އައިނާ (2) 27
ހަތާވީސްވަނަބައި
ލޯކައިރީގައި އަނދުން އަޅާ ފަވާލައިފައި ހުރުމުން އިތުރަށް ނުރައްކާތެރި ކަމަށް ދައްކައެވެ. ހީވަނީ ބިރުވެރި މޭކަޕެއް ކޮށްލައިގެން ހުރިހެންނެވެ. މަގުމަތިން ދާހައި މީހަކު އޭނާ އާއި ދިމާއަށް ބަލާލަނީ ޖެހިލުންވެ ހުރެއެވެ.
***
ގޭތެރެ އަށް ވަދެގެން އައި ހިޝާން ދިޔައީ ސިޓިންގ ރޫމްގައި ތިބި އެއްވެސް މީހަކަށް ބަލައި ނުލައެވެ. ލެޕްޓޮޕް ދަބަސް ކޮނޑުގައި އަޅުވައިގެން ދިޔައިރު ހީވަނީ މީހަކު އޭނަ އާއި ވާހަކަ ދައްކަފާނެތީވެ ދިޔަހެންނެވެ. ދައްކާނެ ވާހަކަ ވެސް އިނގޭނެއެވެ.
ހިޝާން ކޮޓަރިއަށް ވަދެ ޓައީ ދޫކޮށްލައިފައި އަތުގެ ކޮލައް ހޫރާލިއެވެ. ހީވަނީ ރުޅި ކޮންޓްރޯލް ކުރަން އުޅޭ ހެންނެވެ. “އާރްރްގްގް.. ކިހިނެތް ވެގެން އުޅޭ ސަފަރުކަތްދައެއްތަ އެއީ..؟ މަގުމައްޗައް ނިކުންނަން ވެސް ލަދުގަނޭ.. މިހާރު އަދި މަންމަ އާއި ގުޅާ ލައިގެން އުޅެނީވެސް.. އަނެއްކާ މަންމަ އޭނަ އާއި އަހަރެން ގުޅުވުމުގެ ވިސްނުން ނުގެންގުޅެފިއްޔާ ވާރަނގަޅު..” ހިޝާން ކޮޓަރީގައި އިން ސޯފާގައި އޮށޯވެލަމުން އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ.
ހިޝާން އޭނާގެ ލޯމަރާލިއެވެ. ފުރަތަމަވެސް ސިފަވީ އައިނާގެ ފުރިހަމަ ތަސްވީރެވެ. އެލަދުވެތި ހިނިތުންވުމެވެ. ބޯއެސްފިޔަތަކުގެ ނިވަލުގައިވާ އަޅިކުލައިގެ ކަޅިއެވެ. އެދެލޮލުގައި ހުންނަނީ ކޮންފަދަ ސިހުރެއްބާވައޭ ހިޝާންގެ ހިތައް އަރައެވެ.
އެއީ މި ހައަހަރު ދުވަހުގެ ތެރޭގައި ހިޝާންގެ އާދައެވެ. ލޯމަރާލިއަސް އެކުވެރިއަކީ އައިނާގެ ތަސްވީރެވެ. މިހައަހަރު ދުވަހުގެ ތެރޭގައި ހިޝާން އަށް އޭނާގެ ހިތައް ބާރު ފޯރުވުމުގެ ކުޅަދާން ކަން ލިބިގެނެއް ނުވިއެވެ. އައިނާގެ ހަނދާންތައް އެންމެ ކުރިއެކޭ އެއްގޮތަށް ތާޒާ ކަންމަތީ އޭނާގެ ހިތުގައި ރައްކާ ކުރެވިފައި ހުއްޓެވެ. އަދިވެސް ހިޝާންގެ ހިތުގެ ތަޚުތައް އަރައި ރަނިކަން ކުރަމުން ދަނީ އައިނާ އެވެ. އަދިވެސް ހިޝާން އައިނާ އަށް އިންތިޒާރު ކުރެވެއެވެ. ހިޝާން މިހައަހަރު ދުވަސް ވޭތު ކުރީ އައިނާގެ ހަނދާން ތަކާއި އެކުއެވެ.
***
ގޭތެރެއަށް ވަދެގެން އައި ނަޝްވާ ދިޔައީ ނިކަން ހިތްހަމަ ޖެހިގެން ހުރެއެވެ. ނަމަވެސް އެއީ ކުޑަވަގުތު ކޮޅަކަށެވެ. ގޮނޑިސެޓުގައި ނަޝްވާ އަށް ފުރަގަސް ދީގެން އެއިނީ ނަޝްވާ ކުރިން ރައްޓެހި ކުއްޖެއް ކަމަށްވާ ރުހާން އެވެ.
“ދަރިފުޅާ ނަޝްވާ.. މިއިނީ ރުހާން އާއި އޭނާގެ މަންމަ އާއި ބައްޕަ ކަމަށްވާ ރަހީމް އާއި އާސިފާ.. ރަހީމް، އާސިފާ، މިއީ އަހަރެންގެ ދަރިފުޅު ނަޝްވާ.. ދަރިފުޅާ ނަޝްވާ އާދެބަލަ ނިކަން ބައްޕަޔާ އެކު.. ނިލްމާ، އެމީހުންނަށް ކާން ހަދާބަލަ..” ނަޝްވާގެ ބައްޕަ ނަޝީދު ބުނެލިއެވެ. ނަޝްވާގެ މަންމަ ނިލްމާ އަވަސްވެގަތީ އެމީހުންނަށް ކާން ހަދާށެވެ.
ނަޝްވާ ކިޔަމަންތެރި ކަމާއެކީ ނަޝީދުގެ ފަހަތުން ދިޔައެވެ. “ބައްޕަ މިހާރު ވަރަށް ކެތްކޮށްފިން.. ދަރިފުޅުވެސް ދެން މީހަކާއި އިންނަ ވަރުވީ.. އެއްކުއްޖަކާއި ރައްޓެއްހިވެފަ އަނެއްކުއްޖަކާއި ރައްޓެހި ވުމުގެ ބަދަލު ބައްޕަވެސް ބޭނުންވަނީ ދަރިފުޅު ރަނގަޅު ދިރިއުޅުމެއް ފަށަން..
ބައްޕަ ނާހާނަން ނަޝްވާ ގާތު ރުހާން ކަމުދޭތޯ އެއް.. އަންނަ މަހުގެ ފަހަކު ދަރިފުޅުގެ ކައިވެނި ރުހާން އާއި ކުރެވޭނެ.. މިއީ ބައްޕަގެ ފަހުގެ ނިންމުން.. މިއަށް ފާޑު ކިޔައިގެން ނުވާނެ..” ނަޝީދު ކޮށްލީ އަމުރެކެވެ.
ނަޝްވާ އަށް ގޮތް ހުސްވި ކަހަލަ އެވެ. އޭނާވެސް ދިރިއުޅުމެއް ފަށަން ބޭނުމެވެ. ނަމަވެސް ހިޝާން އާއި އެއްކޮށެވެ. އެހެން ނަމަވެސް ކަންތައް މިވީގޮތުން ނަޝްވާ ވަރަށް ދެރަވިއެވެ.
ނަޝްވާ ގަބޫލު ކުރެއެވެ. މިހެން މިދިމާވީ އަމިއްލަ އަށް އުޅެވުނު ގޮތުންނެވެ. ތަންކޮޅެއް ހަރުދަނާ ވެގެން އުޅުނު ނަމަ ބައްޕަވެސް އެފިޔަވަޅެއް ނޭޅިހެވެ. ނަޝްވާ އަކީ މިއިން ދުވަހަކުވެސް ބައްޕަގެ ނިންމުމަށް ދެކޮޅު ހެދި ކުއްޖެއްވެސް ނޫނެވެ.
އެހެން ކަމުން މިނިންމުމަށްވެސް ދެކޮޅުހަދާނެހާ ހިތްވަރެއް ނަޝްވާ އަކަށް ނުލިބުނެވެ. ދެންވެސް އޮތް ގޮތަކީ ބައްޕަގެ ބަސް ގަބޫލު ކުރުމެވެ. ނަޝްވާ އަބަދުވެސް ގަބޫލު ކުރާ ރަނގަޅުކަމެއް އެބައޮތެވެ. މަންމަ އާއި ބައްޕަ އޭނާ އަށް ދުވަހަކުވެސް ދެރައެއް ނޭދޭނެ ކަމެވެ. އެހެން ކަމުން މިއީ ވެސް ނަޝްވާ އަށް ހެޔޮއެދިގެން އެދެމީހުން ކުރިކަމެއްކަން ނަޝްވާ އަށް އެނގުނެވެ.
***
ގޭތެރެއަށް ވަދެގެން އައި އައިނާ އަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ހައަހަރު ފަހުން އަމިއްލަ ގެއަށް އައިސް ވަނުމުން ހިތްހަމަ ޖެހުން ލިބުނެވެ. އައިނާ ދިޔަގޮތައް ގޮސް ސޯފާގައި އިށީންދެލިއެވެ. “ހޫމް.. ކިހިނެތް އައި ޚިޔާލެއްތަ ތީ ބުރުގާ އެޅުން..؟” އިސްރާ ވެސް ސޯފާގައި އިށީންދެލަމުން ބުނެލިއެވެ.
އަރިން އައި ގޮތަށް އައިސް އެރީ އައިނާގެ އުނގަށެވެ. އަނީލްވެސް އިސްރާގެ ކައިރީގައި އިށީންދެފައި އިސްރާގެ ކޮނޑައް އަތް ވައްޓާލިއެވެ.
“މަންމަމެން ކައިރީގައި ހަމަ ނުބުނީ.. ދެއަހަރު ވަރު ވެދާނެ މިހާރު..” އައިނާ އަރިންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ދެއަހަރޭ!!!!” އިސްރާ ހައިރާންވެފައި އެހިއެވެ. “ހުމްމް.. މަންމަމެންނަކަށް ނޭނގޭނެއެއްނު އަހަރެން ބުރުގާ ނާޅައި ކޯލް ކުރީމައިވެސް..” އައިނާ ހަމަ ޖެހިލައިފައި ބުނެލިއެވެ.
“އެހެން ނޫނަސް ކުރިން އަޅައިގެން އައި ނަމަކަ މަންމަމެން ތިހާ ސަޕްރައިޒް ވެފަކަ ނުތިބޭނެއެއްނު..؟” އައިނާ އޭނާގެ ކޮޓަރިއަށް މިސްރާބު ޖަހަމުން ބުނެލިއެވެ.
“މަންމަމެންނަށް ވުރެ މާ ސަޕްރައިޒް ވާނެ މީހެއް ހުންނާނެ..” އައިނާ ގޮސް ލޯމަތިން ގެއްލުމުން އިސްރާ ބުނެލިއެވެ. “ޓްރޫ..” އަނީލް، އަރިން ކައިރީގައި ބަހައްޓަމުން ބުނެލިއެވެ.
***
އައިނާ ކޮޓަރިއަށް ވަދެ އަލަމާރި ކައިރީގައި ފޮށި ބަހައްޓާލިއެވެ. އަދި ކޮޓަރިއަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. އައިނާ އެކޮޓަރި ދޫކޮށްފައި ޔޫ.ކޭ އަށް ދިޔަގޮތަށް އޮތީއެވެ. ހިރަފުސް ކޮޅެއްގެ ޒައްރެއްވެސް ފެންނަން ނެތުމުން އިސްރާ އެތަން ފޮޅައި ސާފުކުރާކަން ހާމަވެއެވެ.
ފޮށި ތިރީގައި ބަހައްޓާފައި އައިނާ އޭގެއިން ތުވާލި ނެގިއެވެ. އަދި އަލަމާރި ކައިރިއަށް ޖެހި ކޮނޑުގައި އަޅުވާފައި އިން އަތްކުރު ޓީޝާޓަކާއި ފަތް ޖަހާފައި އޮތް ދޫހަރުވާޅެއް ނެގިއެވެ . އެއީ އައިނާ ޔޫ.ކޭ އަށް ދިޔައިރު ނުގެންދާ ތަކެއްޗެވެ.
ފާހާނައަށް ވަދެ ފެންވަރައި ތާޒާވެލައިގެން އައިނާ ނިކުތެވެ. ބޮލުގައި އޮތް ތުވާލި ހަރުގައި އަޅުވާލައިފައި ހެއާޑްރަޔާ ޖައްސާލައިފައި އައިނަ އިސްތަށިގަނޑު ހިއްކާލިއެވެ. ކުޑަކޮށް ހިތްކާލައިފައި އައިނާ އެނދުގައި އޮށޯވެލި ލޮޑުވެފައި ހުރުމުންނެވެ.
ފުރަތަމަވެސް އައިނާގެ ހަނދާނަށް އައީ ހައަހަރު ކުރީގެ ހަނދާން ތަކެވެ. އެއީ އޭނަގެ ހަޔާތުން ފުހެވިގެން ނުދާނޭ ދުވަސްތަކެވެ. އޭނާ ގަބޫލު ކުރާގޮތުގައި ހިޝާން އަދި ވެސް އުޅެނީ ނަޝްވާ އާއި ގުޅިގެންނެވެ. ނޫނީ އެހެން ކުއްޖަކާއި ގުޅިގެންނެވެ.
އައިނާ ބޭރުފުށުން ހިޝާންދެކެ ކިތަންމެ ރުޅި އަންނަ ކަމަށް ހެދުނަސް އައިނާގެ ހިތް އެދި ގޮވަމުން ދަނީ ހިޝާން އަށެވެ. ހިތުގެ އަޑީގައި އެނަން ވަނީ ރަންއަކުރުން ފަވާލެވިފައެވެ. ދުވަހަކުވެސް ފަނޑުވުމެއް ނުވާ ލޯތްބެކެވެ.
އައިނާ ދެން ނެގީ ކައިރީގައި އޮތް އަތް ދަބަހެވެ. އޭގެއިން ނެގީ ރީތި ފޮތެކެވެ. ހީވާގޮތުން އެއީ އައިނާގެ ޑައިރީއެވެ.
އައިނާ އެފޮތް ހުޅުވާލި އިރު ފުރަތަމަ ގަނޑުގައި ވެސް ވަނީ ހިޝާންގެ ނަން ހިތެއްގެ ތެރޭގައި ލިޔެފައެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




Lol?l love it ❤️❤️❤️❤️
Varah salhi ??
Masha Allah varah reethi ????
Jazaakallah khairan shabakko..
?Waiting for the next ?????
Nxt I’ll submit now..
LOL ???Nash varah ????
Ainaa yah dhw Hish❤️❤️❤️❤️❤️❤️❤️❤️❤️
Dhen balama dhw.. end ga kaakah tho aina libeny.. aina eynage love sacrifice vx kohfaane dhw…
Salaam readers.. kihineh baa vaany dhen.. do you think aina will forgive hishan… fahareggai aina ge love fragile vedhaane tha.. readers hope kurany kihineh.. aina and hishan or aina and unknown or hishan and unknown.. dhen ash’ha and her love ah kihineh vaanehen heevany.. are they friends like before or more than that.. hama clue eh ingey nxt prt ah..
Mipart ves vrh salhi?….. waiting for the next part
Jazaakallah khairan aalif.. nxt submitted
Wow mi part Vs vrah Sali???????
Masha Allah ?????
Hishaan buny Hama ragalah nashvaa mee varugadha safarukahdhaeh?????
Hama asluvx hishaan vrh suprise vaane dhw ainaa burugaa eleemaa????
A aaR plxx Ril beynumee ainaa aa hishaan aa ingey edemeehun gulenikoh nimuny ♥️
Waiting for the next part ???
Luv uu♥️♥️
May God bless you ♥️♥️
Stay safe♥️♥️
Jazaakallah khairan Ril
28 nufeney ?kiyaahithun moyavanii ???
Jazaakallah khairan shabakko