“އަދި އެހެންނޫނަސް ﷲ ގެ ދީނަށް އުޅުމުން އަހަރެން އެއްވެސް ކަމަކުން މަޙްރޫމްވީއެއްނޫން. ﷲ ރުހިވޮޑިގެންވާފަދަ ގޮތްގޮތަށް އަހަންނަށް ތި ހުރިހާ ނިޢުމަތްތަކެއް މިހާރު ވެސް ލިބޭ. އަހަންނަށް ﷲ ދެއްވި އަތާއި ފައި ބޭނުންކޮށްގެން އެކަލާނގެ އިރާދަފުޅުން އަހަންނަށް ތަނަވަސް އުޅުމެއް އުޅެވޭވަރަށް ފައިސާ ލިބޭ. އަހަރެން މީރު ކެއިންތަކާއި މީރު ބުއިންތައް މިހާރު ވެސް ކައިބޮއި އުޅެން. އަމިއްލައަށް ފައިސާ އެއްކޮށްގެން ބުރަ މަސައްކަތުން ގަތް ކާރެއްވެސް އެބައޮތް. އަދި އިން ޝާ ﷲ […]
ކުރެވިފައި ހުރި މޭކަޕާއި ދޭތެރޭ އަހަރެންނަށް ދެވަނަ ވިސްނުމަކަށް ދާންޖެހުނެވެ. އެމޭކަޕު އަހަރެންނަކަށް ކަމަކު ނުދިޔައެވެ. ހިތަށް އެރިއެވެ. ގަދަކުލައެއް ތުންފަތުގައި ޖައްސައިލުން މާރަގަޅުވާނެއެވެ. ގަދަ ކުލަތައް އަހަރެންގެ ދޮން ހަންގަނޑާއި މާގުޅޭނެއެވެ. ތުންފަތުގައި ޖައްސާފައިވާ ކުލަ ފޮހެލުމަށްފަހު ގަދަ ރަތްކުލައެއް ޖައްސަން ހުއްޓައި މަންމަ އައިސް ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ. ފޯނުވެސް ނިވިދިއްލެމުންދިޔަތަން ފެނުނީ އެވަގުތުއެވެ. އެކަމަކު އަވަސްކުރަން ބޭނުންވެފައިހުރިވަރުން ފޯނު ބަލައެއް ނުލެވުނެވެ. ހިތްފުރޭވަރަށް ތައްޔާރުވެލައިގެން އަހަރެން ނުކުތީމެވެ. އެހާ ފުރިހަމައަށް ހުރިހާކަމެއް […]
“އަސްލު މިރޭ މިތަނަށް މި އައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެންނޭ.” ރާއިން ބުންޏެވެ. ކޮން ވާާހަކައެއްހޭ އަހައިލަން އަލީޝާ ނިތްއަރުވައިލިއެވެ. “އަލީޝާ މަށާ ރައްޓެހިވާނަންތަ؟” ރާއިންގެ ސުވާލުން އަލީޝާ އިރުކޮޅަކު މަޑުޖެހުނެވެ. އެ ޖުމުލަ އަޑުއިވުނު އީތަންގެ މޫނަށްވެސް އެރީ ހަމަ އެއް ކުލަވަރެކެވެ. *************************** “ވިސްނާލާނަން…” އަލީޝާ ބުނިހާވެސް އެއްޗަކީ އެއީއެވެ. އަލީޝާގެ ޖަވާބުން އީތަންގެ މޫނުމަތި މިލައިފިއެވެ. އިންކާރުނުކުރީ ކީއްވެހެއްޔެވެ؟ އެ ސުވާލު އޭނާގެ ސިކުނޑީގައި އެނބުރުނެވެ. ހިތުތެރޭގައި ކެކެމުންދިޔައީ ދުވަހަކުވެސް އިހުސާސުކޮށްފައި […]
10 ވަނަ ބައިގެ ތެރެއިން….. “ދެން… ދިގުކޮށް ހުންނަ ހެދުމެއް ލައިފިއްޔާ އިންޑިޔާ މީހެއް. ކުރު ހެދުމެއް ލައިފިއްޔާ ޔޫރަޕް މީހެއް. ބުރުގާ އަޅައިފިއްޔާ ބުނާނެ ފަލަސްތީނު މީހެކޭ. މި ފައި ކުރިމައްޗަށް އަންނަންވީ އެއްވެސް އެއްޗެއްނުލާ ކަންނޭނގެ” ޔަނާލް ހަޅޭއްލަވާތެވެ. އެއްވެސް މީހަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޔަޒްދާން ސިއްރު ނަޒަރެއް ޔަނާލަށް ދިނެވެ. ޔަނާލް ހުރިގޮތުން ޔަޒްދާން ކައިރރިއަށް ހިނިއައެވެ. ނަމަވެސް ހިމޭނުން އިނެވެ. “ނުނޭ.. ވަރަށް ރީތި ޕްރިންސަސް…” އާކިން ޔަނާލްގެ […]
ކޮޓަރީގެ އަނދިރިކަމަށް އިތުރު އަލިކަމެއް ގެންނަން އަހަރެން ބޭނުންނުވީ ދެން ދުވަހަކުވެސް އަހަރެންގެ ހަޔާތުން މިއަނދިރިކަން ފިލައިގެން ނުދާނެތީއެވެ. އެހެންގޮތަކަށް ބުނާނަމަ އަހަރެންގެ މިއަނދިރި ހަޔާތަށް އަލިކަމެއް ގެންނަން ބޭނުންނުވެސް ވަނީއެވެ. މިގޮތުގަ އޮވެ ނިމިދިޔުމަކީ އަހަންނަށް ލިބިދޭންޖެހޭ އަދަބެކެވެ. އާއެކެވެ. އަހަންނަކީ ބޮޑު ކުށްވެރިއެކެވެ. އަހަރެންގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން މިވަނީ ހަލާކުވެ ގޮސްފައެވެ. އެމީހުންގެ އުފާވެރިކަން ވެއްޔާ މޮޑެވުނީ އަހަންނަށް ކުރެވުނު އެންމެ ކުށެއްގެ ސަބަބުންނެވެ. އެކަމަށްޓަކައި ދުވަހަކުވެސް އަހަންނަށް އަހަރެންގެ އަމިއްލަ […]
އިވުނު ވާހަކަތަކެއްގެ ސަބަބުން މިންހާގެ ސިކުނޑި އެވަގުތައް މަސައްކަތްކުރުން ހުއްޓާލާފައިވި ފަދައެވެ. ބޮޑުވެފައިވި ދެލޮލުން އިއާންއަށް ބަލަހައްޓާއިގެން ހުރި ފިޔަވަޅު މަތީގައި މިންހާއަށް ހުރެވުނެވެ. އަދިވެސް ހީވަނީ އިއާންގެ ދުލުން ބުނެލި ޖުމްލަތައް އޭނަގެ ކަންފަތް ބުޑުގައި ގުގުމާހެންނެވެ. ” މިންނު… ޕްލީޒް… ކޮންމެވެސް އެއްޗެކޭ ބުނެބަލަ… ” މިންހާގެ މޫނު މަތީގެ ކުލަވަރުންނާއި އެ ހަމަހިމޭންކަމުން އޭނަގެ ހިތް ނުތަނަވަސްވަމުން ދިޔުމުގެ ސަބަބުން އިއާންއަށް މަޑުމަޑުން ބުނެލެވުނެވެ. އިއާންގެ އެއަޑުވެސް މިންހާއަށް ނީވޭ ފަދައެވެ. ރައްދުގައި […]
ގަޑި ޖެހުމުގެ ފަނަރަ މިނެޓު ކުރިން އަންޖަލްއާއި ރައިހާނާ ސްކޫލަށް އައިސް ތިއްބެވެ. ގޭޓު ނުހުޅުވާ ހުރުމުން ދެކުދިންވެސް ބޭރުގައި މަޑު ކޮށްގެން ތިއްބެވެ. އޭރު އެދެކުދިންގެ އިތުރަށް ވިއްސަކަށް ކުދިން ގޭޓު ކައިރީ މަޑު ކޮށްގެން ތިއްބެވެ. “ހާއި ގާލްސް” އަންޖަލްއާ ރައިހާނާއަށް އެއްފަހަރާ ފަހަތަށް ބަލާލެވުނީ ވިޝާހްގެ އަޑު އިވުމުންނެވެ. ފަޓުލޫން ޖީބަށް ދެއަށް ޖަހައިގެން އިން އިރު ވިޝާހް ފެންނަލެއް ވަރަށް ހިތްގައިމެވެ. “ހާއި ވިޝާހް” ރައިހާނާއާ އަންޖަލްއާ އެއްފަހަރާ ބުނެލިއެވެ. އެކުދިންނަށް […]
” ޒޭނާ ވާނެ އަހަރެން ބުނާ ކަމެއް ކޮށްލަދޭން ” އަކިޔަލް ބުނެލިއެވެ. ” ކޮންކަމެއް އަނެއްކާ ” ޒޭނާ އަހާލިއެވެ. ” އަހަރެންދޭ ދަޢުވަތު ކާޑް ސާރާގެ ދެމަފިރިންނާ ހަވާލުކޮށްލަން ” އަކިޔަލް ރިޒްނީއަށް ބަލާލަމުން ބުނެލިއެވެ. ” ސާރާ…!!! ” ހައިރާންކަމާއެކު ޒޭނާއަށް ބުނެލެވުނެވެ. ” އާނ. އަހަރެމެން ދެމީހުން ވެސް ބޭނުންވީ ސާރާގެ ދެމަފިރިންނަށް ވެސް އިންވައިޓް ކުރަން. އެހެންވެ އެހެން މިބުނީ ” ރިޒްނީ ބުނެލިއެވެ. ” ސާރާ ފެނިފަ އަނެއްކާ […]
އެ ޕާރުސަލުގައިވީ މިރްޒާނާއި އަމްނާގެ ދެމެދުގައި ބަދަލުވެ ދިޔަ ހަދިޔާތަކުގައި އާއްމުގޮތެއްގައި ހުންނަ ދެކުލައެވެ. އަންހެން މީހާ އެއަށް ބަލަހައްޓައިގެން ހުރެފައި އޭގެ ކައިރީގައި ބޭއްވިފައި އޮތް ތުނި ތުނޑެއް ހުރި މާކަރެއް ނެގިއެވެ. އަދި މާކަރުގެ މަތި ނަގާލަމުން ތުރުތުރު އަޅަމުން ދިޔަ އަތަކާއި އެކީގައި އޭގެ ކަނެއްގައި އަކުރެއް އަޅަން ފެށީއެވެ. އިރުކޮޅެއް ވަންދެން ލިޔުމަށްފަހު އަންހެން މީހާ އޭގެ މަތިން އަތް ހިއްލާލިއިރު ތުރުތުރުގެ އަސަރު ހުރި އަކުރުތަކުން އެޅިފައިވީ ‘މިޒް’ އެވެ. […]