“އަޅުގަނޑު މާފް ކޮއްފިން…..” އެނދުގައި ތެދުވެ އިށީނދެއިން ނިކަތު ހިނިތުން ވަމުން ބުނެލިއެވެ. މުއާޒް އެދިމާލަށް ބަލާލަމުން ބޯ ޖަހާލިއެވެ. ދެން އަމްރުއަށް ބަލާލަމުން ނިކަތުއަށް ބަލާލިއެވެ. މިފަހަރު ނިކަތު ބޯ ޖަހާލަމުން އަމްރުއަށް ބަލާލިއެވެ. އައްމާރުގައި ބޭސް އަޅަމުން ދިޔައިރު އަމްރު ބަލަހައްޓައިގެން ހުރީ ހުއްޓިފައިވާ އައްމާރުގެ ހަރަކާތް ތަކަށެވެ. މި ހުރިހާ ދުވަހު އޭނާއަށް އުޅެވެމުން ދިޔައީ އޭނާގެ މަންމައާއި ނިކަތުގެ މަންމަވެސް މަރާލި މީހާގެ ހިޔާވަހި ކަމުގެ ދަށުގައެވެ. ނަމަވެސް އޭގެ އެއްވެސް […]
އާއެކެވެ.މިންހާ އާއި ލިޔާ އަކީ އެއް މިޒާޖެއްގެ ދެކުދިންނެވެ. މައިޝް އަކީ ލަޔާންގެ އެންމެ ގާތް އެކުވެރިޔާއެވެ. ލަޔާން އަކީ ލައިޝާގެ ބޭބެއެވެ. މައިޝް އަކީ މިޝްކާގެ ބޭބެއެވެ. މައިޝް އެންމެ ރައްޓެހި ވާން ބޭނުންވަނީ މިންހާ ކަމުގައި ވިނަމަވެސް ކަންދިމާވި ގޮތުން ޖެހުނީ ސާޔާ އާ ރައްޓެހި ވާށެވެ. މައިޝް މިހާރުވެސް ބޭނުން ވަނީ ސާޔާ ދޫކޮއް މިންހާއާއެކު އުޅޭށެވެ. ލަޔާންވެސް ސަމްހާ ބޭނުމެއް ނޫނެވެ.ބޭނުމީ ލިޔާއެވެ. އެކަމް ލިޔާ ތަކުރާރުކޮން ބުނީ ނޫނެކޭއެވެ. ވަގުތަކީ […]
ސަމްހާ އަކީ ސާޔާގެ އެންމެ ގާތް އެކުވެރިޔާއެވެ.ދުވަހަކުވެސް ދެބަސް ވެފައެއް ނޯނާނެވެ.ދެ ކުދިންނަކީ ވެސް އެއްކަހަލަ ދެކުދިންނެވެ. އެއް މިޒާޖެކެވެ. ސަމްހާ ކޮޓަރީގެ ދޮރު ހުޅުވަންް ޖެހުނީ ތަޅުދަނޑިންނެވެ.މިއަކީ އަޖާބެންނުއްހެޔެވެ؟ އަންހެން ކުއްޖަކައް ވެ ހުރެ ލަހުން ހޭލަން ލަދު ގަންނަ ޖެހޭނެއްނު ހެއްޔެވެ؟އޭނައަށް ގޮވާ ގޮވާ ދޮރު ހުޅުވީ ތަޅުދަނޑިންނެވެ.”ސަމްާާ އަށް މިހާރު ކިތައްފަހަރު ގޮވައިފިންތަ؟ އަދިވެސް ހޭލާކަށް ނުވޭތަ؟އެހެރެ ގޭގަ އުޅޭ ލިޔާ ބަލާބަލަ މިއަދު ވެސް އެގެއަށް ކޮޕީ ފަތް ގަންނަން ދިޔައިރުު […]
ކުރިމައްޗަށް ބަލަހައްޓައިގެން ހުރެފައި އީތަން ހުރި ފަޅި ނޫން އަނެއްފަޅިއަށް ބަލައިލި އަލީޝާއަށް ކައިރީގައި އިން ބޮޑު، ކަޅު ބުޅާ ފެނުމާއިއެކު ދިޔައީ އެއްލިގެންނެވެ. ގަތް ބިރުން ފުންމައިގެން އަރައި އީތަންގެ ގައިގައި އޮޅުލައިގަނެވުނެވެ. ސަމާލުނުވެ ހުއްޓައި ގަޔަށް ޖެހުނު ކުއްލި ބަރުމިނުން އީތަންގޮސް އުއްޑުން ޖެހުނީ ކައިރީގައި ހުރި ޖޯއްޔަށެވެ. އެކީގައި އައި އަލީޝާ ވެއްޓުނީ އީތަންގެ ގައިމައްޗަށެެވެ. މަޑުމަޑު އެއްޗެއް ތުންފަތުގައި ޖެހިލި އިހުސާސް އީތަންއަށް ކުރެވުނެވެ. އަލީޝާގެ ބޮޑުވެފައިވީ ދެލޮލާއި އީތަންގެ ކަޅި […]
ރައްޓެހިވެގެން އުޅޭތާ މާގިނަދުވަހެއްނުވެ، ކައިވެންޏަކާއި ހަމައަށް ދިޔުމަށް އާލިކް ބޭނުންވިއެވެ. އަހަރެންވެސް އެގޮތާއި ރުހި ޤަބޫލުވީމެވެ. ނަމަވެސް އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ކުރިން ދިމާވި ފަދަ ކަމެއް އަހަރެންގެ ފަރާތުން ތަކުރާރުވެދާނެތީ ޖެހިލުންވާގޮތްވިއެވެ. ކައިވެންޏަށް ދެދުވަހަށް ވެފައިވަނިކޮށް ލިބުނު ޚަބަރަކުން އަހަރެންގެ މުޅި ދުނިޔެ އެނބުރިގަތްހެން ހީވިއެވެ. ******** އެންމެ އަވަހަށް ފުރަންހަމަޖެހުނު ފްލައިޓުން އަހަރެން މާލެ ދިޔައީމެވެ. މާލެ ދެވެންދެންވެސް އަހަރެންގެ ދެލޮލުން ކަރުނަ ހިކުނު އެންމެ ވަގުތުކޮޅެއްވެސް ނާދެއެވެ. ހިތް އަވަސްވެ، ނޭވާ […]
”އާން އަހަރެންވެސް ބުނިން ލައި ކައިރީ ލަޔާން ގާތު އަހަރެން ލޯބި ވެއޭ ނުބުނާށޭ އެކަމް ބުނީ” ލިޔާ އިސްޖަހައި ލައިގެން ހުރެ މިންހާ ގާތު ވާހަކަ ދައްކަމުން ދިޔައެވެ.”ލިޔާާ އަހަރެން ބުނަންތަ ރަނގަޅު ވާހަކައެށް ލޯބި ވައްޔާ ޖެހޭނެ ވާހަކަަ ބުނަން އެކަމް ލިޔާާ އަށް ނުކެރިނީމަ ލައިޝާ ބުނެދިނީ އެއީވެސް ހާދަ ބޮޑު ކަމެކޭ އެބުނީންނު ލިޔާ ކުރިމަތީގައި އާއެކޭ އެކަމް ލިޔާ ބޭނުން ނުވީ ދޯ އަދި އެހެން ނޫނަސް އަދި ނުވޭ […]
Iމެންދުރު ކައިގެން ޖައްސާލިތަނުން ފުން ނިންޖަކަށް ރައިހާނާ ގެނބުނެވެ. އޭނާއަށް ހޭލެވުނީ ކޮޓަރީ ދޮރުގައި ބާރަކަށް މީހަކު ތަޅައިގަތުމުންނެވެ. ކަންނެއް ގޮތަކަށް ދެލޯ ހުޅުވާލަމުން ގަޑި ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. ގަޑިން ހަވީރު ހަތަރު ގަޑި ބައިވެއްޖެއެވެ. ފުންމައިގެން އެނދުން ތެދުވި ގޮތަށް ގޮސް އޭނާ އަވަހަަށް ދޮރު ހުޅުވިއެވެ. އޭރު ބައްތިރީސް ދަތް ފެންނަ ވަރަށް ހީގަނެގެން ރީހާން ހުއްޓެވެ. “ދޮންތީ! ގެސް. މާދަން މި އުޅެނީ ބައްޕައާ އެއްކޮށް ރަށަށް ދާން” ކުޑަކޮށް […]
އެމީހާގެ އަތުގައި މުށިކުލައިގެ ގަނޑުން ގަނޑު ލެވިފައިވި ޕާރުސަލެއްވީއިރު އޭގެ މަތީގައި ސްޓިކާރއެއް ތަތްކުރެވިފައިވިއެވެ. ޕޯސްޓުން އައި މީހާ އެއާއެކީ މިރްޒާން ސޮއި ކުރަންވީ ގަނޑެއް ދިއްކޮށްލިއެވެ. މިރްޒާން އެ ގަނޑުގައި ސޮއި ކުރުމަށްފަހު ޕާރުސަލް ހޯދައި ޝުކުރު އަދާކުރިއެވެ. އެމީހާ ދިޔުމުން މިރްޒާން އެ ޕާރުސަލަށް ބަލާލި ހިނދު އޭނަގެ ނިތަށް ރޫގިނަވިއެވެ. އެ ޕާރުސަލުގައި ހުރީ އޭނައަށް އާއްމު ގޮތެއްގައި މިފަދައިން ލިބޭ ޕެކޭޖްތަކުގައި ހުންނަ ޒާތުގެ ސްޓިކާރއަކަށް ނުވާތީވެއެވެ. ޕޯސްޓުން އައި މީހާ […]
ދުވަހަކީ ހިތްގައިމު ދުވަހަކެވެ.ކައިޒީން އަށް އޮތީ ނިދިފައެވެ.ގަޑިން މެންދުރު ދެއެށް ޖެހީއެވެ.ލަތީފާ އިނދީ ސިޓިން ރޫމްގައި ދެއެށްގެ ހަބަރު ބަލާށެވެ. ކުއްލިއަކަށް އިވުނީ ޒީންގެ އަޑެވެ.”އައްދޯތް މަންމާ”އެހެން ގޮވުމާއެކު ލަތީފާ ގޮސް އެކޮޓަރިއަށް ވަދެވެ.ކަމަކު ދާކަށް ނެތެވެ.ޒީންގެ ބަނޑުގައި ރިއްސަނީއެވެ.ގޭގައި ހަމައެކަނި ހުރީ ކިޔާ،ކައިރާ އަދި ލަތީފާއެވެ.ފިރިހެނެއް ނެތެވެ.ޔާން ވެސް ވީ އޮފީހުގައެވެ. ލަތީފާ އަވަހަށް ގޮސް ސިއްހީ މަރުކަޒަށް ގުޅިއެވެ. އެންބިއުލާންސް ފޮނުވުމަށެވެ.އެއްބިލިއާންސް އައުމާއެކު ޒީން އެރުވިއެވެ. އަދި މަރުކަޒައް ދިޔައެވެ. ލަތީފާ ދެން ގުޅީ […]