިފާފައިވާ ތެތްފިނިކަމެވެ. ޖެހޭ ލުއި ވައި ރޯޅިތަށް ރީމްގެ ހަށިގަނޑުގައި ބީހިލާއިރު އޭނަގެ ހިތަށް ފިނިކަން ގެނެސްދެއެވެ. ރީމް އޭނާގެ ދެލޯމަރައިލީ ތަނުގެ ހިތްގައިމުކަން އިތުރަށް އިހުސާސްކޮށްލުމަށްޓަކައެވެ. މަޑުން މަޑުން ރީމް އޭނާގެ ދެލޯ ހުޅުވައިލިއިރު ގާތުގައި އިން ޔޫޝައު ފެނި ރީމް ދިޔައީ ސިއްސައިގެންނެވެ.

“ބިރެއް ފެނުނީތަ؟” ޔޫޝައު އެހިއެވެ. ރީމްއެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ތެދުވީ ޔޫޝައުގެ ސުވާލުތަކާއި ކުރިމަތި ލާނެހާ ހިތްވަރު ނެތުމުންނެވެ. ރީމް ކޮޅަށް ތެދުވެ ކުރިޔަށް ފިޔަވަޅެއް އެޅި ތަނާހެން ޔޫޝައު ރީމްގެ އަތުގައި ހިފައި ޔޫޝައުއާއި ދިމާލަށް ދަމައިގަތެވެ.

“ވައި އާ ޔޫ އޯލްވޭސް އިގްނޯރިންގ މީ؟” ރީމްގެ މުލައްދަޑީގައި ހިފައި އޭނައާއި ހަތަރު ކަޅި ހަމަކޮށްލައި މާނައިން ފުރިގެންވާ ބެލުމަކުން ޔޫޝައު އަހައިލިއެވެ.

“އައި ޑޯންޓް ނޯ… އައި ޑޯންޓް ނޯ!” ޔޫޝައުގެ މުލައްދަނޑީގައި ހިފައިގެން ހުރި ރީމް ދެފަރާތަށް ބޯހޫރުވަމުން ހުރެ ބުންޏެވެ.

“ރިމް… ހަމަޖެހިފަ ބުނެބަލަ… ރުޅިއެއް ނާންނާނަމޭ!” ޔޫޝައު ވިސްނައިދޭ ރާގަކަށް ބުންޏެވެ.

“އައި… އައި ލަ-” ވަރަށް ވިސްނައިފައި ރީމް ބުނަން އުޅުނު ވާހަކަ މެދު ކަނޑާލަން ޖެހުނީ ޒިއުނީގެ އަޑަށެވެ.

“އެހެމް އެހެމް! ކޮން ވަޑާމެއް؟” ލާނެތް ރާގަކަށް ދޮރުމަތީ ހުރި ޒިއުނީ ބުނެލިއެވެ. ވަގުތުން ދެމީހުން އެކަކު އަނެކަކާއި ދުރަށް ޖެހިލިއެވެ. ރީމްއަށް ލަދުން އިސްޖަހައިލެވުނެވެ.

“ޔޫޝައު… ހިނގާބަލަ… އައިނާ އެބަ ހޯދާ!” މިހެން ބުނެ ޒިއުނީ އެތަނުން ދިޔައެވެ.

“ފަހުން ދޯ؟” ރީމްއަށް ދޯ އެއްލަމުން ޔޫޝައު ބުނެލިއެވެ.

“އަޅޭ! ބުނިނަމަ!” ޔޫޝައު ދިއުމުން ރީމް އޭނާގެ ނިތްކުރި މަތީގައި ޖަހައިލަމުން އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ.

“ޔޫޝައު!” ގެއަށް ވަންނަން ހިނގައިގަން ރީމްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ލަމްނާގެ އަޑަށެވެ. ބީޗް ބޭގެއް ކޮނޑުގައި އަޅުވައިގެން ބޮޑު ތޮތްޕެއް ހިފައިގެން ވަން ލަމްނާގެ އިސްތަށިގަނޑުވަނީ ސާދާ ގޮތަކަށް އައްސައިލައިފައެވެ. ލައިގެން ހުރި މާޖެހި ޓޮޕުކޮޅާއި ކަޅު ޓައިޓުގެ ސަބަބުން އޭނާގެ ލޫޅާފަތި ހަށިގަނޑު ފެންނަނީ ވަރަށްވެސް ރީތި ކޮށެވެ. ފަރިހިނގުމެއްގައި އައި ލަމްނާ މަޑުކޮށްލީ އޭނައާއި ދިމާލަށް ބަލަން ހުރި ރީމްގެ ކުރިމަތީގައެވެ.

“ކީއްވެ ތިހާ ވަރަށްތި ބަލަނީ؟ ޔޫޝައު ނުބުނޭތަ އަހަރެން ދާ ވާހަކައެއް؟” ލަމްނާ އަހައިލީ ވަރަށް ފޮނިކޮށެވެ.

“ބުނި ދާވާހަކަ! ލަމްނާ ދިޔަޔަސް ނުދިޔަޔަސް އަހަންނަކަށް ނުވާނެ ގޮތެއް!” ހަށަން ބަނދެލަމުން ރީމް ބުނެލިއެވެ.

“ޔަގީން؟” އެއްމިޔަކަނުން މަކަރުގަދަ ހިނިތުންވުމެއް ރީމްއަށް ރައްދުކުރުމަށްފަހު ލަމްނާ ހިނގައިގަތީ ގޭތެރެއަށެވެ.

އެންމެންވެސް ގެންދަންވީ އެއްޗިސް ހިފައިގެން ގެއިން ނުކުތީ ފަސްގަޑި ސާޅީވެސް ފަހެއް ވާން ގާތްވެފައި ވަނިކޮށެވެ. ލަމްނާ ދާތީވެ އެންމެންވެސް ކުޑަކޮށް ހިތްހަމަނުޖެހުނަސް އެމީހުން ބެލީ އޭނައާއި ވީހާވެސް ދުރުން އުޅެވޭތޯއެވެ. ލަމްނާ ދިޔައީ ޔޫޝައުއާއި އެއްވަރަށް ހިނގަމުންނެވެ. ލަމްނާގެ އަތްވަނީ ޔޫޝައުގެ ކަނާއަތް ވަށާލެވިފައެވެ. ހިނގަމުން ދިޔައިރު ލަމްނާ ދިޔައީ ޔޫޝައުގައިގައި ބޯވައެއްހެން ތަތްލައިގެން ހުރެއެވެ.

“ތަންކޮޅެއް ދުރަށް ޖެހިބަލަ!” ޔޫޝައު އެންމެފަހުން ބުންޏެވެ.

“ދެން ޔޫޝައު! ލެޓް މީ ބީ ކްލޯސް ޓު ޔޫ!” ލަމްނާ ޔޫޝައުއާއި އިތުރަށް ގާތްވެލަމުން ބުނެލިއެވެ. މިމަންޒަރު ބަލަން ހުރި ރީމް އަނެއްފަރާތަށް ބަލަން ފެށީ އިތުރަށް ބަލާނެހާ ހިތްވަރެއް ނުލިބުމުންނެވެ.

ދަތުރުގައި ޔޫޝައުގެ އާއިލާއި ލަމްނާގެ މައިންބަފައިންގެ އިތުރުން ނާއިފްވެސް ބައިވެރިވިއެވެ. އެންމެންގެ މޫނުމަތިންވެސް ފެނިގެންދަނީ އުފާވެރިކަމުގެ އަސަރުތަކެވެ. އެއްބަޔަކު ހީ ސަކަރާތް ޖަހަމުން ދިޔައިރު އަނެއް ބަޔަކު ދަތުރު ގެންދަންވީ އެއްޗެހި ދޯންޏަށް އަރުވަނީއެވެ. ގެނައި ހުރިހާ އެއްޗެއް ދޯންޏަށް އަރުވައިފައި އެންމެންވެސް ދޯންޏަށް އަރައި ދަތުރަށް ނައްޓައިލިއެވެ. ފަޅުތެރެއިން ނުކުމެ މާސިންގާ ކަނޑުގެ ލޮނުގަނޑު ކަފަމުން ދިޔަ ދޯނީގެ މިސްރާބު ހުރީ ބޮޑުމޮހޮރާއަށެވެ. އެންމެންވެސް ތިބީ ދޯނީގެ މަތީބަޔަށް އަރައެވެ. ދޯނި ނައްޓައިލި ތަނާ އިރުކޮޅެއް ނުވެ އެންމެންވެސް ސައިބޯން ފެށިއެވެ. ސޭންޑުވިޗާއި ކެއްކި ބިހާއި ބުއިން ތަކުން އެންމެންވެސް ބަނޑުފުރައިފިއެވެ.

ސައިބޮއެ ނިންމައިގެން މަރިޔަމްއާއި ހަސަނު ފޭބީ ތިރިއަށެވެ. މީގެ ދުވަސްކޮޅެއް ކުރިން އެމީހުންނާއި ލަމްނާގެ އާއިލާއާ ދެމެދު ހިނގައިފައިވާ ދެބަސްވުމުގެ ސަބަބުން އެމީހުން އެތާ ތިބެން ބޭނުން ނުވީއެވެ. އެދެމީހުން މިދަތުރުގައި ބައިވެރިވީވެސް ޔޫޝައު އެމީހުން ގާތު ކިޔާ އާދޭސް ކޮށްގެންނެވެ.

ދޯނީ މަތީގައި ރީމްމެން ތިބެ ސަކަރާތް ޖަހަނީއެވެ. ނާއިފްވެސް އެމީހުންނާއި އެއްބައިވެލައިގެން އިނެވެ. ލަމްނާއާއި ޔޫޝައު ތިބީ ރީމްމެންނާއި ވަކިންނެވެ. ދޯންޏަށް އެރީއްސުރެ ލަމްނާ ޔޫޝައު ދުލެއް ނުކުރިއެވެ. ޔޫޝައު އެކަމާއި ދެކޮޅު ހެދުމުންވެސް ލަމްނާ އިނީ ޔޫޝައު އޭނަ ގާތު ބައިންދައިގެންނެވެ. އެއްވެސް ދެބަސްވުމެއް ނޫނީ ތަނުގެ މާހައުލަށް ނުތަނަވަސްކަން ގެންނަން ބޭނުންނުވާތީ ޔޫޝައުއަށް ޖެހުނީ ލަމްނާ ޖަހާ ބެރަކަށް ނަށާށެވެ. ދޯނީގެ ދިރުނބާ ކޮޅުގައި ނާހިލްއާއި ސުމައްޔާ އެމީހުންގެ ދަރިފުޅު އައިރީން ގޮވައިގެން ތިބީ މަޖަލުގައެވެ.

އުޑުމަތީގައި އެންމެ ވިލާރޮއްޖެއްވެސް ނެތް އިރު ކަނޑުގެ ލޮނުގަނޑު އޮތީ ސެލޯފިން ކޮޅެއްހާ އޮމާންކޮށެވެ. އިރުގެ ރަންދޯދިތަކުގެ ސަބަބުން ކަނޑުގައި ވިދުމެއް ހުއްޓެވެ. ދެގަޑި އިރުގެ ދިގެ ދަތުރަކަށް ފަހު ބޮޑުމޮހޮރާއަށް ލެފިއްޖެއެވެ. ރަށުގައި ޖެޓީއެއް ނެތުމުގެ ސަބަބުން އެންމެނަށްވެސް ޖެހުނީ މޫދަށް ފައިބާށެވެ. ދިޔަވަރު ހިކި ވަގުތަކަށް ވުމުން މީހާ އެއްކޮށް ނުތެމި ރަށައް އެރޭވަރުވިއެވެ. ފިރިހެންވެރިން ދޯނިން އެއްޗިސް ބައިލާރަށައް އެރުވުމުގައި މަސްޢޫލުވެ އުޅުނެވެ.

އެބޯކިރުފޮދެއް ފަދަ ހުދު ވެލިގަނޑުމަތީ ރީމްގެ ފައިޖެހުނު އިރު ހިތަށްވެރިވި އިހުސާސްތަށް ބަޔާން ކޮށްދޭން އުނދަގުލެވެ. އިރުގެ އަލިކަން އެ ދޮންވެލިގަނޑު މައްޗަށް އެޅިފައިވާ އިރު ހީވަނީ ދިއްލިފައި އޮންނަހެންނެވެ. ފެހިކަންގަދަ ދިއްގާގަސްތަކާއި ރުއްތަކެވެ. މަގޫ ގަސްތަކާއި ކުރެދިގަސްތަކެވެ. އެރަށުގެ ރީތިކަން ގަލަމުގެ ޒަރީއާއިން ބަޔާން ނުކޮށްދެވޭނެކަން ކަށަވަރެވެ.

ރަށައް އަރައި ހަމަޖެހިލުމަށްފަހު ރަށުތެރެ ބަލައިލަން ދާން ރީމްމެން ބޭނުންވިއެވެ. އެހެންކަމުން ހުރިހާ ޒުވާން ކުދިންތަށް ރަށުތެރެ ބަލައިލަން ދިއުމުން މަރިޔަމާއި ސުމައްޔާ އަދި ޒާހިދާމެން ވިސްނީ މެންދުރު ކެއުން ތައްޔާރު ކުރާށެވެ. މަރިޔަމް ޒާހިދާއާއި ކިތަންމެ ދުރުން އުޅެން ބޭނުންވިޔަސް މިކަހަލަ ކަންތަކުގައި އައިސްއުޅޭ އިރު އެހެން ނޫޅެވޭނެކަން މަރިޔަމަށް ވިސްނެއެވެ.

ވެލިގަނޑު ތެރޭ ފިޔަވަޅު ނަގަމުން އެންމެންވެސް ދިޔައީ ފެންނަ ރީތި އަދި ހިތްގައިމު މަންޒަރުތަށް ފޮޓޯނަގަމުންނެވެ. ނާއިފް އެވަގުތު ހުރީ ލަމްނާ އެކަނި ވާނެ ދަނޑިވަޅަކަށް ބަލަބަލައެވެ. އެއީ މިވަގުތު ނާދިރުކަމަށް ވިއަސް ހެޔޮކަމަށެވެ. ނަސީބަކުން ލަމްނާ އެކަނި ހުއްޓައި ފެނި ނާއިފް އޭނައާއި ދިމާލަށް ހިނގައިގަތެވެ.

“މީ ކީއްކުރަން ރޭވި ދަތުރެކޯ؟” ނާއިފް އޭނަ ކުރަން ބޭނުންވި ސުވާލު ކުރިއެވެ.

“ނާއިފަށް ކޮންކަމެއް؟” ލަމްނާ ބުންޏެވެ.

“އަހަންނަށް އެނގެޔޭ ލަމް ތިހެން ހުރެ ބަހައްޓާފައެއް ދަތުރު ދާކަށް ނުބުނާނެކަން!” ނާއިފް ދަތްކުޑިވިކައިގެން ހުރެ ބުންޏެވެ.

“އޭ ނާއިފް! މާ މޮޅު ނުވެ ހުރޭ އިނގޭ!” ލަމްނާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

“އޭ!” ލަމްނާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ނާއިފް ބުންޏެވެ.

“ބާކީ ހަތަރު އިނގިލި ތިނީ ނާއިފް އާ ދިމާލަށް! އެހެންމަ މާ ފޮނި ނުވެ މަޑުން ހުރެވޭތޯ ބަލާ!” އެތަނުން ހިނގައިގަންނަމުން ލަމްނާ ބުނެލިއެވެ.

އެހެން ރައްވަށާ ހިނގަމުން ހިނގަމުން ގޮސް ރީމްމެނަށް ރަށުގެ ތުނޑިއާއި ހަމައަށް ވާސިލްވެވުނެވެ. ރީތި، ބޮޑު ތުނޑިއެކެވެ. ރީމް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރާޅު ޖަހާ ހިސާބުގައި މަޑުކޮށްލިއެވެ. ފަހަތުން ޒިއުނީމެންވެސް އައެވެ.

އެހެން ސަކަރާތުގައި ތިއްބާ ރީމް ލޮލުގައި އަޅައިގަތީ ރަށުގެ އަނެއްފަޅިއަށް ދާން ހިނގައިގަން ނާއިފްއެވެ. އިތުރުލަސްތަކެއް ނުކޮށް ރީމް ނާއިފްގެ ފަހަތުން ހިނގައިގަތީ ދައްކަން ހުރި ބައިވަރު ވާހަކަތަށް ހުރީމައެވެ.

“ނާއިފް!” ނާއިފާއި އަރާ ހަމަ ކުރަމުން ރީމް ގޮވައިލިއެވެ. ނާހިފް ފަހަތަށް އެނބުރެލައި ނިތް އަރުވައިލީ ކިހިނެއްވީ ހޭ ބުނާ އުސޫލުންނެވެ.

“ކީއްވެ ތިދަނީ؟” ނާއިފާއި އެއްވަރަށް ހިނގަމުން ރީމް އަހައިލިއެވެ.

“ކަމެއް ނުވޭ!” ނާއިފް އަވަހަށް ބުނެލިއެވެ.

“ދޮގު ނަހަދަ!” ރީމް ބުނެލިއިރަށް ހާސްވެފައި ހުރި ވައްތަރަށް ނާއިފް ރީމްއާއި ދިމާލަށް ބަލައިލިއެވެ.

“ތިހެން ބިރު ގަނެފަ ތިހުންނަނީ ކީއްވެގެން ކަން އަހަންނަށް އެނގޭ!” ނާއިފް ކުރިމައްޗަށް އަރަމުން ރީމް ބުނެލިއެވެ. ނާއިފަށް ހިންދިރުވައިލެވުނީ ކުރިމަތި ވާނެ ސުވާލާއި ދޭތެރޭ ވިސްނާލަމުންނެވެ.

“ނާއިފްއާއި ލަމްނާއާ ދޭތެރޭ ކަމެއް އޮތްކަން ފަޅާއަރާފާނެތީ ތިއުޅެނީ ލަމްނާއާ ވީހާވެސް ދުރުން އުޅެން ދޯ؟” ރީމް ނާއިފްއާއި ހަތަރު ކަޅި ހަމަކުރަމުން އަމާޒު ކުރި ތީރު ދޫކޮށްލިއެވެ.

“މިހާރު ކަމެއް އޮވެގެންތާ ތިހެން ބުނެވޭނީވެސް!” މަޑުމަޑުން ނާއިފް ބުނެލިއެވެ.

“ކީކޭ؟” ރީމްއަށް ނާއިފް ބުނި އެއްޗެއް ސާފު ނުވުމުން އެހިއެވެ. “ނާއިފް! ތިކަމެއް ފޮރުވަން ނޫޅޭ! އަހަންނަށް އިނގެޔޭ ތިދެމީހުން ދޭތެރޭ ގުޅުމެއް ވާކަން! އެކަމު ޔޫޝައުގެ އެންމެ ގާތް އެކުވެރިޔާއަށް ވެ ހުރެ ތިކަން ކުރުމުގެ ކުރިން އެއްފަހަރުވެސް ވިސްނާލިންތަ؟ މިކަމެއް ފަޅާ އަރާ ދުވަހަކުން އޭނަގެ ހިތަށް ކުރާނެ އަސަރުތަކަށް ވިސްނާލިންތަ؟” ވަރަށް އަސަރާއި އެކު ރީމް އެހިއެވެ. ނާއިފަށް ވަގުތުން އިސްޖެހުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ.

“ރީމް… އަހަރެން ގަބޫލު ކުރަން އޭރު އަހަންނަށް ކުރެވުނީ ވަރަށްވެސް ގޯސް ކަމެއްކަން! އަހަރެން އެކަމާ ވަރަށް ގިލްޓީ ފީލް ވޭ! ވަރަށް ބޮޑަށް! މިހާރު އަހަންނެއް ނޫޅެން ލަމްނާ ފަހަތަކުން! އޭނަ އެއީ އެއަށްވުރެ ބޮޑު ކެހިވެރިއެއް! މަކުރުވެރިއެއް!” ފެންކަޅިވެފައިވާ ދެލޮލުން ރީމްއަށް ބަލަހައްޓައިގެން ހުރެ ނާއިފް ވާހަކަ ދެއްކިއެވެ.

“ތިބުނީ؟” ނާއިފް ދެއްކި ވާހަކަ ފަހުމު ނުވެގެން ރީމް އެހިއެވެ.

“ރީމްއަށް އެނގޭތަ؟ ލަމްނާ އަހަންނާއި ރައްޓެހިވީ އޭނަ ފޫހިފިލުވާނެ މީހަކު ހޯދަން ވެގެން! ވަރަށް ފަހުން އޭނަ އަހަރެން ގާތު މިހުރިހާ ވާހަކައެއް ކީވެސް! އޭނަ ބުނީ ދެން އަހަންނާއި އެއްވެސް ގުޅުމެއް ނުބާއްވަނަމޯ! އޭނަ ކުރިމައްޗަށްވެސް ނާރައްޗޯ ބުނީ! އެދުވަހު އަހަންނަށް ވިސްނުނީ އަހަރެން މީ ކިހާ ގޯސް އެކުވެރިއެއް ކަން! އަހަރެން މީ ވަރަށް ގޯސް މީހެއް! އެވަގުތު ހިތަށް އެރި ޔޫޝައުއަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިދޭން ވީއޭވެސް! އެކަމު…އެކަމު ފަހުން ނުކެރުން! އަހަރެން ބިރު ގަނޭ އޭނަ އަހަންނާއި ދެން މިއިން ދުވަހަކުވެސް ވާހަކަ ނުދައްކާފާނެތީ! އަހަރެން ބިރުގަނޭ އޭނަ އަހަންނަށް މާފު ނުކޮށްފާނެތީ… އަހަންނަށް އެނގޭ އަހަންނަށް މާފު ހައްގު ނޫންކަން! އެކަމުވެސް…” ނާއިފްއަށް ރޮވެން ފެށުނެވެ.

“ނާއިފް! އަދި ލަހެއް ނުވޭ! އިންޝާﷲ ޔޫޝައު ނާއިފަށް މާފު ކުރާނެ! ޕްލީސް އަހަރެން ބޭނުން ނާއިފްގެ އެހީތެރިކަން! ޔޫޝައުގެ ހަޔާތް ބަރުބާދުވިޔަ ނުދީ ލަމްނާގެ މަކަރުވެރިކަމުން ސަލާމަތް ކުރަން ބޭނުން! ނާއިފް ޕްލީސް!” ރީމް އާދޭސް ކުރަން ފެށިއެވެ.

“އައި އޭމް ސޮރީ ރީމް… ރިއަލީ ސޮރީ! އެކަމު ތިހާ ހިތްވަރެއް ނެތް! އަހަރެން މިއައީވެސް ޔޫޝައު ކިޔާ ވަރުން! އެހެންނޫނީ އަހަރެން ހުރީ ތިމީހުންނާއި ދުރަށް ދާން ވިސްނައިގެން!” މިހެން ބުނެ ނާއިފް ކުރިއަށް ހިނގައިގަތެވެ.

“ނާއިފް! ތިހެން ނަހަދާ!” ނާއިފް ފަސްފަހަތުން ހިނގަމުން ރީމް ބުނަމުން ގެންދިޔައެވެ. “ނާއިފް ހެޔޮނުވާނެ ތިހެން ހަދަންވެސް! ނާއިފަށް ނާއިފް ކުރެވުނު ކަންތަށް ރަނގަޅު ކުރުމަށް ފުރުސަތެއް މި ލިބެނީ! މި ފުރުސަތު އަތުން ދޫވިޔަ ނުދީ! އިނގޭތަ ޔޫޝައު ބުނި އެއްޗެއް؟” ނާއިފްގެ ފިޔަވަޅުތަށް ވަގުތުން ހުއްޓުނެވެ.

“ކީކޭ ބުނީ؟” ރީމްއާއި ވީފަޅިއަށް އެނބުރެމުން ނާއިފް އެހިއެވެ.

“ޔޫޝައު ބުނީ… އޭނަ އަހަންނަށް އިތުބާރު ކުރަމޯ އެކަމު… ނާއިފްގެ ނަންވެސް މިކަމުގަ ވާތީ އޭނަ ބޭނުންވޭ މިކަން ޔަގީން ކުރަން!” ރީމް ބުނެލީ ނާއިފްގެ އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ކަންތަށް ވެގެން ދިޔައީ ހީކުރި ގޮތާއި ޙިލާފަށެވެ.

“އަހަރެން މިކަމުގައި ވަނީއޭ ކިޔާފަ އޭނައަށް ކޮންކަމެއްތަ ވާން ޖެހޭނީ! ރީމް… ދެން ނާންނާތި އަހަރެން ފަހަތުން!” ނާއިފް އިންޒާރު ދޭކަހަލަ ރާގަކަށް ބުނެލިއެވެ.

“އަންނާނަން! ނާއިފްގެ އެއްބާރުލުން ލިބެންދެން އަހަރެން މިހެން ނާއިފް ފަހަތުން ދާނަން!” ރީމްވެސް އޭނަގެ އިންޒާރު އިއްވާލިއެވެ. ދެފަރާތަށް ބޯހޫރުވައިލުމަށްފަހު ނާއިފް އަނެއްކާ ދާން ހިނގައިގަތެވެ.

“ނާއިފް ހަނދާން ކުރާތި! އަހަރެން ބުނެފިއްޔާ ޔޫޝައު ނާއިފްއަށް މާފު ކުރާނެ! ފުރުސަތު ގެއްލުވާ ނުލާ!” ދުވަމުން ދުވަމުން އައިސް ނާއިފްއާއި އެއްވަރު ކުރަމުން ރީމް ބުނެލިއެވެ. ނާއިފް އެނބުރުނު ވަގުތު އެއްލި އަތަކުން ރީމް ގައިގައި ޖެހި ރީމް ވެލިގަނޑު މައްޗަށް ވެއްޓުނެވެ.

“ނާއިފް!” ދުރުން ދުވަމުން އައި ޔޫޝައުއަށް ބާރަށް ގޮވައިލެވުނެވެ. ޔޫޝައު އައި ގޮތަށް އައިސް ރީމްއަށް ތެދުވަން އެހީވެދިނެވެ.

“ދެންމެ ކިހިނެއް އެވީ؟ އެންޑް ތިދެމީހުން ކީއްކުރަން އަހަރުމެން އެތާ ސަކަރާތް ޖަހަން ތިއްބާއައީ؟ އަހަރެން މިއައީވެސް ތިދެމީހުން ދާތަނެއް ބަލަން!” ޔޫޝައު އެހިއެވެ.

“އަހަރެން ނާއިފަށް ގޮވިތަނާ އޭނަ އެނބުރުނު ގަޑީ އޭނަގެ އަތް އަހަރެން ގައިގައި ޖެހި އަހަރެން ވެއްޓުނީ!” ރީމް ބުންޏެވެ.

“ކޮންތާކަށް ދާން ތިދަނީ؟” ސުވާލަކަށް ފަހު ސުވާލެއް އަހަމުން ޔޫޝައު ދިޔައެވެ.

“މީ…މީ އަހަރެން ފެންބޮވައިގަނެގެން އެކަނި ނުދާންވެގެން ނާއިފް ގޮވައިގެން މިއައީ!” ރީމް ބެލީ އަސްލު މަގްސަދު ފޮރުވޭތޯއެވެ.

“އޭ ރީމް! ތަންކޮޅެއް ދުރަށް ޖެހިބަލަ!” ޔޫޝައުގެ ފަހަތުން ދުވަމުން އައި ލަމްނާ އައިސް އެދެމީހުން ދޭތެރެއަށް ވަންނަމުން ބުނެލިއެވެ.

“ލަމްނާ ކީއްކުރަން މިތާ؟” ޔޫޝައު އެހިއެވެ.

“ބުނީމެންނު އަހަންނާއި އެކު ހުންނާށޭ!” ލަމްނާ ޔޫޝައުގެ އަތުގައި ހިފަމުން ބުނެލިއެވެ.

“ފެނެންނު ބޭނުމީ ދޯ! އަހަންނާއި ނާއިފް އަންނާން ދެތިން ފެންފުޅި ހިފައިގެން ރީމްއާއި ލަމްނާ ދޭ ތުނޑިއާއި ދިމާލަށް!” ލަމްނާގެ އަތް ޔޫޝައުގެ އަތުން ނައްޓުވަމުން އޭނަ ބުނެލީ އަވަހަށް ލަމްނާގެ ކިބައިން ސަލާމަތް ވުމަށެވެ. ޔޫޝައުއާއި ނާއިފް ދުވެލާފައި މިސްރާބު ޖެހީ އާއިލާގެ އެހެން މީހުން އުޅޭ ދިމާލަށް ދިއުމަށެވެ. އެއްމިޔަކަނުން މަކަރުވެރި ހިނިތުންވުމެއް ރީމްއަށް ބަދަލު ކޮށްލުމަށް ފަހު ފޮނި ގޮތަކަށް އެނބުރެލި ލަމްނާއަށް މަޑުކުރަން ޖެހުނީ ރީމްގެ އަޑަށެވެ.

“ސޭވް ދި ސްމައިލް ފޯ ލޭޓާރ! ޔޫ ވިލް ނީޑް އިޓް ބޭޑްލީ!” ރީމް ވަރަށް ޔަގީންކަމާއި އެކު ބުނެލިއެވެ. ލަމްނާ ރީމްއާއި ވީފަޅިއަށް އެނބުރިލައިފައި ބޯއަރިކޮށްލަމުން އެއްބުމަ މައްޗަށް އަރުވައިލިއެވެ.

“ސީރިއަސްލީ؟” ހިނިގަނޑެއް ޖަހައިލަމުން ލަމްނާ ބުނެލިއެވެ. ޖަވާބުދާރީ ވުމުގެ ގޮތުން ރީމް ބޯޖަހައިލައިފައި އެތަނުން ދާން ހިނގައިގަތެވެ.

“ހަދާ އަވަހަށް ދާން ތިއުޅެނީ؟” ލަމްނާ ހުރީ ޒުވާބުކޮށްލަން ބޭނުންވެފައެވެ.

“އަހަރެން މިތާ މާގިނަ އިރުމަޑުކޮށްފިއްޔާ ހަމަ ލަމްނާއަށް ކެތްނުވާނީ!” ވަރަށް ފުރިހަމަކަމާއި އެކު ރީމް ޖަވާބު ދިނެވެ. ލަމްނާގެ އަތް މުށްކެވި ދަތްކުނޑިވިކައިގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Raaya

Level 210 Stories100 Comments

Other Articles

Previous

ތިއީއޭ މިހިތުގެ މަންޒިލަކީ….(5)

Next

ވަމޭ ތިލޯބި އެދިއެދި ( ހަތްވަނަ ބައި )

Next
August 14, 2020

ވަމޭ ތިލޯބި އެދިއެދި ( ހަތްވަނަ ބައި )

Previews
August 13, 2020

ތިއީއޭ މިހިތުގެ މަންޒިލަކީ….(5)

18 Comments!

  1. ?Kukkyyy? says:
    August 14, 2020 at 2:06 am

    Wowow this part is amazing too… I hate this Lamnaa ?but Reem also loves yooshau ❤️Curiously waiting for the next part.. Good luck and stay safe ❤️❤️

    1. Raaya says:
      August 14, 2020 at 10:51 am

      thanks kukkyy 🙂 in sha allah varah avahah 24 vana bai genesdheynan

  2. Starlight vixx says:
    August 14, 2020 at 7:14 am

    varah reethi mi part ves curiously waiting for the next part

    1. Raaya says:
      August 14, 2020 at 11:33 am

      thank you sooo starlight vixx 🙂 in sha allah vrh avahah 24 vana bai genesdheynan 🙂 <3

  3. Nafu✨ says:
    August 14, 2020 at 8:49 am

    masha allah.. vr vr rythi mi part vs.. curiously waiting for the nxt part.. whn nxt? stay safe

    1. Raaya says:
      August 14, 2020 at 11:38 am

      thanks nafu 🙂 in sha allah vrh avahah genesdheynan 🙂 stay safe

  4. Saaya♥️ says:
    August 14, 2020 at 1:01 pm

    Mi part ves vvvvv reethi ma sha allah♥️ lamna haadha zuvaabu kuraa hihveye dhw rim aa?‍♀️ dhenh inh part kiyanh keh madhu vefa mi inii when next part? Lysm♥️ mysm♥️ tc be safe girl♥️

    1. Raaya says:
      August 14, 2020 at 7:16 pm

      thanks saaya 🙂 yeah vrh evahtharu dhw! hehe in sha allah mirey submit kohleveythoa balaanan 🙂 luv u morre and stay safe 🙂

  5. Shamm.. says:
    August 14, 2020 at 5:04 pm

    Mi part ves varah reethi raaya…… keep up the gud work dear…… stay safe …. lots of love ❤❤❤

    1. Raaya says:
      August 15, 2020 at 1:54 pm

      thank you soo much shamm 🙂 you to stay safe dear! lots of love from me too 🙂

  6. ?Ril? says:
    August 14, 2020 at 10:12 pm

    Wow sis Mi part ves vrh sali ?????????
    Masha Allah keep it up to sis????????
    Aley zihunee ves anavehje dhw Reem yusahu kaaree I love u bunan ulunuvahtharun gadeee heheheheh????
    Nail dhen Reem aa ekoh team eh hadhaaba dhw lamnaa bust kohlan aley?????
    Foni anheneky adhi Mi lamnaa mee dhw sis haadha vaahaka fooseh veyey hehehe????????
    Waiting for the next ???
    Luv uuuu ❤️❤️
    Stay safe and Tc ❤️❤️❤️

    1. ?Ril? says:
      August 14, 2020 at 10:13 pm

      Oops naif dhw typing mistake srry

    2. Raaya says:
      August 15, 2020 at 4:42 pm

      thank you soo much ril darling! hehe ziunee dhw!! lets see dhw ril, what naaif does! 24 vana bai innaany submit kohlaafa 🙂 luv u moorree and stay safe

    3. Raaya says:
      August 15, 2020 at 4:43 pm

      its ok.. ehnvx vaaneyey 🙂

  7. Dead already says:
    August 15, 2020 at 11:04 am

    Kobaa next part??

    1. Raaya says:
      August 15, 2020 at 4:55 pm

      submit kohlin reyga! in sha allah miadhu noony maadhama kiyaalan libeyen kamah mi balany

  8. ކަލާ123 says:
    August 17, 2020 at 2:15 pm

    ފަނަރަ ފުރައިގެ ކުއްޖަކާ އަޅައިބަލާއިރު ރާޔާގެ ލިޔުމުގެ ފެންވަރު ހަމަ ވަރަށް ވެސް ރަނގަޅޭ ބުނެވޭނީ.މުބާރިކުބާދީ!.

    1. Raaya says:
      August 18, 2020 at 4:49 am

      Thiya dhehvaa hihvarah Vrh vrh bodah shukuriyya kala123???

Comments are closed.

Next Episodeނޭނގި ވެވުނީ ލޯތްބޭ- 24←


All Right Reserved!