ޒީން ހިތްވަރު ކޮށްފައި ގޮސް ކިޔާންގެ މަންމަ ގާތު އެހިއެވެ.”މަންމާ އަހަންނަށް މިފެންނަނީ ހަމަ ތެދު….ތަ؟ނޫނީ މިއީ ދޮގުތަ؟ މަންމާ އަހަރެން ގާތު ބުނެބަލަ މަންމާ ސިއްރު ނުކޮށް ބަލަ އަހަރެން ބޭނުން އަޑުއަހަން އަހަރެން ރުޅި އެށް ނާންނާނަން މަންމަ ކީއްވެތަަ ކުރިން ނުބުނީީ ދެން އަހަންނަކަށް ނުކެރޭނެ ވަރި ވާކަށް ކީއްވެހޭ ނުބުނީ ބުނެބަލަ”ޒީން ރޮމުން ރޮމުން ކިޔަމުން ދިޔަ ބަސްތައް ދިޔަައީީ ކިޔާން ގެ މަންމަ އަޑުއަހަމުންނެވެ. ”ދަރިފުޅާ ގަބޫލު ކުރާތި ދަރިފުޅަށް […]
13 ވަނަ ބައިގެ ތެރެއިން…. އަނެއްދުވަހު ހެނދުނު ސަޔަށް ހުރިހާ އެންމެން ހަމަވިއިރު މަދީ އެކަނި ރިޔާޒެވެ. އެންމެފަހުން އައިސް އެންމެންނާއި ބައިވެރިވި ފައިޒަން އޭނާގެ ބައްޕަ ސުފުރާމަތިން ނުފެނުމުން ކަންބޮޑުވުން ފާޅުކުރިއެވެ. “ކޮބާ ބައްޕަ މިއަދު” ފައިޒަން އަހާލިއެވެ. އޭރު ދޮންކެޔޮވަކެއް ކާން ކުލްޝޫމް އިނެވެ. “ކޮޓަރީގަ. ކުޑަކޮށް ބަލިކޮށް އުޅެނީ. ސައިބޯން ގޮވީމަ ބުނެފި ފަހުން ތެދުވެ ސައިބޯނަމޭ” ކުލްޝޫމް ބުނެލިއެވެ. އޭރު ކޮފީތަށި ތުނބުގައި ޖަހައިގެން ޔަޒްދާން ހަމަޖެހިލާފައި އިނެވެ. “ބަލީއޭ. އަނެއްކާ […]
”އަނެއްކާ ކިހިނެއް ވީ ދޮންތައަށް؟”ރައުލާ އަށް ލިބުނި ސިހުމާއެކު އަހާލެވުނެވެ.”ސާބަސް ރައު އައި ޑޯންޓު ތިންކު ޔޫ އެހާ އަވަހަށް އެކަހަލަ އެއްޗެއް ގަބޫލު ކޮށް ފާނެ ކަމަކަށް ދެން މި ޖެހުނީ ގަބޫލު ކުރަންތާ ބަޓު އައި ތިން ރާއިފް އެށް ތިހެން ނުވާނެ ދޮންތި ވޯސް ނައު އޯކޭ”ލުއި ހިނިމުކާއެކު އެހެން ރައުލާ ބުނެލިއެވެ.”ހުން އަބަދުވެސް މި ކައި މަށާ ބެހޭނީ އާން އޯކޭ ކޮބާ ދޮންތި””އިން ހާރ ރޫމް ގޯ އެންޑު ޗެކު […]
މި ވާހަކައިގެ ފުރަތަމަ އެޕިސޯޑް މި ހަފްތާގެ ހުކުރު ދުވަހު އަޕްކޮށް ދެވޭނެ ވާހަކަ ދަންނަވާލަމެވެ.
ލަވަ ކިޔަމުންދިޔަ ވަރަކަށް ހިތަށް ކޮށްފައިވި އަސަރަކުން އިއާންގެ އަސަރުގަދަ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކުރިއެކޭވެސް އެއްފަދައިން އިއާން އެދަނީ އޭނަގެ ހިތުގެ ޝަކުވާ ލަވައެއްގެ ސިފައިގައި ބޭރުކުރަމުންނެވެ. އިއާން އެރޭ ނިދަން އޮށޯތީވެސް އެތައް އިރަކު އެގޮތުގައި އެތަނުގައި ހުރުމަށްފަހުއެވެ. ނިދަން އޮށޯތުމަށްފަހުވެސް އިއާންއަށް ނިދުނީ އެތައް އިރެއް ފަހުންނެވެ. މިންހާގެ އެކި ޚިޔާލުތަކުން އޭނަގެ ސިކުނޑި ވަނީ ފުރި ބާރުވެފައެވެ. އިއާިިންގެ ލޮލަށް ނިދި ސަވާރުވީވެސް މިންހާގެ ޚިޔާލުތަކުގައި ވަނިކޮށެވެ. ފަތިސް ނަމާދުގެ […]
ލުއިފަސޭހަ ކަމެވެ. ކޮޓަރިތެރޭ އަރާމުކުރެވުމެވެ. ހިތް އެދޭ ވަގުތަކަށެވެ. ޓީވީ ބެލުމާއި ފޯނުގައެވެ. ކެއުމާއި ބުއިމެވެ. ފުރިހަމަ ނިންޖަކަށް ފަހު އަަައު ދުވަހަކަަށް އިރުއެރުމެވެ. ދިރިއުޅުން ނުކުޅަދާނަވެފައެވެ. ކަންނެތްކަން އޭގެ އިންތިހާގަ އެވެ. މައްސަލައަކަށްވީ އާދަތަކެއް ނޫނެވެ. ހާލަތެވެ. ގޭގެ ހުރިހާ މަސައްކަތެއްހެން ކުރުމުގައި އުޅެނީ މަންމަ އެވެ. ބައްޕަ އޮފީހުގަ އެވެ. އަދި މައިޝާގެ ދިހަ އަހަރުގެ ފިރިހެން ދަރިފުޅު އިސްކޫލުގަ އެވެ. މަސައްކަތެއް ކުރުމެއްނެތި އަތަށް ލާރި އަރަމުން ދިޔަ އެވެ. ހަތް އަހަރުވެ ވަރިވެފައި […]
12 ވަނަ ބައިގެ ތެރެއިން…. ޔަނާލް ކޮލެޖަށް އައިރު ދޮރުމަތީގައި ފައިޒަން އަދި ޔަޒްދާން ހުއްޓެވެ. ޔަނާލް ފެނުމުން ޔަޒްދާން އަވަހަށް އެހެން ކަމަކާއި މަޝްޢޫލުވިއެވެ. ފައިޒަންއަށް ހިނިތުންވުމެއް ދިނުމަށްފަހު ޔަނާލް އެތެރެއަށް ވަދެގެން ދިޔައީ އެކަންޏެވެ. ބޭރުގައި ޔަނާލް ގޮވައިގެން އައި ހާރޫން އެތެރެއަށްވަނީ ހުރިހާ ކުދިން ގޭޓުން އެތެރެއަށް ވަދެ ނިމުމުންނެވެ. ކްލާސްތެރޭގައާއި ކުލާހުން ބޭރުގައި ހޭދަކުރި ކޮންމެ މިނިޓެއްގައި ޔަޒްދާނަށް ޔަނާލްގެ ހަރަކާތްތަކަށް ބެލެމުން ދިޔައެވެ. ޔަނާލްގެ އެއްވެސް ސަމާލުކަމެއް އޭނާއަށް ދެވިފައިނުވާތީ […]
****9 ގަޑިއިރު ފަސް**** ސިއްސައިގެންގޮސް އައިހަމްއަށް ހޭލެވުނީ ސައިޑްޓޭބަލް މަތީގައި ހުރި ގަޑި ސޯނާވާން ފެށި އަޑަށެވެ. ގަޑިން 07:30 ވެފައި ހުރުމުން އިތުރަށް ނިދަން ނުހަދާ އެލާމް ނިއްވާލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ރީތިވެލައިގެން ސިޓިންރޫމަށް ނުކުތެވެ. އޭރު އިޝްރާވެސް އުޅެނީ ސިޓިންރޫމުގައި އިލްފް ގޮވައިގެން ސަކަރާތް ޖަހާށެވެ. އައިހަމް ފެނުމުން އިޝްރާ އައިހަމަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “މިއުޅެނީ އައީ އަށް ގޮވަން ދާށޭ ދޯ އިލްކޮ! މިގޭގައި އެއްވެސް މީހަކަށް 7:30 ވުމަށްފަހު ނުނިދޭނެކަން އައީއަށްވެސް އެނގެއެއްނު ދޯ! އެކަމަކު ނިކުތްއިރު އެއޮށް 8 ޖަހަނީ އެހެންވެގެން ގޮވަން ދާން އުޅެނިކޮށް ވިއްޔާ ތި އައީ!” އިޝްރާ ބުނެލިއެވެ. އެއަށްފަހު އިލްފް އުރާލައިގެން އައިހަމްއާއިއެކު ކާގެއާއި ދިމާލަށް މިސްރާބު ޖެއްސެވެ. ގޮނޑިއެއް ދަަމާލަމުން އިޝްރާ މޭޒުކައިރީ އިށީނދެ ހަމަޖެހިލީ އަވަހަށް ސައިބޮއެލައިގެން ލުބްނާމެން އަންނަންވާއިރަށް ތަން ތައްޔާރުކޮށްލާ ހަމަޖެހިލުމުގެ ބޭނުމުގައެވެ. ގަޑިން 8 ޖަހާފައިވުމުން އަވަސް ކޮށްލައި ސައިބޮއެ ނިންމައި ތަށިދޮވެލައިގެން ދަމުން އިޝްރާ އައިހަމް ކުރެން އެދުނީ ސައިބޮއެލައިގެން ތަން ތައްޔާރުކޮށްލުމަށް މައްޗަށް އައިސްދިނުމަށެވެ. އެއަށްފަހު ކާމޭޒު ކައިރީގައި ތިބި އެންމެނަށް ރީތި ހިނިތުންވުމެއް ހަދިޔަކޮށްލުމަށްފަހު ދުވެލާފައި ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އެތަން ބަލަން ކާމޭޒު ކައިރީގައި ތިބި އެންމެން ހިނިތުންވެލައިގެން ިބީ އިޝްރާ އެ ކުރަމުންދާ ހިތްވަރަށް ހިތާހިތުން ފަޚުރުވެރިވާ ޙާލުގައެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި އައިހަމްވެސް ސައިބޮއެ ނިންމާލައިގެން މައްޗަށް އެރީ އަިޝްރާ އޭނަގެ ކިބައިން އެހީއަށް އެދިފައިވާތީއެވެ. އަދި އެހެންމީހުން ކުރެންވެސް މި ޕްރެކްޓިސްތައް ނިމުމުގެ ކުރިން މައްޗަށް ނޭރުމަށް ތަކުރާރުކޮށް އައިހަމްވެސް އެދުނީ މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދަން ޚުދު އޭނަވެސް ބޭނުންވިލެއް ބޮޑުކަމުނެވެ. މައްޗަށް އެރިއިރު އެތަނަށް އައިސްފައިވާ ބަދަލު ފެނި އައިހަމްވެސް ހައިރާންވިއެވެ. އޭނާ އެންމެ ފަހުން ޗުއްޓީއަށް މީގެ 2 އަހަރުކުރިން އައި އިރުވެސް މިތަން ހުރީ މި ގޮތަކަށް ނޫނެވެ. ކަހާލެވޭ ގޮތަށް ބޮޑު ބިއްލޫރި ދޮރެއް ލާފައި ހުރި އެ ބޮޑު ސިޓިންރޫމް ވަރަށްވެސް ހިތްގައިމެވެ. މުޅި ސިޓުންރޫމް އޭސީކޮށްލާފައި ވާއިރު އެތަނުގެ އެކި ހިސާބުތަކުގައި ބަހައްޓައިލެވިފައިވާ މިއުޒިކު ކުޅޭ އާލާތްތަކާއި ބޮޑެތި ސްޕީކަރތައް ވެގެންދިޔައީ އައިހަމް އެތަނާއި އެންމެ ގަޔާވި ސަބަބު ކަމަށެވެ. އިޝްރާއެކޭ އެއްފަދައިން އޭނާއަކީވެސް މިއުޒިކާއި ލަވައަށް ނުހަނު ލޯބިކުރާ ކުއްޖަކަށްވުމުން ފެނިގެންދިޔަ މާޙައުލަށް ވަގުތުން ހިތްޖެހުނީއެވެ. މިހާ ފުރިހަމަގޮތަކަށް މި ޕްރެކްޓިސް ތެރޭގެ ކަންތައް އިންތިޒާމްވެފައި ވެދާނެކަމަށް ފަހަރުގައިވެސް އޭނާއަށް ހީކުރެވިފައެއް ނެތެވެ. “އައީ! އައިސްވެސް މިތާ ޖެހި ބުދެއްހެންނު ތި ހުންނަނީ! މިހާރު އެއޮއްގެން 9 ޖަހަން 10 ކަށް ވީ! އަޅެ ދޭބަލަ ލުބޫމެން އައިމައި އެމީހުން ގޮވައިގެން އަންނަން. އިޝް މިދަނީ ލުބޫމެނަށް ހުރި ކޮޓަރީގެ ތަޅުދަނޑިތައް ބަލާ އިނގޭ!” އަތްމަތި އަވަސްކޮށްލާ ތަން ހަމައަކަށް އަޅުވައިލަމުން އިޝްރާ ބުނެލި ވާހަކައިން އައިހަމް ސިއްސައިގެން ދިޔައެވެ. “ލުބޫމެނަށް ހުރި ކޮޓަރިއޭ! ވަޓް ޔޫ މީން؟” ހައިރާންކަމާއެކު އައިހަމްއަށް އަހައިލެވުނު ހަމައެކަނި ސުވާލަކީ އެއީއެވެ.އެވަގުތު ހިނިތުންވެލަމުން އިޝްރާ، އައިހަމްއަށް ކަންތައްތައް އޮޅުންފިލުވައިދިނެވެ. “ބައެއް ފަހަރު މި މާސްޓަރ މައިންޑް އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރޭދޯ! ލުބޫމެނަށް ފަސޭހަވާނެތަ ކޮންމެ ފަހަރަކު ގެއަށް ގޮސް އައިސް ހަދަން؟ އެހެންވެގެން މިއަދު ލުބޫއާއި ބާން މިގޭގައި ހުންނަގޮތަށް ހަމަޖެއްސީ!ތިރީގައި ހުންނާނެއެއްނު އަދި ދެ ހުސްކޮޓަރި؟ އެ ދެ ކޮޓަރި އެއީ ލުބޫމެނަށް މިއަދު އިނގޭ!” އައިހަމް ގޮވައިގެން ސިޑިން ތިރިއަށް ފައިބަމުން އިޝްރާ ކިޔައިދިނެވެ. އެއަށްފަހު އެގޭ ހުރިހާ ކޮޓަރިއެއްގެ ޑަބަލް ތަޅުދަނޑި އޮންނަ ތަނުން ތަޅުދަނޑިފަތި ނަގައިގެން އައިސް އެ ދެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ، އެއަށްފަހު ގޮސް އެ ގޭގެ ބޮޑު ގޯތިތެރެއަށް ނުކުމެލީ ލުބްނާމެން އާދޭތޯ ބަލައިލަން ބޭރަށް ނުކުމެލާނީއޭ ހިތައެވެ. ގޭގެ މައިދޮރޯށި ހުޅުވާލި ވަގުތު ކުރިމަތީގައި ތިބި ލުބްނާއާއި ލިބާން ފެނިފައި އިޝްރާއަށް ލިބުނު ކުއްލި ސިހުމަކުން ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ސޯފާގައި އިށީނދެލައިގެން އިން އައިހަމްއަށާއި ތަށިތައް ދޮވެލަން ހުރި އިޝްޔާއަށް ބޭރަށް ދުއްވައިގަނެވުނީ އެއްފަހަރާއެވެ. ގޭ ދޮރުމައްޗަށް އެރުނުތަނާ ކަންފަތުގައި ދެއަތް އަޅާ ދެލޯ މަރައި ތަގުޅިކޮށްގެން އިޝްރާ ހުރިގޮތުން އެދެމީހުން އަވަހަށް އިޝްރާގެ ގާތަށް ދިޔައެވެ. އޭރުވެސް ލިބާންއައި ލުބްނާ ވީގޮތް އޮޅުންފިލުވޭތޯ އިޝްރާ ކުރެން ތަފާތު ސުވާލުތައް ކުރަމުންދިޔައެވެ. އެވަގުތު އިޝްޔާގެ ލަފާގެ މަތިން އައިހަމްއާއި ލިބާން އިޝްރާ ގެނެސް ސޯފާގައި ބައިންދާލިއެވެ. އެވަގުތު އިޝްޔާ ނުހަނު ލޯބިން އިޝްރާގެ އަތުގައި ހިފަހައްޓާލުމަށްފަހު ވީގޮތް ކިޔައިދިނުމަށް އެދުނެވެ. ދޮންތަގެ ލޯބި އިހުސާސްވެ އިޝްރާ ހަމައަކަށް އެޅިލުމުން އެންމެ ފުރަތަމަވެސް ލުބްނާއާއި ލިބާންއާއި ދިމާލަށް ކުދިކިޔާލިއެވެ. “ތިހިރީއޭ ތި މީހުން ކުރަ ކަންތައް! މަ ކިރިޔާއޭ ބިރުންގޮސް ހިތް ނުހުއްޓުނީ! ހުވާ މި ބުނީ މި މީހުންގެ ކަންތަކާއިހެދިވެސް މަ ބޯގޮވާނެ!” އެތާތިބި އެކަކަށްވެެސް ބަލައިލުމެއްނެތިި އިޝްރާ ބުނެލިގޮތުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހިނިގަނޑު މައިތިރިކޮށްލަމުން ލުބްނާ ވާހަކަދައްކަންފެށީ ކަންވީގޮތް އެނގި އިޝްރާއަށް ކުއްލިއަކަށް އެހެން ވީ ސަބަބު އެނގުމުންނެވެ. “އަހަރުން ކުއްލިއަކަށް ފެނުނަސް އިޝްއަށް ތިހެން ވީމައި ހިނިނައިހެއް ނުހުރެވޭނެދޯ! އާނ އަހަރުން މީ ޖިންނީންނަމަ ތިހެން ވާން ރަނގަޅު!” ހިިނިއައިސްފައި ހުރެ ލުބްނާ އެހެން ބުނެ ނިންމާލިއިރުވެސް އައިހަމްއާއި ލިބާން ހަމަ ހެނީއެވެ. އޭރު އިޝްޔާވެސް ހިނިތުންވެލައިގެން ހުރީ ލުބްނާ ބުނި ވާހަކައަށް އެއްބަސްވަމޭ ބުނާ ފަދަ ގޮތަކަށެވެ. “ދެން ހެވޭ ތިވަރަށް ނުހެވުނަސް! ދޭބަލަ އައީ އާއިއެކު މައްޗަށް! އިޝް އެބަދަން މި ދަބަސްތައް ކޮޓަރިއަށް ލާފައި!” ލުބްނާއާއި ލިބާންގެ ދަބަސް ނަގަމުން އިޝްރާ މިސްރާބުޖެހީ އެމީހުނަށް ހާއްސަކުރެވުނު ކޮޓަރިއާއި ދިމާލަށެވެ. އެވަގުތު އިޝްޔާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ތިން ޒުވާނުން މިސްރާބު ޖެހީ މައްޗަށް ދިއުމަށެވެ.
“އޮފްކޯޒް އެވެސް ދަރިން. އެކުދިންނަކީ ފިރިހެން ދަރިން. އެމީހުންނަށް އަހަރެމެންގެ ދެމީހުން ނެތް ދުނިޔެއެއްގަ އެކުދިންނަށް ޖެހޭނީ ކޮންހާލެއް. އިރާދަކުރެއްވިއްޔާ އެއީ ކިޔަވައިގެން ތިބި ވިސްނުންތޫނު ކުދިބައެއް” ހާރޫން ބުނެލިއެވެ. މާއިރާ ހީލިއެވެ. ނަމަވެސް ހާރޫންގެ އެ ނިންމުން އޭނާ ހިތްހަމައެއްނުޖެހެއެވެ. “ދެން އަޅެ. ހާރޫނަށް ހީވޭތަ މިއީ ރަނގަޅު ނިންމުމެއްހެން. ނާލް އަދި ވަރަށް ޅައެއްނު” މާއިރާ ބުނެލިއެވެ. “ތިންކް ޕޮޒިޓިވް މައި ލަވް. މީތި އެމަންޖެ މައްޗަށް ހިނގާނީ އެމަންޖެގެ އުމުރުން އަށާރަ އަހަރުވީމަ. […]