Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 17

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
August 13, 2020 8 Mins Read
32 Comments

* އަލްޔާ ފުން ނަޒަރަކުން ޒައިދާންގެ ގާތުގައި ކޮންމެވެސް ކަމަކާއި ހުރެ ހޭން ހުރި ރަވިކާން އަށާއި ޒައިލީންއަށް ބަލާލިއެވެ. އަދި އެދެމީހުންނަށް ބަލަން ހުރި ހެއިލަންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކަށްވެސް އަލްޔާ ބަލާލިއެވެ. އަލްޔާއަށް ކަމެއް ދޭހަވިއެވެ. ހެއިލަންގެ ހިތުގައި ޒައިލީންއަށް ދެވިފައިވަނީ އާދައިގެ ދަރަޖައެއް ނޫންކަމެވެ. *

ތޭންކް ގޯޑް.. ޒައި އޯކޭކަން..” ހެއިލަން އިތުރު ކޮއްލިއެވެ. “ދެން ބްރޯ.. ޒައިއަށް އެއްވެސް ކަހަލަ ގޮތެއް ހަދާފައެއް ނޫންދޯ ތިގެނައީ..؟” ޒައިދާން ބާރު ހިނިގަނޑެއް ޖަހާލާފައި ރަވިކާންގެ ބުރަކަށީގައި ޖަހާލިއެވެ. ރަވިކާން ލާނެތް ފާޑަކަށް ހޭންފެށިއިރު ޒައިލީން ލަދުންގޮސް ޒައިދާންގެ ގައިގައި އެއްފަހަރާ ދެތިން ބޮނޑި އަޅާލައިފިއެވެ. އަލްޔާ އަދިވެސް ހުރީ ހެއިލަންގެ މޫނަށް އަރާ ކުލަވަރުތަކަށް ބަލާށެވެ. ރަވިކާން ހީނހީނގޮސް ބިނދޭވަރު ވުމުން ޒައިލީން ރަވިކާން ވަރައިން ފަތެއް އުފުރާލިތަން ބަލާފައި ހެއިލަން ގޮށް މުއްކަވާލާފައި އަނެއް ފަރާތަށް އެނބުރުނުތަން އަލްޔާގެ ލޮލުގައި އަޅައިގަތެވެ.

“ސޯ ބޭޑް.. ސޯ ސޭޑް..” ރަވިކާން އާއި ހެއިލަން ދެމީހުންނަކީވެސް މިހާރު އަލްޔާގެ އެކުވެރިންނަށްވުމާއި އެކީ އެހީވާންވީ ކާކަށް ކަމެއް އަލްޔާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ނަމަވެސް ސިކުނޑީގައި ރަނގަޅު ޕްލޭނެއް ރާވާލާފައި އަލްޔާ ޒައިދާންގެ ގާތަށް ދިޔައެވެ. “ދެން ރަވިކާން ނުހީ ހުރެބަލަ..” ޒައިލީން ލަދުން ގޮސް ވިރޭވަރުވެފައި ހުރެ ބުނެލިއެވެ. ޒައިލީން ލަދުން ހުރިވަރުން ރަވިކާންގެ ގާތަށް އިތުރަށް ހިނިއައީއެވެ. ޒައިދާން އާއި ރަވިކާން ވެގެން ހޭންހުރިއިރު ހީވަނީ ވާދަޔަށް ހޭ ހެންނެވެ.

“ދެންވެސް ހިނގާބަލަ އެތެރެއަށް.. ޒައި ވަރަށް ފެންބޮވައިފި..” ޒައިލީން ހޭންހުރި ރަވިކާންއަށް ފަހު ހަމަލާ ދިނުމަށްފަހު ސްކިޕް ކުރަމުން ގޮސް އެ ގޭތެރެއަށް ވަނެވެ. ޒައިލީން ގޭތެރެއަށް ބަލާލިއެވެ. ހެއިލަން ވަނީ އެ ގޭތެރެ ކުޑަގޮތަކަށް ސާފު ކޮށްލާފައެވެ. ބިންމަތީގައި ހުރި ކުނޑިތަކާއި ވެއްޓިފައިވާ ތަނބު ވެސް ވަނީ އެއްލާލާފައެވެ. އެތަނުގައި ތަރުތީބުން އެމީހުންގެ އެއްޗެހިތައް ބަހައްޓާލާފައިވެއެވެ. “ވާވްވް… ތޭންކްސް ހެއިލް..” ޒައިލީން ހެއިލަންގެ އަތުގައި މަޑުމަޑުން އަތްޖައްސާލާފައި ބުނެލިއެވެ. އެ ކުޑަ ހަރަކާތުން އެކަނިވެސް މިލާފައިވާ ހެއިލަންގެ މޫނުމައްޗަށް ދިރުމެއް ގެނެސްދިނެވެ. ޒައިލީންގެ އަތަށް ފިތާލާފައި ހެއިލަން “ޔުއަރ މޯސްޓް ވެލްކަމް” އޭ ބުނެލީ ލޯބިގޮތަކަށް ހީނލަމުންނެވެ. ‘

“އޭތް އެއުޅެނީ މެންދުރުވާން..” ބާރަ ޖަހަން ދިހަ މިނެޓަށް ވުމުން އަލްޔާ އެހެން ބުނެލީ ޒައިދާންގެ އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލަމުންނެވެ. “ބްރޯ ފޯނު އޮއްވާ ކޮން ގަޑިއެއް އަޅައިގެންތަ ތި އުޅެނީ..؟” ހެއިލަން އައިސް އިށީންނަމުން އަހާލިއެވެ. “ކޫލް ވާންވެގެން..” ޒައިދާން ބުނެލިއެވެ. އޭރު ރަވިކާން ފެންތައްޓެއް ބޯން އިށީނދެގެން އިނެވެ.

“ޒައިއަށް ވަރަށް ފޫހި.. ނޯ ވައިފައި..” ޒައިލީން ފޫހިކަމާއި އެކީގައި ފޯނު ބާއްވަމުން ބުނެލިއެވެ. “ދެންދޯ… އެ އަންހެން ކުއްޖާގަނޑު…” ހެއިލަން އެހެން ބުނެލާއިރަށް އަޑު ބެދުނެވެ. އައުލްކީންގެ ނަން ބުނެލާއިރަށްވެސް ހެއިލަންގެ ހިތް އިރައިގެން ދެއެވެ. ރޯޒްލީގެ ލޯބި ކުދިކިޔުންތަކާއި ފިޔަނެލްގެ ނަސޭހަތްތަކާއި ހަނާއާއި ހެއިލަންގެ ސިއްރުތައް ހިއްސާ ކުރުމާއި ހޭލްއާއި ތޮޅުމާއި ހިޒްލީއާއިއެކީގައި ކުޅެއުޅޭ މަތިން ހެއިލަން ހަނދާންވާވަރުން ހަމަ ނުހުރެވެނީއެވެ. އެކުވެރިންކޮޅު އޭނަޔާއި ދޭތެރޭ މާ ކަންބޮޑު ވެދާނެތީ އެ އަސަރުތައް ފޮރުވާލައިގެން ހެއިލަން ހުންނަނީއެވެ. އަދި ޚާއްސަކޮށް ރޯޒްލީގެ މަތިން ކިރިޔަ ކިރިޔާ ހަނދާންވިޔަސް ހެއިލަން ފެންކަޅިވެއެވެ. ހެއިލަން ތުންފަތުގައި ދަތްއަޅާލިއެވެ. ޒައިލީންގެ މޫނުމަތިން ކުލަ އޮއްސުނެވެ. އަލްޔާގެ އަތްމަތީ އަތް ބާއްވާލަމުން ޒައިދާން ފުން ނޭވާއެއް ދޫކޮށްލިއެވެ. “ހެއިލް.. އިޓްސް ގޮއިންގ ޓު ބީ އޯލް ރައިޓް..” ޒައިލީން އައިސް ވާހަކަ ދައްކަންފެށި ގޮތުން ހެއިލަން ފިޔަނެލްގެ މަތިން ހަނދާންވިއެވެ. އިޚްތިޔާރަކާއި ނުލާ ކަރުނަތައް އެސްފިޔަތައް ފޫ ދުއްވާލާފައި ހެއިލަންގެ ކޯތާފަތް މަތިން ލާފައި އޮހިގަތެވެ. ހެއިލަން ރޯތަން ފެނުމުން ރަވިކާން ދެލޯ ވެސް އިރުކޮޅަކަށް އެ ދިމާލަށް ހުއްޓުނެވެ.

“ހެއިލް އަހަރެމެން އެންމެންވެސް މިހުރީ ހެއިލްއާއި އެކީގައި.. ވީ ވިލް ގޯ ތްރޫ ދިސް ޓުގެދަރ…” އަލްޔާވެސް ހެއިލަންއަށް ހިތްވަރު ދޭންވެގެން ބުނެލިއެވެ. ހެއިލަން ލޯ ފޮހެލާފައި ކުޑަކޮށް ހިނިތުން ވެލިއެވެ. ނަމަވެސް އެއީ ގަދަކަމުން ހީނލި ހީނލުމެއްކަން އެމަންޒަރު ދުށް ކޮންމެ މީހަކުވެސް ހެކި ވާނެއެވެ. “ގުޑް ބޯއި.. ނައު ސްމައިލް…” ޒައިލީން ހެއިލަންގެ ތުންފަތުގައި އަތް ޖައްސާލާފައި ދެ ފަރާތަށް ފޭކޮށްލިއެވެ.

މެންދުރު ނަމާދަށް ބަންގި ގޮވަންފެށި އަޑު އިވުނީ ޒައިދާންގެ ފޯނުންނެވެ. “މިތަނުގައި އެބަހުރި ދެ ބެޑްރޫމްވެސް.. ހެއިލް ސާފުކުރި ވަގުތު އެނގުނީވެސް.. މައްޗަށް އެރެން އެބަހުރި ސިޑިއެއް..” އަލްޔާ ދައްކާލީ އެ ގޭގެ ކަނާތް ފަޅީގައި ހުރި ދިގު ސިޑިއެވެ. “މާތްކަލާކޯ އެއީ ސިޑިއެއްތަ..؟” ޒައިލީންއަށް އެހުނެވެ. ނުލާހިކު ހަނިކޮށް ހުރި އެ ސިޑި ހުރީ ފުދޭވަރަކަށް ސީދަލަށެވެ. “ނުކެރޭނެ.. އެ ސިޑިއަށް އެރި މީހަކު ވެއްޓޭނެ..” ޒައިލީން ބުނެލިއެވެ. “އެހާ އުނދަގުލެއް ނޫނޭ…” އަލްޔާ ގޮސް ފަރިތަކަމާއި އެކީގައި އެ ސިޑިއަށް އަރާފައި އެންމެ މަތީ ހަރުފަތުގައި ހުރެފައި ތިރިއަށް ފުންމާލިތަން ފެނިފައި ޒައިލީން ދެލޮލުގައި އަތްއަޅާ ތިރިވިއެވެ. “ހެހެ.. ޒައިކޮއްކި މީ ހަމަ ބޭބީގަނޑެއް… ވަރަށް ގަޓްހުރި ކަމަށް ދައުވާކުރާނެ.. އެކަމަކު ތީހަމަ ދޮންބެގެ ކުޑަކުޑަ ބޭބީގަނޑު…” ޒައިދާން ޒައިލީންގެ ދެކޮލުގައި ހިފާ އަނބުރާލިއެވެ.

“ޒައިއާއި އެއް ރޫމެއްގައި އަލް އުޅޭނީ..” އަލްޔާ ބުނެލިއެވެ. “އޯކޭ އޯކޭ.. ގެޓްވެއްޖެ..” ޒައިދާން ދެކޮނޑާއި ހަމައަށް އަތް އުފުލާލާފައި މޫނަށް ޖައްސާލި މަޖާ ވައްތަރުން ހީވީ “އަލްޔާ މައިތިރިވާށޭ” ބުނެލިހެންނެވެ. އަލްޔާ ހީނލާފައި ޒައިލީންގެ ގާތުގައި ހުއްޓުނެވެ. “ދެން ޒައި ހުންނާނީ ޒައިގެ ލޯބި އަލް ބެސްޓީގެ ގާތުގައެއްނު ދޯ..؟؟” ޒައިލީން އެހެން ބުނެލުމުން ހެއިލަންއާއި ޒައިދާން އެދިމާލަށް ބަލާލީ ފާޑަކަށެވެ. “ދޮންބެ އަދި ނުދަނެހުރިން ތިދެމީހުން ބެސްޓްފްރެންޑްސްއަށް ވީކަމެއް..” ޒައިދާން ބުނެލިއެވެ. ޒައިލީން ވިސްނާލިއެވެ. “އޯވްހް ދެން މިކޮޅަށް އައިފަހުން އަލްއޭ ޒައިއާއި އެންމެ ގާތްކޮށް އުޅެނީ… ދޮންބެއާއި ހެއިލް ވެސް ތިއީ ހަމަ ބެސްޓް ފްރެންޑުންނެއް ނޫންތަ..؟” ޒައިލީން އަހާލިއެވެ. ޒައިދާން ހެއިލަންގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލާލިއެވެ. ހެއިލަން ހިނިއައިސްގެން ގޮސް ބޯ ހޫރާލިއެވެ. “އޯކޭ.. މިދަނީ ރޫމަށް..” ޒައިލީން ވަރަށް ފަރުވާތެރިކަމާއި އެކީގައި ހަރުފަތްތަކަށް އަރަން ފެށިއެވެ. ހެއިލަން ގޮސް ޒައިލީންއަށް އެހީވާން ފެށިއެވެ. ޒައިލީން ވެއްޓިދާނެކަމުގެ ބިރު ގަންނާތީ ހެއިލަން ހުރީ ޒައިލީންގެ ވައަތުގައި ބާރަށް ހިފާއްޓާލައިގެންނެވެ. ދޭތެރެ ދޭތެރެއިން މި ވައްޓާލަނީއޭ ކިޔާ ހެއިލަން ޒައިލީންއަށް ބިރު ދައްކައެވެ. އެހެން ބިރު ދައްކާލާ ބައެއް ފަހަރު ޒައިލީން ލުއިކޮށް ހިނިތުންވެލައެވެ. އަނެއް ބައިފަހަރު ހެއިލަން އެހެން ކިޔަނީ ސީރިއަސްވެގެންހުރެ ކަމަށް ހިތާ ހެއިލަން އާއި ދިމާލަށް ޒައިލީން އެތިވަރު ގޮވައިގަނެއެވެ.

ރަވިކާން ހުރީ އެ މަންޒަރު ބަލާށެވެ. އެ މަންޒަރު ބަލަން އިނދެ ރަވިކާންއަށް ދިޔައީ ހުއްޓާނުލާ ފެން ބޮވެމުންނެވެ. ތައްޓަކަށް ފަހު ތައްޓެއްގެ ފެން ބޮމުން ރަވިކާން ކުރިއަށް ދިޔައެވެ. ހެއިލަންއާއި ހެދި ޒައިލީން ހީނލާ ކޮންމެ ފަހަރަކު ރަވިކާންއަށް ފެންތަށި ބޯލެވެނީ އެއްނޭވާއިންނެވެ. “ސުބުހާނައްﷲ..” ރަވިކާން ނެތްކަން ފާހަގަވެގެން ޒައިދާން ފަހަތަށް އެނބުރިލި ވަގުތު ދެލޯ ބޮޑުވި ވަރުން ހީވީ ދެލޯ އޭގެ މަގާމު ދޫކޮށް ބޭރަށް ނުކުމެދާނެ ހެންނެވެ. “ރަވިކާން ބްރޯ..!” ޒައިދާންގެ ރާގު ހުރިގޮތުން ހީނހީނފައި ޒައިލީން ގޮވައިގެން ހެއިލަން ސިޑިން އަރަން އުޅޭ ހާލު ވީޑިޔޯ ކުރަން ހުރި އަލްޔާވެސް ފަހަތަށް ބަލާލިއެވެ. “ރަވިކާން..” އަލްޔާއަށް ވެސް ވީ ހަމަ އެވަރެވެ. އަލްޔާ އާއި ޒައިދާން މާ ހައިރާންވެގެން އުޅޭތީ ސިޑިން މައްޗަށް އެރިގެން އުފާފާޅު ކުރަން ހުރި ޒައިލީންއަށް އެ ދިމާ ބަލާލެވުނެވެ.

ރަވިކާން އޭނާގެ ފައިބުޑަށް ވައްޓާލާފައިވާ 1.5 ލީޓަރުގެ ހުސްވެފައިވާ ބޮޑު ދެ ފެންފުޅިއަށް ބަލާލާފައި ޒައިލީން ރަވިކާންގެ މޫނަށް ބަލާލީ ސުވާލު ކުރަން ބޭނުންވެފައި ހުރިވަރުންނެވެ. އޭރުވެސް ތިންވަނަ ފެންފުޅިއެއް ހިފައިގެން ރަވިކާން ހުއްޓުމެއް ނެތި ފެން ބޮނީއެވެ. “އޭތް ބްރޯ..!! ބަނޑުގައި ލޯވަޅެއް އިނީތަ އަނެއްކާ..؟ ބަލަ ހާދަ ވަރަކަށޭ ތި ފެން ބޮނީ..” ފެން ބުއިމުގައި އަވަދިނެތި އިން ރަވިކާންގެ ގާތަށް ޖެހިލާފައި ޒައިދާން އެއްސެވެ. އޭރުވެސް ޒައިދާން ހުރީ ހައިރާންވެފައެވެ. ރަވިކާން ހަމަޖެހުނީ އެ ފެންފުޅި ބޮއެ ހުސްކޮށްލެވުމުންނެވެ. ރަވިކާން އެ ބޮއެ ނިންމާލީ 1.5 ލީޓަރުގެ ތިން ފެންފުޅިއެވެ. “މި ތަނުގައި ވައިފައި ހުރިނަމަ މަ ހުވާ ކޮށްފާނަން ދެންމެ ރަވިކާން ފެން ބުއިތަން ރިލީސް ކޮށްލީސް ކަން..” ޒައިދާން އާޝޯހުވެފައި ހުރެ އަތް ޖަހަމުން ބުނެލިއެވެ. އަލްޔާވެސް އަނގަ ނަގައިގެން ހުރެ ބޯ ޖަހާލިގޮތުން ހީވީ މަވެސް އެއްބަހޭ ބުނިހެންނެވެ. ހެއިލަންވެސް ހުރީ އަންތަރީސްވެފައެވެ.

“އޭތް ރަވިކާން.. އޯކޭތަ..؟ އަނެއްކާ ކުރިން އައުލްކީން އާއި ދިމާވީތަ..؟ ނޫނީ އޭނަ ފެނުނީތަ..؟” ހެއިލަންއަށް އައުލްކީންގެ ނަން ކިޔާ އަޑު އިވިދާނެތީ ޒައިލީން ވާހަކަ ދެއްކީ މަޑުންނެވެ. އައުލްކީންގެ ނަން އިވުނަސް ހެއިލަންގެ އުފާވެރި މޫޑު ވަގުތުން ޚަރާބުވާނެކަން އެނގޭތީއެވެ. “އަޅާނުލާ.. އިންސިން ބޮއެ އުޅޭ ފެން މީރުކަމުން ބޮވުނީ…” ރަވިކާން ރަނގަޅު ބަހަނާއެއް ވިސްނާލީ ނުހަނު އަވަހަށެވެ. “ސާބަސް.. މާކުންބެ ފެންނަހާ އެއްޗެއް ކާނީ.. ރަވިކާން ފެންނަހާ އެއްޗެއް ބޯނީ.. ތީ ފެންބޯބެ..” މާކުންބެގެ ނަމާއި ރަވިކާންގެ ނަން ގުޅުވާލަން ޒައިދާން ޚިޔާލީނަމެއް ހަދާލިއެވެ.

ރަވިކާންއަށް މާކުންބެއަކީ ކޯޗެއް ކަން ނޭނގިގެން އުޅުމުން ޒައިލީން ރަވިކާންއަށް މާކުންބެގެ ވާހަކަ ކިޔައިދިނެވެ. ވާހަކަ ކިޔައިދެމުން ދިޔައިރު ޒައިލީން ހަނދާންވީ ޒައިނާގެ މަތިންނެވެ. ޒައިލީން ކުޑަ އިރު ޒައިނާ އެފަދަ ވާހަކަތައް ކިޔައިދީ އުޅުނު މަތިން ޒައިލީން ހަނދާންވުމުން ހިނި އަންނަގޮތްވިއެވެ. ޒައިލީން ރަވިކާންއަށް އެ ވާހަކަ ކިޔައިދެމުން ދިޔައީވެސް ޒައިނާ ވާހަކަ ކިޔައިދީ އުޅުނު ރާގަށެވެ. ވާހަކައިގެ އެކިއެކި ބައިތައް ކިޔައިދޭއިރު ޒައިނާ މޫނު މައްޗަށް ޖައްސާ އުޅޭ މަޖާ ވައްތަރުތައްވެސް ޒައިލީން ޖައްސަމުން ދިޔައެވެ.

“ޒައި.. ޔޫ ރިމައިންޑް މީ އޮފް މޯމް..” ޒައިލީން ވާހަކަ ނިންމާލުމުން ޒައިދާން ބުނެލިއެވެ. “އޭތް އަލް އެބައޮތޭ ސުވާލެއް އަހަންވެފައި..” އަލްޔާ އަތް މައްޗަށް ހިއްލާލުމުން ޒައިލީން ހީކުރީ އަލްޔާ އަހަން އުޅުނީ ވާހަކައާއި ގުޅޭ ސުވާލެއް ކަމަށެވެ. “ޒައިގެ މަންމަމެން ކޮބާތަ..؟ އަހަރެމެންނަށް ޒައި މެންގެ ގޭގައި ނުހުރެވެންވީ ކީއްވެގެން..؟ އެޑިންމެންވެސް ދިޔައީ ލައޫގެ ގެއަށެއްނު..؟؟” ޒައިދާންގެ ދުލުން މޯމްއޭ ބުނެލުމުން އަލްޔާގެ ހިތަށް ފުރަތަމަ އެރި ސުވާލު އަހާލިއެވެ. “މަންމަމެންވީ ރާއްޖޭގަޔޭ އަލްގަނޑޫ.. ކުރިން ދުވަހު މަންމަ އޮތް ފޭސްބުކްގައި މާމައާއި އެކީގައި ފޮޓޯ ނަގާ ޝެއާރ ކޮށްފައި.. ދޮންބެ ޒައި ގޮވައިގެން ދަމެއްނު ދޯ ވަރަށް ގިނައިން އަތިރިމަތީގައި ހުންނަ ހެއްލާޖޯލިތަކަށް..؟ ހަމަ އެތަނުގައި މަންމަ ހުރީ މާމަ ގޮވައިގެން ގޮސް…” ޒައިދާން ބުނެލިއެވެ. “އޯހް އެއްކަލަ ހިޑެން ޖޯލި ފަތިތައް ދޯ..؟” ހަނދާންވެގެން ޒައިލީން ބުނެލިއެވެ.

“ހިޑެންއޭ..؟؟” އިތުރަށް އޮޅުންފިލުވަންވެގެން ހެއިލަން އަހާލިއެވެ. “ޔެސް ހިޑެން..” ޒައިދާން ފޯނު ނަގާ ގެލެރީއަށް ގޮސް ޒައިލީން އާއި ޒައިދާންގެ ސެލްފީއެއް ދައްކާލިއެވެ. އެ ޖޯލިތައްވަނީ ގަސްތަކާއި ހެދި ނިވާވެފައެވެ. ދުރުގައި ހުރެގެން އެގަސްތަކާއި ދިމާލަށް ބަލާ މީހުންނަށް އެތަނުގެ ތެރޭ ޖޯލިތަކެއް ހުންނާނެކަމަށް ހީވެސް ނުކުރާނެއެވެ. އެ ޖޯލިތައް ފެންނާނީވެސް ގަސްތަކާއި ވަރަށް ކައިރިވީމައި..” ޒައިދާން ފޯރިއާއެކީގައި އިތުރަށް މައުލޫމާތު ދިނެވެ. ޓުއަގައިޑަކަށް ދޫނުކުރާނެހާ ޒައިދާން މޮޅެވެ.
“އައި މިސް މާމަ..” ޒައިދާން ފޮޓޯއަކަށްފަހު ފޮޓޯއެއް ދައްކަމުން ދިޔުމުން ޒައިނާގެ މަންމަ ޒުމައިހާގެ ފޮޓޯއެއް ފެނުމުން ޒައިލީން ދެކޯތާފަތުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

”އަލް.. އަހަރެމެން ރަވިކާން އާއި ޖިންނި ކުދިން އުޅޭތަނާއި ބެހޭގޮތުން ހާހެއްހާ ސުވާލު ކުރިޔަސް ރަވިކާންގެ އާއިލާ އާއި ބެހޭގޮތުންނެއް ނާހަމެއްނު..؟” ޒައިދާން އެހެން ބުނުމުން މިނެޓެއް ވަންދެން ވިސްނާލާފައި ދޮގެއްނޫނޭ ކިޔާ އަލްޔާ އެއްބަސްވިއެވެ. “ރަވިކާން..” ޒައިދާން ސުވާލު ކުރަން ވެގެން ކަރުކެހެލިއެވެ. “ދޮންބޭ.. އަލް..” ސުވާލު ކުރުން އެހާ ރަނގަޅެއް ނޫނޭ ބުނަން ޒައިލީން މަސައްކަތް ކުރިއެވެ. ހެއިލަންގެ އާއިލާ އެންމެން މަރުވުމުން ހެއިލަންގެ ހިތް ފަޅިފަޅިވެފައިވާނެ ވަރު ޒައިލީންއަށް އަންދާޒާ ކުރެވެއެވެ. ރަވިކާންއާއި އެސުވާލުތައް ކުރުމުން ރަވިކާން ވަކި އުފަލެއް ނުވާނެކަން ޒައިލީން އަށް ވިސްނުމުން އަލްޔާގެ އަތުގައި ހިފާ ނުކުރާށޭ ބުނެލިތަނާ ޒައިދާން ފަށައިފިއެވެ.

“ރަވިކާންގެ މަންމަ ކޮބާ..؟” ޒައިދާން އަހާލި ސުވާލުން ރަވިކާން އިސް އުފުލާލިއެވެ. އެ ރީނދޫ ދެ ލޮލުން ސިހިފައިވާކަން އަންގައިދިނެވެ. “ހުދު ފިޔަލީ ކުއްޖާ ވިހެއި ފަހުން މި ދުނިޔެ ދޫކޮށް ދިޔައީ..” ރަވިކާން ފުންނޭވާއެއްލާ ކިޔައިދިނެވެ. “އީކް.. އައިމް ސޮރީ ބްރޯ..” ޒައިދާންއަށް މިހާރު ބްރޯ ނޫން ބަހެއް ކިޔޭކަމަކަށް ނުވެއެވެ. “ދެން ބައްޕަ..؟” އަލްޔާ އަހާލިއެވެ. “ނޭނގޭ..” ރަވިކާން ދެ ކޮނޑު އަރުވާލުމުން ޒައިދާން ދެކޮނޑު އަރުވާލިއެވެ. “ނޭނގެ.. މާނައަކީ ގެއްލުނީއޭތަ..؟ ނޫނީ ފިލީއޭތަ..؟ ނޫނީ..؟؟” ޒައިދާން ފައްޗަކަށް އަމުނާލިއެވެ. ރަވިކާން ދުރު ބަލާލިގޮތުން އުނދަގޫވީކަން ޒައިލީން ވަރަށް ފަސޭހައިން ނަގައިގަތެވެ. “ހިނގާބަލަ ކާންދާން.. ޒައި ވަރަށް ބަނޑުހައިވެއްޖެ.. ސައިވެސް ނުބޮއި މިހުރީ.. މިހާރު އެ އަސުރުވާން އުޅެނީ މެންދުރުގެ ކެއުން ނުކެވި ހުއްޓާ..” ޒައިލީން އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ.
ނަސީބަކުން ޒައިދާންވެސް ފެއްޓީ ކާ ވާހަކައެވެ. ޒައިލީންއަށް މީހަކު އޭނާގެ އަތުގައި ހިފާލިހެން ހީވެގެން އެނބުރިލެވުނެވެ. ޒައިލީންގެ އަތުގައި ހިފާލައިގެން އިން ރަވިކާންގެ ދެ ލޮލުގައިވަނީ ޝުކުރިއްޔާއޭ ބުނާފަދަ ކުލަވަރެކެވެ. ޒައިލީން ހީލާފައި ރަވިކާންގެ އަތަށް ދަމާލީ ކޮޅަށް ތެދުވާށޭ ބުނާ ފަދައިންނެވެ.

އަލްޔާ އާއި ޒައިދާން ގަނެފައިވަނީ ހުސް ލުއިކާނާ ކަމުން މެންދުރުގެ ކެއުން ޒައިލީންމެން ކެއީ ގެއާއި މާ ދުރުނޫން ރެސްޓޯރެންޓްއަކުންނެވެ. “އޭތް ވީ އާރ ރަނިންގް އައުޓް އޮފް މަނީ..” ކައިގެން ރެސްޓޯރެންޓް އިން ނުކުންނަމުން ހެއިލަން ބުނެލިއެވެ. “އަލްގެ އަތުގައި ކިހާވަރެއް..؟” ޒައިލީން އަހާލިއެވެ. “އަލްގެ އަތުގައި ފިފްޓީ ފައިވް ޑޮލާރސް..” އަލްޔާ އޭނާގެ ޖީބުން ޕާރސް ނަގަމުން ބުނެލިއެވެ. “ހެއިލްގެ އަތުގައި އެބަހުރި ސިކްސްޓީ ފައިވް..” ޒައިލީން ހެއިލަންގެ ގާތުގައި އެހުމުގެ ކުރިން ހެއިލަން ބުނެލިއެވެ. “ދޮންބެގެ އަތުގައި ފަންސަތިރީސް ޑޮލަރު…” ޒައިދާން ބުނެލިއެވެ. “ޒައިގެ އަތުގައި ފިފްޓީ ފައިވް..” ޒައިލީން ބުނެލިއެވެ. “މިއަށް ނޭނގޭ ހަތަރު މަސް ނޫނީ ފަސް މަސް ވަންދެން ހިފާއްޓާނެ ކަމެއްވެސް..” ހެއިލަން ބޯ ކަހާލަމުން ބުނެލިއެވެ.

ޒައިލީން ގެއަށް ދިޔަގޮތަށް ވަނީ ކޮޓަރިއަށެވެ. ކޮޓަރިތައް ވަރަށް ކުޑައެވެ. އަލްޔާ އާއި ޒައިލީންގެ ހެދުންތައް ކޮޓަރީގައި ހުރި ކުޑަ އަލަމާރިއަށް ލެވެނީ ކިރިޔާއެވެ. ކޮންމެ ކޮޓަރިއެއްގައި ފާޚާނާއެއް ހުންނަކަންވެސް އެއީ ހަމަ ނަސީބެވެ. ޒައިލީންއާއި އަލްޔާގެ ކޮޓަރީގައި ދެ އެނދު ހުއްޓެވެ. ޖާގަ ކުޑަ ކަމުން ނަމާދަށް ގޮވީމައި ދެ މީހުންނަށް އެއްކޮށް ނަމާދެއް ނުކުރެވެއެވެ. ޒައިލީން ފުރަތަމަ ނަމާދު ކުރަންޏާ އަލްޔާ ޖެހޭނީ ޒައިލީން ނިމެންދެން މަޑު ކުރާށެވެ.

ޒައިދާން އާއި ހެއިލަން އަދި ރަވިކާންގެ ކޮޓަރި އަލްޔާ އާއި ޒައިލީންގެ ކޮޓަރިއަށްވުރެ ބޮޑެވެ. ތިން ފިރިހެންކުދިން ކަމަށްވާތީ ބޮޑުކޮޓަރި އެ ތިންމީހުންނަށް ޒައިލީންމެން ދިނީއެވެ.

ފެންވަރާ އަސުރު ނަމާދު ކޮށްގެން ޒައިލީން އެނދުގައި އިށީނެވެ. މަޑު ފިޔާތޮށި ކުލައިގެ ހޫޑީއަކާއި ކަޅު ޖިންސެއް ލައިގެން ޒައިލީން ހުރިއިރު ވަރަށް ރީއްޗެވެ. އަލްޔާ ހުރީ އަތްދިގު މަޑުފެހިކުލައިގެ “އައި ވޯންޓް ސްޓޮޕް” އޭ ޖަހާލާފައިވާ ޓީޝާޓަކާއި ޖިންސެއް ލައިގެންނެވެ.

“ހަވީރު ސަޔަށް ލިބޭނީ ކުކީސް އަދި ޖޫސް ޕެކެޓްސް.. ދެން ޗޮކްލެޓްސް..” އަލްޔާ ކޮތަޅުތައް ނަގާ އެންމެންނަށް ވަރަށް އިންސާފުވެރިކަމާއި އެކީގައި ކުކީސް އާއި ޗޮކްލެޓްތައް ބަހާ ނިންމާލިއެވެ. ރަވިކާން ޖޫސް ޕެކެޓުން ރަހަ ބަލާލާފައި އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. “ނުބައީތަ..؟” ހޮޅި އަނގަޔަށް ލައިގެން އިނދެ ޒައިލީން އަހާލިއެވެ. ރަވިކާން އަވަހަށް ބޯ ޖަހާލާފައި ޖޫސްޕެކެޓް ޒައިލީން އާއި ހަވާލު ކުރިއެވެ. “ޒައި ޖޫސްޕެކެޓް ބޯލަފާނަން.. އިން އެކްސްޗޭންޖް ރަވިކާންއަށް އަން ޗޮކްލެޓް.. ކާލާ..” ޒައިލީން ޖޫސް ޕެކެޓްގައި ހިފަމުން ރަވިކާންގެ އަތަށް ޗޮކްލެޓް ލައިދިނެވެ.

“އޯކޭ.. ދޮންބެއަށް އެނގޭ އިތުރަށް ލާރި ލިބޭނެގޮތެއް..” ޒައިދާން ބުނެލިއެވެ. “ހުވާ ކިހިނެތް..؟” ހެއިލަން އަވަސްއަވަހަށް އެއްސެވެ. “ސްޓްރީޓް ޝޯ..!” ޒައިދާން ބުނެލިއެވެ. “ދޮންބެ ތިއީ ރަނގަޅު ޚިޔާލެއްނޫން.. ތިއީ ވަރަށް ރަނގަޅު ޚިޔާލެއް..” ޒައިލީން ބުނެލިއެވެ. “އޭ މަޑުކޮއްބަލަ…” ޒައިލީން ރަވިކާންއާއި ދިމާލަށް އެނބުރުނެވެ. “ކިހިނެތްވީ..؟” ރުޅި ނުދައްކަން ރަވިކާން ނުލާހިކު އާދައިގެ ރާގެއްގައި އެއްސެވެ.

“ވީއެއްޗަކީ.. ރަވިކާންއަށް ލަވައެއް ކިޔަން އެނގޭތަ..؟ ނޫނީ އެއްވެސް މިޔުޒިކް އިންސްޓްރޫމަންޓެއް ކުޅެން އެނގޭތަ.؟” ޒައިލީން އެއްސެވެ. ރަވިކާން ބޯހޫރުވާލިއެވެ. “އޯކޭ.. ރަވިކާން އަޅެ މިދެ ލައިން ދަސްކޮއްބަލަ..” ފޯނުން ޔޫޓިއުބަށްވަދެ ލަވައެއް ސަރޗުކޮއްލަމުން ޒައިލީން ބުނެލިއެވެ. ރަވިކާންއަށް އެރާގާއި ބައިތައް ދަސްކޮއްލަން ނެގީ އިރުކޮޅެކެވެ. “އޯކޭ.. ދެން ލަވަ ކިޔާބަލަ..” ޒައިލީން ބުނެލިއެވެ. ރަވިކާން ދަސްކުރި ބައިތައް ކިޔާލަންހުރިއިރު އެންމެންވެސް ތިބީ އަނގަ ނެގިފައެވެ. ރަވިކާން ލަވަ ކިޔާލެއް ނުހަނު ހިތްގައިމެވެ. ޒައިލީންއަށް ކުރިން ހީވީ ހަމަ ރަނގަޅަށެވެ. ރުޅިގަދަކަމުގެ އިންތިހާއަށް ވިޔަސް ރަވިކާންއަކީ ހުނަރުވެރި ކުއްޖެކެވެ. ދަމާލާފައި ކިޔާ ބައިތައް ކިޔާލާއިރު އަޑު އަހަން ތިބޭ މީހުންގ ހިތްތައް ކޮށަކޮށައިގެން ދާނެއެވެ. ރަވިކާން ލަވަ ކީއިރުވެސް ޒައިލީންއަށް ވެސް ހުރެވުނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. ލަވަކިޔާ ނިންމާލާފައި ރަވިކާން ބަލާލިއެވެ. “ވާއު..” ޒައިލީންއަށް އެހެން ބަހެއް ބޭރެއް ނުކުރެވުނެވެ. ބުނެލެވުނީ އެހެން އެކަންޏެވެ. “އޭ ކިހިނެތްވީ..؟ ނުބައިކޮށް ކިޔުނީތަ..؟” ރަވިކާން އެއްސެވެ. “ނޫން. މާރީތީ..” ޒައިދާން އަތްޖަހަމުން ބުނެލިއެވެ.

“އޯކޭ.. މިރޭ ފުރަތަމަ ޝޯވްއަށް ތައްޔާރުވާން ފަށަމާ.. މިތަނުގެ ގާތުގައި އުޅޭ ހެއިލްގެ، މިޔުޒިކްއަށް ވަރަށް ލޯބިކުރާ ފްރެންޑެއް.. އޭނަ އަތުން އިންސްޓްރޫމެންޓްކޮޅެއް ބޮރޯ ކޮށްލާނީ..” އެކަމަށް އެންމެ ފޯރި ހިފާފައި ހުރީ ހެއިލަންއެވެ.

ޒައިލީން އެތެރެއަށް ވަދެ އިށީނެވެ. އަލްޔާއާއި ޒައިދާން ބަގް ސްޕްރޭ ފުޅީގެ އިތުރުން އުއްބައްތިކޮޅެއް ވެސް ގަނެފައިވެއެވެ.

އިރުކޮޅެއް ވަންދެން ވަރުބަލި ފިލުވާލަން ހުރެފައި ޒައިލީން ތެދުވިއެވެ. “ނިދުމުގެ ކުރިން ތަންކޮޅެއް ރީއްޗަށް ސާފު ކޮށްލަން ހިނގާބަލަ.. ދޮންބެމެން ފާރުތަކާއި ތަނބު ތައް ސާފުކޮށްދީބަލަ.. އެތަނުގައި ސްޕައިޑަރ ވެބް އެބަހުރި.. ޒައި އާއި އަލްޔާ ކާން ހަދާދޭނަން..” ޒައިލީން ބުނެލިއެވެ. “އެންމެ ރަނގަޅު..” ޒައިދާން އެއްބަސްވިއެވެ. ޒައިލީން ކޮތަޅުތަކުން ލުއި ކާނާ ޕެކެޓްތައް ނަގަން ފެށިއިރު ރަވިކާންގެ ފަރާތުން ފެންނަމުން ދިޔައީ އާދަޔާޚިލާފު މުރާލިކަމެވެ. އަތްމަތި އަވަސް ކަމާއިއެކީގައި ރަވިކާން އެތަނުގެ ތެރެއިން ފެނުނު ބާ ފޮތިގަނޑަކުން ތަންތަން ސާފު ކުރަމުން ދިޔައީ ނުލާހިކު އަވަހަށެވެ. ޒައިދާން އާއި އަލްޔާ އެކަކު އަނެކަކަށް ލާނެތް ބެލުމެއް ހަދިޔާ ކޮއްލިއެވެ. ހަމަ ރަނގަޅަށް ވެސް ރަވިކާންގެ އަވަސްކަން ގުޅިފައިވަނީ ޒައިލީންއާއި ބެހޭގޮތުން ކަމަށްކަން ދެމީހުންނަށް ވެސް އެނގޭކަށް ގިނައިރެއް ނުނެގިއެވެ.

ރަވިކާން މަސައްކަތް ނިންމާލާފައި ޒައިލީން އާއި އަލްޔާއަށް އެހީވާން ފެށިއެވެ. ރަވިކާން އުޅޭގޮތުން ހީވަނީ ގައިގެ ތަނެއްގައި އަލިފާން ރޯވެގެން އުޅޭހެންނެވެ. އެހާވެސް ރަވިކާން ހަލަންޏެވެ. ޒައިލީންގެ ގާތަށްވެސް ހުރީ ހިނިއައިސްފައެވެ. ރަވިކާންއަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ ކަމަށް ޒައިލީންގެ ހިތަށް އަރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަލްޔާވެސް ސިއްރު ސިއްރުން ހީނލަމުން މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ރަވިކާން ބޭރަށް ގޮސް އައި ދަރުތަކުގައި އަލިފާން ރޯކޮށްދިނީ ހެއިލަންއެވެ. އަލްޔާ މާޝްމެލޯ ޕެކެޓްތައް ހިފައިގެން ބޭރަށް ނުކުތް ގަޑީ މީހެއްގެ ހިލަން ވީހެން ހީވިއެވެ. ނަމަވެސް މީހަކު ނުފެނުމުން ވަހުމެއް ކަމަށް ހިތާ އަލްޔާ ޒައިލީން އާއިއެކީގައި އިށީނެވެ. އެކަން ވެގެން ދިޔައީ އެންމެންނަށްވެސް ވަރަށް އާ ތަޖުރިބާއަކަށެވެ. ހީވަނީ ކޭމްޕަކަށް ދެވިގެން އުޅެވޭހެންނެވެ.

އެންމެންވެސް އެކީގައި ކާން އިށީނެވެ. ފްރައިޑް ރައިސް ބިރިޔާނި ފަދަ ކާއެއްޗެހި އެދުވަހު ލިބެން ނެތްކަމަށް ވިޔަސް އެ ގޮތްވެސް ނުލާހިކު ރަނގަޅެވެ. ހީވަނީ ފިލްމެއްގައި އުޅެވޭ ހެންނެވެ. ނަމަވެސް އެއީ ހަގީގަތެވެ. ނޭނގިނަމަވެސް އެކުދިންގެ ކުރިމަތީގައި އެތަށް ބައެއްގެ ފުރާނަތައް ދުއްވާލާފައި އުޅެނީ ފިލްމުތަކުގައި ހަދާފައި ހުންނަ އަސްލުކަމަށް ދައްކާ ޖިންނިއެއް ނޫނެވެ. އެއަށްވުރެ ބާރު ގަދަ ނުހަނު ނުރައްކާތެރި ނުބައި ނުލަފާ ޖިންނިއެކެވެ. އަންހެން ޖިންނިއަކަށް ވިޔަސް ހެވެއެވެ. ބާރުގަދަ ކަމުންނާއި ހަމްދަރުދީއެއްގެ އަސަރެއް ވެސް ހިތުގައި ނެތް މި ޖިންނިއަކީ ފިރިހެން ޖިންނިން ވެސް ބަލިކުރެވޭ ވަރުގެ އެއްޗެކެވެ. އާނއެކެވެ. ޒައިލީންއަށް ސިފަކުރެވެމުން ދިޔައީ އައުލްކީންއެވެ.

އެކުދިންގެ ކުރިމަތީގައި މި ކުރިއަށް ދަނީ ލިޔުންތެރިއަކު ލިޔެގެން ކުޅެމުންދާ ފިލްމެއް ނޫނެވެ. އެއީ ހިތި ހަގީގަތެވެ. ދުނިޔޭގައި އެންމެ ހިތިކޮށް ހުންނަ ބޭހަށް ވުރެވެސް ހިތިކަންގަދަ އަސަރުގަދަކަމުން ލޮލުން ކަރުނަ އޮހޭވަރުގެ ހިތި ހަގީގަތެވެ. ޒައިލީންއަށް ވަރަށް ބޮޑަށް ވިސްނެމުން ދިޔައެވެ. ރަވިކާން ކެއެއްކަމަކު ރަވިކާންގެ ނަޒަރުން ޒައިލީންއެއް ނުނެއްޓެއެވެ. ހީވާ ކަހަލައެވެ. އެ ނަޒަރު ޒައިލީންގެ މޫނުން ދުރުކޮއްލެވޭނީ ލޮލުގެ ފެނުން ދުއްވާލައިގެންނެވެ. ޒައިދާން އަދި އަލްޔާވެސް ކަމުން އެ މަންޒަރުތައް ވަރަށް ގާތުން ބަލަމުން ދިޔައެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ވަކިވާން ނޭދެމޭ ޔާރާ (1)

Next

ވެވުނީލޮތްބޭ ޔާރުހުވާ

Next
August 13, 2020

ވެވުނީލޮތްބޭ ޔާރުހުވާ

Previews
August 13, 2020

ވަކިވާން ނޭދެމޭ ޔާރާ (1)

32 Comments!

  1. yooon yooon says:
    August 14, 2020 at 6:02 am

    Hope you all enjoyed this part ????? Insha allah I will submit the nxt part tonight ???

    Love you all very much my lovely dearlingss ???? i hope everyone reading this comment will have an amazing great day ??? Be safe my dearlss ?? take good care ??????? my regards to everyone

    1. yooon yooon says:
      August 14, 2020 at 2:08 pm

      Stay safe you all ?? yoon vrh dhera waane evvexx kujjeh safe nooniyya ??? I love you all very much ??? Take care ??? lovess

  2. Lysm says:
    August 14, 2020 at 6:21 am

    Wow yoon mi bai ves varah reethi ❤❤❤❤❤
    And proudly me first today dho ??????
    Awwww Ravikaan jealous vaairu haadha cute ey ???
    I also like ❤ZAIKAN❤ yoon ❤❤❤❤❤❤❤❤❤❤❤ This story is so nice i love it so much ???????Lysm yoon ????❤❤❤❤
    Take care my favourite auther ??????
    Be safe ❤❤❤❤❤

    1. yooon yooon says:
      August 14, 2020 at 2:05 pm

      Awwnn thank u so much Lysm dearlss ??? Labba you first miadhu Lysm ? Hehe Rawikan luks cute dhww ?✨?✨? U like ❤xaikan❤ too dhww ??? Aww thank u vvv much ?? Love you more Lysm ????? Take care sweetie ?? u stay safe too ??? Take care

  3. ~°v°~ says:
    August 14, 2020 at 6:23 am

    Maasha allah wow ??? mi part ves vrhh reethi ?? When next yoon dhoonyyaa ? waiting for the next part

    1. yooon yooon says:
      August 14, 2020 at 2:12 pm

      Thank you so so much ~°v°~ dearls ????? next part mirey yoon submit kollanan dhooni ? Keep waiting ?? insha allah won’t be long

  4. _n_i_s_h_e_r_ says:
    August 14, 2020 at 6:26 am

    Alhey Heilan is going to be so sad ???? I feel so bad for him ?? also where is that Aulkeen ???? I am kind of happy she did not apper in this part 🙂 Me also waiting to next part…..

    1. yooon yooon says:
      August 14, 2020 at 2:16 pm

      Aww thank u so much _n_i_s_h_e_r_ ????? Yesh Hyle dhww ??? Aul’kyn vxx ulhyne ? Oh rlly ?? very happy to knw that dealrss ? Keep waiting dear ??? insha allah won’t be long ??? tvgc

  5. layaan says:
    August 14, 2020 at 6:31 am

    I have been waiting for this part forever ?
    This part also was very nice ??
    Ohh what a love triangle between Hailan, Zai & ravikan…
    And again waiting for the next part ????
    Take care yoon ?
    My support is always with you ??
    although i do not comment regularly ??
    ILU

    1. yooon yooon says:
      August 14, 2020 at 2:22 pm

      Alheii thank u so much ??? Yesh what a love triangle dhww ??? Hehe keep waiting Layaan dearlss ??? Awwnn will always keep that in mind dear ??? Issokki ?? Thank u so so much Layaan ??? You take care too

  6. Anonymous says:
    August 14, 2020 at 6:35 am

    Mi bai ves reethi varah bodah… Aneh bai kiyahithun keh madhu… Yoon thee varah unique adhi talented kujjeh kan faahaga kuran alhugandu ves.. Avahah aneh bai kiyaan libeyne kamah ummeedhu kuran.

    1. yooon yooon says:
      August 14, 2020 at 2:24 pm

      Aww thank you anonymous ???? Insha allah nxt part vxx vrh avahah kiyaaalan libeyne dear ??? alheii vrh vrhh ufaa vejje dear ge comment kiyaalaafavxx ????? Thank u

  7. Een says:
    August 14, 2020 at 12:57 pm

    This part is also perfect as always?????
    Curiously waiting for the next part????
    May Allah bless you and protect your telent from evil eyes
    Lots and lots of love and tgc?????
    Stay home and stay safe????
    My fav author♥️♥️♥️♥️

    1. yooon yooon says:
      August 14, 2020 at 2:27 pm

      Awwn thanxxiesss Een dear ??????? Keep waiting ?? insha allah won’t be long i guess ??? may allah bless you and protect u frm evil eyes dearlss ??? More and More love to u back Een ??? You stay safe to Een, one of the sweetest gurl i knw ???? Take very good care En dearlsss ??? lovesss

  8. ?Ril? says:
    August 14, 2020 at 1:43 pm

    Wow wow Yoon sis Mi part ves vrh sali ??????
    Masha Allah keep it up?????
    Aley alyaa plxx help ravikaan heyl Ah adhi ragalu anhen kujeh libeyne dhw sis ???
    Ravikaan haadha sali koshey dhw lava kee hehehhe Ril ves vrh adu ahaahie vehje heheheh??
    Waiting for the next???
    Luv uuuu ???❤️❤️
    Stay safe and Tc ❤️❤️❤️

    1. yooon yooon says:
      August 14, 2020 at 2:33 pm

      Awwn Thank u so much Ril dear ????? Lets see dhww alya ge help libenee kakkah kan hehe ??? Dhn Lets see dhww Rill ???? Yesh Rawikaan vrh molhu dhww lava kiyan ?? ohh ril dearlss vxx adu ahaa hih v dhww ?? hehe ??? Keep waiting dearlss ?? Love u more Ril ??? you stay safe too ??? tgc

  9. Blackfish says:
    August 14, 2020 at 3:10 pm

    Yayy Esfiya,.com is the best.. 🙂 I am so flattered that they are uploading quickly now 🙂 Thank you esfiya.. And yoon i have to say you are the best author ever 🙂 The story is so nice.. every story you write is totally amazing always.. Love you so much.. waiting 4 the nest part.. Tried to be first but too busy and when i woke up the story was already there

    1. yooon yooon says:
      August 15, 2020 at 9:08 am

      Yeshh dhww ??? Awwwn thank u so much blackfish dearlss ???? I am so happy to knw that ?? Aww issoke dear ? even though ur not first, i am still vvv happy that i got ur comment ?✨?✨ Love you more blackfish ? stay safe ✨✨ take care dear

  10. KA says:
    August 14, 2020 at 5:10 pm

    Maasha allah varah reethi mi bai ves. Alhey yoon avahah next up kodheeba please.. I am dying to read the next events

    1. yooon yooon says:
      August 15, 2020 at 9:10 am

      Thnxxx so much KA ??? next iyye rey yoon submit kollin ??? Insha allah you will get to read them soon dear ✨✨ Take care

  11. hamm says:
    August 14, 2020 at 5:12 pm

    Varah reethi story eh.. waiting for the next part

    1. yooon yooon says:
      August 15, 2020 at 9:11 am

      Thnk u hamm ????? Keep waiting insha allah won’t be long ??? Stay safe

  12. yaikko says:
    August 14, 2020 at 5:14 pm

    Fenboabe ! :))) That was beyond the level creative :))) When next dear yooon ?? Witing

    1. yooon yooon says:
      August 15, 2020 at 9:13 am

      Awwn hehehe ??? glad you liked it dear ? Next part yoon iyye rey submit kollin ?? insha allah it’ll be uploaded soon dear ?? tc

    2. yooon yooon says:
      August 15, 2020 at 9:14 am

      And thank u so so much yaikko dearlsss ??? take good care and keep waiting

  13. ner says:
    August 14, 2020 at 6:18 pm

    rawikaan is so talented just like you?.. varah reethi mi part vx.. enme majalee rawikaan jealous vgn fen bui part.. ahahah,it was amazing!
    love this part too, so much

    1. yooon yooon says:
      August 15, 2020 at 9:16 am

      Awwnn Thanxxiess so so much ner ????? hehehe i am so happy u liked it ???? thnk u so much dearlss ?? Tc n stay safe ner

  14. ner says:
    August 14, 2020 at 6:28 pm

    yoon.. nxt part ga mention kohlachey kon song eh kan.. ???.. varah beynun rawikaan kee song balan.. hope its a good.. like bts ge?

    1. yooon yooon says:
      August 15, 2020 at 9:17 am

      Okki ner ??? Lets see dhww ?? Hehehe

  15. hithadhoo says:
    August 15, 2020 at 12:42 am

    mipart ves vara reethi vara kiyaa hithun kiyaalewunee,,
    next part ah mi inthizaar kuaranee
    …vara thnks

    1. yooon yooon says:
      August 15, 2020 at 9:19 am

      Vrhh ufaa vejje ? thank u so much hithadhoo dear ????? insha allah vrh avavah up waane ??? aww your welcome ✨✨ tc

  16. Eekko 11 says:
    August 15, 2020 at 12:12 pm

    Alheyyy …. So nice mi part vx….. Lyssssm Yoon tc and stay safe❤️

Comments are closed.

Next Episodeފިޔަފަތް 18←


All Right Reserved!