Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށޭ ލޯބި ނުވަނީހޭ….2

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 2, 2019 5 Mins Read
15 Comments

ގަޑި ޖެހުމުގެ ފަނަރަ މިނެޓު ކުރިން އަންޖަލްއާއި ރައިހާނާ ސްކޫލަށް އައިސް ތިއްބެވެ. ގޭޓު ނުހުޅުވާ ހުރުމުން ދެކުދިންވެސް ބޭރުގައި މަޑު ކޮށްގެން ތިއްބެވެ. އޭރު އެދެކުދިންގެ އިތުރަށް ވިއްސަކަށް ކުދިން ގޭޓު ކައިރީ މަޑު ކޮށްގެން ތިއްބެވެ. “ހާއި ގާލްސް” އަންޖަލްއާ ރައިހާނާއަށް އެއްފަހަރާ ފަހަތަށް ބަލާލެވުނީ ވިޝާހްގެ އަޑު އިވުމުންނެވެ. ފަޓުލޫން ޖީބަށް ދެއަށް ޖަހައިގެން އިން އިރު ވިޝާހް ފެންނަލެއް ވަރަށް ހިތްގައިމެވެ. “ހާއި ވިޝާހް” ރައިހާނާއާ އަންޖަލްއާ އެއްފަހަރާ ބުނެލިއެވެ. އެކުދިންނަށް އިތުރަށް ވާހަކަ ދައްކާނެ ފުރުސަތު ނުލިބުނީ ގޭޓު ހުޅުވުމުންނެވެ. އަންޖަލްއަށް ވުރެއް ކުރިން ގޮސް ރައިހާނާ ސްކޫލު ތެރެއަށް ވަނެވެ. ކުދިންތައް ތެރެއިން ލާފައި އެތެރެއަށް ވަންނަން އުޅުނު އަންޖަލް އަތުގަ ހިފާ ވިޝާހް އޭނާ މަޑުކުރުވިއެވެ. ވިޝާހް އެގޮތައް އަންޖަލްގެ އަތުގައި ހިފުމުން އޭނާ ކުޑަކޮށް ސިހުނެވެ. “ރައިހާނާ އޯކޭތަ މިހާރު؟” އެހެން ކުއްޖަކަށް ނީވޭނެހާ މަޑުން އަންޖަލްގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން ވިޝާހު އެހިއެވެ. “ޔާ ޝީއިޒް ފައިން ނައު” ވިޝާހުއާ ދިމާއަށް ބަލާލަމުން އަންޖަލް ބުންޏެވެ. ސުވާލުގެ ޖަވާބު ލިބުމުން އިތުރަށް މަޑު ނުކޮށް ފިރިިހެން ކުދިންގެ ސަފަށް ވިޝާހް ދިޔައެވެ. އަންޖަލްވެސް ހަލުވި ހިނގުމެއްގައި އަންހެން ކުދިން ސަފު ހަދާގެން ތިބި ތަނަށް ދިޔައެވެ.
ޤުރުއާނުގެ ބަރަކާތުން އެސެމްބްލީފެށުމާއެކު ދަރިވަރުންގެ އަޑު އެއްކޮށްމަޑުވިއެވެ.
އެސެމްބްލީ ނިމުމާއެކު ހުރިހާ ކުދިންވެސް ސަފުގައި ކުލާސް ޓީޗަރު ފަހަތުން ކްލާހަށް ދިއައެވެ.
ކުލާސް ތަރުތީބުކޮށްފަ ގޮނޑީގައި އިށީންއިރު ރައިހާނާއާ އަންޖަލް ތިބީ ވަރުބަލިވެފައެވެ.
“ގާއިޒް ގެސް ވަޓް؟ މިއަދު އާ ހިސްޓްރީ ޓީޗާއެއް އާދޭ!” އަންޖަލްއާ ރައިހާނާއަށް ހަމަނުޖެހެވި އުޅެނިކޮށް އެކުލާހުގައި އުޅޭ ނަދާ ދިން ޚަބަރަކުން ހުރިހާ ކުދިން މާޔޫސްވިއެވެ. “ވާޓް؟” އަކުރުތަކަށް ދަމާލަމުން ހުރިހާ ކުދިންހެން އެއްފަހަރާ ހަޅޭއްލަވައިގަތެވެ. “އަޅޭ މަ ބޭނުމެއް ނޫން އާ ޓީޗަރެއް. ދެން އަޅޭ ޒޮމްބީ ވޯޒް އޯސަމް. އޭނަ ހާދަ ރަނގަޅޭ. އެކީއްވެތަ ނިއު ޓީޗާ މި ކްލާހަށް ލީ. އިލެވަންއަށް އޭނަ ފޮނުވާލި ނަމައެއްްނު” އަންޖަލް ކުސްތަޅާލިއެވެ. މިހާރު އެކުދިންނަށް ހިސްޓްރީ ކިޔަވައިދޭ އިންޑިއާއަށް ނިސްބަތްވާ ޓީޗަރަކީ ހުރުހާ ކުދިންގެ ‘ފޭވަރިޓް’އެވެ. އެހެން ބޭރު ޓީޗަރުންނާ ޚިލާފަށް އޭނާއަކީ ކުދިންނާއި ގުޅޭ މަޖާ މިޒާޖެއްގެ މީހެކެވެ. ހުރިހާ ކުދިންވެސް އެ ޓީޗަރުދެކެ ވަރަށް ލޯބިވެއެވެ. ހިސްޓްރީ ގަޑިއަކީ ހުރިހާ ކުދިންވެސް އެންމެ ބަސްއަހައިގެން ކިޔަވާ ގަޑިއެވެ. އެ ޓީޗަރު ކިޔަވަދޭލެއް މޮޅު ކަމުން އެއްވެސް ކުއްޖެއް ފޫއްސެއް ނުވެއެވެ. ހުރިހާ ކުދިން ބަސްއަހައިގެން ފިލާވަޅު ހަދާފިނަމަ ކުޅުމުގެ ހުއްދަވެސް ދެއެވެ. ބައެއް ފަހަރު ޚުދު މަހެންދްރަވެސް ކުދިންނާއެއްކޮށް ކުޅުމުގައި ބައިވެރިވިއެވެ.
“ނޭންގެ ކޮންކަހަލަ ޓީޗަރެއް ކަމެއްވެސް އަންނާނީކީ. ހިޓްލާ ޒަމާނުގެ މީހެއް ނޫން ކަމެއްވެސް ނޭންގެ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ވިޝާހް ބުންޏެވެ. “ގާއިޒް ކާމް ޑައުން! ކޮންމެ ކަހަލަ ޓީޗާއެއް އަޔަސް އިންޓްރެސްޓް ހުރެއްޖެޔާ ފަސޭހަވާނެ. އަލަށް އަންނަ ޓީޗާރ މަހެންދްރަ ސަރއަށްވުރެ ރަނގަޅު ވެދާނެއްނު. ރައިއަށް އޯކޭ ކޮންމެ ކަހަލަ ޓީޗާއެއް އަޔަސް” ވަރަށް ހަމަޖެހިލާފައި އިނދެ ރައިހާނާ ބުންޏެވެ. ކޮންމެ ޓީޗަރެއް ކިޔަވާދޭން އަޔަސް އޭނާގެ މައްސަލައެއް ނެތެވެ. ހިސްޓްރީއަކީ އޭނާ އެންމެ ކިޔަވާހިތްވާ މާއްދާއެވެ. ކުޑައިރުއްސުރެވެސް ރައިހާނާ ތާރީޚީ ކަންކަން ބަލާ ދިރާސާކޮށް ހަދައެވެ. ވާހަކައެއް ކިޔަސް ފިލްމެއް ބެލިއަސް ގިނައިން ބަލާނީ ތާރީޚާ ގުޅޭ ކޮންމެސް ކަހަލަ އެއްޗެކެވެ. ކުލާހުގައިވެސް ގިނައިން ރައިހާނާ ދައްކާނީ ރޯމަނުން ދުނިޔޭގައި ރަސްކަން ކުރި ޒަމާނުގެ ވާހަކައެވެ. ހިސްޓްރީ ގަޑީގައި ރައިހާނާއާ ޓީޗަރު ވާހަކަ ދައްކާއިރު ދެން ތިބޭ ކުދިން ތިބޭނީ އަނގަ ނަގައިގެންނެވެ. އެކުދިންނަށް ނޭންގޭ އެތަށް ބައިވަރު ތާރީޚީކަންކަން ރައިހާނާއަށް އެނގެއެވެ.
ހުރިހާ ކުދިންވެސް ތިބީ ވަރަށް ފޯރީގައި އަލަށް އަންނަ ޓީޗަރު ހުންނާނެ ގޮތަކާއި ކޮން ޤައުމެއްގެ މީހެއްތޯއާއި ކިހާ އުމުރުން ދުވަސްވީ މީހެއްތޯއާ ބެހޭ ގޮތުން މަޝްވަރާ ކުރާށެވެ. އާ ޓީޗަރު ހުންނާނެ ގޮތޭ ކިޔާ ވިޝާހް ކުލާސް ތެރޭގައި އެކި ވައްތަރު ޖެއްސިއެވެ. އެއިން ކޮންމެ ފަހަރަކު ހުރިހާ ކުދިން އެއްފަހަރާާ ހޭން ފަށައެވެ.
ހިސްޓްރީ ގަޑި ޖެހުމުން ހުރިހާ ކުދިންވެސް އިންތިޒާރުކޮށްގެން ތިބީ އާ ޓީޗަރު އަންނާނެ އިރަކަށެވެ. އެއީ ކޮންކަހަލަ ޓީޗަރެއްތޯ ބަލަން ހުރިހާ ކުދިންވެސް ތިބީ ކެއް މަދުވެފައެވެ. ރައިހާނާވެސް އިރުއިރުކޮޅާ ގަޑި ބަލާލައެވެ. “ސިޑިން އެރޭ ވަރަށް މުސްކުޅީ ކަންނޭގެ ދޯ! މިނެޓަކު ފިޔަވަޅެއްކަންނޭންގެ އެޅެނީ. އެހެންވެ އަދިވެސް ނާދެވިގެން އެއުޅެނީ!” ރައިހާނާގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން އަންޖަލް ބުނެލިއެވެ.
ފަނަރަ މިނެޓު ވީއިރުވެސް އާ ޓީޗަރު ނައުމުން ރައިހާނާ ގާތަށްވެސް ރުޅިއައެވެ. ހިސްޓްރީ ގަޑިން ގެއްލޭ އެންމެ މިނެޓަކީވެސް އޭނާއަަށް ވަރަށް ގިނަ ވަގުތެވެ. އޯލެވެލްގައި ހިސްޓްރީން ހޯދިފަދަ ރަނގަޅު ނަތީޖާއެއް އޭލެވެލްގައިވެސް ހޯދަން ރައިހާނާ ބޭނުމެވެ. އޯލެވެލްގައި ވޯލްޑް ހިސްޓްރީން ދުނިޔޭގެ އަށްވަނައަށް ރައިހާާނާ އެރިއެވެ.
މަހެންދަރް ސަރއާ އެއްކޮށް އައި ޒުވާނާ ފެނިފައި ހުރިހާ ކުދިންގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ފަންސަވީހަކަށް އަހަރުގެ އެޒުވާނާ ހީވަނީ ޔޫރަޕްގެ މޮޑެލްއެއް ހެންނެވެ. ކަޅުކުލައިގެ ސްކިނީ ފަޓުލޫނާއި ގަދަނޫ ކުލައިގެ ގަމީސް ޒުވާނާގެ ބައިމަތި ފުޅާ ހަށިގަނޑާ ނުލާހިކު ގުޅެއެވެ. ކުލާހުގައި ތިބި ހުރިހާ އަންހެން ކުދިންގެ ހިތަށްކާ އެޒުވާނާ ކުޅެލާފިއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
“އިޒް ދިސް ޔުއާ ސަން ސަރ؟” އަނގަ މަޑުން ލައިގެން ނީންދެވިގެން އެންމެ ފަހުން ވިޝާހްއެހިއެވެ. އެއާއެކު މަހެންދްރަ ސަރ ހިނގަނޑެއް ޖަަހާާލިއެވެ. އެހެނަސް އެ ޒުވާނާ ކުލާހަށް ވަންއިރުވެސް އިން ސީރިއަސް ކަންމަތީ ހުއްޓެވެ. “ހެހެ. ވިޝާހް ގުޑް ކުއެސްޝަން. ހީ އިޒް ނޮޓް މައި ސަން. ޔުއާ ނިއު ހިސްޓްރީ ޓީޗަރ. ހަމްޒާ” ރައިހާނާ ފިޔަވާ އެހެން ހުރިހާ ކުދިންގެ މޫނު މައްޗަށް ހިނިތުންވުން ވެރިވިއެވެ. އަނގައަށް ފާޑެއްގެ ގޮތެއް ހަދައިގެން ރައިހާނާ އިނެވެ.
ހަމްޒާގެ ކުޑަ ތަޢާރަފެއް ދިނުމަށްފަހު މަހެންދްރަ ސަރ ކުލާހުން ނުކުމެގެން ދިޔައެވެ. އޭރުވެސް ގިނަ އަންހެން ކުދިން ތިބީ އަނގަ ނަގައިގެން ހަމްޒާއާ ދިމާއަށް ބަލާށެވެ. “ސިޓް ޑައުން އެވްރީވަން” ހުރިހާ ކުދިން ކޮޅަށް ތިބުމުން އިށީނުމަށް ހަމްޒާ އެދުނެވެ. އަންހެން ކުދިންތަ ސިއްރު ސިއްރުން ޖެހިގެން އިންނަ ކުއްޖާގެ ކަންފަތް ދޮށުގައި ހަމްޒާއަށް ތަޢުރީފު ކޮށްލައެވެ.
ހަރު ހިނގުމެއްގައި ހަމްޒާ ގޮސް ޓީޗަރުން އިށީންނަށް ހަމަޖެހިފައިވި ގޮނޑީގައި އިށީނެވެ. އެއަށްފަހު ޖީބުން ގަނޑެއް ނެގުމަށްފަހު އޭތި ނިއުޅުވާލިއެވެ.
ހަމްޒާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އަންޖަލަށް ކުރިންވެސް ހަމްޒާ ފެނުނުހެން ހީވިއެވެ. ނަމަވެސް ވިސްނާ ވިސްނާވެސް ކޮންތާކުން ކަމެއް އޭނާއަކަށް ނޭންގުނެވެ.
ރައިހާނާ އިނީ ރުޅިން ފަޅައިގެން ދާން ކައިރިވެފައެވެ. އެހާ ޒުވާން ޓީޗަރަކު ހިސްޓްރީ ކިޔަވަދޭން އައުމުން އޭނާއަށް ކަމުނުދިޔައީއެވެ. ރައިހާނާ ބޭނުންވަނީ މަހެންދްރަ ސަރ ފަދަ ބޮލުގައި ނުރަ ޖަހައިފައި ހުރި މީހަކު ތާރީޚު ކިޔަވަދޭށެވެ. ހިތާހިތުން އޭނާ ދިޔައީ ހަމްޒާއަށް އެއްޗިހި ގޮވަމުންނެވެ.
“ކޮބާ ރައިހާނާ ރުހާމް؟” އަތުގައި އޮތް ގަނޑަށް ބަލަހައްޓައިގެން ހުރެ ހަމްޒާ އެހިއެވެ. ހަމްޒާގެ ބަރު އަޑު ކަންފަތުގައި ޖެހުމުން ސިއްސައިގެން ގޮސް ރައިހާނާއަށް ކޮޅަށް ތެދުވެވުނެވެ.
ރައިހާނާ ފެނުމާއެކު އެއީ އިއްޔެ ލައިބްރަރީން އޭނާގެ ގައިގައި ލައިގެންފައި ދިޔަ ކުއްޖާކަން ހަމްޒާއަށް އެނގުނެވެ. “ވީ މެޓް ޔެސްޓަޑޭ” އޮޓޯއިން ހަމްޒާއަށް ބުނެވުނެވެ. އެއާއެކު ވިސްނުމަކަށް ގެއްލިފައި އިން އަންޖަލްގެ ދެލޯ ބޮޑުވިއެވެ. “އޯ މައި ގޯޑް” ރާގަކަށް ފައްތާފައި އަންޖަލް ކިޔާލިއެވެ. އެއްފަހަރު ހަމްޒާއަށް އަނެއްފަހަރު ރައިހާނާއާ ދިމާއަށް އަންޖަލްއަށް ބަލާލެވުނެވެ.
“ސޮރީ؟” ހަމްޒާއާ އޭނަ ދިމާވީ ކޮންއިރަކުތޯ ރައިހާނާ ހިތަށް އެރިއެވެ. ރައިހާނާއަށް ހަމްޒާގެ މޫނެއް އިއްޔެއަކު ނުފެނެއެވެ.
ރައިހާނާއަށް އޭނާ ނުފެންނަކަން ހަނދާންވުމާއެކު ހަމްޒާ ކުޑަކޮށް ރަކިވިއެވެ. އޭނާގެ ދުލުން އެބަސްތައް ބޭރުވިކަމަށްޓަކައި އަމިއްލަ ނަފްސަށް އޭނާ ރުޅިއައެއެވެ. ހަމަޖެހޭ ގޮތް ދައްކަމުން އޭނާ އެއްލި ކަޅިއަކުން އަންޖަލް ފެނުނެވެ. އެއީ އިއްޔެ އޭނާއަށް ހިނިތުންވެލި ކުއްޖާކަން އެނގުމުން އޭނާގެ ހިތްހަމަ ޖެހުނެވެ. “މްމް އައި އެމް ނޮޓް ޓޯކިން ޓު ޔޫ! ދަ ގާރލް ނެކްސްޓް ޓު ޔޫ!” އަންޖަލްއާ ދިމާއަށް ހަމްޒާ އިނގިލި ދިއްކުރިއެވެ. ރައިހާނާ ދެލޯ ހަނިކޮށްލަމުން އަންޖަލްއަށް ބަލާލިއެވެ. ހިންދިރުވާލުމަށްފަހު އަންޖަލް ކޮޅަށްތެދުވިއެވެ. “ނޭމް ޕްލީޒް!” ތޫނު ނަޒަރަކުން އަންޖަލްއާ ދިމާއަށް ބަލާލަމުން ހަމްޒާ ބުންޏެވެ. “އަންޖަލް” ގަދަކަމުން ހިނިތުންވަމުން އަންޖަލް އޭނާގެ ނަން ބުންޏެވެ. “ފާތިމަތް އަންޖަލް އަޒްހަދް؟” އަތުގައި އޮތް ގަނޑުން ފަސޭހަކަމާއެކު އަންޖަލްގެ ފުރިހަމަ ނަން ހަމްޒާ ހޯދިއެވެ. އަންޖަލް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
ކޮޅަށްއިން ރައިހާނާ އޭރުވެސް ދިޔައީ ހިތާހިތުން ހަމްޒާއަށް ކުދިކިޔަމުންނެވެ. އަދި އިއްޔެ ހަމްޒާއާ އަންޖަލް ބައްދަލްވީވެސް ކިހިނެއްތޯ އޭނާގެ ހިތަށް އެރިއެވެ.
އިތުރު ސުވާލުތަކެއް ނުކޮށް އިށީނުމުގެ ހުއްދަ އަންޖަލްއަށާއި ރައިހާނާއަށް ހަމްޒާދިނެވެ. އެއަށްފަހު ފަހަރަކު ކުއްޖެއްގެ ނަން ގޮވިއެވެ.
“ކޮންއިރަކު އަންކޮއާ މީނައާ ދިމާވީ؟” ހަމްޒާއަށް ނޭންގެނެހެން ވަރަށް ސިއްރުން އަންޖަލް ގާތު ރައިހާނާ އެހިއެވެ. “އެއީ އިއްޔެ ރައިއާ ކްރޭޝް ވިއެއްނު މީހެއް ލައިބްރަރީ ތިރިއަށް ފައިބަނިކޮށް. އޭނަ” އަންޖަލްވެސް ހަމަ އެހާ ސިއްރުން ޖަވާބު ދިނެވެ. “އޯނޯ” އަތުން ނިއްކުރީގައި ޖަހާލަމުން ރައިހާނާއަށް ބުނެވުނެވެ.
“ނައިސް ޓު މީޓް އެވްރީވަން. މައި ނޭމް އިޒް މުހައްމަދު ހަމްޒާ. އެންޑް އައި އޭމް ޔުއާ ނިއު ހިސްޓްރީ ޓީޗާރ” މޭޒުގައި ލެގިލަމުން ހަމްޒާ ހަށަންބަނދެލިއެވެ. އެއާއެކު ބައެއް އަންހެން ކުދިންގެ އަނގަ ހުޅުވިގެން ދިޔައެވެ. އިތުރަށް ހަމްޒާއަށް ބަލަން ހަދައިގެން ހިތުގައި އޮތް އެއްޗެއް ބޭޒާރުވެދާނެތީ އަންޖަލް އަވަހަށް އިސްޖަހާލިއެވެ. ހަމްޒާގެ ކޮންމެ އަމަލަކުން އޭނާގެ ހިތުގެ އެންމެ ހިމަ ނާރަަށްވެސް އެބަ އަސަރު ކުރެއެވެ. ފުރަތަމަ ފެނިލުމުންވެސް ހަމްޒާ އޭނާގެ ހިތާކުޅެލިއެވެ. ކޮންމެ ދުވަހަކު އޭނާ ކުރިމައްޗަަށް އައިސް ކިޔާވާދެންނާމުން އޭނާއަށް ވާނެ ގޮތަކާ މެދު އަންޖަލް ވިސްނާލިއެވެ.
ހަމްޒާގެ ރީތިކަން ފެނިފައި އަންހެން ކުދިން އުޅޭ ގޮތް ފެނުމުން ރައިހާނާ އިތުރަށް ހަމްޒާދެކެ ރުޅިއައެވެ. “މީނަ ހިތުން ރީތިވީމަ ނިމުނީ. ހީވަނީ ފެޝަން ޝޯއަކަށް އައިސް ހުރިހެން. ވަރަށް ފޮނިވެފައެއްނު އޭނީ އެންމެން ބަލާތީވެ. އަދި ޝޭމްލެސް ކަމުން މޭޒުގަ އިށީންދެއްޖެއްނު. އިޑިއަޓް. ހީވަނީ މީނަ މިތަނަށް އަންނަނީ މޮޑަލް ކުރަންހެން. އެހާ މޮޑަލް ކުރާހިއްވާނަމަ ދާންވީނު މޮޑަލް ކުރަން ކޮންމެހެން ސްކޫލަށް ނައިސް.” ހަމްޒާއަށް ދެލޯ އަޅާގެން އިނދެ ހިތާހިތުން ރައިހާނާ އޭނާއާ ދިމާއަށް އެއްޗިހި ކިޔެވެ.
އަންހެން ކުދިންތައް ތުއިވާތަން ފެނުމުން ހަމްޒާއަަށް މަޖާވިއެވެ. އެތެރެއިން ހީލަ ހީލާ ހުއްޓެއް ކަމަކު މޫނުމައްޗަށް ސީރިއަަސްކަން ވެރިކޮށްގެން އިނެވެ. އެހެން ކުދިންނާ ޚިލާފަށް އޭނާއާ ދިމާއަށް ކަޅި އަޅައިގެން އިން ރައިހާނާ ފެނުމުން ހަމްޒާއަށް ހިނިތުންވެވުނެވެ. އޭނާއާ ދިމާއަށް ކަޅިއަޅައިގެން ބަލާކަށް މިވީހާ ތަނަކަށް އެއްވެސް އަންހެން ކުއްޖަކަށް އަދިއެއް ނުކެރެއެވެ. އެންމެ ކުޑަމިނުން އޭނާއާ ހަތަރު ކަޅި ހަމަކޮށް ވާހަކަ ދައްކަންވެސް ނުކެރެއެވެ. އެހެނަސް ރައިހާނާ އޭނާއާ ދިމާއަށް ކަޅި އަޅިއިގެން އިނދެ މޫނަށް ވައްތަރުވެސް ޖެއްސިއެވެ. މިއީ ވަރުގަދަ ކުއްޖެއްތާއޭ ހަމްޒާގެ ހިތަށް އެރިއެވެ.
ހަމްޒާއާ އޭނާގެ ހަތަރު ކަޅި ބައްދަލުވީ ހިނދު ރައިހާނާ އޭނާގެ މޫނަށް ވައްތަރެއް ޖައްސާލިއެވެ.
*****
ގެެއަށް ވަން ގޮތަށް ރައިހާނާ ސޯފާއަށް ވެއްޓިގަތެވެ. ދަބަހާ އަތުގައި ހުރި ފޮތްތައް އުކާލި ގޮތުން އޭނާ ހުރީ ކަމަކާ ހިތްހަމަ ނުޖެހިފަކަން ކާމޭޒު މައްޗަށް ތަށިތައް ނަގަންއިން ޝައުފާއަށް އެނގުނެވެ. އެހެންވެ އޭނާ ރައިހާނާ ކުރެން ކިހިނެއްވީ ތޯ އެހިއެވެ. “ހިސްޓްރީއަށް އާ ޓީޗަރެއް އައީ. ވަރަށް ފޫހިވޭ” ތުން ދަމާލަމުން ރައިހާނާ ބުނި ގޮތުން ޝައުފާއަށް ހެވުނެވެ. އެވަގުތު ރައިހާނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ރީހާންވެސް ސުކޫލުން އައިސް ގެއަށް އައިސް ވަނެވެ.
“ދޮންތި ކޮންކަމަކާ ބޭބީފޭސް ހަދައިގެން މީނީ؟” ރައިހާނާ ގާތު ސޯފާގައި އިށީންނަމުން ރީހާން އެހިއެވެ. “އާ ޓީޗަރެއް އައިސްގެންނޯ” ރައިހާނާގެ ބަދަލުގައި ޖަވާބު ދިނީ ޝައުފާއެވެ. ރައިހާނާ އެހާ ކޫސަނި ކަމަކާ ރުޅި ހަދައިގެން އިނުމުން ރީހާނަށް ހެވުނެވެ. އަދި އިތުރަށް ރައިހާނާ ރުޅި އަރުވަން ބޭބީ ދޮންތިއޭ ކިޔާ ދިމާކުރަން ފެށިއެވެ. އައި ރުޅީގައި އެންމެ އަވަހަށް އަތު ޖެހުނު ފޮތުން ރީހާން ގައިގައި ރައިހާނާ ތަޅައިގަތެވެ. “އައުޗް ދޮންތީ ތަދުވޭ” މޫނާ ދިމާއަށް ދެއަތް ހުރަސް ކުރަމުން ރީހާން ހަޅޭއްލެވިއެވެ. އަދި ސޯފައިން ތެދުވެގެން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ރައިހާނާ ވެސް ފޮތްތަކާ ދަބަސް ހިފައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ފެންވަރާ ތާޒާވެގެން މެންދުރު ނަމާދު ކުރުމަށްފަހު ކާން ރައިހާނާ ނުކުތެވެ. އޭރު ރުހާމާއި ރީހާންވެސް ކާން އަރާ ތިއްބެވެ.

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބޭނުންވަނީ އުމުރަށް 21 ވަނަ ބައި

Next

ވިންދޭ ލޯބި ތީ އެދޭ 24

Next
February 2, 2019

ވިންދޭ ލޯބި ތީ އެދޭ 24

Previews
February 2, 2019

ބޭނުންވަނީ އުމުރަށް 21 ވަނަ ބައި

15 Comments!

  1. Kiyara says:
    February 2, 2019 at 1:11 pm

    Slm alikum. Miothy vaahakaige second part. Hurihaa kudhinnah ves kamudhaane kamah ummedhu kuran. Mi vaahaka ah khassakoh alhugandu hedhi cover pic laan ulhe ulhe ehvves gothakah nulevunu. Ehenve mindhy kury vaahakige cover up kohffa. Massala rangalhu vihaa avahah mi vaahakaige pic leveytho balaanan ISA. Next part thursday ga ISA

  2. angelina says:
    February 2, 2019 at 1:18 pm

    salhi…. when next..??

    1. Kiyara says:
      February 2, 2019 at 3:14 pm

      Thanks angelina nesxt part thursday ISA

  3. Kitty says:
    February 2, 2019 at 2:56 pm

    Mi cover inn ehn vaahaka eh ga vess… Dhn varah odd ehn v ma. Can you change that.. ? vaahaka reethi ❤️

    1. Kiyara says:
      February 2, 2019 at 3:15 pm

      Thanks kitty. Kuda mahssala eh ulheythy mi vaahakaige aslu cover nulevigen miulheny. Ehnve vaguthy gothn laafa in cover eh miee.

  4. Anonymous says:
    February 2, 2019 at 3:12 pm

    Kiyaa.. Mi cover ha mithibi charecters ge name thah bunelevidhaanetha.. Erich aee kaakukan understand velaa faseyha vaane kudakoh.. Hehe.. Btw vaahaka varah salhi.. Maa sha allah

    1. Kiyara says:
      February 2, 2019 at 3:17 pm

      Thanks Anonymous. Mi cover aky mi story ge aslu cover ah nuvyma kiyara akaj ves neynge eii kon kudhihnne kameh.

    2. Anonymous says:
      February 2, 2019 at 4:05 pm

      Hehehe.. Ehn dhw.. It’s okay.. Eh maybe new cover pic up v am buneladhehchey ingey.. ☺️?

    3. Anonymous says:
      February 2, 2019 at 4:06 pm

      Ehn viyyaamu*

  5. jiji says:
    February 2, 2019 at 4:45 pm

    Masha allah????❤..vrh vrh rythi mi prt vx..curiously waiting for the next..kyp up the gud wrk kiyaaa

    1. Kiyara says:
      February 2, 2019 at 9:14 pm

      Thanks jiji

  6. Kaira?? says:
    February 2, 2019 at 9:56 pm

    Mi part ves v sahli♥️♥️♥️♥️♥️….miah vuren dhigukho up khodhyba dear kiyaa hithun inndha nimuny ???????????waiting for the next part ♥️♥️♥️♥️♥️ Avahah up khodhechey?

    1. Kiyara says:
      February 3, 2019 at 10:41 pm

      Thanks kaira. ISA next part miah vure dhiguveytho balanan

  7. Naai says:
    February 2, 2019 at 10:05 pm

    Hey vrh rethi mi part? watin 4 next part.. good work keep it up ??

    1. Kiyara says:
      February 3, 2019 at 10:41 pm

      Thanks Naai.

Comments are closed.

Next Episodeބުނާށޭ ލޯބި ނުވަނީހޭ…3←


All Right Reserved!