
ވިންދޭ ލޯބި ތީ އެދޭ 24
އިވުނު ވާހަކަތަކެއްގެ ސަބަބުން މިންހާގެ ސިކުނޑި އެވަގުތައް މަސައްކަތްކުރުން ހުއްޓާލާފައިވި ފަދައެވެ. ބޮޑުވެފައިވި ދެލޮލުން އިއާންއަށް ބަލަހައްޓާއިގެން ހުރި ފިޔަވަޅު މަތީގައި މިންހާއަށް ހުރެވުނެވެ. އަދިވެސް ހީވަނީ އިއާންގެ ދުލުން ބުނެލި ޖުމްލަތައް އޭނަގެ ކަންފަތް ބުޑުގައި ގުގުމާހެންނެވެ. ” މިންނު… ޕްލީޒް… ކޮންމެވެސް އެއްޗެކޭ ބުނެބަލަ… ” މިންހާގެ މޫނު މަތީގެ ކުލަވަރުންނާއި އެ ހަމަހިމޭންކަމުން އޭނަގެ ހިތް ނުތަނަވަސްވަމުން ދިޔުމުގެ ސަބަބުން އިއާންއަށް މަޑުމަޑުން ބުނެލެވުނެވެ. އިއާންގެ އެއަޑުވެސް މިންހާއަށް ނީވޭ ފަދައެވެ. ރައްދުގައި އެއްވެސް އެއްޗެކޭ ބުނުމެއްނެތި މިންހާ އިސްޖަހާލިއެވެ. ބުނާނެ އެއްވެސް އެއްޗެއް އޭނަގެ ސިކުނޑިއަށް ނައީއެވެ. އޭނަ ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ؟ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ދެކެމުން އައި އެކުވެރިޔަކު ދުލުން އޭނަދެކެ ލޯބިވާކަން ބުނުމުން އޭނާ ދޭނީފަހެ ކޮން ޖަވާބެެއް ހެއްޔެވެ؟ އިންތިހާއަށް އެހެން މީހަކުދެކެ ލޯބިވާއިރު އެލޯބި ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ” މިންނު… އައި ޕްރޮމިސް އަލޫފްގެ ހަނދާންތަކުން ދުރަށް ދެވޭނެހާ ލޯތްބާ އަޅާލުން ދޭނަން… ޕްލީޒް… ގިވް މީ އަ ޗާންސް.. އައި ވިލ ޕްރޫފް ހައު މަޗް އައި ލަވް ޔޫ… ” މަޑުމަޑުން މިންހާއަށް ގޮވާލަމުން އިއާން ކުރިއަށް އެއްފިޔަވަޅު އަޅާލާ އެހެން ބުނުމާއެކު އިސްޖަހައިލައިގެން ހުރެ މިންހާވެސް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. މިންހާގެ އެއަމަލުން އިއާންގެ ހިތުގައިވި ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ.
” އައިމް ސޮރީ އާން… އައިމް ސޮރީ… ” އިސްޖަހައިލައިގެން ހުރެ ލޮލުން ކަރުނަތައް ފައިބަމުންދިޔަ ހާލު އޭނަގެ ޖަވާބު އިއްވާލުމަށްފަހު މިންހާ އެތަނުން ދިޔުމަށް ހިނގައިގަތް ނަމަވެސް ހުއްޓެން މަޖުބޫރުވީ އިއާން އޭނަގެ އަތުގައި ހިފުމުންނެވެ. ” މިންހާ… ވިސްނާލާފަ ޖަވާބެއް ދިނަސް އެންމެ ރަނގަޅޭ… އަހަރެންނަށް އިންތިޒާރު ކުރެވިދާނެ… ” މިންހާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ އިއާން ބުނެލިއެވެ. ” އައި ކާންޓް އާާން… އަލޫފް ކިތަންމެ ހިތްދަތި ގޮތަކަށް ކަންތައްކުރިކަމުގައިވިޔަސް އަދިވެސް… އަދިވެސް އަހަރެން ލޯބިވަނީ އަލޫފްދެކެ… އާން އާ މެދު… އަހަރެން ދުވަހަކުވެސް… ތިފަދަ ނަޒަރަކުން ނުދެކެން… އަހަރެން އާން ދެކެނީ… ގާތް ރަހުމަތްތެރިއެއްގެ ގޮތުގަ… އެކަމަކު ދެން… ދެން އަހަންނަށް އާން އަކީ… ގާތް ރަހުމަތްތެރިއެއްގެ ގޮތުގަ ދެކެންވެސް… ވަރަށް… ވަރަށް އުނދަގޫވާނެ… އައިމް ފީލިން ވެރީ އަންކޮމްފޮޓަބަލް… ދުވަހަކުވެސް އަލޫފް ނޫން އެހެން މީހަކަށް މިހިތުން ޖާގައެއް ނުދެވޭނެ… އަހަރެން ބޭނުމެއްނޫން… އާން އަހަރެންގެ އިންތިޒާރުގަ… ދުވަސްތައް ބޭކާރު ކޮށްލާކަށް… އާންގެ ހިތުގަ އަހަންނަށްޓަކައިވި އިހުސާސްތައް އެނގުމަށްފަހު… އާންގެ ކުރިމަތީގަ ހުންނަންވެސް އަހަންނަށް ވަރަށް ދަތި އުނދަގޫ ކަމަކަށް ވަނީ… އަހަރެންނަށް އާންގެ ލޯބި… ގަބޫލުކުރޭވެކަށް ނެތް… އައިމް ސޮރީ… ” މިންހާ މިހެން ބުނެ އިއާންގެ އަތުން އޭނަގެ އަތް ދަމައިގަނެ އަވަސް ފިޔަވަޅުތަކެއްގައި ކަރުނަތައް ފޮހެމުން އެކޮޓަރިން ނިކުމެ ގެއަށް ދާން ހިނގައިގަތެވެ. މިންހާގެ ވާހަކަތައް އިވި އިއާންގެ ލޮލުންވެސް ރޮނގަކަށް ކަތުނަތައް ފައިބައިގަތެވެ. އޭނަގެ ހިތް މުޅިން ކުދިކުދި ވެއްޖެއެވެ. އަލަތު ލޯބި ނާކާމިޔާބުވުމުން ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ހުރިތަނުން ގުޑިލަންވެސް ނޭނގިފައި އިއާންއަށް ހުރެވުނީއެވެ. ހިތުގައި އުފެދިފައިވި ރިހުން މުޅި ހަށިގަނޑަށް ފެތިރިގެން ދިޔަފަދައެވެ. ގައިގައި އެއްވެސް ހަކަތައެއް ހުރި ހެނެއްވެސް ހިޔެއްނުވެއެވެ. އިރުކޮޅަކު ހުރިތާ ހުރުމަށްފަހު އެއްވެސްް ދިރުމެއް ނެތް މީހެއް ފަދައިން ކޮޓަރި ތެރެއަށް ވަދެ އެނދުގައި އިށީނެވެ.
އެކަކު އަނެކަކާ ހީ ސަމާސާ ކުރަމުން ހިނގާފައި އައި ނާއިލް އާއި އަޝްރާ ހައިރާންވީ ބާރު ހިނގުމެއްގައި އަޝްރާގެ ގޯތީގެ ދޮރުން ނިކުމެގެން ދިޔަ މިންހާ ފެނިފައެވެ. އެމީހުން ތިބީ ތަންކޮޅެއް ދުރުގައި ކަމުން ދެމީހުންވެސް މިންހާއަށް ގޮވާލިއެވެ. އެހެނަސް ބަލައިވެސް ނުލާ މިންހާ ބާރު ހިނގުމެއްގައި ގޮސް އެތައި ކައިރި އިން ގޯޅިގަނޑުން ލަނބާލިއެވެ. ސުވާލު އުފެދިފައި ތިބެ ނާއިލް އާއި އަޝްރާ އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދިނެވެ. ” ކީއްވެބާ މިންނު އެދިޔައީ؟ ” ސުވާލުން ފުރިގެންވީ ރާގެއްގައި އަޝްރާ ބުނެލިއެވެ. ” ނޭނގެ… ހިނގާބަލަ އާން ގާތު އަހަން… އޭރުން އިނގިދާނެއެއްނު… ” ޖަވާބުގައި ނާއިލް ބުނެލިއެވެ. ދެމީހުން ގޮސް ގެއަށް ވަދެ އިއާންގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ގޮސް ވަންއިރު ބޮލުގެ އިސްތަށިގަނޑު ތެރެއަށް ދެއަތް މަހައިލައިގެން އިން އިއާން ފެނި ދެމީހުންގެ ހިތުގައިވެސް ނުތަނަވަސްކަން އުފެދުނެވެ. އިއާން އިން ގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަމަށް ދެމީހުނަށް ގަބޫލުކުރެވުނެވެ. ދެމީހުނަށް އެކުގައި ގޮސް އިއާން ގާތު ކިހިނެއްވީތޯ ސުވާލުކުރެވުނެވެ. އިއާން އެ އިންގޮތަށް އިސްޖަހާލައިގެން އިނީއެވެ. އުސްއުފުލާލާާ އެދެމީހުނަށް ބަލައިވެސް ނުލައެވެ. އިއާންގެ އަމަލުތައް ހުރި ގޮތުން އަޝްރާ އާއި ނާއިލްގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އަޝްރާ ގޮސް މުށިތަކުގެ މަތީގައި ކަކޫ ޖައްސާލަމުން އިއާންގެ ކުރިމައްޗަށް ވާގޮތަށް އިށީންއިރު ނާއިލް ގޮސް އިއާންގެ އެއްފަރާތުން އެނދުގައި އިށީނެވެ. ” އާން… އާން ކިހިނެެއްވީތަ… މިންނު ކީއްވެ އެދިޔައީ… ” އިއާންގެ ކޮނޑުގައި އަތް ބާއްވާލަމުން ނާއިލް ސުވާލުކުރިއެވެ. ” ދޮންބެ… އެއްޗެކޭ ބުނެބަލަ… ކިހިނެއްތަވީ… މިންނު އާ ދެމީހުން ދެމެދު ކަމެއް ވީތަ… ދޮންބެ އަލޫފްގެ ވާހަކަ ދެއްކީތަ އަނެއްކަ މިންނު ގާތު… ” ހާސްވެފައި އިނދެ އަޝްރާވެސް ވާހަކަ ދެއްކިއެވެ. ” ދޮންބެއަށް ބުނެވުނީ މިންނުދެކެ ލޯބިވާ ވާހަކަ… ” ހިނދުކޮޅެއްގެ ހިމޭންކަމަށް ފަހު ބޮލުގެ އިސްތަށިގަނޑަށް މަހާލެވިފައިވި ދެއަތް ނަގައި އިސްއުފުލާލަމުން އިއާން ބުނެލި ޖުމްލައާއެކު އަޝްރާ އާއި ނާއިލްއަށް އެއްފަހަރާ ދެލޯ ބޮޑުކޮށްލެވުނެވެ. އިސްއުފުލާލި އިއާންގެ ލޮލުގައިވި ރަތް ކަމުންނާއި އެމޫނު މަތީގައިވި އަސަރަކުން ކަންތައްތައް ރަނގަޅު ނޫންކަން ދެމީހުނަށްވެސް އެނގިގެން ދިޔައެވެ.
” އާން… ދެން… މިންނު… މިންނު ކީކޭ… ބުނީ… ” ކަންވީގޮތް ކޮންމެވެސް ވަރަކަށް ލަފާކުރެވުނު ނަމަވެސް ޔަގީންކަމާއެކު ކަންތައް ހިނގާދިޔަ ގޮތް އޮޅުން ފިލުވަން ބޭނުންވުމުން ނާއިލް ދެވަނަ ފަހަރަށް ސުވާލުކުރިއެވެ. ” އަހަރެންގެ ލޯބި ގަބޫލު ކުރެވެން ނެތްކަން ހާމަކުރީ… އަދިވެސް އެހިތުގަ ލިޔެވިފަ ވަނީ އަލޫފްގެ ނަން ކަމުގަ ތަކުރާރުކޮށް ބުނީ… އަދިވެސް މިންނު އަލޫފްދެކެ އިންތިހާއަށް ލޯބިވޭ… އަހަރެން ބުނިން… އަހަރެނަށް އިންތިޒާރު ކުރެވޭނެ އޭ… އެކަމަކު މިންނު… މިންނު ފާޅުގައި އޭނައަށް އިންތިޒާރު ކުރުމުގައި ދުވަސްތައް ބޭކާރު ނުކުރުމަށް ބުނީ… ” އެއްދިމާލަކަށް ބަލަހައްޓާއިގެން އިނދެ އިއާން ވާހަކަ ދައްކަމުން ދިޔައެވެ. އިއާންގެ އަޑުންވެސް އެހިތަށް ކޮށްފައިވި އަަސަރުތައް ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. އަޑުގައި ވަނީ މަޑުމޮޅިވެރިކަމެވެ. ދެލޮލުގަައި ރަތް ކަމެއް ވާއިރު މޫނު މަތި ވަނީ މިލާފައެވެ. އިއާން ތަފްސީލުކޮށްވެސް ކަންތައް ވީގޮތް އެދެމީހުނަށް ކިޔައިދިނެވެ. ” އާން… އަހަރެމެން މިތިބީނު… އަހަރެން މިންނުއާ ވާހަކަ ދައްކާނަމޭ… އިނގޭ… މިންނުއަށް ވިސްނައިދޭނަން އަހަރެން… ޑޯންޓް ވޮރީ… ” އިއާންގެ ކޮނޑުގައި ބާއްވާލެވިފައިވި އޭނަގެ އަތަށް ބާރުކޮށްލަމުން ނާއިލް ބުނެލިއެވެ. ” ނޫން… އިތުރަށް ނާއިލްވެސް އަޝޫވެސް މިންހާ ގާތު މިވާހަކަ ދައްކާނެ ކަމެއްނެތް… މިންނު އަދިވެސް ލޯބިވަނީ އަލޫފްދެކެއޭ… ކޮންމެ ވާހަކައެއް ދެއްކިޔަސް މިންނުގެ ހިތަކުން އަލޫފްގެ ލޯބި ފޮހެވިގެނެެއް ނުދާނެއެއްނު… މިންނު ފާޅުގައި އަހަރެންގެ ލޮއެބަށް އިންކާރު ކުރިއިރު މިވަގުތު އަހަރެން ބޭނުމެއްނޫން ދެވަނަ ފަހަރަށް އެވާހަކަ ދައްކާކަށް… މިންނުއަށް ވަގުތު ބޭނުންވާނެ އަލޫފް މަތިން ހަނދާންނައްތާލަން… އެކަން އަހަރެން ގަބޫލުކުރަން… މިންނުގެ ހިތުން އަލޫފްގެ ނަން ފޮހެވެންދެންވެސް އަހަރެންނަށް މިންނުއަށް އިންތިޒާރު ކުރެވިދާނެ… މިންނު ނޭދުނަސް އަހަރެން އެލޮއެބަށް އިންތިޒާރު ކުރާނަން… މުޅި އުމުުރު ހޭދަކުރަން ޖެހުނަސް ހެޔޮ… ” ހިތް މާޔޫސްވެފައިވީ ނަމަވެސް ހިތްވަރާއެކު އިއާން އޭނަގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރަމުން ވާހަކަ ދެއްކިއެވެ. ” ދޮންބެ… އަޝޫވެސް ވާހަކަ ދައްކަފާނަމޭ މިންނުއާ… ދޮންބެ ކީއްވެތަ ހުރިހާ ވާހަކައެއް މިންނުއަށް ކިޔައިނުދިނީ… ދޮންބެވެސް އުޅުނީ އުފަލަކު ނޫން… ދޮންބެގެ ހިތަށްވެސް ތަދުވިއެއްނު… ކީއްވެތަ މިންނުއާ އެވާހަކަތައް ހިއްސާނުކުރީ… ކީއްވެތަ ނުބުނީ ދޮންބެ މާކުރިންވެސް ދޮންބެގެ ހިތުގަ ވަނީ މިންނުކަން… އޭރުން މިންނުގެ ނިންމުންވެސް ބަދަލުވެދާނެއެއްނު… އަޝޫ މިންނުއާ ވާހަކަ ދައްކާނަން އިނގޭ… ” އޭނަގެ ދޮންބެގެ ހާލަތު ފެނުމާއެކު ތުރުތުރުލަމުން ދިޔަ އަޑަކުން އަޝްރާއަށް ވާހަކަ ދެއްކުނެވެ. ” ނޯ އަޝޫ… ދޮންބެ މިބުނީނު އިތުރަށް މިކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް މިންނުއާ ދައްކައިގެން ނުވާނޭ… ދޮންބެ ބޭނުމެއްނުވޭ އެވާހަކަތައް އިވިގެން މިންނު ގިލްޓީ ފީލްވެގެން ދޮންބެގެ ލޯބި ގަބޫލުކުރާކަށް… މިންނު އަމިއްލައަށް ވިސްނިގެން… މިންނު އަމިއްލައަށް ބޭނުންވީމަ ދޮންބެގެ ލޯބި ގަބޫލުކުރަން ދޮންބެ ބޭނުމީ… އައި ވިލް ވެއިޓް ފޯ ދެޓް ޑޭ… ” ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން އަޝްރާގެ މޫނަށް ބަލަހައްޓާއިގެން އިނދެ އިއާން ބުނެލިއެވެ. އެވަގުތު އިއާންގެ އެ ކެތްތެރިކަމަށް ހިތާއި ހިތުން ނާއިލް އާއި އަޝްރާއަށް ތަޢުރީފު ކުރެވުނުއިރު އިއާންގެ އެލޯބި ކާމިޔާބު ކޮށްދެއްވުން އެދި ދުޢާކުރެވުނެވެ.
” ދަރިފުޅާ މިންނު… ހާދަ އަވަހަކަށް ތިއައީ… މިހާރު ނިމުނީތަ… ” ގެއަށް އައިސް އަވަސް ހިނގުމެއްގައި ސިޑިން މައްޗަށް އަރަމުން ދިޔަ މިންހާގެ ހިނގުން ހުއްޓުނީ އޭނަގެ މަންމަގެ އަޑަށެވެ. ” ނޫން މަންމާ… މީ… މިރެއަކު ނޫން ދެން ކައްކަނީ… އެހެން ރެއަކުން ކައްކާނީ… އެންމެން ކުޑަކޮށް ވާހަކަ ދައްކާލާފަ މިއައީ… ނިދަން މިދަނީ އިނގޭ… ” ފުން ނޭވައެއް ދޫކޮށްލާ ހަމައަކަށް އެޅިލުމަށްފަހު އޭނަގެ މަންމައާ ކުރިމަތިލާ މިންހާ ޖަވާބުދިނެވެ. ނާހިދާ އެންމެ ރަނގަޅު ކަމުގައި ބުނުމުން މިންހާ އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ ދޮރު ޖަހައި ތަޅުލުމަށްފަހު މިންހާއަށް ގޮސް ސޯފާގައި އިށީންދެވުނެވެ. ” އާން ލޯބިވަނީ… އަހަރެންދެކެ… އެކަމަކު… އޯ ނޯ… އަހަރެން ދުވަހަކުވެސް އާން އާމެދު… އެފަދަ ނަޒަރަކުން ނުދެކޭއިރު… އާން ކީއްވެ… އައި ކާންޓް ފޭސް ޔޫ އާން… އައި ކާންޓް… ” ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ މިންހާ އޭނަގެ އަމިއްލަ ނަފްސަށް އަޑު އިވޭ ވަރަށް ވާހަކަ ދައްކަމުން ދިޔައެވެ. އެނގިގެން ދިޔަ ހަގީގަތެެއްގެ ސަބަބުން މިންހާގެ ސިކުނޑިވަނީ ސުމަކަށް ގޮސްފައެވެ. ސިކުނޑި ވަނީ ހާސްވެފައެވެ. ވިސްނަންވީ ކޮން އެއްޗެއް ކަމެެއް ނޭނގެއެވެ. ކަންތައްކުރަންވީ ކިހިނެއް ކަމެއް އެސިކުނޑިއަކަށް ވިސްނައިއެއްނުގަނެވުނެވެ. ހިތް ނުތަނަވަސްވެ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެެއްވެސް ހިތުގައި އުފެދިފައިވެއެވެ. އިއާންގެ ހިތަށް ވާނެ ތަދު އޭނައަށްވެސް އިހުސާސްކުރެވެއެވެ. އެހެނަސް ކުރާނީ ކީއްހެއްޔެވެ؟ އޭނަގެ ހިތުން އެހެން މީހަކަށް ޖާގަ ދެވިފައިވީއިރު އިއާންއަށް އެހިތުން ޖާގަދޭނީ ކިހިނެއް ހެއްޔެވެ؟ ވިސްނުންތަކުގައި އެތައް ވަގުތުތަކެެއް ހޭދަކުރުމަށްފަހު މިންހާ އެއްޗެހި ބަދަލުކޮށްގެން އައިސް ނިދަން އޮށޯތެވެ. އެހެނަސް ނިދި ވަނީ އޭނަގެ ލޮލާ މާދުރުގައެވެ. މިރޭ ހިނފާދިޔަ ހާދިސާއާއިމެދު ވިސްނެނީއެވެ. ކިތަންމެ ބޭނުންނުވި ނަމަވެސް އޭނަގެ ސިކުނޑިން އެޚިޔާލުތައް ނެރެވޭ ގޮތެއް ނުވިއެވެ.
އިއާން އާ ވާހަކަ ދައްކާލުމަށްފަހު އެކޮޓަރިން އަޝްރާ އާއި ނާއިލް އެކުއެކީގައި ނިކުތެވެ. ”އަޝްރާ… ޑޯންޓް ވޮރީ… އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިންޝާ ﷲ… ” އަޝްރާގެ މޫނުމަތިން ފެނިގެން ދިޔަ މާޔޫސްކަމުން ނާއިލް ބުނެލިއެވެ. ” ވީ ހޭވް ޓު ޑޫ ސަމްތިން ނާއިލް… ” ނާއިލްއަށް ބަލައިލަމުން އާދެހުގެ ރާގެއްގައި އަޝްރާ އެހެން ބުނުމާއެކު ނާއިލް ބޯ ޖަހާލިއެވެ. ” އެކަމަކު… މާދަމާ ނުވާނެ ދޯ… މާދަމާ ހުވާ ކުރާ ޖަލްސާއަށް ރެޑީ ވުމުގަ އުޅެން ޖެހޭނީ… ހޮނިހިރު ދުވަހުން ބައްދަލުކޮށްލަން ހިނގާބަލަ ދެމީހުން އެކަނި… އޭރުން ރަނގަޅަށް ވިސްނާލެވޭނީވެސް… ދޮންބެމެނަށް ނޭނގިއެއްނު ކަމެއް ރާވަންވެސް ވާނީ… މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ބީޗުން ބައްދަލުކުރައްޗޭ… އަހަރެން ދާނަން އެތަނަށް… ” ނާއިލް ގަބޫލުވުމާއެކު ފޯރީގައި އަޝްރާ ބުނެލިއެވެ. ދެމީހުންވެސް ހޮނިހިރު ދުވަހު ބައްދަލުކުރަން ނިންމުމަށްފަހު ރޭގަނޑުގެ ވަދާޢީ ސަލާމް ކުރުމަށްފަހު ވަކިވިއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ބެލްކަންޏަށް ނިކުމެވެން ހުންނަ ބިއްލޫރި ދޮރުގައި ލެނގިލައިގެން ގިޓާ އަތަށް ހެޔޮވަރު ކޮށްލައިގެން ހުރި އިއާން ދިޔައީ އޭގެން ރީތި ރާގެއް ކުޅެމުންނެވެ. ** މެރި ރާހޯމޭ ޕަޑޭ… ތެެރި ޕޭރޯ ކީ ނިޝާން… ނޭ ކަހާ… ނޭ ކަހާ… ތެރި ސާސޯސޭ ޖުޅީ… މެރި ސާސޯކީ ވަފާ… ނޭ ކަހާ… ނޭ ކަހާ… ގިރް ތޭ އުން އާސުމޯނޭ… ކުޗް ތޯ ތުޖްސާ ލަގޭހޭ… އިން އަޝްކޯ މޭން މޭ ނާ ހޯ ތާ… އަގަރް ތޫ ހޯތާ ތޯ… ނަރޯތޭ ހަމް… އަގަރް ތޫ ހޯތާ ތޯ… ނަރޯތޭ ހަމް… އަގަރް ތޫ ހޯތާ ތޯ… ނަރޯތޭ ހަމް… އަގަރް ތޫ ހޯތާ ތޯ… ނަރޯތޭ ހަމް… ” ލަވަ ކިޔަމުން ދިޔަ ވަރަކަށް ހިތަށް ކޮށްފައިވި އަސަރަކުން އިއާންގެ އަސަރުގަދަ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކުރިއެކޭވެސް އެއްފަދައިން އިއާން އެދަނީ އޭނަގެ ހިތުގެ ޝަކުވާ ލަވައެއްގެ ސިފައިގައި ބޭރުކުރަމުންނެވެ.
42 Comments!
Comments are closed.
Salaam dear readers ❤️❤️❤️???… Here is the next part???… Hope all will like this part too ???… Feel free to comment your views ???… Kihineh baa dhn vaanee ???… Hehehe…. Mi part kiyaafa gina kudhin v disappoint vaane henn ifoo ah heevany bt I just want to say that, keep hoping for the best always ???… Anything might happen ???… Hhehe… Minhaa aloof aa vx gulhi dhaane hama… Aaan aa vx gulhi dhaane… Nuny ehen gothakah vx kanthah ve nimidhaane… ???… So keep waiting ???… Last part ge comment thakah reply kohlaanan In Sha Allah maadhama ge vaguthehga ???… Sorry for late reply… Ifoo midhuvaskolhu bxy kamun hama… Hope all will understand ???❤️❤️❤️… Thankyou soooooo much dear readers ifoo ah thidhey support ah ❤️❤️❤️?????????… Thikudhinge support libeythy ifoo ah mi hisaabah vx mi aadhevuny ???… So thankyou all ???❤️❤️❤️… Love you all my readers ❤️❤️❤️?????????…
N next part In Sha Allah Tuesday night ga ???… Keep waiting dear readers ❤️❤️❤️?????????… Good night all ???…
HAADHA KUREYYY.. EKAM VARAH REETHI
Olaflover ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It’s shorter than the last part but it’s more than 1200 words ???… Ifoo job ga v v bxy… Ehenve aslu dhigukoh nuliyeveny… Next part In Sha Allah miahvure dhigukoh genesdheynan ???…
Yes true mi part v v disappoint ??
Dhn abadhu aan n minnu ah dhera libeythi kudakoh foohi???
Abadhu emyhun dhera nukohba. Aloof ah vure bodah minnu gulheneeves aan ? avahah minnu Happy kohdhyba plx ?
Twinkle ❤️❤️❤️… Haalathu abadhu ehgothakah nonnaane ???… So things might change hama knme vaguthakuvx ???… Keep hoping for the best ???… Thanks a lot ❤️❤️❤️?????????… Hope to see ur comment more often ???…
Yo.. Keiyytherivaan vaaney.. Ehaa avahah ufaaveri kan genaeema vaahakaige miserably gehleyne., plus writer plan kohfa in gothah ves nugendheveyne.. Let’s just wait patiently and watch what happens next.. Ifoo mihaaru vaahaka genwsdheyleh aslu Vrh salhi.. Kaamiyaabeh meehakah libeny aslu haadha kanthakeh kadahthu koffaey.. So mi story realistic Vrh mihaaru mi genesdhey gothah gennaathee.. Good job Ifoo.. Vvvvv salhi mi vaahaka.. Vrh inthizaaru kurevey,, I appreciate the fact that you upload this story even if you’re still very bxy.. Keep going dear.. May Allah bless you and help you in developing your writing skills day by day.. Aameen..
Misraabu *
Anonymous ❤️❤️❤️… Thankyou sooooooooo much for the support ❤️❤️❤️?????????… Your absolutely right ???… We have to wait patiently ???… Eyrun thibuni henn ifoo beynun plan kuri gothah story gendheveynee ???… V v v ufaavehje comment kiyaalaafa ???… This is one of the best comment I got ???… Thanks a lot for understanding n for appreciating my hard work ❤️❤️❤️?????????… Much much more loves from me ❤️❤️❤️?????????… V bodah encourage vehje mi comment kiyaaleema ???…
Alhey ..??????.. i really really feel bad for aan..??.. he would be so much hurt that minnu rejected him.. its like i could feel his sadness… hama rangalhahves rovun mi part kiyaafa..??..
OH MY..???..minnu u are too gud mashaAllah..??. Im sure many have told you that you write really well, but trust me i have never seen a writer as you. I mean you write so so well. Each and every word of your story directly touches heart.. for me you are and will be the best writer..???
Much love…?❤?❤?
Awwwwnn ❤️❤️❤️???… Such a sweet comment ???… Thankyou soooooo much Naum ❤️❤️❤️?????????… Naum ge comment kiyaalaafa ifoo v v v ufaavehje ???… I’m so glad to be the best writer for you ???❤️❤️❤️… Aaan dhw… He is really sad ???… Bt what can we do… Minnu ge answer akee no ???… Let’s hope for the best ???… Much more loves from me ❤️❤️❤️?????????…
Lol..mi hen vaahaka nulie heyo nuvaaane ? amaa buneema habbalhu farah dhaaa usooolun thi liyani ? thankolheh dhigukoh hadhisathah ithuru kollain liyeba..fuh karu karun nulie
I believe nowadays some of the parts are shorter than before cause of my busy schedule… Aslu liyumaky v v vaguthu beynun vaa kameh… Vaguthu veeevarakun liyamun mi dhany… I will try my best to write longer than this ???… Thankyou ???…
Its finally here again…❤❤????…Hwx you dear…??????…. Hope you will be fine…❤❤????….Speechless…!!!…Just speech less….❤❤????…Alhe mi story haadha reechey..❤❤????….Mi part vex vrh vrh reethi ingey….❤❤????…And very emotional too dear…??????….Ifoo thi buni gothah disapointing kudakoh….??????…But hope it will be fine soon…❤❤????….I really feel sorry for aan…??????….Alhe aan and minnu happy kohbala…??????….Abadhu vex minnu and aan ah dhera goiy thah dhimaa vany…??????….Keep them happy always dear…❤❤????….Minnu aloof aa nugulhuvaathi ingey….He does not deserve minnu after what he did…??????….Minnu rangalhu vaany aan aa gulhunyma…❤❤????….Hope it will hapened soon…❤❤????….Alhe minnu ge studies ah dhera gotheh nuhadhaathi….??????….Aloof mennah vex minnu ah edhey aniyaa ge badhal liben jeheyne….??????Minnu aan eky happy koh ulhunyma e myhun v jelous vaane….??????….Eyrun eelaaf aai aloof ah onnaany minnu sad kurumu ge badhalu libifa rangalhah vex….❤❤????…..Make minnu happy soon ingey….❤❤??????….Keep it up your good work dear……..❤❤????…..I will support you always dear….❤❤????….Waiting for next part….❤❤????….Miss you dear….❤❤????….Much loves from me….❤❤????….
THE BEST STORY
THE BEST WRITTER
❤❤❤❤????
Thankyou soooooo much for the colourful long comment ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much loves from me ???…
Ohh.. mi prt vx vvvv reethi..????ekamu thankolheh kuree.. Bt nxt prt dhigu kollahchey dear..
SCARLET ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… In Sha Allah next part miahvure dhigukoh genesdheynan ???… Much loves from me ❤️❤️❤️?????????…
Alheyy I was waiting for this part❤❤❤?????..masha allah..as usual mi part vx vrh rythi nge..sifakurun hama obi???????faahaga kohlan jehey varuge evvx mistake eh nufeney…ifoo alhe aan sad nukohaba?????..feeling really sad for him..curiously waiting for the next???LY
Jiji ❤️❤️❤️… Thankyou soooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…
Laaaaaa… So nice.. Ifoo your so talented…. Mi part vs hama vrh salhi…. Lots of love from me…. ?❤
Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Hope to see ur comment more often ???… Much more loves from me ❤️❤️❤️?????????…
Wonderful ??? Ifoo mivpartvx v v v rythi ingey n ehaame emotional ??????⭐⭐⭐… Alhey ifoo thibiny hama thedheh ingey mi part v v v disappoint ?????????… Alhe ifoo aan n minnu happy kohbr n I hope minnu avahah aan ge loabi accept kuraane kamah ?????????… Keep up the good work dear I really appreciate your hard work ?????????… curiously waiting for the next ❤❤❤☀☀☀???… much n more loves from naju ????????????????????????????????????
Naju ❤️❤️❤️… Thankyou soooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…
Mi part haadha dissapointin ey…..????
Adhi v short dhoaa…. thankolheh dhigukoh next part genesdhehchey ifooo…??
Btw v interestin mi part vex…
Hope soon minnu nd aan will be together happily..???
Mailyn ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… I will try my best to make it longer than this part ???… Much more loves from me ?????????❤️❤️❤️…
Hama rovihje …. i really fedl bad 4 aan …. n minnu n aan gulhuvaba …. let them be happy ….. they make a perfect match…. n ifoo .. story dhaa goiy v v v v reethi ….. emitional… n kiyaahiy vey v v bodah… u are the bst writer… curiosly waitin 4 nxt prt… much love frm me
Naukko ❤️❤️❤️… Thankyou soooooo much dear for the sweet comment ??????❤️❤️❤️???… V v v ufaavehje ingey ifoo ???… Let’s see what happens ???… Rovihjihyaa ifoo beynun vi varah emotions genesdhevuny ingey ???… Hhehe…. Much more loves from me dear n hope to see ur comment more often ❤️❤️❤️?????????…
Maa sha Allah Vrh reethi mi part.. I was about to cry when I read this part.. Tears were in my eyes like they are going to fall in just a sec.. Vrh heart touching… You’re so talented ma sha Allah.. Writer eh ge molhukan dheyhavaa eh sababu aee vaahaka kiyamun dhaairah reader eh ge emotions thakaa kulhelevun.. I mean ufaa vaan jehey than thaa Hama over excited vevifa story ga charecters thah ves roan feshyma readers ah ves rovey.. Maa sha Allah.. Vrh reethi Ifoo story geneshey goiyy.. Ifoo ah abadhuves kaamiyaabah edhen.. Maa sha Allah.. You’re story’s chapters are getting better and better each day.. Al’hamdhulillaah.. This proves that you try really very hard to improve your writings.. Mistakes are getting fewer day by day.. That’s great Ifoo.. Maaiyy Allah thibaage thi masahkathugai barakaaiyy lavvaa, mihaarekey ehfadhain thibaage hunaru ithurukuravvaashi.. Aameen.. Lots of love from from me??????
Dear.. Adhi ebaothey suvaaleh.. Cover pic ha ethiba kudhinge therein minha akee pink shawl alhaafa huri kuhjaatha? Ehn vehjenama eynage dhefaraathuga ethiby aloof aa iaan aa dhw? But please don’t say iaan is ahaan in the cover pic.. ?
Awwwwnn ❤️❤️❤️???… I felt soooooo happy after reading your lovely comment cherry ??????❤️❤️❤️… It really encouraged me a lot ???❤️❤️❤️??????… V v v ufaavehje mi comment kiyaalaafa ???… I’m really happy to know that I’m improving my writing skills ???… To be honest ifoo enme samaalukan dhey eh kanthah aee emotions… Abadhuvx masaikah kuran emotions veehaavx bodah readers ah ihusaas vaanehenn genesdheveythr ???… V v v ufaavehje ifoo beynun vaa varah emotions genesdheveythy ???… This comment is one of the best reader comment I got ❤️❤️❤️?????????… Yesss dear… Pink kulaige shawl alhaafa aee minhaa… N minhaa ge dhe side ga aee aaan n aloof… Heheh… Yesss dear ahaan akee aloof n kunal is iaaan ???… Ifoo ge kuryge story ga ahaan innaanee male lead character akah… So mifaharu changed ???… May Allah bless you n your family ???❤️❤️❤️???… Once thanks a lot for encouraging n for appreciating my hard work ❤️❤️❤️?????????… Much much more loves from me cherry ????????❤️❤️❤️?????????… Hope to see ur comment more often ???…
Miga mi laafa in lavaige tranlation kiyyadheynveenu ifoo..its not like everyone knows hindhi.. lava ei story ge baeh kamah vanya ebaiga bunaa ehcheh neygeythy v undhagoo…anyways story hama superb?❤
Junk ❤️❤️❤️… Dhn faharakun In Sha Allah translation genesdheynan ingey ???… Thankyou buneladhinyma ???… V v v ufaavehje ???… Hope to see ur comment more often ???.. Much loves from me ❤️❤️❤️?????????..
Wow dear ❤❤❤ hats off to you ??? vaahaka varah varah varah ves reethi.. Ekamu aan haadha dhera kolly thi ???? livy ves varah dhera vejje ☹☹ Thank you so so much dear ehaa busy koh ulhemun ves vaahaka genesdheythee.. ?? really really appreciate the hard work ?????? Lots of love darling ????????????Cant wait for next part.. Tomorrow dho ? ?????❣❣??????????????????
Livy ❤️❤️❤️… Again v loabi comment eh ❤️❤️❤️???… Thankyou soooooo much dear for the support n love ❤️❤️❤️?????????… Comment kiyaalaafa ifoo v v v ufaavehje ???… Aaan dhw… Yesss.. He is really hurt ???… Now next part kiyaaleveyne dear ???… Much more loves from me ❤️❤️❤️?????????…
V rah salhi mi part ves
Nadhu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ifoo ???… Hope to see ur comment more often ???…
love this story hama habeys ifoo
varah miss ly
mi vaahaka mihaaru gosfa miothy varah interesting hisaabakah just curious to knw dhn vaane gotheh waiting for the next part
My dear sweet unique ❤️❤️❤️… Thankyou soooooo much dear for the support n love ❤️❤️❤️?????????… V v v ufaavehje ifoo unique ge comment kiyaalaafa ???… It means a lot for me ???… Now next part kiyaaleveyne ???… Much more loves from me dear ❤️❤️❤️?????????…
Kn irakun next part haadha lahey
I have uploaded the next part ???…
Sorry ifooo sis for late coment cux i am kind a buxy of thir days….. any ways vara reethi stroy…. keep it.. love u sis… good night
Nivvu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It’s ok lasviyas ???… Much loves from me ❤️❤️❤️?????????…