ޝުހާދުމެން ކޮފީއަށް ދިޔަތާ 30 ހަކަށް މިނިޓް ފަހުން އަޝްފާގު ހޮޓަލުން ބޭރަށް ނިކުތެވެ. އަދި އެހިސާބުގަނޑު ބެލިއިރުވެސް ޝުހާދުމެން ފެންނަން ނެތުމުން އެތާކައިރީގައި ހުރި ޖޯލިގައި އަޝްފާގު އިށީދެލިއެވެ. އެވަގުތު ދުރުން އެދިމާއަށް ހިނގާފަ އަންނަ ދެތިން ކުދިން އަޝްފާގަން ފެނުނެވެ. އެމީހުންނަށް ބަލާލުމުން އެމީހުން ސިފަވަނީ އާންމު ބަހުން ބުނާނަމަ ޕާޓޭ ސްޓައިލަށް ތިބި ބަޔަކާއެވެ. އެމީހުން ހިނގަމުން އައިސް އަޝްފާގު ކުރިމަތިންލާފަ ދިޔައީ އަޝްފާގަށް ބަލާވެސްލާފައެވެ. އަޝްފާގު ފަސްދީ އެމީހުން ތަންކޮޅަށްކަށް ދިޔުމުން […]
” ބައްޕާ ” މާދަން އަހަރުމެން މާފުއްޓަށް ދިޔަސް އޯކޭތަ؟ ” ޝުހާދު އައިސް ސޯފާގައި އިށީންނަމުން އަހާލިއެވެ. ” އެކީއްކުރަން ” ތައުފީގު އަހާލިއެވެ. ” އެއީ ކުލާސްމޭޓެއް އެ ރަށަށް ދާން ހިނގާށޭ ބުނީމާ ” ޝުހާދު ބުނެލިއެވެ. ” އެކަމަކު ދަރިފުޅާ. މިދުވަސްކޮޅު އެހާ ރަނގަޅެއް ނުވާނެދޯ އެހެން ގޮސް އުޅޭކަށް ” ސަކީލާ ޝުހާދުގެ ވާހަކަ އަޑުއަހަން އިދެފަ ބުނެލިއެވެ. ” މަޑުމަޑުން ކަންތައްތައް ހަމަޔަކަށް އެޅެމުންދަނީ އެއްނު. އެހެން ނޫނަސް […]
” ސަކީލާ އަޝްފާގުއަށް ކާންހަދާބަލަ ” ތައުފީގު ސަކީލާއަށް ބަލާލަމުން ބުނެލިއެވެ. ” ތިދިން އެހީތެރިކަމަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭންގެ ” އަޝްފާގު ބުނެލިއެވެ. ” މީ އަހަރެންގެ މި ދެކުދިންނަށްޓަކާ ކޮށްދޭ ކަމެއް. އެކަމަކު ހަނދާން ކުރާތި. މި ކުދިން ކުރަމުން ދިޔަ އިތުބާރާ އުންމީދަށް ގަދަރުކުރާތި. އެހެންނޫނީ އެއްވެސްތާކު ލައްވާނުލާދާނީ ” ތައުފީގު ބުނެލިއެވެ. އެވަގުތު އަނެއްކާވެސް އަޝްފާގުގެ ފޯން ރިންގުވާން ފެށުމުން، އަޝްފާގު ޖީބުން ފޯންނަގާ ބަލާލިއެވެ. ” އަނެއްކާވެސް އެމީހުންތަ […]
” ކޮންކަމަކާ ތި ވިސްނަނީ ” ވިދާން ބޭރުން އައިސް ކޮޓަރިއަށް ވަތްއިރު ޝުހާދު ވިސްނުމެއްގައި އިންހެން ހީވެގެން ސުވާލުކޮށްލިއެވެ. ” މި ވިސްނަނީ އަޝްފާގާ މެދު ” ކައިރީގައި އޮތް ބާލިސް ނަގާ އުގަށްލަމުން ޝުހާދު ބުނެލިއެވެ. ” އޭނަޔާމެދު ވިސްނަނީ ކީއްކުރަންތަ؟ ” ވިދާން އެނދުގައި އިށީދެ ހެޑްބޯޑުގައި ލެނގިލަމުން އަހާލިއެވެ. ” ކުލާސްމޭޓެއްވީމާ ހަމަ ވިސްނާލެވެނީ ” ޝުހާދު އުގުތެރޭގައި އޮތް ބާލިސް ނަގާ އެނދުގައި ބާއްވާލާ، ބަންޑުން އޮށޯވެލަމުން ބުނެލިއެވެ. ” […]
” ކޮބާ މިއަދު ސައިވެސް ނުހަދަނީތަ ” ތައުފީގް ކޮޓަރިން ބޭރަށް ނިކުމެ ސަކީލާ ކުރެން އަހާލިއެވެ. ” ނޫނޭ. ސައި ހަމަ ތައްޔާރަށް ހުރީ. ނަމާދަށް ހުރީމާ އަންނަންދެން މިހުރީ ” ސޯފާއިން ތެދުވަމުން ސަކީލާ ބުނެލިއެވެ. ” ޝުހާދު ގޭގަ ނޫޅެނީތަ ” މޭޒް ކައިރީ ހުރި ގޮޑީގައި އިށީންނަމުން ތައުފީގު އަހާލިއެވެ. ” އާނ… ހަމަ ދެންމެ ދެކުދިން އެކުގަ ބޭރަށް އެ ނިކުތީ ” ސަކީލާ ބުނެލިއެވެ. ” ކޮންތާކަށް އެ […]
” އައްސަލާމް ޢަލައިކުމް ” ސީމާ ދޮރުމަތީ ހުރެ ބުނެލިއެވެ. ” ވަޢަލައިކުމުއް ސަލާމް. ސީމާ… އާދޭ އެތެރެއަށް. ކޮންކަމެއްގަ މާ ހެނދުނަކާ ނިކުމެގެން ތިއުޅެނީ ” ސީމާ ސަލާމް ގޮވާލި އަޑަށް ސޯފާގައި އިން ޔާނާ ފަސްނއެބުރި ބަލާލަމުން ބުނެލިއެވެ. ” ކޮންކަމަކާ ދޮރުތައް ހުޅުވާލައިގެން ތި އިންނަނީ ” ގޭތެރެއަށް ވަންނަމުން ސީމާ އަހާލިއެވެ. ” ގޭތެރެ ސާފުކޮށްލަން ވެގެން ދޮރުތައް ހުޅުވާލައިގެން މިއުޅެނީ ” ޔާނާ ބުނެލިއެވެ. ” ކޮބާ މަންމަ ” […]
” ކީކޭ އާދަންބެ ބުނީ ” ފޯން ކަނޑާލުމުން ސަކީލާ އަހާލިއެވެ. ” ބަލިކޮށް އުޅޭތީ ޑޮކްޓަރަށް ދައްކާލަން މާލެ އަންނަން ބޭނުންވާ ވާހަކަޔާ، މިގޭގަ ހުރެވޭނެތޯ އެހީ. ދެން އަހަރެން މިބުނީ އަވަހަށް އަންނާށޭ ” ތައުފީގު ސަކީލާއަށް ފޯން ދިއްކޮށްލުމަށްފަހު ސޯފާގައި ހަމަ ޖެހިލަމުން ބުނެލިއެވެ. ” އާދަންބެ އެކަނިތަ އަންނަނީ ” ސަކީލާ ތައުފީގަށް ބަލާލަމުން އަހާލިއެވެ. ” އަސްތާ… ތީ އަދި ކޮށްނުލެވުން ސުވާލެއް ” ސިހިގެން ދިޔަފަދަ ގޮތަކަށް ތައުފީގަށް […]
” ހިނގާބަލަ ހިގާލަން ދާން. ގޭގަ ހުރެ ފޫހިވެއްޖެ ” ވިދާން ބުނެލިއެވެ. ” ކޮންތާކަށް ހިނގަންދާން ” ޝުހާދު ބުނެލިއެވެ. ” ހިނގާ ރަސްފަންނަން ދާން ” ވިދާން ސޯފާގައި ހަމަ ޖެހިލަމުން ބުނެލިއެވެ. ” ކިހިނެއްވީ. އެ މަންޖެ މަތިން ހަނދާންވީދޯ ” ޝުހާދު ދިމާ ކުރާފާޑަކަށް ބުނެލިއެވެ. ” ކޮންމަންޖެ އެއްތަ؟ ” ވިދާން ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” ދެން ނޭންގޭ ކަމަށް ހަދާނެ ކަމެއްނެތް ” ޝުހާދު ބުނެލިއެވެ. ” […]
( ތަޤްދީރު 08 ވަނަ ބައިގެ ތެރެއިން ) ގޭގައި އިދެ އިދެ ފޫހިވެގެން ވިދާން މަގުމައްޗަށް ނިކުތެވެ. އަދި މަގުގެ ދެކޮޅު ބަލާލިއެވެ. މަގުމަތިން ކޮޅުކޮޅު މައްޗަށް ދަތުރުކުރާ ވެހިކަލްތަކާ، އެކިއެކި ކަންކަމުގައި މަގުމަތީ އުޅޭ މީހުން ތަކުން މަގު ވަނީ ފުރިފައެވެ. އެހެން ކަމުން ވަކި މަންޒިލެއް ނެތި ވިދާން ކުރިއަށް ހިނގައިގަތެވެ. ދިމަ ދިމާލަށް ކަޅި އެއްލަމުން ހިނގަމުން ދިޔަ ވިދާން ދިޔައީ އަލަށް މީހަކު މާލެ އައިސްގެން، ފެންނަ މަންޒަރުތަކުން އާޝޯހުވެގެން […]