09 ވަނަ ބައިގެ ތެރެއިން…. “ދެންހެޔޮ ދިމާނުކުރިޔަސް. އެހެންވާނީ ދުވަހަކުވެސް މީހަކުދެކެ ލޯބިވާން ނޭނގޭ މީހަކު ތިކަހަލަ ވާހަކައެއް ދެއްކީމަ” ޔަނާލް ޝީޓުގައި ހަމަޖެހިލަމުން ބުނެލިއެވެ. “ނަނާއަށް ކިހިނެއް އިނގެނީ އަހަރެން މިކުރީ ސަމާސާއެއް ކަމެއް. ހަޤީޤަތަކަށްވެސް ވެދާނެއްނު” ކާރު ދުއްވާލަމުން ފައިޒަން ބުނެލިއެވެ. “ދެންހެޔޮ…. އަހަރެން ފައި ބޭނުމީ ހަމައެކަނި އެކުވެރިއެއް ގޮތުގަ. ޔުއަރ މައި ބެސްޓްފްރެންޑް. ފޯރ އެވަރ އެންޑް އެވަރ” ދުއްވަން އިން ފައިޒަންގެ ކޮނޑުގައި ބޯއަޅާލަމުން ޔަނާލް ބުނެލިއެވެ. ފައިޒަން ޔަނާލަށް […]
ކައިޒީން ކިޔާން ގެ ފޯނު ނިންމާލުމަށްފަހު ދެކުދިންނަށް ފިލާވަޅު ހަދާދެން ދިޔައެވެ.ފިލާވަޅު ހަދަން ތިބިގެން ހުރިހާ ވާހަކަ އެށް ދެއްކިއެވެ. ”ރައުލާ ދަރިފުޅާ ދޭބަލަ ޒީން ކައިރިއަށް މިހާރު ރަގަނޅު ތޯ ބަލާލަން ރަގަނޅު ނޫނިއްޔާ ކައްކައިދޭން”ރައުލާގެ މަންމަަ ރަޝީދާ ބުނެލިއެވެ. ”އާން އޯކޭ”ރައުލާ ބުނެލިއެވެ.ރައުލާ ޒީން ގެ ގެއަށް ދާން ހިނގައިގަތެވެ. ”އައްސަލާމު އަލައިކުމް”ރައުލާ ޒީން ގެ ގެއައް ވަދެ ސަލާމްް ގޮވައިލިއެވެ.ސަލާމްގެ ޖަވާބު ބަލައިގަތީ އިރާ އެވެ.”ކޮބާ ދޮންތަ ރަގަނޅުތަ؟”ކައިރާ އާއި ރައު ސުވާލު […]
ނައިޓްކްއީން ގޭގެ ވަށައިގެން ދަމާލާފައިވާ ބޮކިފަތިތަކުން މުޅި ހިސާބަށް ވަނީ ފަނޑު އަލިކަމެއް ފެތުރިފައެވެ. ގޭގެ ގޯތިތެރޭގައި ފަނުން ހަދާލެވިފައިވާ ކުޑަ އުނދޯލިގޭގެ ވަށައިގެން ޒީނަތްތެރިކުރެވިފައިވީއިރު، މުޅިތަން އަލިކޮށްލެވިފައިވަނީ ގޭގެ އަސްކެނިދަށުގައި ހަރުކޮށްލާފައިވާ ބޮޑު ލައިޓުންނެވެ. ގޯތިތެރޭގައި ހައްދާފައިވާ ޖަނބުރޯލު ގަހުގައި އެލުވާލެވިފައިވާ އުނދޯލިތަކުގައި އެކިކުލަކުލައިގެ ބޮކިފަތިލައި ޒީނަތްތެރިކުރެވިފައިވާއިރު ކޮންމެ ޖޯއްޔެއްގެ ކައިރީގައި ކުޑަ މޭޒެއް ބަހައްޓާފައި ހުއްޓެވެ. މާދަމާ އަކީ ބޮޑު ދުވަހެކެވެ. އަހަރެންނާއި ޒައިންގެ ކައިވެނި ކުރެވޭނެ ދުވަހެވެ. ކައިވެންޏަށް ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި […]
އަޔާން އެލަވައިގެ ކޮންމެ ކަޑިއެއްގައި ބުނަމުން ދިޔަ ލަފުޒުތައް ނިސްބަތްކުރަމުން ދިޔައީ ޒޯޔާއަށް ށެވެ. ޒޯޔާގެ އެ ރީތި ސިފައަށްށެވެ. އަޔާންގެ ހިތުގައި ޒޯޔާއަށްޓަކައި އުފެދިފައިވާ އިހުސާސް ތަކަށްށެވެ. ޒޯޔާ ހުރީ އަޔާންގެ އެ މޫނަށް ބަލަހައްޓައިގެންނެވެ. އެލަވައިގައި އެކިޔާ ކޮންމެ އިބާރާތެއް ނިސްބަތްވަނީ އޭނާއަށްކަން ޒޯޔާއަށް އިނގެއެވެ. އަޔާން ލަވަކިޔައި ނިއްމާލުމުން އަތްތިލަބަޑީގެ އަޑުގަދަވެގެން ދިޔައެވެ. އަޔާން ގިޓާހިފައިން އިސްޓޭޖުން ފޭބިއެވެ. ޒޯޔާގެ މޫނުމައްޗަށް ވަނީ ރީތި ހިނިތުންވުމެއް ވެރިވެފައެވެ. ޝޯނިމުމުން ހަތަރުމީހުން ގެއަށްދާން ހިގައިގަތެވެ. […]
ނާއިލްގެ ފޯނު ކޯލު ނިންމާލުމަށްފަހު އިޝާ ނަމާދު ވަގުތު ވަންދެން ފޮތް ކިޔަން އިނުމަށްފަހު ބަންގި ގޮވުމުން މިންހާ ނަމާދުކޮށްގެން ސުކޫލަށް ދާން ތައްޔާރުވިއެވެ. ތައްޔާރުވެގެން ރޭގަނޑުގެ ކެއުމަށްފަހު މަންމައާއެކު ގަޑި ޖެހެންވާއިރަށް ސުކޫލަށް ދާން މިންހާ ހިނގައިގަތީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުއެވެ. ” އެހެރީ އާޒިމާގެ ދަރި އަލޫފް ދޯ… ” އާދައިގެ ހިނގުމެއްގައި ހިނގާފައި ދިޔަ މިންހާއަށް އޭނަގެ މަންމަ އެހެން ބުނެލި އަޑަށް އޭނަގެ މަންމަ އިޝާރާތްކުރި ދިމާލަށް […]
”ދޮންތީ ދޮންތީ އަޅުގަނޑުގެ އިމްތިހާން ޓެެސްޓު ވަރަށް ގާތް ވެއްޖެ”ކައިރާ އެހެންބުނެލިއެވެ.”އާން ކިހި…..ނެއްވީ …….. ޓެސް….ޓޭ ކޮން…މަހެއްތަ…އެ…އީ…..އިރާ…….ދޮންތި……ރަގަނޅު…….. ވީމަ……ކި….ޔައިދީ….ތިހުރި…….ހާ…. އެއްޗެއް މިރޭ ……7ޖަހާއިރު.. ….އޯކޭއެންނު………”ޒީން އޮޅެމުން ބުނެލިއެވެ.”ދެން ……އަވަހަށް ދޭ ……ފިލާާ….ވަޅު ހަނދަން….”އަނެއްކަާވެސް ކައިޒީން ބުނެލިއެވެ.ކައިރާ އާއިި ކިޔާ އެމީހުންގެ ކޮޓަރިއަށް ދިޔުމާއެކު ޒީން ކައިރީގައި އޮތް ފޯނު ނަގާ ބަލާލިއެވެ.އޭނާ ސިހުނީ ކިޔާން 2 ފަހަރަކު ގުޅައިފައި އޮތުމުންނެވެ.އޭނާ އަވަހަށް ކިޔާން އަށް ގުޅިއެވެ.މާގިނައިރެއް ނުުުވެ ކިޔާން ފޯނު ނެގިއެވެ.”ހަލޯ ޒީން ކީއްވެ ފޯނު ނުނެގީ!!! […]
މީހުން ބުނާތީ އަޑު އަހަމެވެ. ލޯތްބަކީ ފޮނި އިޙްސާސެކެވެ. އާނއެކެވެ. އަހަންނަށް މިހާރު އެކަން ޤަބޫލުކުރެވެއެވެ. ލޯތްބަކީ ކުރެވޭ ވަރަށް ފޮނި އިޙުސާސެކެވެ. އެ ފޮނިކަން އަހަންނަށް އިޙްސާސްކުރަން ލިބުނުނަމަވެސް އެލޯބި އޭނައާއި ޙިއްސާކުރާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އަހަރެން ދެކެ އޭނަ ވާ ލޯބި އަހަންނަށް އިޙުސާސް ކުރެވުނެވެ. ނަމަވެސް އޭނައަށް ބަދަލުގައި ލޯބިދޭނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އަހަރެންވީ ބޮޑު ފިނޑިއަކަށެވެ. އެންމެ ފުރަތަމަ އަހަންނަށް ޔަމީން ފެނުނީ ޔަމީންގެ ގެއިންނެވެ. ޔަމީންއަކީ މުއްސަނދި […]
“ބައްޕަ ކޮންތާކު އުޅެފަ ތިއައީ؟….” އައްމާރު އިސް ޖަހާލައިގެން އެހެން ބުނެލިއިރު އެމޫނުން ލަދުވެތިކަން ވިއެވެ. އޭނާ އަހަން ބޭނުން ނޫން ނަމަވެސް އެވާހަކަ އެހުން މުހިންމުވިއެވެ. “ބައްޕަ އުޅުނީ ގޭގަ…. ހަމަ ހަބަރު ލިބުމާއެކު މިއައީ….” މުއާޒް އެހެން ބުނަމުން ހީލިއެވެ. އައްމާރުއަށް ބަލަން ހުރެވުނީއެވެ. މިއީ އޭނާ ބަލާބޮޑުކުރި މީހާ ހެއްޔެވެ. އައްމާރު އޮފީހުގެ ލައިޓްތައް ޖައްސަން ދިޔައިރު އޮފީހުގެ ފަހަތު ދޮރުން މުއާޒް ނިކުތްތައް ފެނުނެވެ. އޭނާގެ ދުއާއަކީ އޭނާ ހިވާގޮތް ހަޤީޤަތަށް […]
އެއަރޕޯޓުން ނިކުތްގޮތަށް އެންމެ ފުރަތަމަވެސް ހަޔާ ހޯދާލީ އޭނާގެ ލޯބިވެރިޔާ ފާތިކްއެވެ. އެއްއަތުން ފޮށީގައި ހިފައިގެން ހުރެ އަނެއްއަތުން ލޮލުގައިވާ އަވިއައިނު ރީތިކޮށްލިއެވެ. ދެކޮޅު ހޯދާ ބަލަމުން ދިޔައީ އެއްވެސް ދިމާލަކުން ފާތިކް ފެނޭތޯއެވެ. އެތާ ހުންނަތާ ދިހަ މިނެޓްވީއިރުވެސް ފާތިކްގެ ހަބަރެއް ނުވުމުން މޫނު ކުނިކޮށްލަމުން ހަޔާ ހިނގައިގަތީ ޓެކްސީ ކިއު އާއި ދިމާއަށެވެ. އެހިސާބަށް ރަނގަޅަށް ނުދެވެނިސް ރަތްކުލައިގެ ކާރެއްގައި ފާތިކް އައިސް މަޑުކޮށްލީ ހަޔާގެ ކުރިމައްޗަށެވެ. ދޮރުގެ ލޯގަނޑު ތިރިކޮށްލަމުން ފާތިކް ހަޔާއަށް […]